“ތިމާގެ ކުއްޖެކޭ؟ މިއީ އަހަރުންނާ ތިމާގެ ކުއްޖެއް ނޫން. މީގެ ހަފްތާއެއްހާ ދުވަސްކުރިން މީނަ އައީ ކުޑަ ކުއްޔަކަށް މިގޭގަ ހުރެވިދާނެހޭ ކިޔާފަ. މިގޭގަ ނޯކަރެއްގެ ގޮތުގަ މަސައްކަތް ވެސް ކޮށްދޭނަމޭ ކިޔާފަ. އާލެއް އިޔާރެއް ހުރި މީހެއްނޫން މިއީ. މިރަށު މީހެއްގެ ކުއްޖެއްވެސް ނޫން މިއީ.” އެ ފިރިހެން މީހާ ކިޔައިދިން ވާހަކަތަކުން މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ކުއްލިއަކަށް ބަލާލެވުނީ އޭނަގެ އެއްފަރާތުގައި ހުރި ހަސަނާއި ދިމާލަށެވެ. އެ ހިނދު ހަސަން އޭނައަށް ބަލަން […]
ހިނގަމުން ދިޔަ މިންހާ އާއި އަޝްރާގެ ހިނގުން ހުއްޓުނީ ރުންކުރު ގޮތަކަށް ފަަހަތުން މީހަކު މިންހާގެ ނަމުން ގޮވާލުމުންނެވެ. ފަސްއެނބުރި ބަލައިލުއިރު ކުރިމަތީގައި ހުރި އީލާފް އާއި ޝަމްހާ ފެނި ދެމީހުނަށްވެސް ހައިރާންކަން ލިބުނެވެ. ” ވާއު މިންހާާ… ޔޫ އާރް އަމައެޒިން… ފިރިހެން ކުދިން ކަލޭގެ ޖާދޫގަ ޖައްސަން ހާދަ މޮޅޭ ދޯ… އަހަންނަށްވެސް ދަސްކޮށްދޭންވީ އެއްނު…” މަލާމާތް ފާޑަކަށް ހިނިތުންވެލައިގެން ހުރެ އީލާފް ދެއްކި ވާހަކަތަކުން މިންހާ އާއި އަޝްރާގެ ނިތައް ރޫތައް ޖަމާވިއެވެ. […]
ޖަންނަތުގެ ޑައިރީ ކިޔާ ނިމުނުއިރު އަހަރެން ހުރީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ޖަންނަތު މަރުވެއްޖެއެވެ ކަމަށް ގަބޫލުކުރަން އަހަރެންގެ ސިކުނޑި ދެކޮޅު ހެދިއެވެ. ******* ރަހުވާގެ ނަޒަރުން: އަހަރެންނާ ޝައުން އިންތިޒާރު ކުރަމުން ދިޔައީ އަޝްޖައު އަންނާނެ އިރަކަށެވެ. ހަގީގަތް އެނގުމުން އަޝްޖައުއަށްް އެއްވެސް އަސަރެއް ކުރިތޯ ބަލަން އަހަރެން ބޭނުމެވެ. ސިޓިންރޫމްގައި ދެކޮޅަށް ހިނގާތާ ދެގަޑިއިރު ފަހުން ގޭގެ ބެލް ޖެހިއެވެ. ޝައުންއަށް ވުރެ ކުރިން ދުވެފައި ގޮސް އަހަރެން ދޮރު ހުޅުވީމެވެ. އޭރު ދޮންތަގެ […]
އާޅެން ހިތުގެ ގޮވުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކޮކާލަކަށް ވާނެނަމަ ކިހާރަގަޅު ހެއްޔެވެ؟ ޖެހޭހާ މަލަކުން ފޮނިބޯންވީއެވެ. ރުހޭތޯ ނުރުހޭތޯ ބަލާކަށް ނުޖެހެއެވެ. މީހުން ބަލަންތިބިތޯ މީހަކުއާދޭތޯ ބަލާކަށްނުޖެހެއެވެ. ދެގޮތުން ބެލުނުނަމަ މިހެން ހިތަކަށް ނޭރީހެވެ. ފެންނަ ކޮންމެ މަލަކުން ފޮނިބޯން ޖެހޭހެއްޔެވެ؟ ހުއްދަގޮތުގައި ރީތިމަލެއް ބިނދެލާންވީއެވެ. މަލުގެ ބޭނުމަކީ ހަމަ އެކަނިވަސް ބެލުމެއްނޫނެވެ. ހުއްދަ ގޮތުގައި ބިން މަލުގެ ބޭނުންކުރިއަސް މީހަކު ނުބަލާނެއެވެ. ދާއިމީ އުފާވެރިކަން ކޮކާލަކަށް ނުލިބެއެވެ. އެންމެ މަތިވެރި މަޚްލޫޤުންގެ ސަފުން ވަކިވާންވީ […]
ހެނދުނު ހޭލިގޮތަށް ފޯނު ބަލައިލި އަލީޝާގެ ބޮލުގައި ފުރަތަމަ ޖެހުނީ ސުވާލުމާކެކެވެ. އެއީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ފޮޓޮއެކެވެ. ފޮޓޯގައި އިނީ ސެޓްފިކެޓެކެވެ. “އެޑޮޕްޝަން ސެޓްފިކެޓް؟… ތޫބާ ހަނީފް؟!” އަލީޝާގެ ދެ ބުމަ ގޮށްޖެހުނެވެ. ************************* ލައިބްރަރީގައި އިން ތޫބާއަށް އިސްއުފުލައި ބަލައިލެވުނީ ކުރިމަތީ ކުއްޖަކު އިށީނުމުންނެވެ. ސީދާ އޭނާއަށް ބަލަހައްޓައިގެން ހީލާފައި އިން އަލީޝާ ފެނުމުން ތޫބާގެ ހިތަށް އެތަކެއް އިހުސާސުތަކެއް އަރައި ފައިިބައިފިއެވެ. އަލީޝާއަށްޓަކައި އޮތް އިތުބާރު މުޅިންހެން ގެއްލިފައިވީ ނަމަވެސް އެއީ އެއް […]
ހަމްޒާއަށް އެހެން ބުނެވުމާއެކު ކައިރީގައި ތިބި މަންމައާއި ދޮންބެއަށް ސިހިފައި ބަލާލެވުނެވެ. އެމީހުންތިބީ އެމީހުންގެ އަމިއްލަދުނިޔޭގައި ކަމުން ހަމްޒާ އެހެން ބުނި އަޑު އެއިން މީހަކަށް ނީވެއެވެ. މޭގައި އަތް އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ހަމްޒާ “ސައިބޯން ހިނގާ..”ށޭ ކިޔާ ކާބަޔައަށް މިސްރާބުޖެހުމުން މިދުއާމް އާއި ހިދާވެސް ލަސްނުކޮށް ސައިބޯން ދިޔައެވެ. ކިޔަވާދިނުމުގެ ދަންފަޅިނިމުންއިރު ލުއިދުވަހަކަށް ވުމުން ސަލއވާހުރީ ލެސަންޕްލޭންތަށްވެސް ތައްޔާރުކޮށް ނިންމާލާފައެވެ. ވުމާއެކު ހިންދެމިލާފައި ފޯނަށް ނަޒަރުހިންގާލީ ހަމްޒާގެ ހަބަރެއްވިތޯއެވެ. **ދޫނި.. މިއަދު ބޭނުން ބައްދަލުކޮށްލަން […]
އާޅެން ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިޔަ ހިނިތުންވުމާއި ބަލާލުމުގައިވަނީ އޯގާތެރިކަމެވެ. އެތަކެއް ދުވަހު ކުރި އިންތިޒާރު ފަތަޙަ ވީއެވެ. ލޯބި ބީވެދާނެތީ ޙަޤީޤަތް ހާމަ ނުކުރެވުނީއެވެ. ޙަޤިޤަތް ހާމވެއްޖެނަމަ ތިޔައޯގާތެރި ފިރިމުން ނުލިބޭނެއެވެ. ވަރަށް ތުއްތުއިރު އެންމެ ލޯބިވާ ދެމީހުންވަކިވެއްޖެއެވެ. ބަލާބޮޑުކުރި ފަރާތަށް ވަރަށްބޮޑުއަގެއް ދޭންޖެހުނެވެ. ވޭނާއި އަނިޔާގައި އަހަރުތަކެއް ގުނަން ޖެހުނެވެ. ކަލާއަށްފެނުނީ ދެއްކުންތެރިކަމުގެ ކުލަވަރެވެ. ނަފްސުގެއެތެރޭގައިވާ ފާފަތަކެއްނުފެންނާނެއެވެ. މާތް އިންސާނުންނަށް އެކަށީގެންވާނީ ތާހިރު ހިތެކެވެ. މިސިއްރުބޭޒާރުކޮށްގެން އަނިޔާއެއްދޭކަށް ނޭދެމެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ. އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް ގެނެސްދޭނެއެވެ.މީހުންގެ ވާހަކަވެސް […]
” އަހަރެން މަތިން ހަނދާންކުރަނީތަ… ނޫނީ އަހަރެންނާއެކު ހޭދަކުރެވުނު އެ އުފާވެރި ވަގުތުކޮޅު މަތިންތަ… ” އެމީހަކު އޭނަގެ ގައިގައި މޫނު ޖައްސާލައިގެން ހުރެ ބުނެލި ބަސްތަކުން އަލޫފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގައި އަލޫފް އެމީހެއްގެ އަތުގައި ހިފާ އޭނަގެ ގަޔާ ދުރުކޮށް އޭނަގެ ކުރިމައްޗަށް ގެނައެވެ. އޭނަގެ ކުރިމަތީގައި ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ޝަމްހާ ފެނި އަލޫފްގެ ދެބުމަ ގާތްވެގެން ދިޔައެވެ. މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އޭރުވެސް […]