މިވާހަކައިގެ ލިޔުންތެރިޔާގެ ބަލި ހާލަތު ހުރިގޮތުން ވާހަކަ މެދުކެނޑިފައިވާ ވާހަކަ ދަންނަވަމެވެ. ނައިނާގެ ބަލިހާލަތު ރަނގަޅުވިހާ އަވަހަކަށް ވާހަކަ ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ. މިކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ލިޔުންތެރިޔާގެ ފަރާތުން މަޢާފަށް އެދެމެވެ.
ސަލީމް އެހެން ބުނެފަ ނިކުމެގެން ދިޔައިރުވެސް ނާޝިދާއަށް ހުރެވުނީ ދޮރާދިމާލަށް ބަލަހައްޓައިގެންނެވެ. ޔޫއާންއަށް ނުގުޅިގެން ނާޝިދާއަށް ގުޅާނީ އެންމެ މީހެކެވެ. ނާޝިދާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް އެއްލާލެވުނު ފޯން ހޯދަމުން ދަނިކޮށް ފެނުނީ އެނދުކައިރިއަށް ވެއްޓިފައި އޮއްވައެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އޭނާ ފޯން އޮންކޮށްލިއެވެ. އިރުކޮޅަކުން މެސެޖްތައް އަންނަ ކަމުގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިއައެވެ. ނާޝިދާއަށް އިންބޮކްސް ނުހުޅުވިގެން އުޅެނިކޮށް ނުދަންނަ ނަމްބަރަކުން އޭނައަށް ގުޅަން ފެށިއެވެ. ފޯނަށް […]
“ދޮންމުހައްމަދު ބޭރަށް ދަމައިގަނެގެން ގެންދިޔަ ދިމާލެއް ނޭންގެ. އަހަންނަށް ވަގިތުން އިނގިއްޖެ ދޮންމުހައްމަދުގެ ކިޔެވެލީގެ ބާރު ކެނޑުނީކަން. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ މިކޮޓަރިއަށް ދަރިފުޅުމެންކައިރިއަށް އަންނަން. އެކަމު އަހަންނަށް އެއްވެސް ކަމެއް ކުރެވުމުގެ ކުރިން ބޭރުގަ ތިބި ޖިންނީންތައް އެތެރެއަށް ދެމެން ފެށި. އަހަރެން ފަހަތަށް ޖެހެމުން އަޑުހަރުކޮށް ކިޔަވަން ފެށިން. އެކަމު އަހަރެންގެ ކިޔެވެލީގެވެސް ބާރު ކެނޑެމުންދާހެން ހީވާން ފެށި. އެވަގުތު ހިތަށް އެރި މީއަހަރުމެން އެންމެންގެ ފަހު ދުވަހޭ. ޝަހާދަތްވެސް ކިޔާލެވުނު. އެކަމު […]
ޒަކޯއީ ކައިރީ އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނާޝިދާއަކަށް ނޭންގުނެވެ. ޒަކޯއީގެ މޫނަށް ބަލަބަލާ އިނދެވުނީއެވެ. ކުއްލިއަކަށް ޒަކޯއީގެ ގައިން އަލިނިކުންނަން ފެށިއެވެ. އެއަލި މުޅިމީހާ ކަޝްފު ކޮށްލިއެވެ. ނާޝިދާ ސިހިފައި ކުޑަކޮށް ފަހަތަށް ޖެހެލެވުނުވެ. އަލި ގަދަކަމުން އޭނަ ލޯމަތީ އަތްއަޅާލިއެވެ. ކުޑައިރުކޮޅެއް ފަހުން އަލި ފަނޑުވިހެން ހީވުމުން ލޯމަތިން އަތްނެގިއެވެ. އަދި ވަށައިގެން ހޯދާލިއެވެ. ޒަކޯއީ ގެ އެއްވެސް ނިޝާނެއް ނެތެވެ. އޭނަ އެމީހުން ދޫކޮށްދިޔައީއެވެ. ދޮރުގަ ތަޅާއަޑަށް އަނެއްކާވެސް ނާޝިދާ ސިއްސައިގެން ދިޔައެވެ. […]
ކުއްލިއަކަށް ވަރަށް ބާރު އަޑަކާއި އެކު މުޅި ތަން އަނދިރިވިއެވެ. ޤުރުއާން ކިޔަވަން އިން ނާޝިދާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ދެތިން ފަހަރަށް އޭނަ ލޯއުނގުޅާލިއެވެ. އަނދިރިގަނޑު ތެރެއިން އެއްޗެއް ފެނޭތޯއެވެ. މަންމަމެން ތިބި ކޮޓަރީގަ ފޯނު ބާއްވަފަ އާދެވެނު މޮޔަ ހިތައްއެރިއެވެ. އަލިކޮށްލާނެ ގޮތެއް ނެތުމުންނެވެ. އުއްބަތިތައްވެސް ހުންނާނީ ސިޓިންގްރޫމްގަ ހުންނަ ކަބަޑުގައެވެ. ބިރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. ކޮޓަރިން ބޭރަށް ކީއްކުރަން އިންތަނުން ވެސް ގުޑިލާކަށް […]
ކުޑަދޮރުން ބޭރުގަ ނުލަފާ ގޮތަކަށް ހެވިފަ އާދަނު ހުއްޓެވެ. އޭނަގެ މޫނުމަތި ހުރީ ލެއިން ތަތްތެޅިފައެވެ. އެތޭރަގަ ތިބި އެންމެނަށް އޭނަ ހަނާއަޅަމުން އޭނަގެ ކަނާއަތުގަ އޮތް އެއްޗެއް ދައްކަނީއެވެ. އެއީ ނާޝިދާ ގެ އެންމެ ހަގު ކޮއްކޮ، ނާއިލްގެ ބޮލެވެ. އެކުއްޖާގެ ދެލޯވެސް ނެތެވެ. ނާޝިދާ ގެ ހަޅޭކަށް ބަދަލެއް ނާދެއެވެ. އޭނައަށް ފެންނަމުންދާ މަންޒަރުން ހިތް ކުދިކުދި ވެގެން ދިޔައެވެ. ހުއްޓާނުލާ ނާއިލްގެ ނަމުން ހަޅޭއްލަވަމުން ދަނިކޮށް މީހަކު އޭނަގެ މޫނުމަތީ ވަރަށް ބާރަށް […]
“ދަރިފުޅާ އެއީ ކާކު؟” ޒާހިޔާ ސުވާލުކޮށްލިއެވެ. އެންމެންގެ ނަޒަރު ހުއްޓި ހުރީ ނާޝިދާއަށެވެ. އޭނަ އަނގައިން ނުބުނެ އިނީއެވެ. ހަމްދާން. އެތައް އަހަރެއް ފަހުން އެނަން އިވުމުން އަދިވެސް ނާޝިދާގެ ހިތު ވިންދު އަވަސްވެއެވެ. އޭނަގެ ކުރިމަތީ ހަމްދާންގެ ސޫރަ ކުރެހެންފެށިއެވެ. ކަޅު ކަޅު އިސްތަށިގަނޑު، މަޑު އަޅިކުލައިގެ ލޯ، ކުލަ އަލި މޫނާއި ފިރިހެންވަންތަ ހަށިގަނޑެވެ. އޭނަގެ ބަރު އަޑު ނާޝިދާގެ ކަންފަތުގައި ޖެހުނުހެން ހީވިމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. “ނާއްކޮ؟” ދޮންމުހައްމަދުބެ ގޮވާލިއެވެ. […]
“މަންމަ ކީކޭ ބުނީ؟” ނާޝިދާ އަހާލިއެވެ. “މަންމަ ވަރަށް އުފާވެފަ ހުރީ. ބުނީ އަހަރެން އަވަސް ނުކޮށްގެންނޯ މަންމަ ހުރީ. ދެމަސް ފަހުން އިންނާށޭ މިއުޅެނީ ބުނީމަ ބުނި މިއަންނަ މަހަށް ހަދަންވީނޫން ހެއްޔޭވެސް.” ޔޫއާން ވަރަށް އުފަލުން ހުރެ ވާހަކަ ދެއްކިއެވެ. ނާޝިދާ އަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ޔޫއާންގެ މަންމަގެ ވިސްނުން ހުރިގޮތް ނާޝިދާއަށް އިނގެއެވެ. ޔޫއާން އާއި އިންނަން ހިފާލައިފިއްޔާ އޭނަ ސަލާމަތް ނުވާވަރުގެ ކަމެއް ޔޫއާންގެ މަންމަ ކުރާނެކަން އިނގެއެވެ. “ކީއްވެ […]
ޒަކޯއީ ޒާހިޔާގެ އަތުގައި ހިފާލިއެވެ. “އާދަނު ކައިރީ މިއިން އެއްވެސް އެއްޗެއް ނުކިޔައިދޭތި. ސިއްރުކޮށްދޭތި. އަހަރެން އޭނައަށް ވަޢުދުވިން ޒާހިޔާ ކުރިމައްޗަށް ނައުމަށް. އެކަމު ތިދެމީހުންގެ ދިރިއުޅުން ސަލާމަތް ކުރުމަށް އަހަރެންނަށް މިކަން ކުރަން މަޖްބޫރުވީ. އަހަރެން މިދަނީ ދާން. އެކަމު އަހަންނަށް ބޭނުމެއް ޖެހިއްޖެ ހާލެއްގަ އަހަންނަށް ގޮވާލާ، އަހަރެން އަންނާނަން. އަދި ބުނަން، ގަޑިންގަޑިއަށް ނަމާދު ކުރާތި، ޒިކުރާ ދުއާކިޔާތި. އަބަދުވެސް ﷲގެ ރައްކާތެރިކަން ލިބިގެން އުޅޭތި.” **************** ޒާހިޔާ ލޯހުޅުވާ ވަށައިގެން ބަލާލިއެވެ. […]