ދަނބުކުލައާއި އޮރެންޖުކުލަ ގުޅިލާމެހިގެން ދިޔަ މަންޒަރު އުޑުމަތިން ފާޅުވިއެވެ. އިރުއޮއްސެން މާގިނަ ވަގުތެއް ނެތްކަން އުޑުމަތިން ސާބިތުކޮށްދިނެވެ. ދޫނި ސޫފާސޫފީގެ އަޑު ސިކުންތުކޮޅަކަށްވުރެ ސިކުންތުކޮޅެއް މަޑުވަމުން ގޮސް އެ އަޑުއެކީހެން ކެނޑުނެވެ. ބީހިލާ ފިނި ރޯޅިތަކުގެ ސަބަބުން ހަށިގަނޑަށް އަރާމުކަން ގެނެސްދިނެވެ. ހިތްގައިމު ކަމުގެ ދެވަނައެއް ނުވާ މިސާލެކެވެ. ރަތްވިއްލާ އޮއްސުނު މަންޒަރުގައި ކަޅު ކުލައިގެ ދޫނިބައިގަނޑުތަށް އުދިހިލައެވެ. ބާރަގަޑިިއިރުގެ ބުރަ މަސަތްކަތަށްފަހު އަރާމުކުރަން އެ އެއްޗެހިވެސް މިސްރާބުޖެހީއެވެ. މީގެ އެތަށް އިރެއް ކުރިން މޫދުގެ ލޮނުގަނޑު […]