އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ކުލަ ކަޅެވެ.ދިހުން ގަދައެވެ.ބޫން އަޑު ލައްވަމެވެ.ގިނަމީހުން އަހަރެން ކައިރިވެލާ އިރަށް ދެކަންފަތުގައި އަތް އަޅައެވެ.އަހަރެން ކަންފަތަށް ވަދެދާނެ ކަމަށް އެމީހުން ބިރު ގަންނަނީއެވެ.އަދި އެމީހުންގެ ނަޒަރުގައި އަހަރެންނަކީ ސިހުރު ހަދާ އެއްޗެކެވެ.އަހަރެން ފެނިއްޖެނަމަ ނުބައިފާލެއްކަމުގައި ދެކެއެވެ. އެކަކާއި ރަށްޓެހިވެލާފައި އަނެކަކާއި ރަށްޓެހި ވެގެން އުޅޭ މީހުނާއި ދިމާއަށް އެއީ އަހަރެންގެ އުސޫލޭ ބުނެއެވެ.އަހަރެން އެއްމަލުން ފޮނިބޮއިލާފައި އަނެއްމަލަށް ތިރިކޮށް އުޅޭތީއެވެ.އެކަމުގައި ފޮރުވިފައިވާ ސިއްރާއިމެދު އެމީހުން ނުވިސްނައެވެ.އަހަރެންގެ ސަބަބުން ނަސްލުތައް ދެމިގެން ދާކަމެއް އެމީހުންގެ ހިތަކަށްނާރައެވެ.އެމީހުން […]
މެންދަމުންސުރެ ވެހެމުންދިޔަ ވާރޭއަކަށް ހުއްޓުމެއް ނާދެއެވެ. ނުނިދިފައި އޮތް މަލާކް ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ތެދުވެ އަވަހަށް ތުވާލި ހިފައިން ފާޚާނާއަށްވަނެވެ. ފިނިފިނިފެނުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު އޭނާ ހަމަ ރަނގަޅަށްވެސް ގުޑުގުޑު އަޅައެވެ. ނޫކުލައިގެ ޑެނިމް ޑަންގޭރީއެއްގެ ދަށުން ޖިންޖަރ ކުލައިގެ ސްވެޓަރއަކާއެކު ލައިލެކް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު މަލާކް ހީވަނީހަމަ ބޭރުކުއްޖެއް ހެންނެވެ. އާ ސެމިސްޓަރއެއްގެ ކިޔެވުން ފެށޭ ދުވަސްކަމުން މަލާކް ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. […]
“އަވްޔަން. އަވްޔަން އޭ.” ނިދާފައި އޮތް އަވްޔަންގެ އުނަގަނޑުގައި ކޮއްޓާލަމުން ސަމީމާ ކުރެހިފައިވާ އަޑަކުން ގޮވާލިއެެވެ. ދެބަދޭތެރޭގައި އޮތް އަވްޔަން އުނދަގޫ ގޮތަކަށް ކުކުރާލަމުން ލޯ ހުޅުވާލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ސަމީމާ ގުދުވެލާފައި އޮވްޔަންގެ މެދުހަށީގައި އޮޅުލައިގަތެވެ. އޭނާގެ ލޮލުން ކަރުނައިގެ ރޮގެއް ފާއްދާލީ މަޑު ގިސްލުމަކާއެކުގައެވެ. ނިދި މޫޑުގައި އޮތް އަވްޔަން ޗޮކެއް ކަނޑާލިއެވެ. “ރޯވަރު ކަމެއް ވެއްޖެތަ މަންމާ.” އޭނާ މަޑުމަޑުން އެއްސެވެ. “ކިރިޔާނު މަރުނުވީ. މަގުގެ ދެކޮޅު ނުބަލާ ހުރަސްކުރަން ތީ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހަ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ. ގްރޭޑް 10ގައި […]
“ކުރީ ދުވަހު ފޮނުވި އެޑޮޕްޝަން ސެޓްފިކެޓޭ؟ ތޫބާގެ؟ އެހެންވީމަ މަށާ ތޫބާއާ އެއްބަނޑު އެއްބަފަޔޭތަ ބުނަން މިއުޅެނީ؟ މީ ކޮން ސަމާސާއެއް؟ އަނެއްކާ މިއުޅޭ އީތަންގެ ކަންތައްތަ؟ ހާދަ ދަށޭ ދޯ މިފަހަރު. މިކަހަލަ ސަމާސާއެއް އަހަރެން ގަބޫލުކުރާނެކަމަށްތަ ހީކުރީ؟” އެނދުމައްޗަށް ސިޓީއުރަ އެއްލާލާފައި ފިލާވަޅު ހަދަން އަލީޝާ އިށީނެވެ. މާ ގިނައިރެއް ނުވެއެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ހިތަށްއެރިހެންނެވެ. އަލީޝާ ބަލައިލީ ނައިޓްސްޓޭންޑްއާއި ދިމާއަށެވެ. މިކަން ސަމާސާއެއްގެ ގޮތުގައި ބާއްވާނީތޯ، ނޫނީ އެ ހިތަށް އައި އެއްޗަކާއި ބެހޭގޮތުން […]
ހަމްޒާއާއި މިދުއާމްއަށް ވީގޮތް ފެނިފައި ސިމާދުގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ. ނަމަވެސް އެއިންކަމެއް އެތާންގައި ތިބި ތިންމީހުނަށްވެސް ރޭކާނުލިއެވެ. ނަތާޝާއަށް މިދުއާމް ފެނުމާއެކު ކަތިނަޒަރަކުން ބަލާލިއެވެ. ނަމަވެސް މިދުއާމް ހުރީ ނަތާޝާއަށް ނުބަލާން ހުވާކޮށްގެންފަދައެވެ. ” ސިޑް ހިނގާދާން އަވަހަށް.. ” ބޭރުން އައިސްވަތް އިތުރު ރައްޓެހިކުއްޖަކު އެހެން ބުނުމާއެކު ސިމާދު ހަމްޒާމެންނާއެކު ބޭރަށްދިއުމަށް ނިކުތީ ނަތާޝާގާތި އޭނާގެ ކޮއްކޮ ސަމްހާއާއެކު އަންނަންބުނެފައެވެ. ހަމްޒާމެން ދިއުމާއެކު ނަތާޝާ އަވަސްއަވަހަށް އޭނާގެ އަތްދަބަސް ނަގާ ހާވާލިއެވެ. އަދި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހާ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ. ގްރޭޑް 10ގައި […]
2 އަހަރު ފަސް.. ބީޗުގެ ވެލިގަނޑު މަތީގައި ދުވަމުން ދިޔައީ ދެ ޖިންސުގެ ދެ ޒުވާނުންނެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު އަވިނިވިފައިވުމުގެ ސަބަބުން ޖެހެން ފެށި ބާރު ފިޅި ރޯޅިތަކާ އެ ދެމީހުންގެ ހުނުމުގެ އަޑު އެކުވެއެވެ. އަތިރިމަތީގެ ހޭޅިފަށުގައި ބާރު ދުވުމެއްގައި ދުވެފައި އައި އަލިޝްކާ ވެލިގަނޑުމައްޗަށް ކުއްލިއަކަށް ވެއްޓިގަތެވެ. އިތުރަށް ދުވާނެ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނެތުމުންނެވެ. ފުން ނޭވާތަކާކާއެކު ނަމަވެސް އެ ބާރު ހުނުން މަތައެއް ނުވިއެވެ. އަލިޝްކާގެ ފަހަތުން އޭނާ ފަހައި […]
“މަންމާ…” އެމީހާ ދެއްކި ވާހަކަ ގަބޫލު ނުކޮށް އަމްރު މިސްރާބު ޖެހީ އީމާނާގެ ކޮޓަރިއައި ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަމްރު އެންމެ ފުރަތަމަވެސް ތަޅަށް ބާރު ކޮއްލެވުނީއެވެ. އެނދުގައި ދެބާލީސް އޮތީ އޮތްއިރު އޮތީ ރީތިކޮށެވެ. “އެއްވެސް މީހަކު މިތަނަށް އައިތަ؟” އެނދާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އަމްރު އެހެން އަހާލީ ޝައްކު ވެގެންނެވެ. އަދި ފަހަތަށް އެނބުރިފައި އެމީހާއަށް ކިޔާ ނަން އަހާލީ ހިނިތުން ވަމުންނެވެ. އަމްރު އުޅުނު ގޮތް ފެނިފައި އެމީހާ ހުރީ […]