
ވިންދޭ ލޯބި ތީ އެދޭ 15
އިރުއޮއްސެން ގާތްވުމުން ތިން މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ.
މިންހާ ގެއަށް އައިސް ވަންއިރު ސިޓިން ރޫމުގައި އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. އޭނަވެސް ގޮސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ”މަންމާ… ބައްޕާ… މިރޭ އަޝޫ ގެއަށް ގޮސްލަންތަ ތުއްތު އާ އާން އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކާން… އަޅުގަނޑުމެން ހަތަރު ކުދިން ކައްކާާނީ… ކުޑަކޮށް މަޖާކޮށްލަން… ދެން މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… އޭރުން އަނެއްކާވެސް އެންމެންވެސް ކިޔެވުމުގައި ބިޒީވާނީ… އެގޮތަށް ފްރެންޑްސްއާއެކު ޓައިމް ސްޕެންޑް ކުރަން ވަރަށް ނުލިބޭނެ… އަނެއްކާ ތުއްތު އާ އާންގެ އޯލެވެލް އަހަރު ވީމަ ވަރަށް ދެވަނަ ޓާމްގަ ވަރަށް ބިޒީ ވާނެ އެއްނު… ” މިންހާ އައިސް އިށީންދެ އެންމެ ފުރަތަމަވެސް އޭނަގެ މައިންބަފައިން ގާތުން ހުއްދައަށް އެދުނެވެ. މިންހާ އަބަދުވެސް ތަނަކަށް ދިއުމުގެ ކުރިން އޭނަގެ މައިންބަފައިންގެ ހުއްދަ ހޯދައެވެ. ތަނަކަށް ދާނަމަ ދަނީ ގޭގެ ބޮޑު މީހެެއް ކައިރީ ދާތަނެއް ބުނެފައެވެ. އޭރުން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހޭނެ ނޫން ހެއްޔެވެ. ” ދަރިފުޅު ދާންވީ ހަމަ… ބައްޕަމެނަށް އެއްވެސް މައްސަލައެެއް ނެތް… އެކަމަކު ދިހައެއް ޖެހުމުގެ ފަހުން ގެއަށް އަންނަނަމަ މަންމައަށް ގުޅާފަ މަންމަ ބަލައިދިޔައިމަ އިނގޭ އަންނާނީ… އެއީ ދިހައެއްގެ ފަހުން ސުކޫލު އެއްވެސް ދަރިވަރަކު އެކަނި ބޭރުގަ އުޅުން އެއީ މަނާ ކަމެއްނު ދޯ… ” މިންހާގެ ބައްޕަ އަޝްރަފް އެހެން ބުނުމާއެކު ކިޔަމަންތެރިކަމާއެކު މިންހާ ބޯ ޖަހާލިއެވެ. އެވަގުތު މާހިލް އާއެކު މައިޝާވެސް ގޭތެރެއަށް ވަދެގެން އައެވެ. އެއާއިލާގެ އެންމެން ހަމަވުމާއެކު އެންމެން އެކުގައި ހަވީރުގެ ސަޔަށް އިންސާފުކުރުމަށް ކާކޮޓަރިއަށް މިސްރާބުޖެހިއެވެ.
ސައި ބޮއެގެން މިންހާ ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެންމެ ފުރަތަމަވެސް އޭނަގެ މަންމަގެ ފޯނުން އަލޫފަށް މެސެޖެއް ކޮށްލިއެވެ. މެސެޖުގެ ރިޕްލައި ނުކުރުމުން އަލޫފްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ފޯނުގެ ރިންގު ކެނޑުން އިރުވެސް އަލޫފް ފޯނަކަށް ޖަވާބެއް ނުދިނެވެ. މިންހާގެ ހިތުގައި ނުތަނަވަސްކަން އުފެދުނީ މީގެ ކުރިން ދެތިން ފަހަރަކު މެސެޖު ކުރުމުންވެސް އަލޫފްގެ ޖަވާބެއް ނައުމުންނެވެ. މީގެ ކުރިން ދުވަހަކުވެސް އެހާ ގިނައިރުވަންދެން އޭނަގެ މެސެޖަކަށް ޖަވާބު ނުފޮނުވައެއް އަލޫފް ނުހުރެއެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓާއިގެން ހުރެފައި މިންހާ އޭނަގެ އެނދު މަތީގައި ފޯނު ބޭއްވިއެވެ. އަދި ޑްރެސިން ޓޭބަލްގެ ކުރިމަތީ ހުއްޓިހުރެ އަޅާއިގެން ހުރި މެރޫން ކުލައިގެ ޝޯލްގައި ޖަހާފައިވި ޕިންތައް ނެއްޓުވިއެވެ. ޝޯލް ބޭލުމަށްފަހު ކޮނޑެއްގައި އަޅުވާލިއެވެ. އަދި ނަމާދު ވަގުތު ޖެހިފައިވުމުން ފާޚާނާއަށް ވަދެ ވުޟޫކޮށްގެން އައިސް ނަމާދުކުރަން ފެށިއެވެ. އާދައިގެ މަތިން ނަމާދަށްފަހު ޤުރުޢާނުން މިންވަރެއް ކިޔަވާލިއެވެ. އެއަށްފަހު ސްޓަޑީ ޓޭބަލްގެ ކައިރީ އިން ގޮނޑީގައި އިށީންދެ ފިލާވަޅުތައް ކިޔާ ދަސްކުރުމުގައި ވަގުތު ހޭދަކުރިއެވެ. އެގޮތުގައި އިޝާ ނަމާދު ވަގުތު ޖެހެންދެން މިންހާ އިނެވެ. އިޝާ ނަމާދު ބަންގި ގޮވުމާއެކު ކިޔަން އިން ފޮތް ލައްޕާލުމަށްފަހު ނަމާދު ކުރުމަށް އަވަސްވެގަތެވެ. މިންހާ އަބަދުވެސް ވަގުތު ބޭކާރުނުކޮށް ނަމާދު ކުރެވޭތޯ ބަލައެވެ. ގެއްލިގެންދާ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗަކަށް ނުވާއިރު ލިބޭ ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އާދަކުރަންވާނެއެވެ. އޭރުން އޭގެ ފައިދާ އަހަރެމެނަށް ދުނިޔެ އާއި އާޚިރަތުގައިވެސް ކުރާނެއެވެ.
ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ މިންހާ ސިހުނީ އެނދު މަތީގައި އޮތް ފޯނު ރިންގުވުމުންނެވެ. އަލޫފްގެ ކޯލަކަށް ވާނެ ކަމުގެ އުއްމީދުގައި އަވަަސް ހިނގުމެއްގައި ގޮސް މިންހާ ފޯނު ނެގިއެވެ. ސްކްރީނަށް އަރާފައިވި އަލޫފްގެ ނަމްބަރު ފެނި މިންހާގެ ތުނި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ” ހަލޯ… އަލޫފް… އާރް ޔޫ އޯކޭ… ކިހިނެއްވީ ރިޕްލައި ނުކުރީ… ފޯނެއްވެސް ނުނަގަމެއްނު… އީޒް އެވްރިތިން އޯލް ރައިޓް… އައި ވޯޒް ސޯ ސްކެއާޑް… ” ފޯނު ނަގައި އަވަސްވެފައިވި ހިތަކާއެކު މިންހާ ވާހަކަ ދެއްކިއެވެ. މިންހާގެ އަޑު ކަންފަތުގައި ޖެހުމުންވެސް އަލޫފަށް ޖަވާބެއް ނުދީ ހުރެވުނީ މިއަދު ޝަމްހާ އާއި އޭނަ އާއި ދެމެދު ކަންތައްވެގެން ދިޔަ ގޮތް ލޯމަތީގައި ސިފަވުމުންނެވެ. އަދިވެސް ދިޔައީ ކުށްވެރިކަމުގެ އިހުސާސްތަކުން އޭނާ ވަށާލަމުންނެވެ. ” އަލޫފް… ވަޓް ހެޕެންޑް… ކަމެއް ގޯސްވީތަ… ” އަލޫފްގެ ފަރާތުން ޖަވާބެއް ނައުމުން ނުތަނަވަސްކަން ވެރިވެފައިވި ހިތާއެކު ދެވަނަ ފަހަރަށްވެސް މިންހާ ވާހަކަ ދެެއްކިއެވެ. އަލޫފް އޭރުވެސް ހުރީ ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ. ހިތް ބުނަނީ މިހާރުވެސް މިންހާ ގާތު ކަންތައްތައް ވެގެންދިޔަ ގޮތުގެ ހަގީގަތް ހާމަކުރާށެވެ. އެހެނަސް އޭރުން ކަންތައްތައް ވާނެ ގޮތެއް ނޭނގޭތީ އަލޫފްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާއިރު ސިކުނޑި ކެނޑިނޭޅި ބުނަމުން ދަނީ މިންހާއަށް ހަގީގަތް ހާމަކުރުމަށް އޭނަ އަދި ތައްޔާރު ނޫން ކަމަށެވެ. ” ހެހެހެ… ހާދަ ހާސްވެފަ… ސޮރީ ލަވް…. އެގަޑީގަ ބިޒީވީމަ ރިޕްލައި ނުކުރެވުނީ… މިއައީ ދެންމެ މިސްކިތުން… ފޯނު ޗާޖަރަށް ޖަހާފަ ދިޔައީ… އެހެންވެ މިނޫ ގުޅިކަމެއް ނޭނގުނީ… ” އަލޫފް ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… ހާސްވީ މީގެ ކުރިން އަލޫފް އެގޮތަށް ރިޕްލައި ނުކޮށް ނުހުންނާތީ… އީލާފް އާ ވާހަކަ ދެއްކިންތަ… ” މިންހާ އީލާފްގެ ވާހަކަ ބުނުމާއެކު އީލާފްގެ ރުޅިވެރި ބަސްތައް ހަނދާންވެ ކުޑަ އިރުކޮޅަކު އެއްޗެކޭ ނުބުނެ އަލޫފަށް ހުރެވުނެވެ. ”މިނޫ… އަދި އީލޫ އެގްރީއެއްނުވޭ… ބަޓް އައި ވިލް ޓޯކް ޓު ހާ… ޑޯންޓް ވޮރީ… ޝީ ނީޑްސް ސަމް ޓައިމް… އޯކޭ… ” މަޑުމައިތިރިކަމާއެކު އަލޫފް އެހެން ބުނެލުމުން މިންހާ ހޫމް ލައްވާލިއެވެ. ” މިދަނީ އަޝޫމެން ގެއަށް އާން އާ ތުއްތު އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކައްކަން… މިޑް ޓާމް ބްރޭކް ނިމުމުގެ ކުރިން އަދި އެއްފަހަރު އެންޖޯއިކޮށްލަން… އޯކޭތަ… ” މައުލޫ ބަދަލުކޮށް އަޑަށް ޖޯޝެއް ގެންނަމުން މިންހާާ ބުނެލިއެވެ. ” އޯކޭ… ގޯ އެން އެންޖޯއި… މިނޫ… ކާން މިދަނީ… ވަރަށް ބަނޑުހައި… ދެން މާދަމާ މެސެޖު ކުރާނަން… ވަރަށް ޓަޔަޑް މިރޭ… ކައިގެން ނިދަން ކަމަށް… ” މިއަދު ހިނގި ހާދިސާއަށްފަހު އަލޫފަށް މިންހާ އާ ވާހަކަ ދައްކަން އުނދަގޫވުމުން އެހެން ބުނެލިއެވެ. ” އޯކޭ… ގުޑް ނައިޓް… ލަވް ޔޫ އަލޫފް… ” ލަދުރަކި ހިނިތުންވުމަކާއެކު މިންހާ އެހެން ބުނެލިއިރު އޭނަގެ މޫނަށް ވަނީ ޖަންބުކުލަ ވެރިވެފައެވެ. މީގެ ކުރިން މިންހާގެ ފަރާތުން އެފަދަ ލޮބުވެތި ބަހެއް އަޑު އިވޭ ކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން އިހުސާސްވާ އަލޫފަށް މިއަދު އިހުސާސްވެގެން ދިޔައީ ކުށްވެރިއެއް ކަމުގެ އިހުސާސެވެ. މިއަދު އޭނަ އާއި ޝަމްހާ އާއި ދޭތެރޭ ހިނގާދިޔަ ކަންތައް އިނގޭނަމަ މިންހާ ހަމަގައިމުވެސް އެހެން ނުބުނާނެއޭ އަލޫފް ހިތަށް އެރިއެވެ. ” ގުޑް ނައިޓް… ލަވް ޔޫ ޓޫ މިނޫ… ” މަޑު މޮޅި އަޑަކުން އެހެން ބުނެ އަލޫފް ފޯނު ކަނޑާލިއެވެ. އަލޫފް ފޯނު ކަނޑާލުމުންވެސް މިންހާއަށް އިރުކޮޅަކު ފޯނަށް ބަލަހައްޓާއިގެން ހުރެވުނެވެ. އަލޫފް ވާހަކަ ދެއްކުމުންނާއި އަޑުން އޭނައަށް ތަފާތުކަން ފާހަގަކުރެވުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަލޫފް މާބޮޑަށް ވަރުބަލިވެފައި ހުރުމުން ވީގޮތެެއް ކަމަށް ނިންމަމުން މިންހާ ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. މަންމަ ކައިރީ ދަނީއޭ ބުނެ ގޭގެ ބޮޑު ދޮރުން މަގު މައްޗަށް ނިކުން މިންހާއަށް ނިކުމެވުނީ ނާއިލްގެ ކުރިމައްޗަށެވެ. އެއާއެކު އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރަމުން ދެމީހުން އެކުގައި އިއާންގެ ގެއަށް މިސްރާބު ޖެހިއެވެ.
އެންމެން ހަމަވުމާއެކު ހަތަރު ކުދިން އެކުގައި ގޮސް ބަދިގެއަށް ވަނެވެ. ” އަޝޫ… ދަރިފުޅާ… ނޫޑުލްސްއެއް ނުހުންނާނެ ގެއަކު… ހުސްވެފަ ހުރީ… ގަންނަން ޖެހޭނީ… އަން ރުފިޔާ… ” އެވަގުތު ބަދިގެއަށް އައިސް ވަން އާސިމާ އޭނަގެ އަތުގައި އޮތް ރުފިޔާ ދިއްކޮށްލަމުން ބުނެލިއެވެ. ”މިންނު އާ އާން އާ ދޭ ނޫޑުލްސް ގަންނަން… މަށާ އަޝްރާ އާ މިކޮޅުގަ މަޑު ކުރާނީ އެހެން ކަންތައް ކުރަން… ” ލިބުނު ފުރުސަތުގެ ބޭނުން ހިފާ ނާއިލް އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. އެއާއެކު އަޝްރާ ދެލޯ އަޅާލަމުން ނާއިލަށް ބަލައިލިއިރު މިންހާ އާއި އިއާން އާސިމާ ދިން ރުފިޔާ ހިފައިގެން ފިހާރައަށް ދާން ހިނގައިގަތެވެ. ރުފިޔާ ދީފައި އާސިމާވެސް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
އެންމެން ދިޔުމާއެކު ނާއިލަށް ބެލުމެއްނެތި އަޝްރާ ގޮސް ބަދިގޭގައި ހުރި ކަބަޑުތަކުން ކަބަޑެއް ހުޅުވާލާ ފިޔަލެއް ނަގައި އެ ނޮޅާ ސާފުކޮށް ފެނުން ދޮވެލިއެވެ. އެއަށްފަހު ފިޔާ ކޮށަން ފެށިއެވެ. ” ކްރައި ބޭބީ… ހާދަ އަނގަ މަޑުން ލައިގެން ތިހުރީ… ” އަޝްރާ އެއްވެސް އެއްޗެކޭ ނުބުނުމުން ނާއިލް ބުނެލިއެވެ. މިފަހަރުވެސް އަޝްރާ އެއްޗެކޭ ނުބުންޏެވެ. ” މިހާރު މަށަށް ހީވަނީ އަޝްރާގެ ކަންފަތުގައިވެސް މައްސަލައެއް އުޅޭހެން… މީހަކު ދައްކާ ވާހަކައެއްވެސް އަޑު އިވެނީކީ ނޫންވިއްޔަ… ” ބަދިގޭގައި އިން ގަދަ ނޫ ކުލައިގެ ގޮނޑިއެއްގައި އިށީންދެ ހަމަޖެހިލަމުން ނާއިލް ބުނލިއެވެ. އޭނަގެ ނަޒަރު އޭރުވެސް ސީދާވެފައި ވަނީ އަޝްރާއަށެވެ. ފިޔާ ކޮށަން ހުރި އަޝްރާ އޭރު އިރުއިރުކޮޅުން ނޭފަތް އެތެރެއަށް ދަމާލައެވެ. އޭރު އޭނަގެ ލޮލަށްވެސް ދިޔައީ އުދަނގޫވަމުންނެވެ. އިރުއިރުކޮޅުން އަތުގެ ނުފުށުން ލޯ ފޮހެލައެވެ. ” ދައްކަބަލަ ލޯ… އަހަރެން ބަލާލާނަން… ” އެމަންޒަރުތައް ބަލަން އިން ނާއިލަށް އިތުރަށް ނީނދެވުމުން ތެދުވެގެން ގޮސް އަޝްރާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. އަދި މަޑުމަޑުން އަޝްރާގެ މޫނުގައި ހިފަހައްޓާ އެރީތި ދެލޮލަށް މަޑުމަޑުން ފުމެމުން ދިޔައެވެ. ނާއިލްގެ އެ ކުއްލި ހަރަކާތުން އަޝްރާއަށްވެސް މަޑުން ހުރެވުނީއެވެ. ނާއިލްގެ ހޫނު ނޭވާތައް އޭނަގެ މޫނަށް އެޅެމުން ދިޔުމުގެ ސަބަބުން ހިތަށް އެހެން ކަހަލަ ގޮތެއް ވެގެން ދިޔައެވެ. ނާއިލްގެ އެ މޫނަށް ބަލަހައްޓާއިގެން އެހުރި ގޮތަށް އަޝްރާއަށް ހުރެވުނީއެވެ. އަޝްރާގެ ލޮލަށް މަޑުމަޑުން ފުމެމުން ދިޔަ ނާއިލްގެ ހަރަކާތްތައް ހުއްޓުނީ އަޝްރާގެ ނަޒަރު އޭނައަށް އަމާޒުވެފައި ހުރިކަން ފާހަގަވުމުންނެވެ. އިޚްތިޔާރަކާއިނުލާ ނާއިލަށްވެސް އަޝްރާގެ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނެވެ.
” ސްޓޭ އަވޭ ފްރޮމް މީ ނާއިލް… ކީއްވެތަ ދުރުގަ ނުހުރެވެނީ… އައި ޑޯންޓް ނީޑް ޔުއާ ހެލްޕް… ” ކުއްލިއަކަށް ޝާއިފްގެ ހަނދާންތައް ސިކުނޑިއަށް ވެރިވުމާއެކު ނާއިލް އާ ދުރުވެ ރުޅިވެރި ކަމާއެކު އަޝްރާއަށް ބުނެވުނެވެ. ” އޯ ހެލޯ… އަޝްރާ އާ ކައިރިވުމުގެ އިންޓްރެސްޓެއް އަހަރެންގެ ނެތް އިނގޭ… އަޝްރާއަށް ރަނގަޅަކަށް އަދި އަހަރެން އެހެން ކަންތައް ކުރީ… ” ނާއިލްވެސް ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. ”ބުނެފީމެއްނު އައި ޑޯންޓް ނީޑް ޔުއާ ހެލްޕޭ… ނާއިލަށް ފަސޭހައީ އަހަރެން ވާހަކަ ނުދައްކާ ހުރީމައެއްނު… އަހަރެން ވާހަކަ ދައްކަންޏާ އިރިޓޭޓްވެއެއްނު… ސޯ ރަނގަޅެއްނު އަހަރެން ކަންފަތަށް އަޑު ނީވޭ ކަމަށް ހެދިގެން ހުރީމަ… އަހަންނާ ވާހަކަވެސް ދައްކާނެ ކަމެއް ނެތް… ޖަސްޓް ސްޓޭ އަވޭ ފްރޮމް މައި ލައިފް… ” އައި ރުޅީގައި އަޝްރާ ނާއިލާ ދިމާލަށް އެއްޗެހި ކިޔައިގަތެވެ. ” އޯކޭ ފައިން… ނޫޅެން އަޝްރާ އާ ވާހަކަ ދައްކާ ހިތަކުން… ގަބޫލުކުރަމޭ އަޝްރާއަށް އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލާވެސް އުޅެވި ދާނެކަން… ” ނާއިލްވެސް ރުޅި އައިސްފައި އެހެން ބުނުމަށްފަހު ގޮސް އޭނަ ކުރިންވެސް އިން ގޮނޑީގައި އިށީނެވެ. އަޝްރާވެސް އޭނަގެ މަސައްކަތަށް އެނބުރި ދިޔައެވެ. އެއާއެކު ދެމީހުންފެ ދެމެދަށްވެސް ވެރިވީ ހަމަހިމޭންކަމެވެ.
” އާހް… އައުޗް… ” ތަނަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ތެރެއިން އަޝްރާގެ މަޑު އާހެއްްގެ އަޑު އިވުމާއެކު ނާއިލަށް ފުންމައިގެން ތެދުވެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ދެވުނެވެ. އޭރު އަޝްރާގެ އަތުގެ އިނގިއްޔެއް ކެނޑިފައިވުމުގެ ސަބަބުން ލޭ އަންނަމުން ދިޔައެވެ. ނާއިލް އަވަސް އަވަހަށް އަޝްރާގެ އަތުގައި ހިފައިގެން ސިންކު ކައިރިއަށް ގެން ގޮސް އަޝްރާގެ އަތް އިސްކުރާ ދިމާކޮށްލުމަށްފަހު އިސްކުރު ދޫކޮށްލިއެވެ. ” ސާބަސް އަޝްރާއަށް… ރަނގަޅަށް ބަލައިގެނެއްްނު ކޮށަންޖެހޭނީ… ” ޓިޝޫ އަކުން އަޝްރާގެ އަތް ހިއްކުމަށްފަހު މަލަންކޮޅެއް އިނގިލީގައި އަޅާއިދެމުން ނާއިލް ބުނެލިއެވެ. އޭނަގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިފައިވެއެވެ. އަޝްރާ ހައިރާންކަމާއެކު ނާއިލްގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އޭނަ ރުޅިވެރިކަމާއެކު ނާއިލްގެ އެހީތެރިކަމެއް ބޭނުމެއްް ނޫނޭ ބުނުމުންވެސް ނާއިލް އޭނަގެ ގާތަށް އައިސް އެހީތެރިވުމުން އަޝްރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަބަދުމެ އޭނައަށް ޖެއްސުންކޮށް ރުޅި އަރުވައި ހަދާ ނާއިލް އޭނަ އާއިމެދު ކަންބޮޑުވެފައިވުމުން އަޝްރާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އަޝްރާގެ އިނގިލީގައި މަލަންކޮޅު އަޅާލަދިނުމަށްފަހު އިސްއުފުލާ އަޝްރާގެ މޫނަށް ބަލައިލި ނާއިލަށް މީގެ އިރުކޮޅެއް ކުރިން އަޝްރާ ބުނެލި ބަސްތައް ހަނދާންވުމާއެކު ނާއިލަށް އަޝްރާގެ އިނގިލިން ދޫކޮށްލެވުނެވެ. އަދި ފަސް އެނބުރި އޭނަ ކުރިންވެސް އިން ގޮނޑި އާއި ދިމާލަށް މިސްރާބުޖެހިއެވެ.
” ސޮރީ… ” ނާއިލް ހިނގައިގަތުމާއެކު އަޝްރާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އަޝްރާގެ އެއަޑަށް ނާއިލަށް ހުއްޓެވުނެވެ. ”އައިމް ސޮރީ… މާބޮޑަށް އަހަންނަށް އެއްޗެހި ކިޔުނީ… ތޭންކްސް ފޯ ދި ހެލްޕް… ” އިސްޖަހާލައިގެން ހުރެ އަޝްރާ ވާހަކަ ދެއްކިއެވެ. ” ސުވާލެއް ކޮށްލަންތަ… ” އެނބުރި އަޝްރާއަށް ބަލައިލަމުން ނާއިލް އެހެން ބުނެލުމާއެކު އަޝްރާ ހޫމް ލައްވާލިއެވެ. ” އަނެއްކާވެސް ޝާއިފް އާއި ދެމީހުން މައްސަަލަ ޖެހުނީތަ… މިބުނީ ކުރީ ފަހަރުހެން އަހަރެމެން ދެމީހުން އެއްކޮށް ފެނުނީމަ މިސްއަންޑަސްޓޫޑް ވީހޭ ޝާއިފަށް… ” ސީދާ އަޝްރާގެ ލޮލާއި ލޯ ސީދާކޮށްލައިގެން ހުރެ ނާއިލް ދެއްކި ވާހަކަތަކަށް އަޝްރާ މަޑުމަޑުން ބޯ ޖަހާލިއެވެ. ” މަށަށް އޭރުވެސް ހީވިޔޭ… ޝާއިފް ތިވަނީ ކޮންކަހަލަ ލޮއެބެއްތަ އަޅެ… އަބަދު ޝައްކުކުރުން ދޯ ޝާއިފް ކަމަކީ… އަޝްރާ ބުނީމަ އޭނައަށް ގަބޫލުކުރެވެންވާނެ އެއްނު… އަހަންނާ ވާހަކަ ނުދައްކާާ ހުއްޓަކަސް މައްސަލަ ހައްލެއް ނުވާނެ ދޯ… މާދަމާވެސް އަހަރެން ނޫން އެހެން މީހަކާ އަޝްރާ ވާހަކަ ދެއްކިޔަސް ކިހިނެއް އިނގެނީ ޝާއިފް ރުޚި ނާންނާ ކަމެއް… ތިކަމުގަ މައްސަލަ ހައްލުވާނީ ޝާއިފްގެ ވިސްނުން ބަދަލުކޮށްގެނެއްނު…” ނާއިލް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ” އައި ޓްރައިޑް މައި ބެސްޓް އޭނައަށް އެކްސްޕްލެއިން ކޮށްދެން… އެކަމަކު… ” އަޝްރާ ކަންބޮޑުވެފައި ބުނެލިއެވެ. ” އެހެންވެ ދޯ އަޝްރާ މަށާ މާ ދުރުދުރުން ތިއުޅެނީ… އޭނަ ހިތްހަމަނުޖެހޭތީ… ސާބަސް އަޝްރާއަށް… މީ ގޭތެރެއޭ… އޭނައަކަށް ނުފެންނާނެއޭ… ޝާއިފަކަށް ނޭނގޭނެ އަޝްރާ މަށާ ވާހަކަ ދެއްކިއަކަސް… އަޝްރާ އެހެނޭ ކިޔާފަ މަށާ ވާހަކަ ނުދައްކާ ހުއްޓަސް އަހަރެން ނުހުންނާން… އަޝްރާއަށް އުނދަގޫވެސް ކުރާނަން… ޝާއިފް ޖެހޭނީ ރުޅި އައިސްފައި ހުންނަން… ” ނާއިލް އެހެން ބުނެލި ގޮތުން އަޝްރާގެ ގާތަށް ހިނިއައެވެ. އަޝްރާ ހީލުމުން ނާއިލަށްވެސް ހިނިތުންވެލެވުނެވެ. ” ރިއަލީ އައިމް ސޮރީ… އައި ތޯޓް އަހަރެން އެގޮތަށް ކަންތައް ކުރުމުން މައްސަލަ ހައްލުވާނެ ކަމަށް… އައި ވޯޒް ރޯންގް… އަސްލު ނާއިލް ތިބުނިހެން ޝާއިފްގެ ވިސްނުން ބަދަލުކުރަން ޖެހޭނީ… އެކަމަކު ބޭރު ތެރޭގައި ވީ ޝުޑް ސްޓޭ އަވޭ އިނގޭ… ތޭންކްސް ވިސްނައިދިނީމަ… ” ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އަޝްރާ އެހެން ބުނެލިއެވެ. އެއާއެކު އެދެމީހުންގެ ދެމެދުގައިވި ދުރުކަން ނެތެމުން ގޮސް ކުރިއެކޭ އެއްފަދައިން އެކަކު އަނެކަކާ ޖެއްސުންކޮށް އުނދަގޫކޮށް އުޅޭ ދެއެކުވެރިންނަށް ވެގެން ދިޔައެވެ.
އިއާން އާއި މިންހާ އާދައިގެ ހިނގުމެއްގައި ފިހާރައަށް ދާން ހިނގަމުން ދިޔައެވެ. ” މިންނު… ހައު އިޒް ޔުއާ ލައިފް… ލަވް ލައިފް ރަނގަޅުތަ… އަލޫފް… އަލޫފް ރަނގަޅުތަ މިންނުއަށް… ” ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން ފޫދުއްވާލަމުން އިއާން ސުވާލުކުރިއެވެ. ” ޔެއާ… ލައިފް ހަމަ ވަރަށް ރަނގަޅު… ސުޕާބް… އަލޫފް ހަމަ ވަރަށް ވަރަށް ރަނގަޅު… އާންއަށްވެސް އިނގޭނީ ލޯބި ވެވުނީމަ އެއީ ކިހާ ފޮނި އިހުސާސެއްކަން… އިޓްސް… އިޓްސް ޖަސްޓް އޯސަމް… ވަރަށް އުފާވެރި ހިތަށް ހަމަޖެހުން ގެނެސްދޭ އިހުސާސެއް އެއީ… ” ހުވަފެނީ ގޮތަކަށް ހިނިތުންވެލައިގެން ހުރެ މިންހާ ވާހަކަ ދެއްކިއިރު އިއާން ކަޅި ޖަހާ ނުލާ މިންހާގެ މޫނަށް ބަލަމުން ދިޔައެވެ. އެލޯބި ހިނިތުންވުން ފެނުމުން އިއާންގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެންދެއެވެ. ”އެންމެން މިންނު ހާ ލަކީ ނުވެދާނެއެއްނު… މިބުނީ އެންމެނަށް އެމީހެއްގެ ލޯބި ކާމިޔާބު ނުވެދާނެ އެއްނު… ” ކަޅު ކުލައިގެ ސޯޓުގެ އެއް ޖީބަށް އަތް ޖަހާލައިގެން ހުރެ ފިރިހެންވަންތަ ހިނގުމެއްގައި ހިނގަމުން ދިޔަ އިއާން މިންހާއަށް ބަލައިލަމުން މާނަފުން ބަސްތަކެއް ބުނެލިއެވެ. އެވަގުތު އޭނަ އެބުނި އެއްޗެއްގެ މާނަ މިންހާއަށް އެނގޭނެ ނަމައޭ އިއާންގެ ހިތުގައި ވިއެވެ. ”އާނ… އެންމެނަށް އެމީހެއްގެ ލޯބި ނުލިބެދާނެ… އެކަމަކު އާންއަށް އާންގެ ލޯބި ލިބޭނެ… އާންގެ ލޮއެބަށް ފުރަގަސްދޭނީ ކޮން އަންހެން ކުއްޖެއް… އާންގެ އެންމެ ބެލުމަކަށްވެސް ފިދާވާނެ ކިތަންމެ އަންހެން ކުއްޖެއް އުޅޭނެ… ” އިއާންގެ މޫނަށް ބަލަމުން ހިނގަމުން ދިޔަ މިންހާ ޔަގީންކަމާއެކު ބުނެލިއެވެ. މިންހާ އެ ބުނެލުމުން އިއާންގެ ހިތަށް އަސަރުކުރިއެވެ. ” އަހަރެން ލޯބިވާ ކުއްޖަކީ ތިއީ އޭ… ސޯ މިންނު އަހަރެންގެ ލޯބި ގަބޫލުކުރާނަންތަ… ” ސީރިއަސް މޫޑަކާއެކު އިއާންގެ ހިތަށް ކުރުވި އަސަރުން ބޭއިޚްތިޔާރުގައި އިއާންއަށް އެހެން ބުނެލެވުނެވެ. އެއާއެކު މިންހާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ” އާން.، ޔުއާ ސޯ ފަނީ… ހެހެހެ… އަހަރެން ނޫން އެހެން އަންހެން ކުއްޖެއް ގާތު ތި ޖޯކު ޖެއްސިނަމަ ގަބޫލުކުރީމުސް… އެކަމަކު އަހަރެން ކައިރި… ހެހެހެ… އާން… އައި ނޯ.. ޔުއާ ޖޯކިން… ރައިޓް… ހެހެހެ… ” ހެމުން ހެމުން މިންހާ ބުނެލި ކޮންމެ ބަހެއްވެސް އިއާންގެ ހިތަށް ތޫނު ހަންޖަރެއް ފަދައިން ހެރިގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ހިތުގެ ހާލު ލޯބިވާ ފަރާތާ ހިއްސާކުރެވެމުން އެފަރާތުން އެކަން ފާހަގަ ކުރީ ސަމާސާއެއްގެ ސިފައިގައެވެ. ލޯބީގައި މިއަށްވުރެ ބޮޑު ނާކާމިޔާބީއެއް ކޮބާާ ހެއްޔެވެ؟ ހިތަށް ކުރުވި އަސަރަކުން އިއާންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އިއާން އެކަރުނަތައް ފޮރުވުމުގެ ގޮތުން އަވަސް އަވަހަށް އިސްޖަހާލިއެވެ. އަދި ކަރުނަތައް ހިންދަން މަސައްކަތްކުރިއެވެ. ” އާން ވަރަށް މޮޅު އިނގޭ އެކްޓިންއަށް… ހެހެހެ… ” މިފަހަރުވެސް މަޑު ހުނުމަކާއެކު މިންހާ ބުނެލިއެވެ. އިއާންވެސް އޭނަގެ އިހުސާސްތައް ހިތުގައި ފަސްއަޅާ ފޮރުވަން މަސައްކަތްކުރަމުން އިސްއުފުލާލަމުން ހީލިއެވެ. އެއާއެކު ދެމީހުނަށްވެސް އެމީހުންގެ މަންޒިލާ ހަމައަށް ފޯރިއެވެ. ދެމީހުން އެކުގައި ފިހާރައަށް ވަދެ ބޭނުންވާ އެއްޗެހި ގަނެގެން ދެމީހުންވެސް ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ގެއަށް ދިޔަ މަގުމަތީގައި ގިނައިން އެދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ.
އެކުވެރި އުފާވެރި މާހައުލެއްގައި ހަތަރު އެކުވެރިން ނޫޑުލްސް ތައްޔާރުކޮށްގެން ކެއުން ކުރިއަށް ގެންދިޔައެވެ. ނުވަ ގަޑި ސަޅީސް ފަހެއްހާާ ވުމުން މިންހާ އާއި ނާއިލް އެމީހުންގެ ގެއަށް ދިއުމަށް ނިކުތެވެ. އެމީހުން ދިޔުމުން އަޝްރާ އާއި އިއާންވެސް ވަނީ އެމީހެއްގެ ކޮޓަރިއަށެވެ.
ރޭގަނޑު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ހަމައެކަނި ގަދަ ފެހި ކުލައިގެ ސޯޓެއް ލައިގެން ހުރި އަލޫފް ހުރީ ބެލްކަނީގައި މަގު މައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. މަގުމަތިންވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޖެހިލާ މަޑު ފިނި ވައި ރޯޅިތައް އަލޫފްގެ ހަށިގަނޑުގައި ބީހެމުން ދިޔަ ނަމަވެސް އެކަމުން އެއްވެސް ހިތްހަމަޖެހުމެއް އަލޫފަށް ނުލިބޭފަދައެވެ. އޭނަގެ މޫނު މަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މިއަދު އޭނަ އާއި ޝަމްހާ އާއި ދެމެދު ހިނގާދިޔަ ކަންތަކުގެ ޚިޔާލުތައް ހަނދާން ވާވަރުން އަލޫފަށް ނިދޭ ގޮތެއް ނުވެއެވެ. އެހެންކަމުން ހިތްހަމަ ޖައްސާލުމުގެ ބޭނުމުގައި ބެލްކަންޏަށް ނުކުތީއެވެ. ސޯޓުގެ ޖީބަށް ދެއަތް ޖަހާލަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާ ވިދަމުން ތަރިތަކުން ޖަރީވެފައިވި އުޑަށް އަލޫފް ނަޒަރު ހުއްޓާލިއެވެ. އެހެން ހުއްޓާ އަލޫފް ސިހުނީ ފިނި އަތަކުން އޭނަގެ މެދު ހަށީގައި ބައްދާލުމުންނެވެ. ” އަހަރެން މަތިން ހަނދާން ކުރަނީތަ… ނޫނީ އަހަންނާއެކު ހޭދަކުރެވުނު އެ އުފާވެރި ވަގުތުކޮޅު މަތިންތަ… ” އެމީހަކު އޭނަގެ ގައިގައި ފަހަތުން މޫނު ޖައްސާލަމުން ބުނެލި ބަސްތަކުން އަލޫފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
37 Comments!
Comments are closed.
Salaam dear readers ???… Here is the next part… Hope all will like this part too n feel free to comment your views… Iyye balikoh ulhunyma miadhu bodu baeh liyan jehuny… Ehenve havyru mi up kurevuny… Thankyou soooooo much dear for the support n love you all ❤️❤️❤️?????????…
N next part In Sha Allah on Tuesday ???…
Wowww me first dhw mifaharu vx yaaay ?????? varah varah reethi mi part vx masha Allah ????? kuri part ga sis ah comment eh nukurevi dhw othy.. ?? Aslu E ee kudakoh busy v ma nukurevuni ??? sorry 4 that.. You must be waiting for it dhw ifoo sis ?? and Mi part aslu varah dhigu ingey and I like it.. ?????❤️❤️❤️❤️ curiously waiting for the next part ?????
Sis ❤️❤️❤️… Thankyou soooooo much for the support n congratulations on being first again ??????❤️❤️❤️???… Yahh… I was waiting for your comment… Bt it’s ok… It happens ???… I felt sooo happy after reading your lovely comment ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…
Alhey v sad, ehn nahadhaa aloof ah plx plx
Samee ❤️❤️❤️… Thankyou so much ❤️❤️❤️?????????… Hehhe… Let’s see what happens…
Yesss…!!! ❤❤???? Its finally here again❤❤????…Wow..!!! Just Wow ??❤❤??…Speechless..!!! ❤❤????This part also very very intresting And awesome as well…❤❤?????..
Vrh reethi sifa kurun vrh reethi…??❤❤??.. Story ga vrh faahaga vaa thankolheh dheeny kanthahthakah baaru alhaafa hunna kan..❤❤????…Adhi nukiyey migothah genessa in story eh..??❤❤??…Alhe dhen aan ah mulhin vex dhera goiy thah dhw dhimaa vany eyoh…????…Make him happy soon…Keep it up your good work dear ifoo…❤❤?????..Waiting For next…❤❤????…Miss you and love you alotx…❤❤????
THE BEST STORY
THE BEST WRITTER
@Ikleel ❤️❤️❤️… Thankyou so soooooo much ?????????❤️❤️❤️… Comment v reethi n ifoo v v v ufaavehje ???… Let’s see what happens ???… Thanks a lot once again n much more loves ❤️❤️❤️?????????…
Sorry ifoo kuree part ah reply eh nukurevunyma.. ???..but without a doubt e part ves mi part ves hama supperr.???.. story mihaathanah v reethi and im sure dhn oih baaives ehaame reethi vaane kamah… so far one of the best story i have ever read in my life..❤?❤?❤?..
Alhey aan ah ehn nahadhaa…??????.. almost cried for him..?????.
Btw ifoo mi vaahakaige kithah part mulhi ehkoh onnaany…
Much love????❤????????????❣?
Naum ❤️❤️❤️… I’m soooooo happy to see ur comment again ❤️❤️❤️?????????… Thankyou soooooo much for the support n love ❤️❤️❤️?????????.. Comment kiyaalaafa ifoo v v v ufaavehje ???… It’s ok… Story kiyaaleema ???… Aaan dhw… Let’s see what happens in his life ???… Ifoo akah egothakah vx neynge story ga kithah part kameh inee kee bunaakah ???… Cause I haven’t written… I had just planned the story in my mind ???… Lot of things are there to happen in the story ???… Adhi story nimenn kairivx nuvey???… Thankyou so much once again n much more loves from me ❤️❤️❤️?????????…
heyy….me second dhw…btw mi part vx vrh vrh vrh riithi……and vrh happy thankolheh dhigu koh up kuriima…and vrh riithi ashra and naail ge love story….soooo wonderful….and vrh vrh dhera vey aan ah vaa gothun…..i hope he get his love sooon….but i dont want to end the relationship between minnu and aloof…..aloof vrh rangalheh nun…and shamha kanthah kuraa goiy vrh vrh goas dhw….anyways this is an amaxing work…maasha allah for your amxing work….curiously waiting for the next part…..much loves frm naash…..missed ingey….
Naash ❤️❤️❤️… Thankyou soooooo much dear for the supportive comment ❤️❤️❤️?????????… I’m soooooo happy to see ur comment regularly ❤️❤️❤️???… Let’s see what happens in their life ???… Lots of things are there to happen ???… Once again thankyou so much n much more loves from me n miss you too dear ❤️❤️❤️?????????…
Yess…!!! ❤❤????? Its Finally here again..!!!❤❤?????….This part also very very intresting and awesome as well…❤❤????…Vrh vrh kamudhey sifa kurun mi part ga vex genessa huri goiy…!!❤❤????….Adhi mi story ga vrh faagavaa thankolheh e ee dheenee kankamah baaru alhaafa hunna kan…❤❤????…Its really very good ingey…❤❤????…Alhe aan ah haadha haa dhera goiy thakekey dhw mi vany…?????…Feel sorry For him…Make him happy soon….❤❤????…Waiting for next part..!!! ❤❤????..Keep it up Your good Work Dear Ifoo…!! ????❤❤…Miss you and love you a lotx..❤❤??
THE BEST STORY..
THE BEST WRITTER..
❤❤❤❤????
vaahaka varah best but shamhaage bad kamun varah angry
n aan ehaa sad vma varah dhera vefa mi iny insha allah aan will get minnu
n as usual ifoo hama best ingey hama osm story varah miss
lysm
owhh forgot my name again
My dear sweet unique ❤️❤️❤️… I’m soooooo happy to see ur comment ❤️❤️❤️???… Thankyou soooooo much dear for the support ❤️❤️❤️?????????… Let’s see what happens… Aaan might n might not get his love ❤️❤️❤️…. Much more loves from me dear n miss you too dear ❤️❤️❤️?????????…
Dhen shamha aa aloof aa gulhuvaafa aan aa minnu aa gulhuvaaba
No theethi kada eyrah minnu was so so so sad???becz she cant get she love ??❤??????❤?shhamha ah rangalhu vaany aloof nulibuniyya becaz she is bad?❤???
What is you want
Minnu sad
Shamha bad
Hehhe… Lets see vaagotheh ???… Thankyou for the compliment ??????…
Wow v salhi?
Fasa ❤️❤️❤️…. Thankyou soooooo much ???❤️❤️❤️??????…
Just WOW ??? Ifoo Alhey mi partvx v v v rythi ingey ?????????… I love it ?????????… Alhey minnu kythikury aan loabi vaa vaahaka bunyma… Aloof asluvx minnu ah sirru kurun rangalheh noon dhw… ashra n naail v v v loabi dhw ulhey goiii n Haadha serious kohlaafa ey dhw alhey thi ninmaaly ??????❤❤❤… I just can’t wait for next ⭐⭐⭐??????…keep up the good work n I really appreciate your hard work ?????????… much n more loves from naju ????????????❤❤❤???????????????
Naju ❤️❤️❤️… Thankyou soooooo for the colourful Comment ❤️❤️❤️?????????… Ifoo v v v ufaavehje ???… Heheheh… Let’s see what happens… Much more loves from me dear ❤️❤️❤️?????????…
Finally it is here ??mi part ves v reethi and it is awesome as well? v Ufaa balikoh ulhemun vx genesdhiny ma ??ebunaahn aan ah ah ehen nahadhaba?I am feeling sorry for aan ?plx make him happy???Dhn aan aa Minnu aa gulhuvaba plx???❤
Get well soon ifoo dear ?
Curiously waiting for nxt part❤????????
* v ufaa vehje balikoh ulhemen vx genedhinyma
Queen ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m soooooo happy to see ur comment ???.. Let’s see what happens ???… Heheh… Much more loves from me dear ❤️❤️❤️?????????…
Your well done ???????❤❤??????
Ishu ❤️❤️❤️… Thanks a lot dear ❤️❤️❤️?????????…
Masha allah ❤❤❤mi prt vx hama vrh habbu ingey????????waitinn fr the nxt ingey ???much luvx from me dear..???????
Beryl Stone ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????.. Regular koh comment fennaathy ifoo v v v ufaavehje ???… Much more loves from me ❤️❤️❤️?????????…
Hellooo ifoo ❤❤ get well soon dear ?? Avas shifaa akah edhen.. Story is amazing ❤??? varah varah salhi.. Ekamaku aan ah evy gothun hama asluves varah dhera vejje ??? And anekka shamha tha aloof gaiga ais mi behdhy ??? Varah foohi vey.. ?? but story kuriyah gendhaa goi haaadha reehchey ?????? Cant wait for next part.. Love youuu ?????? And gws ❤❤????????????????????
Hellooooo Livy ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje ???… Aan dhw… Ifoo vx dheravey aan ah ehen v ma bt what to do… Ekan e othy dhenn ehen vefa… Let’s see what happens… Much more loves from me dear ❤️❤️❤️?????????…
Salaam dear readers… Sorry to say this bt… I think tomorrow new part ifoo ah up kurevey varu vaany reygandu hennn… As I told before these days I’m not feeling well… I’m sick… So need more time to write… In Sha Allah next part on tomorrow night… Hope all will understand n I hope that readers will wait for the story ???… Love you all ❤️❤️❤️??????…
It’s OK ifoo sis we understand ??? Get well soon ❤️❤️❤️❤️ Goodluck with the story and don’t go too hard on yourself ??? more loves from me…. ???
Sis ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…
alhey ifoo shafakallah
will miss you loads
may allah bless you with gud health
ly loads
Unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… I wish you the same too ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…