Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ތޭވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 6, 2019 10 Mins Read
21 Comments

ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ ދޮރާއި ދިމާލަށް ދިޔައެވެ. އޭނަ ގޮސް އެ ކުޑަ ފިހާރައިގެ ދޮރުގައި އަތް އަޅާލަން އުޅުނު ވަގުތު އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައިން މިރްޒާންގެ ނޭވާ ހުއްޓިގެން ދިޔައެވެ. އޭނައަށްވުރެ ކުޑަ ތަންކޮޅެއް ކުރުކޮށްހުރި ހިކި ހަށިގަނޑެއް ލިބިފައިވި ފިރިހެން ކުއްޖާގެ މޫނު ފެނިފައި އޭނައަށް އޭނަގެ އަމިއްލަ ނަފްސާއި ދިމާލަށް ބަލަން ހުރެވުނު ކަހަލަ އިޙްސާސެއް މިރްޒާނަށް ކުރެވުނެވެ. އެ މޫނަކީ އޭނައާއި އެއްވަރަށް އަލި މޫނެކެވެ. ގަދަ ބުމައެއް ލިބިފައިވީއިރު ދެ ތުންފަތް ތުންޏެވެ. މޫނުގެ ތިރިން ދެ ފަރާތުން ކަތުރުކަށިގަނޑު ހުންނަ ރޮނގު ސާފުކޮށް ފެންނަމުން ދިޔަ ގޮތުން އެއީ ހަމަ އޭނައޭ މިރްޒާންގެ ހިތް ބުންޏެވެ. މީގެ އިތުރުން ކަނދުރައާއި ހަމައަށް ދިގުކުރެވިފައިވި ކަޅުކުލައިގެ ފަން އިސްތަށިގަނޑު ވެސް ފެނިފައި މިރްޒާނަށް ބުނާނެ އެއްޗެއް ނޭނގިފައި މޭ ތެރޭގައި ތެޅެމުން ދިޔަ ހިތާއެކީ ބަލަހައްޓައިގެން ހުރެވުނެވެ. ދެބުމަ ކައިރިކޮށްގެން އޭނައަށް ބަލަންހުރި އެކުއްޖާގެ އެ މޫނުމަތީގެ ކުލަވަރު ދޭހަކުރަން ނޭނގިފައި މިރްޒާން ވަނިކޮށް އޭނަގެ ފަހަތުން އައި އާތިފް ވާހަކަ ދެއްކިއެވެ.

 

“ތިއީ ހަސަން، ދޯ؟” އާތިފް ގޮސް މިރްޒާނާއި އެއްވަރުކޮށްލަމުން އެކުއްޖާ ކައިރިން އަހާލިއެވެ. އެއާއެކު އެކުއްޖާ އާތިފަށް ބަލާލިއެވެ.

 

“އާނ.” ހަސަން ޖަވާބު ދިނީ އެ ޢުމުރުގެ ކުދިންނާއި ބަލާއިރު ފުދޭވަރަކަށް ބަރު އަޑަކުންނެވެ. ހަސަންގެ އަޑު އިވިފައި ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ފަދައަކުން މިރްޒާނަށް ވާހަކަ ދެކެވުނެވެ.

 

“ކް…ކޮން ރަށެއްގެ ކުއްޖެއްތަ ތިއީ؟” މިރްޒާނަށް އެހެން އަހާލެވުނީ ނުހަނު އަވަހަށް ކަމެއް ސާފުކުރަން އުޅޭ ފަދައަކުންނެވެ. މިރްޒާން އެހެން އަހާލުމާއެކު ހަސަން ދެންވެސް އޭނަގެ ސީރިއަސް ނަޒަރުގައި ހުރެ އެއްފަހަރު މިރްޒާނަށް އަނެއްފަހަރު އާތިފަށް ބަލައި އެންމެ ފަހުން މިރްޒާނަށް ކަޅި ހުއްޓާލިއެވެ.

 

“ފޭދޫ.” ހަސަންގެ ޖަވާބު ކުރެވެ.

 

“ކޮން ބަޔަކާއެކީ އުޅެނީ؟” މިރްޒާނަށް ދެންވެސް ކެތްތެރިކަމެއްނެތި އަހާލެވުނެވެ. އެ ހިނދު މިރްޒާނަށް ނަޒަރު ހުއްޓައިގެން ހުރި ހަސަންގެ ނިތަށް ރޫ ގިނަވީ ނުރުހުންވެގެންހެން ހީވި އާތިފް އެއްފަހަރު ހަސަނަށް އަނެއްފަހަރު މިރްޒާނަށް ބަލާލިއެވެ. ހަމަ އެހިނދު އަނެއްކާވެސް ހަސަން ޖަވާބުދިނެވެ.

 

“ތިމާގެ ބަޔަކާއެކީ.” ހަސަން ބުނެލިއެވެ.

 

“ކޮބާ މަންމައާއި ބައްޕަ؟” އެތައް ދުވަސްވަންދެން ކެކުޅުމެއްގައިވި ހިތެއްގެ ސަބަބުން މިރްޒާނަށް ދެންވެސް އަހާލެވުނެވެ. އެ ހިނދު މިރްޒާނަށް ފާހަގަނުވިޔަސް ހަސަންގެ ކަތުރުކަށިގަނޑަށް ބާރުވެ އޭނަގެ ގޮށްމުއްކެވުނުތަން ފެނުނު އާތިފް މަޑު އަޑަކުން ‘މިއްޒޭ’ އޭ ކިޔައި ގޮވާލިއެވެ. އެހެނަސް ދެންވެސް މިރްޒާން ޖަވާބެއްގެ އިންތިޒާރުގައި ހަސަނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާތިފް ވާހަކަ ދެއްކިއެވެ.

 

“ހަސަން ކީއްވެތަ މި ގަޑީގަ މި ފިހާރައިގަ ހުރީ؟ މީ ސޮވެނިއާ ވިއްކާ ފިހާރައެއްދޯ؟ ވޯކް ކުރަނީތަ މިތާނގަ؟” އާތިފް ކުޑަދޮރުން ފިހާރައިގެ އެތެރެ ބަލަން މަސައްކަތް ކުރަމުން ސުވާލުތައް ކޮށްލީ އެ ޙާލަތު ރަނގަޅު ކުރުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ހަސަނާއި މިރްޒާންގެ ސަމާލުކަން ވެސް އޭނައަށް ހުއްޓިގެން ދިޔައެވެ.

 

“އާނ. މިތާނގަ ވެސް ހުންނަން. އަހަރެން އަމިއްލައަށް ހަދާ އެއްޗެހި ވެސް ލައިގެން ވިއްކައި ހަދަން. ފިހާރައިގެ ވެރިމީހާއާ ވާހަކަ ދައްކައިގެން.” ހަސަން ކިޔައިދިނެވެ.

 

“ދެޓްސް ގްރޭޓް! އަހަރުމެން ނަމަ ތި ޢުމުރުގަ ތިބޭނީ މި ގަޑީގަ ކޮންމެވެސް އެއްގޭމެއް ކުޅެން. ދޯ މިއްޒޭ؟ ހެހެ…..” އާތިފް ހީލިއެވެ. އެ ހިނދު މިރްޒާން ވެސް ހަސަނަށް ބަލަންހުރެ ހިނިތުންވެލީ ދެންވެސް އޭނައަށް ހީވަމުން ދިޔަ ހީއާމެދު އެހެން ގޮތަކަށް ވިސްނަން ނުކުޅެދިފައި ހުރެއެވެ.  ހަސަނަށް ނަޒަރު ހުއްޓައިގެން ހުރިއިރު ހަސަން އޭނައަށް ނުބަލަން މަސައްކަތް ކުރަމުން ދިޔަކަން ފާހަގަވުމުން އޭނަގެ ހިތުގައި އިތުރު ސުވާލުތަކެއް ފުނިޖެހުން ނޫންކަމެއް ނުވިއެވެ.

 

“ކޮން އިރަކުތަ އިންޓަވިއު އޮތީ؟ ވީހާވެސް އަވަހަކަށް އޭތި ނިމުނިއްޔާ އަހަންނަށް ވަރަށް ރަނގަޅު.” ހަސަން އޭނައަށްވުރެ ބޮޑެތި މީހުންނާއި ވާހަކަ ދައްކަމުން ދިޔަ ރާގުން އޭނައަށް އެ އަދަބުތައް ދަސްކޮށްދެވިފައި ނެތްކަން އެތާތިބި އެންމެންނަށް ފާހަގަވިއެވެ. އެކަން ފާހަގަވި މިރްޒާންގެ ދެބުމަ ކައިރިވިއެއްކަމަކު އާތިފް އަޅާލުމެއްނެތި ހެވިފައިހުރެ ޖަވާބު ދިނެވެ.

 

“އަސްލު 4 ގަ ފަށާ ގޮތަށް އޮތީ. އަސުރަށްފަހު ދޯ ދެން އެއްވެސް ކަމެއްކުރެވޭނީ؟ ހަސަންގެ އެޑްރެސް ކިޔައިދީފިއްޔާ އަހަރުމެން އެގަޑީގަ އެގެއަ…” އާތިފްގެ ވާހަކަ ފުރިހަމަ ނުވަނީސް ހަސަން ވާހަކަ ދެއްކިއެވެ.

 

“4 ޖަހާއިރު މިއަދު އަހަރެން ހުންނާނީ މިތާ ކައިރީގަ ހުންނަ ހޯލެއް ރެޑީ ކުރަން ކޮންމެވެސް ޖަލްސާއަކަށް. 4:15 ވާއިރަށް ހުރިހާ ކަމެއް ނިމި އަހަރެން ފްރީވާނެ. އެހެންވީމަ އެގަޑީގަ އެތަނަށް އައިސްދިނުން އެދެން.” ހަސަން އާތިފަށް ބަލަންހުރެ ބުނެލިއެވެ. އެ ހިނދު އެ ޢުމުރުގެ ކުއްޖަކު އެހާ އަވަދިނެތި އުޅޭކަމަށްޓަކައި އެތާތިބި އެންމެންވެސް އަޖާއިބުވާ ގޮތްވިއެވެ.

 

“އޯކޭ ހަސަން. އަހަރުމެން އަންނާނަން. ވަރަށް ސަޅިވެސް ވާނެދޯ މި ކަހަލަ ލޮކޭޝަނެއްގަ އިންޓަވިއު ކުރީމަ. ދޯ މިއްޒޭ؟” އާތިފް ފެހި ވިނަތަކުން ފުރިފައިވި އެ މާޙައުލަށް ވަށައި ނަޒަރު ހިންގާލަމުން މިރްޒާން ކުރެން އެހިއެވެ. އެހެނަސް އޭރުވެސް މިރްޒާންގެ ނަޒަރު ހުއްޓިފައިވީ ހަސަނަށެވެ.

 

“އެކަމަކު ހަސަންގެ ގެ…” މިރްޒާނަށް މިފަހަރު އެހާ ހިސާބަށް ބުނެލެވުނުތަނާހެން އާތިފް އިހުނަށްވުރެ ހަރުއަޑަކުން ‘މިއްޒޭ’ އޭ ކިޔައި ގޮވާލިއެވެ. އެ ހިނދު މިރްޒާން އާތިފަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އާތިފް ސީރިއަސް ނަޒަރަކާއެކީ ބޯހޫރުވާލީ އެހެން ނަހަދާށޭ ބުނާ ފަދައަކުންނެވެ. އެވަގުތު ފިހާރައިން ނިކުމެ ހަސަން ދޮރު ލައްޕައި ތަޅުލި އަޑަށް ދެމީހުންނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. ހަސަން ވަކި އެމީހުންނަށް ބެލުމެއްނެތި ތަޅުދަނޑި ޖިންސްގެ ޖީބަށް ލަމުން ފިހާރައިގެ އެއްފަރާތަކަށް ލައްކޮށްފައި ހުރި ބައިސްކަލް އެތަނުން ދުރުކޮށް މަގުމައްޗަށް ނެރުނެވެ. މިރްޒާންމެން ބަލަބަލާ ތިއްބާ ހަސަން އެ ބޮޑު ބައިސްކަލަށް އަރައި ބާރަށް ދުއްވާލިއެވެ. ހަސަން ލޯމައްޗަށް ގެއްލުނު ވަގުތު މިރްޒާންގެ ޝަކުވާގެ އަޑުއިވުނެވެ.

 

“ކީއްވެތަ އާތިފް އަހަރެން ހުއްޓުވީ؟! އަހަންނަށް ޔަޤީނާއި ގާތޭ އެއީ އަހަރެންގެ ދަރިފުޅުކަން! ނޭނގޭ ކޮންކަހަލަ ޙާލަތްތަކެއްގަ ކަމެއްވެސް އޭނަ އުޅެނީ…” މިރްޒާން ފަހު ޖުމްލަ ބުނެލީ ދެފަރާތަށް ކަޅި ހިންގަމުން ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ.

 

“އައި ނޯ ހައު ޔޫ ފީލް މިއްޒޭ. އަހަރެން ވެސް އަޑުއެހީމޭ ފަޔާޒް ހަސަންއާ ބެހޭގޮތުން ދެއްކި ވާހަކަތައް. ވެދާނެ މިއްޒޭއަށް ތި ހީވަނީ ރަނގަޅަށް ކަމަށްވެސް. އެކަމަކު މިއްޒޭ މާ ގިނަ ސުވާލުތައް ކުރަން ފެށީމަ ހަސަން ނުރުހުންވީހެން އަހަންނަށް ހީވީ. ވެދާނެއެއްނު އަހަރުމެންނަށް ނޭނގޭ ކޮންމެވެސް ސަބަބަކާހެދި އެ ކުއްޖާގެ ޢާއިލީ ވާހަކަތައް ފޮރުވަނީ ކަމަށްވެސް؟ އަދި އެއީ މުޙްސިންއަށް ވިޔަސް މިއްޒޭ ބޭނުންތަ މުޙްސިން މިއްޒޭއަށް ނުރުހުންވާން؟” އާތިފް މިރްޒާންގެ އެއްކޮނޑުގައި އަތްއަޅައިގެން ހުރެ އޭނަގެ އެކުވެރިޔާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އާތިފްގެ ފަހު ސުވާލުން މިރްޒާނަށް އެއްޗެއް ވިސްނުނު ފަދައަކުން އޭނަ ބޯހޫރުވާލީ އެ ސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ.

 

“އެނގޭ މިއްޒޭއަށް ދެން ކެތްކުރަން ދަތިވާނެކަން އެކުއްޖާއާ ދުރުގަ ހުންނަން. އެކަމަކު މިއްޒޭ ޖެހޭނީ ވަރަށް ބަލައިގެން ފިޔަވަޅު އަޅަން….އެހެންނޫނަސް އަދި ހަސަންއާ އަހަރުމެން ބައްދަލުވާނެއެއްނު؟ އިންޓަވިއުގެ ތެރެއިން ގުޅުން ބަދަހިވީމަ މިއްޒޭ ހަސަންއާ ވާހަކަ ދައްކާލަންވީއެއްނު؟ އެކަމަކު އިންޓަވިއުގެ ތެރެއިން ވެސް ޢާއިލާގެ އެއްވެސް ވާހަކައެއް ނާހަން އަހަންނަށް ފެންނަނީ މިއްޒޭ….އޭރުވެސް މިއްޒޭ އެކަހަލަ ސުވާލެއް ކުރީމަ ހަސަން ހުރީ ވަރަށް ސަކަރާތްވެފަ.” އާތިފް ބުންޏެވެ. އާތިފް ދެއްކި ވާހަކަތަކެއްގެ ސަބަބުން މީގެ އިރުކޮޅެއް ކުރިން އޭނަގެ ކުރިމަތިން ފެނުނު ހަސަންގެ މޫނުމަތިން ފެނުނު ކުލަވަރުތައް މިރްޒާންގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އާތިފްގެ ވާހަކަތަކުގެ އަލީގައި އެ ކުލަވަރުތައް އެވަގުތު ދޭހަ ކުރެވިގެން ދިޔުމުން އާތިފް ބުނިގޮތަށް ހަދަން މިރްޒާން އެއްބަސްވެލީ ބޯޖަހާލަމުންނެވެ.

 

ގަމުގައި ހުރި ގެސްޓް ހައުސްއެއްގައި ތިބެފައި އެދުވަހުގެ ޢަޞްރު ނަމާދު ވަގުތުވުމުން މިރްޒާނާއި އޭނައާއި އެކީ އައިސްފައި ތިބި މީހުން ނަމާދަށް ދިޔައީ އެ ގެސްޓް ހައުސްގެ ކައިރީގައި ހުރި މިސްކިތަކަށެވެ. އެދުވަހުގެ އެ ނަމާދަށްފަހު މިރްޒާނަށް އެތައް އިރެއް ވަންދެން ދުޢާކުރެވެމުން ދިޔައީ އުއްމީދާއި ހިތާމައާއި ދެމެދު ތެޅިތެޅި އޮތް ހިތަކާއެކީގައެވެ. އޭނަގެ ގެއްލިފައިވާ ދަރިފުޅާއި އޭނަ އަލުން ގުޅުވައިދިނުމަށް އެދިއެވެ. އެ ނިޢުމަތް އިތުރަށް އޭނައާއި ދުރު ނުކުރެއްވުމަށް އެދިއެވެ. އޭނަގެ ދަރިފުޅު ހެޔޮ ޙާލެއްގައި ލެއްވުމަށް އެދިއެވެ. އަދި ގޯސް ޙާލަތެއްގައިވާނަމަ އޭގެ ނުބައިކަމުން އެ ދަރިފުޅު ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. އާދައިގެ މަތިން ފެންކަޅިވަމުން ދިޔަ ލޮލާއެކީ މިރްޒާން އެ ދުޢާތައް ކުރެވެމުން ދިޔައިރު އެދުވަހު އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ މިއަދު އޭނައަށް ފެނުނު އާ ސޫރައެވެ. އެއީ އާ ސޫރައަކަށްވިޔަސް އެ ސޫރައިގެ ވެރިޔާ އޭނައާއި ދުރު މީހެއްގެ ގޮތުގައި ދެކެން މިރްޒާނަށް ދަތިވެފައިވިއެވެ. އެ ސޫރަ ދެވަނަ ފަހަރަށް ފެންނާނެ އިރަކަށް އޭނަގެ ހިތް ކެތްމަދުވެފައިވިއެވެ. މިސްކިތުން ފައިބައިގެން އާތިފްމެންނާއެކީ ގެސްޓް ހައުސްއަށް މިޞްރާބުޖެހުމުގެ ބަދަލުގައި އޭނައަށް އެހެން ދިމާލަކަށް ދެވެން ފެށީ އެ އެދުން ބޮޑުވެފައިވުމުންނެވެ. އެކަނިމާއެކަނި އެ ބީރައްޓެހި ރަށުގެ ތާރު މަގުގެ އެއްފަރާތުގައި އޮތް ވިނަގަނޑުމަތިން ދެ ފަރާތަށް ނަޒަރު ހިންގަމުން މިރްޒާން ދިޔައީ، ހަސަން ކޮންފަރެންސް ހޯލު ހުންނާނެ ދިމާލަށެވެ. އެއީ ކޮން ބަޔަކު ގެންގުޅޭ ހޯލެއްތޯ ހޯދައި އެތާނގެ ކުރިމަތީގައި އިންޓަވިއު ބޭއްވުމަށްޓަކައި އިޒުނަ ހޯދުމުގެ މަސައްކަތް ކުރީ އާތިފެވެ. އާތިފްގެ ފަރާތުން އެ ހޯލު ހުންނަ ދިމާލެއް އެނގިފައިވުމުން މާ ގިނައިރެއްނުވެ މިރްޒާނަށް އޭނަ ހިނގަމުން ދިޔަ ފަރާތް ނޫން އަނެއްފަރާތުން ނުހަނު އާދައިގެ ޢިމާރާތެއް ފެނިގެން ދިޔައެވެ. ހުދުކުލައިގެ ޢިމާރާތުގެ ވަށައިގެން ގަދަ ފެހިކުލައިގެ ވިނަ ފަޅާފައިވީއިރު އެތާ ކައިރީގައި ކުދި ފަތްތަކެއް ލާފައި ހުރި ބިޔަ ގަހެއް ހުރުމުން އެ މާޙައުލު ހިތްގައިމުކޮށް ދައްކަމުން ދިޔައެވެ. އެ ޢިމާރާތުގައި ބޭއްވެން އުޅޭ ޙަފްލާއަށްޓަކައި ޢިމާރާތް ތައްޔާރު ކުރެވެމުން ދަނީވެސް އެ މާޙައުލާއި ގުޅުވައިގެން ކަންނޭނގެއެވެ. ދުރުން ފެންނަމުން ދިޔައިރު ޢިމާރާތުގެ މެދުގައި ހުރި ހުޅުވިފައިވި ބޮޑު މައިދޮރުގެ ދެކޮޅުގައި ފާރުކައިރިން މަތިން ތިރިއަށް ޕްލާސްޓިކް ފަތްކޯޅިތައް އެޅުވިފައިވިތަން ފެންނަމުން ދިޔައެވެ. މީގެ އިތުރުން ޢިމާރާތުގެ ކުރިމަތީގައި ހުރި ހިޔާ ކޮށްފައިވި ކުޑަ ތަންކޮޅުގެ ހަތަރު ކަނުގައި ދިގު މާވަށިތައް ބެހެއްޓިފައި ހުރިތަން ވެސް ފެނުނެވެ. އެ މަސައްކަތްތައް ކޮށްފައިވާނެކަން އެނގުންވީ ވަގުތު ޢިމާރާތުގެ ދޮރުމައްޗަށް އެރި ހަސަން އޭނައަށް ފެނުނެވެ. ހަސަން ނިކުތީ ފްރޭމެއްހެން ބެހެއްޓޭ ގޮތަށް ހެދިފައިހުރި ފިލަގަނޑެއް ދެއަތުން ހިފަހައްޓައިގެންނެވެ. ހަސަން އޭތި ހިފައިގެން ދިޔައީ އާދައިގެ ހިނގުމެއްގައި ކަމަށްވިޔަސް އެ މޫނުމަތިން އޭނަ ކޮންމެވެސް އުދަގުލެއްވެގެން އުޅޭހެން ހީވުމުން މިރްޒާނަށް އެދިމާލަށް ހިނގައިގަނެވުނެވެ. މިރްޒާން މަގު ހުރަސްކޮށްފައި ހަސަން ހުރި ފަރާތަށް ދިޔަ ވަގުތު ހަސަން އެ ފިލަގަނޑު ޢިމާރާތުގެ ހިޔާކޮށްފައި ހުރި ބައިގެ އެއްފަރާތުގައި ކައްޗަކަށް ބެހެއްޓީ ރީތިވާނެ ފަދައަކުންނެވެ. އެތަނާއި ގާތްވީވީހެން އެ ފިލަގަނޑުގެ މެދުގައި ކަނޑާ ނަގާފައި “ޓެން ޔިއާރސް އޮފް ސާރވިސް” އޭ ރީތި ގޮތަކަށް ލިޔެވިފައިވި މަންޒަރު މިރްޒާނަށް ފެނުނެވެ. އެއީވެސް ހަމަ ހަސަން އެޅި އަކުރެއްތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ހިނިތުންވެލެވުނެވެ. އޭނަ ހިނގަހިނގާ ހުއްޓާ ހަސަން ޢިމާރާތުގެ ތެރެއަށް އަނެއްކާވެސް ވަދެ ދެން ނިކުމެގެން އައީ ހިލަ ކަރުދާހާއި އެކީގައެވެ. މިރްޒާން ގޮސް އެ ޢިމާރާތުގެ ކައިރީގައި މަޑުކޮށްލި ވަގުތު ހަސަން ހިލަ ކަރުދާސްކޮޅެއް ވީދައި ކުރުފައިމައްޗަށް ތިރިވެ އެ ފިލަގަނޑުގެ ވަށައިގެން އޮމާން ކުރަން ފެށިއެވެ. މިރްޒާން އިރުކޮޅެއް ވަންދެން ހިނިތުންވުމަކާއެކީ ދެއަތް އުރައިގެން ހަސަނަށް ބަލަން ހުރެފައި އެއްޗެކޭ ބުނެލާ ހިތްވިއެވެ.

 

“އިންޓަވިއުއަށް ރެޑީތަ؟” މިރްޒާން ހަމަ އެ ހިނިތުންވުމުގައި ހުރެ އަހާލިއެވެ. އެއާއެކު ޙަރަކާތްތައް ހުއްޓިގެން ދިޔަ ހަސަން ފަސްއެނބުރި މިރްޒާނަށް ބަލާލިއެވެ. ހަސަން އޭރު ހުރީ ފިހާރައިގައި އޭނަ ލައިގެން ހުރި ބާވައްތަރުގެ ޓީޝާޓާއި ޖިންސެއްގައެއް ނޫނެވެ. އޭރު އޭނަ ހުރީ ދަނބުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައެވެ. ބޮލުގައި ފުނާ އަޅާފައި ހުރިއިރު ތެތްކަމެއް ފާހަގަވަމުން ދިޔަ ގޮތުން އޭނަ އައީ އިންޓަވިއުއަށްޓަކައި ތާޒާވެގެންކަން އެނގެއެވެ.

 

“އާނ.” ހަސަން އެހެން ބުނެލީ ނޭވައެއް އެތެރެއަށް ދަމަމުން ދަތިވެގެން އުޅޭ ފަދައަކުންނެވެ. ހަސަން އަނެއްކާވެސް މަސައްކަތަށް އެނބުރިލީ ހިނދު މިރްޒާންގެ ދެބުމަ ކައިރިވީ އެހެންވެއެވެ.

 

“ބަލީތަ؟” މިރްޒާނަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ. ހަސަން އަނެއްކާވެސް މިރްޒާނަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް ނޭވައެއް އެތެރެއަށް ލަމުން ވާހަކަ ދެއްކިއެވެ.

 

“މިއަދު މިތަނަށް އައިއި…ރު…ދުންގަ..ޑެއްގަ ޖެ..ހުނީމަ ހާސްވަނީ.” ހަސަން ވާހަކައިގެ މެދުތެރެއިން މަސައްކަތަށް އެނބުރި ދަމުން އުދަގުލާއެކީ ޖަވާބުދިނެވެ. އެއާއެކު މިރްޒާނަށް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ހަސަން ހުރި ތަނާއި އިތުރަށް ގާތަށް ޖެހިލެވުނެވެ.

 

“އާރ ޔޫ އޯކޭ؟ އިންޓަވިއު ކެންސަލް ކުރެވިދާނެއޭ ހަސަން ބަލިއްޔާ.” މިރްޒާން އެހެން ބުނެލިތަނާހެން ހަސަން ވާހަކަ ދެއްކިއެވެ.

 

“ނޫން އަދި އިރު…އިރުކޮ…ޅަކުން ރަނގަޅުވާނެ. އިންޓަ..ވިއު ދޭނަން އިން ޝާ ﷲ!” ހަސަން މަސައްކަތާއިގެން ކުރިއަށްދަމުން ކުރުވެފައިވި ނޭވާއަކާއެކީ ބުނެލިއެވެ. ހަމަ އެހިނދު ފުރަގަހުން އާތިފް ގޮވާލި އަޑު އިވުނެވެ. މިރްޒާން ފަހަތް ބަލާލިއިރު އާތިފްމެން ކެމެރާއާއި އެހެނިހެން އެއްޗެހި ހިފައިގެން އެތަނަށް އަންނަނީއެވެ. މިރްޒާނަށް ދެންވެސް ހަސަނަށް ބަލާލެވުނެވެ.

 

“އާރ ޔޫ ޝުއާރ ހަސަން؟” މިރްޒާނަށް ސުވާލުކުރެވުނެވެ. ހަސަން އޭނައަށް ބެލުމެއްނެތި ބޯޖަހާލިއެވެ. އޭރު އާތިފްމެން އެތަނަށް ގޮސް ހަސަނަށް ގޮވައި އިންޓަވިއުއަށްޓަކައި އެތަން ތައްޔާރުކުރާނެ ގޮތުގެ ޚިޔާލެއް ދީބަލާށޭ ބުނަން ފެށިއެވެ. މިރްޒާނަށް ވަގުތުން ހަސަން ބަލި ވާހަކަ ބުނެވުނެވެ. އެއާއެކު އާތިފް ވެސް އެއީ ތެދެއްތޯ އަހައި ޚަބަރު ބެލިއެވެ. އާތިފް ވެސް އިންޓަވިއު ކެންސަލް ކުރެވިދާނެ ވާހަކަ ބުނުމުން ހަސަން އިންކާރު ކުރީ އެއްބަސްވެފައިވި ކަމެއް ނިންމަން ޖެހޭނެ ނޫންތޯ ބުނަމުންނެވެ. އެކުއްޖާ ޢުމުރުން ހަގުވިޔަސް ބޯހަރު މިންވަރު އާތިފާއި މިރްޒާނަށް އެނގުނީ އެ ވާހަކައިންނެވެ. އަދި ކުރުވެފައިވާ ނޭވާއަކާއެކީ ވެސް އިންޓަވިއުއަށްޓަކައި ގޮނޑިތައް ޖަހައި މޭޒެއް ބަހައްޓަން ވެސް އެމީހުންނަށް އެހީތެރިވެ ދިން ގޮތުންނެވެ. އެތާނގައި ބައިގަޑިއިރެއްހާ ފަހުން ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާއަށްޓަކައި މީހުން އައުމުގެ ކުރިން އިންޓަވިއު ނިންމަންޖެހޭތީ މިރްޒާން ވެސް އަވަސްއަވަހަށް އޭނަ އިންނަންޖެހޭ ގޮނޑީގައި އިށީނެވެ. އޭގެ މާ ގިނައިރެއްނުވެ ހަސަން ވެސް އޭނަގެ ކުރިމަތީގައި އިށީނެވެ. ވީޑިއޯ ކުރެވެން ފެށުމުން މިރްޒާން އާދައިގެ މަތިން ހިނިތުންވުމަކާއެކީ ކެމެރާއަށް ބަލަން އިނދެ ސަލާމް ގޮވައި ޝޯގެ އެ ބައިގައި ބައިވެރިވާ މީހެއްގެ ކުޑަ ތަޢާރަފެއްދިނެވެ. މިގޮތުން ހަސަންގެ މަސައްކަތާއި ގުޅިގެން އޭނަ ކުރިން ތައްޔާރުކޮށް ފަރިތަކޮށްފައިވި ބަސްކޮޅު ކިޔުމަށްފަހު އޭނަ ހަސަނާއި ދިމާލަށް އެނބުރިލިއެވެ.

 

“އާދެ….ހަސަން. ހަސަން ވަރަށް ބޮޑަށް މަރުޙަބާ މި ޕްރޮގްރާމަށް އިނގޭތޯ؟ ހަސަން އަޅުގަނޑުމެންނަށް ކިޔައިދީފާނަންތޯ މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް.” މިރްޒާން އެ ވާހަކަ އަހާލީ ނުހަނު ޝައުޤުވެރިކަމާއި އެކީގައެވެ. އެއާއެކު ކޮންމެ ފަހަރެކޭވެސް އެއްފަދައިން އެވަގުތު ގޮނޑިއަށް ލެނގިގެން އިން ހަސަން އެތެރެއަށް ފުން ނޭވައެއް ލިއެވެ.

 

“މި…މަސައްކަތުގެ ތެރެއަށް ވަދެވުނީ….އެކަނި އުޅެން..ޖެހުނު ހިސާބުން. މިގޮތުން ފުރަތަމަ އަހަންނަށް ވަދެވުނީ…ވަޑާން..ކުރާ ގެއަކަށް. އެގެއިން ދަސްވި ކަންތައް އެ…ފެންނަނީ. ދެން ފަހުން ވެސް މަސައްކަތް..ކުރަން ފުރުޞަ.ތު ލިބުނު ތަންތަނުން ދަސްވި…ކަންތައް ކުރަނީ.” ހަސަންގެ މޫނުމަތިން އޭނަ ހާސްވެފައިވިކަން ފާޅުނުކުރަން މަސައްކަތް ކުރި މިންވަރު އެތާތިބި އެންމެންނަށް ފާހަގަވިއެވެ. އެންމެން އެކަމާމެދު ކަންބޮޑުވެފައިވީއިރު މިރްޒާންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ހަސަން ފުރަތަމަ ބުނެލި ވާހަކައެވެ.

 

“ޢުމުރުން ކިހާ އިރެއްގަތަ އެކަނި އުޅެންޖެހުނީ؟” މިރްޒާނަށް އެހެން އަހާލެވުނީ އޭނަ ވާހަކަ ދައްކަންޖެހޭ އަދަބުވެރި ގޮތުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. ހަސަން އެއަށް ޖަވާބު ދިނުމަށްޓަކައި އަނގަ ހުޅުވާލި ވަގުތަކީ އެމީހުންނާއި ނުހަނު ގާތުން ފެންނަމުން ދިޔަ ތާރު މަގުން ދުން ޖަހާފައި ބާރު ސްޕީޑެއްގައި ކާރެއް ދިޔަ ވަގުތެވެ. އެންމެންނަށް އެކު އެކީގައި އެދިމާލަށް ބަލާލެވުނު ހިނދު މަގުމަތިން ދުމުގެ އަސަރު ފެންނަމުން ދިޔައެވެ. އެކަކު ވެސް އެއަށް މާ ބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް އިންޓަވިއުއާއިގެން ކުރިއަށް ދެވޭތޯ ބެލިއެވެ. އެހެނަސް އޭރު ހަސަން ކުއްލި ގޮތަކަށް ކެއްސަން ފެށިއެވެ. ނޭވާ ކުރުވެފައިވި ގޮތަކަށް ކުދި ކެއްސުންތައް ކެއްސަން ފެށި ހިނދު ހަސަންގެ ދެލޯ ވެސް ބޮޑުވެފައިވި ގޮތުން މިރްޒާންގެ ހިތުގައި ނެގި ބިރުވެރިކަމުގެ ރާޅުބާންޏާއެކީ ފުންމައިގެން ތެދުވެ ހަސަންއޭ ކިޔައި ގޮވަމުން އެތާތިބި އެހެން އެއްވެސް މީހެއްގެ ކުރިން ހަސަންގެ ގާތަށް ދިޔައެވެ. މިރްޒާން އާތިފްގާތު ވަގުތުން އެމީހުން ހިފާފައިވި ޓެކްސީ ގެނައުމަށް އެންގިއެވެ. އޭގެ މާގިނައިރެއްނުވެ ކާރު އައުމާއެކު މިރްޒާން އޭރު ކުރު ނޭވާތަކެއް ލަމުންދިޔަ ހަސަންގެ ގައިގައި ހިފަހައްޓައިގެން ގޮސް ކާރަށް އެރުވިއެވެ. އަދި ކާރަށް އަރައި އެހެން މީހަކަށް ވިސްނުމެއްނެތި ދޮރު ލައްޕާލަމުން ޞިއްޙީ ފަރުވާ ދެވޭ ތަނަކަށް އެންމެ ބާރުމިނުގައި ގެންގޮސްދިނުމަށް ހަރުއަޑުން އަމުރުކުރިއެވެ. އެ ޑްރައިވަރު މިރްޒާން ބުނިފަދައިން ކަންތައް ކޮށްދިނެވެ. މަދު މިނެޓްތަކެއްގެ ތެރޭގައި އެ ކާރު މަޑުކޮށްލީ ފޭދޫ ޞިއްޙީ މަރުކަޒުގެ ކުރިމައްޗަށެވެ. މިރްޒާން ވަގުތުން އޭރުވެސް އެއްޙާލެއްގައި ހުރި ހަސަން ގޮވައިގެން މަރުކަޒުގެ ތެރެއަށްވަނެވެ. ސިކުނޑިއަށް ވެރިވެފައިވި ހަލަބޮލިކަމުގެ ސަބަބުން މިރްޒާންގެ އަޑުހަރުވުމުން ހަސަން ގެނެވުމާއެކު ހަސަނަށް އަވަސް ފަރުވާ ދެވެން ފެށިއެވެ. ހަސަން އެނދަކަށް ލައިގެން ގޮސް ވޯޑަކަށް ވެއްދި މަންޒަރު ބަލަން މިރްޒާނަށް ހުރެވުނީ މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީގައެވެ. އެ ހިނދު އެ ހިތުތެރޭގައި ހިނގަމުން ދިޔައީ ގާތް މީހަކަށް ކަމެއް ދިމާވުމުން ކުރެވޭނެ އިޙްސާސްތަކެވެ. މިރްޒާނަށް އެވަގުތުވެސް ހުރިތާ ހުންނަން ނުކުޅެދުނީ އެ އިޙްސާސްތަކުގެ ސަބަބުންނެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ހަސަން ވެއްދި ވޯޑާއި ދިމާލަށް ދިޔައެވެ. ވޯޑުގެ ދޮރުގައި ހުރި ހަތަރެސްކަން ބިއްލޫރިގަނޑުން ވޯޑުގެ އެތެރެ މިރްޒާނަށް ފެނުނެވެ. އެވަގުތު ހުހަށް ހުރި އެ ވޯޑުގެ 2 ނަންބަރު އެނދުގައި ހަސަން އޮތްތަން މިރްޒާނަށް ފެނުނެވެ. ހަސަންގެ އަނގަމަތީގައި އޮކްސިޖަން މާސްކެއް އެޅިފައިވީއިރު އޭނަ ކައިރީގައި ހުރި ޑޮކްޓަރު އެތާތިބި ނަރުހުންނާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭގެ ތެރެއިން އެއްނަރުހަކު މިރްޒާން ބަލަން ހުއްޓާ ވޯޑުން ނިކުންނަން އައުމުން އޭނަ ދޮރާއި ތަންކޮޅެއް ދުރުވެލިއެވެ. ނަރުސްކުއްޖާ ނިކުތުމާއެކު މިރްޒާނަށް ވާހަކަ ދެކެވުނެވެ.

 

“ކިހިނެއްތަ ހަސަން؟” މިރްޒާނަށް ވެސް އެހެން އަހާލެވުނީ ކުރުވެފައިވި ނޭވާއަކާއެކީގައެވެ.

 

“މިހާރު އޮކްސިޖަން މާސްކް އެޅިފަ އޮތީމަ ކުރިއަށްވުރެ ޙާލަތު ރަނގަޅުވެއްޖެ. ގަޑިއިރަކަށްފަހު މާސްކް ނެގޭނެ. އެކަމަކު 12 ގަޑިއިރު ވަންދެން އޮބްޒާވްކުރަން ބާއްވަންޖެހޭ.” ނަރުސްކުއްޖާ ކިޔައިދިނެވެ. މިރްޒާން އެ ވާހަކަތަކަށް ބޯޖަހާލިއެވެ. އެއަށްފަހު ނަރުސްކުއްޖާ ދިޔުމުން އަނެއްކާވެސް ވޯޑްގެ ތެރޭގައި އޮތް ހަސަނަށް ބަލާލިއެވެ. އަދި ކަމަކާމެދު ވިސްނާލަމުން އޭނަ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގައި އާތިފްގެ ނަންބަރަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ އާތިފް! އާތިފްމެންނާއެކީ މިރޭ އަހަންނަށް ނުފުރޭނެ. ހަސަންވަނީ މަރުކަޒުގަ އެނދުމަތި ކުރެވިފަ. 12 ގަޑިއިރު ވަންދެން އޮބްޒަވޭޝަންގަ ބާއްވަންޖެހެއޯ މިތަނުން ބުނީ.” މިރްޒާނަށް އެހެން ބުނެލެވުނީ ހަސަން އޮތުމުން އޭނަ އެތާނގައި ހުރުން މަޖުބޫރުހެން ހީވާ ފަދައަކުންނެވެ.

 

“ވަޓް؟! ތިކުއްޖާގެ ޢާއިލާ މީހަކު ނެތީތަ؟ ތިކުއްޖާ ކައިރިން އަހައިގެން އޭނަގެ ތިމާގެ މީހުންނަށް ގުޅާލަބަލަ. އެމީހުން ބަލާނެއެއްނު ހަސަން؟ މިއްޒޭ ހުންނާކަށް ނުޖެހެއްނު ތިތާ؟” އާތިފް ލިބުނު ޙައިރާންކަމާއެކީ އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ. އޭނައަށް މުޅިން ވެސް މި ޢަމަލުކުރެވެނީ ހީވާހީވުންތަކެއްގެ މައްޗަށްކަން މިރްޒާނަށް އެނގުންވީ އެވަގުތެވެ. އެ ހިނދު ތިންވަނަ ފަހަރަށް ވެސް އޭނައަށް އެނދުމަތީގައި ދެލޯ މެރިފައި އޮތް ހަސަނާއި ދިމާލަށް ބަލާލެވުނެވެ. އޭނައަށް އެނގުނުހާ ވެސް ކަމަކީ އެކުއްޖާ އެ ޙާލަތުގައި ދޫކޮށްފައިދާން އޭނަގެ ހިތަށް ކެތްނުކުރެވޭނެ ކަމެވެ. އެކުއްޖާ ބަލަން ކިތަންމެ ގިނަ ބަޔަކު ތިބިޔަސްމެއެވެ. ހިތަށްވެރިވި އެ އިޙްސާސާއެކީ އޭނައަށް އާތިފަށް ޖަވާބުދެވުނެވެ.

 

“އަހަންނަށް ނުދެވޭނެ އާތިފް. ނުދެވޭނެ ހަސަން ބަހައްޓާފަ.” މިރްޒާން އެހެން ބުނެލި ހިނދު އޭނަގެ ދެލޯ ފެންކަޅިވިއެވެ. ހަސަނާއި ދުރުވުމުގެ ޚިޔާލުވެސް އޭނަ ހިތްދަތި ކުރުވި ޚިޔާލަކަށްވެގެން ދިޔުމުންނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި އާތިފަށް އާދައިގެ މަތިން އޭނަގެ އެކުވެރިޔާގެ އިޙްސާސްތައް ފަހުމްވިއެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އޯކޭއޭ ބުނެލީ އޭނަ ކިތަންމެ ވަރަކަށް އުޅުނަސް ދެން މިރްޒާން އެއްބަސްނުވާނެކަން އެނގުންވުމުންނެވެ.

 

އޭގެ މިނެޓްތަކެއްފަހުން ހަސަން ބަލަން ހުރި ޑޮކްޓަރާއި ދެންހުރި ނަރުސްކުއްޖާ ވެސް ނިކުތެވެ. ޑޮކްޓަރު ނިކުތުމާއެކު ވެސް މިރްޒާނަށް ގޮވާލެވުމުން ޑޮކްޓަރު މަޑުކޮށްފައި ހަސަންގެ ޙާލަތު ތަފްޞީލުކޮށް ކިޔައިދިނެވެ.

 

“ރަނގަޅުވާނެ ކަމަށް ބެލެވެނީ މިފަހަރުވެސް. އެކަމަކު އަސްތްމާ ޕޭޝަންޓަކަށްވީމަ ތަންކޮޅެއް ފަރުވާ ބެހެއްޓުން ވެސް ބުއްދިވެރި. ވޭތުވެދިޔަ ހަފްތާ ތެރޭގަ 3 ވަނަ ފަހަރަށް އޭނަ މިހާރު އެޑްމިޓްވެފަ އެއޮތީ. ވަރަށް މަޑުމައިތިރި އަދި ހިމޭން މާޙައުލެއް އޭނައަށް ބޭނުންވަނީ. ވީހާވެސް ވަރަކަށް އަރާމުކުރުން ވެސް މުހިއްމު. ހިއެއްނުވޭ މިގޮތަށް ކަންތައް ކުރެވޭހެން މިވަގުތު….މިހިރީ ގަންނަންޖެހޭ ބައެއް ބޭސްތައް. މިރެއިން ފެށިގެން ބޭސްތައް ޤަވާޢިދުން ކާންދިނުން އެދެން….އަދި ޞިއްޙަތަށް ރަނގަޅު ކާއެއްޗެހިވެސް ގިނައިން ކެއުން މުހިއްމު. މިހާރުވެސް ބަރުދަން ވަރަށް ދަށްކޮށް އެއުޅެނީ.” އެ ބޭރު ޑޮކްޓަރު އިނގިރޭސި ބަހުން ކިޔައިދެމުން މިރްޒާންގެ އަތަށް ބޭސް ސިޓީ ލައިދިނެވެ. މިރްޒާން އެ އިވުނު ވާހަކަތައް ހަޖަމްކުރަން މަސައްކަތް ކުރަމުން ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ. ޑޮކްޓަރު ދިޔުމުން މިރްޒާން ބޭސް ގަތުމަށްޓަކައި މަރުކަޒުން ނިކުންނަން ދިޔައެވެ. އެ ހިނދު ރިސެޕްޝަނުން އޭނައަށް ގޮވާލަމުން ބަލިމީހާގެ އައިޑީ ކާޑު ގެނެސްދިނުމަށް އެދުނެވެ. އެއާއެކު މިރްޒާން އަނެއްކާވެސް ވޯޑާއި ދިމާލަށް ދިޔައެވެ. ވޯޑުގެ ދޮރުގައި ހުރި ބިއްލޫރިގަނޑުން ހަސަން އެވަގުތު އަރާމުގައި ދެލޯ މެރިފައި އޮތްތަން ފެނިފައި އޭނައަށް އުދަގޫކުރަން މިރްޒާންގެ ހިތް ނޭދުނެވެ. އެހެންކަމުން މިރްޒާން ރިސެޕްޝަނަށް ގޮސް ކިހާވަރެއްތޯ އަހައި އޭނަގެ އަމިއްލަ ޖީބުން ހަސަންގެ ފަރުވާއަށް ލާރި ދެއްކިއެވެ. އެއަށްފަހު ބޭސް ސިޓީ ހިފައިގެން ގޮސް ވެސް އަމިއްލަ ޚަރަދުގައި ހަސަނަށްޓަކައި ބޭސްގަނެދިނީ ވަކި ޖެހިލުންވުމެއް ވެސް ނެތިއެވެ. ބޭސް ގަނެގެން އޭނަ އަނެއްކާވެސް މަރުކަޒަށް ގޮސް ހަސަން އޮތް ވޯޑުގެ ދޮރު މަޑުމަޑުން ހުޅުވާލަމުން އެ ވޯޑުގެ ތެރެއަށްވަނީ އޭނަގެ ފިޔަވަޅުތަކުގެ އަޑުވެސް ނުއިވޭނެފަދަ ގޮތަކަށް ހިނގަމުންނެވެ. އޭރު ފުން ނިންޖެއްގައި އޮތްހެން ހީވި ހަސަނަށް ނަޒަރު ހުއްޓައިގެން ހުރެ މިރްޒާން ގޮސް އެ އެނދުގެ ކައިރީގައި މަޑުކޮށްލަމުން އަތުގައި އޮތް ބޭސް ކޮތަޅު އެތާހުރި ކަބަޑު މަތީގައި ބޭއްވިއެވެ. އެއަށްފަހު އޭރު އޭނަގެ ފުރަގަހުގައި ހުރި ގޮނޑިއަށް ބަލާލަމުން އެ ގޮނޑި ހިއްލައި އެނދާއި ކައިރިކޮށްލަމުން އޭގައި އިށީނެވެ. ގޮނޑި ބަހައްޓާލެވުނު މަޑު އަޑަށް ހަސަންގެ ދެލޯ ތަގުޅިވެގެން ދިޔަތަން ފެނިފައި މިރްޒާންގެ ހިތަށް އުދަގޫވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ހަސަން ލޯ ހުޅުވައި އޭނައަށް ބަލާލުމުން އޭނައަށް ހިނިތުންވެލެވުނީ ހަސަން އޭނައާއި ވާހަކަ ދައްކަން އުޅޭކަމުގެ ޚިޔާލުން ހިތަށް ފިނިކަމެއް ލިބުމުންނެވެ. އޭނަ އިންގޮތަށް އިންދާ ހަސަން އޭނަގެ އަނގައިގައި އެޅިފައި އޮތް މާސްކުގެ ތެރެއިން ވާހަކަ ދެއްކޭތޯ ބެލިއެވެ.

 

“ވް..ވޮލެޓް…ޖީބުގަ.” ހަސަން ކެނޑިކެނޑިގެން އެހެން ބުނެލީ އޭނަގެ އަތް ޖިންސްގެ ޖީބު ހުރި ދިމާލުގައި ޖައްސަމުންނެވެ. މިރްޒާނަށް އެ މަންޒަރު ފެނިފައި އެ ޖީބުގައި އަތްޖައްސާލެވުނެވެ. އެ ހިނދު ހަސަން ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އައިޑީ ކާޑާއި ލާރި ހުންނާނެ….އައިޑީ ކާޑު އެމީހުންނަށް ދައް..ކާ. އެހެން…ނޫނީ ބޭ..ބެ އަތުން އެމީހުން ލާރި ހޯދާން..ނެ.” ހަސަން ބުންޏެވެ. ހަސަން އެހެން ބުނުމުން މިރްޒާން ހަސަންގެ ޖީބުން ވޮލެޓް ނެގީ ވަކި ލާރީގެ ބޭނުމުގައެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ އެހެންކަމެއް ދެނެގަންނަން ބޭނުންވެފައެވެ. މަޑު މުށިކުލައެއްގެ ބާ ވޮލެޓް ހުޅުވާލަމުން އޭގައި ހުރި ޕޮކެޓެއްގެ ތެރެއިން އައިޑީ ކާޑެއްގެ ބައެއް ފެނިފައި މިރްޒާން އޭގައި ހިފައި ދަމާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯތްބެއް ދެން ނުވާނަމޭ 1

Next

ހިތެއް ނުފުރޭނެއެވެ.

Next
January 6, 2019

ހިތެއް ނުފުރޭނެއެވެ.

Previews
January 5, 2019

ލޯތްބެއް ދެން ނުވާނަމޭ 1

21 Comments!

  1. Jana says:
    January 6, 2019 at 7:44 am

    Assalaam’alaikum. next part tuesday ga In Sha Allah 🙂

  2. Anne says:
    January 6, 2019 at 8:05 am

    Masha allah.varah reethi.kiyahithun in varun heevee maa avahah nimunu henves.
    Dhen oiy baige inthizaarugai.

    1. Jana says:
      January 6, 2019 at 9:14 pm

      mi bai kuree bayahvure kuruvaane ingey Anne. 🙂 hama mihaa hisaabah nimman beynunveema ithurah dhigu nukuree. In Sha Allah dhen oiy bai dhigu kohdheveytho mi balany 😀 Alhamdhulillah! (All praise and thanks belong to Allah) 🙂

  3. ?Shifna? says:
    January 6, 2019 at 10:29 am

    Me 2nd dho. Masha allah. Mi part vx varah reethi. Shifu ah heevanee hassan akee mirzaan ge dharifulhu hen. Varah kiyaa hithun mi part vx mi kee. Curiously waiting 4 next part…

    1. Beryl Stone says:
      January 6, 2019 at 12:48 pm

      Exactly..vrh heevey mirxaan ge dharifulhaky hassan hn ?..

    2. Jana says:
      January 6, 2019 at 9:24 pm

      Aan dho shifu sis and Beryl Stone? Mirzaan ah ves heevany ey eynage dharifulhuhen dho? dhen balamaa vaagotheh In Sha Allah. next part tuesday ga 😀

  4. umm says:
    January 6, 2019 at 10:45 am

    alheyyy so curious.. love thiss story.. writer ah hama asseribahaa saabas masha Allah <3

    1. Jana says:
      January 6, 2019 at 9:25 pm

      Alhamdhulillah! 😀 <3

  5. june says:
    January 6, 2019 at 10:51 am

    Masha Allah v reethi.

    1. Jana says:
      January 6, 2019 at 9:26 pm

      Alhamdhulillah! 🙂

  6. Sis says:
    January 6, 2019 at 12:28 pm

    Wow Mi part vx hama varah reethi ingey masha Allah.. ???? varah varah curious kohlaafa thi nimmaali.. ?? Amna ah v kihineh baa? Hassan ge Kon gaah thimaage bayakaa eki baa E ulheni? ??? very interesting ?? eagerly waiting for the next part ❤️❤️❤️❤️❤️

    1. Jana says:
      January 6, 2019 at 9:27 pm

      Sis ekani Amnage khabareh mi balaaly. hehe… 😀 balamaa hassan ge kon thimaage baehtho In Sha Allah. next part tuesday ga 🙂

  7. Beryl Stone says:
    January 6, 2019 at 12:47 pm

    Masha allah..❤????..vrh vrh rythi mi prt vx???????alheyyy vrh curious ingey…??waitinn fr Tuesday mihaaru??????

    1. Jana says:
      January 6, 2019 at 9:28 pm

      jana mi ready vany ingey tueday ah? 😀 hehe…Alhamdhulillah! <3 <3 <3

  8. snow says:
    January 6, 2019 at 4:25 pm

    i love this story janaaaaaaa.

    1. Jana says:
      January 6, 2019 at 9:29 pm

      haadha dhuvaheh fahunney snoooooowwwwwww! 😀 Alhamdhulillah! <3 🙂

  9. Alexia Marvel says:
    January 6, 2019 at 8:09 pm

    Vvvvvvv reethi ingey. Jana is the best. Thank you

    1. Jana says:
      January 6, 2019 at 9:31 pm

      mee kon qaumegge kujjehtha dhivehi dhaskoggen mi vaahaka mi kiyany? 😛 😀 Alhamdhulillah! <3 🙂

  10. Jana says:
    January 6, 2019 at 9:37 pm

    Assalaam’alaikum. mi part aa ekyga ves geneveyne vaki post eh neh. ekamaku mirey post egge badhaluga jana Arabi kiyavaa kiyuntherinnah kuda engumeh angaalan beynun. In Sha Allah dhen oiy bain noony 25 vana bain jana anekka Arabi lessons thah resume kuraanan. ummeedhaky thiya kiyuntherin mihaaru dhaskuri lessons thah revise kuramun dhaakamah. live student kairin ves dheythere dheytherein eba ahan handhaan eba huritho. eba buney handhaan eba huttey. jana random koh suvaalu kureema javaabu ves eba dhey Ma Sha Allah. 😀 dheravany jana ah thiya kiyuntherinnaa egothah suvaalu nukureveythy. hehe..but still i really do hope you remember In Sha Allah. Maai Allah alhamen ekalaange handhuma kurumah kuraa komme kameggai barakaaiy lavvaashi. Ameen!

  11. ? says:
    January 6, 2019 at 11:49 pm

    Masha Allah! Jana sis ge vaahakathah kiyaafa aslugaves vv hiyhama jehey. V iburaii therikoh hurihaa vaahaka eh ves mihunnany. Tbh mi vaahaka thah kiyan feshi fahun v gina kanthah thah rangalhu kurevijje insha allah. Mi vaahaka ves vvvv kamudhey inge. Hama v best. Keep it up! Curiously waiting for the next part??❤?

    1. Jana says:
      January 8, 2019 at 6:25 am

      Alhamdhulillah Alhamdhulillah Alhamdhulillah! 🙂 thiya kiyuntheriya ah kameh rangalhu kurevuniyya kurevuny hama ekani Allah ge iraadhafulhun. aharumennah hidhaayaiy dhakkavany hama ekani ekalaange. varah bodu hiyvvareh libijje mi comment kiyaafa ves. Jazaakillah Khairan 😀 <3 Maai Allah alhamennah hidhaayaiy ithuru kohdhevvai e hidhaayathuge matheegai dhemihurumuge tawfeeq dhevvaashi. Ameen!

Comments are closed.

Next Episodeހަދިޔާ (ސައުވީސްވަނަ ބައި)←


All Right Reserved!