Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ކޮކާލުގެ ނަސީބު

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 11, 2019 2 Mins Read
1 Comment

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހާ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ.

ގްރޭޑް 10ގައި  އުޅުނުއިރު ކުދިން ކުދިން ކަޅިއަޅާން ފަށައިފިއެވެ.އެކުދިން ދައްކާ ވާހަކަތަކުން އަހަންނާއި ވަރަށް ގަޔާވާކަން އެނގެއެވެ.  ވަރަށް ގިނަކުދިން އަހަރެންގެ ރީތިކަމުގެ ވާހަކަ ބުނެލައެވެ.މިފަދަ ވަގުތުތަކުގައި އަހަންނަށް ނުހަނު އުފާވެރިކަން އިޙްސާސް ކުރެވެއެވެ.އަދި ހިތުގައި ބޮޑާވެރިކަން އުފެދެއެވެ.ސްކޫލްގައި އުޅޭތީ މާސީރިއަސް ގުޅުމެއް އެއްވެސް ކުއްޖަކާއި އެކު ނުބާއްވަމެވެ.

ހައިސެކަންޑަރީ އިމްތިޙާނުގެ ދުވަސްވަރު ފިލާވަޅުތައް މުތާލިޢާ ކުރުމަށްޓަކައި ކްލާސްކުއްޖަކު ބުނެގެން ބަގީޗާގައި އިން ދުވަހެކެވެ.ހަވީރުގެ ހިތްގައިމު ވަގުތުކަމަށްވާތީ ވަރަށް ގިނަ ކުދިންނާއިމީހުން ޖަމާވެފާވެއެވެ.ހިލަގޮޑިގައި އިށީދެލައިގެން އިން ޗާލުފަރި ކުއްޖަކާއި ދިމައަށް އަހަންނަށް ބެލެނީއެވެ. އެމަންޖެވެސް ކަޅިޖަހާ ނުލައި އަހަންނާއި ދިމާއަށް ބަލާކަން އަހަންނަށް އެނގެއެވެ.އެކަމަކު އެތަނަށް ދާކަށް އަހންނަކަށް ނުކެރޭނެއެވެ.ވަރަށްގިނަމީހުންގެ ނަޒަރު އަހަރެމެންނާއި ދިމައަށް ހުއްޓިފައިވާނެއޭ އަހަރެންގެ ހިތަށް އަރައެވެ.

އެމަންޖެ ދެފަހަރަކު އަތުން ހަނާވެސް އެޅިއެވެ.އެހެންނަމަވެސް މިދެމެދުގައިފާރެއްލެވިފައިވާހެން އަހަންނަށް ހީވެއެވެ.އެކަމަކު އެހާ ރީތިކުއްޖެއްގެ އިޝާރާތަށް ނުދިއުމުން އޭނަދެރަވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.އެވަގުތު މާގަސްތަކުގެ ތެރޭގައި އުދުހި އުޅުނު ކޮކާލަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.އެކޮކާ އެއްމަލުންފޮނިކޮޅެއްބޮއިލަފައި އަނެއްމަލަށް ތިރިކޮށްލައެވެ. އަދިފޮނިކޮޅު ދަމާލައެވެ. ބައެއްމަލުގެ ފިޔަތައް ރޫޅިގެން ބިންމައްޗަސް ފައިބައެވެ. އެވަގުތު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރީތިޒުވާން އަންހެންކުދީންގެ ޙާލަކީވެސް އެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެކޮކާ ކިހާ ނަސީބުގަދަ ހެއްޔެވެ.ބޭނުން އިރަކު ބޭނުން މަލަކުން ފޮނިބޯންވީއެވެ.އަހަރެން މިވަނީ ވަރަށްބޮޑަށް ބަދެވިފައޭ އަހަރެންގެ ހިތަށް އަރައެވެ.އަރެންނަށް އަންހެންކުދިން ވިއެއްކަމަކު އެހުރިހާ ކުދިންނާއިއެކު އަހަންނަކަށް ނޫޅެވޭނެއެވެ.

އެމަންޖެގާތާށް އަހަންނަށް ދެވިދާނެއެވެ.އެއީ ދީނީ ގޮތުން އެހާ ރަގަޅު ކަމެއްނޫނަސް މިމުޖްތަމަޢުގެ އާދަކާދައިގެ ގޮތުން އެހާބޮޑުކަމެއް ކަމަކަށް ގިނަމީހުން ނުދެކެއެވެ.އެތަނަށް ދެވުނުކަމުގައިވިޔަސް އެމަންޖެ ގާގައިބީހިލާކަށް އަހަންނަކަނުކެރޭނެއެވެ.ކިތަންމެ ހިތްއެދުނަސް ހަމަހިލާ ނުކެރޭނެއެވެ.ހިލޭ އަންހެނަކާއި ހަތަރުކަޅި ހަމަކުރުމަކީވެސް ދީނުގައިމަނާ ކަމެކެވެ.އެގޮތަށް ބެލުމުގެ ސަބަބުން އަހަރެމެންނަށް މިވަނީ ފާޑަކަށް ބަނދެވިފައެވެ.ދެން ޖެހޭނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވަހަކަ ދައްކާށެވެ.އެއަށްފަހު ސިއްރު ބައްދަލުވުންތަކަށް އެދެން ފަށާނެއެވެ.ޙަޔާތެއް ފެށުމުގެ ކުރީން ދެމީހުން ދަސްވާން ވާނެއޭބުނެ ގައިގޯޅިވާންފަށާނެއެވެ.އާޚިރުނަތީޖާއަކީ ޒިނޭ ކުރެވުމެވެ.

އަހަރެން ނުދާނަމެވެ.މިކަމުގެ ސަބަބުން އަހަރެންކުރިމަގަށް ކުރަމުން މިދާ އުއްމީދަށް ހުރަސް އެޅިދާނެއެވެ.މިޚިޔާލު ކުރެވުނު ވަގުތު އެކުއްޖާ އަހަރެންނާއި ދިމައަށް މިހިރަ އަންނަނީއެވެ.އެއައިގޮތަށް އައިސް ހުއްޓުނީ އަހރެންގެ ކުރިމަތީގައެވެ.ލައިގެން ހުރީ ހުދުކުރުތާއަކާއި ބްލޫޖީންސް އެކެވެ.ކުރުތާ ކުރުކަމުން ބަނޑުނިވާވަނީ ބައެއްފަހަރުއެވެ.ކުރުތާ ތުނިކަމުން ހަށިގަނޑުގެ ވަނާތައް އެނގެއެވެ.އެވަގުތު އަހަރެންނަށް ހަނދާންވީ ގްރޭޑް 10 ގެ އިސްލަމްފޮތުން ދަސްކުރި ކީރިތި މާތްރަސޫލާގެ ޙަދީސް ފުޅެކެވެ. ބޮލުގެ އިސްތަށިގަޑު ވަރަށް ދިގެވެ. އަހަރެމެންނަށް ދަޢުވަތެއް ދިނެވެ.ދާންވީތަނާއިގަޑިބުނެފައި އެކުއްޖާ ހިނގައްޖެއެވެ

އަހަރެން ރެސްޓޯރަންޓަށް ދިޔައިރު އެއަންހެންކުއްޖާ އެތަނުގައި އިނެވެ.އަހަރެންގެ އެކުވެރިޔާއަކަށް ނާދެވުނެވެ.އަނބުރާ ދާކަށް ނުކެރުނެވެ.ދެން އެއަންހެންކުއްޖާއާއި އެކު ކެއުމުގައިބައިވެރިވީމެވެ. އެކިއެކިމައުޟޫއުތަކަށް ވާހަކަދެކެވުނެވެ.ކާންފެށުމަށްޓަކައި ބިސްމިﷲ ކީތަނުންހެން އެމަންޖެގެ ހުސްފައި އަހަރެންގެ ފައިމަތީ ބައްވާލިއެވެ.އަހަންނަށް ކުއްލިސިހުމެއް ލިބުމުން އެމަންޖެ ތޫލިއަޑަކުން ސޮރީއޭ ބުނެލިއެވެ.އަހަރެން އިޓްޒް އޯކޭ މިހެން ނުބުނެލަ އިރަށް އޭނަގެ ދެފައިތިލަ އަހަރެންގެ ފައިތިލަ މައްޗަށް ލިއެވެ.ދެން އަހަންނަކަށް ހަމައެއްވެސް އެއްޗެއް ނުބުނެވުނެވެ. ކައިނިމުމުން އެމަންޖެ ކޮޓަރިއަށް ގެންގޮސްދޭންޖެހުނެވެ.އެކަނިދާން ޖެހިލުންވާ ކަމުގައިބުނީމައެވެ.

ކޮޓަރިއާއި ހަމައަށް އާދެވުމުން އެތެރެއަށް ވަދެލާފައިދާން އެދިއްޖެއެވެ.އެއީ އެއްކޮޓަރީގެ އެޕާޓްމަންޓެކެވެ.އަހަންނަށް ވަންނަން ޖެހުނީ ނިދާކޮޓަރިއަށެވެ.އެގޭގައި އެހެން މީހަކު ނޫޅެއެވެ.

( ނުނިމޭ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ވުމުން ހިތެއްގެ މިލްކުގައި 11

Next

ބުނެދެންހޭ… 4

Next
January 12, 2019

ބުނެދެންހޭ… 4

Previews
January 11, 2019

ވުމުން ހިތެއްގެ މިލްކުގައި 11

One Comment

  1. mariyanbu says:
    January 12, 2019 at 1:17 pm

    masha allah varah rythi… 🙂 kon irakun nxt part??

Comments are closed.



All Right Reserved!