
ކޮކާލުގެ ނަސީބު ( ފަހުބަޔާއި އެކު )
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހަ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ.
ގްރޭޑް 10ގައި އުޅުނުއިރު ކުދިން ކުދިން ކަޅިއަޅާން ފަށައިފިއެވެ.އެކުދިން ދައްކާ ވާހަކަތަކުން އަހަންނާއި ވަރަށް ގަޔާވާކަން އެނގެއެވެ. ވަރަށް ގިނަކުދިން އަހަރެންގެ ރީތިކަމުގެ ވާހަކަ ބުނެލައެވެ.މިފަދަ ވަގުތުތަކުގައި އަހަންނަށް ނުހަނު އުފާވެރިކަން އިޙްސާސް ކުރެވެއެވެ.އަދި ހިތުގައި ބޮޑާވެރިކަން އުފެދެއެވެ.ސްކޫލްގައި އުޅޭތީ މާސީރިއަސް ގުޅުމެއް އެއްވެސް ކުއްޖަކާއި އެކު ނުބާއްވަމެވެ.
ހައިސެކަންޑަރީ އިމްތިޙާނުގެ ދުވަސްވަރު ފިލާވަޅުތައް މުތާލިޢާ ކުރުމަށްޓަކައި ކްލާސްކުއްޖަކު ބުނެގެން ބަގީޗާގައި އިން ދުވަހެކެވެ.ހަވީރުގެ ހިތްގައިމު ވަގުތުކަމަށްވާތީ ވަރަށް ގިނަ ކުދިންނާއިމީހުން ޖަމާވެފާވެއެވެ.ހިލަގޮޑިގައި އިށީދެލައިގެން އިން ޗާލުފަރި ކުއްޖަކާއި ދިމައަށް އަހަންނަށް ބެލެނީއެވެ. އެމަންޖެވެސް ކަޅިޖަހާ ނުލައި އަހަންނާއި ދިމާއަށް ބަލާކަން އަހަންނަށް އެނގެއެވެ.އެކަމަކު އެތަނަށް ދާކަށް އަހންނަކަށް ނުކެރޭނެއެވެ.ވަރަށްގިނަމީހުންގެ ނަޒަރު އަހަރެމެންނާއި ދިމައަށް ހުއްޓިފައިވާނެއޭ އަހަރެންގެ ހިތަށް އަރައެވެ.
އެމަންޖެ ދެފަހަރަކު އަތުން ހަނާވެސް އެޅިއެވެ.އެހެންނަމަވެސް މިދެމެދުގައިފާރެއްލެވިފައިވާހެން އަހަންނަށް ހީވެއެވެ.އެކަމަކު އެހާ ރީތިކުއްޖެއްގެ އިޝާރާތަށް ނުދިއުމުން އޭނަދެރަވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.އެވަގުތު މާގަސްތަކުގެ ތެރޭގައި އުދުހި އުޅުނު ކޮކާލަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.އެކޮކާ އެއްމަލުންފޮނިކޮޅެއްބޮއިލަފައި އަނެއްމަލަށް ތިރިކޮށްލައެވެ. އަދިފޮނިކޮޅު ދަމާލައެވެ. ބައެއްމަލުގެ ފިޔަތައް ރޫޅިގެން ބިންމައްޗަސް ފައިބައެވެ. އެވަގުތު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރީތިޒުވާން އަންހެންކުދީންގެ ޙާލަކީވެސް އެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެކޮކާ ކިހާ ނަސީބުގަދަ ހެއްޔެވެ.ބޭނުން އިރަކު ބޭނުން މަލަކުން ފޮނިބޯންވީއެވެ.އަހަރެން މިވަނީ ވަރަށްބޮޑަށް ބަދެވިފައޭ އަހަރެންގެ ހިތަށް އަރައެވެ.އަރެންނަށް އަންހެންކުދިން ވިއެއްކަމަކު އެހުރިހާ ކުދިންނާއިއެކު އަހަންނަކަށް ނޫޅެވޭނެއެވެ.
އެމަންޖެގާތާށް އަހަންނަށް ދެވިދާނެއެވެ.އެއީ ދީނީ ގޮތުން އެހާ ރަގަޅު ކަމެއްނޫނަސް މިމުޖްތަމަޢުގެ އާދަކާދައިގެ ގޮތުން އެހާބޮޑުކަމެއް ކަމަކަށް ގިނަމީހުން ނުދެކެއެވެ.އެތަނަށް ދެވުނުކަމުގައިވިޔަސް އެމަންޖެ ގާގައިބީހިލާކަށް އަހަންނަކަނުކެރޭނެއެވެ.ކިތަންމެ ހިތްއެދުނަސް ހަމަހިލާ ނުކެރޭނެއެވެ.ހިލޭ އަންހެނަކާއި ހަތަރުކަޅި ހަމަކުރުމަކީވެސް ދީނުގައިމަނާ ކަމެކެވެ.އެގޮތަށް ބެލުމުގެ ސަބަބުން އަހަރެމެންނަށް މިވަނީ ފާޑަކަށް ބަނދެވިފައެވެ.ދެން ޖެހޭނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވަހަކަ ދައްކާށެވެ.އެއަށްފަހު ސިއްރު ބައްދަލުވުންތަކަށް އެދެން ފަށާނެއެވެ.ޙަޔާތެއް ފެށުމުގެ ކުރީން ދެމީހުން ދަސްވާން ވާނެއޭބުނެ ގައިގޯޅިވާންފަށާނެއެވެ.އާޚިރުނަތީޖާއަކީ ޒިނޭ ކުރެވުމެވެ.
އަހަރެން ނުދާނަމެވެ.މިކަމުގެ ސަބަބުން އަހަރެންކުރިމަގަށް ކުރަމުން މިދާ އުއްމީދަށް ހުރަސް އެޅިދާނެއެވެ.މިޚިޔާލު ކުރެވުނު ވަގުތު އެކުއްޖާ އަހަރެންނާއި ދިމައަށް މިހިރަ އަންނަނީއެވެ.އެއައިގޮތަށް އައިސް ހުއްޓުނީ އަހރެންގެ ކުރިމަތީގައެވެ.ލައިގެން ހުރީ ހުދުކުރުތާއަކާއި ބްލޫޖީންސް އެކެވެ.ކުރުތާ ކުރުކަމުން ބަނޑުނިވާވަނީ ބައެއްފަހަރުއެވެ.ކުރުތާ ތުނިކަމުން ހަށިގަނޑުގެ ވަނާތައް އެނގެއެވެ.އެވަގުތު އަހަރެންނަށް ހަނދާންވީ ގްރޭޑް 10 ގެ އިސްލަމްފޮތުން ދަސްކުރި ކީރިތި މާތްރަސޫލާގެ ޙަދީސް ފުޅެކެވެ. ބޮލުގެ އިސްތަށިގަޑު ވަރަށް ދިގެވެ. އަހަރެމެންނަށް ދަޢުވަތެއް ދިނެވެ.ދާންވީތަނާއިގަޑިބުނެފައި އެކުއްޖާ ހިނގައްޖެއެވެ
އަހަރެން ރެސްޓޯރަންޓަށް ދިޔައިރު އެއަންހެންކުއްޖާ އެތަނުގައި އިނެވެ.އަހަރެންގެ އެކުވެރިޔާއަކަށް ނާދެވުނެވެ.އަނބުރާ ދާކަށް ނުކެރުނެވެ.ދެން އެއަންހެންކުއްޖާއާއި އެކު ކެއުމުގައިބައިވެރިވީމެވެ. އެކިއެކިމައުޟޫއުތަކަށް ވާހަކަދެކެވުނެވެ.ކާންފެށުމަށްޓަކައި ބިސްމިﷲ ކީތަނުންހެން އެމަންޖެގެ ހުސްފައި އަހަރެންގެ ފައިމަތީ ބައްވާލިއެވެ.އަހަންނަށް ކުއްލިސިހުމެއް ލިބުމުން އެމަންޖެ ތޫލިއަޑަކުން ސޮރީއޭ ބުނެލިއެވެ.އަހަރެން އިޓްޒް އޯކޭ މިހެން ނުބުނެލާ އިރަށް އޭނަގެ ދެފައިތިލަ އަހަރެންގެ ފައިތިލަ މައްޗަށް ލިއެވެ.ދެން އަހަންނަކަށް ހަމައެއްވެސް އެއްޗެއް ނުބުނެވުނެވެ. ކައިނިމުމުން އެމަންޖެ ކޮޓަރިއަށް ގެންގޮސްދޭންޖެހުނެވެ.އެކަނިދާން ޖެހިލުންވާ ކަމުގައިބުނީމައެވެ.
ކޮޓަރިއާއި ހަމައަށް އާދެވުމުން އެތެރެއަށް ވަދެލާފައިދާން އެދިއްޖެއެވެ.އެއީ އެއްކޮޓަރީގެ އެޕާޓްމަންޓެކެވެ.އަހަންނަށް ވަންނަން ޖެހުނީ ނިދާކޮޓަރިއަށެވެ.އެގޭގައި އެހެން މީހަކު ނޫޅެއެވެ.ކޮޓަރިއަށް ވަންތަނުން އިށީދެލަން ދެއްކީ ޑަބަލް އެދެވެ.ގޮދަޑިމަޑުކަމުން އިށީދެލުމާއިއެކު ހަށިގަނޑުގެ ވަރަށް ބޮޑުބައެއް ގޮދަޑި ތެރެއަށް ވަދެގެން ދިއައެވެ.ގޮދަޑީގައިއަޅާފައިވަނީ ރަތްކުލައިގެފިނިފެންމާތަކެއް ޖަހާފައިވާ ހުދުކުލައިގެ ބެޑްޝީޓެކެވެ.އެންމެ ރުލެއްވެސް ނެތެވެ. ކޮޓަރީގެ ތަރުތީބުކަމާއި،ރީތިކަމުގެ މައްޗަށް ވިސްނާލަން އިންދާ އެމަންޖެ އަލްބަމެއް ހިފައިގެންއައިސް ޖައްސާލީ އަހަންނާއި ފިތިބާރު ވެގެންނެވެ. އޭނާ ފަހަރަކު ގަޑެއް އެއްލަމުން އޭގައި ހުރިފޮޓޯތައް ތަޢާރަފް ކޮށްދިނެވެ. ގިނައިންހުރީ ނިވައިކަންކުޑަ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެވެ. ފިރިހެނަކާއިއެކު ނަގާފައި ހުރި ފޮޓޯތަކެއްވެސް ހުއްޓެވެ.އެއީ އޭނަގެ ފިރިމީހާއެވެ. މަސއްކަތުގެ ގޮތުން ރަށުން ބޭރުގައި އުޅޭން ޖެހިފައިވެއެވެ.
އެތަނުން ސަލާމަތްވެގެން ގެއަށް އާދެވުނުއިރު މެންދަމުން އަލިވެ ދޭއްޖަހާފާނެއެވެ.ވަރަށް މަޑުން ގޭދޮރުހުޅުވާފއި ގެއަށް ވަންއިރު ނަސީބުރަނގަޅު ކަމުން މަންމައޮތީ ނިދާފައެވެ.އަހަރެން ފާޚާނާއަށްވަދެ ފެންމާގަޑު ދޫކޮށްލައިގެން ވަރަށް ގިނައިރު ހުރީމެވެ.އަހަރެންނަށް މިކުރެވުނީ ގޯސްކަމެއްކަމުގެ އިޙްސާސް ވަރަށް ބޮޑަށް އެބަކުރެވެއެވެ.އަހަރެން ދުވަހަކުވެސް މިފަދަމަޅިއެއްގައި ނުޖޭނަމެވެ.
އަހަރެންނަށް ފޮނިކޮޅު ބޯލެވުނީ އެންމެ މަލެއްގެއެވެ. އެއީ މީހެއްގެ ޙައްޤެކެވެ. މިކަން އެފިރިހެންމީހާއަށް އެނގިއްޖެނަމަ ހާދަ އަސަރެއްކުރާނެއެވެ.އޭނަގެ ނިދާއެނދުގައި އޮތް އެސާފު ހުދު ބެޑްޝީޓް މިލަކޮށް ރޫގުޅައަކަށް ހެދިބަޔަކަށް އޭނަ މަޢާފެއްނުކުރާނެއެވެ. މިކުރީ ކިހާ ބޮޑުފާފައެއް ހެއްޔެވެ؟
ކޮކާލުގެ ނަސީބާއިމެދު އަހަރެމެން ޙަސަދަވެރިވާކަށް ނުވާނެއެވެ.އެއެއްޗެހީގެ އެއްވެސް ޒިންމާއެއްނެތެވެ. އެއެއްޗެހި ޖަވާބުދާރީ ވާކަށްވެސް ނުޖެހެއެވެ.އާޚިރުގައި އެއެއްޗެހި ވެއްޔަށްވެ ދާނީއެވެ.އަހަރެމެންގެ ޒިންމަތަކަކާއި މަސްއޫލިއްޔަތުތަކެއް އެބަހުއްޓެވެ.އަހަރެމެންނަށް ހިންގޭ ޢަމަލެއްގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަހަރެމެން ކުރާކަންތަކަށް ޖަވާބުދާރީ ވާންޖެހޭނެއެވެ.
އަހަރެމެން ކުރާ އަމަލުތަކަށް ފާރަލައިބަލާނެ މިހުން ތިބޭކަންއެއީ އަހަރެމެންގެ ނަސީބެވެ.ކުށްކުރަމުންދާއިރު އެއްވެސް ބަޔަކު އަޅާ ނުލާނަމަ މުޖްތަމަޢު ހަލާކުވެދާނެއެވެ.
( ނިމުނީ )
3 Comments!
Comments are closed.
Maasha allah varah reethi
thank u sara
Haaadha kurey