އެނގުމެއްނެތި…8
“ކުރީ ދުވަހު ފޮނުވި އެޑޮޕްޝަން ސެޓްފިކެޓޭ؟ ތޫބާގެ؟ އެހެންވީމަ މަށާ ތޫބާއާ އެއްބަނޑު އެއްބަފަޔޭތަ ބުނަން މިއުޅެނީ؟ މީ ކޮން ސަމާސާއެއް؟ އަނެއްކާ މިއުޅޭ އީތަންގެ ކަންތައްތަ؟ ހާދަ ދަށޭ ދޯ މިފަހަރު. މިކަހަލަ ސަމާސާއެއް އަހަރެން ގަބޫލުކުރާނެކަމަށްތަ ހީކުރީ؟” އެނދުމައްޗަށް ސިޓީއުރަ އެއްލާލާފައި ފިލާވަޅު ހަދަން އަލީޝާ އިށީނެވެ. މާ ގިނައިރެއް ނުވެއެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ހިތަށްއެރިހެންނެވެ. އަލީޝާ ބަލައިލީ ނައިޓްސްޓޭންޑްއާއި ދިމާއަށެވެ. މިކަން ސަމާސާއެއްގެ ގޮތުގައި ބާއްވާނީތޯ، ނޫނީ އެ ހިތަށް އައި އެއްޗަކާއި ބެހޭގޮތުން އިތުރަށް ވިސްނަންވީތޯ ނޭންގިފައި އިނެވެ. މަޑުމަޑުން ތެދުވެގެންގޮސް ވަތްގަަނޑު ހުޅުވާލާފައި ފޮޓޯ ފްރޭމް ނެގިއެވެ.
“ނުވާނެ… ނުވާނެ އެހެނެއް…” އަލީޝާ އަމިއްލަނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
**************************
ކޮޓަރި ދޮރުގައި ޓަކިޖެހިއަޑަށް އީތަން ބަލައިލިއެވެ. ކާކުބާއޭ ހިތަށްއެރީ ޖަމާލާއި އަމީނާ ކުރެން އެކަކުވެސް އެއީ އޭނާާގެ ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކިޖަހާ ބަޔެއް ނޫންކަމަށްވާތީއެވެ. ދޮރާއި ދިމާއަށް ބަލަހައްޓައިގެން އޮވެ ވަންނާށޭ ގޮވައިލިއެވެ. ދޮރު ހުޅުވާފައި ބޯ ދިއްކޮށްލީ ރަޒާންއެވެ. ރަޒާން ފެނުމާއިއެކު އީތަންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.
“ބުރޯ!” އެނދުން ތެދުވި އީތަންއާއި ރަޒާން އަތް ތަޅަތަޅާފައި ކޮށްލި ހާއްސަ ސަލާންގަނޑުން އެ ދެމީހުން ގާތް ގުޅުން ފެނިގެންދިޔައެވެ. ރަޒާންއަކީ އީތަންގެ ބޮޑުދައިތައެއްގެ ދަރިއެވެ. ބޮޑުދައިތައާއި އާއިލާގެ ގުޅުން މާ ބަދަހި ނޫނަސް ކުޑައިރުންސުރެ މާލެދާ ކޮންމެ ފަހަރަކު އެކުގައި އުޅޭ ރާއިންއާއި އީތަންއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.
ކިހިނެތްތަ ކަލޭ؟” ރާއިން ބީން ބެގް މައްޗަށް ވެޑުވެމުން އަހައިލިއެވެ. ކޮފީ މޭޒުމައްޗަށް ދެފައި އަރުވައިލިގޮތުން ހިވަނީ އަމިއްލަ ގޭގައި އިން ހެންނެވެ. އަތުގައި އިން ރެޑްބުލް ދަޅުވެސް އެއީ އެ ގެއަށް ވަތްގޮތަށް އައިސް އަލަމާރިން ނެގި އެއްޗެކެވެ.
“މަ ހަމަ ހަބޭހޭ. ކަލެއޯ؟ ކޮން ދަތުރެއް؟” މޭޒުމަތީ އޮތް ޗިޕްސް ޕެކެޓު ހުޅުވައިލަމުން އީތަން ބުންޏެވެ.
“މަވެސް ބަރާބަރު. މިކޮޅަށް ބަދަަލުވީ މި ތިއްތައާ އެއްކޮށް. އޭ ލެވެލް ހަދާހިތެއްވެސް ނެތް ވިއްޔަ. މިރަށުން ދެން ޖޮބެއް ހޯދާނީ.” ރަޒާން ބުންޏެވެ.
އީތަން އެއްޗެކޭ ބުނަން އުޅުނު ނަމަވެސް މެދުކެނޑުނީ އޭނާގެ ފޯނު ރިންގުވީ އަޑަށެވެ. ގުޅަމުންދިޔަ ނަންބަރު ސޭވްކޮށްފައި އިނީ އަލީޝާގެ ނަމުގައެވެ. ފޯނު އަރިމަތީ ފިތުން ނިވާލާފައި އީތަން އަނެއްކާވެސް ރާއިންއާއި ދިމާއަށް އެނބުރުނެވެ. ދެވަނަ ފަހަރުވެސް ގުޅައިފިއެވެ. ހަމަ އެ ނަންބަރުންނެވެ. އީތަން އަނެއްކާވެސް ސްކްރީން ނިވައިލީއެވެ.
“އަޅައިގަނެގެން އުޅޭ މަންޖެއެއްތަ އަނެއްކާ؟” ރާއިން ސަމާސާކޮށްލިއެވެ. ޖަވާބުގައި އީތަން ނޫނެކޭ ބުނެ ތިންވަނަ ފަހަރަށް ލިބުނު ފޯނު ކޯލް ކަނޑައިލާފައި ފޯނު ނިވައިލިއެވެ.
“ތިއްތަވެސް އައިތަ؟” މައުލޫއު ބަދަލުކޮށްލަން އީތަން ކުރިންވެސް އަަހަން އުޅުނު ސުވާލު އަހައިލިއެވެ. އީތަންގެ ސުވާލަށް ރާއިން ޖަވާބުދިނުމުގެ ކުރިން ދޮރު ހުޅުވާފައި ވަނީ ރާއިންގެ އެއްބަނޑު އެއްބަފާ ދައްތަ ރާނިޔާއެވެ. ރާނިޔާ ފެނުމާއިއެކު އީތަންގެ މޫނު ދެގުނަ އުޖާލާވެއްޖެއެވެ. ރާނިޔާއަކީ އޭނާ ހިތުގެ އަޑިން ލޯބިވާ ހަމައެކަނި އާއިލާ މެންބަރެވެ. އީީތަންފަދަ ކުއްޖަކަށްވެސް މުހިންމު މީހުން ތިބޭނެތާއެވެ.
“ކޮން ވާހަކައެއް މި ދައްކަނީ؟ މަަވެސް ވައްދަބަލަ.” ބިންމަތީ ދެފައިވަށްކޮށްގެން އީށިން ރާނިޔާ ބުނެލިއެވެ.
ހަރު ހިނގުމެއްގައި ކުލާހަށް ވަތް އަލީޝާ އެންމެ ފުރަތަމަވެސް ބެލީ އީތަން އިންތޯއެވެ. ނަސީބަކުން ނެތެވެ. އީތަންއަށްވުރެ ކުރިން އައުމަށް އޭނާ ހޭލީވެސް އެހެންޏާ ހޭލާއިރަށްވުރެ އަވަަހަށެވެ. ދަބަސްވެސް އަޅުވައިގެން ހުރިގޮތަށް އަލީޝާ ހުއްޓުނީ ކޮންމެ ދުވަހަކު ކަހަލައިން އެންމެ ފުރަތަމަ ކުލާހަށް ވަންނަ ތޫބާގެ މޭޒު ކުރިމަތީއެވެ.
“ތޫބާ. އާދެބަލަ މަށާ އެއްކޮށް ފާހަނައަށް. އެބައޮތް ވާހަކައެއް ދައްކަންވެފަ.” އަލީޝާ ސީރިއަސް ރާގަކަށް ބުނެލުމުން ތޫބާގެ ހިތް ނުތަަނަވަސްވިއެވެ. ނަމަވެސް މަޑުމަޑުން ތެދުވެ އަލީޝާ ފަހަތުން ކުލަހުން ނުކުތީ އީތަންއާއި ބެހޭ ވާހަކައެއް ދައްކަން އުޅޭ ކަމަށެވެ. އަނގަތަޅަން ވަންނަ ޖަގަހަކަމަށްވާ އަންހެން ފާހަނައަށް ވަތްއިރު ތަން ހުސްކޮށް އޮތީ އެހާ އަވަސް ގަޑިއެއް ކަމަށްވާތީއެވެ. ސިންކު ކުރިމަތީ ހުއްޓުނު ތޫބާއަށް ކުރިމަތިލައި އަލީޝާ ހުއްޓި އޭނާގެ ފޯނު ނެގިއެވެ. ކުރީ ދުވަހުވެސް އަލީޝާ ފޯނުން އެއްޗެއް ދައްކަން އުޅުން ހަނދާން ތޫބާއަށް ވިއެވެ.
“މީ އަސްލުތަ؟” ފޯނުގައި އިން އެޑޮޕްޝަން ސެޓްފިކެޓުގެ ފޮޓޯ ދައްކައިލަމުން އަލީޝާ އަހައިލިއެވެ. ތޫބާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
“ކި… ކިހިނެތް… ކިހިނެތް އަލީޝާ އަތުގަ ތީތި…” ތޫބާއަކަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ.
“އެހެންވީމަ މީ ތެދެއްދޯ…. ތޫބާގެ… ދައްތައެއް ހުރޭތަ؟…” ރޫރޫލާ އަޑަކުން އަލީޝާއަށް އަހައިލެވުނެވެ. ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. ޖަވާބުގައި ތޫބާ ދެފަޅިއަށް ބޯ ހޫރައިލިއެވެ. “އުފަަން އާއިލާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭންގޭތަ؟ ކިހިނެތް މިހާރުގެ މަންމަމެނަށް ތޫބާ ފެނުނީ؟” ހިތް އަވަސްވީ ވަރަކަށް އަލީޝާގެ ދޫ ހަލުވިވިއެވެ.
“ކިހިނެތްވީތަ؟ ކީއްވެތަ އަލީޝާ އަތުގަ ތި ފޮޓޯ އޮަންނަންވީ؟” އަލީޝާގެ ހާސްކުރުވަނިވި ސުވާލުތަކުން ތޫބާގެ ހިތް ބިރުގަންނަން ފެށިއެވެ.
“މަށަށް ކޮންމެވެސް ނުދަންނަ ނަންބަރަކުން ފޮނުވީ މީތި. އެއެއް ނޫނޭ މުހިންމީ. ބުނެބަލަ! އިނގޭތަ އަސްލު މަންމަޔާ ބައްޕަޔާ؟” އަލީޝާގެ ދޫ އިހުނަށްވުރެ ހަލުވިވިއެވެ. ތޫޫބާއަށް ކުރިން ވިސްނައިނުލެވިފައިވީ ކަމަކާއި މެދު ވިސްނައިލެވުނެވެ. އީތަންވެސް ބުނީ ނުދަންނަ ނަންބަރަކުން އެ ފޮޓޯ ފޮނުވި ވާހަކައެވެ. އަލީޝާވެސް އެ ބުނީ އެހެންނެވެ. މި ނުދަންނަ ނަންބަރުގެ ވެރިއަކީ ކޮބައިކަމާއިމެދު ތޫބާއަށް ވިސްނައިލެވުނެވެ. އޭނާއަށް ނުފޮނުވައި އީތަންއަށާއި އަލީޝާއަށް ފޮނުވުމުގެ ބޭނުމަކީ ކޮބައިބާއޭ ހިތަށްއެރިއެވެ. ހިޔާލުތަކުން ބޭރަށް ނެރެލީ އަލީޝާއެވެ. އަލީޝާގެ ހާސްވެފައިވާ މޫނުން ކޮންމެވެސް ކަމެއް އެބަ އުޅޭކަން ތޫބާއަށް ވިސްނިއްޖެއެވެ. އޭނާ ނިންމީ އަލީޝާ ކުރާ ސުވާލަކަށް ޖަވާބުދެންށެވެ. އެހެންނޫނީ އަލީޝާގެ ކިބައިން އިތުރު މައުލޫމާތެއް ނުލިބޭނެކަން އިނގޭނެތީއެވެ.
“އަސްލު މަންމައާ ބައްޕަ މަރުވީ ގޭގަ އަލިފާން ރޯވެގެން. އަލިފާން ރޯވިއިރު މިހާރުގެ ބައްޕަ އުޅުނީ މާލޭގަ ފަޔާ ފައިޓާރއަކަށް. ބައްޕަ އަހަރެން ސަލާމަތްކޮށްދިނީ. ދެން އިތުރު އާއިލާ މީހެއް ނެތީމަ އަހަރެން އެޑޮޕްޓްކުރީ.” ތޫބާ ކުރުގޮތަކަށް ކިޔައިދިނެވެ.
“އަލިފާން؟ މާލޭގަ؟….” އަލީޝާގެ ސިކުނޑީގައި ތޫބާގެ ބަސްތައް ގުގުމަންފެށިއެވެ. އޭނާ އެ ސުވާލު ކުރި ސަބަަބަށް އެދުނު ތޫބާއަށް ދޭނެ ފުރިހަމަ ޖަވާބެއް ނޭންގުނެވެ. ސިކުނޑިއަށް ބަރުވާންފެށުމުން އަލީޝާާ އެތަަނުން ނުކުމެގެން ދިޔައީ، މިކަމާއި ދޭތެރޭ އިތުރަށް ވިސްނަން މަޖުބޫރުވެގެންނެވެ.
ސްކޫލު ކަޓުވާފައި ގޭގައި އޮތް އަލީޝާގެ ސިކުނޑީގައި ސްކޫލާއި ބެހޭގޮތުން ވިސްނާނެ ޖާގައެއް ނެތެވެ. އަތުގައި އޮތް ފޮޓޮއަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ހަނދާނުގައި އެ ފޮޓޮއާއި ބެހޭގޮތުން ރާއިދާ އޮޅުންފިލުވަައިދިން ހަނދާން އާ ވަމުންދިޔައެވެ. އެ ފޮޓޯގައި އެ އިނީ އޭނާގެ އެއް މާބަނޑު ކޮއްކޮކަމަށާއި، ނަމަކީ އައިކާ ކަމަށް ބުންޏެވެ. އަދި އައިކާ މި ދުނިޔެއާއި ވަކިވީ، މާލޭގައި ރާއިދާގެ ދައްތަގެ ދެމަފިރިން ގޭގައި ބަހައްޓާފައި ހުއްޓައި އަލިފާން ރޯވެގެންކަމަށްވެސް ބުންޏެވެ. ރާއިދާ ކިޔައިދީފައި މިވަނީ ހަގީގަތުގެ އެއް ބައިކަން އަލީޝާ ނުދެނަހުއްޓެވެ.
ހިތް ހަމަޖެހޭތޯ ގެއިން ނުކުމެ އަލީޝާ ނުކުތީ އަތިރި ފަޅިއަށެވެ. މެންދުރުގެ އަވިގަދަ ގަޑިކަމުން ލޮލުކޮޅަށްވެސް މީހަކު ފެންނާކަށް ނެތެވެ. ހޫނުކަމަށް ނުބަލައި ގަސްތަކުގެ ހިޔާދަށުން، ދެފައި އެއްލަމުން ހިނގާފައި ދިޔަ އަލީޝާގެ ކަންފަތުގައި މީހަކު ސަލާމަތަށް އެދި ގޮވާ އަޑު އިވުނެވެ. މޫދާއި ދިމާއަށް ބަލައިލިއިރު ތަންކޮޅެއް ދުރުން މީހަކު ގެނބެނީއެވެ. އަރައިގެން ހުރި ފައިވާނުގެ ދެކިބަ ދެކޮޅަށް ހޫރާލާފައި އަލީޝާ އެ ދިމާއަށް ދުއްވައިގަތެވެ. ފަތާފައިގޮސް ގެނބެމުންދިޔަ ރާނިޔާ ސަލާމަތްކުރިއިރު ކޯސްޓްގާޑަކަށް ދޫނުކުރެއެވެ. ލޮނު ބޮވި ކެއްސަމުންދިޔަ ރާނިޔާ ގެނެސް ވެލިގަނޑުމަތީ ބައިންދައިލިއެވެ. ގަސްތަކު ތެރެއިިން ނުކުތް ރާއިންއަށާއި އީތަންއަށް މި މަންޒަރުފެނިގެން އައީ ދުވެފައެވެ. ހަމައެކަަނި ސޯޓު ބުރިއެއް ލައިގެން ތެމިފޯވެފަައި ތިބުމުން އެ ދެމީހުންވެސް ދާދި ދެންމެއަކު މޫދަށް އެރުުނުކަން އެނގެއެވެ. އަލީޝާއަށާއި އީތަންއަށް ދެމީހުން ދެމީހުނަށް ބަލައިލެވުނެވެ. ވީގޮތް ކިޔައިދިނުމަކާއިނުލައި އީތަންއަށް ވީނުވީ އިނގިއްޖެއެވެ. ރާނިޔާ އަލީޝާއަށް ޝުކުރުއަދާކުރިއެވެ. ރާނިޔާގެ ހާލު ބެލުމުގައި މަޝްއޫލުވެފައި އިން ރާއިންއަށް ފުރަތަމަ ފަހަރަށް އަލީޝާއަށް ރަނގަޅަށް ބަލައިލެވުނެވެ. ޝުކުރުއަދާކުރަން ބޭނުންވިނަމަވެސް، ގޮތް ނޭންގޭ ސަބަބަކާހުރެ އޭނާގެ ކަރުން އަޑެއް ނުނިކުތެެވެ.
“ކޮން ނަމެއް ކިޔަނީ؟” އީތަން ރާނިޔާ ގޮވަައިގެން ދާން ތެދުވުމުން އަނެއްކޮޅަށް ހިނގައިގަތް އަލީޝާގާތު ރާއިން އަހައިލިއެވެ.
“އަލީޝާ…” އަލީޝާ ޖަވާބުދިނެވެ. ރާއިން އިތުރު އެއްޗެކޭ ނުބުނުމުން އަލީޝާ ދިޔައެވެ. ފަސްއެނބުރި ބަލައިލި އީތަންއަށް، އަލީޝާއާއި ދިމާއަށް ކަޅި ހުއްޓާލައިގެން ހުރި ރާއިންގެ މޫނުގެ ކުލަވަރު ސިއްރެއް ނުވިއެވެ.
“ހަމީދާ. މަށަށް ފެންނަނީ މާލެ ބަދަލުވާން. އެކަން އެނގުމަށްފަހު ދެން މިރަށުގަ ހުރުން ރަނގަޅުހެނެއް ހިއެއްނުވޭ.” ހަނީފު ލަފާދިނެވެ.
“އާނ. މަވެސް ހިތަށްއަރާ ތިހެން. އެކަމަކު ތޫބާ އޯލެވެލް ނިމެންދެން މަޑުކުރޭ. ދެން މި އަހަަރު އެކަންޏެއްނު އޮތީ.” ހަމީދާ އޭނާ ދެކޭގޮތް ބުންޏެވެ.
ގޭގެ މައި ދޮރު ހުޅުވާާލައިފައި ސަލާންގޮވައިލި އަލީޝާ ފެނުމުން ދެމަފިރިންގެ ހިތްހަމައެއް ނުޖެހުނެވެ. ހަނީފު އަވަސްއަވަހަށް ސައިތަށި ދަމައިިލައިފައި ގޮސް ކޮޓަރިއަށް ވަަނެވެ. ހިންދިރުވާލާފައި ހަމީދާ ގޮސް އަލީޝާ ކުރިމަތީ ހުއްޓުނުއިރު ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
“ތޫބާ އެބައުޅޭތަ؟” އަލީޝާ އަހައިިލިއެވެ.
“ނޫން. ތޫބާ ވީ ޓިއުޝަނަށްގޮސް. މިހާރު އޯލަވަލް ކައިރިވާތީ ޓިއުޝަން ނަގަން ފަށައިގެން އެ އުޅެނީ. އަލީޝާ ނުދަންތަ ޓިއުޝަނަކަށް.” ހަމީދާ ބެލީ ވީހާވެސް ހިތްހެޔޮކޮށް، އެކުވެރިކަމާއިއެކު ވާހަކަދެއްކޭތޯއެވެ. “ތޫބާ ކޮންއިރަކު މީނަޔާ އެކުވެރިވީ؟ އަނެއް އަވަށުން ޒިޔާރަތްކުރަން އަންނަންވީ ކީއްވެ؟” ހަމީދާ ހިތާއިހިތުން ކިޔައިލިއެވެ. “ކިހިނެތްވީ ތޫބާގާތުން ކަމެއް ބޭނުންވީތަ؟”
“މާ ބޮޑު ކަމެއް ނޫން.” އަލީޝާ ބުންޏެވެ. އަލީޝާ އަނބުރައި ދާން ނޫޅޭތީ ހިތުތެރެއިން ކުދިކީ ނަމަވެސް، މެހެމާނަކަށްވީތީ ހަމީދާ ސައިބޯން ދައުއްވަތުދިނެވެ. ސައިބޯން ތިބިއިރު އަލީޝާ ބެލީ ވީހާވެސް ބޮޑަށް ހަމީދާއާއި ވާހަކަދެއްކޭތޯއެވެ. ތޫބާގެ ގާތް އެކުވެރިއެކޭ ކިޔައިގެންނެވެ.
“އާނ އަދި އެބައޮތޭ އެއްޗެއް އަހާލަން ދައްތަ ކައިރީ. ދައްތައަށްތަ އަނެއްކާާ އޮޅިގެން އަޅުގަނޑަށް މި ފޮޓޯ ފޮނުވުނީ؟” ފޯނު ނަގަމުން އަލީޝާ އަހައިލި ސުުވާލުން، ކޮން ފޮޓޮއެއްތޯ ހަމީދާ އަހައިލިއެވެ. އަލީޝާ ފޯނުން ދައްކައިލި ސެޓްފިކެޓް ފެނިފައި ހަމީދާ ގަބުވިއެވެ. ހަމީދާގެ މޫނަށް ޝައްކުގެ ނަޒަރަކުން އަލީޝާ ބަލަހައްޓައިގެން އިނީ ޖަވާބަކަށް ބޭނުންވެފައެވެ.
“ނޫން. ދައްތައެއް ނުފޮނުވަން. ތި ވާނީ ތޫބާ ބައްޕައަށް އޮޅިގެން ފޮނުވުނީކަމަށް.” ހަމީދާއަށް ދޫ ހަލުވައިލެވުނީ ކިރިޔާއެވެ. “އަލީޝާ… ދައްތަ ކުޑަ ކަމެއް އޮތްކަން ހަނދާންވެއްޖެ. ތޫބާ އައިމަ ބުނާނަން އަލީޝާ އައި ވާހަކަ.” ސީދާ ސީދަލަށް ނުބުންޏަސް އެ ބުނީ ދެން ދާށޭކަން އަލީޝާާއަށް ދޭހަަވިއެވެ.
“އާނ. ދެން ގޮސްލަނީ އިނގޭ.” އަލީޝާ ގޯތިތެރެއަށް ނުކުތުމުން ހަމީދާގޮސް ކޮޓަރިތެރެއަށްވަނެވެ. އަލީޝާ އަވަސްއަވަހަށް އަރިމަތިންލާފައި ގޮސް ގޭގެ ފުރަގަހަށް ނުކުތެވެ. އަދި ހަމީދާ ވަތް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓުނެވެ. ދޮރުފޮތިގަނޑު ލައްޕާފައި ހުރި ނަމަވެސް ދޮރު ހުރީ ހުޅުވާފައެވެ. އެތެރޭގައި ހަމީދާއާއި ހަނީފު ދައްކާ ވާހަކަ ރީތިކޮށް އަޑުއިވެއެވެ.
“ހިނގާ ފިލަން! ހަމަ މިހާރު ހިނގާ މާލެއަށް!” ހަނީފު ވަރަށް ހާސްވެފައި ކިޔައިގަތެވެ.
“ދެން ފަހަތުން އައިސްފިއްޔާޔޯ؟” ހަމީދާގެ އަޑުން ހީވީ ރޮވެން ގާތްވެފައި ހުރިހެންނެވެ.
“ނާންނާނެ! ހަމަ އެކަނި އެ ސެޓްފިކެޓް ފެނިގެން ނޭންގޭނެއެންނު ތޫބާއަކީ އެ ޔޫސުފުުމެންގެ ދަރިކަމެއް.” ހީކުރެވިފައިވީ ނަމަވެސް، ހަނީފުގެ ދުލުން އެ ޖުމުލަ އިވުމުން އަލީޝާއަށް ލިބުނު ހައިރާންކަން ކުޑައެއްނުވިއެވެ. ގަބޫލުކުރަންވެސް ވަކި ފަސޭހައެއްނުވިއެވެ.
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮތް އީތަންގެ ސިކުނޑި ވަނީ ހިޔާލުތަކުން ބަރުވެފައެވެ. މުޅިހެން ކަނޑުވައިލަން ނިންމާފައި އޮތް އެ އިހުސާސް އަނބުރައި އަތުވެއްޖެއެވެ. ފަޅުރަށުގައި އަލީޝާ އޭނާ ސަލާމަތްކޮށްދިނުމުން ކުރެވެންފެށި އުނދަގޫކުރަނިވި އިހުސާސެވެ. ރާނިޔާ ސަލާމަތްކޮށްދިންކަން އޭނާގެ ހަނދާނުން ނުފިލުވައިލެވޭނެއެވެ. ފޯނެއް އައުމުން އަނެއްކާވެސް އަލީޝާކަމަށް ކަނޑައިލަން އުޅުނު ނަމަވެސް އެއީ އެހެން ނަންބަރެކެވެ.
“އެކަންތައް ކުރަންވީ ދޯ؟” ފޯނުން ވާހަކަދެއްކި މީހާ ބުންޏެވެ. ޖަވާބުދިނުމަކާއި ނުލައި އީތަން އޮތީ އޭނާގެ އަމިއްލަ ހިތް އޭނާާއަށް ބޭވަފާތެރިވެފައިވާތީއެވެ.
“އާނ…” އިރުކޮޅެއް ފަހުން އަސަރެއް ނެތް ރާގަކަށް އީތަން ބުނެލިއެވެ.
ދެން ހަދަންވީ ގޮތެއް ވިސްނަން ދެކޮޅަށް ހިނގަހިގައި ހުރި އަލީޝާ ފޯނު ބަލައިލިއެވެ. އަނެއްކާވެސް ނުދަންނަ މީހެކެވެ. މިފަހަރު ފޮނުވާފައި އިނީ ވީޑިއެކެވެ. ވީޑިއޯއިން ފެނުނު މަންޒަރުން އަލީޝާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. އެއީ އެނދެއްގެ މަތީ ހަތަރެސްފައި ބަނދެފައި އޮތް ތޫބާގެ ވީޑިއޯއެވެ. އަނގަމަތީގައިއާއި، ލޯމަތީގައި ފޮތިގަނޑެއް ބަނދެފައިވީއިރު، ސަލާމަތްވެވޭތޯ ގަދަހަދަމުން ކަރުނައަޅަމުންދިޔަ މަންޒަރެވެ.
“ކޮއްކޮ ސަލާމަތް ކުރަން ބޭނުންތަ؟…. ނުކުރެވޭނެ!” ވީޑިއޯ ނިމުނީ ކެެމެރާ ފަހަތުގައި ވީޑިއޯކުރަން ހުރި ފިރިހެނަކު، މަލާމާތުގެ ރާގަކަށް ބުނެލި ޖުމުލައަކާއި އިތުރު ދެމީހެއްގެ ވަރުގަދަ ހުނުންގަނޑާއިއެކުއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





9 vana bai Wednesday ga ingey. Hope u liked this part too. Kiyaafa veehaaves gina kudhin comment ga vaahakaya dheytherey opinions faalhukurachey I love reading ur comments. Hope u have a gud day
Yes! Me first dhw ??? story Kiyaafa comment eh kohlaanan ingey ???
Yup ur first sis. Aan kurachey kiyaafaves
Mi part ga eba in ingey mistake eh razaan aa raain aa ei ekaku ingey s actually raain ingey????
Oh no.. Eethan just kidnapped thooba? ? that’s surprising.. ? I still don’t know how he knew about it ?? but there is a good news right? ? eethan likes aleeshaa ❤️❤️?? that’s funny n I hope he understands what that undhagoo kuranivi ihsaas is.. ??? anyway Mi part vx hama varah reethi ingey masha Allah ??? waiting eagerly for Wednesday to see aleesha’s saving clips.. ❤️❤️❤️❤️
Undhagoo kuruvanivi ihusaasakee aslu faadegge guilt eh aleesha evarah eyna yah heyo kanthah kohdhey iruves eyna aleesha ah goas koh kanthah kuraathee but sis thubuni feeling ves eba ulhey kanne hithuge kanegga let’s see dhw
Thee hama best beynun vanee adhi ves avahah vaahaka up kuran
I’ll try
V reethi.. waiting for the next part
Thnx hamtii
vvvv reethi u r the best hama brww
Thnx nattu
Varah reethi mi part ves. Varah exciting!! Mi gothah interesting konn kuriyah genndhaane kamah hykurann
thanu u zell. iraadha kurevviyya nimendhen genesdheynan
Story v reethi hama…This is my first comment..Comment nukoh nuhurevigen hama mi kohlee.. But story hama ehvex part eh miss nukoh kiyan…Waitting for next…
thnx @ikeel dhen part eh ga ves comment kurachey
u r v talented keep it up jinni
Oh I was waiting 4 ur comment lai thnx
Alheyyyyy vrh besttt jinni mibai vx .. keep it up❤
Thnx
Konn dhuhukunn next part?