
މެންދަމުންސުރެ ވެހެމުންދިޔަ ވާރޭއަކަށް ހުއްޓުމެއް ނާދެއެވެ. ނުނިދިފައި އޮތް މަލާކް ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ތެދުވެ އަވަހަށް ތުވާލި ހިފައިން ފާޚާނާއަށްވަނެވެ. ފިނިފިނިފެނުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު އޭނާ ހަމަ ރަނގަޅަށްވެސް ގުޑުގުޑު އަޅައެވެ. ނޫކުލައިގެ ޑެނިމް ޑަންގޭރީއެއްގެ ދަށުން ޖިންޖަރ ކުލައިގެ ސްވެޓަރއަކާއެކު ލައިލެކް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު މަލާކް ހީވަނީހަމަ ބޭރުކުއްޖެއް ހެންނެވެ. އާ ސެމިސްޓަރއެއްގެ ކިޔެވުން ފެށޭ ދުވަސްކަމުން މަލާކް ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. ތުންފަތުގައި މަޑުފިޔާތޮށި ކުލައެއްގެ ލިޕްސްޓިކެއް ޖައްސާލުމަށްފަހު މުޅިގަޔަށް ސެންޓު ބުރުވާލިއެވެ. އަދި ފޮތްތައް ހަމަކޮށް ދަބަހަށް ލުމަށްފަހު އޭނާ ކޮޓަރިން ނުކުތްއިރު ނުހާވެސް ނުކުމެ ސައިހަދަން އުޅެއެވެ.
މަލާކްވެސް ގޮސް ނުހާއަށް އެހީތެރިވިއެވެ. އެހެންދުވަސްތަކާ ޚިލާފަށް މިއަދު ހުރީ ދިވެހި ކެއުމެކެވެ. ޑިސްކު މަސްހުނީގެ އިތުރުން ރިހާކުރެވެ. ދޮރުލައްޕާލި އަޑަށް މަލާކް އިސް އުފުލާ ބަލާލިއިރު ފިރިހެންވަންތަ ހިނގުމެއްގައި ޒާހިލް އައިސް ކާގެއަށް ވަންނަނީއެވެ. ލައިގެން ހުރި ނޭވީ ބްލޫ ކުލައިގެ ސްވެޓަރއާ ޑެނިމް ކަޅު ޖިންސް އޭނާއާ ނުހަނު ގުޅެވެ. ފުނާއަޅާފައި ހުރި ގޮތުން ހަރުދަނާ ގޮތެއް ހުއްޓެވެ. ޒާހިލް އައިސް މޭޒުކައިރީގައި އިށީނުމާއެކު މަލާކް އަވަސް އަވަހަށް އިސްޖަހާލުމަށްފަހު ކާން ފެށިއެވެ.
މެޑްރިޑަށް އާދެވުމާއެކު އެއްވެސް ލަސްކުރުމެއްނެތި އަލޫކް ކާރަށް އަރައިގެން ނައްޓާލީ ބައްޕަ ހިންގާ ކޮލެޖަށްދާށެވެ. އަލޫކްގެހިތުގައި ރަސްކަން ކުރަމުން ދިޔައީ ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ. މަލާކްއަށް ކަންތައްތައް ސިއްރުކުރެވުނު ކަމާމެދު އޭނާ މިއަދު ދެރަވެއެވެ. ހިތުގަ ޖެހެއެވެ.
ކޮލެޖުގެ ޕާކިން ލޮޓުގައި ކާރު ޕާކު ކުރުމަށްފަހު އަވަސް އަވަހަށް އަލޫކް ދިޔައީ އިންފޯރމޭޝަން ބޫތަށެވެ. އެތާއިން އަންހެން ކުއްޖާގާތުގައި ވަރަށް އަވަހަށް މަލާކް މިކޮޅަށް އައުމަށް ބޭނުންވާކަމަށް ބުނެ އެނައުންސްމެންޓްއެއް ގޮވަން އެންގިއެވެ. “ޕީ.އެސް.އެސް ސްޓޫޑެންޓް މަރިޔަމް މަލާކް ޕްލީޒް ކަމް ޓު ދަ އިންފޯރމޭޝަން ބޫތް އޭޒް ސޫން އޭޒް ޕޮސިބަލް..” ސްޕީކަރުތަކުން އިވެންފެށި އަޑާއެކު ލެބޯރޓްރީގައި އެކްސްޕެރިމެންޓްތަކެއް ހަދަންހުރި މަލާކްއަށް ހައިރާންކަމެއް ލިބުނެވެ. ޓީޗަރު ގާތުން ހުއްދަ އެހުމަށްފަހު އޭނާ އަވަހަށް އޭޕްރޯންއާ އަންގި ބޭލުމަށްފަހު ހޭންގަރގައި އަޅުވާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބަން މިސްރާބު ޖެހިއެވެ. އިންފޯރމޭޝަން ބޫތުކައިރިޔަށް ދިޔައިރު އެތާހުރި އަލޫކްފެނި މަލާކްއަށް މިވާގޮތް ކޮންމެވެސް ވަރަކަށް ޔަޤީންވެއްޖެއެވެ.
ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަ ޙާލު މަލާކް ފަސްއެނބުރި ހިނގައިގަތެވެ، “މަލާކް!!” މަލާކް މަޑުކުރާކަށް ނުހެދިޔެވެ. އަލޫކް ބާރުބާރަށް ހިނގާފައި އައިސް މަލާކްގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ klicken sie auf diesen link. “މަލާކް ޕްލީޒް..” “އަހަރެން އަތުން ދޫކޮށްލާ!” އަލޫކް ވަގުތުން މަލާކްގެ އަތުން ދޫކޮށް އޭނާއާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. “އަލޫކް..ޕްލީޒް ލީވް..މީ އެލޯން…ޖަސްޓް ޓިލް އައި ގްރެޖުއޭޓް.” “މަލާކް ޕްލީޒް އަޑުއަހާބަ، އަހަރެން މަލާކްއަށް ތެދު ކިޔައިދޭން ބޭނުމޭ..” “ތި ވާހަކައެއް އަހާފަ އަހަރެންނަށް ވަކި ފަސޭހަވާނެތަ؟ އަހަރެން މިތަނަށް އައީ ކިޔަވަންށޭ އަލޫކް…ޕްލީޒް، ޖަސްޓް، އެއިދަރ ވެއިޓް ޓިލް އައި ގްރެޖުއޭޓް އޮރ އިފް ޔޫ ކާންޓް ދެން….ލީވް….” މަލާކްގެ ކޯތާފަތްމަތީ ރޮނގުދަމަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. “އޯ…އޯކޭ…ޓިލް ޔޫ ގްރެޖުއޭޓް…” “އަހަންނާ ގުޅަންވެސް،ކޮންޓެކްޓް ކުރަން އޯރ އަހަރެން ހޯދަންވެސް މަސައްކަތް ނުކުރާތި މިދުވަސް ކޮޅުދެން…އައި ޖަސްޓް ވޮނަ ސްޓަޑީ އެންޑް……..” “އޯކޭ…އިފް ޔޫ ސޭ ސޯ. މަލާކް ބޭނުން ގޮތެއް…” އަލޫކް އެހެން ބުނީ ހިތާދެކޮޅަށެވެ. މަލާކްއަށް އިތުރުވޭނެއް ތަޙައްމަލުކުރަން ނޭދޭތީ އޭނާއަށް އެގޮތް މަޖުބޫރުވީއެވެ. ފަސްއެނބުރި ހިނގައިގަތް މަލާކް ދާތަން ބަލަހައްޓައިގެން އޭނާހުރީ ނުހަނު ދެރަވެފައެވެ.
ކާރުގެ ދޮރު ހުޅުވާލުމަށްފަހު އަލޫކް ކާރަށް އަރާ ހަމަޖެހިލިއެވެ. މަލާކް ގްރެޖުއޭޓް ވާން ދެންއޮތީ އެންމެ ސެމިސްޓާރއެކެވެ. އެކަމަކު އެވާހަކަތައް ސިއްރުކޮށްގެން ހުންނަން އޭނާއަށް ހާދަ ދައްޗެވެ. އެކަމަކު މަލާކް ގެއްލޭކަށް ބޭނުމެއްނޫނެވެ. މަލާކްގެ އެދުމަކަށް ފުރަގަސްދޭކަށްވެސް ބޭނުމެއްނޫނެވެ.
ކުއްލިއަކަށް އަލޫކްގެ ކާރު ލޯގަނޑުގައި މީހަކު ޓަކި ޖަހާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ. “ގޮސްދެވިދާނެތަ ގެއަށް ލައިދޭން؟ ދެންމެ ބަލާލިއިރު ސައިކަލުގަ ޕެޓްރޯލްނެތިގެން..” “ތީދެން އަހާކަހަލަ ސުވާލެއްނޫނެއްނު. ޕެޓްރޯލް ހުއްޓަސް ނެތަސް ދެވޭނޭ ގެއަށް ލައިދޭން. އެކަމު ކީއްކުރަނީ މިހިސާބުގަ؟” އަލޫކްގެ މޫނުމަތީގައި ކުރިންހުރި ނުތަނަވަސްކަމުގެ އަސަރެއް މިހާރަކު ހުރިހެނެއް ހިޔެއްނުވެއެވެ. ކާރުގެ ކުރީ ޕަސެންޖަރ ސީޓަށް ވިލާދާ އަރާ ހަމަޖެހިލުމުން އަލޫކް ކާރު ދުއްވާލިއެވެ.
-ނުނިމޭ-
14 Comments!
Comments are closed.
Haadha kuhrey. Up kuhranee keehkuhran thar nuhlihyeh vehyaah.. Mih part vax reethi.? dhen vaahkah hadhaan nehtheyy fahun up kuhranee.
Sorry for the late delay guys. I didn’t get internet connection for ages, ehennve couldn’t upload regular konn. Hope i’ll still get your support. Vaahkaka aa medhu dhekey goii comment kohllahche, i love reading your feedbacks
O level ah medhu kadaafa mifaharu A level ah medhu kadaafa dheythere akun readers hiyhama jassaalan liyunu ethikolheh dho
ehenya myvaa fake golayaku liyaa vaahaka eh
hayaaikuda eccheh
Assalaam alaikum hurihaa kudhin. Hurihaa kudhinnge haaluves rangalhu kamah hykurann. Inshaallah mi week, mi dhedhuvas thereygai “EHENAS…” ge 20th vana episode aa hamayah nimmaaleveyne. Eii aslu vaahakaige emme bodu eh plot aa eky. Ummeedhu kurann hurihaa kudhinn ves varah shauguveri kamaaeku kiyaane kamah. Hurihaa kudhinn thi dhehvvaa support ah varah bodah shukuriyyaa. Story ga massalaeh ulheythaneh vihyyaa faahagakollaafa bunelahche. Salaam hurihaa kudhinn. Love, Zelll
Faahaga vany liyuntheriyaa ge kada kamaa dhoguverikan
Inco thihenn bunyas ehaa faseyhaeh noon qabool kuraakah thivaahakaeh. Kaamiyaabeethah libifai hury ‘kada’ vyma kamakah Zelll akah qabooleh nukurevey. Dhoguverikan thi maana kuri gotheh thafseel kohdhiniyya varah rangalhu. Anekka hurihaa kudhinn ves dhekeny Inco mi dhekey henbaa? 🙁 . Inco ekam aslu mi ehy story ga massalaeh ulheythw. Thigothakah noonennu javaab dheynvaany dhw? Suvaaluge maqsadhaa javaabakaa nugulheykann faahaga kurevey
varah reethi masha allah
Thankyou so much dear ? ? ?
vaahaka varah reethi
waiting for the next part
Thankyou unique. Inshaallah very soon
? ? ? ? ? ? ?
Hurihaa kudhinn. Now up kurann laifinn 19th vana bai ves 20th vana bai ves. Writers ah ingeyne kanne bodah, mihaaru thannkolheh las up vaaleh. Ekam hurihaa kudhinn ves innthizaaru kuraanekamah hykurann
haadha dhuvahakah fahueyy mi kiyaalann libunee.. vaahaka varah reethi.???.. waiting for the next part..
Asluves Zelll v dhera vejje hurihaa kudhinnaa hisaabah vaahaka nugenesdhevi ages vyma. Thankyou so much Yaana