
ހުވަފެނުގެ ރާނީ 20
“މަންމާ…” އެމީހާ ދެއްކި ވާހަކަ ގަބޫލު ނުކޮށް އަމްރު މިސްރާބު ޖެހީ އީމާނާގެ ކޮޓަރިއައި ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަމްރު އެންމެ ފުރަތަމަވެސް ތަޅަށް ބާރު ކޮއްލެވުނީއެވެ. އެނދުގައި ދެބާލީސް އޮތީ އޮތްއިރު އޮތީ ރީތިކޮށެވެ.
“އެއްވެސް މީހަކު މިތަނަށް އައިތަ؟” އެނދާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އަމްރު އެހެން އަހާލީ ޝައްކު ވެގެންނެވެ. އަދި ފަހަތަށް އެނބުރިފައި އެމީހާއަށް ކިޔާ ނަން އަހާލީ ހިނިތުން ވަމުންނެވެ. އަމްރު އުޅުނު ގޮތް ފެނިފައި އެމީހާ ހުރީ ބިރުންނެވެ.
“ނޫން..” މަލީއާ އެހެން ބުނިއިރު އަޑު ތުރުތުރު ލައެވެ.
“އެއްވެސް މީހަކު މިތަނަށް ވަތްތަ.. އެންމެ މީހަކު ނަމަވެސް…” އަމްރު އިނގިލި ދިއްކޮށްލީ އޭނާއަށް އީމާނާ އިނގޭ ވަރުންނެވެ. އީމާނާއަކީ ދުވަހަކުވެސް ނިދާ ހޭލައިގެން ތަންމަތި ނަގާ މީހެއް ނޫނެވެ.
“ނޫން ކޮއްކޯ…” މަލީއާ އެހެން ބުނުމުން އަމްރު އެތަނުން ނިކުމެގެން ހިނގައިގަތީ ބޭރަށެވެ، ކަރުގައި ބޭވާ ތާށިވާ ކަހަލައިގެ އިހްސާސެއް އަމްރުއަށް ވިއެވެ. އަނެއްކާވެސް އީމާނާ އޭނާ ދޫކޮށްލާފައި ދިޔައީ ހެއްޔެވެ. އަމްރު މިފަހަރު އެހެން ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
ފޯނު ނަގައި އަމްރު ގުޅާލީ އޭނާގެ ރަހުމަތް ތެރިއަކަށެވެ. އީމާނާ ރާއްޖެއިން ބޭރަށް ދާން އެއްވެސް ޓިކެޓް ނެގިތޯ އަމްރު އަހާލީ ހާސްވެފައެވެ. ވިހި ވަރަކަށް މިނެޓް ފަހުން އެކުއްޖާ ނުނަގައޭ ބުނުމުން ހަމަޖެހުމުގެ ނޭވާއެއް އަމްރުއަށް ދޫކޮށްލެވުނެވެ. އީމާނާ ރާއްޖޭގައި ވާނަމަ ވީ ކޮންތާކަށް ހެއްޔެވެ؟ ކާރަށް އަރައި އަމްރު މިސްރާބު ޖެހީ އޮފީހަށެވެ. އޭނާއަށް ގުޅާފައި އަންނަން ބުނީ ނިޝާންއެވެ. ހުސައިން އާދަމް ބިލްޑިންއަށް ވަދެގެން ދިޔަ އަމްރުގެ ހިތުގެ ވިންދުހުރީ އަވަސް ވެފައެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަށް އީމާނާވީ ތަނެއް އިނގޭށެވެ. އެހެން ނޫނީ ދެން އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ނުލެވޭނެއެެވެ. ނިޝާންހުރި ތަނުގައި ހުއްޓެމުން އަމްރު ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. އެތަން ފެނުނު ނިޝާން އަތުން މަޑު ކޮއްލަން ބުނެލިއެވެ.
“އައްލަސާލަަމް އަލައިކުމް ސަރ…” ކުރިމަތިން ވަދެގެން އައި ނިޝާންމެންގެ މައްޗަށްހުރި އޮފިސަރ ފެނުމުން ދެމީހުން އެއްފަހަރާހެން ސެލިއުޓް ކޮއްލިއެވެ. އެމީހާވެސް ބޯ ޖަހާލަމުން ހީލައިފިއެވެ. އަދި އަތުގެ އިޝާރާތުން ކުރިމަތޫގައި ހުރި ގޮނޑީގައި އިށީންނަން ބުނެލިއެވެ.
“ކޮބާ އެންމެ ފަހުން ފެނުނު މަރާލައިފަ އޮތް މީހާއަށް ލީޑް އެއް ލިބުނުތަ؟…” ގޮނޑިގައި ހަމަޖެހިލަމުން އެހެން އަހާލަމުން އެމީހާ އަތުގައި އޮތް ފައިލު ހުޅުވާލިއެވެ.
“ނޫން..” ނިޝާން އެހެން ބުނެލަމުން އިސްޖަހާލިއެވެ. އޭނާ ކުއްލިއަކަށް ތަޝްކީލްމަތިން ހަނދާންވީ ކީއްވެ ކަމެއް ނޭނގުނެވެ.
“އަޅުގަނޑަށް މީގެ 16 އަހަރު ކުރީގެ ކޭސްއަކާއި މިކަމާއި ގުޅުމެއް ވާހެން ހީވޭ.. އެއީ ދާދި އެއްގޮތަކަށް ދެމީހުންވެސް މަރާލައިފަ އޮތީމަ…” އަމްރު އެހެން ބުނުމުން އެކަމަށް ބާރު ދެމުން ނިޝާންވެސް ބޯޖަހައިލިއެވެ.
“މިހާރު ޕޯރސްޓްމޯޓަމްވެސް ނިމިއްޖެ.. ދެން އެއަންހެންމީހާ ވަޅުލަން ފެނޭ… އެހެން ބާއްވައިގެން ހަށިގަނޑަށ އިތުރަށް އުނދަގޫ ކުރާނެކަމެއް ނެތް…” އެ ފިރިހެންމީހާ އެހެން ބުނެލާފައި އެތަނުން ތެދުވެއްޖެއެވެ. އެއީވެސް ދޮގެއް ނޫނެވެ. އަމްރު ވިސްނާލިއެވެ. އަހަރުމެންގެ ތެރޭގައި ކިތައް މީހުން މަރާލެވިފައި ވާނެ ހެއްެޔެވެ. ޒަހަރު ދީގެންނާއި ގުދުރަތީ މަރެއް ކަމަށް ދައްކަން ކިތަށް މީހުން މަސައްކަތް ކުރާނެ ހެއްޔެވެ. އަހަރުމެންގެ ހަށިގަނޑަށް ގެއްލުން ނުދޭން ވެގެން އިތުރަށް ފަޅައި ކަންތައްކޯށް ޕޯރސްޓްމޯޓަމް ނުހަދަނީއެވެ. ގިނަފަހަރު އިނގެ ތިބެވެސް މީހުން ދޫކޮށްލައެވެ. ކީއްވެ ހެއްޔެެވެ؟ މީހަކު މަރާލެވިފައިވާކަން އެނގޭއިރުވެސް ދޫކޮށްލަނީ ކީއްކުރަން ހެއްޔެވެ. އާއިލާއިން ދުކޮށްލުމުން ފުލުހުންނަށް ކުރެވޭނީ ވަކި ކީއްހެއްޔެވެ.
“އަމްރު… ކޮންމަކާ ތިވިސްނަނީ…” ނިޝާން އެހެން އަހާލީ އަމްރު ބަސްމަދުވެފައި އިންނަން ފެށުމުން އަހާލިއެވެ.
“ކަމެއް ނުވޭ…” އަމްރު އެހެން ބުނެލިއެވެ. ނަމަވެސް އެހިތުގައި އުތުރި އަރަމުން ދިޔައީ ކުރިންވެސް ކުރެވެމުންދިޔަ ސުވާލުތަކެވެ.
“އަސްލު އަހަރެން ހިތަށް މިއަރަނީ ރާއްޖޭގައި ކިތަށްމީހުން މިހާރު މަރާލައިފިހޭ.. ކިތަށް ޑެތް ދެޓް ވޯޒް ސްޓޭޖްޑް އޭޒް އަ އެކްސިޑެންޓް.. އޯރ އަ ސުސައިޑް…” އަމްރު ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެންމެން ހީކުރާހާ ރާއްޖޭމީހުން ރަނގަޅޭއް ނޫނޭ… އަހަރެންވެސް އަވަހަށް ޕޮލިހުން ކެނޑޭނަން.. ވަރަށް ބޮލުގަ ރިއްސާ މިހާރު އެކަހަލ ކަންތަކާ…” ނިޝާންވެސް ނިތުގައި އަތް ފިރުމާލަމުން ބުނެލިއެވެ.
“އަސްލު މީހުންވެސް އަދިވެސް އެހަރި އެވެއަރ އެއް ނޫން..” އަމްރު އެހެން ބުނެފައި ރިންގް ވަމުންދިޔަ ފޯނަށް ބަލާލިއެވެ. އޭގައި ބެއްބެ އަރާފައި އޮތުމުން އަމްރު އެނަގައި ކަންފަތުގައި ޖަހާލަމުން މިދަނީ ކަމުގައި ބުނެލިއެވެ. އަމްރު އޭނާގެ މަންމަގެ ހުރިހާ މައުލޫމާތެއް ޕޮލިހުންނަށް ދީފާއި ނިކުތީ ގެއްލިގެން ހީދާމީހެއްގެ ގޮތުގައެވެ. އޭނާ އެހެން ކަންތައްކުރީ މަޖުބޫރު ވުމުންނެވެ. އީމާނާ ތަނަކަށް ނޭނގި ފުރައިގެން ދިޔަ ނަމަވެސް ދެވޭ ތަނަކަށް ގޮސްފައި އޭނާއަށް މެސެޖް ކުރާނެއެވެ. އޭނާ ކިތަންމެ ރުޅި އައި ކަމުގައި ވިއަސް މަންމަވާނީ މަންމައަށެވެ.
އައްމާރުއާއި ނިކަތު މަޑުކޮއްލައިގެން ތިބީ ނިޝާން މެންގޭގެ ޓެރެހުގައެވެ. އައްމާރުއާއި ނާޒިން ދައްކަމުން ދިޔަ ވާހަކަތަކަށް ހީހީ އިން ނިކަތު ކުއްލިއަކަށް ބަނޑުގައި އަތް ޖައްސާލުމުން، އައްމާރުއާއި ނާޒިން އެއްފަހާރާހެން ސީރިއަސްވެއްޖެއެވެ. ނިކަތު ހަމައެކަނި ކުއްޖާ ފައި ވިއްދައިލީ ކަމުގައި ބުނުމުން ނާޒިން އައިސް މަޑުމަޑުން ގުދުވެ އެއްޗެކޭ ބުނެފައި ހީލިއެވެ. ތިންމީހުން ސަކަރާތް ޖަހަން ތިބެފައި އައްމާރު ފޯނަށް ބަލާލިއެވެ. އަމްރު އަންނާނަމޭ ބުނިތާ މިހާރު ދެގަޑިއިރުވަނީއެވެ. އަދިވެސް އާދެވޭ ކަމަކަށް ނުވިއެވެ. ނިކަތު ދައްކަމުން ދިޔައީ އޭނާ ކުޑައިރު ނާޒިންއާއި އަބަދު ތޮޅިގެން މޮޅުވާ ވާހަކައެވެ. އޭގެ ކޮންމެ ކަމަކަށް ނާޒިން ހިނިތުންވެލައެވެ. ނިކަތުއަށް ނޭނގުނީ ނާޒިން ކޮންމެ ފަހަރަކު ނިކަތުއަށް ދޫކޮށްލާ ކަމެވެ.
ވިއްސާރަ ވާގޮތް ވުމުން ތިންމީހުން އެތަނުގައި ނުތިބެ ތިރިއަށްދާން ހިނގައި ގަނެއްޖެއެވެ. އައްމާރުގެ ފަހަތުގައި ހުރި ނިކަތުގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ އައްމާރުގެ ކަރުމަތީގައި ހުރި ނިޝާނެވެ. ހީވަނީ މީހަކު ނިޔަފަތިތައް އަޅުވާލުމުން ހުންނަފަދަ ނިޝާނެއް ހެންނެވެ. ނިކަތުގެ މޫނަށް ހުދުކުލަ އަރައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުޑަކޮށް އޭރުގައި ވާރޭވެސް ވެހެއެވެ. ގައިން ހުރިހާ ލެއެއް ހުސްވި ނަމަވެސް އެހައި މީހަކު ހުދު ނުވާނެއެވެ. ފަހަތަށް ބަލާލި އައްމާރު ނިކަތު އެހެން ބަލަން ހުރުމުން ކައިރިއަށް އަންނަން ހިނގައި ގަތެވެ. ނަމަވެސް ބިރުން އިންވަރުން ނިކަތުއަށް ދެތިން ދިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ނާޒިންއަށް އެކަން ފާހަގަ ވުމުން އައްމާރުގެ އަތުގައި ހިފަހައްޓާލިއެވެ.
“ނިކޫ ކިހިނެއްވީ؟…” ނާޒިންއަށްވުރެ ކުރިން އައްމާރު އަހާލިއެވެ.
“ބެއްބެ ނެކް.. ވަޓްސް ދެޓް މާރކް އޮން ދަ ބެކް އޮފް ޔުއަރ ނެކް…” ނިކަތު އެހެން ބުނުމުން އައްމާރު ވަގުތުން ސީރިއަސް ވެއްޖެއެވެ. އެއީ ނިކަތު ސަލާމަތް ކުރި ދުވަހު އެމީހާ އޭނާގެ ކަރުމަތީގައި ޖަޙާފައޭ ބުނާނީވެސް ވަކި ކިހިނެއް ހެއްޔެވެ. ނިކަތުގެ މޫނުގައިވި ކުލައިން ނިކަތު އެކަން ޤަބޫލު ނުކުރާނެކަން އައްމާރުއަށް އެނގެއެވެ.
“އެއީ…” އައްމާރުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސް ޖަހާލައިގެން އިނުމަށްފަހު އެދުވަހު ކަންތައްވީ ގޮތުގެ ވާހަކަ ކިޔައި ދިނެވެ. އަދި ކަރުމަތީގައި ދަނގަޑު ކުރިން ޖެހި ހަންމަށައިގެން ދިޔައީ ކަމުގައިވެސް ބުނެލިއެވެ. އައްމާރު އެބުނި ވާހަކައިގެ ތެދު ދޮގެއް އޭނާއަކަށް ނޭނގެއެވެ. އެއީ އޭގެ ތެރެއިން އެއް މީހެއްގެ މޫނުވެސް އޭނާއެއް ނުދެކެއެވެ.
ކެރި ޖަހަ ޖަހާފައި ވާރޭ ވެހެން ފެށުމުން ނިކަތު އެންމެ ފަހުން ބޯ ޖަހާލީ ޤަބޫލު ކުރަމޭ ބުނާ ފަދަގޮތަކަށެވެ. ނަމަވެސް ހިނގާފައި ދިޔައީ ތަންކޮޅެއް ދުރުންނެވެ. ނިކަތު ކޮޓަރީގައި މަޑުކޮށްލައިގެން ހުއްޓައި އަމްރުވެސް އައިސް ކޮތަރިއށް ވަދެއްޖެއެވެ. ނަމަވެސް އެހައި ގިނައިރު އެތަނުގައި މަޑު ކުރާކަށް ނުހަދައެވެ. އަވަހަކާއި ފެނވަރައިގެން ނިކުުމެގެން ހިނގައްޖެއެވެ. އަމްރު އެހައި އަވަހަށް ދާން ހަދައިގެން ދިޔައީ ފޯނުވެސް ބާއްވާފައެވެ. ނިކަތު އެނދުގައި އިންތަން ފެނުނުހެންވެސް ހިއެއް ނުވެއެވެ. ފޯނު ދިއްލުނުތަން ފެނިގެން އެނދުން އުނދަގޫކޮށް ފައިބައިގެން އައިސް ފޯނު ބަލައިލިއެވެ. ފޯނުގެ ސްކިރީނުން ލިވިއާގެ ނަން ފެނުމުން ނިކަތު ރުޅި އަންނަ ގޮތްވިއެވެ. ލޮކް ނުހުޅުވުނު ކަމުގައި ވިއަސް 25 މިނިޓް ތެރޭގައި ގެއިން ބައްދަލުވާން ބުނެފައި އޮތެވެ. ވަގުތުން ނިކަތު އެތަނަށް ދާން ބޭނުންވިއެވެ. މިހައި ވާރޭ ވެހޭ އިރުގައިވެސް އަމްރު ލިވިއާ ކައިރިއަށް ދާންބޭނުންވާނީ ވަކި ކީއްވެ ހެއްޔެވެ.
ކުޑަ ކުޑައެއް ނަގައިގެން ވާރޭ ތެރޭގައި އަމްރު މެންގެއާއި ހަމައަށް ނިކަތުއަށް ދެވުނު އިރުގައި ދެކޮނޑުމަތިން އެއްކޮށް ތެމިއްޖެއެވެ. ކުޑަ މަޅާލަމުން ނިކަތު މަޑުމަޑުން ފިޔަވަޅު އަޅަމުން އައިސް އަމްރުގެ އެޕާރޓްމެންޓް ދޮރު ކައިރީގައި ހުއްޓި ބަލާލިއެވެ. އެތަނުގައި ދެ ފައިވާން ހުއްޓެވެ. އަންހެނެއްގެ ފައިވާނާއި ދެންހުރީ އަމްރުގެ ބޫޓެވެ. ހިތުގައި ހަސަދަވެރިކަން އުތުރި އަރައިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ނިކަތު އަތުގައި އޮތް ތަޅުދަނޑިން އެތަން ހުޅުވާލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރީގެ ހުޅުވިފައިވާ ދޮރުން އަންހެނެއްގެ ހުނުމުގެ އަޑު އިވުމުން ނިކަތު ފިޔަވަޅަށް މަޑު ޖެހުމެއް އައެވެ. އެތެރެއިން އެއިވުނީ ހަމަ ގައިމުވެސް ލިވިއާގެ އަޑެވެ.
“އަމްރު ކީއްވެތަ މިހާރު މީޓް ނުވަނީ….” އަމްރުގެ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ލިވިއާ އަހާލިއެވެ.
“އެނގެ އެއްނު.. ނިކޫ ބަލިވެ އުޅެނީ…” އަމްރު ލިވިއާގެ އަތުގައި ހިފަހައްޓާލަމުން ދުރުކޮށްލިއެވެ. ހީވީ އުދަނގޫވީ ހެންނެވެ. ނަމަވެސް ލިވިއާ އަމްރުގެ ކަރުގައި ތުންފަތް ޖައްސަމުން ތިރިއަށް އަންނަން ފެށިއެވެ.
އައްމާރު ތިރިއަށް ފައިބައިގެން އައިއިރު އަމްރު އެޕާރޓްމެންޓް ދޮރު ހުޅުވާފައި ހުރުމުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ނިކަތު އަމްރުގެ ކޮޓަރީގެ ދޮރުމަތީގައި ބުދެއްހެން އިނުމުން އައްމާރު އެތަނަށް އައިސް މަޑުކޮއްލިއެވެ. ނަމަވެސް އައްމާރުގެވެސް ސަމާލުކަން ދަމައިގަތީ ކުރިމަތިން ފެނުނު މަންޒަރެވެ. އެތަނުގައި ދެލޯ ބޮޑު ކޮއްލައިގެން އިން ނިކަތުގެ ކޮތާފަތް މަތިން އެރު ކަރުނަތިކިތަށް ހޯސްލާފައި ފައިބައެވެ. އިސްޖަހާލި އައްމާރު ދަތްކުނޑި ވިކާލަމުން ހުޅުވިފައިވާ ދޮރުގައި ޓަކި ޖަހާލިއެވެ. ފުރަތަމަ އެއްލި ކަޅިންވެސް އަމްރުއަށް ފެނުނީ އެތަނުގައި ގަބު އަރާފައި އިން ނިކަތުއެވެ. ވަގުތުން ގަމީހުގެ ގޮށްތަށް އަޅުވަމުން އެތނުވެގެން އައިސްފިއެވެ.
“ބެއްބެ… ނިކޫ…” އަމްރު އަވަހަކާއި އެހެން ބުނެލަމުން މޫނުގައި އަތް ފިރުމާލިއެވެ. އޭރު ލިވިއާ އެނދުން ފައިބައިގެން އައިސް އަމްރުގެ ފުރަގަހުގައި ހުއްޓިއްޖެއެވެ.
“ލިވީ…. ވައި؟” އައްމާރު ލިވިއާގެ މޫނަށް ނަޒަރު ސީދާ ކޮށްލިއެވެ. ލިވިއާއަކީ އައްމާރުގެ ކުޑަ ދުވަހުގެ ރަހުމަތް ތެރިއެވެ. އަމްރުއާއި ލިވިއާއާއި ދެމީހުން ކުރިން ރައްތެހި ވިކަން އައްމާރުއަށް އެނގެއެވެ. ނަމަވެސް އަމްރު މީހަކާއި އިނުމުން އެކަން ނިންމާލީ ކަމުގައި އައްމާރު ހީކުރިއެވެ.
“ކީއްވެ؟ އަމްރުއަށްދޯ މަންމަ އުޅުނު ގޮތް ފެނުނީ… އަބަދުވެސް ހަނދާން ހުންނަނީ އަމްރުދޯ….” ނިކަތު މަޑުމަޑޫން އެހެން ބުނިއިރު އެދެލޯ ފުރިގެން ބަނޑުން ވެއްޖެއެވެ. އަޑުގައި މަޑު ތުރުތުރު ލުމެއް ހުއްޓެވެ.
“ނިކަތުވެސް ހަނދާން އެބަހުރި އެއްނު ނިކަތުގެ ބައްޕައާއިވެސް ހެދިކަް އެހެންވީ… އެހެން ނޫނަސް އެންމެ ކުރިންވެސް ބުނީމެއްނު މިކައިވެންޏަކީ…”
“އަމްރު…..” އައްމާރު އަމްރުއަށް އިނގިލި ދިއްކޮށްލަމުން ބޯ ހޫރުވާލިއެވެ. ހީވީ އިންޒާރެއް ދިން ހެންނެވެ. ވަގުތުން އަމްރު ބަލާލީ ނިކަތުގެ މޫނަށެވެ.
“ބެއްބޭ.. ނިކޫއާ ކުރިންވެސް ވާހަކަ ދެއްކިން.. އައި ޑޯންޓް ވޯންޓް ދެޓް ކިޑް ވެސް…” އަމްރު އެހެން ބުނެލާފައި އަތް ތިރިކޮށްލިއެވެ. ނިކަތު ލޮލުން ކަރުނަ ފުހެލިއެވެ. އޭނާ މިހައި ބޮޑުކަމެއް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. ލަދުގަތް ވަރުން ބަލާލެބުނީ ވަގުތުން އައްމާރުގެ މޫނަށެވެ.
“އައި ފޮރގޮޓް… ލޯބި ވެވުން އިރު އެކަން މަތިން ހަނދާނެއް ނެތް…” ނިކަތު އެހެން ބުނެފައި އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ. ނިކަތު އެބުނި އެއްޗެއް ސާފުވާން އަމްރުއަށް ދިހަ ވަރަކަށް މިނެޓް ވިހެން ހީވިއެވެ. އަމްރު ވަގުތުން މިކުރެވުނީ ކިހާ ވރެއްގެ ކަމެއްކަން އިހްސާސްވިއެވެ.
“ޑިޑް ޝީ ޖަސްޓް ސޭ ޝީ ލަވްސް މީ…” އައްމާރު ދުވެފައި ނިކުތްތަން ފެނުމުން އަމްރުވެސް ފިޔަވަޅުތަށް ގިނަކުރަމުން އައްމާރުގެ ފަހަތުން ނިކުމެއްޖެއެވެ. ވާރޭ ތެރޭގައި ނިކަތު ހިނގަމުން އާދެވުނީ ވަކި ހިސާބަކަށެވެ. އައްމާރުއައިސް ނިކަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. ވާރޭ ބޯކޮށް ވެހެމުން ދިޔައިރު އައްމާރުއާއި ނިކަތުވެސް ހުރީ ތެމިފައެވެ. ވާރޭގެ ތެރެއިންސް އެލޮލުގައިވި ކަރުނަތަށް އައްމާރުއަށް ސިއްރެއް ނުވިއެވެ. ގިސްލެވެމުން ދިޔައިރު އެހިތަށް އަރާނެ އެއްޗެއް އައްމާރުއަށް ބަޔާންކޮށްދޭންވެސް ނޭނގުނެވެ. ނިކަތު އިސްޖަހާލައިގެން އިންގޮތުން އައްމާރު ނިކަތުގެ އަތުން ދޫކޮށްލިއެވެ. އޭނާ ހިފަހައްޓަން ބޭނުމެއް ނުވިއެވެ. އަމްރު އައްމާރުއާއި އަރައި ހަމަވުމުން އަމްރުގެ އަތުގައި ހިފައި މަޑު ކުރުވިއެވެ. އަމްރު މަޑުޖެހިލަމުން ދެތުންފަތް ކައިރިކޮށްލީ އައްމާރުގެ މޫނު ފެނުމުންނެވެ.
“ކޮބާ އަމްރުގެ މައްސަލައަކީ؟…” އައްމާރު އެހެން ބުނިއިރު އައްމާރު ރުޅި އައިސްފައިވާ ވަރު އަމްރުއަށް އިހްސާސްވިއެވެ. އަމްރު އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ. ނަމަވެސް އަނެއްކާވެސް ބަލާލީ ތެމިގެންގޮސް ގެއަށްވަން ނިކަތުއަށެވެ.
“ބެއްބޭ…” އަމްރު ވަރަށް ވިސްނުމަށްފަހު އުޅުނީ ވާހަކަ ފަށާށެވެ. ނަމަވެސް އެކަމަށް ފުރުސަތެއް ނުދިނެވެ.
“އަމްރު އިނދެގެން އުޅެން ބޭނުން ނުވިއްޔާ ވަރު ކުރާނީ… އެނގޭ…” އައްމާރު އިނގިލި ދިއްކޮށްލަމުން އެހެން ބުނެލިއިރު ހީވަނީ އިންޒާރެއް ދިންހެންނެވެ.
ގެއަށް ވަން ނިކަތު ފެނުމުން ސާރާއައިސް ކައިރީގައި ހުއްޓިލަމުން ވީ ކިހިނެއްތޯ އަހާލިއެވެ. މަންމަ ގައިގަ ބައްދާލުމަށްފަހު ރުއިން ނޫންކަމެއް ނިކަތުއަކަށް ނުވިއެވެ. އެރޭގައި އެނދުގައި ފުރޮޅި ފިރޮޅި އޮތް ނިކަތުއަށް ނިދޭ ގޮތެއް ނުވިއެވެ. ފޯނު ނަގައި ނޫސް ތަކަށް ބަލަންއިން ނިކަތުގެ ލޮލުގައި އަޅައިގަތީ އެންމެ ސުރުހީއެކެވެ. މީގެ ހަފްތާއެއް ހައި ދުވަސް ކުރިން މަރާލެވިފައިވާ އަންހެންމީހާ ވަޅުލާން މާދަމާ ނިންމާފައިވާ ކަމެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން ފިލައިގެންދިޔަހެން ނިކަތުއަށް އިހްސާސްވިއެވެ. ވަގުތުން ރަޖާގަނޑު ހިއްލާލުމަށްފަހު ނިކަތުގެ އަތުގައު ހުރި ފޮޓޯތަށް ނަގައި އެނދުގައި އަތުރާލިއެވެ. އަދި އޭނާ ލިޔަން ގެންގުޅޭ ފޮތް ހިފައިގެން އައިސް އެ ހުޅުވާލިއެވެ. އޭގައި އެންމެ ފުރަތަމަ ލިޔެފައިވަނީ އީމާނާގެ ނަމަވެ. މިވީ ހަމަސް ދުވަހު އެކި ގޮތްގޮތުން އޭޏާއަށް ހަނދާން ވެފައިވާ ކަންތައްތަކެވެ. ދެން ލިޔެފައިވާ އައްމާރުގެ ނަމެވެ. ފޮޓޯތަކަށް ބަލަން ހުރެފައި ނިކަތު ތަޝްކީލްގެ ފޮޓޯތަށްވެސް ނެގިއެވެ.
ކޮންމެ ފޮޓޯއަކަށް ވަކިވަންނެވެ. މިއީ އޭނާއާއި ގުޅުންހުރި ކަމެކޭ ހިތްބުނަން ފެށި ތަޝްކީލްއާއި ފަހުން މަރާލެވިފައިވި އަންހެންމީހާގެ ގައިގާ ވަޅި ( ނުވަތަ އެހެން ކަހަލަ ތޫނު އެއްޗަކުން ) އަޅުވާފައި ތަންތަން އެއްގޮތް ވުމުންނެވެ. އެމީހާއަކީ ކަންތައްތައް ދަންނަ މީހެކެވެ. ވަޅި އަޅުވާފައިވަނީވެސް އަވަހަށް މީހާގެ ފުރާތަނަ ދާ ގޮތަށެވެ. ފުރަތަމަ އަތުގައެވެ. ދެން ކަރުގައެވެ. ދެން ކަރާއި ކޮނޑާއި ދޭތެރޭގައެވެ. ދެން ހިތާއި ދިމާލުންނެވެ ( ވާހަކައިގައި ބޭނުން ކުރެފައިވާ މައުލޫމާތުގެ ބޭނުން އެހެން މާނައެއްގައި ނުފިހުން އެދެން ). ނކަތުގެ ލޯ ކުއްލިއަކަށް ދަތުރު ކޮށްލީ މޫނު ޗަސްޗަސް ވެފައިވާ މީހާގެ އަތަށެވެ. އެއަތަކީ މީގެ ކުރިން އޭނާ ދަންނަ އަތެކެވެ. އޭނާއަށް އެ ފިހިފައިވާ ނިޝާން ފެނުނީ ކޮންތަނަކުން ހެއްޔެވެ. އެނދުގައި ބޯ އަޅާލަމުން ނިކަތު މަސައްކަތް ކުރަމުން ގެންދިޔައީ ހަނދާން ކުރާށެވެ.
5 ޑިސެމްބަރ 2018
ނިކަތު އެނދުގައި އިށީނދެގެން އިނީ މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީމައެވެ. ކުޑަކޮށް ބަލިވެ އުޅޭތީ އޭނާ މިއަދު އޮފީހަށްވެސް ދާކަށް ބޭނުމެއް ނުވިއެވެ. ނިދަންލާ ކުރު ސޯޓު ކޮޅާއި ޓީޝާޓުގައި އޭނާއިނީ ވަރަށް ހަމަޖެހިލައިފައެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑު އިވުމުން ނިކަތު އަވަހާއި ދެފައި ފައި ފޮރުވާލިއެވެ. އީމާނާ އެތެރެއަށް ވަދެގެން އައިސް އެނދުގެ އެއްފަރާތެއްގައި ހުރި އަމްރުގެ ލާ އެއްޗެހިތަށް ނަގައި ދާވަށި ގަނޑަށް އަޅާލިއެވެ. އަމްރު އެހެން އެއްޗެހި އުކާފައި ހުންނާތީ ނިކަތު އަބަދުހެން އަމްރުއަށް އަޑުލައެވެ. އީމާނާ މިއަދު ލައިގެން ހުރީ އަތްކުރިއަށް ފުޅާކޮށް ފަހާފައިވާ ކަޅު ކުލައިގެ އަބާޔާ ހެދުމެކެވެ. އެހެދުމުގައި މިއަދު އީމާނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އީމާނާ ނިކަތުއަށް ބަލާލާފައި ހިނިތުންވެލަމުން އޭނާގެ ދަބަހުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. އަމްރުއާއި ވާހަކަ ދައްކަމުން ނިކަތުއާއި ވީ ފަރާތަށް އެނބުރު އީމާނާގެ އަތުގައި އިން ލަކުނު ފެނިފައި ނިކަތު ލޯ ބޮޑުކޮށްލިއެވެ.
“މީ؟….” ނިކަތު ތެދުވަމުން އަވަހަކާއި އަހާލިއެވެ. އީމާނާ ފަހުން މިގުޅަނީ ކަމުގައި ބުނެލަމުން ފޯނު ބޭއްވިއެވެ.
“އެއީ އަމްރު ކުޑައިރުގަ އިސްތިރި ޖެހިފަ….” އީމާނާ އެހެން ބުނެލަމުން އެތަނުގައި ފިރުމާލިއެވެ. އަމްރުއަށް އޭރުވާނީ ހަތަރު ވަރަކަށް އަހަރެވެ. އޭނާ އައިއިރު އަމްރު އިނީ އިސްތިރިކުރަން ކަރަންޓަށް ޖަހާ ދޮންކޮށްފައިވާ އިސްތިރި ހިފައިގެންނެވެ. އަމްރު އަތުން އަވަހާއި އަތުލަން ހަދައިގެން އިސްތިރި ޖެހުނީ އީމާނާގެ އަތުގައެވެ.
” އަމްރު ގައިގަ ޖެހުނުތަ؟…” ނިކަތު ޝައުޤު ވެރުވެފައި އަހާލިއެވެ.
“ނޫން… އެކަމް އަދިވެސް މިލަކުނު ވަރަށް ބޮޑަށް އެބައިންދޯ…” އީމާނާ އެހެން ބުނެލަމުން ނިކަތުއަށް ބަލާލާފައި ހީލިއެވެ. ނިކަތުއާއި އީމާނާއާއި ދެމީހުން ކުއްލިއަކަށް ބަލާލީ ދޮރުގައި މީހަކު ތަޅަން ފެށުމުންނެވެ. ދޮރުމަތީގައި ހުއްޓި ހުރި ނާޒިން ފެނުމުން ނިކަތު އަތަށް ބާލީސް ހެޔޮވަރު ކޮށްލަމުން އެދިމާލަށް އެއްލިއެވެ.
28 ފެބްރުއަރީ 2019
ނިދިފައި އޮތް ނިކަތުއަށް ހޭލެވުނީ މީހަކު ދޮރުގައި ތަޅަން ފެށުމުންނެވެ. ލޯ އުނގުޅަމުން ނިކަތުއައިސް ދޮރު ހުޅުވާލިއެވެ. ދޮރު މަތިގައި އޮން ސާރާ ސައިބޯން އަންނާށޭ ބުނުމުން ނިކަތު ދެލޯ ބޮޑު ކޮއްލަމުން އަވަހާއި ގަނޑިއަށް ބަލާލިއެވެ. އޭނާ ރޭގައި ނިދި ޖެހުނު އިރެއްވެސް ނޭނގެއެވެ. ގަޑިން މިހާރު އަށެއް ޖަހައި ބޮޑު ވެއްޖެއެވެ. އެމީހާ ވަޅުލަންވެސް އޮތީ 8ގަޑި ބައިގައެވެ. ނިކަތު ވަގުތުން އިސްތަށިގަނޑު ރީތި ކޮއްލަމުން އަމްރުއަށް ގުޅާލިއެވެ. ފެންވެސް ނުވަރައި ލައިގެން ހުރި އެއްޗެހި ބަދަލު ކުރުމަށްފަހު ގެއިން ނިކުމެގެން ހިނގައިގަތީ ކާރާއި ދިމާލަށެވެ. ކާރުގައި އިންއިރުވެސް މެދު ނުކެނޑި ނިކަތު އަމްރުއަށް ގުޅަމުން ގެނދިޔައެވެ.
ވަޅަށް ތިރިކުރި ސަންދޯކަށް ބަލަން ނިޝާންއާއި އަމްރުހުރީ ކަންބޮޑު ވެފައެވެ. ކިތަންމެ ފަހަރަކު ވަޅުނުލަންވެސް އަމްރުގެ ހިތް ބުނިއެވެ. ނަމަވެސް އޭނާ އެހެން ހިތަށް އަރަންވީ ކީއްވެ ހެއްޔެވެ. ފަސްއަޅަންދެންވެސް އަމްރު ހުރީ އެދިމާއަށް ކަޅި ޖަހާނުލައި ބަލާށެވެ. ތިންމުށްވެލި އޭނާވެސް އެޅިއެވެ. އެއަންހެންމީހާއަށް ހެޔޮ ދުއާ ކުރިއެވެ. އެންމެން ސަހަރާއިން ނިކުންނަން ފެށުމުން އަމްރުވެސް ނިކުމެ ކާރަށް އަރައި ހަމަޖެހިލިއެވެ. ނަމަވެސް ހިތް ނުތަނަވަސްކަން ފިލާ ގޮތެއް ނުވިއެވެ. ޖެހިގެން ހުރި ސޯޓު މަތީގައި ފޯނު އޮތްތައް ފެނުމުން އަމްރު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އަވަސް ކުރަން ހަދައިގެން އެތަނަށް ދިޔައީ ފޯނުވެސް ބާއްވާފައެވެ.ފޯނު ނަގައި ދިއްލާލުމާއެކު އޭގެއަށް އައިސްފައިވާ ތިރީސް މިސްކޯލު އަމްރުއަށް ފެނުނެވެ. ހުސް ނިކަތު ގެއެވެ. މެސެޖެއްވެސް އިނެވެ. އަމްރު ލޮކް ހުޅުވާލަމުން އަވަހާއި މެސެޖްވެސް ހުޅުވާލިއެވެ.
“އިޓްސް ޔުއަރ މަމް”
ނިކަތުގެ މެސެޖް ކިޔާލި އަމްރު ވަގުތުން ކާރިގެ ދޮރު ހުޅުވާލަމުން ގަބުރުސްތާނާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ.
ނުނިމޭ
ނޯޓް: ވާހަކައިގައި ބޭނުން ކުރެފައިވާ މައުލޫމާތުގެ ބޭނުން އެހެން މާނައެއްގައި ނުފިހުން އެދެން. މިއީ ހަމައެކަނި މިކަހަލަ ކަމެއް ތިޔަބޭފުޅުންނަށްވެސް ދިޔާވެދާނެތީ ލިޔެފައިވާ މައުލޫމާތެވެ. މިކަމުގެ ބޭނުން ގޯސްކަމެއްގައި ނުހިފުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެކެވެ.
8 Comments!
Comments are closed.
Guys story is coming to an end… hope you like it 🙂
when
Varah reethi.. Ekm nikath aa amru aa gulhuvabaa
V reethi. dhn kndhuhaakun up vaani? Cant wait
varah reethi mi part ves ..next part avahah up kohla dheebaa pls
vaahaka liye ninmaalumah fahu kairi hunna myhakah kiyaalan dhinun rangalhu, ehenee thimaa liyefa hunna ehches ge kuh thimaa ah nufennaane ehenas ehn meehaku kiyaalan dhinumun e feni rangalhu kureveyne.
btw story v reethi
hope next part ga liyumuge kuh madhu vaane kamah
typing mistakes ebahuri vr ginain.. hope dhen faharakun ragalhu kohlaane kamah.. nice story..
ރީތި