Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީޒަހަރު…. 07

Ushaali Level 810 Stories100 Comments100 Stories500 Comments
January 24, 2019 8 Mins Read
8 Comments

06 ވަނަ ބައިގެ ތެރެއިން…..

“ޕްލީޒް ފައި. މިހާރު އަހަރެންނަށް އިހުސާސް އެބަ ކުރެވޭ އަހަރެންނަށް މިކަންތައް ސިއްރުކޮށްގެން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އަހަރެންނަށް މަޢާފްކުރޭ. އަހަރެން ހުރިހާ ވާހަކައެއް ފައި އަށް ކިޔާދޭން ބޭނުން” ޔަނާލް ފައިޒަންގެ ބުރަކަށީގައި ލައްވެގެން ހުރެ ބުނަމުން ދިޔައެވެ.

“ޕްލީޒް ނަނާ! ދެން ހުއްޓާލާ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް ދެން ކިޔާނުދިނަސް. އަހަރެން މަޖުބޫރެއް ނުކުރަމެއްނު. ނަނާ ތޮގޮތަށް ފޮރުވިގެން ބޭނުން ދުވަހެއް ވަންދެން މިގޭގައި އުޅެވޭނެ. މިގޭ އަސްލު ވެރިޔަކީ ތިއީ. އަހަރެންވެސް އުޅޭނަން. ފަހަރެއްގައި ވެސް އަހަރެން ނަނާ ބޭޒާރުކުރާކަށް ނެތިން” ޔަނާލް ރޯ ވަރަކަށް ފައިޒަން ވެސް ދިޔައީ ރޮމުންނެވެ.

******************************

“އަނހާ….. މިއީ ދޯ އެންމެންނަށް ސިއްރުން މިގަންނަ ގަނޑަކީ؟” ޔަނާލާއި ފައިޒަން ސިހިގެން ދިޔައީ މާއިރާގެ އަޑުންނެވެ. އޭރު ތަންކޮޅެއް ދުރުގައި ނިދާ ހެދުމުގައި މާއިރާ ހުއްޓެވެ. މާއިރާ ކިޔާނެ އެއްޗެއް ނޭނގޭތީ ޔަނާލް ކަންބޮޑުވިއެވެ. އޭނާ ފައިޒަންއާއި އެހާ ގާތުގައި ހުއްޓާ ފެނުމުން ކަންބޮޑުވެސްވިއެވެ. މާއިރާއަކީ އެއްވެސް އިރެއްގައި އޭނާގެ ލޮލަށް ފެންނަ މަންޒަރެއްގެ ވާހަކަ ތެދަށް ކިޔާނެމީހެއް ނޫނެވެ. އޭނާ ކިޔާނީ އޭގެއަށް ހަކުރާއި ފޮނިތޮށި އަޅައިގެންނެވެ.

“މިއީ މީހަކާ ބޭހޭކަމެއް ނޫން” ނުރުހިފައި ފައިޒަން ބުނެލިއެވެ. އަދި ޔަނާލްގެ ނޫޑްލްސް އަޅާފައި ހުރި ތަށި ހިފައިގެން ހިނގައިގަތީ ހުސްކޮށް އޮތް އަތުން ޔަނާލްގެ އަތުގައި ހިފައިގެންނެވެ. ފަސްއެނބުރި ޔަނާލް މާއިރާއަށް ބަލާލިއެވެ. ދެލޯ ވަށްކޮށްގެން މާއިރާ ބަލަންހުރީ ފެންނަމުންދާ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ.

“ދާންއާއި ޔާޒްއަކީ މިދުނިޔެއިން ޔަނާލް އެންމެ ލޯބިވާ ދެމީހުންނެއްނު. އެދެމީހުންނަށްޓަކައި ތި ކާއެތިކޮޅު ކާލައިގެން ނިދާލާ. ނަނާއަށް ކަމެއްވިއްޔާ އަހަރެން ވަރަށް ދެރަވާނެ” ކޮޓަރިއަށް ވަނުމަށްފަހު ޔަނާލް އަތަށް ތަށި ލައިދެމުން ފައިޒަން ނިކުތީ ޔަނާލް ބުނާނެ ބަހަކަށް ބެލުމެއް ނެތިއެވެ.

ފައިޒަންގެ އެދުރުކަމުން ޔަނާލް އިތުރަށް ދެރަވިއެވެ. އޭނާއަށް އެހީތެރިވާނެ ކަމަށް ހީކުރި މީހާ ވެސް އަޅާނުލީއެވެ. އެކަމުގައި އޭނާ ކުށްވެރިކުރީ ހަމައެކަނި ފައިޒަންއެއް ނޫނެވެ. އަމިއްލަ ނަފްސް ވެސް ކުށްވެރި ކުރަމުން ދިޔައެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މާތް ރަސްކަލާނގެ އާއި ވަކީލެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާއަށް ބަލާލެވުނީ އެނދުގައި އޮތް ޔާޒަށެވެ. އޭނާ އެނދުގައި އޮށޯތުމަށްފަހު ނިދާފައި އޮތް ޔާޒް ނަގާ މޭމަތީގައި ބާއްވާލިއެވެ. ދުނިޔޭގައި ހަމައެކަނި ހުރީ އެދަރިފުޅަށްޓަކައޭ ބުނާ ފަދައިންނެވެ. އޭރުވެސް ދެލޮލުގެ އަރިމަތިން ކަރުނަތައް ފައިބަމުން ދިޔައެވެ.

 

މުޅިން އާ ދުވަހެކެވެ. ހެނދުނު 10 ޖަހހައިވީ ކުޑަ އިރުކޮޅެކެވެ. ގޭތެރެއަށް ވަދެގެން އައި ކުލްޝޫމް ފެނުމުން ކޮޓަރިން ނިކުމެގެންއައި މާއިރާ ގޮވާލިއެވެ.

“އޭނަ ފުރުވާލާފައިތަ ތިއައީ” މާއިރާ އަހާލިއެވެ. ކުލްޝޫމް ބޯޖަހާލަމުން ގޮސް ސޯފާގައި އިށީނެވެ.

“ދަރިފުޅާ ނާދު! ކުލައްތައަށް ފިނި ފެންތައްޓެއް ގެނެސްދީބަލަ” ވަކިން ހުރި ސޯފާގައި އިން ނާދުއަށް ބަލާލަމުން ކުލްޝޫމް ބުނެލިއެވެ. އޭރު މާއިރާ ވެސް އައިސް ސޯފާގައި އިށީނދެއްޖެއެވެ.

“މިހާރު އެންމެން ސައިބުއީތަ؟” ކުލްޝޫމް މާއިރާއަށް ބުނެލިއެވެ.

“ދެން މިހާއިރު ވާއިރު ސައިބޯނެތާ މިގޭ މީހުން” ފާޑަކަށް މާއިރާ ބުނެލިއެވެ. އޭނާގެ އަޑުގައިވި ހިތްހަމަނުޖެހުން ކުލްޝޫމަށް ފާހަވިއެވެ.

“މާއިރާ ނުބޮންތަ؟” ކުލްޝޫމް އަހާލިއެވެ.

“އަހަރެން ސައިބޮއެތޯ ނުބޮއެތޯ ބަލާ މީހަކު މިގޭގައި އުޅޭތަ؟ އެހެންނޫނަސް އަހަރެން މިއުޅެނީ ބޭރަށް ހިންގާވަރުން. މިހާލުގައި އިނދެ އަހަރެން މަރުވިޔަސް މިގޭ މީހަކު އަޅައެއް ނުލާނެ. އެވަރުން ނުވެގެން މިގޭ ކައްކަން އުޅުނު މީހާ ވެސް ޤައުމަށް ފޮނުވާލާފައި ކުލްޝޫމް ތިއައީ” މާއިރާ އެއްފައްޗަކަށް އަމުނާލިއެވެ.

“ޝާންތާ ފުރައިގެން އެދިޔައީ އޭނާގެ މަންމަ ބަލިކަމުން އެކޮޅުން އަންގައިގެން. މިގޭ ކައްކަން އުޅުނު މީހާ ވިޔަސް އެވެސް އިންސާނެއް. އިންސާނަކަސް އަދި ޖަނަވާރަކަސް އެކަކު އަނެކަކަށް އަޅާލަންވާނެ” ނާދު ގެނެސްދިން ފެންތަށީގައި ހިފަމުން ކުލްޝޫމް ބުނެލިއެވެ.

“މަންމަ ބަލިތަ؟ މިއަދު ހެނދުނު އަޅުގަނޑު އަހާލީމަވެސް ބުނި ރަނގަޅޭ” ނާދު މާއިރާއަށް ބަލާލަމުން ބުނެލިއެވެ.

“ބަލަ އޭރު ރަނގަޅޭ. މިހާރު ބަނޑުގައި އެރިއްސަނީ” މާއިރާ ބުނެލިއެވެ.

“ކޯޗެއް ތައްޔާރުކޮށްދެންވީ މަންމައަށް” ނާދު އަހާލިއެވެ. ނާދު އޭނާގެ ފިރިމީހާ ޒާކިންއަށް ކުރާ އިހުތިރާމް މާއިރާއަށްވެސް ކުރެއެވެ.

“ކޮންމެހެން ކަލޭމެން މަށަށް މާ ރަނގަޅު މީހަކަށް ވެގެން އުޅޭނެކަމެއް ނެތް. މަ އަމިއްލައަށް ކައްކައިގެން ކެވޭނެ” މާއިރާ ބުނެލިއެވެ. ނާދު ބަހެއް ނުކިޔާ ކުލްޝޫމް ދިން ހުސްތަށި ހިފައިގެން ދިޔައެވެ.

“މާއިރާ ކިހިނެއް އެމަންޖެއާއި ތިވާހަކަ ދެއްކީ. ތިއުޅުން ދޫކޮށްބަލަ. ހެއްދެވި ފަރާތްމަތިން ހަނދުމަކޮށް ނިކަން އެފަރާތަށް ސަޖިދައެއް ޖަހާބަލަ. އޭރުން މާ ފައިދާވާނެ. ދިރިއުޅުމެއް ފެންނާނެ. ދެން މިގޭ ބަލިއެނދުގައި އޮތީ މާއިރާގެ ހަލާލު ފިރިމީހާ. މާއިރާ ބުނެބަލަ އެމީހާއަށް މާއިރާ ރުހުމުގެ ލޮލުން ބަލާލި ދުވަހެއް. މާއިރާއަށްޓަކައި ކުދިންނަށްޓަކައި އެފަކީރު ނުކުރަނީ ކޮންކަމެއް” ކުލްޝޫމް ވާހަކަދައްކާ ނުނިމެނީސް މާއިރާ ކުޝަން ސޯފާ މައްޗަށް ޖަހާފައި އެތަނުން ދިޔައެވެ. ކުލްޝުމް އިނީ މާއިރާގެ އެއުޅުން ފެނި އަޖައިބުވެފައެވެ.

 

ދުވަހުގެ އިރުއޮށްސުނު އިރުވެސް ޔަނާލަށް ފައިޒަންގެ ހަބަރެއް ނުވެއެވެ. ޔާޒްއަށް ކާންދިނުމަށްފަހު ނިންދަވަން އެނދުގައި އިން ޔަނާލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔަޒްދާންގެ ހަނދާންތަކެވެ. އެންމެ ފުރަތަމަ ދުވަހު ޔަނާލް ފެނުމުން ޔަޒްދާން ރުޅިމޫނު ދައްކާލި ގޮތެވެ. ލޯތްބަށް ފިލަން ޔަޒްދާން ކުރި މަސައްކަތެވެ. ނޭނގުމުގެ ތެރެއިން ދެމީހުން އެކަކަށް ވެގެން ދިޔަ ގޮތެވެ. ޔަނާލްގެ ހިތް ރޮށްވާލިގޮތެވެ. ދެމީހުންގެ ދޭތެރޭގައި ރަހްމަތްތެރިކަން އުފެދުނު ގޮތެވެ. އިސާހިތަކު ޔަނާލަށް ރޮވުނެވެ. ޔާޒް އެނދުގައި ރީތިކޮށް ބޭއްވުމަށްފަހު ޔަނާލް ގޮސް ވަނީ ފާހާނާއަށެވެ. ފެންވަރައިގެން ވުޟޫކޮށްގެން ނިކުމެ ނަމާދަށް އެރިއެވެ. ސަލާން ދިނުމަށްފަހު ދެއަތް އުފުލާ ދުޢާ ކުރަން ފެށިއެވެ.

“ހައްދަވާ ގެންގުޅުއްވާ އިލާހެވެ.  އިނބަ ރަސްކަލާނގެއަށް މިއަޅާގެ ހާލަތު ވަންހަނާވެގެން ނުވެއެވެ. މިއަޅާ މިވަނީ އިނބަރަސްކަލާނގެ މަދަދަށް އިންތިހާއަށް ބޭނުންވެފައެވެ. މިއަޅާއަކީ އަޅާލާނެ މީހަކު ނެތް އެކަނިވރިއެއް ކަމުގައި މި ބިންމަތީގައި ނުލައްވާށިއެވެ. މިއަޅާގެ ބައްޕަގެ ބައްޔަށް ޝިފާ ދެއްވާށެވެ. މިއަޅާގެ މިދުނިޔޭގައި ހުރި މީހަކީ އެއީއެވެ. ދެން އެކުޑަ ދަރިފުޅެވެ. މިއަޅާއަށް އިންސާފު ލިބޭނެގޮތް މިންވަރު ކުރައްވާށިއެވެ. އަނިޔާވެރިން ފަޟީޙަތް ކުރައްވާށިއެވެ. އިނބަރަސްކަލާނގެ މިއަޅާއަށް ކުރިމަތި ކުރައްވާ މުސީބާތްތަކަށް ކެތްތެރިވުމުގެ ހިތްވަރު މިއަޅާއަށް ދެއްވާށިއެވެ…. އާމީން…..” އިންތަނުން ތެދުވެ އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޔަނާލްގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައިވާކަން  ފާހަގަވިއެވެ. މީގެ ކުރިން ހިތުގައި އަޅަމުން ދިޔަ ރިހުން މުޅިން ކެނޑިއްޖެއެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ. ހިތްނުތަނަވަސްވެ ހިތްދަތިވާ ހިނދު ނަމާދުންނާއި ކީރިތި ޤުރުޢާނުން ވާގި ހޯދުމަށް އަންގަވާފައި ވަނީ އެހެންވެއެވެ.

އަނެއް ދުވަހެވެ. ބަދިގޭގައި ގޮނޑިއެއްގައި ތަރުކާރީ ކޮށަން އިން މާއިރާ އިރުކޮޅަކާއި އަޑުލަމުން ދިޔައެވެ. އޭނާގެ ދަރިންނަށެވެ. އެކަނި ކައްކަން ޖެހުމުން އެކަމާއެވެ. އޭނާއަށް އެހީނުވާތީ އެކަމާއެވެ. ޝާންތާ ފުރުމުން އެންމެ ބުރަވީ އޭނާއަށެވެ. ރަނގަޅަށް ކައްކަން ނުވެސް އެނގެނީއެވެ. ވާނީވެސް އެހެންތާއެވެ. މީގެކުރިން މާއިރާއަކީ އެގޮތަށް އުޅެން އާދަވެފައިވާ މީހެއް ނޫނެވެ. ދަރިންނަށް ރަނގަޅު ގޮތް ހޯދަން ކުރި މަސައްކަތުން ބިކަވީ އޭނައެވެ.

“މަންމާ! ކޯޗެއް ހަދާލަނީ… ހާދަ ބުރަކޮށް” ބަދިގެއަށް ވަދެގެންއައި ރާކިން ގޮސް ހުއްޓުނީ ފުރިޖު ކައިރީގައެވެ.

“ކަލޭމެން ބޭރުން ކައިގެން ބަނޑު ފުރައިގެން އަންނައިރު ހިތަށް ނާރާތަ އަހަރެން އިންނާނީ މިތާ ނުކައޭ” މާއިރާ ނުރުހިފައި ބުނެލިއެވެ.

“މަންމަ ކީއްވެ ބަނޑަށް އިންނަންވީ. މިގޭގަ ކާއެއްޗެހި ނެތީތަ” ފިނި ފެންފުޅިއެއް ހިފައިގެން އައިސް މާއިރާ ކައިރީގައި ޖައްސާލަމުން ރާކިން ބުނެލިއެވެ.

“މަގޭ ހިތަށްއަރާ ކަލޭމެން މީހުންނާ އިނދެގެން އުޅުމުން އަހަރެންނަށް ވަނީ ކޮން ފައިދާއެއްބާއޭ” މާއިރާ ބުނެލިއެވެ. ބޯންއިން ފެންތަށި އަނގައާއި ދުރުކޮށްލަމުން ރާކިން މާއިރާއަށް ބަލާލިއެވެ.

“މަންމާ! އަހަރެން ބޭރުން ކާން ދިޔައީ ޝިފާއަށް ގޭގައި ހުންނަ އެއްޗެހި ނުކެވޭތީ. މަންމައަށް ވެސް އެނގެއެއްނު މާބަނޑު އިރު ކޮންމެ އެއްޗެއް ނުކެވޭނެކަން. ދޮންބެ ބުނި ދޮންބެވެސް ކެއީ ގެއިންނޭ” ރާކިން ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.

“މަށަށް ހެޔޮ. މިގޭ އުޅޭ ފައިޒަންގެ ރާނީ ހީކުރީ އޭނާ ކައްކާފައި ހުރި އެއްޗެހި އަހަރެން ކާނެ ކަމަށް. އަހަރެންނަށް ހެޔޮ ކުނިވިޔަސް މަށެއް ނުކާނަން” މާއިރާ ބުނެލިއެވެ.

“މަންމަ ބޭނުންވިއްޔާ ބޭނުން ކޮންމެ އެއްޗެއް ރެޑީކޮށްގެން ކެވޭނެ. މިގޭގައި މަންމަ ހިފަހައްޓާނެ މީހަކު ނާންނާނެ. އެހެންނޫނަސް މަންމަ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެނޭ އުޅުނީ” ފެންފޮދެއް ބޯލަމުން ރާކިން ބުނެލިއެވެ.

“ކޮންވާހަކައެއް” ދެލޯ ވަށްކޮށްގެން ފައިޒަންއަށް ބަލާލަމުން މާއިރާ އަހާލިއެވެ.

“ޝިފާ އުޅެނީ ބަނޑުބޮޑުވި ފަހުން ވަރަށް ބަލިކޮށް. އޭނަ ވިހާ ގަދަވަންދެން މެލޭޝިޔާއަށް ބަދަލުވާން މިއުޅެނީ. ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ފުރަން މިއުޅެނީ” ރާކިން ބުނެލިއެވެ.

“ކީކޭ ފުރާށޭ؟؟… ޝިފާ ދާން ބޭނުންވިއްޔާ އޭނަ ފޮނުވަންވީނުން. ކީއްކުރަން ރާކް ދަނީ” މާއިރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައި ކަހަލައެވެ.

“މަންމާ! ކިހިނެއް ޝިފާ އެކަނި ފޮނުވާނީ އެހާލަތުގަ” ރާކިން ބުނެލިއެވެ.

“ރާއްޖެއިން ބޭރުގަ ތިބެގެން ހަރަދުކުރާ ވަރަށް ފައިސާ އެބުހުރިތަ؟ ކަލޭމެން ތިން މީހުންގެ އެކައުންޓަށް ޖަމާކުރި ފައިސާތައް އެގޮތް މިގޮތަށް ތަޅާ އެހުސްވަނީ. ދެން ލިބޭނެ ގޮތެއްވެސް ނެތް. މިގެގަނޑު ލިބޭނެ އެއްގޮތެއްވެސް ނެތް. ހާރޫންގެ އެފިހާރަ ވެސް އެހުރީ ބަންދުކުރި ގޮތަށް. އެތަން ވެސް އެހެރީ ޔަނާލްގެ މައްޗަށް ބަދަލުކުރި ގޮތަށް. މިހާރު އެތައްފަހަރަކު ބުނެފިން އެތަން ލިބޭތޯ ބަލާށޭ” މާއިރާ ހިތްހަމަނުޖެހިފައި ކިޔަމުން ދިޔައެވެ.

“އަޅުގަނޑުގެ އެކައުންޓުގައި ހުރި ފައިސާއެއް ވިއްޔާ މިހާރު ހުންނާނީ މަންމަގެ އެކައުންޓަށް ޖަމާކޮށްފަ. މިހާރު އަޅުގަނޑު އެކައުންޓުގައި ހުރި ފައިސާއެއް ވިއްޔާ އެއީ ހަލާލު ގޮތުގައި މަސައްކަތްކޮށްގެން ހޯދާފައި ހުރި ފައިސާ. އެހެންނޫނަސް އަޅުގަނޑުމެން ބޭރަށް ދިޔުމުގެ ހުރިހާ ކަމެއް ހަމަޖައްސާދިނީ މެލޭޝިޔާގަ ތިބި ޝިފާގެ މައިންބަފައިން” ރާކިން ކިޔަމުން ދިޔައެވެ.

“ރާކް ތިވިސްނަނީ މިތަނުން ފިލައިގެން ދާންތަ؟ ފަހު ވަގުތު އަމާ ބޭޒާރުކޮށްފަ ރައްކާވަނީ ދޯ” މާއިރާ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދައުރުވެލިއެވެ.

“ނޫން…ނޫން…. އަޅުގަނޑު ކޮންމެ ހާލެއްގަވެސް މަންމަ ބޭނުން. މަންމަ ދެކެ ވަރަށް ލޯބިވޭ. އަޅުގަނޑު ޝިފާ ވިހެއިމަ ދަރިފުޅު ގޮވައިގެން އަންނާނަން. ފަހަރެއްގައި ވެސް މަންމަ ދޫކޮށްފަ ދަނީކީ ނޫން” މާއިރާގެ އަތުގައި ހިފާލަމުން ރާކިން ބުނަމުން ދިޔައެވެ. މާއިރާ ރާކިންގެ އަތް ފޮޅުވާލަމުން ތެދުވެގެން ދިޔައެވެ.

 

ރޭގަނޑު ކާން އެންމެން އެރީ އެކީގައެވެ. ކުލްޝޫމްގެ އެދުމުގެ މަތިން ޔާޒް ނިންދެވުމަށްފަހު އެންމެންނާއި އެކުގައި ކާން ޔަނާލް ނިކުތެވެ. ޔަނާލް ފެނުމުން މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިން ފައިޒަން ބަލާލިއެވެ. އެވަގުތު ފައިޒަންއާއި ޔަނާލްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.

“ޔާނާ އައީތަ؟ ޔާޒް ނިދީދޯ” ކުލްޝޫމް ޔަނާލަށް ބުނެލިއެވެ. އެވަގުތު މޭޒުދޮށުގައި ބާކީ ތިބި މީހުންގެ ލޯތައް ޔަނާލަށް އަމާޒުވިއެވެ. އެމީހުންނާއިއެކު ކެއުމުގައި ޔަނާލް ބައިވެރިވާކަން އެނގުމުން ވަގުތުން މާއިރާގެ މޫޑް އޮފްވިއެވެ.

“ވަރަށް އުނދަގުލުން ނިދީ. ރިއްސާތީ ކަންނޭނގެ. އެފައިގަ އަތްލިޔަނުދޭ” ޔަނާލް ބުނެލިއެވެ. އެވަގުތު އިސްޖަހައިގެން އިން ފައިޒަން ޔަނާލަށް ބަލާލިއެވެ.

“ކީކޭ؟ ޔާޒް ބަލީތަ؟ ކިހިނެއްވީ؟ ކީއްވެ އެއްވެސް މީހަކު ނުބުނީ” ފައިޒަން ކުލްޝޫމަށް ބަލާލަމުން ބުނެލިއެވެ.

“ފައިއަށް ނޭނގޭތަ؟ އެކަމަކު ދަރިފުޅާ ތިއީ ބަފައެއްތަ؟ ޔާޒްގެ ކަންތަކާއި ޔާނާ ހަވާލުވީމަ ފައި ހާދަ ފަރުވާކުޑައޭ ދޯ. މީހަކު ނުބުނިކަމުގައި ވިޔަސް ފައިއަށް އެނގެންޖެހޭނެ. ތިއުޅުން ބަދަލުކޮށްފަ ވަޒީފާ ނޫޅެ ވަގުތު ޔާޒްއާއި އެކުގައި ގޭގައި ހޭދަކުރޭ” ކުލްޝޫމް މިފަހަރު ހިތްހަމަނުޖެހުނީ ފައިޒަން ދެކެއެވެ. ފައިޒަން އިސްޖަހާލިއެވެ.

“އަޅުގަނޑު ގުޅިން ފައިޒަން ފޯނަށް ޖަވާބެއްނުދޭ” ޔަނާލް ބުނެލިއެވެ. ތެދެކެވެ. ޔާޒް ބަލިވިފަހުން ސަތޭކައަށް ވުރެ ގިނަ ފަހަރު ގުޅިއެވެ. ފައިޒަން ޖަވާބު ނުދިނީ ގަސްދުގައެވެ. ފައިޒަން އިސްޖަހައިގެން އިނީ މިފަހަރު އޭނާއަކީ ކުށްވެރިއެކޭ ހިތަށް އަރާފައެވެ.

“އަޅާނުލާ… ޔާނާ! ދަންވަރު ބޭސްދޭންޖެހޭ ގަޑީގަ ދައްތަ ގޮވާލާނަން އިނގޭ. ދެން އަވަހަށް އިށީނދޭ ކާން” ކުލްޝޫމް ބުނެލިއެވެ. ޔަނާލް އިށީނީ މާއިރާއާއި ފައިޒަން ދެމެދުގައި ހުރި ގޮނޑީގައެވެ.

“އޭނަ ކަނީ އަހަރެމެންނާ އެއްކޮށްތަ؟” އިފްނާ ބުނެލިއެވެ. ޔަނާލްގެ ނަޒަރު ވަގުތުން އިފްނާއަށް އަމާޒުވިއެވެ.

“ކިހިނެއްވީ؟ އަހަރެން މިތާ އިށީނީމަ ތަނެއް ހިރުވަން ފެށީތަ؟” ޔަނާލް ފާޅުގައި އިފްނާއަށް ޖަވާބުދިނެވެ.

“ކަލޭ….”….. އިފްނާ އެއްޗެއް ބުނަން އުޅުނެވެ.

“ދެން ނެތޭ ކުލްޝޫމަށް އަމާ ކިޔާކަށް މާގިނަ ދުވަސް. ކުރީ ރޭގަވެސް ދަންވަރު…..” މާއިރާ ދައްކަން އުޅުނު ވާހަކަ ހުއްޓުވިއެވެ.

“ހުއްޓާލާ… ތީދެން ބޮޑުވަރު މީހަކާއި ޖައްސާލާފައި ހުއްޓަސް” ފައިޒަން އަޑު ހަރުކޮށް ބުނެލިއެވެ. ވަގުތުން ހުރިހާ މީހުން ހިމޭންވިއެވެ. ކުލްޝޫމް ފައިޒަންއަށް ބަލާލީ މީގެކުރިން އޭނާގެ ދަރިފުޅުގެ ފަރާތުން އެކަހަލަ މަންޒަރެއް ފެނިފައިނުވާތީއެވެ. ފައިޒަން ހަމަޖެހިލަމުން އިށީނުމާއެކު ކުލްޝުމް މާއިރާއަށާއި އިފްނާއަށް ވަކިވަކިން ބަލާލިއެވެ.

“ކާމޭޒު މައްޗަކީ ތިގޮތަށް ޒުވާބުކޮށް ހިތު ހުރިގޮތަކަށް ކަންތައް ކުރަން ހުރި ތަނެއް ނޫން. ކަލޭމެން ކުދިން ޔާނާ އޭ ކިޔައިގެން އަނގަ ހުޅުވާއިރު ވިސްނާލިންތަ މިހުރިހާ އެއްޗެއް ރޯފިލުވީ ޔާނާއޭ. ތިއިން އެކަކު ވެސް އެއްކަމެއް ވެސް ކުރިންތަ. ޝިފާ ވިއްޔާ ބަލި. ނާދު އެހީވި. އިފްނާ ކީއްކުރީ؟ އެވަގުތު ކޮޅުގައި ވެސް ބަދިގެއަށް ވަދެ ޔާނާއަށް ބަސްއުކީ. މިހާރު ތިއިނީ ޔާނާ ކެއްކީމަ ކާން އައިސް. ހަޑިއެއްނު” ކުލްޝޫމް ވާހަކަދެއްކިއެވެ. އިފްނާ ރަކިވި ވަރުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ ދިފާއުގައި އެއްޗެއް ބުނޭތީ އާކިންއަށް ބަލާލިއެވެ.

“އަޅާނުލާ. ބައެއް މީހުންނަށް ލަދުގަންނާކަށް ނޭނގޭ” ޔަނާލް އެހެން ބުނުމަށްފަހު ތައްޓަށް ބަތާއި ރިހަ އަޅައިގެން ގޮސް ވަކިން ހުރި ގޮނޑީގައި އިން ހާރޫނަށް ކާންދޭން ފެށިއެވެ. ފައިޒަން ދިޔައީ ޔަނާލްގެ ހަރަކާތްތަކަށް ބަލަމުންނެވެ. ޔަނާލް އެގޮތަށް ކަންތައްކުރަން ފެށުމުން މާއިރާ އިނީ އަޖައިބުވެފައެވެ. ހާރޫނަށް ޔަނާލް އެހާ ގާތްކޮށް ކަންތައްކުރާތީ ހިތުގައި ސުވާލު އުފެދިފައެވެ.

ކައިގެން ގޮސް ޔަނާލް އޮތީ ކޮޓަރީގައެވެ. ފޯނުގައި ހުރި ޔަޒްދާންގެ ފޮޓޯތަކަށް ބަލަމުން ދިޔައިރު އިރުކޮޅަކާއި ހިނިތުންވެލައެވެ. ކޮޓަރީ ދޮރުގައި ޓަކިޖަހަން ފެށީ ޔަނާލް އެގޮތުގައި އޮށްވައެވެ. ވަގުތުން ޔަނާލް ގަޑި ބަލާލިއެވެ. ބާރަ ޖަހަން ހުރީ ފަސް މިނިޓެވެ. ޔަނާލް ވިސްނާލިއެވެ. ފައިޒަންއެއް ނާންނާނެއެވެ. އެހެންކަމަށް ވާނަމަ އެއީ ކާކު ހެއްޔެވެ؟ ދެވިސްނުމެއްގައި ހުރެފައި ޔަނާލް ދޮރު ކައިރިއަށް ގޮސް މަޑުމަޑުން އަހާލިއެވެ.

“ކާކު” ޔަނާލް ދޮރު ހުޅުވަން ބޭނުންވީ ބޭރުގައި ހުރީ ކާކު ކަން ޔަގީން ކޮށްފައެވެ.

“ފައިޒަން” ބޭރުގައި ހުރި ފައިޒަން ބުނެލިއެވެ. ޔަނާލް ހައިރާންވިއެވެ. މަތިން ކަޅު ހެދުން ލާން އުޅެފައިވެސް ޔަނާލް ޚިޔާލް ބަދަލުވިއެވެ. އޭނާ ދޮރު ހުޅުވާލިއެވެ. ފައިޒަން އެތެރެއަށް ވަނުމާއެކު ޔަނާލް ދޮރުލައްޕާ ތަންޑުއެޅުވިއެވެ. މީހަކު އަތުވެދާނެތީއެވެ. ކުރިމަތީގައި އަތްކުރު ޓީޝާޓްކޮޅަކާއި ކަކުލުން ތިރިއަށް ހުރި ޕިންކް ކުލައިގެ ޓައިޓް ކޮޅުގައި ހުރި ޔަނާލް ފެނުމުން ފައިޒަންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަހަތަށް އިސްތަށިގަނޑު ދޫކޮށްލައިގެން ޔަނާލް ހުރުމުން ފައިޒަން ކުރީގެ ހަނދާނެއް އާވިއެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. އަވަސް އަވަހަށް އެނދުގައި އޮތް ޔާޒަށް ބަލާލިއެވެ. އެއަށްފަހު ޔަނާލް ހުރަސްކޮށް ގޮސް އެނދުގައި އޮތް ޔާޒް ކައިރީގައި އިށީނެވެ.

“ސޯ ސޮރީ ބައްޕިގެ ދަރިފުޅާ” ޔާޒްގެ މޫނުގައި ބޮސްދެމުން ފައިޒަން ކިޔަމުން ދިޔައެވެ. ޔާނާ ހުރި ފިޔަވަޅު މަތީގައި ހުއްޓިގެން އެމަންޒަރު ބަލަން ހުއްޓެވެ. ފައިޒަން ތެދުވެގެން ކޮޓަރިން ނިކުންނަން ދަމުން ޔަނާލާއި އެއްހަމައެއްގައި ހުއްޓުނެވެ. ނަމަވެސް އެންމެފަހަރަކުވެސް ޔަނާލަށް ބަލާނުލައެވެ.

“ކިހާ އިރަކު ޔާޒްއަށް ބޭސްދެނީ” ފައިޒަން އަހާލިއެވެ. ޔަނާލް ހުރީ ފައިޒަންއަށް ބަލަހައްޓައިގެންނެވެ.

“ދޭއް ޖަހާއިރު” ޔަނާލް ބުނެލިއެވެ. ފައިޒަން އިތުރު ބަހެއް ނުކިޔާ ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓުނީ ފަހަތުން އައިސް ބާރަށް ޔަނާލް ބައްދައިގަތުމުންނެވެ.

“ޕްލީޒް ފައި. މަށަށް ތިހެން ނަހަދާ. މަށަށް އެހީވެދީ. ތިއީ މިހާރު ހަމައެކަނި ކުރެވޭ އުންމީދަކީ” ޔަނާލަށް ރޮވުނެވެ. ފައިޒަން ދެލޯމަރާ ފިއްތާލިއެވެ.

“ކީއްވެ؟ ކީއްވެ ނަނާ؟؟ ކީއްވެ އަހަރެން ބީރައްޓިއްސަކަށް ހެދީ؟ ކީއްވެ އަހަރެން ކައިރީގައި ނުބުނީ؟ ކީއްވެ އަހަރެން އެހާ ހިތުގައިޖެއްސީ؟ ބުނެބަލަ ކީއްވެތަ؟” ފައިޒަންގެ އަޑު ބެދުނެވެ.

“އަހަރެންނަށް މަޖުބޫރުވީ” ޔަނާލް ބުނެލިއެވެ. ޔަނާލް އަދިވެސް ހުރީ ފައިޒަންގެ ބުރަކަށީގައި މޫނުޖައްސާ ބާރުކޮށްލައިގެންނެވެ.

“ކޮންކަމަކަށް ނަނާއަށް މަޖުބޫރުވީ. އަހަރެންނަށް އިނގޭ މާއިރާއްތަމެން ކަންތައްކުރީ އެހާ ރަނގަޅަކަށް ނޫންކަން. އެކަމަކު ނަނާ ތިކަހަލަ ބޮޑު ފިޔަވަޅެއް އަޅަންޖެހޭ ވަރުގެ ކޮންކަމެއް އެމީހުން ކުރީ؟” ފައިޒަން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ވޭނާއި ހިތްދަތިކަމެވެ.

“އެމީހުން އަހަރެން މަރާލަން އުޅުނީ” ޔަނާލް ބުނެލިއެވެ. ވަގުތުން ފައިޒަންގެ އެތެރެހަށީގައި ދައުރުވަމުން އައި ލެއަށް ހުއްޓުމެއް އައި ކަހަލައެވެ. އޭނާގެ މެއަށް ފާޑެއްގެ ގޮތެއްވެގެން ދިޔައެވެ.

“ކީކޭ؟؟؟؟؟” ޔަނާލާއި ވީ ފަރާތަށް އެނބުރެމުން ފައިޒަން އަހާލިއެވެ.

“އާނ… އަހަރެން މަރާލަން މަސައްކަތްކުރީ މާއިރާއާއި އެތިން ފިރިހެނުން. އެމީހުންގެ މައްޗަށް އަދިވެސް އަހަރެން ވަނީ މަރުވެފަ. އެކަމަކު ﷲ ގެ ރަޙްމަތްފުޅުން އަހަރެން މަރެއްނުވި. އަހަރެންގެ މަރު ލިޔެވިފައި ވަނީ އެގޮތަކަށް ނޫން” ޔަނާލް ބުނެލިއެވެ.

“ނަނާއަށް ޔަޤީންތަ އެމީހުންކަން” ފައިޒަން އަހާލިއެވެ.

“އާނ. ލޯބިވާކަމަށް މުޅިންވެސް އެމީހުން މަށަށް ދަޅަ ދެއްކީ. ފައިސާއާއި މުދަލުގެ ދަހިވެތި ކަމުގަ. އެއީ މަންމަ ކިޔާ ވަރުގެ އިންސާނެއްނޫން. އޭނައަށް މުހިއްމުވީ ފިރިހެންދަރިން. އަހަރެން ކަނޑުގެ ލޮނުގަނޑުގައި ސަލާމަތަށް އެދި އާދޭސްކުރި މަންޒަރު މިހާރުވެސް ފެންނަ ކަހަލަ. އަހަރެން އެހާލުގައި ބާއްވާފައި އެމީހުން އެހެން ލޯނޗެއްގައި ނައްޓާލީ. އަހަރެން ސަލާމަތްކުރީ ކުރީގަ ބައްޕައާއެކު އޮފީހުގައި މަސައްކަތްކުރި އައްޔުބެ. އޭރު އައްޔުބެ ހުރީ ސަފާރީގެ ކަންތަކާއި ހަވާލުވެގެން” ޔަނާލް ހިތުގައި ޖެހިފައި ކިޔަމުން ދިޔައެވެ.

“އެކަމަކު އެމީހުން އެހާ ރަހުމުކުޑަކޮށް ކަންތައްކުރީ ކީއްވެބާ؟ ކޮންކަމެއް އެމީހުން ބޭނުންވަނީ؟” ފައިޒަން އަހާލިއެވެ.

“ބައްޕަގެ މުދާގަނޑު. ބައްޕަގެ އެހާލަށް ޒިންމާވާން ޖެހޭ ފަރާތަކީވެސް އެމީހުން. ބައްޕައާއި މެދު އެމީހުން ކަންތައް ކުރި ގޮތެއްވެސް ނޭނގޭ” ޔަނާލް ބުނެލިއެވެ.

“ދެން އޭރުގައި ކީއްވެ ނަނާ ތިހުރިހާ ވާހަކައެއް މަށަށް ކިޔާނުދިނީ. އޭރުން ތިހާވަރުގެ ހިތްދަތިކަމެއް ނަނާ އުފުލަން ނުޖެހުނީސް” ޔަނާލް ގޮވައިގެން ގޮސް އެނދުގައި އިށީންނަމުން ފައިޒަން ބުނެލިއެވެ.

“އެމީހުން ކުރި ކަންތައްގަނޑު އަހަރެންނަށް ފަޅާއެރީ. އެރޭ އެމީހުން އަހަރެން ނައްތާލަން މަސައްކަތްކުރީ. އެއީ ވަރަށް މަކަރުވެރި ބައެއް. އަހަރެން އެވާހަކަތައް ކިހިނެއް ފައިއަށް ކިޔާދޭނީ. ފައި ހުރީ ރާއްޖެއިން ބޭރުގަ. ފޯނަކުން މެސެޖަކުން ދެއްކޭނެތަ އެވަރުގެ ވާހަކައެއް. އެހެންނޫނަސް ކުލްޝޫމްމަންމަ އެހާބަލި. ފައި ހުންނާނީ ވަރަށް ބޮޑަށް ޓެންޝަންގަ ދޯ އޭރުގަ.” ޔަނާލް ބުނެލިއެވެ. ފައިޒަން ވިސްނާލިއެވެ. ކުއްލިއަކަށް ޔަނާލް ގެއްލުނު ގޮތެވެ. ޔާޒް ފައިޒަންއަށް ލިބުނު ގޮތެވެ. ހާރޫން ބަލިވި ގޮތެވެ.

“ނަނާ ކޮންއިރަކުން އަހަރެންނަށް ހުރިހާ އެއްޗެއް ކިޔާދޭނީ” ޔަނާލްގެ ދެލޯ ކައިރި ފޮހެދެމުން ފައިޒަން އަހާލިއެވެ.

“ވަރަށް އަވަހަށް. އެންމެ ފުރަތަމަ ފައި އަހަރެންނަށް ކަމެއްކޮށްދީ” ޔަނާލް ބުނެލިއެވެ. ރީތިކޮށް ފައިޒަން އިން ދިމާލަށް އެނބުރިލަމުން ފައިޒަންގެ އަތުގައި ހިފާލިއެވެ.

“ކޮންކަމެއް؟ ނަނާ ބުނި ކޮންމެ ކަމެއް. އަދިވެސް އަހަރެންގެ ބެސްޓްފްރެންޑް ތީ” ފައިޒަން ބުނެލިއެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ ބައްޕަ ރަނގަޅުކުރަން. ބައްޕައަށް އިނގޭނެ އަހަރެން އެނބުރި އައިސްފިކަން. މިގެއިން އަހަރެންގެ ބައްޕައަށް ލިބެނީ އިތުރު ހިތްދަތިކަން. އަހަރެން ބައްޕަ ރަނގަޅުކުރަން އެހީވެދީ” ޔަނާލް ބުނެލިއެވެ. ފައިޒަން ވިސްނާލިއެވެ. ތެދެކެވެ. ހާރޫނު އިންނަގޮތުން ފައިޒަންވެސް ހިތުގައި ޖެހެއެވެ. އެމީހާގެވެސް އުންމީދުތަކެއް ވާނެކަން ފައިޒަން ދެނެގަތެވެ.

“އަހަރެން ވައުދު މިވީ. ނަނާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި މިރޭގެ މިވަގުތުން ފެށިގެން އަހަރެން ހުންނާނަން. އަހަރެންނަށް ވެސް ނަނާ ކަމެއްކޮށްދީ” ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ފައިޒަން ބުނެލިއެވެ.

“މީގެފަހުން ނަނާގެ ތިދެލޮލުން ކަރުނަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އައި ހޭޓް ޓިއަރސް. އަދި އެވެސް ނަނާގެ ލޮލުން. އަބަދުވެސް ބުނަމެއްނު މިކަހަލަ އަގުބޮޑު އެއްޗެހި ވޭސްޓްނުކުރާށޭ….ނަނާއަށް ނޭނގުނަސް ނަނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވަން. މިއަދަކު ނޫން. ސްކޫލު ނިންމާލިއިރު ވެސް. އެކަމަކު އަހަރެން ހުންނާނީ ނަނާ ބެހެއްޓި ހިސާބުގައި. ބެސްޓްފްރެންޑްގެ ގޮތުގައި” ފައިޒަންގެ ވާހަކަތައް އިވުމަށްފަހު ޔަނާލް އިނީ ބަސްހުއްޓިފައެވެ. ފައިޒަން ލޯބިވާ ވާހަކަ ބުނުމުންނެވެ. އޭނާ ހަނދާންވީ ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު މަޖަލަކަށް ހަދާފައި ފައިޒަން އޭނާއަށް ލޯބިހުށައެޅި ގޮތެވެ. އެހެންވީމާ މަޖަލަކަށް ހަދާފައިވިޔަސް އެދުވަހު ފައިޒަން ހާމައެކުރީ ހަޤީޤަތްތާއެވެ؟ ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރި ފައިޒަންގެ ދެއަތްމަތީގައި ޔަނާލް އަތްއަޅާލިއެވެ. މަޑުމަޑުން އޭނާ ފައިޒަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކަލާޔާ ނުލާ 4

Next

ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ.(ވާހަކައާއިއެކު)

Next
January 25, 2019

ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ.(ވާހަކައާއިއެކު)

Previews
January 24, 2019

ކަލާޔާ ނުލާ 4

8 Comments!

  1. ushaali says:
    January 24, 2019 at 6:00 pm

    salaam all!
    here is da 7th part of dhinee zahar…
    kiyuntherinnah kamudhaane kamah heekuran 🙂 🙂
    happy weekened 🙂 🙂 🙂

  2. ?Naju? says:
    January 24, 2019 at 6:55 pm

    Wow …

  3. Naz naz says:
    January 24, 2019 at 9:21 pm

    Mi vaahakaige kureege part thah hoadheynee kihinehtha? V reethi

  4. Mishoo says:
    January 25, 2019 at 1:06 pm

    Fenvaru online in part 4 aa hama ah fennany. I cant get 5th part. Kihineh hedhyma 5th part kiyaalan libeyni. Cn u plx tell me ushaali

    1. ?Shify? says:
      January 25, 2019 at 8:28 pm

      Same thing happen to me ..

    2. Shuhoo says:
      January 26, 2019 at 8:39 pm

      Fb page un huriha part eh vs kiye

  5. Leen says:
    January 26, 2019 at 8:37 pm

    Fb page ga huriha part eh vs ebahuri

  6. Niky says:
    January 27, 2019 at 1:55 am

    Next part konirakutha

Comments are closed.

Next Episodeދިނީޒަހަރު…. 08←


All Right Reserved!