Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެންލޯބި

ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ.(ވާހަކައާއިއެކު)

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 25, 2019 2 Mins Read
6 Comments

އާޅެން

ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޢަދަދު ނުވާހާ ގިނަނިއުމަތް ލިބުނުމެއެވެ.

ބުނަން ދަތި އިޙްސާސްތައް ކުރެވުނު މެއެވެ.

ދުރަށް ވިސްނުނުކަން ހާދަ ރަގަޅެވެ.

ﷲ އީ އެންމެންގެ މަދަދު ވެރިޔާއެވެ.

ލުންގި ފަތުރާލައިގެ ތިބީމުއެވެ.

ތުނބުން ފުމެލި އަޑެއް އެހީމުއެވެ.

ފީކޯތްކުޅެން އުޅުނު ބަޔަކު ދުށީމުއެވެ.

ހުރިހާ ދިމާއަކުން އަޑެއް އިވޭހެން ހީވިއެވެ.

ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ.

ދުރުން މާދުރުން ދޯދިތަކެއް އެޅޭހެން ހީވިއެވެ.

މާނައެއްނެތް ހީތަކަކަށް ނުވާނެކަން ގައިމެވެ.

ގެންނަ ޙަރަކާތަކުން ޙަޔާތް ގެއްލޭ ހިސާބުގައި ވަނިކޮށެވެ.

ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ.

ކުރަން އުޅުނު މޮޔަކަންތައް އިޙްސާސްވީ އެހިނދެވެ.

ނާޒުކުމަލެއްގެ ޝިކާރައަކަށް ނުވިކަން ރަގަޅެވެ.

މާފަރިވެ ފޮޅި ކަރުގަޑު ހުޅުވިފައިވީ ހިނދެވެ.

ރާޅުބާނީގެ ދިގުއިސްތަށިގަޑުން މޫނު ފޮރުވިފައި ވީހިނދެވެ.

މޭމަތީގެ ނިޝާން އުފުލިފައި ވީހިނދެވެ.

އިންޖީނެއް ހުއްޓުނު ފަދައިން ޚިޔާލުތައް ދުރުވިއެވެ.

ބަހާއި ޢަމަލު ސީދާކުރުމުގެ މަގު ތަނަވަސް ވިއެވެ.

ހިތުގައިވާ ބިރުފިލައި މަގު އަލިވިއެވެ.

ޅެމުގެ ޚިޔާލު:

އަހަރެންގެ ނަމަކީ އަހުމަދު ޙަމީމްއެވެ. މިހާރު ޢުމުރުން ވިހި އަހަރުފުރިއްޖެއެވެ. އަހަރެންގެ އިސްކޮޅުދިގުވެފައި ރޫފަ ރަގަޅެވެ. ހަމުގެ ކުލަދޮނެވެ. އިސްތަށިގަޑު ހުންނަނީ ކުޑަކޮށް ބުޅިކޮށެވެ. އަހަރެން މަސައްކަތް ކުރަނީ ރަށުގެ ކައިރީގައި އޮންނަ ރިސޯޓެއްގައެވެ. ފަސްވަޤުތު ނަމާދު ކުރުމަކީ އަހަރެންގެ އާދައެކެވެ. އަހަރެންގެ މައިންބަފައިން ރިސޯޓަށް ދާން އެއްބަސްވީވެސް ބަރާބަރަށް ނަމާދުކުރުމަށް ޝަރުތު ކޮށްފައެވެ.

އަހަރެންގެ ލޯބިވެރިއަކު ހުރެއެވެ. އެއީ ރަރުގެ އިން އެންމެ އަޚްލާޤު ރިތިކުއްޖާއެވެ. ބޭރުފުށުގެ ސިފަވެސް ވަރަށް ރީއްޗެވެ. އެރީތި ހިނިތުން ވުމަކީ މާޝާގެ އެންމެ ރީތި ސިފައެވެ.މާޝާގެ ހިތިފަތު ދެބުމައިގެ ދަށުގައިވާ ތޫނުކަޅިރަވައަކީ ބަލާމީހުން ޖާދޫގައި ޖައްސާފަދަ ރީތި ދެކަޅިރަވައެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ އެހާސިއްރު ގުޅުމެއްނޫނެވެ. އަހަރެމެން ދެމީހުން ގުޅުމަކީ ދެފަރާތުގެ ޢާއިލާގެ ރުހުމާއިއެކު އޮންނަ ގުޅުމެކެވެ.

މާޝާ މަސައްކަތް ކުރަނީ ރަށުސްކޫލްގައި އެކައުންޓު ޓީޗަރެއްގެ ގޮތުގައެވެ. ރަށުގެ އިޖްތިމާޢީ ކަންކަމުގައިވެސް މާޝާ ހަރަކާތްތެރިވާނެއެވެ.

އަހަރެންނަށް ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު ރަށަށް އާދެވޭނެއެވެ. އެރޭގެ ގިނަވަގުތު އަހަރެރެމެން ހޭދަކުރަނީ އެކުއެކީގައެވެ. ހަނދުވަރު ދޭރޭރޭ އަހަރެމެން ގޮނޑުދޮށުގައި ގިނަވަގުތު ހޭދަކުރަމެވެ.އަހަރެމެންނަށް ލިބިފައިވާ މިނިވަންކަމާއި މައިންބަފައިން ކުރާ އިތުބާރަށް އަހަރެމެން ދެމީހުން އިޙްތިރާމުކުރަމެވެ. އަހަރެމެން އެހާބޮޑަށް ގައިގޯޅިވެއެއް ނޫޅެމެވެ.

އަހަރެންގެ އެކުވެރި މޮހޮނު އޭނާ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއި ބައްދަލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ދެފަރާތުގެ މައިންބަފައިން ޤަބޫލު ކަމަކަށް ނުވާތީއެވެ. އެދެމީހުން ބައްދަލުކުރަނީ ވަގުވަގަށެވެ. މޮހޮނު ކިޔާދިންގޮތުގައި އެމީހުންގެ ބައްދަލުވުންތަކުގައި އޮންނަނީ މުޅިންވެސް ފާޙިޝް ޢަމަލު ހިންގުމެވެ. އަދި އެގޮތަށް އުޅުމަށް އަހަންނަށް ނަސޭޙަތް ދެއެވެ. އެހެންނޫނީ ރަށްޓެހިވެގެން އުޅޭ ކުއްޖާ ގެއްލިދާނެ ކަމަށް ވެސް އޭނަ ބުނެއެވެ.

އަހަރެން ބޭނުންވީ މިރޭގެ ބައްދަލުވުމުގައި މޮހޮނުދިން ޚިޔާލާއި އެއްގޮތަށް ޢަމަލުކުރާށެވެ. އެހެންވެ އަހަރެން އައީ އެކަމަށް ތައްޔާރުވެގެންނެވެ. އަހަރެންހުރީ ރިސޯޓު ޔުނީފޯމުގައެވެ. އެއީ މާޝާއަށް ރީތިވީމައެވެ. އެއީ ހުދުފޭއްޔަކާއި ތުނިފޮތީގައި ފަހާފައިވާ ހުދުގަމީހެކެވެ. ފޭލި އަނދެފައި ހުންނައިރު ފައިގަ ފަޅާފައި ހުންނަ ވަރުގަދަ ކަޅުއިސްތަށިތައް ފެންނަން ހުރެއެވެ. ހުދުގަމީހުގެ މޭމަތީ ގޮށްނައްޓާލާފައި ހުންނައިރު މޭމަތީގައި ފަޅާފައިވަ ވަރުގަދަ ކަޅުއިސްތަށިތައް ފެންނަން ހުރެއެވެ.

އެރީތި ހަނދުވަރުދޭރޭ އަހަރެމެން ހުސްފައިގާ ރާޅުޖަހާ ހިސާބުގައި ހިނގީމެވެ. އެއަށްފަހު ފާލަންމަތީގައި އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު އަހަރެމެންވަނީ މަގޫގަސްތަކުގެ ތެރެއަށެވެ. އެތަނަށް ނުވަންނަށް މާޝާ ވަރަށް މަސައްކަތް ކުރިއެވެ. އަހަރެން އާދޭސް ކުރުމުން އެހެންގޮތެއް ނެތިގެން އޭނާއައެވެ. އަހަރެންގެ ފޭލި އެތަނުގައިފަތުރާލީމެވެ. އަހަރެން ބޭނުންވީ ނަހަމަގުޅުމެއް ހިންގާށެވެ. މާޝާ ޙަޤީޤަތުގައި އެކަހަލަ ކަމެއްކުރާކަށް ބޭނުމެއްނުވެއެވެ. އެކަމުގެ ސަބަބުން ނުކުމެދާނޭ ނުރަގަޅު ނަތީޖާތައް އޭނަ އަހަންނަށް ވިސްނާދެން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ކުރިއާދޭހަށްޓަކައި އޭނާއެއްބަސްވިއެވެ.އަހަރެމެން ދެހަށިގަޑު އެންމެ ކައިރިވީ ވަގުތު އަހަރެމެން ގަޔަށް އައްޔެއް އެޅުނުހެން ހީވިއެވެ. އަދިބަޔަކުމީހުންގެ ދުވުމުގެ އަޑުތަކެއްވެސް އަހަރެމެންނަށް އިވުނެވެ.  ވަގުތުން އަހަރެމެން އެކަމުންދުރުވިއެވެ. އަދިބިރުން އަހަރެމމެން ދެމީހުން އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ.

އެއީ ނުބައިކަމަކުން އަހަރެމެން ސަލާމަތް ވުމަށްޓަކައި މެދުވެރިވިކަމެކެވެ. އެއީ ﷲގެ އޯގާވަންތަވެރިކަމެވެ. އެފަދަ ނުބައި،ފާޙިޝްޢަމަލަކުން އަހަރެމެން ދެމީހުން ސަލާމަތް ކުރެއްވީތީ ﷲއަށް ހާސްހާސްފަށުން ޝުކުރު ދަންނަވަމެވެ.

( ނިމުނީ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ދިނީޒަހަރު…. 07

Next

ދީނަށް ފުރައްސާރަކުރުން، އަމިއްލަ ނަފްސަށްވެވޭ އަނިޔާއެއް!

Next
January 25, 2019

ދީނަށް ފުރައްސާރަކުރުން، އަމިއްލަ ނަފްސަށްވެވޭ އަނިޔާއެއް!

Previews
January 24, 2019

ދިނީޒަހަރު…. 07

6 Comments!

  1. T aka kitty says:
    January 25, 2019 at 3:50 pm

    Varah reethi

  2. Dhaskuraa kujja says:
    January 25, 2019 at 9:09 pm

    Nuseedhaaa gothun anhn kujjaa sifa kohdhyfa oiileh hama habeys

    1. Kitty says:
      January 25, 2019 at 9:24 pm

      Dhw

  3. A. T says:
    January 27, 2019 at 1:32 pm

    Alhe ismail keehve tha enmen faharakuves comments thakah respond nukurany.. Feeling sad ??… If u respond it will only benefit u dear cox.. Hunnaane hadikoh ves vaahaka dhahkaa meehun but eyaa hilaafah vaahaka dhahkaa meehun ge faraathun e libeny kihaa bodu ehbaaralumeh dhw… Sorry if i made u sad.. Next time resposnd kohlachey isse ah heyo hithun ehcheh bunan beynun vma bunely

  4. jin says:
    January 27, 2019 at 6:50 pm

    alhe ehfaharuves vaahaka eh liyebala………..thihaareechah liyaa iru

    1. A. T says:
      January 27, 2019 at 7:06 pm

      Dhw.. His not responding. Vv dhereavey ehn hedhyma

Comments are closed.



All Right Reserved!