07 ވަނަ ބައިގެ ތެރެއިން……
“މީގެފަހުން ނަނާގެ ތިދެލޮލުން ކަރުނަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އައި ހޭޓް ޓިއަރސް. އަދި އެވެސް ނަނާގެ ލޮލުން. އަބަދުވެސް ބުނަމެއްނު މިކަހަލަ އަގުބޮޑު އެއްޗެހި ވޭސްޓްނުކުރާށޭ….ނަނާއަށް ނޭނގުނަސް ނަނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވަން. މިއަދަކު ނޫން. ސްކޫލު ނިންމާލިއިރު ވެސް. އެކަމަކު އަހަރެން ހުންނާނީ ނަނާ ބެހެއްޓި ހިސާބުގައި. ބެސްޓްފްރެންޑްގެ ގޮތުގައި” ފައިޒަންގެ ވާހަކަތައް އިވުމަށްފަހު ޔަނާލް އިނީ ބަސްހުއްޓިފައެވެ. ފައިޒަން ލޯބިވާ ވާހަކަ ބުނުމުންނެވެ. އޭނާ ހަނދާންވީ ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު މަޖަލަކަށް ހަދާފައި ފައިޒަން އޭނާއަށް ލޯބިހުށައެޅި ގޮތެވެ. އެހެންވީމާ މަޖަލަކަށް ހަދާފައިވިޔަސް އެދުވަހު ފައިޒަން ހާމައެކުރީ ހަޤީޤަތްތާއެވެ؟ ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރި ފައިޒަންގެ ދެއަތްމަތީގައި ޔަނާލް އަތްއަޅާލިއެވެ. މަޑުމަޑުން އޭނާ ފައިޒަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
*************************************************
“އާނ… ހައިރާންނުވޭ. ރަނގަޅަށް ތިއިވުނީ. އައި ލަވް ޔޫ ސޯ މަޗް ނަނާ. ދެން ބުނެބަލަ ނަނާ ދެން ނުރޯނަންތަ؟” ފައިޒަން އަހާލިއެވެ. ވަގުތުން ޔަނާލް ބޯޖަހާލިއެވެ. ހީލަމުން ފައިޒަން ޔަނާލް އޭނާގެ މޭގައި ޖައްސާލިއެވެ. އޭނާގެ ކޮޓަރިއަށް ދިޔައީ ޔަނާލަށް ނިދުމުން ބޭރުން ކޮޓަރި ތަޅުލާފައެވެ.
އާދައިގެ މަތިން ހަވީރު ވުމާއެކު ކުލްޝޫމް ޔާޒް ގޮވައިގެން ހިނގާލަން ނިކުތެވެ. ޔަނާލް ފޫހިވެގެން މަގުމައްޗަށް ނިކުމެލީ ހިތްހަމަޖައްސާލުމަށްޓަކައެވެ. މަގުގެ އެއްކައިރިން ހިނގާލާފަ އައިސް މަޑުކޮށްލީ ރަސްފަންނު ކައިރީގައެވެ. ކަފި ހުރަސް މަތިން އައިސް ޔަނާލް މިސްރާބު ޖެހީ ވަކިން ހުރި ޖޯއްޔަކަށެވެ. ރަސްފަންނުގައި ހޭލަމޭލަވެ އުޅޭ ދެޖިންސުގެ ޒުވާނުން ފެނި ޔަނާލްގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެކި ދިމާ ހޯދަމުން ދަނިކޮށް ފެނުނު މަންޒަރުން ހިތް ރޮށްވާލިއެވެ. ގުރޫޕަކުން ކުއްޖެއްގެ އުފަން ދުވަސް ފާހަގަކުރުމަށް ސަކަރާތާއި މަޖަލުގައި އުޅެމުން ދިޔަ މަންޒަރު ޔަނާލަށް ފެންނަމުން ދިޔައެވެ. މީގެކުރިން އޭނައަށް ވެސް ވަނީ އެކަހަލަ އުފާވެރި ދުވަސްތަކެއް އައިއްސައެވެ. އިސާހިތަކު އޭރުގެ ހަނދާންތައް އޭނާގެ ހަފަރާތުން ވަށާލިއެވެ. އިހުތިޔާރަކާއި ނުލާ އޭނާގެ ސިކުނޑީ ހިޔާލުގެ ގަދަ ކަނޑަށް ޤަރަޤުވެގެން ދިޔައެވެ.
ޔަނާލްގެ މާޒީ
ނޫކުލައިގެ ކާރު އައިސް މަޑުކޮށްލީ އައިޖީއެމްއެޗްގެ ކެންޓީނާއިވީ ފަޅީގައެވެ. ކާރުގެ ފަހަތުގައި އިން ޔަނާލް ސިހިގެން ދިޔައީ ކުއްލިއަކަށް ކާރު މަޑުކޮށްލުމުންނެވެ. ހުދުކުލައިގެ ފޮތިކޮޅަކުން އޭނާގެ ދެލޯ ބަންދުކޮށްފައި ހުރުމުން އެއީ ކޮންތަނެއް ކަމެއް ނޭނގެއެވެ. އޭނާ ދެފަރާތް ބަލަން ފެށި ގޮތުން ޑްރައިވަރު ވެސް އިނީ ހެވިފައެވެ.
“ކޮންތަނަކަށް ތިގެނައީ. އަޅެ ކޮބާތަ އެންމެން” ޔަނާލް ބުނެލިއެވެ. އިރުކޮޅަކުން އެތަނަށް އައިސް މަޑުކޮށްލި ސައިކަލުން ފޭބީ އާކިންއާއި ޒާކިންއެވެ.
“ގެއަށް ނައްޓާލާ” ޔަނާލަށް އާކިން ގެ އަޑު ފާހަގަވިއެވެ. ގެއަށް ދިޔުމަށް އާކިން އެންގީ ޑްރައިވަރަށެވެ. ދެފަރާތުގައި އަތް ހާކަމުން ޔަނާލް ކާރުގެ ދޮރު ހުޅުވާލާފައި ފޭބިއެވެ. ފައި އެޅުނު ގޮތަކުން ޔަނާލް އަރި އަޅާލިއެވެ. ޔަނާލް ވެއްޓުނަނުދީ ހިފެހެއްޓީ އާކިންއާއި ޒާކިން އެކީގައެވެ.
“ދޮންބޭ! މީ ކޮންކަމެއް؟ ކޮންކަމެއް ފާހަގަތިކުރަނީ؟ އަޅުގަނޑުގެ ބާތްޑޭ އެއްވެސް ނޫނެއްނު” އާކިން އަތުގައި ހިފައިގެން ހުރެ ޔަނާލް ތުއި ވެލާފައި ބުނެލިއެވެ.
“އެއީ ސަޕްރައިޒެއް. ދެން ބުނީމަ ސަޕްރައިޒަކަށް ނުވާނެއްނު” ޒާކިން ބުނެލިއެވެ. އޭރު ޒާކިންއާއި އާކިން ގެ މެދުގައި ހުރެގެން ޔަނާލް ކުރިއަށް އަންނަމުން ދިޔައެވެ.
“ކުޑަބެވެސް ތަ؟” ޒާކިން ގެ އަޑު އިވުމުން ޔަނާލް ބުނެލިއެވެ. ވާންއުޅެނީ ކީއްކަން ނޭނގި އޭނާ ހުރީ ހިތްއަވަސްވެފައެވެ. ވަކި ހިސާބަކަށް ދެވުމުން ޔަނާލްގެ ލޯ މަތީގައި އަޅާފައި އިން ފޮތިކޮޅު އާކިން ނައްޓުވާލިއެވެ. ރަނގަޅަށް ދެލޯ ނުހުޅުވިގެން އުޅެނިކޮށް ހުރިހާ މީހުން އެއްފަހަރާ ‘ހެޕީ ބާތްޑޭ’ ބުނި އަޑު ޔަނާލަށް އިވުނެވެ. ޔަނާލަށް އަނގަ މަތީގައި އަތް އަޅާލެވުނީ އޭނާގެ އާއިލާ ހުރިހާ މެންބަރުން އެއްކުލައިގެ ހެދުމުގައި ކުރިމަތިން ފެނުމުންނެވެ. ޝިފާ އަތުގައި ހުރި ސްޓޯވްބެރީ ކޭކް ޔަނާލަށް ފެނުނީ ފަހުންނެވެ. ކާހިތްވީ ވަރުން ޔަނާލްގެ ކުޅު ދިޔާވެގެން ދިޔައެވެ. ކުޑަކުއްޖެއްހެން ފުންމަން ފެށީ ލިބުނު ހިތްހަޖެހުމަކުންނެވެ.
“މައި ފޭވްރިޓް ސްޓޯވްބެރީ ކޭކް” ޔަނާލް އަނގަމަތީގައި އަތް އަޅާލަމުން ބުނެލިއެވެ.
“އެކަމު މީ އަސްލު ބާތްޑޭއެއް ނޫނެއްނު” ޔަނާލް ބުނެލިއެވެ.
“ސޯ…. ދަރިފުޅަށް އެނގެއެއްނު މަންމަމެން އަބަދުވެސް ފާހަގަކުރަނީ މިދުވަސްކަން” މާއިރާ ޔަނާލްގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. އަދި ޔަނާލްގެ ނިތުގައި ބޮސްދިނެވެ.
“އޯވް… ތެންކިއު މަންމާ….. ކޮބާ ބައްޕަ… އަޅެ މީހުން ވަރަށް ބަލާ އެބަ” ދެފަރާތް ބަލާލަމުން ޔަނާލް ބުނެލިއެވެ.
“ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން ބައްޕަގެ ޕްރިންސަސް” ޔަނާލްގެ ފަހަތުން ހާރުންގެ އަޑު އިވުނެވެ. ޔަނާލް އެނބުރިފައި ހާރުން ގައިގާ ބައްދާލިއެވެ.
“ކޮބާ ނާލްބޭބީ ހިނގާ ކޭކް ފަޅަން ދޯ ދެން” ޔަނާލްގެ އަތުގައި ހިފާލަމުން އިފްނާ ލޯތްބާއެކު ބުނެލިއެވެ.
“އެހެންތަ މަނުލާ ނިކަން ދެން ކޭކް ފަޅާބަލަ” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ފައިޒަން ޝިފާ އަތުގައި ހުރި ކޭކް އަތުލައިގެން ދުރަށް ޖެހިލިއެވެ. ޔަނާލް ވަގުތުން ކޭކް އަތުލުމަށް ފައިޒަން ފަހަތުން ދުއްވައިގަތެވެ. މީހުން ބަލާވަރުން މާގިނަ ވަގުތެއް ނުނަގާ ފައިޒަން ޔަނާލްގެ އަތަށް ކޭކް ދިނެވެ.
“އަބަދުވެސް އަންނާނީ އެންމެ ލަހުން. ފައިއަށް ދޭނީ އެންމެފަހު ކޭކް ކޮޅު” ފައިޒަންއަށް ދެލޯ އަޅާލަމުން ބުނެލިއެވެ.
“ސޮރީ ޑާލިންގް. އެންމެ ފަހުވަގުތު މިއުޅޭ މަންމަ ކަމެއްގަ ބިޒީކޮށްލީ” ފައިޒަންގެ ކަންފަތުގެ ދެފޫޅުގައި ހިފާލަމުން ބުނެލިއެވެ. ޔަނާލް ހީލުމުން އަވަހަށް ކޭކް ފަޅަން ފައިޒަން ބުނެލިއެވެ.
ހެނދުނުގެ ނާސްތާ ވަގުތަށް ހުރިހާ މީހުން ކާމޭޒު ކައިރިއަށް ޖަމާވިއެވެ. މަދީ ހަމައެކަނި ޔަނާލެވެ. ގަޑިން ހެނދުނު 7.20 އެވެ. ހާރޫނާއި އޭނާގެ ތިން ފިރިހެން ދަރިން މަސައްކަތްކުރަނީ މާލޭގައި ހުންނަ ހާރޫންގެ އަމިއްލަ އޮފީހެއް ކަމަށްވާ ‘ނައިންސްޓަރ’ ގައެވެ. ހާރޫނަކީ މާލޭގައި ނަން ހިނގާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ އަމިއްލަ ފިހާރަތަކާއި ސަފާރީތައް ހުރެއެވެ. މާލޭގައި ބޮޑު ގެއެއް ހުންނައިރު އެގެއާއި އިންވެގެންވެސް ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއް ދަނީ ތައްޔާރުކުރަމުންނެވެ. ހާރޫނުގެ އޮފީހުގައި މަސައްކަތްކުރާ ރިޔާޒަކީ ހާރޫނުގެ ވިޔަފާރީގައި ޙިއްސާވާ އެއް ޙިއްސާދާރެވެ. ފައިޒަންގެ ބައްޕައެވެ. ހާރޫނާއި، މާއިރާ، ރިޔާޒް އަދި ކުލްޝޫމް މަސައްކަތް ކުރަނީ އެއްއޮފީހެއްގައެވެ.
“މަންމާ! ކޮބާ ނާލް މިއަދު” ކާމޭޒު ކައިރީގައި އިން އާކިން އަހާލިއެވެ.
“އަދި މޯނިންގްނުވޭ” އިފްނާ ޖަވާބުދިނެވެ.
“މަންމަ ކައިރީގައި ބުނަމެއްނު ނާލްއަށް އެއްޗެއް ނުދީ އެހާ ގިނައިރު ނިދަން ނުބާއްވާށޭ” އާކިން ބަލާލީ މާއިރާއަށެވެ. މާރިޔާ ވެސް އިނީ އޮފީސް ހެދުމުގައެވެ.
“މަންމަ ހާދަ ވަރަކަށް ގޮވީމޭ… ދެން ހޭނުލީމަ އަޅާނުލީ” ސައިބޯން އިން މާއިރާ ވާހަކަދެއްކިއެވެ.
“އަނހަ ފައި. މިގަޑީގަ. ކޮން ވަޑާމެއް” ވަދެގެން އައި ފައިޒަން ފެނުމުން އިފްނާ އަހާލިއެވެ.
“ކޮބާ ނަނާ؟؟” ސައިބޯން ތިބި މީހުންނަށް ބަލާލަމުން ފައިޒަން ބުނެލިއެވެ. އަދި ވަކިން ހުރި ގޮނޑީގައި އަޅައިގެން ހުރި ލެޕްޓޮޕް ދަބަސް ބަހައްޓަމުން ހުސް ގޮނޑިއެއްގައި އިށީނެވެ.
“ނަނާއަށް މޯނިންގްނުވޭ. ފައި ސައިބޯންވީނުން” މާއިރާ ބުނެލިއެވެ.
“ދެން ނަނާ ދޯ…. މަށަށް ގަޑިކިޔާފައި ނިދަނީ ދޯ. ނޮޓް ފެއަރ. މިގަޑީގެ ނިދިކޮޅު މަވެސް ބޭނުން” ފައިޒަން ބުނެލިއެވެ.
“ކޮންކަހަލަ ޕްލޭނެއް ކޮށްގެން ދެކުދިން ތިއުޅެނީ” ހާރޫން އަހާލިއެވެ.
“އަޅުގަނޑު ދަރަނި އަދާކުރަން އެހާ ވަރަކުން ޕްލޭންކުރީ. މިއަންނަނީ އަޅުގަނޑު” ފައިޒަން ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. އެދިމާލަށް ބަލަން ހުރިހާ މީހުން ހެވިފައި ތިއްބެވެ.
“ދަރަންޏޭ!!” ހާރޫން މާއިރާއަށް ބަލާލީ އެއީ ކޮންކަމެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ.
“ރަނގަޅަށް ވިއްޔާ އެދައްކަނީ ބާތްޑޭ ގިފްޓްގެ ވާހަކަ” މާއިރާ ބުނެލިއެވެ.
“ވަރެއްގެ ދެކުދިން. ބައެއްފަހަރު ހިނިވެސް އާދޭ އުޅޭގޮތުން” ހީލަމުން ރާކިން ބުނެލިއެވެ.
ހުއްދައެއްނެތި އަންހެންކުއްޖެއްގެ ކޮޓަރިއަށް ވަނުމަކީ ރަނގަޅު ކަމަކަށް ނުވާތީ ދޮރުގައި ޓަކި ޖަހާލުމަށްފަހު ފައިޒަން މަޑުކޮށްލިއެވެ. ނަމަވެސް ހިލަމެއް ނުވުމުން ދެވަނަ ފަހަރަށް ކުރިއަށް ވުރެ ބާރަށް ދޮރުގައި ޖަހާލިއެވެ. މިފަހަރު ޔަނާލްގެ ނަމުން ގޮވާލަމުންނެވެ. ދޮރުހުޅުވިގެން ދިޔަ ވަގުތު ކުރިމަތީގައި ހުރި ޔަނާލް ފެނުމުން ފައިޒަން ހިނިއައި ވަރުން އަނގަމަތީގައި އަތް އެޅިއެވެ. ޕިޖާމާއާއިއެކު ބޯ ހާވާލައިގެން ދޮރުމަތީގައި ޔަނާލް ހުރި އިރު އެއް އަތުގައި ބާލީހެއް އެލުވާލާފައި އޮތެވެ. ދެލޯ މަރައިގެން ހުރި އިރު އަދި ޔަނާލް އެދަނީ މީރުކޮށްފައި ނިދި ކަމުންނެވެ. ފައިޒަން ބަލާކަށް ނުހުރެ ޔަނާލް ދެއަތް މައްޗަށް އުފުލާލުމަށްފަހު ގޮސް ވަނީ ފާހާނާއަށެވެ. މާގަނޑު ދަށުގައި ޔަނާލް ބެހެއްޓުމަށްފަހު ދެލޯ ހުޅުވާލުމުގެ ކުރިން އިސްކުރު ދޫކޮށްލިއެވެ.
“ވަޓް ދަ…..” ހަށިގަނޑު ބީހޭންފެށި ސިޔާސަ ފެންތިކި ތަކުން ޔަނާލަށް ފިނިވެގެން ދިޔައެވެ. ވަގުތުން އޭނާގެ ނިދި ފިލައިގެން ދިޔައެވެ. ހަށިގަނޑުގައި ދެއަތުން ވަށާލަމުން ކުރމަތީގައި ހުރި ފައިޒަންއަށް ވަރުގަދައަށް ދެލޯ އަޅާލިއެވެ.
“ރިވެންޖް އޮންނާނެ” އިސްކުރު ދަށުން ދުވެފައި ނިކުންނަމުން ޔަނާލް ބުނެލިއެވެ.
“މީހުންނަށް ގަޑި ކިޔާފައި ދެފައި ދަމާފައި ނިދަން އޮންނަންޏާ ވާނީ ތިހެން. ޕްލޭން ކެންސަލް” ތަންކޮޅެއް ދުރަށް ޖެހިލަމުން ފައިޒަން ބުނެލިއެވެ.
“އަޅެ….. ނޯ ފައި…… ނިދުނީއޭ މާ ގަދައަށް. ކްލާސް ކުދިން ފާޑެއްގެ ވައިބަރ ގްރޫޕެއް ހަދައިގެން އަނގަ ތަޅަން ފެށީމަ އޮވެވުނީއޭ…” ޔަނާލް މާގަނޑު ދަށުން ނިކުމެ ތުވާލިން ގައި ހިއްކަމުން ބުނެލިއެވެ.
“އެއްވެސް ނޯ އެއް ނޯންނާނެ. މިހާރުވެސް ކިހާ ވަގުތެއް މިދިޔައީ. ނޫޅެން ދާކަށް” ފައިޒަން ރުޅިއައި ކަމަށް ހެދުނެވެ.
“ޕްލީޒް… ޕްލީޒް… ކެންސަލް ކުރިއްޔާ މަރުވެގެން ކަށްވަޅުގައި އޮންނަންވެސް ލާހިކެއްނޫން” ޔަނާލް ދިޔަ ގޮތަށް ފައިޒަން ލައިގެން ހުރި ޓީޝާޓްގައި ހިފައިގަތެވެ.
“ޗީޑި… ހަޑިކުއްޖާ… ދޭ… މުޅިން ތެންމާލީއޭ… ދެންވެސް އަވަސްކުރޭ ބަލަން ނުހުރެ…..” ޔަނާލް ދުރުކޮށްލަމުން ފައިޒަން ބުނެލިއެވެ.
“އޯވް ތެންކިއު. ވަރަށް އަވަސްކޮށްލާނަން އިނގޭ… ސޮރީ…..” ދެވަނަ ފަހަރަށް ޝުކުރު އަދާކުރަމުން ޔަނާލް ފައިޒަންގެ ޓީޝާޓްގައި ހިފައިގަންނަން އުޅުނެވެ.
ޔަނާލް ފާހާނާއަށް ވަނުމުން ފައިޒަން ދެކޮޅަށް ހިނގަންފެށީ ކުދި ކިޔަމުންނެވެ. އިރުކޮޅަކާއި އަތުގައި އޮތް ގަޑިވެސް ބަލާލައެވެ. މިހާރުވެސް އެތައް ވަގުތެއް ފާއިތުވެއްޖެއެވެ.
“މިހާރު ވސް ދިހަ މިނެޓް ވެއްޖެ. ދެން ގުނާނީ ސަތޭކައާއި ހަމައަށް. ނުނިކުތިއްޔާ ނޯ ޗޮއިސް” ފާހާނާއިގެ ދޮރާއި ކައިރިވެލާފައި ފައިޒަން އަޑަށް ބާރުލާފައި ފައިޒަން ބުނެލިއެވެ.
ފައިޒަން ސަތޭކައަށް ވުރެ ގިނައިން ގުނުމަށްފަހު މޫނު ކުނިކޮށްގެން އެނދުގައި އިނީ ކޮޅަށް ހުރެހުރެ ވަރުބަލިވެގެންނެވެ. ޔަނާލް ނިކުމެގެން އައިސް ރީތިވާން ފެށުމުންވެސް ފައިޒަން އިނީ ބަހެއްވެސް ނުކިޔައެވެ.
“ކޯއްޗެއްތަ ތިހޯދަނީ” ބޭރަށް ނިކުންނަން ތައްޔާރުވެގެން ހުރި ޔަނާލް އެނދުގައި ހުރި ބާލީސްތައް އެފުށްމިފުށަށް ޖަހަން ފެށުމުން ފައިޒަން އަހާލިއެވެ.
“ނަސީބެއްނު. އެފެނުނީ ދެންމެގަ” ޔަނާލް ހިންދެމިލަމުން ބުނެލިއެވެ.
“ކޯޗެއްތަ؟ އަދި ލަހުން އައިއްސަ ތަންތަން އެބަ ހޯދައެއްނު” ކޮޅަށް ތެދުވެ ލޯގަނޑުން ބަލަން ހުރެ އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ފައިޒަން ބުނެލިއެވެ.
“ހޯދާނެއްނު… ފާހާނާއިން ނިކުތްފަހުން ފައިގެ އަޑެއް ނީވޭ ވިއްޔާ. މީ އެންގްރީބާރޑެއް ވިއްޔާ” ފައިޒަންގެ އަތުގައި ހިފައިގެން ހުރެ ހީލަމުން ޔަނާލް ބުނެލިއެވެ. ހީލުމުން ޔަނާލްގެ ދޮން މޫނުގެ ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅަށް ބަލަން ފައިޒަންއަށް ހުރެވުނީ ބަސްހުއްޓިފައެވެ.
“ދެން…. ކީއްވެތަ ބޯއީފްރެންޑް ގާރލްފްރެންޑަށް ބަލާ ގޮތަށް ތިބަލަނީ” ޔަނާލް ބުނެލިއެވެ. މާނަވީ ހިނިތުންވުމެއް ޔަނާލަށް ހަދިޔާކޮށްލަމުން އޭނާ ޔަނާލް ގޮވައިގެން ކޮޓަރިން ނިކުތެވެ.
“ވެދާނެއްނު ތިއީ މުސްތަގުބަލުގަ މަގޭ ގާރްލފްރެންޑަށް ވެސް” ކާރަށް އަރާ ހަމަޖެހިލަމުން ފައިޒަން ބުނެލިއެވެ.
“ނޯ…. އަހަރެން…. ފައިގެ ގާރްލްފްރެންޑަށް. ޗީ…. ނެވަރ…” ޔަނާލް އަނގަ ހަދާލަމުން ބުނެލިއެވެ. ފައިޒަން ޔަނާލް ގެ މޫނަށް ބަލާލީ ކޮންމެސް އެއްދުވަހަކުން ޔަނާލް ހާސިލްކުރުމަށް އަޒުމް ކަނޑައަޅަމުންނެވެ.
މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ޝޮޕިންގް ކުރަމުން ގޮސް މެންދުރު ނަމާދަށް ފިހާރަތައް ބަންދުކުރުމުން ފައިޒަން ޔަނާލް ގޮވައިގެން މިސްރާބު ޖެހީ ޕިއްޒާހަޓާއި ދިމާލަށެވެ. ޕިއްޒާއަށް އޯޑަރ ދިނުމަށްފަހު ހަމަޖެހިލިތަނާ ފައިޒަންގެ ފޯނު ރިންގްވާން ފެށިއެވެ.
“މަންމަ… މިގަޑީގަ…” ފައިޒަން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އިރުކޮޅަކުން ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ޔަނާލަށް ބަލާލިއެވެ. ޔަނާލް ބޮލުން އިޝާރާތް ކޮށްލަމުން ވީ ކިހިނެއްތޯ އޮޅުންފިލުވާލިއެވެ.
“މަންމަ އެގުޅީ. ހުޅުލެއަށް ގޮސްބަލާށޯ. މަންމަގެ ރައްޓިއްސެއްގެ ދަރިއެއް ރިސީވް ކުރަން. މަންމަ މީޓިންއެއްގަ އިނީ” ފައިޒަން އޮޅުންފިލުވައިދިނެވެ.
“މިހާރުތަ؟ ނުވެސްކައި ދަނީ” ޔަނާލް ބުނެލިއެވެ.
“ނޫނޭ… ކާލައިގެން ދާނީ. ނަނާ ދާނަންތަ؟” ފައިޒަން ޔަނާލާއި ސުވާލުކޮށްލިއެވެ. ޔަނާލް ބޯޖަހާލިއެވެ.
ހުޅުލެއަށް ފައިބައިގެން ގޮސް ޔަނާލާއި ފައިޒަން މަޑުކޮށްލީ ނިކުންނަ މީހުން ފެންނާނޭހެން އަރިމަތީގައެވެ.
“ލޯޑިންގް” ލޯޑްވަމުން ދިޔަ ފޮޓޮއެއް ޔަނާލަށް ދައްކާލަމުން ފައިޒަން ބުނެލިއެވެ.
“ނަސީބެއްނު ފޮޓޯއެއް ފޮނުވިކަން. އެހެންނޫންނަމަ ކިހިނެއް މިއެންމެންގެ ތެރެއިން އޭނަ ހޯދާނީވެސް” ޔަނާލް ބުނެލިއެވެ.
“ފައިއަށް އެނގޭތަ! ތިހެން އަދި ފޮޓޯއެއް ފެނުނަސް މީހާ އަސްލަށް ފެނުނީމަ ނަނާއަކަށް ނޭނގޭ” މައުސޫމް ގޮތަކަށް ޔަނާލް ބުނެލިއެވެ.
“ނޭނގޭނެއްނު. ތިއީ ދުނިޔޭގައި ހުރި އެންމެބޮޑު އެއްގަމާރު ވިއްޔާ” ޔަނާލްގެ ނިތްކުރީގައި ޝަހަދާތް އިނގިލި ވިއްދާ ފަހަތަށް ކުޑަކޮށް ކޮށްޕާލަމުން ފައިޒަން ބުނެލިއެވެ. ވަގުތުން ޔަނާލް އަނގަ އޫ ކޮށްލިއެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު ހުއްޓުނީ ފައިޒަން ވާހަކަދައްކަން ފެށުމުންނެވެ.
“ނޮޓް ބޭޑް. ނަނާއާއި ވަރަށް ގުޅޭ” ފޯނުން ފެންނަން ހުރި ފޮޓޯ ޔަނާލްގެ މޫނާއި ގާތްކޮށްލަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ފޯނު އަތުލުމަށްފަހު ބަލާލިއެވެ. ފުރަތަމަ ޔަނާލަށް ގޮތެއްވިކަން ކަށަވަރެވެ. ފޮޓޯ އިން ފެންނަން އިން ޒުވާނާގެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައެވެ. އެނގޭ އެއްޗަކީ އެ އަޅިކުލައިގެ ކަޅީގެ ވެރިޔާއަށް ހިތްކިޔައިފިކަމެވެ.
“ނޮޓް މައި ޓައިޕް” ފޯނު ދުރަށްލަމުން ޔަނާލް ބުނެލިއެވެ. ހިތާއި ދެކޮޅަށެވެ.
“އޯވް… ރިއެލީ….ސޯ ޓެލްމީ. ކޮބާތަ ނަނާގެ ޓައިޕަކީ” ފައިޒަން ޔަނާލް އަތުން ފޯނު އަތުލުމަށްފަހު ޖީބަށް ކޮށްޕާލިއެވެ. ހީލަމުން ދުރަށް ބަލާލި ޔަނާލްގެ ދެލޯ ހުއްޓުނީ ކުރިއަށް އަންނަމުން ދިޔަ ޒުވާނާއަށެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރީ އަތްދިގު އަޅި ކުލައިގެ ޓީޝާޓެކެވެ. ތިރިން ލައިގެން ހުރީ މަޑު ނޫ ކުލައިގެ ސްކިނީ އެކެވެ. ބޫޓަށް އަރާފައި ހުރުމުން އިތުރަށް ސްމާރޓް ކަމަށް ދައްކައެވެ. އަވި އައިނު އޮތީ ޓީޝާޓްގެ ކަރުވަޅުގައި އަޅުވާލާފައެވެ. ތުންފަތްމަތީގައި ވަނީ ސީރިޔަސް ކަމެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ކޮންމެސް ވަރަކަށް ސްޕައިކް ކޮށްލާފައެވެ.
“ވާއު….. ” މަޑުމަޑުން ޔަނާލް ބުނެލިއެވެ. ޔަނާލް އިނގިލިން އިޝާރާތް ކޮށްލި ދިމާލަށް ފައިޒަން ބަލާލިއެވެ.
“ހީވަނީއެއް ނޫން. އެއީ އޭނަ” ޔަނާލްގެ ކޮނޑަށް އަތް އެއްލަމުން އެ ޒުވާނާއާއި ދިމާލަށް ފައިޒަން ހިނގައިގަތެވެ.
“އައްސަލާމައަލައިކުމް. އަޅުގަނޑުމެން މިއައީ ކުލްޝޫމް ފޮނުވައިގެން ބޭފުޅާ ރިސީވްކުރަން” ޒުވާނާއަށް އަތް ދިއްކޮށްލަމުން ހީލާފައި ފައިޒަން ބުނެލިއެވެ. ޒުވާނާ ފައިޒަންއާއި ސަލާމްކޮށްލިއެވެ.
“ލެޓްސް ގޯ. ކޮން ނަމެއްތަ ކިޔަނީ” ޔަނާލްވެސް ވަރަށް ރައްޓެހިކޮށް ވާހަކަދެއްކިއެވެ. ކޮނޑުގައި އަޅުވައިގެން ހުރި ދަބަހުގެ ވާގަނޑުގައި ހިފާލައިގެން ހެވިފައި ހުރި ޔަނާލަށް ޒުވާނާ އަވަސް ނަޒަރެއް ދިނެވެ. ހަމައެހާ އަވަހަށް އޭނާ ނަޒަރު ބަދަލުކޮށްލިއެވެ. އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއްވެސް އަދި ރުޅިވެރިކަމެއްވެސް ނުފެނެއެވެ.
“ޔަޒްދާން ކިޔާ އުޅެނީ. ލެޓްސް ގޯ” ކައިރީގައި ހުރި ބްރީފްކޭސް ދަމަމުން ފައިޒަންއާއި ޔަނާލްގެ ކުރީގައި ހުރެ ޒުވާނާ ހިނގައިގަތެވެ. ފަހަތުގައި ހުރި ޔަނާލަށް ބަލާލުމަށްފަހު ފައިޒަން ޔަޒްދާންގެ ފަހަތުން ހިންގައިގަތެވެ. ޔަނާލް ހުރީ ދެލޯ ވަށްކޮށްގެން ޒުވާނާއަށް ބަލަހައްޓައިގެންނެވެ.
“އެޓިޓިއުޑް…. ހުނ… ވަރަށް ފޫހިވޭ…. އަދި ބުނެފިއެއްނު ޔަޒްދާނޭ ކިޔާ އުޅެނީ. ހީވަނީ މަ މީނަޔަށް އެހެން ނަމަކުން ކިޔާފާނޭ” ޔަޒްދާނަށް ހިތުން ކުދި ކިޔަމުން އެދެމީހުން ފަހަތުން ޔަނާލް ހިނގައިގަތެވެ.
ގެއަށް ވަދެގެން އައި ހާރޫން ސޯފާގައި ޖައްސާލީ ވަރުބަލިވެފައި ހުރި ވަރުންނެވެ. ގަޑިއަކީ މެންދުރުގެ އެންމެ ހޫނު ވަގުތެވެ. ޖީބުން ނެގި ރުމާލުން ނިތްމަތިން ހިއްލާފައިވާ ދާތައް ފޮހެލަމުން ހާރޫން ޓީވީ ޖައްސާލިއެވެ.
“ކާން ތައްޔާރުވެފައި ހުރީ. ހިނގާ” ކޮޓަރިން ނިކުތް މާއިރާއަށް ހާރޫން ފެނުމުން އަހާލިއެވެ.
“އެއްވެސް ކުއްޖެއް މިއަދު ކާން ނުނިކުންނަ ދުވަހެއްތަ؟” ހާރޫން އަހާލިއެވެ. އަދި ކަރުގައި އޮތް ޓައީއަށް ދޫކޮށްލަމުން ބެގީވެސް ނައްޓުވާލިއެވެ.
“އެކަކުވެސް ނާދޭ ގެއަށް. އަހަރެން އަންނަމުން އެމީހުންނަށް ގުޅާލިން. އާކިން މުހިއްމު ބައްދަލުވަމަކަށް އެޓެންޑްވާތީއޯ. ޒާކް ވެސް މާބިޒީ އޯ މިއަދު. ރާކް ދެން ޑައިޓްކުރަން ލަންޗް ސްކިޕްކޮށްލައެއްނު” މާއިރާ އޮޅުންފިލުވައިދިނެވެ. އަދި ހާރޫނާއި އެއްހަމައެއްގައި ހުރެ ކާބަޔާއި ދިމާލަށް ދިޔައެވެ.
“ކޮބާ އަހަރެންގެ ނާލް” މޭޒު ކައިރިން ގޮނޑި ދަމާލާފައި އިށީންނަމުން ހާރޫން އަހާލިއެވެ.
“މިހިރީނު އަޅުގަނޑު” އަޑު އައި ދިމާލަށް މާއިރާއާއި ހާރޫން އެކީގައި ބަލާލިއެވެ. ފަހަތުގައި ޝިފާއާއި އެކީގައި ހުރި ޔަނާލް ފެނުމުން ހާރޫންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ޔަނާލްގެ މޫނު ފެނުމުން އަބަދުވެސް ހާރުނަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބެއެވެ.
“އާދޭ ކާން ދަރިފުޅުމެން. ޝިފާ! ކޮބާ އިފްނާއާއި ނާދު. ހެނދުނު ސައިގަޑި ފަހުން އަދި ނުފެނޭ” މާއިރާ އަހާލިއެވެ.
“ދޮންބެދައްތަ ނިދާގަޑިއެއްނު މީ. ނާދު އުޅުނު އަޅުގަނޑު ބޭރަށް ނިކުތްއިރުވެސް” ޝިފާ ކާމޭޒާއި ދިމާލަށް މިސްރާބުޖެހިއިރު ޔަނާލް ދިޔައީ ސިޑިއާއި ދިމާލަށެވެ.
“ނާލް ނުކަނީތަ؟” މާއިރާ ޔަނާލަށް ގޮވާލަމުން އަހާލިއެވެ.
“މަންމާ! މިއަދުވެސް ފައިގަނޑު އަޅުގަނޑާއި ދިމާލަށް ބުނި އަޅުގަނޑު ކޯ ވަރަށް ބޮޑޭ. ބަނޑެއްވެސް ލައިފިޔޭ. އަދި ބުނި މަގުމައްޗަށް ވެއްޓުނަސް ފައިއަކަށް ނުވެސް ނެގޭނޭ. އެހެންވެ އަޅުގަނޑު ނުކާނަން” ސިޑީގެ މެދެއްހާ ހަމައިގާ ހުރެ ޔަނާލް ވާހަކަދެއްކިއެވެ. ހާރޫން ކައިރިއަށް ހިނިއައެވެ.
“ދެން އެކަމަކު. ބްރޭކްގަޑީގައި އެއްވެސް އެއްޗެއް ކެއިންތަ ކޮލެޖުން” މާއިރާ ކަންބޮޑުވެފައި އަހާލިއެވެ.
“އެހެންކިޔާފައި އެ ފައި ދިނީ ޕިއްޒާ ކާން” ތުން އަނބުރާލަމުން ޔަނާލް ބުނެލިއެވެ.
“އަޅާނުލާ މަންމާ. އެހެންދުވަސްތަކަށް ވުރެ ރަނގަޅަށް މިއަދު ނާލް ހެނދުނު ސައިބޮއެ. އެހެންވީމަ މިގަޑީގަ ފޮނުވާލާ. ނާލް ދޭ ރެސްޓްކޮށްލަން. ޝިފައްތަ ގޮވާލާނަން އަސުރަށް” ޝިފާ ލޯތްބާއެކު ބުނެލިއެވެ. މަޑު ދުވެއްޔެއްގައި ޔަނާލް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަންގޮތަށް އޭނާ ޑްރެސިންގްޓޭބަލް ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ރަކިގޮތަކަށް ހީލިއެވެ. މޫނުމަތީގައި އަތް އަޅާލަމުން އެނދުގައި އިށީނެވެ.
“އޯއެމްޖީ…. އެމިން ލަވް…..” މަޑު ހީލުމަކުން ހީލުމަށްފަހު ދެއަތް ފުޅާކޮށްލަމުން ޔަނާލް އެނދުމައްޗަށް ވެއްޓިގަތެވެ.
ބެލްކަނީގައި ކޮފީ މަގެއް ހިފައިގެން ހުރި ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ މަތިމައްޗަށް ހިއްލާލާފައި ހުރި މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާގެ އަޅިކުލައިގެ ކަޅި އެހެންދިމާލަކަށް ހަރަކާތްވެސް ކޮށްނުލައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކޮފީތަށި ބަހައްޓަމުން ލައިގެން ހުރި ޖީބަށް އަތްކޮށްޕާލުމަށްފަހު ފޯނު ނެގިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔަތަނެވެ.
“ޔަޒްދާން! ދައްތަ ހާދަ ގޮވައިފީމޭ. މިތާހުންނާނެ ކަމެއް ނޭނގޭނެއްނު” ކުލްޝޫމް ފެނުމުން ހީލާފައި ޔަޒްދާން އޭނާގެ ފޯނު ޖީބަށްލިއެވެ. އަދި ދެލޯ ކުލްޝޫމަށް ފޮރުވާލަމުން ކަރުނަތައް ހިންދާލިއެވެ.
“ޔަޒްދާންގެ ތިދެލޯ ފެނުނީމަ ކޮންމެފަހަރަކު ދައްތަ ދަނީ ސިހިގެންދަނީ. ތީ ހަމަ ލިލީގެ ދެލޯ” ކުލްޝޫމް ބުނެލިއެވެ.
“ދައްތަމެން އަބަދުވެސް ބުނަމެއްނު ތިހެން” ހިނިތުންވެލަމުން ޔަޒްދާން ބުނެލިއެވެ.
“ހިނގާބަލަ. ވާހަކައެއް ދައްކަންވެގެނޭ ހޯދީ. އެވާހަކަ ދެއްކޭނީ ފައިޒަން ވެސް ކައިރީގައި ބައިންދައިގެން. ރިޔާޒްބެވެސް އެބައިން އިންތިޒާރުގަ” ކުލްޝޫމް ފަހަތުން ޔަޒްދާން ކޮޓަރިން ނިކުންނަން ހިނގައިގަތީ ހުސްނުވެ ހުރި ކޮފީތަށި ހިފައިގެންނެވެ. ރިޔާޒްގެ ނަން ބުނުމުން އޭނާއަށް ފާޑެއްގެ ގޮތެއްވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





salaam!good morning
mi bai ves huriha kudhinnah kamudhaane kamah ummydhu kuran.
have a nice day 🙂 🙂
V reethi, next part kiyaalan libeynee kon dhuvahakun