ލޯންޗު ކަނޑިންމައިން ނިކުތުމުން ޒޯޔާމެން ގެއަށްދާން ހިގައިގަތެވެ. އެވަގުތު އިވުނު ބާރުގަދަ އަޑުފަށްގަޑުން ޒޯޔާމެންނަށް ސިއްސައިގެން ގޮސް އަޑުއައި ދިމާލަށް ބަލައި ލެވުނެވެ. ފެނުނު މައްޒަރުން ޒޯޔާގެ ފައިން ވާގިދޫވެގެން ހުރިތަނަށް ތިރިވެވުނެވެ.
ރީނާއާއި ފާޒިޔާއަށް ވެސް ވީ ޒޯޔާއަށް ވީވަރެވެ. އެދެމީހުންނަށް ވެސް ޒޯޔާ އާއި އެއްހަމައެއްގައި އިށީދެވުނެވެ. ޒޯޔާ ރޮއެގަނެފަ ފާޒިޔާ ގައިގައި ބައްދައިގަތެވެ. އަދި އެއްއަތުން ޒުލޭޙާމެން ދިޔަ ލޯންޗާއި ދިމާލަށް އިޝާރަށް ކުރަމުން ދިޔައެވެ.
އެލޯންޗުގައި ވަނީ ހުޅުހިފާފައެވެ. އެވަގުތު އެތާހުރި މީހަކު ކޯސްޓުގާޑަށް ގުޅިއެވެ. އެމީހުން އަންނަށް އިރުކޮޅެއް ނަގާނެކަމަށް ބުނުމުން އެމީހާ ފޯންކަޑައިލިއެވެ. އެތަނުގައި އެވަގުތު ތިބި މީހުން ޒޯޔާމެންނާއި ގާތްވެ އެމީހުންނަށް ހިތްވަރު ލައިދެވޭތޯ އުޅެއެވެ. ޒޯޔާ މޮޔައެއްހެން މަންމައަށްށާއި ބައްޕައަށް ގޮވަމުން ދިޔައެވެ. އެތާތިބި މީހުންނަށް ޒޯޔާ ހިފަހައްޓައި ލެވެނީ ކިރިއާއެވެ. ރީނާވެސް ރޮނީއެވެ. ފާޒިޔާ އާއި ދިމާލަށް ޒުލޭޙާ ބުނިބަސް ފާޒިޔާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ކޯސްޓުގާޑުގެ މީހުން އައިސް އެ ލޯންޗުގައި ހިފާފައި ހުރި އަލިފާންގަނޑު ނިއްވައިލިއެވެ. އޭގެތެރޭގައި ތިބި 4 މީހުންގެ ފުރާނަ ނެތް މަސްގަނޑު ނެރެގެން އެމީހުން އައި ލޯންޗުގައި ގެނެސް އެވަގުތު އެތަނަށް އައިސް އޮތް ރަށު ހެލްތުސެންޓަރުގެ އެންބިއުލާސް އަށް އެރުވިއެވެ. އެވަގުތު ޒޯޔާއަށް އޭނާގެ މައިންބަފައިންގެ މޫނު ފެނުނެވެ. ޒޯޔާ އަބުރައިގަނެގެން ވެއްޓެން ދިޔަވަގުތު އެތާތިބި މީހުން ޒޯޔާ ހިފެހެއް ޓިއެވެ. އަދި އޭނާވެސް ހެލްތުސެންޓަރަށް ގެންދިޔައެވެ. ފާޒިޔާއާއި ރީނާ ހެލްތަށް ދިޔައިރު ޒޯޔާ އޮތީ އެޑްމިޓު ކޮށްފައެވެ. ޒޯޔާމެން ކަފުން ކޮށްފައި އޮތްއިރު މޫނުބަލަން މީހުން ވަންނަމުން ދިޔައެވެ. އެމީހުން ހަށިގަނޑު އެއްކޮން ވަނީ ފިހިފައެވެ. އެތަނުގައި ތިބި އެންމެ ލޯތަށް ވަނީ ކަރުނުން ތެމި ފޯވެފައެވެ. ޒުލޭޙާމެންގެ ކަށުނަމާދު އޮތީ މެންދުރު ނަމާދަށް ފަހުއެވެ. ޒުލޭޙާމެން ވަޅުލުމުން ރީނާއާއި ފާޒިޔާ ޒޯޔާ ކައިރިއަށް އައެވެ. ޒޯޔާ ހޭއެރީ އެދުވަހު ހަވީރުގެ ވަގުތުއެވެ. ހޭއިރި ގޮތަށް ޒުލޭޙާއަށް ށާއި ފާރޫގް އަށް ގޮވަން ފެށިއެވެ. ނަރުސް ކުއްޖަކު އައިސް ޒޯޔާއަތަށް ދެ އަންގޮތްޓި ލައިދިނެވެ. އެއީ އޭނާގެ މަންމައާއި ބައްޕަ އަތުގައި ކައިވެނީގެ ނިޝާނެއްގެ ގޮތުގައި އަޅާފައި އޮތްނަ އަންގޮތްޓިއެކެވެ. ޒޯޔާ އެ ދެއަންގޮޓީގައި ބޮސްދެމުން ދިޔައެވެ. އެއީ އޭނާގެ މަންމައާއި ބައްޕަގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ފަހު ނިޝާނެވެ.
ޒޯޔާ ގެއަށް ދޫކޮށްލީ އެރޭގެ ވަގުތެއްގައެވެ. ފާޒިޔާ ޒޯޔާ ގެންދިޔައީ ފާޒިޔާގެ ގެއަށް ށެވެ. ޒޯޔާ އޭނާގެ ގޭގައި ހުރެއްޖެނަމަ ޒުލޭޙާމެން މަތިން މާބޮޑަށް ހަދާން ވާނެތީއެވެ. ޒޯޔާއަށް އެއްޗެއް ކާންދެން އުޅުން ނަމެވެސް އެކަން ވީ ނާާކާމިޔާބެވެ. ފެންފޮދެއް ފިޔަވައި ޒޯޔާގެ އަރުތެރެއަށް އެކަށްޗެއްވެސް ނުލައެވެ. ޒޯޔާގެ އެހާލު ފެނި ރީނާއަށްވެސް ކެއްނުވެއެވެ. ޒުލޭޙާ ފާޒިޔާ ކައިރީ އެދިފައިވާ ގޮތަށް ޒޯޔާ ރަނގަޅަށް ބަލައިދިނުމަކީ މިހާރު ފާޒިޔާގެ ޒިންމާއެކެވެ. ޒޯޔާ އަކީ ޒުލޭޙާ އޭނާއަށް ހަވާލުކުރި އަމާނާތެކެވެ.
ދެމަސް ދުވަސް ވޭތުވެގެން ދިޔައިރުވެސް ޒޯޔާ އަށް ބަދަލެއްނާދެއެވެ. ޒޯޔާގެ ހަށިގަނޑު ގައި ވަރެއް ނުހުރެވެ. ކުރިއަށް ވުރެ ޒޯޔާ ހިކިއްޖެއެވެ. އެމޫނުގެ ތާޒާކަން ހިގައްޖެއެވެ. ފާޒިޔާ މިކަމާ ވަރަށް ދެރަވިއެވެ. ” ދަރިފުޅާ ޒޯޔާ.. ދަރިފުޅު ތިގޮތަށް އުޅޭތީ ކުޑަމަންމަ ވަރަށް ދެރަވެ .. މަންމަ ބޭނުމެއް ނޫން ދަަރުފުޅު ތިހާލުގައި އުޅޭތަންް ބަލާކަށް … މިހާރު ދަރިފުޅު އޮފީހަކަށް ދަނީ ކިއްޔެއް ނޫން.. ރަނގަޅަށް ކަނީ ކިއްޔެއް ނޫން .. ދަރިފުޅަކީ ޒުލޭޙާ އަހަރެން ނަށް ހަވާލުކޮށްފައިވާ އަމާނާތެއް .. ” ފާޒިޔާ ރޯން ފެށުމުން ޒޯޔާއަށް ކެތެއް ނުކުރެވުނެވެ. ” ކުޑަ މަންމާ އަހަރެން ދެން ހިތްވަރު ކުރާނަށް … ކުޑަމަންމަ ތިހެން ރޯތަން ބަލަން އަހަރެން ނަށް ކެތެއް ނުވާނެ… ” ފާޒިޔާ ގައިގައި އޮޅުލައި ގަންނަމުން ޒޯޔާ ބުނެލިއެވެ. ފާޒިޔާ ޒޯޔާ ބޮލުގައި ފިރުމާލިއެވެ.
އޭގެ އެނެއް ދުވަހު ފަތިހު ތެދުވެ ފަތިސް ނަމާދު ކޮށްގެން މަންމަ އަށްށާއި ބައްޕައަށް ސުވަރުގޭގެ ރަހުމަތް ލެއްވުމަށް އެދި ﷲ ހަޒުރަތުގައު ދުޢާ ދެންނެވިއެވެ. ޒޯޔާ އޮފީހައްދާން ރެޑީވިއެވެ. ޒޯޔާ ރެޑީވެގެން ނިކުތުމުން ރީނާ އުފަލުން ގޮސް ޒޯޔާ ގައިގައި އޮޅުލައިގަތެވެ. ” ތޭންކުސް ޒޯ .. ” ރީނާ އުފަލުން ބުނެލިއެވެ. ޒޯޔާ ހީލިއެވެ. އަދި ރީނާ އަތުގައި ހިފައިގެން ގޮސް ކާގެއަށް ވަދެ ސައި ބޯންފެށިއެވެ.
އޮފީހައްގޮސް ސައިންވެލުމަށްފަހު ޒޯޔާ ގޮސް ކެބިން އަށް ވަނެވެ. ޒޯޔާ ފެންނަ ކޮންމެ މީިހަކު ޒޯޔާ އަށް ހިނިތުން ވުމެއް ރައްދުކުރަމުން ދިޔައެވެ. ޒޯޔާވެސް ރައްދުގައި އެމީހުންނަށް ހިނިތުން ވެލައެވެ.
ދުވަސް ތަށް ވަމުންދާވަރަކަށް ޒޯޔާވެސް ކުރިއެކޭ އެއްފަދައިން ހީސަކަރެއް ޖަހާ ހަދަން ފެށިއެވެ. މީހާރު ކުރިއެކޭ އެއްވަރަށް ރޫފަވެސް ރީތިވެއްޖެއެވެ. ހުކުރު ދުވަސް ކަމުން ރީނާ އާއި ޒޯޔާ މެންދުރު ކައިގެން އައިސް ސޯފާގައި ޓީވީއިން ދައްކަމުން ދިޔަ ހިންދީ ޑުރާމާއެއް ބަލަން ތިއްބެވެ. “މަންމަގެ ރަޙުމަތްތެރި އަކު އުޅޭނެ ކާށިދޫގައި އޭނަ މިއަދު ގުޅާފަ ބުނި މާދަމާ އަންނަށް ވީނުއްހޯ .. ޢިީދު ކުޅިވަރު ބަލަން .. ދެން އޮތީ ޢީދު އަންނަށް އެންމެ ހަފްތާއެއް .. ދަރިފުޅު މެން ދާނަންތަ … ” ފާޒިޔާ އައިސް ސޯފާގައި އިށީއްނަމުން ދުފާފޮށި އުގުމަތީ ބަހައްޓަމުން ދުފަމުން ވާހަކަ ދެއްކިއެވެ. “މަންމަ .. ގޮސްލާފަ އަންނަށް ދޭ … އަހަރުމެން ނަށް ދެވޭކަށް ނެތް .. މިފަހަރު ޢީދުގައި މިރަށަށް އަންނަ މެހެމާނުން ބެލުމުގެ ކަންތައް ހަވާލުވެފަ އޮތީ އަހަރު މެންނަށް … ” ރީނާ ބުނެލިއެވެ.
ފާޒިޔާ އޭގެ އެނެއް ދުވަހު ހަވީރު ފަހެއް ޖެހިއިރު ކާށިދޫ އަށް ފުރައިފިއެވެ. ރީނާމެން ގެއަށް އައިސް ތިބީ ފޫހިވެފައެވެ. ކުރާނެ ކަމެއް ނެތުމުން ޒޯޔާމެން ފިލްމެއް އަޅުވައިގެން ފިލްމެއް ބަލަން ތިއްބެވެ. ވަގުތު ދިޔަ ނުދިޔަ ގޮތެއްވެސް ނޭގުނެވެ. މަޢުރިބު ނަމާދަށް ބަންގި ގޮވުމުން ދެމީހުން ވުޞޫ ކޮށްލައިގެން ނަމާދަށް އެރިއެވެ.
އޮފީހުގައި އަވަދި ނެތި މަސައްކަތުގައި އުޅެނިކޮށް އޮފީހުގެ މުއައްޒަފަކު އައިސް ރީނާމެން މީޓިން ރޫމަށް ދިއުމަށް ބުނުމުން ދެކުދިން މީޓިން ރޫމަށް ގޮސް ވަނެވެ. “އެމީހުން ކުރިން އަންނަށް އޮތް ތާރީޙަށް ވުރެ ކުރިން އައްނާތީ އެކަންް އަންގާލަން ވެގެން މި ގެނައީ … މީގެ ދެދުވަސް ފަހުން އަންނާނެ ކަމަށް ބުނުއްވީ … ” އިސްމާއިލް ޒޯޔާއަށްށާއިި ރީނާއަށް އަންގަން ބޭނުއްވި މައުލޫމާތު ވަރަށް ސާފު ކޮށް ބުނެ ދިނެވެ.
ޒޯޔާމެން އޮފީސް ނިއްމާފައި ގެއަށްގޮސް އެދުވަހު ހަވީރު ޒޯޔާމެން ގެއަށް ދިޔައެވެ. އެއީ ޒޯޔާމަންމަ އާއި ބައްޕަ ނިޔާވިފަހުން އެގެއަށް ޒޯޔާ އައި ފުރަތަމަ ފަހަރެވެ. ރީނާ އާއި ފާޒިޔާ އެގެއަށް އައިސް ބޭރު ގޯތި ކުނި ކަހާ ގަސްތަކަށް ފެންދޭތީ ބޭރު ގޯތި ތެރެ ވަރަށް ރީއްޗެވެ. ގޭގެ ދޮރާށިން ވަދެވުމުން ޒޯޔާއަށް އޭނާގެ މައިންބަފައިން ހަދާންވެ ރޮވެން ފެށިއެވެ. ނަމަވެސް ރީނާ ކެއްތެރި ވުމަށް ބުނުމުން ޒޯޔާ ކެއްތެރި ވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ދެމީހުން ގޭގެ ތެރެއަށް ވަދެ އެތާހުރިފަޑު އަލި ގަދަ ކޮށް ލިއެވެ. މުޅި ގެ ވަނީ ހިރަފުސް ވެފައެވެ. ޒޯޔާމެން ސަކަރަތް ޖަހަމުން ގޭ ސާފުކޮށް ނިމުންއިރު އިރުއޮތްސިއްޖެއެވެ. ރީނާއާއި ޒޯޔާ އެގެ ރަނގަޅަށް ތަޅު ލުމަށް ފަހު ސްކޫޓީ އަށް އަރައިގެން ރީނާމެން ގެއަށް ދިޔައެވެ. އަދި އަވަހަށް ފެންވަރައިލައިގެން ނަމާދުވަގުތު ވެފައި ވުމުން ނަމާދު ކޮށް ލިއެވެ.
އޭގެ އެނެއްދުވަހު އިރު އޮތްސުނު ވަގުތެވެ. ޒޯޔާމެން ރެޑީވަމުން ދިޔައީ ޢީދަށް އެރަށައް އައި މެހެމާނުން ބަލައި ދާންށެވެ. ރީނާ ރެޑީވެގެން ނިކުތުމުން ފުރަތަމަ އެމީހުން ދިޔައީ ސްކޫޓީ ގައި ޒޯޔާމެން ގެއަށް ށެވެ. އެގެއަށް ޒޯޔާމެން ވެސް ބަދަލުވީއެވެ. އެދުވަހު ހޮޓަލުން ގަނެގެން ގެނަ ހެދިކާތަށް ތަށިތައްޓަށް އަޅައި ތައްޔާރު ކުރުމަށް ފަހު ހިގާލާފައި ބަދަރަށް ދާން ނިކުތެވެ. އެވަގުތުގެ ގޮތުން ޒޯޔާމެން ބަދަރަށް އައި އިރު ބަދަރުގައި މީހުން ތަންކޮޅެއް ގިނައިން އުޅެއެވެ. އެދެ މީހުން މަޑުކޮށްލީ އެތަނުގައި ހުރި ރުކެއް ކައިރީއެވެ. އެހާ ގިނައިރު މަޑުކޮށްގެން ތިބޭކަށް ނުޖެހުނެވެ. ބަދަރަށް ވަދެގެން އައު ބޮޑު ލޯންޗު އައިސް ވާޓަރު ކައިރި އަށް ކައިރި ކޮށްލިއެވެ. ޒޯޔާމެން މަޑުމަޑުން އެ ލޯންޗާއި ދިމާލަށް ހިގައިގަތެވެ. އެ ލޯންޗުން ފޭބި ދެ ފިރިހެން ކުދިން ފެނިފައި ޒޯޔާއި ރީނާއަށް އާޝޯހުވެފައި ބަލަހައްޓައިގެން ތިބެ ވުނީ އެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.




Nice ashly. Keep the good work up. If you try hard you will become a successful writer. Insha allah. Tcly.??????❤❤❤??????
Alhe haadha haa kurey..dhn faharakun dhigu kohla dheh chey…ekamakuves vaahaka hamaa varah reethi..
me first dhw..!! stry varah salhi.. when next part..??
Yeah dhw… Ur first… Nd thanks… Isha Allah tomorrow ❤❤
Alheyyy vrh lwbi mi prt vx ??????????????????❤❤❤kon irakun nxt bro..avahah up kohdhehchey..curiously waiting
Vvvv reethi… when nxt prt..
Thank u scarlet … ❤❤
When next part ash dear.. ❤️❤️ loved this chapter its marvellous ??
Tomorrow … Thank you To ❤❤
Welcome dear❤️❤️❤️ waiting eagerly for the next part ?
Vrrh reethi ummeedh kuran kuri ah huri hurihaa part thah vex miha furihama vaane kamah..Alhe ashly haadha molheyy.. U r very good story writer..Dhuvahaku vex nudheken thihaa molhu kuhjje..Abadhuvexx vhka liye ulhenthrrr…??❤❤????????❤?????
Thanks Luloo … School ga ulhun iru liyuni again I started … ❤❤❤???
Ash Koniraku up kurany aneh chapter
Today
Ohh thanx a lot… Cant wait u know ehnve anehkaa ves ahaaly
V v loabi mi vaahaka….. Waiting for next part…. ??????
alhey kobaatha next part….waiting waiting waiting …
Ash than kolheh busy koh ulhey thi … Ekam v avahah up kuraanah
e 2 boy kudhin fenuneh kamaku faint nuvahchey.. rashah alah ai kudhin kolhu receive dhiya kudhin hospitalah dhaan jehihjeyaa kihaa fulha..
Aa dhow … @ ????
darling today or tom ga
Ashhh….miadhu up eh nukureveynetha????
nuh…. cheryy blossom… ash fonu vaifin mirey vaguthaku kiyaalan libeyne …???
Koniraku next part? Vaahaka kiyaahithun kehmadhuvefa
Adhives vaahaka up nuvany tha alhe… ??.. Do something
Kn iraku vahaka up kola dheyne….first ah viyas vara salhi❤❤❤
yeah she said last nyt ga libeyne but nulibe adhi vex nulibe
Yeah I told… But they did not publish … I already called them… They said …. they will check…. And publish
Waiting……
❤❤❤❤❤
When is next part? Haadha lahey.. v kiyaa hithun mi inany aneh part..