
ވިންދޭ ލޯބި ތީ އެދޭ 25
ލަވަ ކިޔަމުންދިޔަ ވަރަކަށް ހިތަށް ކޮށްފައިވި އަސަރަކުން އިއާންގެ އަސަރުގަދަ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުރިއެކޭވެސް އެއްފަދައިން އިއާން އެދަނީ އޭނަގެ ހިތުގެ ޝަކުވާ ލަވައެއްގެ ސިފައިގައި ބޭރުކުރަމުންނެވެ. އިއާން އެރޭ ނިދަން އޮށޯތީވެސް އެތައް އިރަކު އެގޮތުގައި އެތަނުގައި ހުރުމަށްފަހުއެވެ. ނިދަން އޮށޯތުމަށްފަހުވެސް އިއާންއަށް ނިދުނީ އެތައް އިރެއް ފަހުންނެވެ. މިންހާގެ އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. އިއާިިންގެ ލޮލަށް ނިދި ސަވާރުވީވެސް މިންހާގެ ޚިޔާލުތަކުގައި ވަނިކޮށެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ނިދާފައި އޮތް އިއާންއަށް ހޭލެވުނެވެ. ކަންނެތްކަމާއެކު ދެލޯ ހުޅުވާލުމަށްފަހު އެނދުން ތެދުވިއެވެ. ރޭގަ ރަނގަޅަށް ނިދޭ ގޮތް ނުވުމުން ލޮލުގަ އާއި ބޮލުގައި ރިހުމެއް އުފެދިފައިވިއެވެ. އެހެނަސް އިއާން ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި ފާޚާނާއަށްވަދެ އަވަހަށް ތައްޔާރުވެލިއެވެ. ތައްޔާރުވެގެން މިސްކިތަށް ދާން ނުކުންއިރު އޭނަގެ ބައްޕަވެސް ކޮޓަރިން ނިކުންނަނީއެވެ. ދެބަފައިން އެކަކު އަނެކަކަށް ހިނިތުންވުމެެއް ހަދިޔާކުރުމަށްފަހު އެކުގައި މިސްކިތައް ދިޔުމަށް ހިނގައިގަތެވެ. ފަތިސް ނަމާދު ކޮށްލައިގެން އައިސް ބޮލުގައި އަދިވެސް ރިއްސަމުން ދިޔުމުގެ ސަބަބުން އިއާން ގަސްތުކުރީ ނިދާލުމަށެވެ. އެހެންކަމުން ނަމާދުން އައިސް އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ. މިފަހަރު މާގިނައިރު ނުވަނީސް އިއާންގެ ލޮލަށް ނިދި ސަވާރުވެެއްޖެއެވެ.
ހެނދުނު ހޭލައިގެން މިއަދުވެސް މިންހާ އާދައިގެ މަތިން ސައި ތައްޔާރު ކުރުމުގައި މަންމަމެނަށް އެހީތެރިވުމަށް ތިރިއަށް ފޭބިއެވެ. ރޭގަ ލަހުން ނިދުމުގެ ސަބަބުން އޭނައަށް ހޭލެވުނީ ކުރިއާއި ބަލާފަ ލަހުންނެވެ. ކަޅު ކުލައިގެ ފޮތިގަނޑެއްގައި ގަދަ ނޫ ކުލައިގެ މާތަކެއް ކުރެހުން އެކުލެވިފައިވި ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ ހެދުމެއް ލައިފާހުރިއިރު ތިރިން ލައިފައިވަނީ ކަޅު ކުލައިގެ ލެގިންސެކެވެ. އާދައިގެ ތިނެސްކަން ބުރުގަލެއް އަޅާފައިވާއިރު އެ ކަޅު ބުރުގާގެ ތެރެއިން މިންހާގެ ދޮން މޫނު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ސިޑިން ތިރިއަށް ފޭބި މިންހާގެ މިސްރާބަކަށްވީ ބަދިގެއެވެ. ބަދިގެއަށް ގޮސް ވަންއިރު މަންމަ އާއި ދޮންބެދައްތަ ރޮށި ފިހެ ނިންމާލައިފިއެވެ. ” ގުޑް މޯނިން މިންނު… ދޮންބެދައްތަ ހީކުރީ މިއަދު މިންނު ނާންނަނީ ކަމަށް… ތަންކޮޅެއް ލަހުން ހޭލެވުނީ ދޯ… ” މައިޝާ ހިނިތުންވުމެއް ރައްދުކުރަމުން މިންހާއާ ވާހަކަ ދެއްކިއެވެ. ” ގުޑް މޯނިން ދޮންބެދައްތާ… އާނ… ތަންކޮޅެއް ލަހުން ހޭލެވުނީ މިއަދު… މަންމާ ކޮންއެއްޗެއްތަ ތައްޔާރު ކުރަނީ މިއަދު… ” މިންހާ ބުނެލިއެވެ. ” މިއަދު ގްރީން ޕީސް ހަދަން ކަމަށް މިވިސްނަނީ… ދަރިފުޅާ މައިޝާ… މިތައި ކައިރި ފިހާރައަކުން އެކަހަލަ ދަޅެެެެެއް ގަނެގެން އަންނަން ދޭބަލަ… މަންމަ އެއްޗެހި ކޮށާ ތައްޔާރުކޮށްލާނަން… ” ކިޔަމަންތެރިކަމާއެކު ބޯ ޖަހާލަމުން މައިޝާ ބަދިގެއިން ނިކުމެ ފިހާރައަށް ދިޔުމަށް އަވަސްވެގަތެވެ. ނާހިދާ ފިޔާ އެއްޗިހި ކޮށަން ފެށުމުން މިންހާ ކާކޮޓަރިއަށް ގޮސް މޭޒު މައްޗަށް ތަށިތައް ދޮވެފައި ލާން ފެށިއެވެ.
އަޝްރާ ގޭތެރޭގެ ބައެއް ކަންކަމުގައި އޭނަގެ މަންމައަށް އެހީތެރިވެދިނުމަށްފަހު ބަގީޗާއަށް ނިކުމެލިއެވެ. ފެހިކަން ގަދަ ގަސްތަކުގައި އެކި ކުލަ ކުލައިގެ މާތައް ފަރިވެ ފޮޅިފައިވާއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މުޅި މާހައުލުގައި ވަނީ އެމާމަލުގެ ލުއި މީރުވަސް ހިފާލާފައެވެ. އަޝްރާ އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ފެން ހޮޅިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފެން ހޮޅި ގުޅާފައި އިން އިސްކުރު ދޫކޮށްލުމަށްފަހު އަޝްރާ ގަސްތަކަށް ފެން ދޭން ފެށިއެވެ. ފެން ދެމުންދިޔަ އަޝްރާގެ ސިކުނޑީގައި އޭރު ދައުރުވަމުން ދިޔައީ އޭނަގެ ދޮންބެގެ ޚިޔާލުތަކެވެ. އިއާންގެ ހިތުގައި ޖެހޭނެވަރު ހިތަށް އެރުމުން އަޝްރާގެ މޫނު މަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. ލޯބިވާކަން ހާމަނުކުރެވޭ އިރުވެސް އިއާން އުޅެމުން ދިޔައީ އެފަދަ ހާލެެއްގައެވެ. ލޯބިވާކަން ހާމަކުރުމުންވެސް އިއާންއަށް ލިބިގެން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ. އެހެނަސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ މިންހާގެ ނަޒަރިއްޔާތުން ވިސްނާނަމަ އަޝްރާއަށް މިންހާ ގޯސް ކުރެވޭކަށްވެސް ނެތެވެ. އަނެއްކޮޅުން އަމިއްލަ ދޮންބެ އެފަދަ ހާލެއްގައި އުޅޭތަން ދެކޭކަށްވެސް އޭނައަކަށް ފަސޭހައެއް ނޫނެވެ.
”ޕޮއް… ” ޚިޔާލުތަކަށް ގޮސް ގެއްލިފައި ހުރި އަޝްރާ ނާއިލް އައިސް ފަހަތުން އޭނާ ސިއްސުވާލުމުން ސިހިގެން ގޮސް ފެން ހޮޅި ވިނަގަނޑު މައްޗަށް ވެޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ނާއިލްއަށް ކުރިމަތިލީއިރު ނާއިލް ހުރެގެން ބާރަށް ހެނީއެވެ. ” އަދިވެސް ތިދެލޯ ކުޑައީތަ ބޮޑު ތިކުރަނީ… ހެހެހެ… ” ހެމުން ހެމުން ނާއިލް އަޝްރާ އާ ދިމާކޮށްލިއެވެ. ” ނާއިލް… ހުރެބަލަ ހެވޭކަން ދައްކާލާނަން… ” ދަތްކުނޑި ވިކާލަމުން ވިނަގަނޑު މަތީގައި އޮތް ފެން ހޮޅި ނަގައި އަޝްރާ ނާއިލްއާ ދިމާލަށް ހޮޅި ދިއްކޮށްލިއެވެ. އެއާއެކު ފެންތައް ނާއިލްގެ މުޅި ގަޔަށް ބުރައިގެން ދިޔައެވެ. އަޝްރާގެ ހަރަކާތްތައް އަވަސްކަމުން ނާއިލްއަށް ސަލާމަތްވާން އެއްވެސް ކަމެއް ނުކުރެވުނެވެ. އޭރު އަޝްރާ ފެން ހޮޅި ހިފައިގެން ހުރެ ބާރު ބާރަށް ހެމުން ދިޔައެވެ. ” އަޝްރާ…” ނާއިލް އަޝްރާގެ ނަމުން ބާރަށް ގޮވާލުމަށްފަހު އަޝްރާގެ އަތުގައި އޮތް ފެން ހޮޅި ގަދަކަމުން އަތުލިއެވެ. އެއާއެކު ނާއިލްގެ ގާތުން ސަލާމަތްވުމަށް އަޝްރާ ދުއްވައިގަތެވެ. އެހެނަސް ނާއިލް އެއަށްވުރެ މާ ހުޝިޔާރެވެ. އަޝްރާގެ ފަހަތުން ދުވެފައި ގޮސް އޭނާ ހިފަހައްޓާ ނާއިލް އަޝްރާގެ ގަޔަށް ފެން ޖެހިއެވެ. މުޅި މާހައުލުގައިވީ އެދެކުދިންގެ ސަކަރާތުގެ އަޑެވެ. އެވަގުތު އެގޭ ދޮރު މަތިން ހުރަސްކުރި ޝާއިފަށް އަޝްރާ އާއި ނާއިލްގެ ހުނުމުގެ އަޑުއިވުނެވެ. ނަސީބު ދިމާކުރި ގޮތުން ބޮޑު ދޮރުވެސް ހުރީ ރީތިކޮށް ނުލައްޕާކަމުން ޝާއިފް އެދޮރާއި ކައިރިވެލާ ކުރިއަށްވުރެ ބޮޑަށް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެއާއެކު ބަގީޗާގައި އެކަކު އަނެކަކާ ހީ ސަމާސާކުރަމުން ދިޔަ އަޝްރާ އާއި ނާއިލް ފެނި ޝާއިފްގެ ލޭ ކެކިގަތެވެ. އޭނާ ކަނޑައެޅިގެން ނާއިލްއާ ގުޅުން ކަނޑާލަން ބުނުމުންވެސް އަޝްރާ އޭނައަށް ސިއްރުން ގޭތެރޭގަ އާއި އޭނައަށް ނުފެންނައިރު ނާއިލްއާއެކު ވަގުތު ހޭދަކުރާކަން އިނގުމުން ޝާއިފްގެ ދެއަތް މުށްކެވިގެން ދިޔައެވެ. މޫނު މަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެންނައިރު ދަތްޕިލަ ވަނީ ޖައްސާ ބާރުކޮށްލެވިފައެވެ. އިރުކޮޅަކު އެދެމީހުންގެ ސަކަރާތްތައް ބަލަން ހުރުމަށްފަހު ޝާއިފް އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ގޯތިތެރޭގައި މާ އަޑުގަދަވުމުން އަރީފް އާއި އާސިމާވެސް ބޭރަށް ނިކުމެލިއެވެ. ” ދަރިފުޅާ އަޝޫ… ނާއިލް… ސާބަސް އިނގޭ ދެކުދިންނަށް… ހެހެހެ… ” އަޝްރާ އާއި ނާއިލް ސަކަރާތް ޖަހާތަން ފެނި ހެމުން ހެމުން އާސިމާ ބުނެލިއެވެ. އަރީފްވެސް އެދެކުދިންގެ ހަރަކާތްތައް ފެނުމުން ހޭންފެށިއެވެ. ” މަންމާ… ބައްޕާ… ނާއިލް އަޅުގަނޑު… ރީތިކޮށް… ގަސްތަކަށް… ފެން ދޭން ހުއްޓަ… އައިއްސަ ޕޮއް ގޮއްވާލީ… ” ދުވެދުވެ ވަރުބަލިވެފައިވި އަޝްރާ ބެންޗެއްގައި އިށީންނަމުން މާނޭވާ ލެވޭހާލު ވާހަކަ ދެއްކިއެވެ. ”އާސިމާއްތާ… އަރީފްބޭ… އަޝްރާ ފުރަތަމަ ފެން ޖެހީ… ” ފެން އިސްކުރު ބަންދުކުރަމުން ނާއިލްއަށްވެސް ވާހަކަ ދެއްކުނީ މާނޭވާ ލަމުންނެވެ. ” ހެހެހެ… ތީ އަބަދުވެސް ތިދެކުދިން އެއްތަންވެއްޖެނަމަ ވާގޮތެއްނު… ދެން ދޭ އަވަހަށް ދެކުދިން ތެތް އެއްޗެހި ބަދަލުކުރަން… މިހާރުދެން މިވަގުތަށް ވާވަރަށް ސަކަރާތްޖެހިއްޖެ… ހެހެހެ… ” ލައިގެން ހުރި ކަޅު ކުލައިގެ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން މަޑު ހުނުމަކާއެކު އަރީފް ވާހަކަ ދެއްކިއެވެ. އެއާއެކު ދެކުދިންވެސް ހެމުން ހެމުން ބޯ ޖަހާލިއެވެ. ނާއިލް ގެއިން ނިކުތުމާއެކު އަޝްރާވެސް ގޭތެރެއަށް ވަނެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހެމުން ހެމުން އަރީފްއާއެކު އާސިމާވެސް ގޭތެރެއަށް ވަނެވެ.
” ނާއިލް… ތިއޯ…. ދެންމެ ވާރެ ވެހުނީތަ… ” ގޯތި ތެރޭގައި ތެތް އެއްޗެހިތައް ރޯނުގައި ހިއްކަން އަޅަން ހުރި ނަޝްފާއަށް ތެމިފައިހުރި ނާއިލް ފެނުމުން ބުނެލެވުނެވެ. ” މީ އެއުޅޭ އަޝްރާގެ ކަންތަކޭ… ސިއްސުވާލީމަ އޭނަވެއްޖެ އަހަރެން ގަޔަށް ފެން ޖަހަން… ވަރެއްގެ ކުއްޖެއް… ” މޫނަށް ވައްތަރެއް ޖައްސާލަމުން ނާއިލް ބުނެލިއެވެ. ” އެހެންނުވާނީ އަޝޫ ފެންނައިރަށް ކޮންމެވެސް ޖެއްސުމެެއް ކުރަންޏާ… ” އޭނަގެ މަސައްކަތް ކުރިއަށް ގެންދަމުން ނަޝްފާާ ބުނެލިއެވެ. ” އަޝްރާ ފެނުނީމަ ހަމަ އޭނައަށް ކޮންމެވެސް ޖެއްސުމެއް ކޮށްލާ ހިތްވަނީއޭ ދޮންތާ… ހިތްހަމަޖެހެނީ އަޝްރާ އާ އެކަހަލަ ސަމާާސާއެއް ކޮށްލެވުނީމަ… ” މިހެން ބުނެ ނާއިލް ގޭތެރެއަށް ދާން ހިނގައިގަތެވެ. ” ތިހެން އުޅެފަ ވަރަށް އަވަހަށް ނާއިލްއަށް އަޝޫދެކެ ލޯބިވެވިދާނެ އިނގޭ… ދޮންތައަށް ވަރަށް ހީވޭ އެހެން ވެދާނެހެން… ހެހެހެ… ” މަޑު ހުނުމަކާއެކު ނަޝްފާ ބުނެލި އެއްޗަކުން ވަގުތުން ނާއިލްގެ ހިނގުން ހުއްޓުނެވެ. ” ޗީ… ދޮންތަ ދައްކާ ވާހަކަ… މަށާ އަޝްރާ އާ… އިޓްސް އިމްޕޮސިބަލް… ޝީ އީޒް ނޮޓް މައި ޓައިޕް… ދެން އެހެންނޫނަސް އަހަރެމެން ދެމީހުން މީ ހަމައެކަނި ފްރެންޑްސް… ” ފަހަތަށް ބެލުމެއްނެތި އެހުރި ގޮތަށް ހުރެ ނާއިލް ވާހަކަ ދެއްކިއެވެ. ”ލޯބި ވެވުނީމަކަ ނޯންނާނެ ވަކި ޓައިޕެއް… އޭރުން ޗީ ގެ ބަދަލުގަ ނާއިލް ބުނާނެ ވާއު އޭ… ދެން ތިބުނީ ފްރެންޑްސް އޭ… އެކުވެރިކަން ވަރަށް ގިނަ ފަހަރު ލޯތްބަށް ބަދަލުވެފަވެސް އެބަހުރި… އެހެންވީމަ އިޓްސް ޕޮސިބަލް ހަމަ… ކޮބާތަ އަސްލު ނާއިލްހެ ޓައިޕަކީ… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ނަޝްފާ ވާހަކަ ދެއްކިއެވެ. ” ނޯ… އިޓްސް ނޮޓް ޕޮސިބަލް ދޮންތާ… އައި ޑޯންޓް ލައިކް ހާ އެޓްއޯލް… ދެޓް އެޓިޓިއުޑް… އެހާ ޓޯކެޓިވް… މީހުން ބޮލަށް އުނދަގޫ ވާވަރަށް އަނގަގަދަ… ” ނަޝްފާ އާ ދިމާލަށް އެނބުރި ނާއިލް ޖަވާބުގައި ބުނެލިއެވެ. ” ހެހެހެ… އެދުވަހަކުން ނާއިލްއަށް ތިހުރިހާ ސިފައެއްވެސް ކަމުދާނެ… އެދުވަސް އައިމަ ނާއިލްއަށް ދޮންތަގެ ވާހަކަ ގަބޫލުކުރެވޭނެ… ބަލަން ހުންނައްޗޭ… ” ނަޝްފާގެ ވާހަކައަށް ދެފަރާތަށް ބޯ ހޫރާލަމުން ނާއިލް ތެތް އެއްޗެހި ބަދަލުުކުރުމަށް އެތެރެއަށް ވަނެވެ.
ހެނދުނުގެ ނާސްތާއަށްފަހު މިރޭ އޮންނަ ހުވާކުރުމުގެ ޖަލްސާއަށް ތައްޔާރުވުމަށް ސުކޫލަށް ދާން ޖެހޭތީ މިންހާ ކޮޓަރިއަށް ގޮސް ތައްޔާރުވާން ފެށިއެވެ. ބޭރަށް ދާއިރު ލައި އުޅޭ ކަހަލަ ކަޅު ހެދުމެއް ލާ އަޅި ކުލައިގެ ޝޯލް ރީތި ގޮތަކަށް ބޮލުގައި އޮޅާލިއެވެ. ހެދުމުގެ ފަސްބައި ފުޅާކޮށް ފަހާފައިވީއިރު އަޅި ކުލައިގެ ހިމަ ރޭންދާއެއް އަޅާފައިވުމުން ވަރަށް ވެސް ރީއްޗެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕް އެދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ތުނި އޮމާން ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސް ހާކާލުމަށްފަހު ގަޔަށް ސެންޓު ޖަހާލަމުން ސްޓަޑީ ޓޭބަލް މަތީގައި ބާއްވާފައި އޮތް ސްޕީޗް ކަރުދާސްތައް ހިފައިގެން ކޮޓަރިން ނިކުތުމަށް މިންހާ ހިނގައިގަތެވެ. ދޮރު ހުޅުވާލުމަށް ދޮރުގައި އަތް ލުމަށްފަހު މިންހާ އަނބުރާ އޭނަގެ އަތް ނެގިއެވެ. އޭރު އެމޫނު މަތިން ފެންނަނީ ނުތަނަވަސްކަމެވެ. މިންހާ އުޅުނީ ތައްޔާރުވެގެން އަޝްރާގެ ގާތަށް ދާށެވެ. އެހެނަސް ރޭގެ ހާދިސާ ހަނދާންވުމާއެކު މިންހާގެ ހިތް އެގެއަށް ދިޔުމަށް ޖެހިލުންވިއެވެ. އިއާން އާއި ކުރިމަތިލާކަށް މިހާރު އޭނައަކަށް ފަސޭހައެއް ނުވާނެއެވެ. މިހާރު އަޝްރާއަށްވެސް ކަންތައް ވެދިޔަ ގޮތް އޮންނާނީ އެނގިފަތާއެވެ. އަޝްރާވެސް ހީކުރާނީ ކީކޭ ބާއެވެ؟ އިއާންގެ ލޮއެބަށް އޭނަ ފުރަގަސް ދިނުމުން އަޝްރާ އޭނަދެކެ ހިތްހަމަނުޖެހޭނެ ހެއްޔެވެ؟ އެދެމީހުންގެ ދެމެދުގައިވި އެކުވެރިކަމުގެ ގުޅުމަށް ބުރުލެއް ނާރާނެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން މިންހާގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ. ލިބުނު ނުތަނަވަސްކަމުގައި މިންހާ ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެގޮތަށް ހިނގަ ހިނގާ ހުރި މިންހާގެ ހިނގުން ވަގުތުން ހުއްޓުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުންނެވެ. އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ އަޝްރާއެވެ. މިންހާ ކުޑަކޮށް އިސްޖަހާލައިގެން ހުރެ އެތެރެއަށް ވަނުމަށް އަޝްރާ ގާތު އެދުނެވެ.
މިންހާ ސޯފާގައި އިށީނުމާއެކު އަޝްރާވެސް އައިސް މިންހާ ގާތު އިށީނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” މިންނު… އައި ނޯ ރޭގަ ކަންތައްވެގެން ދިޔަ ގޮތް… އެން އިނގޭ ރޭގަ ކަންތައްވީ ގޮތުންކަން މިންނު އަހަރެން ކައިރިއަށް ނައިސް ތިހުރީ… ދޮންބެގެ ކުރިމައްޗަށް އަރަން ޖެހިދާނެތީ ދޯ… އައި ނޯ… މިންނުއަށް އުނދަގޫވާނެކަން… އައި ކޭން ޓޯޓަލީ އަންޑަސްޓޭންޑް… ރޭގަ ވީކަމެެއް އެވީ މިންނު އާ ދޮންބެ އާ ދެމެދު… އެކަމަކުން އަހަރެމެން ދެމީހުންގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ އިންޝާ ﷲ… އަހަރެން އަބަދުވެސް ކޮންމެ ހާލަތެެއްގަވެސް އިންޝާ ﷲ މިންނުއާއެކު މިންނުގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގަ ހުރެދޭނަން… ” މިންހާގެ އަތުގައި ހިފަހައްޓާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. އަޝްރާގެ ވާހަކަތަކުން ހިތަށް ލިބުނު ހަމަޖެހުމާއި އުފާވެރިކަމުން މިންހާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ” އަޝޫ… ޔޫ ނޯ ވަޓް… ޔުއާދަ ބެސްޓެސްޓް ފްރެންޑް… ވަރަށް އުފާވެއްޖެ އަޝޫގެ ވާހަކަތައް އަޑުއަހާފަ… އައި ނޯ އާންއަށް އެހެން ހެދީމަ އަޝޫވެސް ދެރަވާނެ ކަން… އާންވެސް ދެރަވާނެކަން… ބަޓް އައި ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް… އަޝޫއަށް އިނގެއެއްނު އަހަރެންގެ ހާލަތު… ވަރަށް ވަރަށް އުފާވެއްޖެ ތިކަހަލަ ރަނގަޅު އެކުވެރިއެއް ލިބުނީމަ… ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ އަޝޫ ކަހަލަ ސަޕޯޓިވް ފްރެންޑެއް… އަހަރެންނަށް މިހިސާބަށްވެސް މިއާދެވުނީ… މިގޮތުގަވެސް މިއުޅެވެނީ އަޝޫގެ ފަރާތުން ލިބޭ ވަރަށް ބޮޑު އެހީތެރިކަމާއެކު… އަޝޫ ނެތްނަމަ ނޭނގެ ވާނެ ގޮތެެއްވެސް… ތޭންކްޔޫ ސޯ މަޗް ފޯ ބީއިންގް ވިތް މީ… އަހަރެންނަށް ލިބޭ އުފަލުގަވެސް ހިތާމައިގަވެސް ދަތި އުނދަގޫ ހާލަތްތަކުގަވެސް އަހަންނާއެކު ވީތީ ވަރަށް ބޮޑަށް ތޭންކްސް… ” ޝުކުރުން ފުރިގެންވީ ބެލުމަކުން އަޝްރާއަށް ބަލަހައްޓާއިގެން އިނދެ މިންހާ ބުނެލިއެވެ. އަޝްރާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ” ހޫމް ދެން ހިނގާ ދަމާ… ގަޑި ޖެހި ދާނެ މިހެން ތިއްބަ… ހެހެހެ… ” ލުއި ހުނުމަކާއެކު އަޝްރާ އެހެން ބުނެ ސޯފާއިން ތެދުވިއެވެ. މިންހާވެސް ސޯފާއިން ތެދުވެ އަޝްރާގެ ފަހަތުން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.
ދެއެކުވެރިން އެކުގައި ގޮސް ސުކޫލަށް ވަނެވެ. އޭރު އަދި ގަޑި ނުޖެހޭތީ ހުރިހާ ކުދިންނެއް އަދި ޓީޗަރުންނެއްވެސް ނާދެއެވެ. އައިސް ތިބި ބައެއް ކުދިން ބިޔަ ހެލެނބެލި ގަހުގެ ދޮށުގައި ހުރި ބެންޗުތަކުގައި އިށީންދެ ތިއްބެވެ. މިންހާ އާއި އަޝްރާވެސް ގޮސް އެތަނުން ބެންޗެއްގައި އިށީނެވެ.
ބެންޗުގައި ތިބިއިރު އެންމެންވެސް ތިބީ އެމީހުންގެ އަމިއްލަ ވާހަކައިގައެވެ. އަމިއްލަ ވާހަކައިގައި ތިބި މިންހާ އާއި އަޝްރާއަށް ސުކޫލުގެ ގޭޓާއި ދިމާލަށް ބަލައިލެވުނީ މީހަކު މާބާރަށް ހޭން ފެށި އަޑު އިވުމުންނެވެ. ބަލައިލިއިރު އީލާފް އާއި ޝަމްހާއެވެ. ދެއްކުންތެރި ހިނގުމެެއްގައި ހިނގާފައި އައިސް ދެމީހުން އިށީނީ މިންހާމެން ތިބި ބެންޗުގައެވެ. ” އީލޫ… ބަލާބަލަ… މި ރިންގް ވަރަށް ރީތި ދޯ… އަހަރެންގެ އަތާ ވަރަށް ގުޅޭ ދޯ… އަލޫފް ޕްރޮޕޯސް ކުރިއިރު އަޅުވަދިން އަނގޮއްޓިއެއް… ލޯބި ދޯ… ވަރަށް ރޮމޭންޓިކްކޮށް ޕްރޮޕޯސް ކުރީވެސް… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ އަތުގެ އިނގިލީގައި އަޅާފައިން އަނގޮއްޓިއާ ކުޅެމުން ޝަމްހާ ވާހަކަ ދެއްކިއެވެ. ” ޔެއާ… ވަރަށް ރީތި… އިޓް ރިއަލީ ސުއިޓްސް ޔޫ… ” މިންހާގެ މޫނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޝަމްހާގެ އަތަށް ބަލައިލަމުން އީލާފް ބުނެލިއެވެ. އެދެމީހުންގެ ވާހަކަތައް އަޑުއިވި މިންހާގެ ހިތަށް ދިޔައީ ނުހަނު އަސަރުކުރަމުންނެވެ. ” މިންނު… އެދެމީހުން ކިޔާ އެއްޗެެއް ކިޔަން ބައިތިއްބާ… އަޅާލާނެކަމެއް ނެތް..، މިންނުއަށް އަޑު އިއްވަން ވެގެން ހަމަ ގަސްތުގަ އެހެން އެކަންތައް ކުރަނީ… ” އަޝްރާ މަޑުމަޑުން މިންހާގެ ކަންފަތް ކައިރީ ބުނެލުމާއެކު މިންހާ ބޯ ޖަހާލިއެވެ. މާގިނައިރެއްނުވެ ދަރިވަރުންނާއި ޓީޗަރުން އައުމާއެކު މަސައްކަތްތައް ފެށިގެން ދިޔައެވެ. ރިހާސަލް އާއި އެތަން ތައްޔާރުކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިމުނީ ހަވީރު ފަހެއްވެސް ޖެހިފަހުންނެވެ. މަސައްކަތްތައް ނިންމާލުމަށްފަހު އެންމެންވެސް އަވަހަށް ގެއަށް ދިޔައީ ޖަލްސާގެ ކުރިން އަރާާމުކޮށްލުމަށެވެ.
ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދަށްފަހު މިންހާ ޖަލްސާއަށް ދާންވާއިރަށް ތައްޔާރުވާން ފެށިއެވެ. ތައްޔާރުވެގެން ތިރިއަށް ފޭބިއިރު ގޭގެ އެންމެންވެސް އޭނަގެ އިންތިޒާރުގައި ތިއްބެވެ. ”މިރޭ މުޅި އާއިލާވެސް ދަރިފުޅަށްޓަކައި ވަރަށް އުފަލުން މިތިބީ… އެހާ ޒިންމާދާރު މަތީ މަޤާމަކަށް ދަރިފުޅު ހޮވިގެން ދިޔައިމަ ވަރަށް ބޮޑަށް މަރުހަބާ… ބައްޕަމެން އެންމެންވެސް އުއްމީދުކުރަން ދަރިފުޅު ތ މަޤާމު ވަރަށް ޒިންމާދާރުކަމާއެކު އެހާމެ ފުރިހަމައަށް އަދާކުރާނެކަމަށް… އާއިލާގެ އެންމެންވެސް ދަނީ ދަރިފުޅަށްޓަކައި އެތައް ހުވަފެންތަކެއް ދެކެމުން… އާއިލާ އެންމެންގެ އުއްމީދަކީވެސް ދަރިފުޅަކީ އެހެން ކުދިންނަށް ނަމޫނާއަކަށްވެ އެންމެންވެސް ފަޚުރުވެރިވާނެފަދަ ރަނގަޅު ނަތީޖާއެއް ހޯދާނެ ދަރިވަރަކަށް ވާނެކަމަށް..، އިންޝާ ﷲ އެކަން ކާމިޔާބުވާނެ… ބައްޕަމެން އެންމެންގެ ހެޔޮ ދުޢާ ވަނީ ދަރިފުޅާއެކު… ” ތައްޔާރުވެގެން އައިސް ސިޓިން ރޫމުގައި މަޑުކުރުމާއެކު ސޯފާގައި އިށީންދެ އިން އަޝްރަފް ހިނިތުންވުމެއްގައި ހުރެފައި އައިސް މިންހާގެ ބޮލުގައި ލޮއެބާއެކު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. މިންހާ އަޝްރަފްގެ އެވާހަކަތަކަށް މަޑުމަޑުން ބޯ ޖަހާލިއިރު ދެން ތިބި އެންމެންވެސް ތިބީ ހިނިތުންވެލައިގެން އެމަންޒަރު ބަލާށެވެ. ޖަލްސާ ފެށެން ކުޑަތަންވަމުން ދިޔުމާއެކު އެންމެން އެކުގައި ގެއިން ނިކުމެ ސުކޫލަށް މިސްރާބުޖެހިއެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވި ހޯލްތެރެ ވަނީ ވަރަށް ފުރިހަމައަށް ކަޅާއި ހުދުކުލައިގެ ފޮތިންނާއި ކަރުދާހުން ޒީނަތްތެރިކުރެވިފައެވެ. އެތަން ބަލައިލަން ނުހަނު ހިތްގައމެވެ. ޖަލްސާއަށް މީހުން ހާޒިރުވެ ހަމަޖެހިލުމާއެކު ކީރިތި ޤުރުޢާންގެ ރިވެތި އާޔަތްތަކުން ޖަލްސާ ފެށިގެން ދިޔައެވެ. އެއަށްފަހު ކިޔެވިދިޔަ އާޔަތްތަކުގެ ދިވެހި ތަރުޖަމާ އިވިގެން ދިޔައެވެ. އެނަމްބަރަށް ފަހު ސުކޫލުގެ ޕްރިންސިޕަލް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. ޕްރިންސޕަލްގެ ވާހަކައިގައި ބޮޑަށް ދެކެވިގެން ދިޔައީ މިއަހަރަށް ކުރާ ފޮނި އުއްމީދުތަކެވެ. އެވާހަކަތައް އަޑުއިވި މިންހާގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ސުކޫލުން މިއަހަރުގެ ނަތީޖާ ކުރީ އަހަރެކޭވެސް އެއްފަދައިން ފުރިހަމަވާނެކަމުގެ އުއްމީދުތައް ދަނީ ކުރަމުންނެވެ. ސުކޫލު ފަޚުރުވެރިވާނެފަދަ ދަރިވަރުންތަކަށް ވާނެކަމަށް އެތައް އުއްމީދެއް ކުރެއެވެ. އެއެއްމީދުތައް ފުރިހަމަނުކުރެވިދާނެތީ ހިތުގައި ނުތަނަވަސްކަން އުފެދުނީއެވެ. އެހެނަސް ﷲ ހަދުމަކޮށް ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަމުން މިންހާ އޭނަގެ ހުރިހާ ސަމާލުކަމެއް ޖަލްސާއަށް ދިނެވެ. ޕްރިންސިޕަލް ވާހަކަ ދެއްކުމަށްފަހު ދެން ކުރިއަށް ދިޔައީ މަޤާމުތަކަށް ހޮވުނު ކުދިން ހުވާކޮށް އިޤުރާރުގައި ސޮއިކުރުމާއި މަޤާމުގެ މައްސޫލިއްޔަތު ހަވާލުކޮށް ސޭޝްއާއި ޓެކްކޮޅު ހަވާކުރުމެވެ. އެންމެ ފަހު މަޤާމަށް މިންހާއަށާއި އަޝްރާއަށް ގޮވާލުމާއެކު ދެމީހުންވެސް ތެދުވެ ސްޓޭޖަށް އެރުމަށް ދިޔައެވެ. ދެމީހުންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ދެމީހުންވެސް އެމީހެއްގެ މަސްއޫލިއްޔަތާ ހަވާލުވިއެވެ. ސޭޝް އަޅުވާލަދިން ވަގުތު ދެމީހުނަށްވެސް ކުރުވީ މުޅިން އެހެން އިހުސާސެކެވެ. އެމީހުންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅުވިގެންދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. އެތައް ބައެއްގެ ހުވަފެންތައް ދެމީހުނާ ގުޅިފައިވާކަމަށް ހިތް ބުނަމުން ދިޔައެވެ. އޭރު މުޅި ހޯލު ތެރޭގައިވީ މީހުންގެ އަތްތިލަ ބަޑީގެ އަޑެވެ. އެނަމްބަރަށްފަހު ޖަލްސާ ނިންމުމުގެ ގޮތުން އޮތީ ސުކޫލު ކެޕްޓަންގެ ވާހަކަ ދެއްކުމެވެ. ސުކޫލުގެ ކެޕްޓަނަކީ މިންހާ ކަމަށް ވުމާއެކު މިންހާ އެނަންބަރު ވަރަށް ފުރިހަމައަށް އަދާކުރިއެވެ. އެއާއެކު ޖަލްސާ ނިމިގެން ދިޔައީ ޖަލްސާގެ ބައިވެރިންނަށް ޚާއްސަކުރެވިފައިވި ފިނި ހިއްޕެވުމަކުންނެވެ.
ޖަލްސާ ނިމުމުން އެއްބައި ފަރާތްތަކުން ޚާއްސަ ބުއިމުގައި ބައިވެރިވުމަށް އެތަނަށް ދާން ފެށިއެވެ. ހޯލު ތެރޭގައި މިންހާ އާއި އަޝްރާ މަޑުކޮށްލައިގެން ތިބީ ޓީޗަރުންތަކެއް އެމީހުނާ ވާހަކަ ދައްކަން ތިބުމުންނެވެ. އެކި ޓީޗަރުންނާއި ދަރިވަރުން އެމީހުނަށް މަރުހަބާ ކިޔާ އެންމެންވެސް ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދުކުރާކަން ހާމަކުރެއެވެ. އެވާހަކަތަކުން އެމީހުން ތިބީ ނުހަނު އުފާވެފައެވެ. އެވާހަކަތަކީ އެމީހުނަށް އިތުރަށް ކުރިއަށް ދިޔުމަށް ލިބިގެންދިޔަ ހިތްވަރަކަށްވެގެން ދިޔައެވެ. ހޯލު ތެރެއިން ނިކުމެ އަޝްރާ އޭނަގެ މައިންބަފައިން ކައިރިއަށް މިސްރާބުޖެހުމުން މިންހާވެސް އޭނަގެ އާއިލާގެ ގާތަށް ދާން ހިނގައިގަތެވެ. އެވަގުތު ހިނގައިގަން މިންހާގެ ހިނގުން ހުއްޓުނީ ކުރިމަތިން އިއާން ފެނުމުންނެވެ. ” އާން… ” މިންހާއަށް މަޑުމަޑުން ކިޔައިލެވުނެވެ. ” ކޮންގްރެޓްސް މިންނު… މިންނުއަށްޓަކައި ވަރަށް އުފާކުރަން އަހަރެން… އުއްމީދުކުރަން ހިތްވަރާއެކު މިންނުގެ ހުވަފެންތައް ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށް… އައިމް ސޮރީ މިހެން ކުރިމައްޗަށް އާދެވުނީމަ… އެކަމަކު ހަމަ މިހެން ބުނެލަން ބޭނުންވީމަ… އިނގޭ މިންނުއަށް އަންކޮމްފޮޓަބަލް ކަން… ވިޝް ޔޫ އޯލް ދަ ބެސްޓު… ވީވަރަކުން ބަލާނަން މިންނުގެ ކުރިމައްޗަށް ނާރާވޭތަ… މިންނުއަށް އުނދަގޫވާފަދަ އެއްވެސް ކަމެެއް ކުރާކަށް ބޭނުމެއް ނޫން… ސޯ އޯލް ދަ ބެސްޓް… ” މިންހާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ ހިތި ހިނިތުންވުމެއް ހަދިޔާކުރަމުން އިއާން ވާހަކަ ދެއްކިއެވެ. އެވަގުތު މިންހާވެސް ހުރީ އިއާންގެ ދެލޮލަށް ބަލަހައްޓާއިގެންނެވެ. މިންހާއަށް އިއާންގެ ދެލޮލުން އެވަގުތު ސާފު ތެދުވެރި ލޯބި ފިޔަވައި އިތުރު އެއްޗެއް ނުފެނުނެވެ. އެދެލޮލުން އޭނައަށް އެތައް ވާހަކައެއް ދެއްކި ފަދައެވެ. މިންހާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އިއާން އޭނަގެ ކުރިމަތިން ހިނގައިގަތެވެ. އިސްޖަހާލަމުން މިންހާވެސް އޭނަގެ އާއިލާގެ މީހުންގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ. އާއިލާގެ މެމްބަރުންގެ ގާތުގައި ތިއްބާ އަޝްރާ އައުމާއެކު ދެކުދިން އެކީގައި ކޮންމެވެސް އެއްޗެއް ބޯލުމަށް ދިޔައެވެ.
ޑްރިންކެއް ހިފައިގެން ބޭރަށް ނިކުމެ ދެމީހުންވެސް މަޑުކޮށްލީ މީހުން މަދު ހިސާބަކުއެވެ. ” ސުކޫލު ކެޕްޓަނަކަށް ވެވިއްޖެ ދޯ… އެކަމަކު ނަތީޖާއަށް ވާނީ ކިހިނެއްބާ… ދޯ އަލޫފް އެން އީލޯ… ކުލާހުގަ ސަމާލުކަންދެވެނީ ކިޔެވުމަކަށް ނޫން ވިއްޔަ ދޯ މިހާރު… ތިހެން އުޅެނިކޮށް ޓެސްޓުތަކުން ފެއިލް ކަންނޭނގެ ވާނީ… އޭރުން އާއިލާ އާ ގިނ ބައެއްގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާނެ… އޯހް… އައި ފީލް ސޯ ބޭޑް ފޯ ޔޫ މިންހާ… ” ޖެއްސުމުގެ ގޮތުން ޝަމްހާ ބުނެލިއެވެ. އޭނަގެ ގާތުގައި ހުރި އަލޫފް އާއި އީލާފް އެވަގުތު މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އެމީހުންގެ ވާހަކަތަކުން އަޝްރާ އަދި މިންހާގެ ލޭ ކެކިގަތެވެ. އަޝްރާ އެއްޗެކޭ ބުނަން އުޅުނު ވަގުތު މިންހާ އޭނާ ހުއްޓުވިއެވެ. އެމަންޒަރު ފެނުމުންވެސް އަލޫފްމެން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. ” އިނަފް… ދިސް އީޒް އިނަފް… ” އެމީހުންގެ ކައިރިއަށް ދެފިޔަވަޅު ކުރިއަށް އަޅާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ހަމައެކަނި އަލޫފްމެނަށް އަޑުއިވޭވަރަށް ބުނެލިއެވެ. މިންހާގެ އެއަމަލުން ވަގުތުން އެތިން މީހުންގެ ހުނުން ހުއްޓުނުއިރު އަޝްރާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
32 Comments!
Comments are closed.
Salaam dear readers ???… Hws u all??? ???… Hope all are fine ???… Here is the next part n I hope all will like this part too ???… It’s more than 2100 words… Feel free to comment your views ???… Thankyou soooooo much all for the support n love ❤️❤️❤️?????????… Next part In Sha Allah Friday night ga ???…
Yay me first dhw. Mibaives varah reethi. Waiting for the next part.
Sid ❤️❤️❤️… Congratulations on being first ???… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Next part In Sha Allah Friday night ga ???… Keep waiting ???…
Mi part ves varah rythi next part avahah up kohladhehchey…..
AMAAN ❤️❤️❤️.. Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Friday night ga ???… If possible eahvure kurin vx up kohdheynan ???… Much loves from me ❤️❤️❤️?????????…
just love it now
hama habeys mi story
ifoo you are awesome, masha allah
Unique ❤️❤️❤️… Thankyou soooooo much dear for the support n love ❤️❤️❤️?????????… It means a lot for me ???… Again v happy vehje ifoo ???… Much more loves from me dear ❤️❤️❤️?????????…
Masha allah❤???????…haadha reehchey mi part vx..kiyaa hithun indha e nimuny..sifakurunthah vrh vx rythi??????????????..Friday ga dhw next part..hehe?????????..alhe ifoo sis minnu n aan gulhuvaba…???????nd vrh beynunveyey naail nd Ashraa vx ekuga fennan????????❤❤❤❤Al’hamdulliah haalu rangalhu ekm kudakoh balive miulheny???????????..Ifoo thy kon rasheh ge kujjeh tha?..nd dear ge name aky ifshaa tha?..alhe bunahche???????…vrh vrh lwbi vey❤❤❤?????????May Allah protect your talent from evil eyes ???????????
Jiji ❤️❤️❤️???… One of my best reader ❤️❤️❤️??????… Thankyou soooooo much dear for the colourful, supportive comment ❤️❤️❤️?????????… Comment v v v loabi ingey ???❤️❤️❤️… Yesss dear… Friday ga next part ???… Hope u will wait ???.. Aan n minnu dhw… Let’s see what happens… Couples ah vany kn kudhineh kann ingeyne adhi ???… Heenukuraa gothakah vx kanthah hingaa faane ingey ???… Heheh ???… Name n island is a secret ingey dear ???… Sorry for that ☺️☺️☺️… Ohh dear… Get well soon ❤️❤️❤️?????????… Once again thanks a lot ifoo ah thidhey support ah ❤️❤️❤️?????????… It means a lot for me ???… May Allah bless you and your family ❤️❤️❤️???… Much more loves from me ❤️❤️❤️?????????…
Masha Allah.. vrh salhii ??????❤❤❤❤
Faimu ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????.. Ifoo v v v ufaavehje comment kohleema ???…
Minnu ekey roeroe karuna futhekey ehvaru vehje mihaaru dhen thi ruin huttaafa ealoof ah dhahkanves ehen kujjakaaeku ulhen fashan vejje. I really want minnu & iaan gulhen vaahaka varah reethi keep it up
Noor ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje vaahaka kamudhiyaima ???…
Ifoo.. Vvvvvv reethi ingey storyy.. Hyvany hama vaahakaige kan kan kurimathy sifa vaahn.. All the best
Maayu ❤️❤️❤️… Hws u dear??? ???… Haadha dhuvas fahunney dhw comment eh mi fenuny ???… Ifoo v v v ufaavehje ingey Maayu ge comment eh fenunyma ???… Kobaa dear ge story??? ???… Waiting for it ingey ???… Thankyou soooooo much dear ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…
Thnkiu ifooo.. Maayu hama rangalheyy.. Vaahaka kuriyah eba dheyy hama.. Up kuran fashaanan v avahah..
Happy to know that Maayu ???… Waiting for the story n most welcome dear ❤️❤️❤️?????????…
Wow minnu ??? thiyeah mibunaa ehchaky thi ruin huhtaalaafa thi gothuga thi gatuga emyhun kurimathyga nikan minnu ge gatukan dhahkaalabala ??????❤❤❤… Anyways story is awesome ingey hama ?????????… Just love it n keep up the good work dear ?????????… curiously waiting for the next ?????????… much n more loves from naju ??????????????????????
Woww… Very Nice comment ❤️❤️❤️???… Thankyou soooooo much Naju ❤️❤️❤️?????????… Story feshuneehsurevx Naju ge support medhukedumehnethi libemun dhaakan v ufalaaeku ifoo faahaga kuran ???❤️❤️❤️… It really means a lot for me ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Yes….!!! ❤❤????….Its finally here…❤❤????….It was woundeful ifoo….❤❤????…Wow…❤❤????…just wow….❤❤????…
This story was just perfect hama..❤❤???….Hwx you ifoo…???Hope that you will be fine…❤❤????
Mi baivex vrh vrh reeethi….❤❤????….Sifa kurumaai ibaaraiy kurun vrh reethi….❤❤????…Ibaaraiy thah vex fashuvi vefa ehaa me furihama…❤❤????…
Ash vrh rangalhu dhw…❤❤????…Minnu ge komme situation eh ga vex minnu ah ehaa help vey dhw…❤❤????….Dhn alhe minnu kihineh baa hadhaany…?????????..Hope that she will accept aan…❤❤????….I am waiting for that to happen…❤❤????….I really dont want minnu anekkaa aloof aa gulhen..Aan aa minnu gulhunyma story vrh vrh reethi vaane adhi…❤❤???…..I think naail vex dhen ashoo dheke like vaany kan neygey….Anekkaa ehn vaane baa…??? Both are really funny ingey…Vrh majaa 2 kudhin ulhey goiy…❤❤????….Alhe minnu ge studies halaaku nukuraathi ingey…❤❤????….Mihaaru school captain kan libunyma vex e shamha men kihaa jelous eh e vany…❤❤????…Adhi result rangalhu v ma kihaa jelous eh vaane ey hithah araa…??????….Please munnu and aan avahah gulhuvaa ingey…❤❤?????…And Dont destory her studies. ..❤❤????…Keep it up your good work dear ifoo????❤❤…You are so telented…❤❤????….Vrh ufaa vejje story dhigu koh genesdhiny thy…????❤❤…Hope abadhu vex dhigu koh genesdheyne kamah…❤❤????Story reethi veema kuru koh genesgen hitheh nufure ey bunaany hehe…❤❤????….Waiting for next part dear ifoo…❤❤????…Will keep my support to you always….❤❤????…Much loves dear ifoo…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
Haadha long, colourful Comment ekey ??????… Thankyou soooooo much for the support @Ikleel ❤️❤️❤️?????????… Comment kiyaalaafa ifoo v v v ufaavehje as usual ???… Let’s see what happens ???.. Much more loves from me ❤️❤️❤️?????????…
Mi site ga inna I ge enmme favourite story❤️???❣️…. Adhi enmme inthizaaru kurevey story ??? N I ah ves kiyany minha I ves ulheny grade 10 ga I ge school captain a keen ves I ?? aslu I get name mi story in fenigen mi story kiyany feshy….. Mi story kiyan feshi gothah hurihaa episode eh kiyaafa huhtaalevuny ves ??reethi kamun .?? n pls minnu aa aan aa gulhuvaba? ??mi hama best story keep up the good work ???God bless u ifoo❣️❣️?
Awwwwnn Mimmi ❤️❤️❤️… What a coincidence ???… Hehe ???… Thankyou soooooo much dear for the colourful Comment ❤️❤️❤️?????????… Ifoo v v v ufaavehje story ehaa kamudhiyaima n plus kiyaalaafa comment eh kohlyma ❤️❤️❤️?????????… It means a lot for me ???… V v v ufaavehje new reader eh libunyma ???❤️❤️❤️… Let’s see what happens ???… Hope to see ur comment more often ❤️❤️❤️… May Allah bless you too dear ❤️❤️❤️?????????.. Much more loves from me ❤️❤️❤️?????????…
Mibai ves v reethi curiously waiting for the next part?????
Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
V salhi
Fasa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
Nice and good work
Ifoo mi site gai himana ehen story nukiyan dhw
Ishaaa ishu ❤️❤️❤️… Thankyou sooo much ❤️❤️❤️?????????… No… I used to read most of the stories ???… Bt very rarely I comment ???…
mi story vvv reethi.?????ifoo ge huriha story ves vv Reethi.aan n minnu gulhuvaba?.waiting waiting.
Airah ❤️❤️❤️… I’m soooooo happy to see ur comment ❤️❤️❤️?????????… I missed your comments ???… Thankyou soooooo much ❤️❤️❤️?????????… Hope to see ur comment more often ❤️❤️❤️???… Much loves from me ??????❤️❤️❤️???…
vara vara reethi mi part ves..enmeyreethi fahutankolu …and sorry for late coment sis. I love u and keep it……