Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 14

Ushaali Level 710 Stories100 Comments100 Stories500 Comments
February 6, 2019 7 Mins Read
5 Comments

13 ވަނަ ބައިގެ ތެރެއިން….

އަނެއްދުވަހު ހެނދުނު  ސަޔަށް ހުރިހާ އެންމެން ހަމަވިއިރު މަދީ އެކަނި ރިޔާޒެވެ. އެންމެފަހުން އައިސް އެންމެންނާއި ބައިވެރިވި ފައިޒަން އޭނާގެ ބައްޕަ ސުފުރާމަތިން ނުފެނުމުން ކަންބޮޑުވުން ފާޅުކުރިއެވެ.

“ކޮބާ ބައްޕަ މިއަދު” ފައިޒަން އަހާލިއެވެ. އޭރު ދޮންކެޔޮވަކެއް ކާން ކުލްޝޫމް އިނެވެ.

“ކޮޓަރީގަ. ކުޑަކޮށް ބަލިކޮށް އުޅެނީ. ސައިބޯން ގޮވީމަ ބުނެފި ފަހުން ތެދުވެ ސައިބޯނަމޭ” ކުލްޝޫމް ބުނެލިއެވެ. އޭރު ކޮފީތަށި ތުނބުގައި ޖަހައިގެން ޔަޒްދާން ހަމަޖެހިލާފައި އިނެވެ.

“ބަލީއޭ. އަނެއްކާ ކިހިނެއްވީ އަހަރެންގެ ސުޕަރހީރޯއަށް” ފައިޒަން އަހާލިއެވެ.

“ނޭނގެ. ބޮލެއްގައި ރިއްސަނީއޭ. މަންމަ މިއަދު ކާޑުޖަހާލާފައި ގެއަށް އަންނަން މިދަނީ. ތިދެކުދިން މެންދުރުކާން ގެއަށްތަ އަންނާނީ” ކުލްޝޫމް އަހާލިއެވެ. ޔަޒްދާން ބަލާލީ ފައިޒަންއަށެވެ.

“ދައްތަ ބިޒީވާނެއްނު. އެހެންވީމަ ބޭރުން ކާލާނީ ދޯ މިފަހަރު” ޔަޒްދާން ދޯ ދިނީ ފައިޒަންއަށެވެ. ފައިޒަން ބޯޖަހާލިއެވެ.

“ދައްތަ މިގެއަށް މަސައްކަތް ކޮށްލަދޭނެ ކުއްޖަކު ހޯދަންވީނުން. ފަސޭހަވާނެއްނު” ޔަޒްދާން ކުލްޝޫމަށް ހިޔާލެއް ދިނެވެ.

“ކުރަންވީ ތިކަންވެސް. ދެކުދިން ތިހެން އުޅޭއިރު ބަލައްޗެ އިނގޭ ގެތެރޭގައި ކަންތައް ކޮށްލަދޭނެ ކުއްޖަކު ލިބޭތޯ. ބުނާނީ ރަނގަޅު މުސާރާއެއްވެސް ލިބޭނޭ” ކުލްޝޫމް ބުނެލިއެވެ. ފައިޒަންއާއި ޔަޒްދާން އެކުގައި ދިޔައިރު ކުލްޝޫމް ނިކުތީ ވަކިންނެވެ.

********************************************

ހެދުނުއްސުރެ ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. މަގުތައްމަތި ހީވަނީ ހެޔޮވަރެއްގެ މޫދެއްހެންނެވެ. ވާރޭވެހޭ މަންޒަރު ބެލުމަކީ އަބަދުވެސް ޔަނާލް ވަރަށް ކުރާހިތްވާ ކަމެކެވެ. އޭނާ ކުޑަދޮރު ހުޅުވާލައިގެން ބޭރަށް އަތްދިއްކޮށްލައިގެން އިންއިރު ތުންފަތް މަތީގައިވަނީ އަޖައިބެއް ކަހަލަ ހިނިތުންވުމެކެވެ. ހީކަރުވާތީ ލައިގެން އިނީ ޖަންގަލް ގްރީމް ކުލައިގެ ކަރު ފޮރުވިފައި ހުންނަ ގަޔަށް ބާރު ޓީޝާޓެކެވެ. އިސްތަށިގަނޑު ވަނީ ދޫކޮށް އޮޅާލުމަށްފަހު އަރިއަކަށް ދައްޗެއް ޖަހާ ހައްޔަރުކޮށްލާފައެވެ. ގޯތި ތެރެއިން ހާމައަށް ފެންނަން އޮތް ބަގީޗާ ތެރޭގައި އިންދާފައިވާ އެކިވައްތަރުގެ މާގަސްތަކަށް ވާރޭ ތިކިތައް ގޯނާކުރަމުންދާ މަންޒަރު ވަރަށް ހިތްގައިމެވެ. ބައެއް މާތަކުގެ ފިޔަތައް އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ތެޅިލާއިރު އަނެއް މާތަކުގެ ފިޔަތައް ހެވިލާފައި ހުންނަހެންވެސް ޔަނާލަށް ހީވެއެވެ. އެމަންޒަރުތަކުން އޭނާގެ ހިތަށް އުފާވެރިކަން ގެނުވަމުން ދާއިރު ބައެއްފަހަރު ލުއިލުއިކޮށް ހީލާ އަޑު އިވެއެވެ. އެގޮތުގައި ވާރޭއަށް ބަލަހައްޓައިގެން ޔަނާލަށް އިނދެވުނީ އިރުކޮޅަކުއެވެ. އޭނާ ކުޑަދޮރުން ފުންމާލައިގެން ބަގީޗާއަށް ނިކުތެވެ. ފަހަރަކު މަލެއްގައި ފިރުމަމުން މިނިވަން ކޮކާލެއް އުޅޭހެން ބަގީޗާތެރޭގައި އޭނާ އުޅުނެވެ. މައި ގޭޓާއި ހަމައަށްގޮސް އޭނާ މަގުމައްޗަށް ނިކުތެވެ. ދެފަރާތަށް ކުޑަ ހިފައިގެން ހިނގާ މީހުންނާއި ފެންގަނޑުގައި އެހެންގޮތެއް ނެތިގެން ހިނގާފައި އުޅޭ މީހުން ވެސް ފެންނަމުން ދިޔައެވެ. ފެންގަނޑު ބޮޑުކަމުން މަގުމެދުން ސައިކަލުގައި ދާމީހުން ވެސް ދުވެލި ވަނީ ވަރަށް މަޑުކޮށްފައެވެ. އެހުރިހާ މަންޒަރެއް ބަލަން ޔަނާލް ހުރިއިރު ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ދަތްދޮޅީ ކޮޅުން މަޑު ތުރުތުރެއް އަޅަން ފެށިއެވެ. އެކަންވެސް ޔަނާލަށްވީ މަޖަލަކަށެވެ. އޭނާ ދެއަތް ފަތުރާލައިގެން ޕޭވްމަންޓު މަތިން ހިނގަމުން ދިޔައެވެ. މަގު ހުރަސްކުރަން އުޅުނު ވަގުތު ޔަނާލްގެ ކުރިމައްޗަށް އެރި ކާރުގައި ނުޖެހުނީ ކިރިޔާއެވެ. އޭނާގެ ހިތް ހީވީ އަނގައަށް އައި ހެންނެވެ. މޭގައި އަތް އަޅާލެވުނުއިރު ކާރު ތެރޭގައި އިން ޔަޒްދާން އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ. މަގުމަތީގައި ޔަޒްދާން ގޮވައިގަންނާނެ އެއްޗެއް ނޭނގޭތީ ޔަނާލް ގަތީ ބިރެވެ. ޔަޒްދާން ކާރުން ފައިބަން އުޅޭހެން ހީވުމުން ޔަނާލް އެއްކައިރިއަކަށް ޖެހުނީ މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ މަދު މީހުންކޮޅުގެ ލޮލުގައި އަޅައިނުގަންނަން ވެގެންނެވެ.

“ޝިޓް! މިފަހަރު ނޭނގެ މި ހަންޑި ކިޔާނެ އެއްޗެއްވެސް” ޔަނާލް މަޑުމަޑުން ބުނެލިއެވެ.

ކާރުން ބޭރުށް ޔަޒްދާން އެޅި ފުރަތަމަ ފިޔަވަޅާއެކު ވާރޭގެ ތިކިތައް އޭނާއަށް ހަމަލާދޭން ފަށައިފިއެވެ. އިސާހިތަކު ޔަޒްދާން ލައިގެން ހުރި ހުދުކުލައިގެ ގަމީސް އޭނާގެ ހަށިގަނޑުގައި ތަތްވިއެވެ. ޔަޒްދާންގެ ބާމަތިފުޅާ ހަށިގަނޑު ޔަނާލަށް ހާމަވުމާއެކު ލަދުން އިސްޖަހާލިއެވެ. އެކަން ޔަޒްދާނަށް އެނގުނެވެ. ޔަނާލްގެ ދަތްދޮޅި ތުރުތުރުއަޅާ މަންޒަރު ފެނުމުން ޔަޒްދާން ކައިރިއަށް ހިނިއައެވެ. ނަމަވެސް އޭނާ އެކަން ޔަނާލަށް ނުދައްކައެވެ.

“މިއޮށް ބޮޑު މަގުން ކަލެއަށް ފެނުނީ އަހަރެންގެ ކާރުތަ އަމިއްލައަށް މަރުވަން” ނިކަން އެހެންކާރެއްގެ ކުރިމައްޗަށް އެރިނަމަ” ޔަޒްދާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ޔަނާލް ހައިރާންވީ ވަރުން އަނގަ ހުޅުވުނެވެ. އެވީ އޭނާ ހީކުރި ގޮތެވެ. ޔަޒްދާން ބަވައިގަންނާނެކަން މާކުރިން އޭނާއަށް އެނގޭއެވެ.

“ކަލޭ އޭ.. ހައު ޑެއަރ ޔޫ..” ޔަނާލް ކަންބޮޑުވީ ބަވައިގަތުމުންނެއް ނޫނެވެ. އަދި މިހާތަނަށް އެއްވެސް މީހަކު އޭނާއަށް ކަލޭ އޭ ކިޔާ މުހާތަބްކޮށްފައި ނުވާތީއެވެ.

“އާނ.. ކިހިނެއްވީ؟ ދިވެހިބަސް ނުކިޔަވަންތަ؟ އެއްވެސް ފޮތެއްގައި ނޯވޭ އެއީ ހަޑި ބަހެއްގެ ގޮތުގައެއް. އެހެންނޫނަސް ކީއްވެތަ އަހަރެން ކުށެއްގަ ބައްދާލަން މަސައްކަތްކުރީ” ޔަޒްދާން ޔަނާލާއި އެއްހަމައެއްގައި ހުއްޓިލާފައި ބުނެލިއެވެ.

“އަހަރެން ކޮންމެހެން ޔަޒްދާން ކަމެއްގަ ބައްދާކަށް ނޫޅެން. އަހަރެންނަށް އިނގޭތަ ޔަޒްދާން ކާރުކޮޅުގައި ވަޑައިގަންނަވާނެ ކަމެއް. އެހެންނޫނަސް މިއޮށް ބޮޑު މާލެއިން މިމަގު ނޫނީ ނުފެނުނީތަ ކާރުކޮޅުގައި ދާން” ޔަނާލް ވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

“އަހަރެން ދަތުރުކުރާނެ މަގެއް އެނގޭނީ އަހަރެންނަށް. އެހެނޫނަސް އަދިވެސް ބޮޑެއްނުވޭދޯ. ޖެހޭތަ މަގުމަތި ކުޑަކުރަން ތުއްތު ބޭބީއެއްހެން އުޅެން” ޔަޒްދާން ބުނެލިއެވެ. ޔަނާލަށް ހުރެވުނީ ޔަޒްދާނަށް ބަލަހައްޓައިގެންނެވެ. ވެހެމުންދިޔަ ވާރޭގައި ޔަޒްދާންގެ މޫނުމަތި ހާދަ ލޯތްބެވެ. ޔަނާލް އެގޮތަށް ބަލަންހުރުމުން ޔަޒްދާން ފިރިހެނަކަސް ލަދުގަތެވެ. ޔަޒްދާނަށްވެސް އިރުކޮޅަކު ޔަނާލަށް ބަލަން ހުރެވުނެވެ. އޭނާ ޔަނާލްގެ ބޮލުގައި ޖަހާފައި އިން ދަތި ނައްޓުވާލިއެވެ. ތެމިފައިވާ ޔަނާލްގެ އިސްތަށިގަނޑު ފަހަތުން ތިރިއަށް ދޫވުމާއެކު އެބައި ޔަޒްދާން ދެފަރާތުން ކުރިމައްޗަށް ގެނެސް ދޫކޮށްލިއެވެ. ޔަނާލް ތެޅިގަނެފައި ޔަޒްދާންގެ އަތް ފޮޅުވާލިއެވެ. ޔަޒްދާން ވަކި އެއްޗެއް ނުބުނެ ޔަނާލްގެ ތުރުތުރު އަޅަމުންދިޔަ ތުންފަތަށް ބަލަން ހުރުމަށްފަހު ފަސްދީފައި ގޮސް ކާރަށް އަރާ ނައްޓާލިއެވެ. ޔަނާލް ހުރީ ކިޔޔަންވީ އެއްޗެއް ނޭނގިފައެވެ.

“އެއީ އެސޮރު ރަނގަޅަކަށް ކުރި ކަމެއްހެން ހީވަނީ. ލާފަ ތިހިރަ ހެދުމެއްގެ ސަބަބުން މަންޖެގެ މުޅި ގައި ހާވެފައި އޮތީ. އެހެންވެ އިސްތަށިގަނޑު ނިވާކޮށްދިނީ. އެއީ ދަންނަ ކުއްޖެއްތަ” ހައިރާންވެފައި ހުރި ޔަނާލާއި ވާހަކަދެއްކީ ގޭދޮށުގައި އުޅޭ ޔަނާލް ދަންނަ އެހެންކުއްޖެކެވެ. ޔަނާލް އޭނާގެ ހެދުމަށް ބަލާލިއެވެ. ތެދެކެވެ. ހެދުން ތުނިކަމުން އޭނާގެ ގައިގާ ވަނީ ތަތްވެފައެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަންތައް އެނގެން ހުރިވަރުން ހުދު އޭނާވެސް ލަދުގަތެވެ.

“ނޫން. ނުދަންނަން” އެކުއްޖާއަށް ޖަވާބު ދިނުމަށްފަހު ޔަނާލް ގެއާއި ދިމާލަށް ދުއްވައިގަތެވެ.

***********************************************

ވަކި މިސްރާބެއްނެތި ކާރުގައި ދުއްވަމުން ދިޔަ ޔަޒްދާން އިނީ އަމިއްލަ ނަފްސުދެކެ ރުޅި އައިއްސައެވެ. ރާއްޖެއިން ބޭރުގައި އުޅުނު އިރުވެސް ވިއްސާރަ ދުވަހެއްނަމަ ބޭރުގައި ސައކަލް ދުއްވުމަށް އަބަދުވެސް އޭނާ ނިކުމެއެވެ. އޭނާ މިއަދު ކާރުގައި ނިކުތީ ކޮންމެހެން ދެންމެ ހިނގާދިޔަ ކަންތައް ހިނގާފާނެ ކަމަށް ވިސްނާފައެއް ނޫނެވެ. ސިކުންތަކު އެއްފަހަރު ޔަނާލް ހުރިގޮތް އޭނާއަށް ލޯމައްޗަށް ސިފަވަމުން ދިޔައެވެ. އޭނާ އެގޭ މަގަށް ދުއްވަމުން އައީވެސް އަމިއްލަ އިހުތިޔާރެއްގައެއް ނޫނެވެ. އޭނާއަށް އެވާގޮތް އެއީ އެއްގޮތަކަށްވެސް އޭނާ ރުހޭކަމެއް ނޫނެވެ. އަމިއްލަ ހިތަށް ބާރުފޯރުވަން އޭނާ ނުލާހިކު ބޭނުންވެއެވެ. އޭނާ ޔަނާލްދެކެ ލޯބިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ނިދީގައާއި ހޭލާ ހުންނައިރުވެސް އޭނާގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ޔަނާލްގެ ސޫރައެވެ. އޭނާ ހިތަށް ވިސްނާދޭން އޭނާ ބޭނުމެވެ. ޔަޒްދާން ގޮތެއް ނިންމިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އޭނާ ޔަނާލް އެ ހިތުން ބޭރުކޮށްލާނެއެވެ.

******************************************

ރޭގަނޑު ނިދަން އެރުމަށްފަހު އެނދުގައި ޔަޒްދާން އިނީ ވިސްނުމެއްގައެވެ.  ވިސްނުންތަކުން މިންޖުވުމުގެ ގޮތުން ދެއަތަކަށް ބޯހޫރާލުމަށްފަހު ހެޑްބޯޑުގައި ލައްވެލިއެވެ. ލެޕްޓޮޕް ނަގާ އުނގަށްލީ އެހާ އަވަހަށް ނުނިދޭނެކަން އެނގުމުންނެވެ. ބޭރުގައި ތިބި އޭނާގެ އެކުވެރިންނާއި އެތައް ވަގުތެއްވަންދެން ޗެޓްކުރުމުގައި ހޭދަކުރުމަށްފަހު ޔަޒްދާން ލެޕްޓޮޕް ގެންގޮސް ޗާޖަރަށް ޖެހީ ގަޑިން މެންދަމު ތިނެއްޖަހާ ބޮޑުވިފަހުންނެވެ. އެހާ ވަގުތު ދިޔަކަން އެނގުމުން ޔަޒްދާން ހައިރާންވިއެވެ. އަނެއްދުވަހަކީ ސަރުކާރު ބަންދުދުވަހަކަށް ވިކަން ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫނީ ނިދި ހަމަނުވަނީސް އޭނާ ޖެހުނީހީ ތެދުވާށެވެ. ބާލީސް މަތީގައި ބޯއަޅާލުމަށްފަހު ދެލޯމަރާލިތަނާ އޭނާއަށް ސިފަވެގެން ދިޔައީ ޔަނާލްގެ ހިނިތުންވެފައިވާ މޫނެވެ. ޔަޒްދާން ފުންމއިގެން ތެދުވިއެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ފޯނުނަގާ ޑަޔަލް ޕެޑުގައި ނަންބަރެއް ޖަހާލިއެވެ. ދެފަހަރު ރިންގުވިތަނާ އެކޮޅުން ފޯނު ނަގައިފިއެވެ.

“ހޭއި ގޯޖަސް” ޔަޒްދާން ބުނެލިއެވެ. ވަގުތުން އަނެއްކޮޅުން ފޯނުގައި އިން އައިނީގެ ދެކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

“ނިންނީ” އައިނީ ޖަވާބެއް ނުދިނުމުން ޔަޒްދާން ގޮވާލިއެވެ.

“ހާދަ ލޯބިނަމެއް ތިދިނީ” ލަދުވެތިކަން އަޑަށް ގެންނަމުން އައިނީ ޖަވަބުދިނެވެ.

“ހެހެހެ…ލޯބި ކުދިންނަށް ދޭނީ ލޯބިނަމެއްނު” ޔަޒްދާން ބުނެލިއެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުގައި ޔަޒްދާންގެ އަޑު ކިތަންމެހާވެސް ހިތްގައިމެވެ.

“އަދި އެކަކުވެސް ތިހާ ލޯބިނަމަކުން ނުކިޔާ. މަންމަވެސް ގޮވާލީ އައިނީއޭ ކިޔަފަ” ތުއިވެލާފައި އައިނީ ބުނެލިއެވެ.

“އަހަރެންނަށް ނިންނި ވަރަށް ޙާއްސަ. އެކަން ހަނދާންކުރައްޗެ” ޔަޒްދާން ބުނެލިއެވެ. އައިނީ ހޫން އަޅުވާލިއެވެ.

“ވެލް…. ނިންނި މިގަޑީގައި ނުނިދާ ކީއްކުރަނީ ތި” ޔަޒްދާން އަހާލިއެވެ. އައިނީގެ އަޑުގައި ނިދީގެ ކަންފުޅެއްވެސް ނެތީމައެވެ.

“އަދި ނުނިދިގެން މިއުޅެނީ. އަބަދުވެސް އާދަ މީ. ދެން މާދަމާ ކޮލެޖެއްވެސް ނޯންނާނެއްނު. އެހެންވެ ފިލްމެއް ބަލަން އޮތީ” އައިނީ ޖަވާބުދިނެވެ.

“އެހެންތަ. އަނެއްކާ އުނދަގުވޭތަ މިގަޑީގަ ގުޅާލީމަ” ޔަޒްދާން އަހާލިއެވެ.

“ނޫން. ދާން ގުޅިމަ އައިނީއަށް ދުވަހަކުވެސް އުނދަގު ނުވާނެ” އައިނީ ބުނެލިއެވެ.

“އެއީ ކީއްވެ؟؟؟” ޔަޒްދާން އަހާލިއެވެ.

“އެއީ….. ހެހެހެ… ލީވް އިޓް. ދާން މިގަޑީގައި ނުނިދާ އަސްލު ތިގުޅާލީ ކީއްވެޔޯ. އަދި އަލަށް މިކަހަލަ ގަޑިއެއްގައި ތިގުޅީ” އައިނީ އަހާލިއެވެ.

“އޫމމމމމ…. ކުއްޖެއްމަތިން މާބޮޑަށް މިސްވާވަރުން ހިތަށް އެރީ އެކުއްޖާ ވެސް އުޅޭނީ އަހަރެން މަތިން މިސްވާވަރުންނޭ… ރަނގަޅަށްތަ މިހީވީ” ޔަޒްދާން ބުނެލިއެވެ. ވަގުތުން އައިނީގެ ހިތް ހވީ ނަށައިގަތް ހެންނެވެ.

“ވެދާނެ” އައިނީ ބުނެލިއެވެ. މިވަގުތު އައިނީގެ މޫނުމަތިން ފެންނާނެ ކުލަވަރު ޔަޒްދާނަށް ފެންނަ ކަހަލައެވެ.

“އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟” ޔަޒްދާން އަހާލިއެވެ.

“ނިންނި އަހަރެންނާއި މެދު ދެކެނީ ކިހިނެއް” ޔަޒްދާން އަހާލިއެވެ. އައިނީ އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

“ތިސުވާލުގެ ޖަވާބު ދިނުމުގެ ކުރިން އަހަރެން ދާން އާއި ސުވާލެއް ކޮށްލަން ބޭނުން” އައިނީ ބުނެލިއެވެ.

“ގޯ އެހެޑް” ޔަޒްދާން ބުނެލިއެވެ.

” ދާން އާއި ޔަނާލާ އެއްވެސް ގުޅުމެއް އޮވޭތަ؟ މިބުނީ…..”

“ޕްލީޒް ނަންނި… މިގަޑިގަ ދައްކާނީ މަށާ ނިންނިގެ ވާހަކަ. ޔަނާލް އާއި އަހަރެންނާއި ގުޅުމެއް އޮތްނަމަ އަހަރެން ކީއްކުރަން ރޭގަނޑުގެ ނިދި ހަރާބުކޮށްލާފައި ނިންނިއަށް ގުޅަންވީ” ޔަޒްދާންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވިއެވެ.

“ސޮރީ…” އައިނީ ބުނެލިއެވެ.

“އިޓްސް އޯކޭ.. ދެން ޖަވާބުދީބަލަ” ޔަޒްދާން ބުނެލިއެވެ.

“އައިނީއަށް ދާން ވަރަށް ކަމުދޭ. އައި ތިންކް އައިމިން ލަވް ވިދް ޔޫ” ޔަޒްދާންގެ ހިތަށް އުނދަގުވި ނަމަވެސް އޭނާ ހިނިތުންވެލިއެވެ.

“އޯވް… ހައު ސްވީޓް… ނިންނި ވަރަށް ލޯބި މަށަށް. ނިންނިގެ ސްމައިލް. ޔޯ ހެއަރ ސްޓައިލް. ދަ ވޭ ޔޫ ވޯކް ދަ ވޭ ޔޫ ޓޯކް ދަ ވޭ ޔޫ ލުކް އެޓް މީ އެންޑް މެނީ މޯރ” ޔަޒްދާން ބުނެލިއެވެ.

“އަސްލުވެސްތަ. އޯ އައި ލަވް ޔޫ ދާން” އައިނީ ބުނެލިއެވެ. ޔަޒްދާން ރައްދު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބުނަން ބޭނުންވި ޖުމްލަ ނުބުނެވުނެވެ.

“މާދަމާ މީޓްވާނެތަ؟” ޔަޒްދާން އަހާލިއެވެ. އައިނީ އާއެނކޭ ބުނުމުން ބައްދަލުކުރާނެ ތަނާއި ގަޑި ބުނެފައި ޔަޒްދާން ފޯނު ކުރުކޮށްލިއެވެ. ފޯނު ދުރުގައި ބޭއްވުމަށްފަހު ޔަޒްދާން ވިސްނާލިއެވެ. އޭނާއަށް ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ތިމާއަށް ވެވިފައިވާ ލޯބި ހިތުންފުހެލުމަށްޓަކައި ކުށެއްނެތް އަންހެންކުއްޖެއްގެ އިހުސާސްތަކާއި މިގޮތަށް ކުޅެން ވެދާނެހެއްޔެވެ؟ އައިނީގެ ކުށަކީ ކޮބާ ހެއްޔެވެ؟ ޔަޒްދާން ދެލޯ މަރާލިއެވެ. އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. އޭނާއަށް ވިސްނެނީ ހަމައެކަނި ޔަނާލްގެ ސޫރަ ހިތުން ފޮހެލާނެ ގޮތަކާއި މެދުގައެވެ. އެހެން އަންހެންކުއްޖެއްގެ ހިތްހަލާކު ކޮށްލައިގެން ނަމަވެސް އޭނަ ބޭނުންވަނީ އޭނާގެ ހިތުން ޔަނާލްދެކެ ވެވިފައިވާ ލޯބި ފޮހެލާށެވެ. އޭނާ އައިނީ އިހްތިޔާރުކުރީ އެހެންވެއެވެ.

****************************************************

ހުކުރުދުވަހަށް ވުމާއެކު މެންދުރު ކެއުމުގެ ފަހުން ޔަޒްދާން ނައްޓާލީ އައިނީ ކައިރިއަށް ދިޔުމަށެވެ. އައިނީ ބުނި އެޑްރެހަށް ދެވުމުން ކާރުން ފައިބާ ކުރިމަތީގައި ހުރި ދޫފެހިގެ ނަމުން ނަން ދީފައިވާ ގެއަށް ބަލާލިއެވެ. މުށި ކުލައިގެ ދޮރާއްޓެއް ލާފައިވާ ބަލާލަން ރީތި ގެއެކެވެ. ގެ ހުރީ ދެބުރިއަށެވެ. އެތެރެއަށް ވަންނަން ނުކެރުމުން ޔަޒްދާން ފޯނު ނަގާފައި އައިނީއަށް ގުޅާލިއެވެ. ފަސްމިނިޓްވެސް ނުވާނެއެވެ. އައިނީ ދޮރާށި ހުޅުވާލާފައި ބޭރަށް ނިކުތެވެ. ކުރިމަތީގައި ކަޅު ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޔަޒްދާން ފެނުމުން އައިނީ ރަކިވިއެވެ. ރަތްކުލައިގެ ލިޕްސްޓިކުން ފަވާލާފައިވާ ތުންފަތް ހަފާލާފައި އިސްޖަހާލުމުން ޔަޒްދާނަށް އުނދަގުވިއެވެ. އޭރުވެސް އޭނާގެ ހިތުގެ ކަނަކުން އަނބުރާ ދިޔުމަށް ދިޔައީ ގޮވަމުންނެވެ. އޭނާއަށް އައިނީއާއި ހަތަރުކަޅި ހަމަކުރަން އުނދަގުވިއެވެ.

“ނުވައްދާނަންތަ އެތެރެއަށް” ޔަޒްދާން އަހާލިއެވެ.

“ނޫން. އާދޭ” ޔަޒްދާންގެ އަތުގައި ހިފާލަމުން އައިނީ ބުނެލިއެވެ.

“މަޑުކޮށްބަލަ. ކޮންބައެއް އުޅެނީ. އަހަރެން ވަރަށް ލަދުގަނޭ” ޔަޒްދާން ފަސްޖެހުނެވެ.

“ސާބަހޭ. ތީ އަންހެންކުއްޖެއްތަ ލަދުގަންނަން. އެހެންނޫނަސް ގޭގައި އެކަކުވެސް ނެތް. އެންމެންވީ ހުޅުމާލެއަށް ގޮސް” އައިނީ ބުނެލިއެވެ.

“ކީއްވެ ނިންނި ނުދިޔައީ” ޔަޒްދާން ބުނެލިއެވެ.

“ހަމަ ނޭނގިގެންތަ ތިއަހަނީ. އިޓްސް ބިކޯޒް އޮފް ޔޫ. ދާން އާއި އެކީގައި ޓައިމް ސްޕެންޑް ކުރަން ބޭނުންވާތީ. މިއަދުގެ މިވަގުތުކޮޅު ވަރަށް ސްޕެޝަލް ކޮށްލަން ބޭނުންވާތީ. ތާރީހުގައި ފަވާލަން ބޭނުންވާތީ….. އަދިވެސް……..”

“އޯކޭ އިނަފް…..” ޔަޒްދާން ބުނެލިއެވެ. އައިނީގެ ވާހަކަތައް ހުރިގޮތުން ޔަޒްދާނަށް ފޫހިކަމެއް ލިބެމުން ދިޔައެވެ. އޭނާގެ އަތުގައި ހިފައިގެން އައިނީ ދޮރާށިން އެތެރެއަށް ވަތްއިރުވެސް ޔަޒްދާނަށް އެއްކަމެއްވެސް ނުކުރެވުނެވެ.

ގޭތެރެއަށް ވަދެވުމައެކު ޔަޒްދާނަށް އެގެއަށް ވަށައިގެން ބަލާލެވުނެވެ. އެހާ ބޮޑެއް ނޫނެވެ. ސިޓިގްރޫމުގައި އާދައިގެ ސޯފާސެޓެއް ބަހައްޓާފައި ހުރިއިރު ދެން ހުރި ބައިވަނީ ބަދިގެއަށް ހާއްސަކޮށްފައެވެ.

“މިތަނުގައިތަ މަޑުކުރަނީ، ހިނގަބަލަ އައިނީގެ ރޫމަށް” ޔަޒްދާން މަޑުޖެހުމުން އައިނީ ބުނެލިއެވެ.

“މިތަންވެސް އޯކޭއެއް ނޫންތަ؟” ޔަޒްދާން ބުނެލިއެވެ.

“ދެން ނޫނެކޭ. ދާންއަށް އެއްޗެއް ދައްކާލަންވެސް އެބަޖެހޭ” އައިނީ ބުނެލިއެވެ. ޔަޒްދާނަށް އުނދަގުވިއެވެ. ނަމަވެސް އެކަމަކީ އޭނާ އަމިއްލައަށް ވަދެގަތް ކަމަކަށްވާތީ އައިނީ ފަހަތުން މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަނެވެ.

“އީށީނދޭ” އެނދު ދައްކާލަމުން އައިނީ ބުނެލިއެވެ. ޔަޒްދާން އިށީނެވެ. އައިނީ އިށީނީ ޔަޒްދާނާއި ޖެހިފިތިގެންނެވެ.

“އަހަރެން ދާން ދެކެ ވަރަށް ލޯބިވޭ. ދާން އެންމެފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އައިނީގެ ހިތް ދާންއަށް ދެވިއްޖެ” އައިނީ ޔަޒްދާންގެ ކޮނޑުގައި ބޯއަޅާލިއެވެ.

“ހެހެހެ..އެހެންތަ؟ މިތަނަށް އިތުރު މީހަކު ނާންނާނެތަ؟” ޔަޒްދާން އަހާލިއެވެ.

“ނާންނާނެ. ކަންބޮޑު ނުވެބަލަ. ބަލާބަލަ އައިނީއަށް” ޔަޒްދާންގެ މޫނުގައި ހިފާ މަޑުމަޑުން އަނބުރާލަމުން އައިނީ ބުނެލިއެވެ. ޔަޒްދާނަށް އެދިމާލަށް ބަލަން އުނދަގުވިއެވެ. އައިނީ ލައިގެން އިން އަޅި ކުލައިގެ ބާރު ޓޮޕްގައި އޭނާގެ ކަރުވަޅު ކަނޑާފައި ވަނީ ނުހަނު ބޮޑުކޮށެވެ. އެކަމުގެ ސަބަބުން އޭނާގެ މޭމަތިން ފެންނަން ނުވާ ބައެއް ޔަޒްދާނަށް ދަނީ ފެންނަމުންނެވެ. އައިނީގެ ބުޅި ވަރުގަދަ އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލާފައެވެ.

“ބުނީމެއްނު އެއްޗެއް ދައްކާލާނަމޭ” ބުނާނެ އެއްޗެއް ނެތިގެން ޔަޒްދާން ބުނެލިއެވެ.

“ހެހެހެ ހާދަ ކެތްމަދޭ. ވެއިޓް” އައިނީ ހީލަމުން އިންތަނުން ތެދުވެ ލައިގެން ހުރި ޓޮޕްގެ ކުރިމަތިން މެދުގައި ލާފައިވާ ޒިޕްގެ ކުޑަތަންކޮޅެއް ތިރިއަށް ކަހާލިއެވެ. އަދި އެއްފަރާތަކަށް ޖައްސާލުމަށްފަހު ޔަޒްދާނަށް ދައްކާލިއެވެ. ޔަޒްދާނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އެހިސާބުގައި ޔަޒްދާނުގެ ނަންވަނީ ކަނޑާނަގާފައެވެ.

“ހާދަ ލަދުންނޭ ތިއުޅެނީ. ބަލާލަބަލަ” އައިނީ ބުނެލިއެވެ. ޔަޒްދާން ބަލާލިއެވެ. އެއީ މާގިނައިރުވެފައިވާ ޒަހަމެއް ނޫނެވެ. އަދިވެސް އެތަނުން ވަނީ ލޭ ހިލިފައެވެ.

“ތީ ކީއްކުރަން ކުރިކަމެއް” ޔަޒްދާން ހިތްހަމަނުޖެހުނެވެ.

“އައިނީ ވަރަށް ވަރަށް ލޯބިވޭ… ނޫޅެވޭނެ ދާންއާއި ނުލާ” ކުއްލިއަކަށް އައިނީ ޔަޒްދާންގެ އުނގުތެރެއަށް ވަދެ މޫނުގައި ހިފާ ކައިރިކޮށްލިއެވެ. އައނީގެ ތުންފަތް ޔަޒްދާންގެ ތުންފަތުގައި ބީހިލި ވަގުތު ޔަޒްދާން ފުންމައިގެން ތެދުވިއެވެ.

ވަޓްސް ރޯންގް. ޑޯންޓް ޔޫ ލަވް މީ….” އެނދުގައި އިން އައިނީ އޭނާއަށް ފުރަގަސްދީގެން ކޮޅަށް ހުރި ޔަޒްދާނަށް އިވޭ ވަރަށް ބުނެލިއެވެ.

“ނޫން.. މިއީ ރަނގަޅުގޮތެއް ނޫން. ނިންނި ހަމަބިމަށް އާދެބަލަ. އަހަރެން ނިންނިގެ ފަރާތުން ލޯބި ބޭނުންވަނީ މިގޮތަކަށްނޫން” ޔަޒްދާން ބުނެލިއެވެ. އޭނާ ހުރީ އެތަނަށް އާދެވުނު މޮޔަ ހީވެފައެވެ.

“ނޫން. މިއީ މާބޮޑުކަމެއް ނޫނޭ ލަވް. މިކަހަލަ ކަންތައް ކޮންމެ ދެލޯބިވެރިއެއްގެ މެދުގައިވެސް ހިނގާނެ. ޑޯންޓް ރެފިޔުސް ބޭބީ” އައިނީ ޔަޒްދާންގެ ފުރަގަހުން ބައްދާލިއެވެ. ޔަޒްދާން ބިރުގަންނަންފެށީ އަންހެން ކުއްޖެއްގެ އެފަދަ ނުރައްކާތެރި ބީހުންތަކަކަށް އޭނާއަށް ނޫނެކޭ ނުބުނެވިދާނެތީއެވެ.

“ހެހެހެ… ހީވަނީ މިއީ ދާންގެ ފަސްޓް ޓައިމްހެން. އޭމް އައި ރައިޓް؟ ދާން އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. ހުރިހާ ކަމެއް އައިނީ ކުރާނަން. ޔޫ ޖަސްޓް ރިލޭކްސް…. އޯކޭ” އައިނީ ޔަޒްދާންގެ މޫނުގައި ދެފަރާތުގައި ހިފާލުމަށްފަހު ގެނެސް އޭނާގެ ނިތުގައި ޔަޒްދާންގެ ނިތް ޖައްސާލަމުން ބުނެލިއެވެ.

“ހިނގާ ސިޓިންގްރޫމުގައި ތިބެންދަމާ” ޔަޒްދާން ބުނެލިއެވެ.

“ނޫން. މިހާރު ތިއުޅެނީ މާރަނޑުވެގެން. ހުރެބަލަ ނިކަން” އައިނީ ޔަޒްދާން އެނދުގައި ބޭންދުމަށްފަހު ޔަޒްދާން ލައިގެން ހުރި ޓީޝާޓް ބޭލުވިއެވެ. ޔަޒްދާންގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާފައި އައިނީ އަރާ ޔަޒްދާންގެ ބަނޑުގެ ދެފަރާތަށް ދެފައި ލައިގެން އިށީނެވެ. ޔަޒްދާން އޮތީ އައިނީގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ މޫނުމަތިން މިވަގުތު ފެންނަމުން ދަނީ އައިނީގެ ބީހުންތަކަށް މަރުހަބާ ކިޔާކަހަލަ އަސަރުތަކެކެވެ. އައިނީ ޔަޒްދާންގެ މޭމަތީގައި ބޯއަޅާލުމުން ޔަޒްދާނަށް ހީވީ އޭނާގެ ހިމާޔަތަށް ޔަނާލް އެދުނުހެންނެވެ. އައިނީ ޔަޒްދާންގެ ކަންފަތް ދަށުގައި ތުންފަތް ޖައްސާލުމާއެކު ޔަޒްދާނަށް ދެލޯ މަރާލެވުނެވެ. އެއާއެކު އޭނާގެ ދެތުންފަތް ދޭތެރެއިން ނިކުމެގެން ދިޔައީ ޔަނާލްގެ ނަމެވެ. ވަގުތުން އައިނީ ތެދުވެ އެނދުންވެސް ފޭބިއެވެ. އޭނާ ހުރީ ޝައްކުގެ ނަޒަރަކުން ޔަޒްދާނަށް ބަލަހައްޓައިގެންނެވެ. ޔަޒްދާން އައިނީ ދެކެ ލޯބިވާއިރު މިފަދަ ދަނޑިވަޅެއްގައި ޔަނާލްގެ ނަމުން ގޮވަލީ ސަބަބެއް އައިނީ ހޯދަން ބޭނުންވިއެވެ. ޔަޒްދާން އޭނާގެ ޙިއްސުތައް ހަމަޔަކަށް އަޅުވަން އިރުގަނޑެއް ނެގިއެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.

Next

ލޯބި5

Next
February 6, 2019

ލޯބި5

Previews
February 6, 2019

މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.

5 Comments!

  1. Nattu says:
    February 6, 2019 at 12:53 pm

    wow me first dhww me part ves vv reethi masha Allah. keep it up ushaali lysm

    1. Ushaali says:
      February 6, 2019 at 1:58 pm

      thankyu so much Nattu 🙂 ily tooo 🙂 🙂

  2. unknown says:
    February 6, 2019 at 4:25 pm

    wow …mi part vx vvvvvvvvvvv reethi….whn nxt part……vvvvv havahah up kohla dheh cheyy can’t wait story kiyaalaa hithun ???

  3. WINKS says:
    February 6, 2019 at 5:06 pm

    ME SEC DHW

  4. Fayaz says:
    February 9, 2019 at 3:19 am

    15 vana bai kobaa tea

Comments are closed.


All Right Reserved!