ޝާއިފްގެ މޫނުގައިވި އަސަރަކުން އަޝްރާގެ ހިތް ބިރުގަތެވެ. އޭނައަށް ހިންދިރުވާލަމުން މަޑުމަޑުން ޝާއިފްގެ ނަން ކިޔާލެވުނެވެ. ” ޝާއިފް… ޝާއިފް ތިހީކުރާ ކަހަލަ ކަ… ” ވާހަކަ ދައްކަން އުޅުނު އަޝްރާގެ ވާހަކަ ބުނެވުނީ އެހިސާބަށެވެ. ޝާއިފް ބަލައިލި ގޮތުން އަޝްރާއަށް އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރުނެވެ. އަޝްރާއަށް ކުއްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. ” އަޝްރާއަށް ހީވަނީތަ މަމީ މޮޔައެއް ހެން… އަހަންނަށް އިނގެޔޭ ހުރިހާ އެއްޗެއްވެސް… އަހަރެން ސާފުކޮށް ބުނިންދޯ އަޝްރާ ގާތު ނާއިލްއާއެކު […]
15 ވަނަބައިގެ ތެރެއިން…. “އެހެންވެ ދޯ މިދުވަސްކޮޅު އައިނީ ހޫނުފެނަށް ވެއްޓިގެން މިއުޅެނީ. ބްރޯއަށް ނޭނގުނަސް ބުނަންތަ ވާހަކައެއް. މި ކޮލެޖުގައި މަދުވާނެ އޭނާ ހިތާނުވާ ފިރިހެނެއް. މީހެއްގެ މޫނަށް ބަލާލާއިރު އެހުންނަ މައުސޫމު ކަމަކުން ރީތިކަމަކުން މީހެއްގެ ހަޤީޤީ ސިފައެއް ހާމައެއް ނުވެދާނެ. އެކަމަކު އައިނީއަކީ މީހަކު ލޯބިވެގެން ހިތާވާވަރުގެ މީހެއް ނޫން. މިކޮލެޖުގައި އުޅޭ ހުރިހާ ފިރިހެނުންގެ ތުންފުހި އެއީ” ފައިޒަން ބުނެލިއެވެ. ޔަޒްދާން ހުރީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. “ފައިގެވެސް ތަ؟” ޔަޒާދާން […]
މައިރާ “ވިތް ލަވް ޔާރާ….” ލައިލް އަނގަ ފާޑަކަށް ހަދާލަމުން އަހަންނަށް ބަލާލަމުން ބުނެލިއެވެ. ލައިލްގެ އަޑުގައިވި މަލާމާތުގެ ރާގު އަހަންނަށް ރަނގަޅަށް ފާހަގަވިއެވެ. “ޔާރާ… ސީރިއަސްލީ ޔާރާ… މައިރާ ހީކުރީ އަހަރެން ދެދުވަހު ވާހަކަ ދައްކާލީމަ ދެން އަހަރެން މައިރާ ދެކޭ ލޯބިވީއޭތަ؟….” ލައިލް ބުނި އެއްްޗެއް އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ތަންކޮޅެއް ލަހުންނެވެ. ލޯކުޑަ ކޮއްލައިގެން އިނދެ ލައިލް އެހެން ބުނެލިއިރު އެހިތުގައި ކުޑަވެސް ރަހުމެއް ނެތީ ހެއްޔެވެ؟ ނޫނީ އެވާހަކަ އަހަންނަށް […]
ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައި އޮތް އިސްތަށިގަނޑުގައި ކުލަ ޖެއްސިފައިވީއިރު ލައިގެން ހުރީ އަތްކުރު ބާރު ޓޮޕަކާއި ފަޔަށް ހިފިފައި އޮތް ޖިންސެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި މާޝާ ބަލަހައްޓައިގެން ހުންނަން ފެށުމުން އެ މީހާ ސަލާމަށް އަތްދިއްކޮށްލިއެވެ. “އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ. ** ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށް އައްޒާމް ދަތުރުކުރަމުން ދިޔަ ފްލައިޓް މުލަކާއި […]
14 ވަނަ ބައިގެ ތެރެއިން….. “ނޫން. މިހާރު ތިއުޅެނީ މާރަނޑުވެގެން. ހުރެބަލަ ނިކަން” އައިނީ ޔަޒްދާން އެނދުގައި ބޭންދުމަށްފަހު ޔަޒްދާން ލައިގެން ހުރި ޓީޝާޓް ބޭލުވިއެވެ. ޔަޒްދާންގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާފައި އައިނީ އަރާ ޔަޒްދާންގެ ބަނޑުގެ ދެފަރާތަށް ދެފައި ލައިގެން އިށީނެވެ. ޔަޒްދާން އޮތީ އައިނީގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ މޫނުމަތިން މިވަގުތު ފެންނަމުން ދަނީ އައިނީގެ ބީހުންތަކަށް މަރުހަބާ ކިޔާކަހަލަ އަސަރުތަކެކެވެ. އައިނީ ޔަޒްދާންގެ މޭމަތީގައި ބޯއަޅާލުމުން ޔަޒްދާނަށް ހީވީ އޭނާގެ ހިމާޔަތަށް ޔަނާލް އެދުނުހެންނެވެ. […]
ލޯބިވާ މަންމާއޭ އަހަންނައް އެއްފަހަރު މާފް ކުރާށޭ ލިބެމުންދާ ހިތިނަތީޖާ އަހަރެން ހުއްޓައް ބޭނުން މަންމާއޭ އަހަންނަށް ލިބެމުން މިދަނީ… ވަރަށް ބޮޑު އަނިޔާއެކޭ…. ގާތް އެކުވެރިޔެއް ނެތުމެވެ.ކުއްޖަކު ގާތު އެއްޗެއް އަހާލިޔަސް ބުނަނީ މަންމައަށް އިހްތިރާމް ނުކުރޭ….. މަންމާ އޭ އަހަރެން ރޮއެފާ ބުނަމޭ…. މަންމާ އަހަންނައް އެންމެ ފަހަރަކު މާފު ކުރާށޭ…. އަދިވެސް ރޮއެފާ ބުނަމޭ…. މަންމަގެ ހިމާޔަތުގައި ވީހިނދުު އަހަންނައް ނުވާ އެންމެ ކަމެއްވެސް ނެތޭ…… މަންމާއޭ މަންމަ ގާތު ބައްޕަ ނުބުނެ […]
”އަޅުގަނޑަކީ އުމުރުން އެންމެ ދިހަ އަހަރުގެ މީރާއެވެ.އަހަރެން މަންމަ ދައްކާ ވާހަކައިގެ އަަޑެެއް ނާހަމެވެ. އަހަރެން އުޅެނީ އަހަރެން އުޅޭނެ ގޮތަށެވެ.މިހާރު އަހަންނައް އޭގެ ހިތިި ނަތީޖާ ލިބިއްޖެވެ. މަންމާއޭ ރޮއެފާ ބުނާަމެވެ. ތި ލޮބުވެތި އަތުން އަދިި އެއްފަހަރު ފިރުމާލަދީ އަދި މާފް ކުރޭ…. މަންމާ އަހަރެން މަންމަ ދެކެ ރުޅި އައީ އޭރު ނުވިސްނުނީމަ މަންމާއޭ…. މަންމާއޭ އަޅުގަނޑައް އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރައެށ މަންމަ އުފުލައިފިއެވެ. މަންމާއޭ މިހާރު ވިސްނިއްޖެވެ. އެއީ […]
މިގޮތއް ދުވަސްތައް ފާއިތު ވަމުން ގޮސް ކިޔެވުން ފެށިއަޖެވެ. ހުރިހާ ކުދިންވެސް ސުކޫލް އަށް ދިޔައީ އާއު އަޒުމަކާއެކުއެވެ.އައު ެއަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ވަރަށް ބޮޑު އެސެމްބްލީ އެށްއޮތެވެ. މިއަދު ސަމްހާ އާއި ސާޔާ ހުރީ ވަރަށް ދެރަވެފައެވެ. އެއީ އެދެމީހުންގެ ކުލާސް ބަދަލުވުމުންނެވެ.އަދި މީގެ އިތުރުން މައިޝް އާއި ލަޔާންވެސް ދިޔައީ މިންހާާމެން ކުލާހަށެވެ. މިކަމާ މިންހާ އާައި ލިޔާ ވަރަށް އުފާވިއެވެ. އެސެމްބްލީ ނިމިގެން ކުލާހައް ގޮސް މިންހާ އަށް ބަލައިލެވުނީ މައިޝް […]
” އިނަފް… ދިސް އީޒް އިނަފް… ” އެމީހުންގެ ގާތަށް ދެފިޔަވަޅު ކުރިއަށް އަޅާލަމުން ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މިންހާ ބުނުމާއެކު ވަގުތުން އެތިން މީހުންގެ ހުނުން ހުއްޓުނުއިރު އަޝްރާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ” އިނަފް އީޒް އިނަފް… ވަރަށް ކެތްކޮށްފިން… ތިމީހުން ކިޔާނެ އެއްޗެއް ކިޔަންދެން ކުރާނެ ކަމެއް ކުރަންދެން އެއްޗެކޭ ނުބުނެ ވަރަށް ގިނަ ދުވަހު ހުރެފިން… އެކަމަކު ދެން… ދެން ނުހުރެވޭނެ… މީގެ ކުރިން އެއްޗެކޭ ނުބުނެ ހުރުން އޭގެ މާނައެއް […]