
ކުށްވެރި ނަފުސު
ލުއިފަސޭހަ ކަމެވެ. ކޮޓަރިތެރޭ އަރާމުކުރެވުމެވެ. ހިތް އެދޭ ވަގުތަކަށެވެ. ޓީވީ ބެލުމާއި ފޯނުގައެވެ. ކެއުމާއި ބުއިމެވެ. ފުރިހަމަ ނިންޖަކަށް ފަހު އަަައު ދުވަހަކަަށް އިރުއެރުމެވެ. ދިރިއުޅުން ނުކުޅަދާނަވެފައެވެ. ކަންނެތްކަން އޭގެ އިންތިހާގަ އެވެ. މައްސަލައަކަށްވީ އާދަތަކެއް ނޫނެވެ. ހާލަތެވެ. ގޭގެ ހުރިހާ މަސައްކަތެއްހެން ކުރުމުގައި އުޅެނީ މަންމަ އެވެ. ބައްޕަ އޮފީހުގަ އެވެ. އަދި މައިޝާގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު އިސްކޫލުގަ އެވެ. މަސައްކަތެއް ކުރުމެއްނެތި އަތަށް ލާރި އަރަމުން ދިޔަ އެވެ. ހަތް އަހަރުވެ ވަރިވެފައި ހުރި ފިރިހެނުންގެ ފަރާތުންނެވެ.
‘ހަލޯ, ބައްޕާ. މަންމަ ބުނީ ފަސްހާސް ޖަމާކޮށްދޭށޯ.’ ޓަކް. ދަރިފުޅުގެ އަތުން ފޯނު އެ އަތުލެވުނީ އެވެ. ބައެއް ފަހަރު މަސް ނުނިމެނީސް އޮންނަނީ ފަައިސާ އަށް އެނދެވެން ޖެހެވިފަ އެވެ. ދިރިއުޅުމުގެ ވައްޓަފާޅީ ވަނީ ބޮއްސުންލާފަ އެވެ. ޒީނަތްތެރިވުމާއި ބޭރުތެރެއިން ކެއުމުގައެވެ. ނުފުދޭ މިންވަރަށެވެ. މިއީ ކޮންފަދަ މަންމަ އެއްގެ މިޘާލު ހެއްޔެވެ.
މާލޭގެ މީހަކާ ކައިވެނި ކުރެވި ހިތްހަލާކުވެފަވާ އަންހެނެކެވެ. މާލޭ މީހަކީމޭ ބޭރުކުރެވިއްޖެނަމަ ހިތް އެ ފުރާނައަކަށް އަަަޅުދާސްކުރެވޭގޮތް ވެއެވެ. ދެން އޮންނަނީ ހިތް ލެންބުވުމުގައި ކާމިޔާބީ ލިބިގަތުމެވެ. ފާރިޝްއަކީ އެފަދަ ޖައްސާލުމަކުން މަޅީގައި ޖެހުނު މަހެކެވެ. މާލެ އަށް ބޭސްކުރަން ދިޔަ ފަހަރެއްގައެވެ. ބައްދަލުވީ ރެސްޓްރޯންޓަކުންނެވެ. އެއް މޭޒެއްގައި ޖައްސާލެވުމާއެކު ގުޅުން ފެށިއްޖެ އެވެ. އޮތީ ޓާގެޓަށް ވާަސިލުވުމެވެ.
ފާރިޝް އޭނާގެ އާއިލާއާ އެކު އޮތް ގުޅުމުގައި ވަނީ ފާޞްލާއެކެވެ. އާއިލާ ވީ ގެއްލި ބެހިފަ އެވެ. އެއްގޮތަކުން ލިބެވެމުން ދިޔަ ލުޔެކެވެ. ކިޔަވަން މާލެ ބަދަލުވުމާއެކުހެން އެކަނި އުޅެން ފެށިއްޖެ އެވެ. ކަންކަން ދަސްކޮށް ދެނަގަނެވިއްޖެ އެވެ. ވަރުގަދަ ގުޅުންތަކެއް ހަރުދަނާ ކުރެވުނެވެ. އާއިލާ އެއް ނެތި އެވެ. މައިންބަފައިންގެ ފަރާތުން ލިބެވެމުން ދިޔަ ބޮޑު ލުޔަކަށްވީ ފައިސާގެ ދީލަތިކަމެވެ. އަދި ރަނގަޅު ފެންވަރަށް މައްޗަށް ކިޔެވުމެވެ. އެކަައުންޓިންއިން ޑިގްރީ ހާސިލްކުރި އެވެ. ފަސޭހަކަމާއެކު ބޭންކެއްގެ މެނޭޖަރަކަށް ވެވިއްޖެ އެވެ.
ހަމަސްނުވެ އެ ރައްޓެހިވެވުނީ ފުރަތަމަ އަންހެންކުއްޖާ, މައިޝާއާ އެވެ. ބައްދަލުވި އިރު ފެނުނު މަންޒަދު ހަޤީޤަތާ ހާސް ތަފާތެވެ. އެއިރަކު ނުހޯދުނެވެ. ބޭރުފުށުގައި ވި ނިޔަނެތި ކަމެވެ. އަދި ޖާދޫގައި ޖެއްސުވުމުގައި ހުރި ބާރެވެ. ގިނަ ދުވަސްތަކެއް ނުވެ ކަައިވެނީގެ ގޮށް ޖެހިއްޖެ އެވެ. ދުވަސްތައް ދިޔައީ މާފޮޅުވުމުގައެވެ. ދުނިޔެ ފަޅުކުރުވައިފި އެވެ. ހިއްސުތައް ދަމައިގަނެވިފައިވީ ދެ ޖިސްމުގެ ބަނދެވުމުގަ އެވެ. ހުނުމުގައި ވަރުބަލިކަމެއް ނެތެވެ. ދެ ފުރާނަ ލުބުނަވީ ބީހުންތަކުގެ ތެރޭ ޤަފަލް ކުރެވިއްޖެ އެވެ. ހަމައިން ކެހިއްޖެ އެވެ.
އިޝްޤީ ގުޅުން އޮތީ އެހާ ވެސް މަައުނަވީކޮށެވެ. ފާރިޝް ރަށަށް ބަދަލުވެ ވަޒީފާ އެއް ހޯދި އެވެ. ރަށު ބޭންކުގެ އޮފީސްތެރެއިންނެވެ. އާފާތެއް ނެތެވެ. ހަމައެކަނި ގޭތެރެއިންނެވެ. މައިޝާ އެވެ.
ގޭގެ މަސައްކަތެއްގައި ޅުއުޅުމެވެ. ކާތަކެތި ތައަޔާރުކޮށް ތަންތަން ސާފުކުރުމުގައި އަވަދިނެތި އުޅެމުން ދިޔައީ މަންމަ އެކަނިމައި އެކަންޏެވެ. ގެ އަކު މައިޝާ ފިޔަވާ އެހެން ދަރިއަކު ނޫޅެއެވެ. މީހުނާ ކައިވެނި ކުރެވި އެހެންކުދިން ވަކިންނެވެ. މައިޝާ އެއީ އެންމެ ހަގަށް ހުރި ކުއްޖާ އެވެ. އަދި ތަފާތުކުރުމުގެ އަސްލަކަށް އެ ސަބަބު ވަނީ ވެފައެވެ. މިފަދަ ބަޞީރަތުތަކެއް ފައުޅުވެއްޖެ އެވެ. އަދި ހިތް އެކަމަކާ ނުރުހުން ކިޔައިފި އެވެ.
…………
ދެ އަހަރަށް ކެތްކުރެވުނެވެ. އިތުރަކަށް ޠާޤަތެއް ނުލިބުނެވެ. މައިޝާ އަށް އޭނާގެ ނަފުސު އިސްލާހުކުރުމުގެ އަމަލެއް ނުދެއްކުނެވެ. އެ ނާމަސްއޫލިއްޔަވެރިކަމާއި ގޮތްދޫނުކުރުމުގަ އެވެ. އަދި މަންމައެއްގެ މައިވަންތަކަން ފަސްކުރުމުގައި ޝަކުވާއެއް ނުފެނުމެވެ. ވަބާ އެއް ހަމަ ނެތީތޯ އެވެ.
ފާރިޝް މައިޝާ ވަރިކޮށްފި އެވެ. ތިން އަހަރުގެ ފިރިހެން ދަރިއަކު ހުއްޓެވެ. އެ ޢާއިލާ ދޫކޮށްފި އެވެ. އަނބުރާ މާލެ ބަދަލުވެ ވަޒީފާއެއްގަ އެވެ. ނަމަވެސް ހަރަދުކުރުމަށް އެއްބަސްވެވުނެވެ. ކުރެވުން އޮތް އެންމެ ކުޑަ މިންވަރަކީ އެއީ ކަމަށް ފެންނަން އޮތީތީ އެވެ.
މައިޝާގެ ވިސްނުންތައް އެއްގޮތެއްމަތީ އެވެ. ހިތާމަ އެއް އަދި ލަދެއް ވެސް ނެތެވެ. މަންމަގެ ޚިދުމަތްތެރިކަމުން ހިތްހަނމަޖެހުން ހޯދައިގަތެވެ. ފާއިތުވެ އެ ދިޔައީ ހަތް އަހަރެވެ.
މަންމަ ބަލިވެއްޖެ އެވެ. އޮޕަރޭޝަންތަކެއް ކުރުމަށް މާލެގޮސް އުޅެއްޖެ އެވެ. ބައްޕަ ވެސް އެއިރު އެފަދަ ހާލަތެއްގައެވެ. ފަޔަށް ބައްޔެއްޖެހި ހިނގާބިގާވެ އުޅުމުގަައި ނުކުޅުދިއްޖެ އެވެ. ނަމަވެސް ހުރިހާ ދަރިންގެވެސް އަޅާލުން އިންތިހާ އަށް ލިބިދެމުން ދިޔަ އެވެ. މައިޝާގެ ހިތުގައި ކުލުނެއްވާ ކަމުގެ ފާހަގަވުން ފަައުޅުވީ އެއިރު އެވެ. މައިންބަފައިން ބަލިވުން އެއީ އޭނާގެ އަމަލުތަކުގެ ސަބަބެއްކަމަށް ގަބޫލުކުރެވެން ފެށުނެވެ. ޚިދުމަތުގައި ހާޟިރުވެ ނެތުމުން ކުރެވެމުން ދިޔަ ޖުރުމުވެރިކަމެކެވެ. ނަފުސުގެތެރޭ ރާޣިބުވުމެއް އަުފެއްދުވި އެވެ. އަދި ހަށީގަައިވި ލާނެއްކަން ފިލުވައިލެވި ގޮތްދޫކުރެވިއްޖެ އެވެ. އަންދާޒް ބަދަލުކޮށް ހަލަބޮލިކުރުވައިފި އެވެ. ބަދިގެތެރޭ ކަންކަން ދަސްކުރުމަށް ފެށިގެނތްނުވި އެވެ. ސާފިތާހިރުކަމުގަަައި މިޘާލެއް ދެއްކޭން ފެށުނެވެ. ދަރިފުޅަށް އެކަށޭނެ ސަމާލުކަން ދެވުނެވެ. މި ހުރިހާ ބަދަލުތަކެއް އެހާ އަވަހަށް ހެއްޔެވެ.
ނޫނެކެވެ. މައިޝާ ވަޒީފާއަކަށް ވެސް ދާން ފެށުނެވެ. ކަައިރި ރިސޯޓެއްގަައި ތަންތަން ކުނިކަހާ ސާފުކުރުމުގަައި އުޅޭ މީހެއްގެ ގޮތުގަ އެވެ. އާންއެކެވެ. މައިޝާއަކަށް ދެން ފާރިޝްގެ ހިތެއް ޤައިދެއް ނުކުރެވޭނެ އެވެ. އެކަމަކު އެހެން ޒުވާނެއްގެ ނަޒަރު ދަމައިގަނެވުން އޮތީ ގާތުގަ އެވެ.
(ނިމުނީ)
11 Comments!
Comments are closed.
nice.. ekam ehaa eh noon????
Okay, thanks. ?
Ehaa nuvaa sababu bunedheynama v rangalhu
eii stry ge style genesdheefaivaa gothunna ehn ekahala baivaru kanthah.. ehen baeh vaahaka thakuga vaagothah kiyaaleema interest vaagotheh nuvey mivaahaka kiyaafaeh…. ehenve reethi noonee, but i know u can improve kan.. u can do it. hope i can read an interesting story from you soon?
Miee koacheh liyan
What would u call it? ?
V nice.. Allura hope 2 see a another story of urs soon❤️❤️??
Thanks. Inshallah soon ?
And u ANONYMOUS.. U better watch ur mouth bfor u say something.. Thi kahala meehunna hedhi.. Vaahaka liyaa meehun vaahaka nuliye Medhutherein huhtaalany.. Allura dnt mind ingey tho.. Plus, anonymous i prefer u not to comment if u can’t tlk properly.. Ok
Allura
It looks as if you have studied Arabic language.
However, avoid using Arabic/Urudu words not in
common usage in Dhivehi, such as “faasla”,
thaqath, raghib etc which the averege reader of this site may not understand.Use Dhivehi words as far as possible. As for the story, this is not your finest, nor the worst. You have a style of your own, and you are improving! That is great!Try to show action of the story rather than tell it. Use dialogue in appropriate places.Perhaps I must not be telling you these things.I’m not your
teacher. Just a reader! All the best!
Thankz for the advice. But I dont think I could avoid usings non-dhivehi words altogether.. that’s tough
Of course, u should tell about the wrongs, if u are a real teacher.. I wouldnt mind at all
Will try my best.
V nice story