Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ – 1

Ninnu Level 210 Stories
February 11, 2019 9 Mins Read
12 Comments

މައިރާ

“ވިތް ލަވް ޔާރާ….” ލައިލް އަނގަ ފާޑަކަށް ހަދާލަމުން އަހަންނަށް ބަލާލަމުން ބުނެލިއެވެ. ލައިލްގެ އަޑުގައިވި މަލާމާތުގެ ރާގު އަހަންނަށް ރަނގަޅަށް ފާހަގަވިއެވެ.

“ޔާރާ… ސީރިއަސްލީ ޔާރާ… މައިރާ ހީކުރީ އަހަރެން ދެދުވަހު ވާހަކަ ދައްކާލީމަ ދެން އަހަރެން މައިރާ ދެކޭ ލޯބިވީއޭތަ؟….” ލައިލް ބުނި އެއްްޗެއް އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ތަންކޮޅެއް ލަހުންނެވެ. ލޯކުޑަ ކޮއްލައިގެން އިނދެ ލައިލް އެހެން ބުނެލިއިރު އެހިތުގައި ކުޑަވެސް ރަހުމެއް ނެތީ ހެއްޔެވެ؟ ނޫނީ އެވާހަކަ އަހަންނަށް ޤަބޫލު ނުކުރެވުނީއެވެ. ކުރިން ނުދަންނަ ދިލަ ތަދެއް އަހަރެންގެ ކަރަށް އަރައިގެން ދިޔައެވެ. ހިންދިރުވާލަން ދަތިވެ އަހަރެން ކަރުގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ.

“ލައިލް…” އަހަރެން ކުރިއަށް ޖެހިލަމުން ލައިލްއަށް ގޮވާލީ ޤަބޫލު ނުކުރެވިގެންނެވެ. ނަމަވެސް ލައިލް ފަހަތަށް ފިޔަވަޅެއް އަޅާލީ އަހަންނާއި ކައިރި ނުވާށެވެ. ހީވީ ހަޑި އެއްޗެއް ގައިގައި ޖެހިދާނެތީ އުޅުނު ހެންނެވެ.

“ޕްލީ… ޕްލީޒް…” ފަހަތުން އަންހެން ކުދިންތައް ހީގަތް އަޑު އިވުމުން އަހަރެން އަވަހަށްބަލައިލީމެވެ. ވަގުތުން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށްލައިފިއެވެ. އަހަންނަށް ގިސްލެވެން ފެށުނީ އެކުދިން އަހަންނަށް މަލާމަތްކޮށް ހޭން ފެށުމުންނެވެ. އަނގަމަތީގައި އަތް އަޅައި ބަލަން ފެށިގޮތުން ހީވަނީ އަހަންނަކީ މީހަކު ވާހަކަ ދައްކަންވެސް ނުވާނެފަދަ މީހެއް ހެންނެވެ.

“ލުކް އެޓް ޔުއަރ ސެލްފް… ކަޅު.. ފަލަ… އިސްތަށިގަނޑު ބުޅި…” ލައިލް އަނގައިން ބޭރުވި ކޮންމެ ބަހެއް ހީވީ އަހަރެންގެ މޫނުގައި ޖަހާލި އެތި ފަހަރެއް ހެންނެވެ. އަހަރެން ހަމަ އެހައި ފަލަ ހެއްޔެވެ. ތުންފިއްތައި ބާރުކޮއްލައިގެން އަހަރެންއިނީ ނުރޯންށެވެ. ނަމަވެސް ތުންފަތް ފޫއަޅުވާލާފައި ރުއިމުގެ އަޑު ނިކުތީ އެ ވިހަގަދަ ބަސްތައް އަޑު އިވުމުންނެވެ.

“ނޫން… ލައި…” އަހަރެންގެ އަތުގައި އޮތް ހުދު ދެ ފިނިފެންމާ ދަމައި ގަންނަމުން ލައިލް އޭތި ދުރަށް އެއްލާލިއެވެ. އަތި އަހަރެން ލައިލްއަށް ދިން ޗޮކުލެޓްތަށް އުކާލީ އަހަންނާއި ދިމާލަށެވެ. އަހަރެންގެ މޫނުގައި ބައެއް އެއްޗެހި އައިސް ޖެހުނެވެ. ނަމަވެސް މިއަދު ތަދެއް ނުވިއެވެ. ބިންމަތީގައި ޖެހުނު ޗޮކްލެޓްތަކަށް އަހަރެން ވަކިވަކިން ބަލައިލީމެވެ.

“ގެޓް އައުޓް އޮފް މައި ސައިޓް ޔޫ ފެޓް ތިންގް…” ދުރުގައި ބަލަންތިބި ހުރިހާ ކުދިންހެން ބާރަށް ހޭންފެށިއެވެ. އަހަންނަށް ކެއްވީ އެހައި ހިސާބަށެވެ. ސުކޫލުގެ ގޭޓާއި ދިމާލަށް އަހަރެން ދުއްވައިގަތީ އިތުރަށް އެތަނުގައި ހުންނަން ބޭނުން ނުވެގެންނެވެ. އިސްޖަހާލި ގޮތަށް އަހަރެން އިސްވެސް ނުނަގައި އިނދެ ފައިގައި ހުރި ބާރެއް ލާފައި ދިޔައީމެވެ.

“މައި… މައިރާ.. މައިރާ…. ޔާރާ………” ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ނަމަވެސް މިވަގުތު ފަހަތަށް ބަލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއީ ލައިލް ނަމަ އަހަރެން ވަގުތުން ހުއްޓިފައި އެދިމާލަށް ދާނަމެވެ. މިވަގުތު އަހަރެން ބޭނުންވަނީ މިތަނުން ދާށެވެ. ދުރަށް ދާށެވެ. ރާއްޖެއިންވެސް ދުރަށް ދާށެވެ. އަދިވެސް އަހަންނަށް ފަހަތުން އެމީހަކު ގޮވާ އަޑު އިވެއެވެ. ނަމަވެސް ސީ އެޗް އެސް އީގެ ގޭޓުން ނިކުތްއިރު ދުއްވާ އެއްޗެހީގެ އަޑު އެއަޑުގެ މައްޗަށް ގަދަ ވެއްޖެއެވެ.

 

7 އަހަރު ފަސް

ލައިލް

ބްރިޖްމަތީގައި ކާރު ދުއްވާލާފައި އައިއިރު އަހަރެންގެ ބަލަމުން ދިޔައީ ކަނޑުގެ ރާޅުތަކަށެވެ. އަހަރެން ރާއްޖެ ދޫކޮށް ދިޔަތާ މިވީ ހަތް އަހަރެވެ. ދުލުން ބުނަން ފަސޭހަ ވެދާނެއެވެ. މާލެ މިހާރު ހާދަ ތަފާތެވެ. ކުރިން އަހަރެން ދިޔަ ތެނޭ ބުނާހައިވެސް ނުވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ފޯނަށް ބަލައިލީމެވެ. މަންމަގެ މެސެޖެއް ފެނުމުން އުފާވިއެވެ. އަހަރެންގެ ލޯ ހަނިކޮއްލަމުން ބަލައިލީ ދުރުން ފެނުނު ސީ.އެޗް.އެސް.އީއަށެވެ. މީހުން ބުނެއެވެ. ހަތްއަހަރު ދުވަހުގެ ތެރޭގައި ވަރަށް ކަންތައް ބަދަލު ވެދެއެވެ. މިއަދުވެސް އަހަންނަށް އެގޭޓްއިން މައިރާ ރޮމުން ދުވެފައި ނިކުންނަތަން ފެންނަ ކަހަލައެވެ. ލޯމަރާލަމުން އަހަރެން އެހިޔާލުތަކާއި ދުރަށް ޖެހިލީމެވެ.

ގޭގެ ކައިރިއަށް ކާރު ހުއްޓާލުމުން އަހަރެން ވަށައިގެން ބަލައިލީމެވެ. ބޮޑު ގޭޓެއް ލާފައި ހުރިއިރު ގެ ހީވަނީ ގަނޑުވަރެއް ހެންނެވެ. މަންމަ މިކަމުގައިވެސް ހައްދު ފަހަނަ އަޅައި ދިޔައީއެވެ. ގެއަށްވަދެ ލިފްޓަށް އަރައި އަހަރެން 7ތަކަށް ފިއްތައިލީމެވެ. މަންމަ ބުނި ގޮތުގައި އަހަރެންގެ ބަޔަކީ ހަތްވަނަ ބައެވެ. އަށްވަނަ ބުރިއަކީ ރޫމީއާއި ފަނާންގެ ބައެވެ. ފަނާން މަތިން ހަނދާން ވިއަސް އަހަރެން ހޮޑު ލަވާހެން ހީވެއެވެ. ރީތި އަންހެން ކުއްޖެކެވެ. މާޝާﷲ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ނަމަވެސް އަހަރެން އޭނާއާއި އެއްވެސް ވަރަކަށް ގަޔާއެއް ނުވިއެވެ. ރޫމީއަށް ފެނުނީ ކޮންއެއްޗެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ރޫމީއަކީ އަހަރެންގެ ބޭބެއެވެ. ބޭބެއޭ ބުނިކަމުގައިވިއަސް ރޫމީ އަހަންނަށްވުރެ ބޮޑީ ދިހަ މަހެވެ. މަންމަ ރޫމީ ވިހާފައި އަނެއްކާ އަހަންނާއި ބަނޑުބޮޑުވީއެވެ. އަހަރެން ވިއެހީ ދުވަސް ނުފުރާ ކަމުން ބޮޑުވެގެން އައިއިރު މީހުން ހީކުރަނީ އަހަރުމެން ދެމީހުންނަކީ އެއްމާބަނޑު ދެމީހުން ކަމަށެވެ. ރޫމީއަކީ އަހަރެންގެ ބޭބެ އެއްކިބައި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާވެސް މެއެވެ. އަހަންނަށް ހިނިތުންވެވުނީ ކުރީގެ ހަނދާންތަކުންނެވެ. ނަމަވެސް މިވީ ހަތް އަހަރު ތެރޭގައި އަހަރެމެން ދެމީހުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ލިފްޓްގެ ދޮރު ހުޅުވުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެންމެން އެއްފަހަރާއި ސަޕްރައިޒްއޭ ބުނުމުން މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. މަންމައާއި ބައްޕަ ހުރީ އަތުގައި ހިފައިގެންނެވެ. ފަނާން އަހަންނަށް ކަޅި ޖަހާނުލައި ބަލަންއިން ގޮތުން ހީވަނީ ޖަވާހިރެއް ފެނިގެން އުޅޭހެންނެވެ. ރޫމީ ދުރުގައި ފޯނެއްގައި ހުރިގޮތުން ހީވަނީ އަހަންނަށް ބަލަން ބޭނުން ނުވެފައި ހުރިހެންނެވެ. ނަމަވެސް އަހަރެން ޝައުޤު ވެރިވީ ދުރުގައި ސޯފާގައި އިށީނދެއިން ކުޑަ ފިިރިހެން ކުއްޖާ ފެނިފައެވެ. މަންމަ ބުނި ގޮތުންނަމަ އެއީ ފަޒަލްއެވެ. ފަޒަލްގެ މޫނުގައި ރޫމީގެ އެއްވެސް ވައްތަރެއް ނެތެވެ. އަނގަ ސަކަރާތްވީ ވަރުން އަހަރެން ބަލާލީ ފަނާންއަށެވެ. ބައްޕައާއި ވައްތަރު ނުވި ނަމަވެސް މަންމައާއި ދަރިން ވައްތަރު ވެދާނެ ނޫން ހެއްޔެވެ.

“ލައިލް….” ފޯނު ޖީބަށް ލާފައި އައިސް ރޫމީ ފާޑަކަށް ގޮވާލިއެވެ.

“ރޫމީ…” އަހަރެންވެސް ރޫމީއަށް ގޮވާލީ ހަމަ އެރާގުގައެވެ. މަންމަގެ މޫނު ވަގުތުން ނުތަނަވަސް ވެގެން ދިޔައެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ މީގެ ހަތްއަހަރު ކުރީގެ ހާދިސާއެވެ. އެދުވަހުވެސް މަންމަގެ މޫނުގައިވީ ހަމަ އެފަދަ ކުލައެކެވެ. އަހަރުމެން ވާހަކަ ދެއްކި ކަމުގައި ވިއަސް އަދިވެސް އެރުޅި ފިނި ނުވާކަން މަންމައަށް އެނގެއެވެ.

“ރޫމީ ލައިލް….” މަންމަ އަހަރުމެންނަށް އެއްފަހަރާ ގޮވާލިއެވެ. ވަގުތުން އަހަރެން މޫނުގައިވީ ކުލަ ބަދަލު ކޮއްލަމުން ހީލީމެވެ. ރޫމީވެސް ކަންތައް ކުރީ އެފަދައިންނެވެ. އަހަރެން ބުމަ ކައިރިކޮއްލަމުން ފަނާނަށް ބަލާލަމުން ފަޒަލްއަށް ބަލައިލީމެވެ. ފަޒަލްގެ މޫނުން ދަންނަ ވައްތަރު ޖަހައެވެ. ނަމަވެސް އެއީ ރޫމީގެ އެއްނޫނެވެ. ވަގުތުން އަހަންނަށް ހީގަނެވުނީ ކާކުކަން ހަނދާން ވުމުންނެވެ.

“ލައިލް… ކިތަށް ދުވަހަށް ތިއައީ؟…” އަހަރެން ހިނިތުންވެލިތަން ފެނި ފަނާން ބިރުން އަހާލިއެވެ. އަހަންނަށް އެނގިއްޖެކަން ފަނާނަށް އެނގުނީ ކަންނޭނގެއެވެ.

“އަދި މިއައީ ހަމަ… މާއަވަސް ތިހެން އަހަން….” ބުމަ ކައިރިވި އިރުވެސް އަހަންނަށް ނޭނގުނެވެ. ރޫމީއަށް އެކަން ފާހަގަވިހެން ހީވިއެވެ. އޭނާ ބަލަން ހުރީ އަހަރެންގެ މޫނަށެވެ.

“ލައިލްއަށް ހޮސްޕިޓަލުން ވަޒީފާ ލިބިގެން އެއައީ… ދެން ހިއެއް ނުވޭ އެހާ އަވަހަށް ދާނެ ހެންނެއް… ދޯ ރަމީޒާ… މިހާރު ދެން އަހަރުމެންގެ އަމިއްލަ ޑޮކްތަރެއްނުމީ…” ބައްޕަ ދޯ ދެމުން މަންމައަށް ބަލާލިއެވެ. އަހަންނަށް އެންމެ ދުވަހަކުވެސް އެއީ އަސްލު ބައްޕަ ނޫންކަމުގެ އިހްސާސެއް ނުވެއެވެ. އަހަރެންގެ މަންމައާއި އަސްލު ބައްޕަ ވަރިވީ އަހަންނާއި ރޫމީއަށް ތިން އަހަރުގައެވެ. ސީދާ މަންމައާއި ބައްޕަގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގުނު ނަމަވެސް ބޮޑުކަމެއް ވިކަން މަންމަގެ ވާހަކަތަކުން އެނގެއެވެ.

“ފަޒަލް… ބަލާބަ ލައިލް ދޮންބެ…”

“ސާމިލް އެ ފޯނު އަތުލަބަލަ…” ފަޒަލް ފޯނަށް ގެއްލިފައި އިނދެ ބަލާވެސް ނުލުމުން އެންމެ ފަހުން މަންމަ ބައްޕައަށް ގޮވާލިއެވެ.

“ޑެޑީ…” ބައްޕައަށްވުރެ ކުރިން ރޫމީ ފޯނު އަތުލަމުން ފަޒަލްއަށް ލޯބޮޑު ކޮއްލުމުން ފަޒަލް އަހަންނަށް ބަލާލާފައި ހީލިއެވެ. ރަކި ހިނިތުން ވުމެކެވެ.

“ފަޒަލްއަށް ގެނައިން ކާރެއް…” އަހަރެން ދަބަހުން ކާރު ނަގައި ދައްކާލުމުން ފަޒަލް ދުވެފައި އައިސް އޭގައި ހިފައިފިއެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި ހުއްޓުނެވެ. ހީވީ ކަމެއް ހަނދާންވީ ހެންނެވެ.

“ތެންކިއު ދޮންބޭ…” އަހަރެން ބަލާލީ ދުރުގައި ހުއްޓިހުރި ރޫމީއަށެވެ. އެއީ ރޫމީގެ އަޙުލާގެވެ. ގައިމުވެސް ފަނާންގެއެއް ނޫނެވެ.

އެންމެން ދިއުމުން އަހަރެން ވަނީ ފާހާނައަށެވެ. ވަރުބަލި ވެފައި ހުރުމުން ފިނިފެންތިކިތަށް ގައި ޖެހުމާއެކު ލޯމަރާލީމެވެ. މިހައި ދުވަސް ފަހުން މާލެ އައުމުން އާއިލާ ފެނުމަށްވުރެ އަހަރެންގެ ހިތް ދެކިލަން ބޭނުމީ އެންމެ މޫނެކެވެ. ނަމަވެސް އަހަންނަށް ދެން އެމޫނު ފެންނާނެ ކަމުގެ އެއްވެސް އިތުބާރެއް ނެތެވެ. އެންމެ ފަސޭހައިން އަތުގައި ޖެހުނު ސޯޓަކާއި ޓީޝާޓެއް ނަގައިގެން އަހަރެން ނިކުތީ ބޭރަށެވެ. ސޯޓު ލައިގެން ފޯނު ބަލާލީ ގަޑިން ވީވަރެއް ބަލާލާށެވެ. މިހާރު ހަތެއް ޖަހަނީއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ފަނާންވަނެވެ. ވަގުތުން ފަނާންގެ ލޯ ދަތުރުކޮއްލީ އަހަރެންގެ ހަށިގަނޑަށެވެ.

ފަނާންގެ ލޯ ފުރަތަމަވެސް ތަތްލީ އަހަރެންގެ ހަށިގަނޑުގައެވެ. އަހަރެން ފޮރުވާކަށްވެސް ނޫޅެމެވެ. ނަމަވެސް ޓަކިވެސް ޖަހާ ނުލައި ފަނާން އެހެން އައުމުން އަހަރެން ހިތް ހަމަ ނުޖެހުނެވެ. ފަނާން އެހެން ހުރެފައި އަތުގައި އޮތް ދެބާލީސް އެނދަށް އެއްލާލަމުން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ކޮޓަރިން ނިކުމެ އަހަރެން ބަލާލީ ބޭރެވެ. މިހުރިހާ ދުވަހު ބޭރު ގައުމެއްގައި އުޅެފައި މުހެން އުޅުމުން ވަރަށް ތަފާތެވެ. ބެލްކަނިން ތިރި އަހަރެން ބަލާލީ ބަރުގޮނުގެ އަޑު ގަދަވުމުންނެވެ. މި ކުޑަ ތަންކޮޅުގައި ފަސްމިނެޓަށް މަޑުކޮއްލަން ޖެހުމުން ހާދަ ވަރެއް އެބަވެއެވެ. ބޭރުގައުމެއްގައި ގަޑި ދެގަޑީރު ޓްރެފިކް ޖެހުމުން މިމީހުނަށް ހާދަ ވަރެއް ވާނެއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އަހަރެން ނިތުގައި އަތް ޖައްސާލީމެވެ. ހަށިގަނޑު ސީދާ ކޮއްލުމުން ވެފައިހުރި ވަރުބަލި އެއްފަހަރާ އައި ކަހަލައެވެ. އެނދުގައި ޖެހުމާއެކު ލޮލަށް ނިދި ސަވާރު ވެއްޖެއެވެ.

“ލައިލް…. ލައި….” މީހެއްގެ ގިސްލުމުގެ އަޑުން އަހަރެން ލޯ ހުޅުވާލީމެވެ. ކުރިމަތިން ފެނުނު ސޫރައިން ހިތުގެ ވިންދު އަވަސްވިއެވެ.

“މައިރާ…..” ޤަބޫލް ނުކުރެވިފައިވާ މީހެއްހެން އަހަންނަށް ހުރެވުނީ އެރީތި މޫނަށް ބަލާށެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އަހަންނަށް ޤަބޫލެއް ނުކުރެވުނެވެ.

“ލައިލް… ލައިލް.. ހޭލަބަލަ…” މަންމަގެ އަތުގެ ހޫނު އެތި ފަހަރެއް އެރުމާއެކު އަހަރެން ވަގުތުން ތެދު އިށީނެމެވެ. ވީތަދުން އަހަރެން ފުރަތަމަވެސް އަތުގައި ފިރުމާލީއެވެ. މަންމަވެސް ހަމަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެއެވެ.

“މަންމާ… ކީއްވެ ތިޖެހީ…. ތަދުވެއްޖޭ…” އަތުގައި ފިރުނާލުން އަހަރެން މަންމައަށް ބަލާލިއިރު މަންމައިނީ ލޯ އަޅައިގެންނެވެ.

“ކޮން ވާހަކައެއް ދައްކާކަށް… ކިއްވެ މައިރާއަށް ތިގޮވަނީ…. މީހުންގެ ދަރިންނަށް ނުގޮވާ މީހަކާ އިންނަން އުޅެންވީ…. ފާޑުފާޑުގެ ހުވަފެން ބަލާނެ ކަމެއް ނެތް……” މައިރާގެ ނަން ބުނުމުން އަހަރެން އަނގަ އެއްކޮށް ބަންދުވިއެވެ. މަންމަވެސް މައިރާގެ މަތިން ހަނދާން އެބަހުއްޓެވެ espanolviagra.net. މައިރާދެކެ މަންމަވީ އަމަށަކު ލޮތްބެއް ނޫނެވެ.

“މައިރާ ކޮންތާކު އުޅެނީ މިހާރު….” އަހަރެންގެ ބަދަލުވި މިޒާޖް މަންމައަށް ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. އަނެއްކާވެސް މައިރާގެ ވާހަކަ ފަށައިފިއެވެ.

“ނޭނގެ މަންމާ…” އެވާހަކަ ދައްކަން ބޭނުން ނުވުމުން އަވަހަށް ތެދުވެގެން ދިޔައީ ބޭރަށެވެ. ދެން އަހަރެން އެނބުރި އައީ މަންމަ އެއްޗެހި އިސްތިރިކޮށް ނިމުނު ފަހުންނެވެ.

މިއަދު އަހަރެން ހޮސްޕިޓަލަށް ދާންވެސް ޖެހޭނީ ހިނގާފައެވެ. ކާރުގައި މިހާރު އުޅެނީ ރޫމީއެވެ. އަހަންނަށް އަނެއް ކާރު ސާފު ކޮއްދޭނެ ވާހަކަ ބައްޕަ މިއަދުވަނީ ބުނެފައެވެ. އައި.ޖީ.އެމް.އެޗްއަށް ވަދެގެން އައިއިރު އަހަރެންގެ އަނގަހުރީ އެއްކޮށް ހުޅުވިފައެވެ. މިހާރު މިއީ ކުރީގެ ހިސްޕިޓަލޭވެސް މީހަކު ނުބުނާއެވެ. އެހައިވެސް ތަފާތެވެ. އޮރިއެންޓޭޝަން ނިންމާފައި އަހަރެން ވަގުތުން ބޭނުންވީ ޑިއުޓީއަށް ނިކުންނާށެވެ. މިއަދުދެން އާދުވަހެކޭ ކިޔާފައި މިތާނގައި ހުހަށް ހުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ކޯޓުލައިގެން ހިނގައިގަތީ އެމަޖެންސީއާއި ދިމާލަށެވެ. މިއަދު ވަރަށް މީހުން ގިނައެވެ. މީހުންގަނޑުގެ ތެރެއިން ނަރުހުންގެ ޔުނިފޯރމްގައި ދެކުނަށް ހިނގާފައި ދިޔަ އަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތީ ކީއްވެ ކަމެއް ނޭނގެއެވެ. އެކުއްޖާގެ ގައި ދަންނަ ވައްތަރު އެބަހުއްޓެވެ. ބުޅި އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އޮތްއިރު އުނަގަނޑުން ތިރިއަށް ހުއްޓެވެ. ދެރައީ އެކުއްޖާގެ މޫނު ނުފެނުމުންނެވެ.

ރަނގަޅަށް ކޮންސަލްޓޭޝަން ރޫމްގައި ނުއިށީނދެވިގެން އުޅެނިކޮށް ބަލިމީހުން އަންނަން ފެށިއެވެ. އެހީތެރިއަކަށް އިން އަންހެން މޭޒުމަތީގައި އަތް އަޅާފައި އަހަންނާއި ކައިރިވާން އުޅޭގޮތުން ދުރަށް ކިތަންމެ ވަރަކަށް ޖެހެން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް އައްޓަ މަހެއްވެސް މިވަރު ނުވާނެއެވެ. ކޮންމެ އަންހެނެއް މިފާޑު ވާންވި އެއްވެސް ސަބަބެއް ނޭނގެއެވެ. ހޮސްޕިޓަލަށް ވަނީއްސުރެ އެންމެން ބެލުން ނޫންކަމެއް ނުކުރެއެވެ. ކުޑަދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ މައިންވެސް ދަރިންނަށް ބެލުމަށްވުރެ ބެލެނީ އަހަރެންގެ މޫނަށެވެ.

“ކޮން ނަމެއްތޯ ކިޔަނީ؟…” ކައިރީގައި އިން އަންހެން ކުއްޖާ އަހަރެންނާއި ކައިރިއަށް ގޮނޑި ޖައްސާލަމުން ގުދުވެލިއެވެ. ބައިގަޑީރަށް އަހަރެން ބަލިމީހުން ގެނައުން ހުއްޓާލީ ވަރުބަލި ފިލުވާލާށެވެ.

“ލައިލް… ލައިލް ހަމްދޫން މުހަންމަދު…” ފޯނަށް ބަލާލަމުން އަހަރެން ބުނެލީމެވެ.

“އަޅުގަނޑަށް ކިޔަނީ ޔޫރާ…..” ސިހިފައި އަހަރެން ބަލާލީ އެހެން ބުނުމުންނެވެ. ހީކުރީ ޔާރާއޭ ބުނި ކަމަށެވެ. އެކުއްޖާ ހިނިތުން ވެލުމުން ދުރަށް ޖެހިފައި ފޯނުގައި އިން ފޮޓޯއެއް ދައްކާލިއެވެ.

“މީ އަޅުގަނޑުގެ ދޮންތަގެ ކުއްޖާ… ޔަޒާ…. އަސްލު އަޅުގަނޑު އަހަން މިއުޅެނީ ހާރޓްގަ ހޯލްއެއް އިނުން އެއީ ރިސްކީ ކަމެއްހޭ….” ޔުރާ ކޮއްލި ސުވާލުން އަހަރެން ހީލީމެވެ. މިހުރިހާއިރު އަހަންނަށް ހީވީ ޔުރާ އަހަންނާއި ކައިރިވާން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ހަޤީގަތުގައި ޔުރާ އެއުޅުނީ އެސުވާލު ކުރާށެވެ.

އަހަރެން ދަންފަޅި ނިންމާފައި ނިކުތީ ކޮފީއެއް ބޯލަން ހިތުގައި އަޅައިގެންނެވެ. ނަމަވެސް މިއަދު ހިތް ނުތަނަސް މިވަނީ މާވަރަކަށެވެ. ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެންނެވެ.  ކޮފީއެއް ހިފައިގެން އަހަރެން ހިގައިގަތީ އަނެއްކާވެސް އެމަޖެންސީ ބަޔާއި ދިމާއަށެވެ. ކައިރިންދުވި މަޑުމަޑު މީރުވަހުން އަހަރެން ވަށައިގެން ބަލައިލީމެވެ. އެއީ އަހަރެން ދަންނަ ވަހެކެވެ. އަހަންނަށް ފެނުނީ އެމަޖެންސީ ބައިގެ ދޮރުން ނިކުމެގެން ދިޔަ އަންހެން ކުއްޖާއެވެ. ފަހަތަށް އައްސާ ލެވިފައި އޮތް އެކުއްޖާގެ ބުޅި މުށިކުލައިގެ އިސްތަށުގަނޑު އިސްފިރޭނު ތަކެއްހެން އޮތެވެ. ފުރަގަހުން ފެނުނު ނަމަވެސް އެކުއްޖާގައި އަހަރެން ދަންނަ ވައްތަރެއް އެބަހުއްޓެވެ. ބޯހޫރާލަމުން އަހަރެން އެތަނަށް ވަނީމެވެ. ދެވަނަ ސިކުންތުކައި ލޮލުގައި އަޅައިގަތީ މީހުންގަނޑުގެ ތެރެއިން ހުއްޓި ހުރި އަހަރެންބެ ބައްޕައެވެ. އަސްލު ބައްޕައެވެ. އެހެން ނަމުންނަމަ ހަމްދޫންއެވެ. އެންމެ ތިން އަހަރުގައި އަހަންނާއި ރޫމީ ދޫކޮށްފައި ގޮސް އެހެން މީހަކާއި އިނދެގެން އުޅޭ މީހާއެވެ. ބޮޑަށް އަހަރެން ހައިރާންވީ ބައްޕަގެ އަތުގައި ހިފައިގެން އިން ކުޑަ އަންހެން ކުއްޖާއެވެ.

ބައްޕަ އަހަންނަށް ބައްދަލުވެފައިދެން ބަލާލީ ކައިރީގައި ހުރި ކުޑަ އަންހެން ކުއްޖާއަށެވެ. އަހަރެން އެދިމާލަށް ހިނގައި ގަތުމާއެކު ބައްޕަ އަވަހަށް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ފެންނަ ފެނުމަށް އެކުއްޖާއަށް ވާނީ ހަ އަހަރެވެ. އިސްކޮޅުންވެސް ފަޒަލްއާއި އެއްވަރެވެ. ނަމަވެސް މޮޅު ތަންކޮޅަކީ ބައްޕަ އެހައި ބިރުން އެކުއްޖާ ގޮވައިގެން ދިއުމެވެ. ބައްޕަގެ ދަރިއެއް ނަމަވެސް އަހަރެން އެކުއްޖާ ގޮތެއް ހަދަން އެބައުޅޭ ހެއްޔެވެ.

“ލައިލް… އިޒް ދެޓް ޔޫ؟؟…” ކައިރިން ދަންނަ އަޑެއް އިވުމުން އަހަރެން ބަލާލީމެވެ. މިޝިޔާ ހުރިހާ ދަތެއް ދައްކާލައިގެން ހުރިއިރު އަތުގައި ހުދު ކޯޓެއް އޮތެވެ. މިޝީއެއި އަހަރެންނާއި އެކު ކިޔެވ ރަޝިޔާއިން ކިޔެވި ކުއްޖެވެ.

“މިކޮޅުތަ އުޅެނީ ޖޮބްގަ؟……” މިޝިޔާގެ ޖަވާބަށް ބޯ ޖަހާލަމުން އަހަރެން ބަލައިލީ އަވަހަށް ހިނގާފައި ދިޔަ ބައްޕައަށެވެ. މިހާރު ކިރިޔާ ލޮލުގެ ކޮޅަށް ފެންނަނީ އެވެ.

“މިޝީ…. ޔޫ ލުކް ޕްރިޓީ… ޓޫ ޕްރިޓީ…” މިޝިޔާގެ އަތުގައި ހިފާލަމުން އަހަރެން ބުނެލީމެވެ. ވަގުތުން މިޝީޔާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. މިއީ އަހަރެންގެ ‘ސުޕަރ ޕަވަރ’އެވެ. އަހަރެންގެ ޖާދޫގައި ޖައްސަން އުނދަގޫވީ މުޅި އުމުރުގައިވެސް އެންމެ ކުއްޖެކެވެ. ނަމަވެސް….

“ލައިލް ނުވާނެ ބަދަލެއް…” ހިޔާލު ތަކުން މިންޖުވީ މިޝިޔާ އަތް ދަމައި ގަންނަމުން އެހެން ބުނެލިއެވެ. ހީވީ ހިނދުކޮޅެއް ވީ ނަމަވެސް އެއަތުގައި އަލިފާން ރޯވެ ދާނެހެންނެވެ.

“އަހަރެން މިދަނީ އެކޮޅަށް…” މިޝިޔާ އަތުގެ އިޝާރާތުން ދައްކާލީ ކެންޓީނު ސަރަހައްދެވެ. އަހަރެން ބޯ ޖަހާލަމުން ހިގައިގަތީ އިދާރީ ބަޔާއި ދިމާލަށެވެ.

ލިފްޓްގެ ދޮރު ހުޅުވުމާއެކު އަހަރެން އެތެރެއަށް ބަލައިލީމެވެ. މަންމަ ހަތްވަނަ ބަޔާއި އަށްވަން ބައި ހަދާފައި މިވަނީ ވަރަށް ފުރިހަމަ ކޮށެވެ. އަނެއްހެން ބުނާކަމުގައި ވާނަމަ މިއީ ހަތްވަނަ ބުރިއާއި އަށްވަން ބުރިއެވެ. އެއީ ހަތްވަނަ ބުރީގައި އަށްވަނަ ބުރިއަށް ދެވެން ސިޑިއެއް ހުރުމެވެ. ލައިލްގެ ބައިވެސް ހަދާފައިވަނީ އެހެންނެވެ. އަހަރެންގެ ބައިގައި ތިރީގައި ހުރީ ތިން ކޮޓަރިއެވެ. ބޮޑު ގޯއްޗެއް ކަމުން ކޮޓަރިތައްވެސް ވަރަށް ބޮޑެވެ. އެއްފަރާތެއްގައި ބަދިގެއާއި ކާކޮޓަރި ހުރިއިރު އެތަނުގެ ތެރޭގައި ކުޑަ ކޮޓަރިއެއްވެސް އެބަހުއްޓެވެ. ސިޑިން ލާފައި މައްޗަށް ދެވެން ހުރިއިރު ވަރަށް ހިތަށް ފަސޭހައެވެ. މަޓީގައި ގައި އާދައުގެ ވަރެއްގެ ދެކޮޓަރިއާއި ލައިބްރަރީއެކެވެ. އެއީ އަހަރެން ކިޔަވަން ހުރިއިރު ފޮނުވާފައިވާ ފޮތްތަކެވެ. ދެން ކުޑަ ސިޓިންރޫމްއެއް ކަހަލަ ތަނެކެވެ. ވައްކޮށް ސޯފާ ޖަހާފައި ވާއިރު ވަރަށް ފުރިހަމައެވެ. ތިރީބައިގައިވެސް ހަމަ ވައްކޮށް ސޯފާ ޖަހައިފައި ވެއެވެ.

އަހަރެން ހިޔާރު ކުރީ ތިރިން އެންމެ ބޮޑުކޮށް ހަދާފައިވާ ކޮޓަރިއެވެ. ހުދުކުލައާއި މަޑު ފެހިކުލައިގެ ފަރުތާކުން ނިވާކުރެވިފައިވާ ބޮޑު ކުޑަދޮރު ތަކުން އެތަން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ފަރުދާތަށް ކަހާލަމުން އަހަރެން ތިރި ބަލައިލީމެވެ. މިބައި އަހަރެން ޑިޒައިން ކުރީ އެހެން މީހެއްގެ ހިޔާލާއި މަޝްވަރާއަށް ބަލައިފައެވެ. އަހަންނަށް ކީއްވެ ކުރެވުނު ވިޔާނުދާ އަމަލެއް ކަމެއް ނޭނގެއެވެ. މިހެން ނުބުނެ ވާކަށްވެސް ނެތެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައްމެދަކާއި ހަމައަށް ނައްޓާލި ތަނާހެން ދޮރު ހުޅުވުމު އަޑު އިވުނެވެ. ފަނާންއާއި ރޫމީ ވަދެގެން އައިސް ތަށިތައް އަތުރާލިއެވެ. ފަނާންގެ ރީތިކަން ހީވަނީ އަހަރެއް އަހަރެއް ދެގުނަ ވާހެނެވެ.

ރޫމީ ތުން ދަމައިގެން ތަށިތަކަށް އެއްޗެހި އަޅަންފެށި ގޮތުން ހީވަނީ ގަދަކަމުން އެތަނަށް ގެނެސްފައި ހުރިހެންނެވެ. ދެތިން ފަހަރު މަންމަ ރޫމީގެ ކޮނޑުގައިވެސް ޖަހާލިއެވެ. އަހަންނަށް ހީގަނެވުމާއެކު ރޫމީ މޫނު އިހުނަށްވުރެ ފުސްވާތަން ފެނެއެވެ. ފަނާން ފުރަގަހުން އައިސް އަހަންނަށް އަޅައިދޭން އުޅުމުން އަހަރެން އަތުން މަނާކޮއްލީމެވެ. ފަނާން މޫނު ހަދާލަމުން ކިހިނެއްވީތޯ ބުނެލިއެވެ. އަހަރެން ޖަވާބެއް ނުދިނީމެވެ. ބައްޕައާއި މަންމަ ކައިގެން ނުކުމެލީ ސިޓިން ރޫމަށެވެ. އަނެއްކާވެސް ފަނާން އަހާލިއެވެ.

“މަމީ ފަނާންގެ ފިރިމީހާއެއް… ރޫމީއަށް އަޅައިދީބަލަ…” އަހަރެން ބުނަން އުޅުނީ އެހެނެއް ނޫނެވެ. ނަމަވެސް މީހުން ބުނަނީ ތެދެކެވެ. ދުލަށް އަންނާނީ ހިތުގައި އޮތް އެއްޗެކެވެ. ވަގުތުން ދެލޯ މަރާލަމުން ހުޅުވާލީއެވެ.

“ލައިލް…” ރޫމީގެ އަޑުގައިވީ އިންޒާރެކެވެ. އަހަރެން އަޅައެއް ނުލަމެވެ. އެއްޗެކޭ ނުބުނަން ހުރީ ނިންމައިގެންނެވެ. ނަމަވެސް އަހަރެންގެ ދޫ އެކަމަށް އެއްބާރު ލުމެއް ނުދިނެވެ.

“ދޮގެއްތަ މިބުނީ… ހަމަ އެބަ އަހާ އެހެން… މަ ނޫޅެމޭ އޭނާ އަތުން ކާކަށް el mejor sitio….” ފަނާން މޫނަށްވި ގޮތް ފެނިފައި ރޫމީ ގޮނޑިން ތެދުވިއެވެ.

“ކޮބާ ކަލޭގެ މައްސަލައަކީ؟….” ރޫމީ ތެދުވެ އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގައެވެ. ހީވަނީ ދެންމެ ދެންމެ އަހަރެންގެ ދެލޯ ނަގައިފާނެ ހެންނެވެ.

“ކޮބާތަ ރޫމީގެ މައްސަލައަކީ؟ ސީރިއަސްލީ ހަރ… އަރ ޔޫ ބްލައިންޑް ރޫމީ….” މިފަހަރު އަހަރެންވެސް ދޫކުރާކަށް ނެތީމެވެ. ރޫމީ ބޮޑުވައި އިނގިލި ލޯކައިރީގައި ޖައްސާލަމުން ހީލިއެވެ. ފަނާންއަށް އިނީ ކިރިޔާ ނުރޮވިއެވެ.

“ލައިލް ހުއްޓާލާ…” މަންމަ  ފަހަތުން ބުނި އަޑުއިވުނެވެ. ނަމަވެސް އަހަރެން މިއަދު މިހުރީ އަޑު އަހާ ގޮތަކަށް ނޫނެވެ. ރޫމީ އަޅެފަހެ މިއޮށްބޮޑު ދުނިޔެއިން އެނޫން އިތުރު މީހަކު ނުފެނުނީ ހެއްޔެވެ.

“ކީއްކުރަން މަންމާ.. ރޫމީއަށް ރަނގަޅަށް އެނގޭނެ ފަނާން އެއީ ކާކުކަން… އައި އީވެން ސްލެޕްޓް ވިތް ހަރ…” ކުއްލިއަކަށް ގޮށްމުށުގެ އެތި ފަހަރެއް އަހަރެންގެ މޫނަށް އަރައިގެން ދިޔައެވެ. އަދިވެސް އަހަރެން ފަނާންގެ އެންމެ ބޮޑު ހަޤީޤަތް ނުކިޔައި ދެމެވެ. ލޭރަހަލި އަނގައިގެ އެއްކޮޅެއްގައި އަހަރެން އިނގި ޖައްސައި ބަލައިލީމެވެ. ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަރެން ރޫމީގެ މޫނަށް ބަލައިލަމުން ހީލީމެވެ. އަނެއްކާވެސް ރޫމީގެ އެތިފަހަރެއް އަހަރެންގެ މޫނަށް އަރައިގެން ދިޔައެވެ.

” ޔޫ ޑިންޑްޓް ޑިސަރވް ހަރ….” ރޫމީ އެހެން ބުނެލުމާއެކު އަހަރެންގެ ބޮލުގައި ރިހުމެއް އުފެދުނެވެ. ވަގުތުން ރޫމީ އެބުނީ ކާކުކަން އަހަންނަށް ނަގައި ގަނެވުނެވެ.

“ޑޯންޓް….” އަހަންނަށް ދަތްކުނޑި ވިކާލެވުނީ އަނެއްކާވެސް އެވާހަކަ ފެށީމައެވެ.

“ކިހިނެއްވީ؟ އަހަރެން މައިރާގެ ވާހަކަ ނުދައްކަން ވީތަ؟ ލައިލް އެކުއްޖާއާއި ދޭތެރޭ ކަންތައް ކުރި ގޮތުގަ ވާހަކަ ހަމަ ނުކިޔަންވީތަ؟…  ހެހެހެ… ބައްޕަ….” ރޫމީ އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އަހަރެން އަތުގައި ހުރި ބާރެއްލާފައި  ރޫމީގެ މޫނުގައި ޖަހާލީމެވެ. މަންމަ އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ބައްޕަ ދުރުގައި ބަލަން ހުރީއެވެ https://espanolviagra.net. ހަދާނެ ގޮތެއް ނޭނގިފައި ހުރި މީހެއް ހެންނެވެ.

“އެފަލަ، ކަޅު ކުއްޖާގެ ވާހަކަ ނުދައްކާ…” އަހަރެން އެހެން ބުނެވީ އިޙުތިޔާރުން ބޭރުގައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެން ކުރިއަށްވުރެ ރުޅިއައެވެ.

“ޝީ ވޯޒް ޓޫ ޕަރފެކްޓް ފޮރ ޔޫ… ޓޫ ފަކިން ޕަރފެކްޓް….” ރޫމީ އެހެން ބުނުމާއެކު އަހަރެން އިތުރަށް ރުޅިއައެވެ. ރޫމީއާއި ދިމާލަށް އަހަރެން ދިޔައީ ޖަނަވާރު އެއްޗެހި ޝިކާރަ ކުރަން ދުއްވައި ގަންނަ ގޮތަށެވެ.

“ރޫމީ ލައިލް… އަހަރެން ދުނިޔޭގަ މިހުރީ މިދުވަސް ދެކެންތަ؟…” މަންމަގެ ރުއިމުގެ އަޑު ޖެހުމާއެކު އަހަން ހުރި ފިޔަވަޅު މަތީގައި ހަރުލި ކަހަލައެވެ.

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ހަދިޔާ (ފަންސަތިރީސްވަނަ ބައި)

Next

ދިނީ ޒަހަރު…. 16

Next
February 11, 2019

ދިނީ ޒަހަރު…. 16

Previews
February 10, 2019

ހަދިޔާ (ފަންސަތިރީސްވަނަ ބައި)

12 Comments!

  1. Ninnu says:
    February 11, 2019 at 9:54 am

    Guys here goes the first of Yaaraa… its about two complicated brothers and maira.. hope you guys will like it…

  2. Airah says:
    February 11, 2019 at 10:14 am

    when next

  3. eny says:
    February 11, 2019 at 10:27 am

    varah varah salhi… btw im first dhw??When next part dear?

  4. SCARLET says:
    February 11, 2019 at 12:05 pm

    Ninnu ge nw stry dhw… vvv reethi.. ??gud luck with nxt prt…waiting?????

  5. Lotus says:
    February 11, 2019 at 2:24 pm

    Interesting… good luck with the story.. pls upload soon

  6. Kitty says:
    February 11, 2019 at 3:00 pm

    Its beautiful.. Masha allah ❤️??????…ninnu when next part dear.. Waiting ingey

  7. Niha says:
    February 11, 2019 at 3:46 pm

    Beautiful… Good luck… When next part dear……. ??????

  8. emaayesher says:
    February 11, 2019 at 4:09 pm

    Furathama fazarun hiy kathilaa hen furathama partun mi vaahaka ah aharenge hiy dhevijje… ??? Dude… When next part… Eagerly waiting… ???Happy to see a new story from you… ❤️ Btw very first reason i luv this story is lail is doctor… Dhw… And my dream goal is becoming a neurologist…. ISA???

  9. Eva says:
    February 11, 2019 at 4:29 pm

    Nice story?☺whend next part?

  10. Shaha says:
    February 12, 2019 at 11:16 am

    Nice story waiting for next part☺️☺️?

  11. Ihlyyy says:
    February 12, 2019 at 11:19 am

    When next part???
    Vvvvvv salhi igey… ?????

  12. Curious girl says:
    February 12, 2019 at 3:02 pm

    Varah salhi…Kn iraku tha nxt part???

Comments are closed.


All Right Reserved!