Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 16

Ushaali Level 810 Stories100 Comments100 Stories500 Comments
February 11, 2019 8 Mins Read
21 Comments

15 ވަނަބައިގެ ތެރެއިން….

“އެހެންވެ ދޯ މިދުވަސްކޮޅު އައިނީ ހޫނުފެނަށް ވެއްޓިގެން މިއުޅެނީ. ބްރޯއަށް ނޭނގުނަސް ބުނަންތަ ވާހަކައެއް. މި ކޮލެޖުގައި މަދުވާނެ އޭނާ ހިތާނުވާ ފިރިހެނެއް. މީހެއްގެ މޫނަށް ބަލާލާއިރު އެހުންނަ މައުސޫމު ކަމަކުން ރީތިކަމަކުން މީހެއްގެ ހަޤީޤީ ސިފައެއް ހާމައެއް ނުވެދާނެ. އެކަމަކު އައިނީއަކީ މީހަކު ލޯބިވެގެން ހިތާވާވަރުގެ މީހެއް ނޫން. މިކޮލެޖުގައި އުޅޭ ހުރިހާ ފިރިހެނުންގެ ތުންފުހި އެއީ” ފައިޒަން ބުނެލިއެވެ. ޔަޒްދާން ހުރީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ފައިގެވެސް ތަ؟” ޔަޒާދާން ހަމަޖެހިލާފައި ބުނެލިއެވެ. ފައިޒަން ޔަޒްދާނަށް ބަލާލިއެވެ. ނުހޭން މަސައްކަތްކޮށްގެން ޔަޒްދާނަށް ހުރެވުނީ އިރުކޮޅަކުއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔުމާއެކު ކުރިއަށް ދުއްވައިގަތީ ފައިޒަން އެއްލި ފައިން ނުޖެހެން ވެގެންނެވެ.

*******************************************

ދުވާލުގެ ވަގުތު ބުރަ މަސައްކަތުގައި ހޭދަކުރުމަށްފަހު ހަމަޖެހިގެން ދިރިއުޅުމާއި މެދު ވާހަކަދައްކާލަން ހާރޫނާއި މާއިރާއަށް ލިބޭ ވަގުތަކީ ނިދަން ކޮޓަރިއަށް ވަންނަ ވަގުތެވެ. މިރޭވެސް އެނދުގައި އޮތް މާއިރާ އިރުކޮޅަކާއި ފާހާނާއަށް ދިމާލަށް ބަލާލައެވެ. ހާރޫން ފާހާނާއިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މާއިރާ އޮތީ ގަޑިގުނާލަ ގުނާލައެވެ. ދަންވަރު ބާރަގަޑި ބައިވާން ގާތްވެއްޖެއެވެ. އާފުރިލަމުން ކަންނެޔޮ ގަޔާ ކައިރިކޮށްލަމުން އަނެއްކާވެސް ފާހާނާއާއި ދިމާލަށް ބަލަން ފެށިއެވެ.

“އަނހަ… އަހަރެން ހީކުރީ މިހާރު އޮންނާނީ ނިދާފައި ކަމަށް” ފާހާނާއިން ނިކުތް ހާރޫނަށް ދެލޯ ބޮޑުކޮށްގެން އެދިމާލަށް ބަލަން އޮތް މާއިރާ ފެނުމުން ބުނެލިއެވެ.

“އަޅެ ކީއްކޮށްފަ ތި ނިކުތީ. ޓައިލްސް ބަދަލުކުރީތަ؟” މާއިރާ އަހާލިއެވެ.

“ހެހެހެ… އަދި ކިރިޔާ ރަނގަޅަށް ފާހާނާ މިކުރެވުނީ. މިއަދު ހަތަރުދަމު ހުރީ ބަނޑެއްގައި ރިއްސާފައި” ތުވާލި ހިފައިގެން ގޮސް ހަރުގައި އަޅުވާފައި އެނދަށް އަރަމުން ހާރޫން ބުނެލިއެވެ. މާއިރާ ހީލަމުން ހާރޫންގެ އަތު ތެރެއަށް ވަނެވެ.

“ވާހަކައެއް ދައްކަން އުޅުނީ” މާއިރާ ބުނެލިއެވެ.

“ހީވެއްޖެ. އަވަހަށް ބުނޭ. މިހާރުން ފެށިގެން އަހަރެންގެ ހުރިހާ ވަގުތެއް މާއިއަށް މިހުސްކުރީ” މާއިރާގެ ބޮލުގައި ފިރުމާލަމުން ހާރޫން ވާހަކަދެއްކިއެވެ.

“އަންނަ އަހަރު ނާލްއަށް އަށާރަ އަހަރުވާނެ. އޭގެފަހުން ނާލަށް ހާރޫންގެ ހުރިހާ މުދަލަކާއި ބާރެއް ލިބޭނެ. އަހަރެމެންގެ ކުޑަކުޑަ ދަރިފުޅު އެއްފަހަރާ މުއްސަނދިވާނެ އެމަންޖެއަށް ނުވެސް އެނގިހުއްޓާ” މާއިރާ ވާހަކަދެއްކިއެވެ. ހެޑްބޯޑުގައި ލެގިލައިގެން މާއިރާ ގޮވައިގެން އިން ހާރޫން ގަޔާވެފައި އެއްއަތުން މާއިރާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

“އާނ. ތިކަން އޮތީ ތިހެން. އަދި ހަނދާން ނެތިފައޭ މިހުންނަނީ. މިއަދު ހުންނާނީ އާކު އާއި ޒާކް އަދި ރާކްގެ އެކައުންޓަށް ފައިސާ ޖަމާކޮށްދީފައި. އަހަރެން އެކުދިން ދޫކޮށެއްނުލާނަން. އަދި އެކުދިން ކައިރީގައިވެސް މިވާހަކަ ދައްކާނަން” ހާރޫން ބުނެލިއެވެ.

“އެހެންތަ! ކިހާވަރެއް ޖަމާކުރީ” ފުންމައިގެން ތެދުވެފައި މާއިރާ ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ. އަޑުގައި ވަނީ ޖޯޝެވެ.

“ކިހިނެއްތިވީ. ހާދަ އުފަލެއްތިވީ” ހާރޫން އަހާލިއެވެ. އަނގަ ހަދާލުމަށްފަހު މާއިރާ އަނެއްކާވެސް އިހު ހުރިގޮތަށް ބަދަލުވިއެވެ.

“އުފާވީ. މިހާރު އެނގިއްޖެ ހާރޫނަކީ ދަރިން ތަފާތުކުރާނެ މީހެއްނޫންކަން. ދެން އަހަރެންނަށް ކޯޗެއް ދިނީ. ހާރޫން އަހަރެން ދުރުކޮށްލާ ދުވަހަކުން އަހަރެން މިގެއިން ދާންޖެހޭނީ ހުސްއަތާ  ދޯ” މާއިރާ ބުނެލިއެވެ.

“ނޫނޭ ދޫނިގަނޑާ. ތިއީ މަގޭ ހުރިހާވެސް މީހަކީ. އަހަރެންގެ ދަރިންގެ މަންމައަކީ. މާއިއަށް އޮތީ ވަރަށް ހާއްސަ ހަދިޔާއެއް” ހާރޫން ބުނެލިއެވެ. މާއިރާން އުފަލުން ހާރޫންގެ ގައިގާ ބައްދާލިއެވެ. އެތައް އިރަކު ދެމަފިރިން ވާހަކަދައްކަން ތިބުމަށްފަހު ހާރޫނަށް ނިދުނު އިރުވެސް މާއިރާ އޮތީ ދެލޯބޮޑުކޮށްގެން އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ ކޮންކަންތައް ގަނޑެއްކަމެއް ނޭނގެއެވެ.

***************************************

ދަތުރުދާހިތުން ޔަނާލަށް އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. ފަތިހު ފަހެއް ޖެހިއިރު އޭނާ ފައިޒަންއަށް ގުޅައިގެން ހޭލެއްވިއެވެ. ފަތިސްނަމާދު ކޮށްގެން ނިކުމެ ބަދިގޭގައި ކައްކަން އުޅުނު ކުދިންނަށް އެހީވުމުގައި  އޭނާ އުޅުނެވެ. އިސހާތަކު ގޭ ހުރިހާމީހުން ސިޓިންގްރޫމަށް ޖަމާވިއެވެ.

“ޕްރިންސަސް ބަލައިގެން އުޅެއްޗެ. ވާނެ ގަޑިއަކު އެއްފަހަރު ދޮންބެއަށް ގުޅަން” ހާރޫން ކައިރީގައި ސޯފާގައި ދަބަހަށް ބޭނުންވާ އެއްޗެހި އަޅަން އިން ޔާނާލަށް އާކިން ބުނެލިއެވެ.

“ދޮންބެމެން ކަންބޮޑު ނުވެބަލަ. މިފަހަރުގެ ދަތުރުގައި މުޅި ކޮލެޖް ބައިވެރިވޭ. އަދި ފުރަތަމަ ފަހަރަށް މިގޮތަށް އެންމެންދަނީ. ވަރަށް މަޖާވާނެ މިފަހަރު. ބަލައިގެންނޭ އުޅޭނީ” ޔަނާލް ބުނެލިއެވެ.

“ދޮންބެދައްތަ މެންނަށް ޗާންސެއް ނެތްތަ؟ އަޅެ. ހާދަދާހިތްވެޔޭ. ނާލްކޮއްކޮގެ ޕޭރަންޓެއް ގޮތަށްވެސް ނުދެވޭނެތަ؟’ އާކިން އިން ސޯފާގެ އަތްގަނޑު މަތީގައި އިން އިފްނާ ބުނެލިއެވެ.

“އެއްވެސް ޕޭރަންޓެއް ނުދޭ މިފަހަރު. ޔޫ ބެޓަރ ލަކް ނެކްސްޓައިމް. އޯކޭ…” ޔަނާލް އިފްނާއަށް ބަލާލަމުން ބުނެލިއެވެ. ހުރިހާކަމެއް ކޮށްނިމިގެން ޔަނާލް ކާރަށް އަރަންދާން އުޅުނު ވަގުތު ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން މާއިރާ ފެނި ހުއްޓުނެވެ. މާއިރާ އޭނާއަށް އެއްވެސް ނަޞޭޙަތެއް ނުދޭތާ އެއްވެސް ވަރަކަށް ވާހަކައެއްވެސް ނުދައްކައެވެ.

“މަންމާ!” ޔަނާލް ގޮވާލިއެވެ. މާއިރާ ބަލާލީ ސިހުމަކާ އެކުގައެވެ.

“ކުރިން އަޅުގަނޑު މިގޮތަށް ތަންތަނަށްދާތީ މަންމަ ދެރަވެގެން ރޮއެވެސް ހަދާނެ. މިފަހަރު ވަރަށް އުފަލުން އިންހެން ހީވަނީ އަޅުގަނޑުދާތީ” ޔަނާލް ބުނެލިއެވެ. އެވަގުތު ހުރިހާ މީހުންގެ ނަޒަރު މާއިރާއަށް އަމާޒުވިއެވެ.

“ނު… ނޫން… މަންމަގެ ދަރިފުޅު ތީ ބޮޑުކުއްޖެއް. ދަރިފުޅު އުޅޭނީ ބަލައިގެންކަން މަންމައަށް އިނގޭ. މާގިނަ ވަގުތު މޫދުގައި ނޫޅޭތީ. ދަރިފުޅަކީ މާގިނަ ވަގުތު ލޮނުގައި ހޭދަކޮށްފިނަމަ އެލަރޖިކްވާ ކުއްޖެއްކަން ހަނދާނުގަ ބަހައްޓާތި” މާއިރާ ލޯތްބާއެކު ތެދުވަމުން ބުނެލިއެވެ. ޔަނާލް މާއިރާގެ ގައިގާ ބައްދާލިއެވެ.

ޔަނާލް ހާރޫނާއިއެކު ކާރުގައި ތިން ނަންބަރަށް ދިޔުމަށް ނައްޓާލުމާއެކު މާއިރާ އޭނާގެ ބާކީ ތިބި ދަރިންނަށް ބަލާލިއެވެ. ނާދު އާއި ޝިފާ މާބޮޑަށް ނިދިއަންނަ ވާހަކަދައްކަން ފެށުމުން އެދެމީހުން ކޮޓަރިއަށް ފޮނުވާލުމަށްފަހު ބާކީ ތިބި ކުދިން ގޮވައިގެން މާއިރާ އަލުން އިށީނެވެ.

ކޮޓަރީގައި އޮވެ ނިދި ނައިސްގެން ޝިފާ ބޭރަށް ނިކުތްވަގުތު ތިރިން ވާހަކަދައްކާ އަޑު އިވޭތީ ކޮރިޑޯ އިން ތިރިއަށް އޭނާ ބަލާލި ވަގުތު ސިޓިންގްރޫމުގައި ވަރުގަދަ ބައްދަލުވުމެއް ކުރިއަށް ދަނީއެވެ. ރިޔާސަތުގައި މާއިރާ އިން އިރު ދައްކާ ވާހަކަ ސާފުނުވާތީ ކިޔަނީ ކީކޭކަމެއް ނޭނގެއެވެ. އެތަނަށް ދާން ފޫހިވެފައި ހުރުމުން ރާކިންއަށް ނުގޮވާ އޭނާ އަލުން ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

******************************************

ބޮޑު ރާޅެއްގައި އަޅައިނުގަނެ އާދައިގެ ދުވެއްޔެއްގައި ދޯނި ކުރިއަށް ދުއްވާފައި ދިޔައިރު މަތީގައި ދޫނިސޫފާ ސޫފި އެސޮރުމެންގެ ދުނިޔޭގައި މަޖާނަގާފައި އުޅެއެވެ. އުޑުމައްޗަށް ވެރިވެފައިވާ ނޫކުލައިގެ ތެރެއިން ފެންނަން ހުރި ހުދު ކުލައިގެ ވިލާކޮޅުތަކުން ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައިރު އެ ޗާލުކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެނީ ކަނޑުން ނަގައިގެން އައިސް މޫނުގައި ބީހިލާ ފިނިފިނި ވައިރޯޅިންނެވެ. އެއްވެސް ރުލެއްނުވާ ކަނޑުގެ ލޮނުގަނޑު ކަފަމުން ކުރިއަށް ދިޔަ ދޯނީގެ ކޮޅުގައި ފައިޒަން ދުރުމި އަޅައިގެން ހުއްޓެވެ. ކުރިމަތިން ފެންނަން އޮތް ރަށަށް އޭނާ ދިޔައީ ބަލަމުންނެވެ. މާދުރުނޫން ހިސާބަކުން ފުންމައިގަތް ކޯމަސް ބައިގަނޑެއް ފެނި ޔަނާލް އަތްތިލަބަޑި ޖަހަން ފެށިއެވެ. އޭނާ އިނީ ވަރަށް ބޮޑަށް އެކްސައިޓް ވެފައެވެ. ވަގުތުން އަމިއްލަ ފޯނުނަގާ އެމަންޒަރުތައް ވީޑިޔޯ ކުރަން ފެށިއެވެ. މަތިން ދިޔަ ކާޅު ބައިގަނޑަކަށް ނަޒަރު ހުއްޓާލައިގެން އިން ޔަޒްދާން އަވި އައިނު އަޅައިގެން އިނަސް ދޭތެރެއަކުން އޭނާގެ ނަޒަރު ޔަނާލަށް ހުއްޓެއެވެ. ކުޑަކުއްޖެއް އުޅޭހެން ޔަނާލް އުޅެން ފެށުމުން އައިނީ އިނީ ރުޅިގަދަ ވެފައެވެ.

މާގިނަ ވަގުތު ކަނޑުމަތީގައި އުޅެން ނުޖެހުނެވެ. ވިލު ނޫކުލައިގެ މޫދާއި ގުޅިފައިވާ ސާފު ދޮންވެލިގަނޑު ފެނުމުން އެތަނުގައި ފައި ބީއްސާލަން ހުރިހާ ކުދިން އެދެން ފެށިއެވެ. އަޑުގަދަކުރަމުން ހެމުން ދުވަމުން ހުރިހާ ކުދިން ފައިބައިގެން ދިޔައިރު ފޯނުން ގުދުރަތީ އެކި މަންޒަރިތަކުގެ ފޮޓޯގެ ނެގުމުގައި ހުރީ ޔަނާލެވެ.

“އާދޭ ނަނާ” ފައިޒަންގެ އަޑު އިވުމުން ޔަނާލް ބަލާލިއެވެ. އަދި ފައިޒަންގެ އަތުގައި ހިފާލައިގެން ދޯނިން ފޭބިއެވެ. ލޮނުފަސްގަނޑުގައި ފައި ޖެހުމާއެކު ޔަނާލް ދުވަން ފެށިއެވެ.

“ވާއު… ބިއުޓިފުލް…..” ކޮނޑުގައި އޮތް ދަބަހުގެ ވާގަނޑުގައި ދެފަރާތުން ހިފާލައިގެން ހުރި އަތް ނައްޓުވާލުމަށްފަހު ގުދުވެ އަރައިގެން ހުރި ފައިވާން ނެގިއެވެ. އަދި ދުރުދުރުގައި ފިޔަވަޅު އަޅަމުން ދޮންވެލިގަނޑު މަތީގައި ހިނގާލިއެވެ. ވަކި ހިސާބެއްގައި ހުއްޓުމަށްފަހު ވަށައިގެން ފެންނަން އޮތް ގުދުރަތީ އަޖައިބު ކުވަނިވި ރީތި މަންޒަރަށް ނަޒަރު ހިންގާލިއެވެ. ގަސްތަކަށް ފެތުރިފައިވާ ގަދަ ފެހިކުލައާއި މުށިކުލަ އަދި ދޮންވެލިގަނޑުގައިވާ ހުދުކުލަ ގުޅުވާލެވިފައި ވާއިރު ހީވަނީ ކުރެހުންތެރިއެއް ކުރަހާލާފައިވާ ތަސްވީރެއްގައި ކުލަޖައްސާލާފައި ވާހެންނެވެ. ފޯނު ނަގާފައި ފަހަތުން ހިނގަމުން އައި ފައިޒަން އަރާނެހެން ސެލްފީއެއް ނަގާލިއެވެ. ފައިޒަން ދިޔައީ ޔަނާލްގެ ކޮންމެ ހަރަކާތްތަކަށް ބަލަމުންނެވެ.

“ބަލަ ތީ ދެއަހަރުގެ ތުއްތު ބަބައެއްނޫން. އާދޭ ދާން. އެންމެން އެދަނީ” ދުވަމުން ދިޔަ ޔަނާލްގެ އަތުގައި ހިފާ ހުއްޓުވަމުން ފައިޒަން ބުނެލިއެވެ. އަތުން ދޫކޮށްނުލުމުން އެންމެފަހުން ޔަނާލަށް ޖެހުނީ ފައިޒަންއާއި އެކުގައި އެއްގަމަށް އަރައިގެން ދާށެވެ.

މަޑުކޮށްބަ މަޑުކޮށްބަ ޕްލީޒް” ޔަނާލް ބުނެލިއެވެ. ފައިޒަން އަތުން ދޫކޮށްލުމާއެކު ޔަނާލް ފޯނު އަމާޒުކުރީ ހޮރަކުން ނިކުމެގެން މޫދާއި ދިމާލަށް ދަތުރުކުރަމުން ދިޔަ ކިރު ކަކުނިތަކަކާއި ދިމާލަށެވެ. ފައިޒަން ދެފަރާތަށް ބޯހޫރާލުމަށްފަހު ޔަނާލްގެ ހަރަކާތްތަކަށް ބަލަން މަޑުކޮށްގެން ހުއްޓެވެ. އެމީހުންނަށް ނުފެންނާނެހެން ޔަޒްދާންވެސް މަގޫގަސްތަކާއި ނިވާވެގެން ހުއްޓެވެ.

ރަށުގެ ހިތްގައިމު ސަރަހައްދެއްގައި ފަނަރަ ޓެންޓް ޖަހާ ނިންމާލީ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ތިރީސް ކުދިން ބަހާލީ ކޮންމެ ޓެންޓެއްގައި ދެ ކުދިންނަށް ނިދޭ ގޮތަށެވެ. އަންހެންކުދިންގެ ޓެންޓް ތައްޔާރުކޮށްފައި ހުރީ ސެކިޔުރިޓީ ވަރުގަދަކޮށެވެ. ދަތުރުގައި ބައިވެރިވި ވެރިންނަށް ޓެންޓްޖެހީ ވަކިންނެވެ. އަންހެން ޓީޗަރުންނާއި ބައެއް އަންހެންކުދިންގެ މަސައްކަތުން ހެނދުނުގެ ނާސްތާއަށް ފަތު މައްސުންޏާއި ރޮށި އަދި ޕާނާއި ބަޓަރ ތައްޔާރުކޮށްލިއެވެ. ހުރިހާ އެންމެން ނާސްތާ ކުރަމުންދިޔައިރު ތަފާތު އެކި ވާހަކަދެކެވެމުން ދިޔައެވެ.

ނާސްތާއަށް ފަހު ދެން ކުރިއަށް ދިޔައީ ޓެންޓްތަކުގައި ކުދިން ބޭއްތިއްބުމަށް ގުރުއަތުން ނެގުމެވެ. އިއްތިފާގުން ނަމަވެސް އައިނީ އާއި ޔަނާލަށް އެއް ޓެންޓެއް ހިއްސާކުރަން ޖެހުމުން ވަގުތުން ޔަނާލްގެ މޫޑްއޮފްވިއެވެ. އައިނީ ވެސް އިނީ ފޫހިވެފައެވެ. މިހާރު އައިނީގެ ބަދަލުވެފައިވާ މިޒާޖުފެނި ފައިޒަންއާއި ޔަޒްދާންވެސް ކަންބޮޑުވިއެވެ. ނަމަވެސް ދަތުރުގެ ރޫހު ގެއްލިދާނެތީ ޔަނާލަށް ޖެހުނީ ހުރިހާކަމެއްގެ މަތިން ހަނދާންނައްތާލާފައި އައިނީއާއި އެކުގައި ކޮޓަރި ޝެއަރ ކުރާށެވެ.

“އެޖެންޑާގައި ވާގޮތުން ބަނޑު ދަމާލުމަށްފަހު ދެން ކުރިއަށް އޮތީ ފައިގަތަޅާ ކުޅުން ދޯ” ބިންމަތީގގައި މެޓެއް އަޅައިގެން އޮށޯވެގެން އޮތް ފައިޒަން ކައިރީގައި އިށީންނަމުން ޔަޒްދާން އަހާލިއެވެ.

“އާނ… ދާން ކީއްވެ އެހާ ކުޑަކޮށް ސައިބުއީ. މަންމަ ބުންޏެއްނު ރަނގަޅަށް ކައިގެން ހުންނައްޗޭ” ފައިޒަން ބުނެލިއެވެ.

“އެހާ ހައިވެފައެއްނުން ހުރީ. އެހެންވެ. ނުބުނައްޗެ މަންމަ ކައިރީގައި. އަދި ފުރަތަމަ ފަހަރޭ މީ މިގޮތަށް ދަތުރެއްގަ އައި. މައި ވެރީ ފަސްޓް އެކްސްޕީރިއަންސް. އަހަރެން އަމިއްލައަށް ވެސް މަޖާނަގާނަން…..ހެހެހެ…..” ޔަޒްދާން ބުނެލިއެވެ. އޭރު ތަންކޮޅެއް ދުރުގައި އިތުރު އަންހެން ކުދިބަޔަކާއެކު ސެލްފީ ނަގަން ޔަނާލް އުޅެއެވެ. ދޭތެރެއަކުން ޔަނާލާއި ގުޅުވާލައިގެން ފައިޒަން އެއްޗެއް ބުނެލައެވެ. ޔަޒްދާން އެއްޗެއް ނުބުނިކަމުގައި ވިޔަސް ޔަނާލަށް ވަގުލޮލުން ބެލެމުން ދިޔައެވެ.

“ހެހެހެ…. ސެލްފީ ކްއީން……” ހިތައި ހިތުން ޔަޒްދާން ބުނެލިއެވެ.

ފައިގަތަޅާ ކުޅުމުގައި އެއްބަޔަކު އުޅެމުން ދިޔައިރު އަނެއްބަޔަކު މެންދުރުގެ ކާއެއްޗެހި ތައްޔާރުކުރުމުގައި އުޅެއެވެ. ޔަޒްދާން މަސްބާނަން ހުރިއިރު އެތަނުގައި ކުޅެމުން ދިޔައިރު ލަވާ ހަޅޭކުގެ އަޑު އިވިއިއވި ހުއްޓެވެ. ފައިގަތަޅާ ކުޅުމުގެ ތެރޭގައި ޔަނާލްގެ ފަޔަށް ކައްޓެއް ހެރި އަރި އަޅާލިއެވެ. އެވަގުތު ޔަނާލް ނަގަން ކައިރރިވީ އެންމެ ކައިރީގައި ހުރި ޖާވިދެވެ.

“އަނހަ. ކިހިނެއް ތިހެދީ” ޔަނާލްގެ އަތުގައި ހިފާ ނަގަމުން ޖާވިދު ބުނެލިއެވެ. ވަގުތުގެ ބޭނުންހިފާ ޔަނާލްގެ ބަނޑާއި ހަމައިގާ ޖާވިދު އަތް ހިންގާލިއެވެ. ކޯޓުތެރޭގައި ހުރި ފައިޒަންއަށް އެމަންޒަރު ފެނުމުން ދުމެއް ޖަހާފައި ނިކުތެވެ.

“ދުރުގައި ހުރޭ” ފައިޒަން އައިސް ޖާވިދުގެ ދުރުކުރަން އުޅުމުގެ ތެރޭގައި ދެބަސްވުމެއް ހިނގާފާނެތީ ޖާވިދުގެ މޭގައި އަތްއަޅާ ކޮށްޕާލަމުން ޔަނާލް ބުނެލިއެވެ.

“އޯކޭ އޯކޭ.. ސޮރީ…” ޖާވިދު ދުރަށް ޖެހިލަމުން ބުނެލިއެވެ. ޔަނާލް ހިތްހަމަނުޖެހިފައި ދުރަށް ހިނގައިގަތުމުން އައިނީގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. އެކަން ކަމަކަށް ނަހަދާ ކުޅުމައިގެން ކުރިއަށް ދިޔުމަށް ޓީޗަރެއް އެންގުމުން އަލުން ފޯރީގައި ކުޅެން ފެށިއެވެ. ނަމަވެސް ޔަނާލްގެ މޫޑު ހަރާބުވުމުން އެތަނުން ދުރަށް ހިނގައިގަތެވެ.

“މަޑުކޮށްބަލަ. ހާދަ ރުޅިއެއް” ފައިޒަން ދުވެލާފައި ޔަނާލާއި އަރާ ހަމަކުރަމުން ބުނެލިއެވެ.

“ކިހިނެއްވެގެން މަށާ ފާވެގެން އުޅޭ މީހެއްތަ އެއީ. އޭނަ އެއީ ކިތަންމެ ދިގު މީހަކަސް އަހަރެންގެ ގަޔާވާ މީހެއް ނޫން އެއީ” ޔަނާލް ބުނެލިއެވެ.

“ހެހެހެ.. މިހާރު ކޮންވާހަކައެއްތީ… އޭނަ ދިގުކަމުން ޖޭވީދޯ…. އާނ އެހެންޏަ އޭނާގެ ގައިން އެއީ ވިއްޔާ ނާލްއަށް ހަމައެކަނި ސިފައަކީ” ފައިޒަން ބުނެލިއެވެ.

“އެއްވެސް މަޖަލެއްނޫން. ޔަނާލް އޭނާގެ ޓެންޓާއި ދިމާލަށް ދުއްވައިގަތެވެ. ފައިޒަން ހޯދަމުން އެދިމާލަށް އައި ޔަޒްދާނަށް ފެނުމަށްޓަކައި އަތް ނެގިއެވެ.

“ކިހިނެއްވެގެން މިއުޅެނީ. ފައި ގެއްލިއްޖެޔޯ ކުއްލިއަކަށް. ފައި ކޯޓުގަ ކުޅެންހުރެފަ ނައްޓާލައިފިޔޯ. އެމީހުން އެބަކިޔާ ފައިގެ ސަބަބުން އެޓީމް ބަލިވީއޭ ވެސް” ޔަޒްދާން ބުނެލިއެވެ.

“މާ ރުޅިގަދަވެފައި ނަނާ ދިޔައިމަ އޭނަ ފަހަތުން އައީ. ބައެއްމީހުން އުޅެނީ ދަތުރު ފަނިކޮށްލަން” ފައިޒަން ބުނެލިއެވެ. ދެމީހުން އެއްކޮށް ކުޅޭތަނަށް އައުމަށް ހިނގަމުން ދިޔައެވެ.

“ކާކު ވާހަކަ ތިބުނީ. ކަމެއްވީތަ؟ ކޮބާ މިހާރު ފައިގެ ފްރެންޑް” ޔަޒްދާން އަހާލިއެވެ.

“މިއުޅޭ ލޯންގޭ ނަނާގެ ގައިގަ ޓަޗްކުރަން އުޅުނީ. އެހެންވެ ނަނާ ރުޅިގަދަވެފަ ކުޅުން ހުއްޓާލީ” ޔަޒްދާންގެ ދެއަތް މުށްކެވިގެން ދިޔައީ އޭނާގެ އެއްވެސް އިހުތިޔާރަކާއި ނުލައެވެ. އެވަގުތު އޭނާގެ މޫނުމަތީ ކުލަވަރު ވެސް ބަދަލުވެގެން ދިޔައެވެ.

“އެކަމު ހިއެއްނުވޭ.. އައި މީން ލޯންގޭ އަކީ ރަނގަޅު މީހެއްނޫން. އެކަމަކު އެންމެން ތެރޭގައި އެގޮތަށް ކަންތައް ކޮށްފާނެހެން ހިއެއްނުވޭ. ވެދާނެ ޔަނާލަށް އެގޮތަށް ފީލްކުރެވުނީ ކަމަށްވެސް” ޔަޒްދާންގެ ހިތް އެހެން ވާހަކައެއް ދައްކަމުން ދިޔަސް އޭނާގެ ދުލުން ނިކުމެގެން ދިޔައީ މުޅިން އެހެން ވާހަކަތަކެކެވެ.

*******************************************************

މެންދުރުގެ ކެއުމަށްފަހު ހަވީރު ވަންދެން ހުރިހާ މީހުންވެސް ހޭދަކުރީ މޫދުގައެވެ. މޫދުތެރޭގައި ތަފާތު ކުޅިވަރު ކުޅެމުން ދިޔައިރު ޔަނާލް އުޅުނީ ވަރަށް ވިސްނައިގެންނެވެ. އޭނާ ސަކަރާތްޖަހަމުން ދިޔައީ ފައިޒަންއާއި އެކުގައެވެ. ޔަޒްދާން ދިޔައީ މޫދުގައި އޮވެ ޖާވިދުގެ ހަރަކާތްތަކަށް ބަލަމުންނެވެ. ޔަޒްދާނަށް ނޭނގުނީ އޭނާގެ ހަރަކާތްތަކަށް ފާރަލަމުން އައިނީ ދިޔަކަމެވެ. އައިނީ މަޑުމަޑުން ޔަޒްދާންގެ ފަހަތަށް ވަދެ ތަންކޮޅެއް ދުރަށް ފަތައިގަތެވެ. ހުރިހާ މީހުން ކުޅުމުގައި އުޅުނުއިރު އެކަކަށްވެސް އައިނީ އެގޮތަށް ކަންތައްކުރި ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އިވުނީ އައިނީގެ ހަޅޭކުގެ އަޑެވެ.

“ހެލްޕް…… ސަލާމަތް…” ހުރިހާ މީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ފަހަތުގައި ތިބި މީހުން އެދިމާލަށް ފަތައިގަތެވެ. އެންމެ ކައިރީގައި ހުރި ޔަޒްދާންވެސް އެދިމާލަށް ފަތައިގަތެވެ. ޔަޒްދާން ފަތާފައި ގޮސް އައިނީ ހިފެހެއްޓުމާއެކު އައިނީ ޔަޒްދާންގެ ކަރުގައި އަތް އަޅުވާލިއެވެ. އަދި ލޮނުގަނޑު ތެރޭގައި ޔަޒްދާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. އަދި ޔަޒްދާންގެ ކަރުދަށުގައި މޫނުފޮރުވާލަމުން ތުންފަތްޖައްސާލިއެވެ. އެކަން ޔަޒްދާނަށް އިހުސާސްވުމާއެކު އައިނީ ހަށިގަނޑުން ދޫކޮށްލިއެވެ. ވަގުތުން ލޮނުގަނޑު ތެރެއަށް އައިނީ ގަނބައިގެން ދިޔައެވެ. ކުރެވުނު ކަންތައް އިހުސާސްވުމާއެކު ޔަޒްދާން ހަޅެއްލަވަން ފެށިއެވެ. އޭނާގެ ފައި އަކުނިވަޔަށް ދަމައިގަތް ކަމަށް ހެދުނީ އެދިމާލަށް ބަލަން ތިބީ މީހުންތައް އޭނައާއި މެދު ދެކޭގޮތް ތަފާތު ވެދާނެތީއެވެ. އެހެންކަމުން އެކަކު އައިނީ ގޮވައިގެން އެއްގަމަށް އެރިއިރު ފައިޒަން އެރީ ޔަޒްދާން ގޮވައިގެންނެވެ. އޭރު ޔަނާލް ހުރީ އެއްގަމުގައި ގައިގާ ތުވާލި އޮޅާލައިގެންނެވެ.

ޔަޒްދާން ކަންތައްކުރި ގޮތުން އައިނީއަށް ވަނީ ހަމަ ރަނގަޅަށް ލޮނުބޮވިފައެވެ. އެތައް ހޮޑުތަކެއް ލެވުމުން ކުޑަކޮށް އައިނީގެ ހަށިގަނޑަށް ލުއިކަމެއް އިހުސާސްވިއެވެ. މޫދުގެ އޮއި ބާރުވަމުން އަންނަ ވަގުތަށް ވާތީ އެއްވެސް ކުއްޖަކު މޫދަށް ނޭރުމަށް މެނޭޖްމަންޓު އެންގިއެވެ.

“ހަޔާތްކުޑަޔަސް ތީ ބޮޑުވަރު. ތީ އަންހެނުންނަށް ވެސް ހުރި ހުތުރެއްނު” ކުއްލިއަކަށް އައިނީ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު ޔަޒްދާންގެ އަޑުންނެވެ.

“ތިއީ ވަކި ރަނގަޅު މީހެއްތަ؟ ރަހުމުކުޑަޔަސް ތީ ބޮޑުވަރު. އަހަންނަށްވެސް އެހެން ބުނެވިދާނެ ދޯ” އައިނީ ދުލެއް ނުދިނެވެ.

“އަހަރެން އެގޮތަށް ކަންތައްކުރީ އައިނީ ޖަހާލި މަޅީގައި ނުޖެހެންވެގެން” ޔަޒްދާން ބުނެލިއެވެ.

“ހުރެބަލަ ނިކަން ވަރުގަދަ ލަނޑެއް ތިހެން އުޅެނިކޮށް ލިބޭނެ” އައިނީ ތެދުވެ ލައިގެން ހުރި ސޯޓުން ވެލި ފޮޅާލަމުން ބުނެލިއެވެ.

“ކަލެއާއި ވާހަކަދެއްކުމަކީވެސް ބޭކާރު ކަމެއް” ޔަޒްދާންވެސް ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރި ޔަނާލް ހިތުގައި ރިއްސާލިއެވެ. ހަޤީޤަތުގައިވެސް އެދެމީހުންގެ މެދުގައި ކޮންމެސްކަހަލަ ގުޅުމެއް އޮތްކަމުގައި އޭނާ ނިންމިއެވެ.

**********************************************

ރޭގަނޑުގެ އަނދިރިކަން ދުނިޔެ ވަށާލުމާއެކު އެއްވެސް ކުއްޖަކު ވަކިން އެއްވެސް ތަނަކަށް ނުދިޔުމަށް ޓީޗަރުން އެންގިއެވެ. ފާހާނާއަކަށް ދާން ޖެހުނަސް އެކަނި ދިޔުމުގެ ބަދަލުގައި ގުރޫޕެއް ހަދާލައިގެން ދިޔުމަށް އެންގިއެވެ. ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި އުއްބައްތިތައް ދިއްލާލުމާއެކު އެސަރަހައްދު ފެންނަނީ ވަރަށް ހުވަފެނީ ގޮތަކަށެވެ. ޖަމާއަތުގައި ހުރިހާ ކުދިން އިޝާނަމާދު ކުރުމަށްފަހު ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްފައި ހުރި ކަޕް ނޫޑްލީހާއި ފިހުނު މަސް ކެއުމައިގެން ކުރިއަށް ދިޔައެވެ. އެކެއުމުގައި ހުރިހާ ކުދިންވެސް ބައިވެރިވިއެވެ. ދިހައެއް ޖަހަންދެން ލަވަ ބާޒީ ކުޅުމުގައި ހުރިހާ ކުދިން ޓެންޓްތައް ކުރިމަތީގައި ތިއްބެވެ. ދިހައެއް ޖެހުމާއެކު އެކުއްޖެއް ވަނުމަށް ހަމަޖެހިފައިވާ ޓެންޓަށް ވަންނަން އެންގުމާއެކު ހުރިހާ ކުދިން އަވަސްވެގަތެވެ. ފޫހިވެފައި ހުރެ ވެސް ޔަނާލް ޓެންޓަށް ގޮސް ވަނެވެ. އޭރު ތިރީގައި އަޅާފައިވާ ސްލީޕިންގް ބޭގް މަތީގައި އަނެއް ފަރާތަށް އެނބުރިގެން އައިނީ އޮތެވެ. ޔަނާލް އޭނާގެ މެޓް ހިފައިގެން ޓެންޓްގެ އަނެއް ކޮޅުގައި އޮތީ ޕަވަރބޭންކް ނަގައިގެން ފޯނު ޗާރޖް ކުރުމުގައެވެ. ކޮލެޖުގެ ހުރިހާކުދިން ހިމެނޭގޮތަށް ހިންގާ ވައިބަރ ގުރޫޕުގައި އެހެންކުދިންކޭ އެއްފަދައިން ޔަނާލް ވެސް ދިޔައީ އަނގަތަޅަމުންނެވެ. ދޭތެރެއަކުން ފައިޒަން އެއްޗެއް ބުންޏަސް ޔަޒްދާން ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އެހެންނަމަވެސް އޭނާ ދިޔައީ މެސެޖުތައް ބަލަމުންނެވެ.

ބާރަޖަހަން ގާތްވިތަނާ ވައިބަރ ގުރޫޕުގައި އަނގަތަޅަމުން ދިޔަ މީހުންތައް މަދުވަމުން ދިޔައެވެ. ޔަނާލްވެސް ޑާޓާ އޮފްކުރީ ނިދާލުމަށް ނިންމައިގެންނެވެ. އޭނާ ކަރުހިއްކައިގަތުމާއެކު ފެނަށް ބޭނުންވިއެވެ. ނަމަވެސް އޭނާ ބެހެއްޓިތަނުގައި ފެންފުޅިއެއް ނެތެވެ. އޭނާ ތެދުވެ ތަންތަން ހޯދަމުން ދަނިކޮށް ފެނުނީ އޭނާގެ ހޭންޑްބޭގް ބިތްދޮށަށް ފެންފުޅި ވެއްޓިފައި ވަނިކޮށެވެ. އޭނާ ކަރުހިއްކުންފިލާ ވަރަށް ފެންބޮއެގެން މެޓުމަތީގައި އޮށޯވެ ދެލޯ މަރާލިއެވެ.

ކުއްލިއަކަށް ޔަނާލަށް ހޭލެވުނީ އާދަޔާހިލާފަށް އޭނާއަށް ހޫނުވެގެންނެވެ. އޭރު އައިނީ ގަދަ ނިދީގައި އޮތެވެ. ޔަނާލް ޓެންޓްގެ ދޮރު ކުޑަކޮށް ކަހާލީ ބޭރުން ވައިރޯޅިއެއް ވަދެދާނެކަމަށެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ނިދި ހުރިވަރުން ދެލޮލަށްވެސް ދިޔައީ ބާރުވަމުންނެވެ. ނަމަވެސް އެފިނި މެންދަމުގެ ސިޔާސަ ވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި ބީހޭން ފެށުމާއެކު މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެދަންވަރު ގަޑީގައި އޭނާއަށް ޓެންޓުން ނިކުމެވުނު ގޮތެއް ނޭނގެއެވެ. ދިމާލަށް ހުރި ގަސްތަކުގެ ތެރެއަށް ޔަނާލަށް ވަދެވުމާއެކު ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ. ހޭލެވުނީ އޭނާގެ މޫނުގައި މީހަކު ފެންހާކަމުން ދަނިކޮށެވެ. އޭރު އޭނާއައި ދިމާލަށް ގުދުވެގެން ޔަޒްދާން އޮތެވެ. އޮވެވުނު ތަނެއްގެ ސަބަބުން އޭނާގެ ހަށިގަނޑަށް ކަށިހެރޭ ކަހަލަ ގޮތެއް ވުމުން ތެދުވަން މަސައްކަތް ކުރަމުން ދަނިކޮށް ފައިކަހާލައިގެން ޔަޒްދާން ވެއްޓުނީ ޔަނާލްގެގައި މައްޗަށެވެ. ނިދަންވެގެން ބަދަލުކުރި ކުރު ޓީޝާޓްކޮޅާއި ކުރު ސޯޓުގައި ޔަނާލްގެ ހަށިގަނޑަށް ޔަޒްދާނަށް ދިޔައީ ބެލެމުންނެވެ. އޭނާގެ އަތުތެރޭގައި އެހާ ކައިރީގައި ޔަނާލް އޮތްތަން ފެނުމުން އޭނާގެ ހިތް ދިޔައީ އެލޯބި ހަށިގަނޑުގެ މީރުކަމަށް އެދެމުންނެވެ. ޔަނާލްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައިރު އެއް އަތް ޔަޒްދާންގެ މޭގައި ލައްކޮށްލުމަށްފަހު ބާރުކޮށްލީ އެތަނުން ތެދުވުމަށެވެ.

“ޝްޝްޝް….. މިތާ ކައިރީގައި އެޑަމްސަރ މެން ހޭލާ އެބަތިބި. މިތަނުން ނިކުންނަން އުޅެފިއްޔާ ބަސްޓްވެދާނެ. ބަސްޓްވެއްޖިއްޔާ ފެތުރޭނީ ވަރަށް ހަޑި ވާހަކައެއް” ޔަޒްދާން ވައި އަޑުން ބުނެލިއެވެ. ޔަނާލް މައިތިރިވީ އެހިސާބުންނެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވެ އިސާހިތަކު ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. އިންސާނާ މަގުފުރައްދާލުމަށް ޝައިތާނާ ފައި ވިއްދާލާނީ މިފަދަ ވަގުތުތަކުގައެވެ. ކުށެއްނެތް މައުސޫމް ދެހިތް ފާފައެއްގެ ތެރެއަށް ގަންބާލުމަށް ޝައިތާނާއަށް އެއްބާރުލުން ދިނީ ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭއާއި އިންޒާރަކާއިނުލާ ހަށިގަނޑުގައި ބީހެމުން ދިޔަ ވައިރޯޅިތަކެވެ. ގަސްތަކުގެތެރޭގައި އޮތް ޔަނާލްގެ ހަށިގަނޑު ފިނިވެގެން ތުރުތުރު އަޅަން ފެށިއެވެ. އެމަންޒަރު ބަލާކަށް ޔަޒްދާނަށް ކެތްނުވިއެވެ. އޭނާ މަޑުމަޑުން ޔަނާލް ހަށިގަނޑުގައި ބައްދާލިއެވެ. ޔަނާލްގެ ހަށިގަނޑަށް އިހުސާސްވެގެން ދިޔަ ހޫނު އަރާމެއްގެ ސަބަބުން ދެލޯ މަރާލެވުނުއިރު ޔަޒްދާންގެ ބީހުންތައް ދިޔައީ ހިނދަކަށްފަހު ހިނދެއް އިތުރުވަމުންނެވެ. ކުރެވެން އުޅޭ ކަމަކާއި އެއްވެސް މީހަކު ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް ދެމީހުން ތިބީ އެކަކު އަނެކަކުގެ ބީހުންތަކަށް އިންތިހާއަށް ބޭނުންވެފައެވެ. ދެމީހުންގެ އަންނައުނުތައް ހަށިގަނޑާއި ވަކިވެގެން ދިޔަ ވަގުތު ތަނަށް ފެތުރިފައިވާ އަނދިރިކަން އެދެމީހުންގެ ފޭރާމަކަށް ވިއެވެ. ކުރެވެމުން ދިޔައީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގި އެފިނި މެންދަމުގެ ހިތްގައިމުކަމުގެ ފޮނިކަން ދެހިތަށްވެސް ދިޔައީ ކުރެވެމުންނެވެ. އެކަކު އަނެކަކާއި ވާހަކަ ނުދެއްކިއެއްކަމަކު ދެމީހުންގެ ހަރަކާތްތަކުންނާއި އަމަލުތަކުން ދިޔައީ ބަސްމޮށުންތެރި ކަމަކާއިނުލާ އެތައް ވާހަކައެއް ދައްކަމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާރާ – 1

Next

ވިންދޭ ލޯބި ތީ އެދޭ 27

Next
February 11, 2019

ވިންދޭ ލޯބި ތީ އެދޭ 27

Previews
February 11, 2019

ޔާރާ – 1

21 Comments!

  1. Ummu Xahaa Xaan says:
    February 11, 2019 at 10:59 am

    V vreethi

    1. Ushaali says:
      February 11, 2019 at 12:25 pm

      thankyu dear 🙂

  2. Winks says:
    February 11, 2019 at 11:23 am

    Me first dhw

    1. Ushaali says:
      February 11, 2019 at 12:26 pm

      yes…thankyu so much Winks 🙂

  3. SCARLET says:
    February 11, 2019 at 12:16 pm

    Alhe kihineh mivany… Mi meehunneh kamaku mihen ulheykah nuvaane dhw??by the way stry vvv salhi…

    1. Ushaali says:
      February 11, 2019 at 12:28 pm

      evaruge kameh vedhaane dhw ekudhin athun 😀
      thankyu so much SCARLET 🙂

  4. ramy says:
    February 11, 2019 at 1:32 pm

    mivAhakaige 1st part fennaanee kihinakutha

    1. Ushaali says:
      February 11, 2019 at 2:14 pm

      mi vahaka alhugandu fashaafa innaany fenvaru online ga

  5. Junk says:
    February 11, 2019 at 2:00 pm

    Mi storyge 1 st prt kobaatha

    1. Ushaali says:
      February 11, 2019 at 2:15 pm

      mi vahaka alhugandu fashaafa innaany fenvaru online ga 🙂

  6. Ina Inaya says:
    February 11, 2019 at 2:07 pm

    Reethi

    1. Ushaali says:
      February 11, 2019 at 2:35 pm

      thankyu 🙂

  7. Mary says:
    February 11, 2019 at 2:56 pm

    Huvafeneh dho

    1. Ushaali says:
      February 11, 2019 at 3:19 pm

      🙂 lests see . maadhama ingeyne

  8. illy says:
    February 11, 2019 at 3:30 pm

    where can i find first first?

    1. Ushaali says:
      February 11, 2019 at 3:33 pm

      fenvaru online

  9. Manje says:
    February 11, 2019 at 9:18 pm

    Not a dream ey hageegathe euley nulafaa manjege reyvumeh kan yageen dhn manhaa preg vaanee manhaage darieh nun euleny kuree part thakuga dho

    1. Winks says:
      February 12, 2019 at 9:15 am

      yanaal ge tha

  10. Asha says:
    February 12, 2019 at 1:39 pm

    Ethaa handi ulheyne… ekahala kanthah kuraakah nuvaane dhw…❤❤❤ story v reethi ushh darls

  11. aki says:
    February 12, 2019 at 2:02 pm

    mihaaru vaahaka up kolaifi tho belunu adhadhu ves neyge…. please next part up kohla dheebaa pls

  12. Winks says:
    February 12, 2019 at 2:22 pm

    ush darloo fenvaruga iny 4 th aa hisaabah

Comments are closed.

Next Episodeދިނީ ޒަހަރު… 17←


All Right Reserved!