Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ….5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 13, 2019 5 Mins Read
28 Comments

އިންޓަސްކޫލް ނެޓް ބޯޅަ މުބާރާތަށް ކުދިން ހޮވުމަށް ބައްވާ ފަރިތަކުރުން ތަކުގައި ރައިހާނާ އަދި އަންޖަލްވެސް ބައިވެރިވިއެވެ. ކިޔެވުމެގެ އިތުރަށް ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައިވެސް ވީ ވަރަކުން ރައިހާނާ އަންނަނީ ބައިވެރިވަމުންނެވެ. ރައިހާނާއަކީ މުޅި ސްކޫލުންވެސް ފާހަގަ ކޮށްލެވޭ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާއެވެ. ކުރީ ދެއަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ އެންމެ މޮޅު ގޯލް ޝޫޓާރ(ޖީ.އެސް) އަކަށް ރައިހާނާ ވަނީ ހޮވިފައެވެ. ފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި ވޭތުވެ ދިޔަ ދެއަހަރުވެސް ރައިހާނާގެ ދައުރު ބޮޑެވެ. ކޮންމެ ފަހަރަކުވެސް ޑިފެންސް ނުކުރެވުމުވެ ސަބަބުން ފައިނަލް މެޗުން ރައިހާނާމެން ބަލިވަނީއެވެ.
އަންޖަލް ނެޓު ބޯޅަ ކުޅެން އައި އަލަށެވެ. އެއީވެސް ރައިހާނާ ކިޔާ އާދޭސްކޮށްގެންނެވެ. ކުރީ އަހަރުތަކުގަވެސް ރައިހާނާ އޭނާ ގާތުން ބައިވެރިވާން އެދުމުން ކުޅެން ނޭންގެއޭ ކިޔާފަ ނުދަނީއެވެ. އެހެނަސް މި އަހަރަކީ ސްކޫލްގައި ހޭދަ ކުރާ ފަހު އަހަރަށް ވުމާއެކީއާއި ރައިހާނާގެ އެދުމުގެ މަތިން ސެލްކްޝަންއަށް ދާން އަންޖަލް އެއްބަސްވީއެވެ.
ސެލެކްޝަން ފަރިތަކުރުންތަކުގައި ޖުމްލަ ތިރީސް ކުދިން ބައިވެރިވިއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ނެޓް ބޯޅަ ކުޅޭ ހަކުދިން ތިއްބެވެ. ތިރީސް ކުދިންގެ ތެރެއިން އިންޓަސްކޫލް މުބާރާތަށް އެރުމަށް ފުރުސަތު ލިބެނީ ބާރަ ކުދިންނަށެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ނެޓްބޯޅަ ކޯޗާއެކު ފަރިތަކުރުންތައް ފެށުނެވެ. މައިގަނޑު ގޮތެއްގައި ހަދަމުން ދިޔައީ ޕާސިންތަކެވެ. އެއީ އަލަށް ކުޅެން އައި ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުންނެވެ. އެއްގަޑި އިރުގެ ފަރިތަކުރުން ތަކަށްފަހު އެރެއަށް ފަރިތަކުރުންތައް ނިންމާލިއެވެ. އަންޖަލް ހުރީ ދުވަން ޖެހުމުން ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. މައި ނޭވާ ލަމުން ގޮސް ދަބަހުން ފެންފުޅި ނަގާ ބޮލާއި މޫނާ އެކީ އޮއްސާލިއެވެ. މޫނުގައި ފިނިފެން ޖެހުމުން އަރާމުވިއެވެ. ވަރުބަލިކަން ފިލައި ގައިގައި ހަކަތަ ޖެހުނުހެން ހީވިއެވެ. ރައިހާނާވެސް އަންޖަލް ގާތަށް އައިސް އިށީންދެ ގަޔަށް ފެންއެޅިއެވެ.
ސްކޫލް މަސައްކަތެއް ނިންމަން އައިސް އުޅުނު ހަމްޒާއަށް ވިނަގަނޑު މަތީ އިށީންދެލައިގެން ތިބި އަންޖަލްއާ ރައިހާނާ ފެނުނެވެ. ރައިހާނާ މާ ހެވިފައި އިނުމުން އޭނާ ރުޅިއަރުވައިލާނަމޭ ހިތާ ހަމްޒާ އެދިމާއަށް ހިނގައިގަތެވެ.
ގެއަށް ދާންވެގެން ތެދުވި އަންޖަލްގެ ލޮލުގައި ހަމްޒާ އަޅައިގަތެވެ. ކަޅު ކުލައިގެ ޓީޝާޓަކާ ނޫ ކުލައިގެ ޖިންސުގައި އިހުނަށްވުރެ ވެސް ޒުވާންކޮށް ހަމްޒާ ފެންނަމުން ދިޔައެވެ. ރަސްމީ ގަޑިއާ ޚިލާފަށް އިސްތަށިގަނޑުވެސް ވަނީ ހާވާލާފައެވެ. ފިރިހެންވަންތަ ހިނގުމުގައި ހަމްޒާ އަންނަމުން ދިޔައީ އޭނާއާ ދިމާއަށްކަން އެނގުމުން އަންޖަލްއަށް ރައިހާނާއަށް ގޮވާލެވުނެވެ. އޭރު ފަހަތުގައި ތިބި ކުދިންތައްވެސް ހަމްޒާ ސަރ އެބައާދެއޭ ކިޔާފަ ތުއިވާން ފަށައިފިއެވެ.
“މީ ކޯއްޗެއް ކުޅެން އައިސް ތިބި ކުދިންނެއްތަ؟” އެކުދިންނާ އަރާ ހަމަވެފައި ހަމްޒާ އަހާލިއެވެ. ރައިހާނާއާ އަންޖަލް ފިޔަވާ ދެންތިބި ކުދިން ނެޓްބޯޅަ ކުޅެންށޭ ބުންޏެވެ. “އޯ އައި ސީ. ރައިހާނާވެސްތަ؟ އެކަމް ހާދަ ހީނުވެޔޭ ރައިހާނާއަށް ކުޅެވޭނެހެން. ސަރއަށް ޔަގީން ކުއްޖެއް އިނގިލި ކުރި ޖައްސާލިއަސް އޮންނާނީ ވެއްޓިފަކަން” ޖެއްސުމުގެ ރާގަަށް ހަމްޒާ ބުންނެވެ. އެއާއެކު ރައިހާނާ ރުޅިއައިސްގެން ހަމްޒާއަށް ލޯ އަޅާލިއެވެ. “ނޯ ސަރ. ރައިއެއީ މި ސްކޫލްގެ ނަންބަރ ވަން ޕްލޭޔާ. ރައި ވަރަށް ވަރަށް މޮޅު ވާނެ. ރައިގެ ކުޅުން ފެނިއްޖެޔާ ސަރ ސޮނިވެއްޓޭ ވަރުވާނެ” ފަހަތުގައި ތިބި ކުދިން ތެރެއިން ކުއްޖަކު އޭނާއަށް ތައުރީފު ކުރުމުން ރައިހާނާ ފޮނިވިއެވެ. އެވަގުތު ހަމްޒާގެ މޫނަށް ވީ ގޮތް ފެނިފައި ހިތާހިތުން ރައިހާނާއަށް ހެވުނެވެ. “ތި ޖެހުނީ ބަލަންތާ. ސަރ ބަލާނަމޭ ރައިހާނާއަށް ކުޅެވޭތޯ. ކޮންމެ ރެއަކު ޕްރެކްޓިސް އޮންނަ ގަޑީ އަންނަންވީ ދޯ!” ރައިހާނާއާ ދިމާއަށް އެއްލޯ މަރާލަމުން ހަމްޒާ ބުނެލިއެވެ. ހަމްޒާ އެއްލޯ މަރާލުމާއެކު ހުރިހާ ކުދިންތައް ‘އޯ’ އަޑު ލައްވާލިއެވެ. ހަމްޒާގެ އެ މިޒާޖު ފެނިފައި ރައިހާނާ އަދި އަންޖަލް ވެސް ހައިރާންވިއެވެ. ކިޔަވާދޭގަޑީ ހީވަނީ ހަމްޒާހާ ސީރިއަސް މީހަކު މިދުނިޔޭގައިވެސް ނޫޅޭނެހެންނެވެ. އެހާވެސް ސީރިއަސްއެވެ.
ފިލްމެއްގެ މަންޒަރެއްހެން އަންޖަލްއަށް ހަމްޒާ އެއްލޯ މަރީލި މަންޒަރު ފެންނަމުން ދިޔައެވެ. އަންޖަލްއަށް ނިދުނީވެސް ހަމްޒާއާ މެދު ވިސްނަން އޮއްވައެވެ. އެހެންވެ އެރޭ ހުވަފެނުންވެސް ފެނުނީ ހަމްޒާއެވެ. ހަމްޒާ އައިސް އަންޖަލް ގޮވައިގެން މާ ބަގީޗާއެއްގައި އުޅެނިކޮށެވެ. ރައިހާނާގެ އިތުރަށް ކޮންމެވެސް އެހެން ފިރިހެން ކުއްޖެއް އޭނާއަށް ފެނުނެވެ. އެހެނަސް ސާފުކޮށް އެއީ ކޮން ކުއްޖެއް ކަމެއް އަންޖަލްއަކަށް ނޭންގުނެވެ.
އެހެން ދުވަސް ދުވަހާ ޚިލާފަށް އެދުވަސް ވެގެން ދިޔައީ ސުކޫލްގައި ބުރަ ދުވަހަކަށެވެ. ބާރާއިގެ ކުދިންނަށް ޚާއްސާކޮށް އައިޓީ ދާއިރާއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ސުކޫލުން ބޭއްވިއެވެ. އެޕްރޮގްރާމްގައި ބާރައިގެ ދަރިވަރުންގެ އިތުރަށް ބައެއް ޓީޗަރުންވެސް ބައިވެރިވިއެވެ.
ސްޓޭޖް މަތީގައި ހުރެ މަޢުލޫމާތު ދެމުން ގެންދިޔައީ ޒިވާނެވެ. އޭނާއަށް ލިބިފައިހުރި މީހުންނަށް އުންގަންނައިދިނުމުގެ ހުނަރު ބޭނުންކޮށްގެން ކުދިންނަށް ވިސްނޭނެހެން ކިޔާދެމުން ދިޔައެވެ.
ޒިވާން ކިޔާދެމުން ދިޔަ އެއްވެސް އެއްޗަކަށް ރައިހާނާގެ ސަމާލުކަމެއް ނުދެވެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒިވާންއާއެކީ ހޭދަވި އުފާވެރި ދުވަސްތައް މަތިންނެވެ. ރައިހާނާ ސިއްސައިގެން ދިޔައީ ޒިވާން މައިކުން އޭނާގެ ނަން ގޮވުމުންނެވެ. ހުރިހާ ކުދިންނާއި ޓީޗަރުންގެ ލޯތައް އޭނާއަށް އަމާޒުވެފައި ހުރުމުން ރައިހާނާއަށް ހިންދިރުވާލެވުނެވެ. ޒިވާން އޭނާއަށް ގޮވީ ކީއްކުރަން ކަމެއް ރައިހާނާއަކަށް ނޭންގުނެވެ. ހަދަންވީ ކިހިނެއްކަން ނޭންގި ރައިހާނާ ކޮޅަށް ތެދުވިއެވެ. “ސްޓޭޖަށް އާދެބަ. ދެން ބޯއިސް ތެރެއިން ވިޝާހް” ރައިހާނާއާ ވިޝާހް ގޮސް ސްޓޭޖަށް އެރިއެވެ. ސްޓޭޖްގެ އެއްފަރާތެއްގައި ބަހައްޓައިފައި ހުރި މޭޒުންމަތިން ދެ ޓެބްލެޓް ނަގާ ރައިހާނާއާ ވިޝާހް އަތަށް ދިނެވެ. އަދި އޭނާ ދޭ އިރްޝާދާއި އެއް ގޮތަށް އޭގެ ޖެހިފައި އިން މައްސަލަ ރަނގަޅުކުރަން ޒިވާން ބުންޏެވެ. ފަސޭހަކަމާއެކު ވިޝާހް މައްސަލަ ރަނގަޅު ކުރިއެވެ. އެހެނަސް ރައިހާނާ އެތަށް ވަރަކުން އުޅެގެންވެސް މައްސަލަ ހައްލެއް ނުކުރެވުނެވެ. އޭނާގެ އަތް ތުރުތުރު ލާވަރުން ހީވަނީ ދެންމެ ދެންމެ އަތުގައި އޮތް ޓެބްލެޓް ވެއްޓިދާނެހެންނެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.
ރައިހާނާ ގާތަށް ޖެހިލުމަށްފަހު އޭނަ އަތުގައި އޮތް ޓެބްލެޓް ޒިވާން އަތުލިއެވެ. އެ ވަގުތު ޒިވާންގެ އަތް ރައިހާނާ އަތުގައި ޖެހުނެވެ.
ޒިވާންގެ އަތް އޭނާގެ އަތުގައި ޖެހުމުން ރައިހާނާ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ޒިން އޭނާއާ އެހާ ގާތުގައި ވުމުން ހިތަށް އުފާވެރިކަން އިހްސާސް ކުރެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ޒިވާންއާ ޔާޝާ މަތިން ހަނދާންވެފައި ހިތްހަލާކުވާވަރުވިއެވެ. ޒިވާންއާ މެދު ހިތްޝަކުވާއިން ފުރުނެވެ. ދެފައިން ވާގި ދުވާން އުޅޭހެން ހީވުމާއެކު ރައިހާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދެލޯ މަރާ ތަގުޅިކޮށްލީ ލޮލަށް ކަރުނަ ޖަމާވާހެން ހީވުމުންނެވެ.
ރައިހާނާއަށް ވަމުން ދިޔަ ގޮތްތައް ހަމްޒާއަށް ވަރަށް ރީއްޗަށް ފެންނަމުން ދިޔައެވެ. ޒިވާންއާ ރައިހާނާއާ ދެމެދު އޮތް ގުޅުން އޮޅުންފިލުވާހިތް ހަމްޒާވިއެވެ. ރަނގަޅު ދަނޑިވަޅެއްގައި ރައިހާނާއާއި ޒިވާންއާ ބެހޭގޮތުން ސުވާލުކުރަން ހަމްޒާ ނިންމިއެވެ.
ޒިވާންގެ ސަބަބުން އަންޖަލް ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ގޮއްސާނެހެންނެވެ. ރައިހާނާގެ ހިތަށް ކުރާނެ އަސަރު އެނގިހުރެ ޒިވާން ރައިހާނާއަށް އަނިޔާދެމުން ދާތީއެވެ. ދެންމެ ދެންމެ ގޮސް ޒިވާން ނޮޅާލާއިގެން ކައިލަފާނެހެން ހީވިއެވެ.
ޒިވާންގެ ބަހަކަށް ބެލުމެއްނެތި ރައިހާނާ އަވަހަށް ސްޓޭޖުން ފޭބިއެވެ. އޭރު އޭނާއަށް މައިނޭވާ ލެވެމުން ދިޔައެވެ. ގޮނޑީގައި އިށީނުމުގެ ބަދަލުގައި ރައިހާނާ ހޯލުން ނުކުމެގެން ދިޔައީއެވެ. ރައިހާނާ ފަހަތުން ކިތަންމެ ދާން ބޭނުންވެފައި ހުއްޓެއް ކަމަކު އަންޖަލްއަށް ދާކަށް ނުކެރުނެވެ. ކަންފަތުން ދުން އަރަަމުން ދިޔަ ހާލުވެސް ޒިވާން އެ ސެޝަން ނިންމާލަންދެން މަޑުކުރީއެވެ.
ރައިހާނާ ހޯލުން ނުކުތުމުން އޭނާގެ ފަހަތުން ހަމްޒާވެސް ނުކުތެވެ. ރައިހާނާ ދުވެފައި ގޮސް ވަނީ ސްކޫލްގެ އަނެއް ފަރާތުގައި އޮންނަ ހުސް ސަރަހައްދަށެވެ.
ބެންޗެއްގައި އިށީންގޮތަށް މޫނުގައި ދެއަތް އަޅާ ރައިހާނާ ރޯންފެށިއެވެ. ހިތަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާއެއް ނުލިބި އިތުރަށް ފުންވީއެވެ. ހިތާދިމާލުގަ އަތް އަޅާގެން އިން އިނދެ ރައިހާނާ ރޮމުން ދިޔަ މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެއެވެ.
ހަމްޒާ ކުރިމަތީ އަބަދު ރުޅި މޫނު ހަދައިގެން ހުުންނަ ރައިހާނާ ގިސްލަ ގިސްލާ ރޮމުން ދާތަން ފެނި އޭނާ ހައިރާންވިއެވެ. ރައިހާނާ އެގޮތަށް ރޯނީ ވަރަށް ބޮޑަށް އެހިތްހަލާކުވެގެންކަން ހަމްޒާއަށް އެނގުނެވެ. ރައިހާނާ އެކަނި ހާލަށް ދޫކޮށްނުލަން ވެގެން ހަމްޒާ ގޮސް ބެންޗުގައި ރައިހާނާއާ ތަންކޮޅެއް ދުރުގައި އިށީނެވެ.
ހަމްޒާ އައިސް އިށީންތަން ރައިހާނާއަށް ފެނުނެވެ. އެތަނުން ދުވެފިލަން ބޭނުންވިއެއް ކަމަކު އެހިއްވަރެއް އޭނާ ގަޔަކު ނެތެވެ. ޒިވާންގެ ސަބަބުން އޭނާ ވަނީ ބަލިކަށިވެފައެވެ. ހަމްޒާ ކުރިމަތީ އިނދެރުއިންވެސް ޒިވާންއަށް ފެނުމަށްވުރެ އޭނާގެ ހިތަށް ފަސޭހައެވެ.
ރައިހާނާގެ ރުއިން ހުއްޓުވަން ބުނާނެ އެއްޗެއް ހަމްޒާގެ ސިކުނޑިއަކަށް ނައެވެ. އެތަނަށް އާދެވުނު މޮޔަ ހިތަށް އަރާފައި ހުއްޓާ ދުރުން އަންޖަލް އަންނަތަން ފެނުނެވެ.
ދުވަމުން ކަހަލަ ގޮތަކަށް އައި އަންޖަލްއަށް ރައިހާނާއާއެކީ ހަމްޒާ ފެނުމުން ހައިރާންވިއެވެ. އެހެނަސް ބޭކާރު ކަންތަކާ ވިސްނާނެހާ ޖާގައެއް އެވަގުތު އޭނާގެ ސިކުނޑިއަކު ނެތެވެ.
އަންޖަލް އައުމުން ހަމްޒާ ބެންޗުން ތެދުވެ އަންޖަލްއަށް އިށީންނަން ތަންދިނެވެ. އަދި ދެކުދިން އެކަނިވެލަން ފުރުސަތު ދެމުން އެތަނުން ދާން ހިނގައިގަތެވެ.
ރައިހާނާއާ އަންޖަލް އެނބުރި ކުލާހަށް ދިޔައީ ބައިގަޑިއިރު ފަހުންނެެވެ. އޭރު ރައިހާނާގެ މޫނުވަނީ ޓޮމާޓޯއެއްހާ ރަތްވެފައެވެ. ލޯވެސް ރަތްވެފައި ހުރިއިރު އިރުއިރުކޮޅާ ނޭފަތްދަމާލައެވެ. ރައިހާނާގެ ހާލާއި މެދު ކުލާސް ހުރިހާ ކުދިންވެސް ހަމްދަރުދީވިއެވެ. ރައިހާނާއަށް ހެޔޮއެދޭ ކޮންމެ ކުއްޖަކުވެސްް ހިތާހިތުން ޒިވާންއަށް ނަފްރަތުކުރިއެވެ.
ޒިވާން އޭނާއަށް ޚާއްސަ ކުރެވިފައި އިން ކެބިންގައި ހުރި އިރު އެމޫނު މަތިވަނީ މިލާފައެވެ. ރައިހާނާ ރޮއްވާލައިގެން އެހިތަށް ހަމަ ޖެހުން ލިބޭނެ ކަމަށް ހީކުރެވުނު ހީވީ ގޯހަކަށެވެ. ރައިހާނާ ދުވެފައި ދިޔަ ގޮތް އަދިވެސް އޭނާއަށް ސިފަވެއެވެ.
*****
ގެއަށް ގޮސްފައިވެސް ރައިހާނާއަށް އިނދެވުނީ ނެގި މަޑުވެފައެވެ. ރީހާން ކޮންމެ އެއްޗެކޭ ކިޔާ ދިމާކުރިއަސް ރައިހާނާ އަޅައެއް ނުލިއެވެ. ރަށުގައި އޮތް ކައިވެނި ޕާޓީއާ ގުޅޭ ގޮތުން ޝައުފާ ވާހަކަ ދެއްކުމުންވެސް ހަމައެކަނި އާނހޫން ލައްވާލިއެވެ.
އެރޭ އޮތް ނެޓްބޯޅަ ޕްރެކްޓިހަށްވެސް ރައިހާނާ ނުދެއެވެ. ޖެހިގެން އައި ދުވަހު ފަތިހު ހޭލިއިރު މުޅި ކުއްޖާ އޮތީ ހުމާ ފިހިފައެވެ. އެހެންވެ ސްކޫލަށް ވެސް ނުދެވުނެވެ.
ރައިހާނާ އެދުވަހު ސްކޫލަށް ނާންނަކަން ހަމްޒާއަށް އެނގުނީ އެކުލާހަށް ދިއުމުންނެވެ. ރައިހާނާ ނެތުމުން އޭނާގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. ކީއްވެ ކަމެއް ހަމްޒާއަކަށް ނޭންގެއެވެ. ރައިހާނާ ސްކޫލަށްނައި ޒިވާންއާ ހެދިބާއޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ބުނެދޭން ނޭންގޭކަހަކަ ރުޅިއެއް ޒިވާންދެކެ ހަމްޒާއައެވެ.
ވިޝާހް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުގެ ހާލަތު އަންޖަލްއަށް އަންގަދޭށެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް އަންޖަލްއާ ހަމައަށް ގޮއްސައި ޖެހިލުންވަނީއެވެ. އެންމެ ފަހުން ވިޝާހް ނިންމީ ރައިހާނާ ހަމައަކަށް އެޅުމުން އޭނާގެ އެހީ ހޯދާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ދިނީ ޒަހަރު…. 18

Next

ދިނީ ޒަހަރު… 19

Next
February 14, 2019

ދިނީ ޒަހަރު… 19

Previews
February 13, 2019

ދިނީ ޒަހަރު…. 18

28 Comments!

  1. yaaanaa says:
    February 13, 2019 at 10:46 pm

    wow.. varah reethi.. next part avahah up kohdhehche..

    1. Kiyara says:
      February 14, 2019 at 1:08 am

      Thanks yaaanaa.

  2. Anonymous says:
    February 13, 2019 at 10:47 pm

    me fast dhww

    1. Kiyara says:
      February 14, 2019 at 1:08 am

      Mifaharu second dhww

  3. Unknown girlll.. says:
    February 13, 2019 at 11:02 pm

    Ooohh, kiyaara…,?mashallah v reethi …cant wsit 4 the next? keepmup the good work???????luv ya soooo much?❤???? kiyaa ulheny 12 ga tha..whichnschool?

    1. Kiyara says:
      February 14, 2019 at 1:10 am

      Thanks dear. Yeah i am in grade 12 skl bahvamaa secret eh ge gothuga dhww

  4. Kiyara says:
    February 14, 2019 at 1:12 am

    Salam alaikum. Alhugandu bunelaafa ihnnany friday noony Saturday ga ey dhw mi bai aslu up vaany. Ekam liyevunyma hithah ery up kohlaanyey. Mi baives hurihaa readers ah kamu dhiya kamah ummedhu kuran. Next part Saturday ga ISA

  5. Malaa says:
    February 14, 2019 at 6:30 am

    Kiyara story v.salhi
    Avahah up koh dheh chey

    1. Kiyara says:
      February 14, 2019 at 11:09 am

      Thanks malaa

  6. Kitty says:
    February 14, 2019 at 7:37 am

    Kiyaraaa!!! This story is just commendable… Its so beautiful girl i just loved it ❤️❤️❤️❤️???.. Keep up the good work

    1. Kiyara says:
      February 14, 2019 at 11:09 am

      Thank you kitty

  7. Kitty says:
    February 14, 2019 at 11:40 am

    Welcome… Will be waiting for the next part ❤️❤️❤️?

  8. SCARLET❤ says:
    February 14, 2019 at 11:40 am

    Wow??…vvvvv reethi.❤❤❤❤.. nxt prt v avahah up kohdhehchey..n kiyaara I’m also gr 12.. adhi kiriyaa kiyaara ge age vx inguny.. nice to meet u dear..gud luck for the nxt prt???

    1. Kitty says:
      February 14, 2019 at 11:48 am

      Hey scarlet… Where r u… ishu ge comment blog ah aadheba plx

    2. Kiyara says:
      February 14, 2019 at 7:17 pm

      Thanks scarlet. Nice to meet you too.

  9. Azka says:
    February 14, 2019 at 12:18 pm

    Kiyaara i appretiate your work….thanks 4 this wonderful story

    1. Kiyara says:
      February 14, 2019 at 7:18 pm

      Thanks azka and welcome

  10. jiji says:
    February 14, 2019 at 12:35 pm

    Kiyaaaa???????????..u r so talented…masha allah..hama bas huttifa my ny…?????????????????????..vrh kiyaa hithun indhe kiyaalevuny..nd I was very happy dhw cox u have been uploaded this prt???????????..plx don’t make rai sad..mihaaru I think Vishaah n Anjal gulhuvaafa hamza n raihaanaa hn..Just wat I think ingey????????????..OXOXOX

    1. Kiyara says:
      February 14, 2019 at 7:19 pm

      Thanks jiji. Kiyara ves varah ufaavey konme bayakah ves jiji comment kuraathy.

    2. jiji says:
      February 14, 2019 at 8:24 pm

      Iraadha kurehviyya konme prt akah vx jiji ge support kiyaa ah libeyne..dnt think bout that luv kolhuuu?????????

  11. kiyara ge bodu fan says:
    February 14, 2019 at 3:59 pm

    haadha kurey mi story ge knme part eh vx..than kolheh dhigu kohlaa plx plx…EKM HAAADHA A REETHI MI STORY.WOOOOOW . CANT WAILT..PLX NEXT PART..

    1. Kiyara says:
      February 14, 2019 at 7:21 pm

      Thanks dear. Alhe kurutha? Konme parteh gaves 1000 ah vure gina words hunnane baeh part thah 2000 aa kaariah words huhnnane. Kiyara balaanan eyah vurehves dhigu kureveytho dhen oii part ISA

  12. Raufa says:
    February 14, 2019 at 9:24 pm

    Kiyaaraaaa.. Masha Allah..darl this story is amazing I mean obviously all of ur stories are… hehehe btw I’m also in grade 12 n kury baiga dhigu vrhak kiyan jehign evrhak inyma vx heevi thee 12 ge kujjekey.. I wonder how u r juggling with studies,xtra n this great story.. ?girl keep going .. love it??

    1. Kiyara says:
      February 15, 2019 at 2:16 pm

      Thanks raufa?

  13. Niha says:
    February 15, 2019 at 10:34 am

    Wow Varah reethi Mi part ves… Niha Mi Story ge Hurihaa part eh ves keen… Ekam Comment Mi kohlee Hama ekani mi part ah… Hama ehaaaves reethi kamun mi comment mi kohlee…

    1. Kiyara says:
      February 15, 2019 at 2:17 pm

      Thank you niha?

  14. Rifu says:
    February 15, 2019 at 6:04 pm

    wow kiyaa… How Amaizing. ???. Ma Shaa Allah.. keep it up ingey. ly..

  15. leesa says:
    February 16, 2019 at 7:39 pm

    Hey kiyaa kobaa tha next part..when up kuraany

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ……6←


All Right Reserved!