ތީއޭ މިހިތުގެ ވިންދަކީ…
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަރަމުން އައި އިރުން ދޯދިތައް ވަނީ ފަޒާގެ ތެރޭގައި ފަތުރާލާފައެވެ. ކޮވެއްޔާއި ކާޅު ފަދަ ދޫނި ސޫފާސޫފީގެ އަޑު ދޭތެރެ ދޭތެރެއިން ފަޒާގެ ހިމޭން ކަން މުގުރާލައެވެ. އެޔާއިއެކު އިރުއިރުކޮޅުން ހިތަށް ފިނިކަން ގެނުވާ ވައިރޯޅި ތަކުން ގަސްތަކުގެ ފަތްތައް އެއްފަތް އަނެއް ފަތާއި ތޮޅެލާ ހިތްގައިމު އަޑު އިވިއިވި ހުއްޓެވެ.
ޖޫހީ އަށް ހޭލެވުނީ އިރުގެ ދޯދިތައް އައިސް އެރީތި ލޮލަށް އުނދަގޫ ކުރަމުން ދާތީއެވެ. މޯޅިއަކަށް ދަމާލާފައި ގަޑި ބަލާލި އިރު ގަޑިން ހަ ގަޑި ފަނަރަ ވީއެވެ. ކަންނެތް ގޮތަކަށް ތެދުވެ އިށީންދެލާފައި ހޭވިފައިވާ ރަން ކުލައިގެ ދިގު އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލުމަށް ފަހު ފާހަނަ އާއި ދިމާލަށް ހިނގައިގަތެވެ. ޖޫހީގެ ބައްޕައަކީ ކެނެޑާ މީހަކަށް ވުމުން ޖޫހީއަށްވެސް އެ ދޮން ކަމާއި، ނޫ ދެލޯ އަދި ރަން ކުލައިގެ ދިގު އިސްތަށިގަނޑު ލިބިފައިވެއެވެ.
ސްކޫލަށްދާން ތައްޔާރުވެގެން ނިކުތް އިރު ކާމޭޒު ކައިރީގައި މަންމަ އާއި ބައްޕަ ޖޫހީގެ އިންތިޒާރުގައި އިނެވެ. ޖޫހީގެ ބައްޕަ ޔުނީފޯރމް ލައިގެން އިންތަން ފެނުމުން ވަގުތުން ޖޫހީގެ މޫނު ބަނަވެގެން ދިޔައެވެ. “ޑޭޑް……. އަނެއްކާވެސް ދަނީތަ. އަދި އެންމެ ޓޫ ޑޭސް އެންނުވީ މި ރަށަށް އައިއްސަ..” ޖޫހީ ދުވެފަ އައިސް ބައްޕަގެ އުނގަށް އަރަމުން ދެރަވެލާފައި ބުންޏެވެ. “ދަރިފުޅު އަދިވެސް އުޅެނީ ކުޑަ ކުދިން އުޅޭ ވައްތަރަށް ދޯ..!! މިހާރު ގްރޭޑު ދިހައެއް ގަ އުޅޭއިރު ކުޑަކޮށް ހަރުދަނާވާން ވެއްޖެއެންނު.. އެހެން ނޫނަސް ބައްޕަ މީ ޕައިލެޓެއް.. އަބަދަކު ދަރިފުޅު ކައިރީގައެއް ނުހުރެވޭނެ އެންނު” ޒިޔާން ޖޫހީގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. “އެހެންވިއްޔާ ބައްޕަ ޖެހޭނެ ސްކޫލަށް ލާދެންދާން..!!” “މައްސަލައެއް ނޯންނާނެ.. ބައްޕަ އާއެކު ކުއީން މިއަދު ދާނީ” ޖޫހީގެ އެދުމުގައި ކޮޅުފައިން ނުޖަހަން ވެގެން ޒިޔާން އެއްބަސްވިއެވެ… “މަންމިގެ މަފިން އަވަސް ކޮށްލާ… އެއޮށް ގަޑި ޖެހެނީ..!!” ދެބަފައިން ސައިނުބޮއެ އިންނާތީ ޒޯހާ ބުނެލިއެވެ..
ކާރުން ފައިބައިގެން ގޭޓާހަމައަށް ގޯސް ޖޫހީ ފަހަތް ބަލާލިއެވެ.. ކާރުގައި އިން ޒިޔާންއަށް ހަނާއަޅާާލުމަށްފަހު ގޭޓުން ވަދެގެން ޖޫހީ ހިނގައިގަތެވެ. އެހެން ދުވަސް ތަކެކޭވެސް އެއްފަދައިން މިއަދުވެސް ސްކޫލުގެ އެތަށްކުދިންގެ ލޯތަށް ގޭޓުން ވަދެގެންއައި ޖޫހީއަށް ހުއްޓެމުން ދިޔައެވެ.. އެއިން އެއްކަމަކަށްވެސް ސަމާލުކަމެއް ނުދީ ކުލާހަށް ހިނގަމުން ދިޔަ ޖޫހީގެ ކުރިމައްޗަށް އެރީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އައިރާއެވެ.. “ހެެ ޖޫ..!! ބިޒްނަސް ކްލާހުގަ އެބައިން ވަރަށް ސަޅި އާ ސްޓޫޑެންޓެއް…..” “ކާކުތަ…؟؟” އެކަމަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނެތުމާއެކުވެސް ޖޫހީ އަހާލިއެވެ..
36 Comments
Comments are closed.
Wow…v loabi feshumeh…?????hope u will up kuraane kamah nimendhn without stop…???whn next part????
thank you someone♥️ i will up my stories inshaallah.. next part next week ga ingey
V reethi dear.. hope kuriyah oiyy prt thah vx reethi vaane kamah..luv ur stry.❤❤❤
thank you so much scarlet♥️
Masha allah vvvvv varah reethi… Its praiseworthy… May allah grant u with a bright future… ??❤️❤️❤️??
Kitty will you be my friend?
thank you soooo much kitty…. this comment means a lot to me<333
Seems interesting. Keep yourself motivated and never give up
thanks idiot?
Wow???????????..masha allah..Starting good ingey..nimendhen genesdhehche Eny..and which island Are u from dear ??????May Allah bless you dear??????????
thanks jiji… iraadha kureviyya genesdheynan nimendhen..<3 im from baa atoll;) then island baavvamaa dhw sirrakah…
Ehnviyyaa I think I know u?????❤❤?????..ekm yageen nuvedhaane thy nubunaan ingey…
V interesting .. when nxt part.. ? Regular kn up kndhehchey.. ??
thanks idiot?
sorry ahu?? olhigen idot ey jehuni? btw thank you
Nice.. best of luck dear
thanks lotus♥️
salaam lovely readers? this is the first part of my first story♥️ hope you all will love this part?? please point out the mistakes so that i can improve? next part minna week ga inshaallah♥️♥️
Ohh.dhonthi haadha molhey vaahaka liyan.btw it’s beautiful ??????????❤❤
thank you so much Any?
Nice…Vrh reethi ingey…Week aku 1 part tha gennany…??? Alhe 1 part ah vure ithuru kurevey kah neiy tha…???..Thankolheh kuru hen heevany ingey……Kuriah huri baithah dhigu koh genesdheyne kamah ummeedhu kuran….Wish you all the best….
thanks @IKleel♥️ alhugandu kudakoh busy v ma week aku one part up kohdheyne kamah buni… ekam vaahaka liyevunuhaa ahahakah up kuraanan.. and i will try to make it long??♥️
wow!! vrh reethi. I wish kuri ah huri baithah dhigu koh genesdheyne.thanks for the story..
thanks♥️ iraadhakureviyya next part dhigu kohdheynan??
I am the last one dhw… ???Btw vvv reethi mi stry…. Kiyaa laahithun kiyey n when next…. Kehmadhu vefa Mi hunnany… ??????
oooh your not the last one ehnnu… next part liyevunuhaa avahakah up kohdheynan..btw thank you so much niha<3
V…salhi nxt part kn iraku tha
thanks curious girl… mianna week ga next part<3
varah salhi.
thank you meadam<3
vvv..salhi….my besty
thanks love<33
Guess you are a Fan of a canada celebrity?….. Am i right? btw your story is amazing❤
thankyou samm<3 yeah maybe you're right..
okayy are you talking about the muffin boy eny??? in canada..?
vvv…taff….keep it up bro!!…i really like what you are doing…keep up the good work….Laaaavs u…