“ހޭ ޖޫ..!! ބިޒްނަސް ކްލާހުގަ އެބައިން ވަރަށް ސަޅި އާ ސްޓޫޑެންޓެއް…” “ކާކުތަ..؟؟” އެކަމަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނެތުމާއެކުވެސް ޖޫހީ އަހާލިއެވެ… ************************************ “ކަމް… އައިިވިލް ޝޯ ހިމް ޓު ޔޫ..!!” އެހެން ބުނުމަށްފަހު އައިރާ ޖޫހީ އަތުގައި ހިފައިގެން ބިޒްނަސް ކްލާހާއި ދިމާލަށް ހިނގައިގަތެވެ. “އޭނީ… ލާސްޓް ރޯގަ، މާޒިން އާއި ޖެހިގެން..” އައިރާ އެހެން ބުނުމުން ޖޫހީ އެދިމާލަށް ބަލާލި ވަގުތަކީ އެޒުވާނާވެސް ޖޫހީ އާއި ދިމާލަށް ބަލާލި ވަގުތުކަމުން އިއްތިފާގުން ދެ މީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.. ވަގުތުން ޖޫހީ ނުވާވެސްކަމަށް ހަދާލުމަށްފަހު ކްލާހާއި ދިމާލަށް ހިނގައިގަތެވެ.. ހަގީގަތުގައި އެހެން ފިރިހެން ކުދިން ފެނުމުން ނުވާގޮތެއް ޖޫހީއަށް އެކުއްޖާ ފެނުމުުން ވިއެވެ.. “ހޭއި.. އައިމް އާއިން.. ދެންމެ މިތަނުގަ ހުރެފަ ބްލަޝް ވެގެން ދިޔައެންނު ގާރލް އެއް..!! އެއީ ކޮން ކުއްޖެއްތަ..؟؟” އާއިން ވަރަށް ނުވާކަމަށް ހަދާލާފައި ކައިރީގައި އިން މާޒިން ގާތުއަހާލިއެވެ.. “އޯހް، އަހަންނާތަ ތި ވާހަކަ ދައްކަނީ..؟؟” މާޒިން އާއިން އިން ފަރާތަށް އެނބުރިލަމުން ބުނެލިއެވެ.. “ޔެޕް..” އާއިން އެއް ބުމަ އަރުވާލުމަށް ފަހު ބުނެލިއެވެ.. “އެއީ ޖޫހީ.. ސްކޫލް ޓޮޕް މޮޑެލް.. އޭނަގެ ބައްޕައަކީ ކެނެޑާ މީހެއް.. މަންމަ ރާއްޖެ. މި ސްކޫލަކު ނުހުންނާނެ އޭނައަށް ހިތް […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަރަމުން އައި އިރުން ދޯދިތައް ވަނީ ފަޒާގެ ތެރޭގައި ފަތުރާލާފައެވެ. ކޮވެއްޔާއި ކާޅު ފަދަ ދޫނި ސޫފާސޫފީގެ އަޑު ދޭތެރެ ދޭތެރެއިން ފަޒާގެ ހިމޭން ކަން މުގުރާލައެވެ. އެޔާއިއެކު އިރުއިރުކޮޅުން ހިތަށް ފިނިކަން ގެނުވާ ވައިރޯޅި ތަކުން ގަސްތަކުގެ ފަތްތައް އެއްފަތް އަނެއް ފަތާއި ތޮޅެލާ ހިތްގައިމު އަޑު އިވިއިވި ހުއްޓެވެ. ޖޫހީ އަށް ހޭލެވުނީ އިރުގެ ދޯދިތައް އައިސް އެރީތި ލޮލަށް އުނދަގޫ ކުރަމުން ދާތީއެވެ. މޯޅިއަކަށް ދަމާލާފައި ގަޑި ބަލާލި އިރު […]