Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…19

Jinni Level 410 Stories100 Login100 Comments500 Login
March 13, 2019 7 Mins Read
22 Comments

“ހަލޯ…” ނުދަންނަ ނަންބަރަކުން އައި ފޯނު ކޯލަށް ޖަވާބުދިން ހުދާ ކިޔައިލިއެވެ.

“އަލީޝާގެ ހަބަރެއް ވެއްޖެތަ؟” އެކޮޅުން އީތަންގެ އަޑު އިވުމުން ހުދާއަށް ކަންފަތުން ނަގާފައި ފޯނަށް ބަލައިލެވުނެވެ. އޭނާގެ ނަންބަރު އަނެއްކާާ ތަނެއްގައި ސޭލްއަޅުވާފައި އޮތީބާއޭ ހިތަށްއެރިއެވެ.

“ހަމްދާން ވިސްނައިގެން އުޅޭތި!” އީތަންއަށް ނަންބަރު ދިން ފަރާތަކު ހިތުލަފައަކަށް ހުދާ ވައިއަޑުން ކިޔައިލިއެވެ.

“ކީކޭ؟” އީތަންއަށް ހުދާ އެއްޗެއް ބުނި އަޑު އިވިގެން އަހައިލިއެވެ.

“ނޫން ނޫން އެއްޗެކޭ ނޫން.” ހުދާ އަނެއްކާވެސް ކަންފަތުގައި ފޯނު ޖެހިއެވެ. “އީތަން ދޯ. އަލީޝާގެ ހަބަރެއް ނުވޭ. ނޭންގެ އަންނަ އިރެއް.” ހުދާ ތެދަށް ބުންޏެވެ. “ކަލޭ ކީއްވެއޯ ސްކޫލަށް ނާންނަނީ؟ ބަލީ…” ހުދާގެ ޖުމުލަ މެނދުކެނޑުނީ އީތަން ފޯނު ކަނޑައިލުމުންނެވެ. ކަންފަތުން ފޯނު ނަގައިފައި ހުދާއަށް ކަޅި އަނބުރައިލެވުނެވެ. “ލަވް ބާރޑްސް…” ފޯނު ދަބަހަށް ލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވައިގެން ހުދާ ކޮޓަރިން ނުކުތެވެ.

“ދަރިފުޅާ ރަނގަޅަށް ދަސްކޮށްގެންތަ ތި ދަނީ؟” ހުދާގެ މަންމަ ކޮޓަރި ތެރެއިން ގޮވައިިލިއެވެ. ޖަވާބުގައި ލައްބައޭ ގޮވާލައިފައި ހުދާ ގެއިން ނުކުތެވެ.

ކުލާސް ކުރިމައްޗަށް އެރިއިރު ދޮރުމައްޗަށް ކުދިންތައް ބޮޑިވެފައިވީތީ ހުދާ ބޯ އަރިއަރިކޮށްފައި ވާނުވާ ބަލައިލިއެވެ. ހުރިހާ ކުދިންގެ މެދުގައި ހުރި އަލީޝާ ފެނިފައި ހުދާއަށް އެ ދިމާއަށް ދުއްވައިގަނެވުނެވެ. ކުދިންތައް ފަޅާފައި ގޮސް އޭނާ އަލީޝާ ގައިގައި ބައްދައިލިއެވެ.

“ދަރިފުޅާ! ހާދަ ޒަމާނެއް ކޮށްފައޭ!” ހުދާ އެކްޓުގަނޑު ބޮޑުކޮށްލިއެވެ.

“ކޮބާތަ ސަން އިން ލޯ؟” ހުދާ އަވަސް އަވަހަށް ދެފަޅިއާއި ކުލާސްތެރެއަށް ބަލައިލިއެވެ.

“އީތަން އަދި ނާދޭ.” އަލީޝާ ބުނެލި އަޑު އިވިފައި އެންމެން އެއްފަހަރާ ހޯހޯ ގޮވަންފެށިއެވެ.

“މިހާރު ގަބޫލުކުރީ ދޯ!” ޔުމްނާ ގޮވައިލިއެވެ. އަލީޝާ އިވޭކަމަށްވެސް ނަހަދައެވެ. އީތަންއާއި އަޅުވާކިޔުން އެއީ އާ ކަމެއް ނޫންވިއްޔާއެވެ.

“އީތަން މިހާރު ނާދޭ ސްކޫލަކަށް.” ކޮރިޑޯގައި ބަހައްޓައިފައި ހުރި މޭޒުގައި ދަބަސް ބަހައްޓަމުން ހުދާ ބުންޏެވެ.

“ކީއްވެ؟” އަލީޝާއަށް ތަންކޮޅެއް ބާރަށް އަހައިލެވުނެވެ. ދެވަނަ ސިކުންތުގައި ދެފަޅިއަށް ކަޅި އުކައިލެވުނީ މީހަކު އަޑުއަހަން ހުރިތޯއެވެ.

“ކަލޭ ދިޔަ ފަހުން ހާލަކުން ފަހަރަކު ނޫނީ ދައްކައިނުލާ. އަޔަސް ނިދާފަ އޮންނަނީ. ކުރިންހެން މީހަކާ ނުބެހުނަސް، ބަދަލުވެއްޖެ އީތަން. ނޭންގެ އެ ގޭންގު ކައިރިއަށް ނުދާކަމެއްވެސް.” ހުދާ ރިޕޯޓެއްހެން ކިޔައިދިނެވެ. އަލީޝާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. “އާނ އަދި މިއަދު ދެންމެއަކު އޭނަ ގުޅި.” ހުދާގެ ޖުމުލައިން އަލީޝާ ސިހިފައި ހުދާގެ މޫނަށް ބަލައިލިއެވެ. “އެހީ އަލީޝާގެ ހަބަރެއް ވެއްޖެހޯ، އަންނަ ދުވަހެއް އިނގޭހޯ. މަބުނިންް ނޭންގެއޭ. އޭރު ކަލޭ އަންނަަކަމެއް ނޭންގޭވިއްޔަ.” ހުދާ ކިޔައިދިނެވެ.

“އަޅައިނުލާ.” އަލީޝާ ބުނިހާވެސް އެއްޗަކީ އެއީއެވެ. ނަމަވެސް އަލީޝާގެ ދެލޮލުން ހުދާއަށް ފެނުނީ އެހެން މަންޒަރެކެވެ.

ޓެސްޓު ނިންމާފައި ގެއަށްގޮސް ހުދާ އީތަންއަށް އެތައް ފަހަރަކު ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

ފްލައިޓު ލަސްވި އެނައުސްމެންޓް އިވުމުން އީތަންގެ ދެކޮނޑު އެލުނެވެ. ހަތް ގަޑިއިރު ތެރޭގައި އަލުން ރަށަށް ގޮސްފައި އަލުން އެއާރޕޯޓަށް އައުމަކީ ބޭކާރު ހަރަދެއްކަން އިނގޭތީ ދަންވަންދެން އެއާރޕޯޓުގައި އިނުން ނޫން ގޮތެއް ނެތްކަން އިނގުނެވެ. ގޮނޑިބަރީގައި ޖައްސާލައިފައި ފޯނު ނެގިއިރު ފޯނު ނިވިފައި އޮތުމުން ޗޮކެއް ކަނޑައިލެވުނެވެ. ދަބަހުން ޗާޖަރު ނަގައިފައި އެންމެ ގާތުން ފެނުނު ސޮކެޓަށް ޖެހިއެވެ. އަދި ކައިރީގައި ހުރި ސީޓުގައި އިށީންދެ ހަމަޖެހިލިއެވެ.

ރޭގަނޑުގެ ކެއުމަށް ބޭނުންވާ ސާމާނުކޮޅެއް ގަތުމަށް ރާއިދާ އެދިގެން އަލީޝާ ގެއިން ނުކުތެވެ. އަށެއް ޖަހަން ބާކީ ދެ ތިން މިނެޓު އިނުމުން ސޭޓު އަންނަންދެން ފިހާރަ ކުރިމަތީ އިރުކޮޅަކު ހުންނަން ޖެހުނެވެ. ފިހާރަ ހުޅުވުމުން ބޭނުންވާ އެއްޗެހި ގަނެގެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

“އަލީޝާ؟” ފަހަތުން ގޮވައިލި އަޑަށް އަލީޝާ ބަލައިލިއެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރީ ރާފިއުއެވެ. “އަލީޝާ ކޮންއިރަކު އައީ؟” ރާފިއު މާ ވެފައި އައިސް ވާހަކަދައްކަން ފެށުމުން، މީނައާއި އެކުވެރި ވެވުނީ ކޮންއިރަކުބާއޭ އަލީޝާގެ ހިތަށްއެރިއެވެ. އީތަންގެ އެކުވެރިއެއްކަން އިނގެއެވެ.

“އިއްޔެ އައީ. ކިހިނެތްވީ؟” އަލީޝާ ޖަވާބާއިއެކު ސުވާލެއްވެސް ކުރިއެވެ.

“އިއްޔެއޭ؟ އީތަންއަށް އިނގޭތަ އައިކަން؟” ރާފިއު ހިސާބަކަށް ކަންބޮޑުވެފައި އެއްސެވެ.

“ނޭންގެ އިނގޭކަމެއް. އިނގެންޖެހޭތަ؟” އަލީޝާ ފާޑަކަށް ބުންޏެވެ. ފުރަތަމަ ހުދާއެވެ. ދެން ރާފިއުއެވެ. ހީވަނީ އީތަންއަކީ އަލީޝާގެ ފިރިއެއް ނުވަތަ ދަރިއެއްހެންނެވެ.

“އީތަން… އީތަން އެ ދިޔައީ ކަލޭ ހޯދަން… މާލެއަށް…” ރާފިއު ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ. އަލީޝާއަށް އަނގަ ޗޭކޮށްލެވުނެވެ. ގަބޫލުނުކުރެވިގެންނެވެ.

“ސަމާސާ ނުކުރޭ.” އަލީޝާ ކުޑަކޮށް ހެވިފައި ބުންޏެވެ.

“ހަމަ ހުވާ.” ރާފިއުއަށްވެސް ހެވިއްޖެއެވެ. މޫނުގެ ކުލަވަރު ބަދަކޮށްލި އަލީޝާގެ ދުލުން ނުކުތީ ހުތުރު ބަހެކެވެ. އަވަސްއަވަހަށް ޖީބުން ފޯނު ނެގިއެވެ.

ދެލޯ އުނގުޅާލައިފައި ކިިރިޔަ ކިރިޔާ ލޯ ހުޅުވައި އަތުކުރި ގަޑިއަށް އީތަން ބަލައިލިއެވެ. ގަޑިން ރޭގަނޑު އަށެއްޖަހައި ފަހެކެވެ. ބިންމަތީގައި ބެެހެއްޓި ދަބަސް މައްޗަށް ބަލައިލީ ފޯނު ނަގަންށެވެ. ނަމަވެސް ފޯނެއްވެސް އަދި ޗާޖަރެއްވެސް ނެތެވެ. ވަރަށް ހާސްވެފައި ބިންމައްޗާއި ގޮނޑިދަށްވެސް ބެލިއެވެ. ނަމަވެސް ފޯނާއި ޗާޖަރުގެ ޖެހުނުތާ ލަކުނުވެސް ނެތެވެ. ވީގޮތް ރޭކައިލުމާއިއެކު އީތަންއަށް ހަޑި އެއްޗެއް ކިޔައިލެވުނެވެ. އެތާނގައި އެހެން މީހަކު އެ ވަގުތު ނެތްކަން އެއްގޮތަކުން ނަސީބެކެވެ. ނަމަވެސް އަނެއްގޮތުން ހުސް ގެއްލުމެވެ. ނިދި ލޮލަށް ސަވާރުވީ ވަގުތު ހުޝިޔާރު މީހަކު ފޯނު ވަގަށް ނެގީއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން ޖީބުން ވޮލެޓު ނަގާފައި ބަލައިލެވުނެވެ. ޓިކެޓު އޮތް ގޮތަށް އޮތެވެ. އިށީންދެގެން އިން މީހެއްގެ ފަހަތު ޖީބުގައި އޮތް އެއްޗެއް ދެން ކިތަންމެ މޮޅު ވަގަކަށްވެސް ނުނެގޭނެތާއެވެ. ދަބަހުން އެއްވެސް އެއްޗެއް މަދެއް ނޫނެވެ. މުޅި ސަރަހައްދުގައި ބޭކާރުގޮތުގައި ހިނގުނުއިރު ޝައްކުވެރި މީހަކު ނުފެނުނެވެ. އެއްވެސް ވަގަކު ވަގަށް ނެގި އެއްޗެއް ހޫރަމުން ނޭންބުރޭނެތާއެވެ. ނޫނީ މޫނުގައި އަހަންނަަކީ ވަގަކޭ، އަހަރެން ވަގަށް ފޯނެއް ނަގައިފީމޭ ޖަހާފަކައި ނީންނާނެތާއެވެ. ބޭކާރު މަސަތްކަތެއްކަން އިނގޭއިރުވެސް އެއްވެސް ވަރަަކަށް ހޯދަން މަސައްކަތްނުކޮށް ބަލިގަބޫލުކުރަން ބޭނުންނުވީއެވެ.

ގުޅައި ގުޅައި ފޯނު ނުނެގުމުން އަޅައިނުލައި ދޫކޮށްލަން ނިންމި އަލީޝާއަށް ޖެހިގެން އައި ވިހި މިނެޓު ތެރޭގައި ހުރެވުނީ އީތަންގެ ގޭ ދޮރުމަތީގައެވެ. ސަލާންގޮވާލައިފައި ބޯ ދިއްކޮށްލުމުން އެތެރެއިން ސަލާމަށް ޖަވާބުދިނީ އަމީނާއެވެ.

“އީތަން އެބައުޅޭތަ؟” އަމީނާއަށް އަނގަހުޅުވައިލުމުގެ ފުރުސަތެއް ނުދީ އަލީޝާ އަހައިލިއެވެ.

“އީތަން ނެތް ގެއަކު މިވަގުތަކު.” ބަލި ހިނިތުންވުމަކާއިިއެކު އަމީނާ ބުންޏެވެ.

“ނޭންގޭތަ ދިޔަ ތަނެއް.” އަލީޝާގެ ސުވާލަށް ދެފަޅިއަށް ބޯ ހޫރައިލި އަމީނާގެ މޫނުމަތިން ފެނުނު މާޔޫސްކަމުން އަލީޝާއަށް ހަމްދަރްދީވެވުނެވެ. އީތަން ހަމަ ހަގީގަތުގައިވެސް ކުރީގެ ގޮތެއްފޮތެއް ނެތް އުޅުމަށް ބަދަލުވީބާއޭ އަލީޝާގެ ހިތަށްއެރިއެވެ. ވަތްގޮތަށް ވަދެ ނުކުންނަން ނުކެރުމުން އަލީޝާ އިރުކޮޅަކު މަޑުކޮށްލިއެވެ.

“ބައްޕަ މިހާރު ރަނގަޅު. އަދިވެސް ހޮސްޕިޓަލުން ދުލެއްނުކުރޭ އެކަމަކު. އަޅުގަނޑު މިއައީ ޓެސްޓުތައް އޮތީމަ.” އަމީނާ ޔޫސްފްގެ ހާލުއަހުވާލު އެހުމުން އަލީޝާ ކިޔައިދިނެވެ.

“އެކަނި ތި އައީ؟” އަމީނާ އެއްސެވެ. އަލީޝާ އާނއެކޭ ބުނެ ބޯ ޖަހައިލިއެވެ.

“ހުދާ… އީތަން ގޮއްސިއޯ މަ ހޯދަން މާލެއަށް.” އެނދުމަތީގައި އެކަމާ ވިސްނަން އިންދައި ހުދާ ގުޅުމުން އަލީޝާ ބުނެލިއެވެ.

“ކޮންއިރަކު؟” ފަޅައިގެންދިޔަ ހިނިގަނޑު މައިތިރިކުރަމުން ހުދާ އެއްސެވެ. އޭނާއަށް އެކަން ވަރަށް މަޖާވިއެވެ. ނަމަވެސް އަލީޝާއަކަށް ނުހެވުނެވެ. ހީވީ އަނގައިގައި ހިތިރަހަލާފައި އިންހެންނެވެ.

“ފަހެއްގެ ފްލައިޓުންނޯ ރާފިއު ބުނީ.” ބޯކަހަމުން ކަހަމުން އަލީޝާ ބުންޏެވެ.

“ފަހެއްގެ ފްލައިޓޭ؟ ބައްޕަ އެ އައީ ގެއަށް ފަހެއްގެ މާލެދާ ފްލައިޓު ދަންވަރު ބާރައަށް ޑިލޭވީއޯ ކިޔާފަ.” ހުދާގެ ބައްޕަވެސް އިއްތިފާގުން މާލެދާން އޮތީ އެ ގަޑީގައެވެ.

“ކިހިނެތް އިނގެނީ އެއް ފްލައިޓެއްކަމެއް.” އަލީޝާ ވާހަކަދެއްކީ ވަަރަށް ހަމަޖެހިފައެވެ.

“މަޑުކުރޭ މި ދަނީ ބައްޕަ ކައިރީ އަހަން.” އަނެއްކޮޅުން ހުދާ އުޅުނީ ވަރަށް ފޯރިއަރައިގެންނެވެެ. ފޯނު ހޯލްޑްއަށް ލާފައި ދިޔުމުން އަލީޝާ އިނީ ކަންފަތުގައި ފޯނުޖަހައިގެން ފައި ކަހާލަކަހާލައެވެ. ހާސްވާންވީކަމެއް ނުވަތަ ހޭންވީކަމެއް ނޭންގިގެން އޭނާ އިނީ ފާޑެއްގެ ކެެހެނިގަނޑެއް އަރާފައެވެ. ގައިގައި ނުހިރުވާ ތަނެއް ނެތެވެ.

“އޭތް ބައްޕަ ބުނީ އެންމެ ފްލައިޓެކޯ މިއަދު އިނީ މާލެ ދާ. އެހެންވީމަ އަދި ނުފުރާނެއެންނު އީތަން. އެގާރަ ޖަހާއިރު ލޯންޗު އެބައޮތޯ. ބައްޕަ އޭގެންނޯ އަލުން އެއާރޕޯޓަށް ދަނީ.” ހުދާ ވަރަށް ފޯރީގައި ކިޔައިދިނެވެ.

“ދެން؟” އަލީޝާ އަސަރެއް ނެތް އަޑަކުން އަހައިލިއެވެ. “މަށަށް ކޮންކަމެއް؟…”

“ކޮންކަމެއްހޭ؟ ކަލޭ ހޯދަަންށޭ އޭނަ އެ ދަނީ.” ހުދާ ވާހަކަދެއްކީ ނުސީދާކޮށެވެ.

“ދެން؟ މަަ ކީއްކުރަންވީ؟” ހުދާ ބޭނުންވާ ގޮތް އަލީޝާއަށް ނޭންގެނީކީ ނޫނެވެ.

“ކަލޯގަޔާ! ދާށޭ އޭނަ ހުއްޓުވަން މަގޭ ދަރިޔާ!” ހުދާ ތަންކޮޅެއް ބާރަށް ބުންޏެވެ.

“މަ ކޮންއިރަކު ކަލޭ ދަރިއަކަށް ވީ؟ މާލެ އައިފަހުން ދަރިފުޅު ތިކިޔަނީ މާ ލޯބިން، ހަމަ އެހާ މިސްވިތަ؟” އަލީޝާ މަސައްކަތްކުރީ މަައުލޫއު ބަދަލުކޮށްލެވޭތޯއެވެ.

“ވާހަކަ އޮޅުވާލަން ނޫޅޭ. ދާށޭ އީތަން ކައިރިއަށް. ފޯނެއްވެސް ނުނެގިއެންނު.” ހުދާ މަސައްކަތްކުރީ ލޯބީގެ ފިލްމުތަކުގައި އާންމު ސީންއެއް، ހަގީގީ ދުނިޔޭގައި ޑައިރެކްޓް ކުރެވޭތޯއެވެ.

“ނުދާނަން.” އެންމެ ބަހަކުން ނިންމާލައިފައި އަލީޝާ ފޯނު ކަނޑައިލިއެވެ. އިތުރު ދެ މިނެޓު ސީލިންގަށް ބަލަހައްޓައިގެން އޮވެފައި އެންމެ ފަހު ފަހަރެއް ކަމަށް އީތަންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ގަޑިއަށް ބަަލައިލިއެވެ. އޭރު ގަޑިން އެގާރަ ޖަހަން ދިހަ މިނެޓެވެ.

“އޭތް! މަޑުކުރޭ! އޭތް!” އިންޖީނު ޖައްސައިފައި ދުއްވައިލަން ތައްޔާރު ވަމުންދިޔަ ލޯންޗާއި ދިމާއަށް ތެޅިފޮޅެމުން ދިޔަ އަލީޝާ ގޮވައިގަތެވެ. ލޯންޗުގައި ހުރި ފަޅުވެރިއަކަށް ފެނިގެން ކައްޕިއަށް ހަަބަރުދިނެވެ. ކައްޕިއަށް އެ ދިމާއަށް ބަަލައިނުލެވިގެން އުޅެނިކޮށް ބާރު ސްޕީޑުގައި އައި އަލީޝާ ލޯންޗަށް ފުންމަައިލިއެވެ. ލޯންޗުގައި ދެފައި އެޅުނުކަން ޔަގީނެވެ. ދެވަނަ ސިކުންތުގައި ފެނުނީ މޫދުގެ ލޮނުގަނޑަށް ޕަޗަސްކީތަނެވެ. ލޯންޗުގައި ތިބި އެންމެން އެއްފަހަރައި ކަންބޮޑުވެފައި އެ ދިމާއަށް ބަަަލައިލިއެވެ. ފަޅުވެރިޔާ އައީ ދުވެފައެވެ. ކައްޕި ވަގުތުން ލޯންޗު ހުއްޓައިފިއެވެ. ފަޅުުވެރިޔާ މޫދަށް ފުންމައިލަން ތައްޔާރުވިތަނާ އަލީޝާ ލޮނުގަނޑުން މައްޗަށް ބޯ ހިއްލައިލިއެވެ. އިސްތަށިގަނޑު މޫނަށް އެޅިފައިވުމުން ޖެހި ބިރުވެރި ސިފައިން ފަޅުވެރިޔާއަށް ހަޅޭޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ނަމަވެސް އަވަސް އަވަހަށް އަތް ދިއްކޮށްލިއެވެ. އިސްތަށިގަނޑު މޫނުމަތިން ނަގައި އެއްކައިރިކޮށްފައި އަލީޝާ ފަޅުވެރިޔާގެ އެހީގައި ލޯންޗަށް އެރިއެވެ. އިސްތަށިގަނޑު ފެލާލައިފައި ލޯންޗު ތެރެއަށް ވަދެ އެންމެ ކުރީގައި އިން ހުސް ގޮނޑީގައި އަލީޝާ އިށީނީ ބަަލަަހައްޓައިގެން ތިބި ފަސެންޖަރުންނާއި ކަޅިހަމަކުރުމަކާއި ނުލައެވެ. ގަތް ލަދުން ބޭނުންވެފައި ހުރީ އަލުން ކަނޑަށް ފުންމައި، ފީނައިގަތުމަށެވެ.

“ކަލޭ ކަންތަކޭ، އީތަން.” އަލީޝާ ހިތާއިހިތުން ކިޔައިލިއެވެ.

ކަނޑު މެދުން ކުއްލިއަކަށް ލޯންޗު ތެޅިގަތްފައި ހުއްޓުމުން ދެތިން މީހަކަށް ހަޅޭއްލަވައިގަނެވުނެވެ. ފަސެންޖަރުންގެ މޫނުތަކުން ހާސްކަމާއި ކަންބޮޑުންވުން ނޫނީ ނުފެނުނެވެ. އިރުކޮޅަކަށްފަހު ވަރަށް މާޔޫސްކަމާއިއެކު ކައްޕި ހަބަރުދިނީ އިންޖީނު ހުއްޓުން ހަބަރެވެ.

“ކިހާ ވަރުގަދަ ކަމެއް ދެން، ފުރާ ގަޑި ޖެހެނީއޭ!” ހުދާގެ ބައްޕަ ރުންކުރު ގޮތަކަށް ބުންޏެވެ. ވަރަށް އަވަހަށް އެހެން ލޯންޗެއް އަންނާނެކަަމަށް ފަޅުވެރިޔާ ބުންޏެވެ. ފައި ހަލުވާލަ ހަލުވާލައި އިން އަލީޝާ ގަޑި ބަލައިލިއެވެ. ގަޑިން އެގާރަގަޑި ދިހައެކެވެ.

އެހެން ލޯންޗެއްގެ އިންތިޒާރުގައި ބައި ގަޑިއިރުވެއްޖެއެވެ. ހުދާގެ ބައްޕަ އިނީ ނުފުރުނީތީ އައްޑިހައަށް އަރާފައެވެ. ޑިޕާޗަރ ބަންދުކުރަނީ އެގާރަގަޑި ބައިގަވިއްޔާއެވެ. އަލީޝާއަކަށް ނީންދެވުނެވެ. މާ ދުރުނޫން ހިސާބެއްގައި ފެންނަން އޮތް މަންޒިލަށް ބަލައިލައިފައި އޭނާ ކޮޅަށް ތެދުވެގެން ދިރުނބާކޮޅަށް ދާން ހެދުމުން އެންމެންގަނޑު ބަލަހައްޓައިގެން ތިއްބެވެ. އަލީޝާ އަތުގައި އޮތް ފޯނު ނަގާފައި ކައްޕިއަށް ދިނެވެ. އަދި ފަހުން ބަލައި އަންނަނަން ކަމަށް ބުންޏެވެ. ދަނީ އިނގޭއޭ ކިޔާފައި ކަނޑަށް ފުންމައިލި އަލީޝާއަށް ބަލަން ކައްޕިއަށާއި ފަޅުވެރިޔާއަށްވެސް އާގަމައަރާފައި ތިބެވުނީއެވެ.

“ނެޝެނަލް ޓީމަށް ހޮވުނޯ މިއަހަރު.” ފަޅުވެރިޔާ ބުންޏެވެ.

“އެހެންވިއްޔާ ރަނގަޅުވާނެދޯ.” ކައްޕި ބުންޏެވެ. މުދިންބެ އެނބުރި އަންނައިރު ދަރިފުޅުގެ މަރުގެ ޒިންމާގައި ހިމެނިދާނެތީ ދެ މީހުންވެސް ތިބީ ބިރުންނެވެ.

ތެމިފޯވެގެން އެއާރޕޯޓަށް ވަދެގެން ދެކޮޅު ހޯދަމުން ދިޔަ އަލީޝާ، އެހެން މީހުންްގެ ނަޒަރުތަކަކަށް ނުވިސްނިއެވެ. ވިސްނުނަސް އަޅައިނުލީ ކަންނޭންގެއެވެ. ޑިޕާޗާ ކުރިމައްޗަށް ގޮސް އެތާ ހުރި ސްޓާފް ކައިރިން އީތަންއަށް ގޮވައިދިނުމަށް އެދުނީ އެއީ ދަންނަ ރަށުކުއްޖަކަށް ވީތިއެވެ. އަލީޝާއާއި އީތަން ރަށުގައި ނަން މަޝަހޫރުކަން ނަސީބެކެވެ. އެހެންނޫންނަމަ ވަންނަންޖެހޭނީ ވަގަށެވެ. ފުލުހަށް ގެންދާނެކަން ޔަގީނެވެ.

“ނެތް އީތަންއެއް އެތެރެއަކު.” ސްޓާފްކުއްޖާ އައިސް ބުންޏެވެ.

“ނުވާނެ އެހެނެއް. މާލެދާ ފްލައިޓު ޑިލޭވިއެއްނޫންތަ ބާރަ ޖަހާއިރަށް. އަދި ބާރައެއް ނުޖަހައެންނު.” ފާރުގައި ހުރި ގަޑިއަށް ބަލައިލައިފައި އަލީޝާ ބުންޏެވެ.

“އެކަމަކު ނެތް އީތަންއެއް.” އެކުއްޖާ ބުންޏެވެ.

“އީތަންތަ ތި ހޯދަނީ؟” ދެންވެސް އަައީ އަލީޝާ ރަށު ކުއްޖެކެވެ. ކެބިން ކްރޫއެކެވެ. “އޭނަ ކާންދިޔަގޮތަށް އަދި ނާދޭ. އިރުކޮޅަކުން ފަލްއިޓަށް އަރަން ގޮވާނެ.”

އަލީޝާ އެ ސޮރު އަތްދިއްކުރި ދިމާއަށް ދިޔައެވެ. އެތާންގައި ހުންނަ ރެސްޓޯރެންޓަށެވެ. ދެކޮޅު ބަލާފައި އަލީޝާ ރެސްޓޯރެންޓަށް ވަތްވަގުތު އީތަން ނުކުތީ އަނެއް ދޮރުންނެވެ. ދެމީހުންނަށް ދެ މީހުން ނުފެނެއެވެ.

ރެސްޓޯރެންޓުތެރެ ބެލުމަށްފަހު އީތަން ނުފެނުމުން އަލީޝާ ނުކުތެވެ. އީތަން އެ ނުކުތީ ހަމަ ދެންމެކަން ބުނާކަށް ދަންނަ މީހަކު އެ ރެސްޓޯރެންޓަކު ނެތެވެ. އަލީޝާ އަނެއްކާވެސް ގޮސް އެއާޕޯޓު ތެރެއަށް ވަނެވެ.

ޑިޕާޗާއަށް ވަންނަންދިޔަ އީތަން ބޯޑިންގ ޕާާސް ނަގަން ބެލިއިރު ވޮލެޓެއް ނެތެވެ. ރެސްޓޯރެންޓުގައި ބޭއްވުނު ހަނދާންވެގެން ދުއްވައިގަތެވެ. ނަމަވެސް އީތަންއަށް ހުއްޓެން މަޖުބޫރުވީ ތަންކޮޅެއް ދުރުގައި ހޭވައްޓާލައިފައި އީތަން ހޯދަމުންދިޔަ އަލީޝާ ފެނިފައެވެ.

“އަލީޝާ؟…” އީތަންއަށް ކިޔައިލެވުނެވެ. ކިތަންމެ ދުރަކުންވެސް އޭނާއަށް އަލީޝާ ނޯޅޭނެކަން ޔަގީނެވެ. ފުޅާކޮށް ފެވުނު ހިނިތުންވުމާއިއެކު، ބާރުބާރަށް ގޮސް އަލީޝާ ގައިގައި ފަހަތުން ބައްދައިލިއެވެ. އަލީޝާއަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. މާ ބާރަކަށް ނޫނެވެ. އީތަން ދުރަށްޖެހިލިއެވެ. އަލީިޝާ ފަހަތަށް އެނބުރިފައި އީތަންއާއި ދިމާއަށް ދެބުމަ ގޮށްޖަހައިލިއެވެ.

“އަ..އަ…އަލީޝާ؟!” އީތަން އަނގަ އޮރިކޮށްފައި ވަރަށް މޮޅު އެކްޓުގަނޑެއް ޖައްސައިލިއެވެ. އަދި ފަހަތައް ޖެހިލާފައި ގައި ފޮޅައިލިއެވެ. “ހީކުރީ މަގޭ އެކްސްކަމަށް. ސޮރީ. އެކަމަކު ކަލޭ ކީއްވެ ތެމިގެން ތިހިރީ؟ ވާރޭ ވެހުންތަ؟”

“ކަލޭ އެކްސްއެއް ހުރޭތަ؟… ކީއްވެއޯ މަ ހޯދަން ތި އުޅެނީ މާ ވަރަކުން؟” އީތަންގެ ފަހު ސުވާލަށް ބީރުކަންފަތެއް ދީފައި އަލީޝާ އެއްސެވެ.

“ކަލޭ ހޯދަންށޭ؟ ކާކު އުޅޭނީ؟” އީތަން ނޭންގޭކަމަށް ހަދާފައި ބުންޏެވެ.

“ރާފިއު ބުނީ… އަޅާނުލާ. އެއޮއް ބާރަޖަހަނީ. ފްލައިޓަކަށް ނާރަންތަ؟”

“އެގަޑި ހަމައެއް ނުވާނެ. މިހާރު ބާރަ ޖަހައިފި. ނުފުރުނީނު. ދެން ހިނގާ އަލުން ރަށަށް.” އީތަން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. އޭނާގެ މޮޅު އެކްޓުގަނޑަށް އަލީޝާއަށް ޝައްކު ނުކުރެވެނީކީ ނޫނެވެ.

“ދެން ކިހިނެތް ދަނީ؟ ލޯންޗެއް ނޯންނާނެ.” އަލީޝާ ބުންޏެވެ. އަލީޝާއަށް ބަލައިލި އީތަންގެ ދެލޯ ބޮޑުވެ މަޑުމަޑުން އަނގަ ހުޅުވިއްޖިއެވެ. އަލީޝާއަށްވެސް އެފަދައިން ދެލޮލާއި އަނގަ ތަންމިނަށް ބޮޑުކުރެވިއްޖެެއެވެ. ދަންވަރު އަނބުރައި ރަށަށް ދެވޭނެ ގޮތެއް ނޯންނާނެކަން ކުރިން ނުވިސްނުނުކަން ރޭކައިލުމުންނެވެ.

“ކަލޭމެން ދެ މީހުން ހަންޑިއެއް ފެނިފަ ތިބޭހެން ތި ތިބީ ކީއްވެ؟” ކުރިން އަލީޝާއަށް ދިމާވި ކެބިންކްރޫ ކުއްޖާ އައިސް ދެ ކުދިންގެ މޫނު ކުރިމަތީ އަތް ހޫރައިލިއެވެ.

“އޯ ކެބިން ކްރޫ.” އަލީޝާއަށް ބުނެވުނެވެ.

“ރިލްވާން.” އޭނާ ބުންޏެވެ. އަލީޝާ ރިލްވާންއަށް ހާލަތު ކިޔައިދިނެވެ. ވަރަށް ހިތްހެޔޮކަމާއިއެކު ރިލްވާން އޭނާގެ ގޭގައި ހެނދުނުގެ ލޯންޗު އަންނަންދެން ތިބުމަށް ދައުއްވަތު ދިނެވެ.

“އެންމެ ކޮޓަރިއެއް ހުރީ އެކަމަކު.” ގެއަށް ވަދެފައި ރިލްވާން ފާޑަކަށް ބުނެލިއެެވެ. “ތި މީހުން ރައްޓެހިވެގެންތަ…”

“ނޫން!” ރިލްވާންގެ ޖުމުލަ ނުނިމެނީސް އަލީޝާ ބުންޏެވެ. ރިލްވާން ދެކޮނޑު އަރުވައިލިއެވެ. “ދެން އެކަކު ސޯފާގަ އޮވޭ.” އެހެން ބުނުމަށްފަހު ރިލްވާން ހުސް ކޮޓަރި ދައްކައިލިއެވެ. ކޮޓަރި މެދުގައި ސިންގަލް ގޮދަޑިއެއް ބާއްވާފައި އޮތެވެ. އެއްވެސް ކަަމަކަށް ބޭނުންވެއްޖިއްޔާ ގޮވާލާށޭ ކިޔާފައި ރިލްވާން އޭނާގެ ކޮޓަރިއަށް ވަނެވެ.

“މަށަށް ސޯފާ.” ނަރު ގޮދަޑިގަނޑަށްވުރެ އަރާމު ސޯފާގައި އޮންނަން އަލީޝާ ބޭނުންވިއެވެ.

“ނުވާނެ! މަށަށް ސޯފާ.” އީތަން ވަކި ގޮތްދޫކުރާނެ ހެއްޔެވެ؟ އަލީޝާ ސޯފާއާއި ދިމާއަށް ދުއްވައިގަތުމުން އީތަންވެސް ދުއްވައިގަތެވެ. ދެ މީހުންނަށް ސޯފާގައި އިށީންދެވުނީ އެއް ފަހަރާއެވެ. އެކަކުވެސް އަނެކަކު އޮށޯވެފައި ފައި ދެމިއަކަ ނުދިނެވެ. ދެކޮޅުގައި ފައިން ތަޅަތަޅައި ތިބީއެވެ.

އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑު ފާއްދައިލިއެވެ. ލޮލަށް އަލި އެޅުމުން ދެލޯ އިތުރަށް ބާރުކޮށްލި ނަމަވެސް ނިދިން ހޭލެވިއްޖެއެވެ. ބޯ ހިއްލައިލިއިރު ކަނދުރާއިން ނެގި ތޫނު ތަދަކުން އީތަންއަށް އަތް އަޅައިލެވުނެވެ. ރަނގަޅަށް ލޯ ހުޅުވައިލައިފައި ބަލައިލިއެވެ. ނިދުނީ ކުރުގެޅިގެން، ސޯފާގެ އަތްގަނޑުގައި ބޯ އަޅައިގެންނެވެ. ސޯފާގެ އަނެއްފަޅީގައި ބޯޅައެއްހެން ވަށްވެގެން ނިދާފައި އޮތް އަލީޝާއަށް އީތަން ބަލައިލިއެވެ. އަލީޝާގެ ބޯލާކޮޅުގައި ހުރި ދޮރުފޮތިގަނޑުން ކެހިފައިވީ ތަންކޮޅުން އަވި އެޅިފައިވީ ސީދާ އަލީޝާގެ މޫނަށެވެ. އީތަން ސޯފާގައި އިންގޮތަށް އިނދެ އަލީޝާއާއި ދިމާއަށް ގުދުވެލާފައި ދޮރުފޮތިގަނޑު ކަހައިލިވަގުތު އަލީޝާއަށް ލޯ ހުޅުވައިލެވުނެވެ. ފުރަތަމަވެސް ފެނުނީ ކިރިޔާ ގައިގައި ނުޖެހޭ ހިސާބުގައި ހުރަސްވެފައި އޮތް އީތަންއެވެ. އީތަންއަށް އެ އޮޮތްގޮތަށް އޮވެ އަލީޝާާއަށް ބަލައިލެވުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އެ ސިއްރު… 2

Next

ވަކިވުމުގެ ކުރިން…. ޓުރެއިލަރ

Next
March 13, 2019

ވަކިވުމުގެ ކުރިން…. ޓުރެއިލަރ

Previews
March 12, 2019

އެ ސިއްރު… 2

22 Comments!

  1. jiji says:
    March 13, 2019 at 6:43 am

    Me first dhw????????..kiyaalaafa comment eh kohlaanan

    1. Jinni says:
      March 14, 2019 at 10:35 am

      Looks like u r again jiji

  2. jiji says:
    March 13, 2019 at 7:18 am

    Wowww ???????????❤?????..kiyamun dhiya iru manzaru thah kurimathyga sifavamun dhiya kahala..vrh habeys mi prt vx?☺?????????????..Vrh vec interesting hisaabakun u nimmaaly vahtharu??????LY

    1. Jinni says:
      March 14, 2019 at 10:37 am

      That’s what I’m aiming for. Thnx jiji n ly more

  3. ? says:
    March 13, 2019 at 7:59 am

    ??????

    1. Jinni says:
      March 13, 2019 at 10:24 am

      ?????????

  4. Nau says:
    March 13, 2019 at 9:01 am

    When next??this stry is awsm …..??

    1. Jinni says:
      March 13, 2019 at 10:25 am

      Nxt prt maadhamaa thnx nau

  5. ? says:
    March 13, 2019 at 9:14 am

    Vrh salhi mi part vx….. kn irakun next part??

    1. Jinni says:
      March 13, 2019 at 10:26 am

      Thnk u nxt prt maadhamaa

  6. hamtii says:
    March 13, 2019 at 9:24 am

    Ehemm Ehemmm.. Eethan bro kada kameh nukuraathi..eirah sakaraai vaane..v salhi mi part as usual.. waiting 4 da next part

    1. Jinni says:
      March 13, 2019 at 10:28 am

      Thnx hamtii

  7. Twinkle? says:
    March 13, 2019 at 10:11 am

    Mivareh neh hama masha allah… vvvvv curious dhn vaane gothakaa medhu… n mi part vs hama eh vana ehn part thah gothah… keep it up…

    1. Jinni says:
      March 13, 2019 at 10:28 am

      Thnx twinkle

  8. Cute Lips says:
    March 13, 2019 at 11:12 am

    ma heehee avadhi..v obi hama.. comedy kamuge trophy dhey varuvey jinni ah… hua..magey ban’dah goh araafi…hhaha

    1. Jinni says:
      March 13, 2019 at 5:21 pm

      Thnx cute lips hevvalevunyma ufaa vejje

  9. Cute Lips says:
    March 13, 2019 at 11:19 am

    ebain majaa thankolheh.. launch ah aran dhuvefa aiss fummaaly .. dhn vehtuny moodhah..e gadi neihtha phn .. gaimu themeyne.. dhn anehkha launch huhtigen .. launch in fummaalamun kahppi ah phn dhiny ehah baahvan… e phn hifaagen dheveyneynun.. i am so confused.. vaane ehche vefathaa onnany ehaairu.. dhnanehkha phn mi beyh v …dhn hama bunely..

    1. jiji says:
      March 13, 2019 at 11:28 am

      Vedhaane ehnu water proof phone akah vx????

    2. Jinni says:
      March 13, 2019 at 5:24 pm

      I didn’t think of that? let’s just say e phone akee eh faharu fenuga jehuneema ok vaa dhe faharu fenuga jehuneema ok nuvaa kahala water proof phone ekey

  10. jiji says:
    March 14, 2019 at 12:15 pm

    Heii jinni ❤❤?..kury prt thakah reply kohlahchey nge??

  11. Ibsha says:
    March 14, 2019 at 11:03 pm

    Asl varah reethi…mifaharu ehaa kureh noon ??

    1. Jinni says:
      March 15, 2019 at 11:54 am

      Thnx mifaharu hama dhigukoh liyevunee varah liyaa hithun

Comments are closed.

Next Episodeއެނގުމެއްނެތި…20←


All Right Reserved!