ޝަބްނަމް
” އަޅުގަނޑު ތިޔަ އާއިލާއަކަށް މަޖުބޫރެއް ނުކުރާނަން… ކޮންމެ ޖަވާބެއް ދިނަސް އަޅުގަނޑު ހަމަ ހިތްހެޔޮ… ޖަވާބަކީ ނޫނެކޭ ކަމުގައިވާނަމަ މީ ނުދައްކާ ވާހަކައެއް…” މޫސާމަނިކު ބުންޏެވެ.
” އައި ޖަސްޓް ކާންޓް ބިލީވް ދިސް.. ހައު ޑެއަރ ޔޫ ވިކީ… ” ވިކްޔަންގެ ގިރުވާނުގައި ދެއަތުން ހިފައި ބާރުކޮށްލަމުން ޝެރީ ބުންޏެވެ.
” ޝެރީ މައި ޗެރީ… އައި ލަވްޔޫ” ބެލްކަނީގައި ތިރިއަށް ބަލަހައްޓައިގެން ހުރި ޝެރީގައިގާ ފަހަތުން ބައްދާލަމުން ވިކްޔަން ބުންޏެވެ.
” މީގެ ފަހުން އަހަރެން އަންނަންދެން އިންތިޒާރު ނުކުރާތި… ތިހުންނަ މުސްކުޅި ގޮތްގަނޑު އަހަންނަށް ކަމަކުނުދޭ..” ގައިގާ ރަޖާ
އަޅާލުމަށްފަހުުު ލޯމަރާލަމުން ވިކްޔަން ބުންޏެެވެ.
” ބައިވަރު ޑޮކްޓަރުންނަށް ދެކިއްޖެ.. އެކަމަކު އެދެވޭ ކަހަލަ ފަރުވާއެއް ނުލިބުނު…. މާލޭގަ ތިބި ޑޮކްޓަރުންވެސް ބުނަނީ ރާއްޖޭން ބޭރަށް ދާން… އެފެންވަރެއް އަހަރުމެންގެ ކިބައަކު ނެތް…” މޫސާ މަނިކުގެ އަޑުގައިވި ރިހުމާ ޝަބްނަމްގެ މޫނުމަތިން ފެންނަމުންދިޔަ ހިތާމަ އެތާތިބި އެހެންމީހުންނަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެމުން ދިޔައެވެ.
” ވިޝް ޕްލީޒް… އަހަރެން އެއްވެސް ވާހަކަ އެއް އަޑުއަހާކަށް ބޭނުމެއް ނޫން.. ވިކީ ކަންތައް ކުރީކީ ރަނގަޅަކަށް… ޝެރީ އިޒް ވެރީ މަޗް ހަރޓް… އެންޑް އައި ކާންޓް ސީ ހަރ ލައިކް ދެޓް..” ޝަރަފް ވިޝްކާއަށް ފުރަގަސްދިނެވެ.
” ދޮންބެގެ ލައިފްއާއި އެއްކޮށް ޝީ ރުއިންޑް މައި ލައިފް ޓޫ… އަހަންނަށް ވުރެ ވެސް މަންމަ ލޯބިވަނީ އެ އަންހެނާދެކެ” ޑްރެެސިންގް ޓޭބްލް މަތީގައި ހުރި ހުރިހާ އެއްޗެއްް ތިރިއަށް ވަރާލަމުން ވިޝްކާ ހަޅޭއްލަވައިގަތެވެ.
” ސީރިއަސްލީ.. ވިކްޔަން އަށް އެނޫން މީހަކު ނުފެނުނީތަ…” މަލާމާތުގެ ރާގަކަށް ޒައިރާ ބުނުމުން ވިޝްކާވެސް ދެފަރާތަކަށް ބޯހޫރާލީ
ވިކްޔަންގެ މޮޔަކަމާމެދު ވިސްނާފައެވެ.
ތަށިމުށިގަނޑު މަތީގައި އޮތް ޝަބްނަމްގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައީ ހިތަށް ލިބޭ ވޭނަށް ކެތް ނުކުރެވިގެންނެވެ.
” އެއީ ބޮޑު ކޫޑިއެއް” އެނދުން ތެދުވެ ވިކްޔަން އާއި ކުރިމަތިލަމުން ޝަބްނަމް ބުންޏެވެ. އެވަގުތު ޝަބްނަމްގެ ކޯތާފަތްމައްޗަށް އަރައިގެން
ދިޔަ ހޫނު އެތިފަހަރުން ކޮންޓްރޯލް ނުވެ ގުޅައަކަށް އެނދުމައްޗަށް ވެއްޓުނެވެ. ވީތަދުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
ވިކްޔަންގެ ލޯ ޝަބްނަމްއަށް އަމާޒުވީ ހިނދު ޝަބްނަމް އަނެއް ފަރާތަށް މޫނު އނބުރާލިއެވެ.
” ޔޫ ކާންޓް ޑޫ ދިސް…” ޝަބްނަމް އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުން ވިކްޔަން ބުނި އިރު އެދެލޯ ވަނީ ފެންކަޅި ވެފައެެވެ.
ޓެރަސް މަތީގައި ތިބި ވިކްޔަން އާއި ޝެރީގެ ގާތްކަން ފެނި ޝަބްނަމް އަނެއްފަރާތަށް އެނބުރުނީ ގަތް ލަދުންނާއި ވީ ދެރައިންނެވެ.
” އަހަރުމެން އުޅޭނީ މިގޭގައި… ނޯބަޑީ ކޭން ސެޕަރޭޓް އަސް” ވިކްޔަން އަތުގައި ހިފާ ބާރުކޮށްލަމުން ޝެރީ ބުންޏެވެ.
” ” އަހަރެން ތައްޔާރު… ” ފިރިހެން ބަރު އަޑުއައި ދިމާއަށް އެންމެންނަށް ބަލާލެވުނީ އެއްފަހަރާއެވެ.
ވިކްޔަންގެ ގައިން ވަރުދޫވެ ކަކޫމައްޗަށް ވެއްޓުނެވެ. އެވަގުތު އިވިގެން ދިޔަ ވޭނީ ރުއިމެއްގެ އަޑެވެެ.
އިންތިޒާރުކޮށްލައްވާ!!!!
9 Comments!
Comments are closed.


Alhey vrh reethi can’t wait for next part…konirakun aneh part …….waiting for it….
this is just trailer… not an episde
Same to you lyshaa
this is not a part.. morons
None off
Raufa
Wow..vrh salhi ❤❤?LY akii sis ???????
Wow???vvvv rythi vaane hn hyvany masha allah??????vvvvvv kiyaahithun mihury mi stry… hykuran inthizaaruge nimun vvvv avahah annaane kamah…
Nice