Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން އެނބުރި އަންނާނަން.. (5 ވަނަ ބައި)

Yaas4 Level 110 Stories
March 16, 2019 4 Mins Read
6 Comments

އަހަރެން އެނބުރި އަންނާނަން! … (4 ވަނަ ބައިގެ ތެރެއިން)

އެނދުމަތީ އިށީދެނގެން އިރުކޮޅަކު އިނުމަށްފަހު، ޒައިދާން އަށް ގުޅާ ލަން އަހަރެން ބޭނުންވިއެވެ. އެހެނަސް އެ ދަންވަރު ޒައިދާން ހޭލައްވާލަން ބޭނުންނުވާތީ، އަހަރެން ނުގުޅަން ނިންމީމެވެ. އާދައިގެމަތިން އަހަރެންގެ ނިދި އެއްކޮން ފިލިއެވެ. އަލިވިލެންދެން އަހަރެން އެހެންއިނުމަށް ފަހު ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ލީޝާގެ މަންމަ، އަހަރެންގެ ދޮރުގައި ޓަކިޖަހާ ސައިބޯން ގޮވުމުންނެވެ.

++++++++++++++++++++++++++++++++++++++

އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައި)

އޭގެ އަނެެެއްދުވަހު އަހަރެން ވަޒީފާއިން ވަކިވާ ވާހަކަ ކަޑައަށް ބުނުމަށްފަހު، ޒައިދާންއަށް އެންގީމެވެ. އަދި އަހަރެން އެ ކައިވެންޏަށް ތައްޔާރުވާހަކަ އާއި، ޒައިދާންއާއެކު ރާއްޖެދޫކޮށް ދިޔުމަށް ނިންމިކަމުގައި ބުނީމެވެ. ޒައިދާން އަހަރެންގެ ނިންމުމާމެދު ވަރަށް އުފާވިއެވެ.

++++++++++++++++++++++++++++++++++++++++++++

އަހަރެން މިއަދު ހާދަ އުފާވެއްޖޭ..” އާދައިގެ މަތިން އަހަރުމެން ބުރެއް ޖަހާލަން ގޮސް ހުޅުމާލޭގެ ހިތްފަސޭހަ ގޮޑުދޮށުގައި އިށީނދެލައިގެން އިނދެ ޒައިދާން އޭނާގެ އުފާވެރިކަން ހާމަކޮށްލިއެވެ.

“އެކީއްވެޔޯލަ؟..” އަހަރެން ޒައިދާންގެ މޫނަށް ބަލާލުމަށްފަހު ލާނެއްގޮތަކަށް ބުނީމެެވެ.

“އެއީ.. އެއީ….އަހަރެންގެ ލޯބި ލޯބި އިފާ އަހަރެންނަށް އެއްކޮން ލިބޭތީ!..ދެން އިފާ ވާނީ އަހަރެންގެ މިލްކަކަށް..!  ހަމައެކަނި އަހަރެންގެ މީހަކަށް! މިހެން ބުނުމަށްފަހު ޒައިދާން އަހަރެންގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ.

އަހަރެންނަށް އެވަގުތު އާދަޔާ ޚިލާފު އުފާވެރިކަމެއް އިޙްޞާޞް ކުރެވުނެެވެ. ހިތުގެ ހިނގުން އަވަސްވެ، މޭގެ ތެޅުން ކުޑަކޮށް އަވަސް ވިހެން ހީވިއެވެ. އަހަރެންނަށް ވެސް ބޭއިޙްތިޔާރުގައި ޒައިދާންގަޔާލާ ކައިރިކޮށްލެވުނެވެ. ޒައިދާން އަހަރެންގެ ލޮލަށް ބަލާލިއެވެ. އިރުކޮޅަކު އަހަރެންނަށްވެސް އެ ލޮަލަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒައިދާން އަހަރެންގެ މޫނުގައި މަޑުމަޑުން ހިފަހައްޓާލުމަށްފަހު އޭނާގެ މޫނާއި ކައިރިކޮށްލިއެވެ. އެ ހަމަހިމޭން، ހިތްގައިމު ވަގުތުކޮޅުގެ ތެރެއަށް ގެނބިގެން އަހަރެމެން ދެމީހުން ގެނބިގެން ދިޔައެވެ.

+++++++++++++++++++++++++++++++++++++++++++++++

ކައިވެނީގެ ކަންކަން ކުރިއަށް ދާން ފަށައިފިއެވެ. އަހަރެންވެސް ކަޑައިން ކެނޑިގެން ޒަވާޖީ ޙަޔާތް ފެށުމަށް ނަފްސާނީ ގޮތުން ތައްޔާރުވާން ފަށައިފީމެވެ. އެހާ ކުއްލި ގޮތަކަށް ކައިވެނި ކުރަން ނިންމަންޖެހުމުން  އަހަރެންނަށް އަދިވެސް ބައެއްފަހަރު ދެފިކުރުމަތީ ހުރެވޭ ތަން އާދެއެވެ. އެއްކޮޅުން ޒައިދާން އާއި ކައިވެނި ކުރެވޭތީ، އަހަރެން ވަރަށް އުފާވެއެވެ. އަނެއްކޮޅުން މަންމަމެން ޤަބޫލު ވާނެބާއޭ އަހަރެންގެ ހިތަށް އަރައެވެ. ބައްޕަ ވަލީ ދޭނެ ބާއޭވެސް ހިތަށް އަރައެވެ. މިކަންތަކާއި ކަންބޮޑުވާތީ، އެ ކަންކަން ޒައިދާންގެ ބައްޕަ ހަމަޖައްސާނެ ކަމަށް ޒައިދާން ބުންޏެވެ.

++++++++++++++++++++++++++++++++++++++++++++++

“މަންމާ..! މީ އިފާ!…” ޒައިދާންމެންގެ ގޭގައި ޒައިދާން އޭނާގެ މަންމައަށް އަހަރެން ތަޢާރަފްކޮށްދިނެވެ.

ޒައިދާންގެ މަންމަ އަހަރެންގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވެލީމެވެ.

“އިފާ ކިހިނެތް؟!…” ޒައިދާން މަންމަ މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“ރަނގަޅު!..” ކުޑަކޮށް ލަދުން އިނދެ އަހަރެން މަޑުމަޑުން ބުނެލީމެވެ.

“ޒައިދާން ބައްޕަވެސް ރާއްޖޭގައި ނެތް ވަގުތަކާއި މި ދިމާވީ، މިފަހަރު ތަންކޮޅެއް ގިނަ ދުވަސް ވާނެެވާހަކަ ބުނި..” ޒައިދާންގެ މަންމަ ސިޓިންރޫމް މޭޒުމަތީ ފިނި އޮރެންޖް ޖޫހެއް ބަހައްޓަލަމުން ބުންޏެވެ.

“މަންމަ ދެން އިފާ އައިމަ މަގޭ އަލަނާސި ފަނި މަތިންވެސް ހަނދާނެއް ނެތެންނު!” ޒައިދާން އަހަރެންގެ މޫނަށް ލާނެތް ފާޑަކަށް ބަލާލުމަށް ފަހު މަންމައާއި މުޙާތަބްކޮށް ބުންޏެވެ.

“އެއްކަލަ އަލަނާސި ފަނީގެ ރަސްގެފާނު!.. އާން… މަޑުކުރޭ..މި ގެންނަނީއޭ! ޒައިދާންގެ މަންމަ ހެމުން ހެމުން ބުންޏެވެ.

ފަންސާހުގެ ކުރީކޮޅު ގުނަމުން ދާ އެ އަންހެންމީހާއަކީ ހާދަ ހިތްހެޔޮ، މަޖާ މިޒާޖެއްގެ މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޒައިދާން މަންމަ ޒައިދާންދެކެ ހާދަލޯބިވެއެެވެ. އަހަރެންގެ މަންމަވެސް އަހަރެންނަށް އެހާ އޯގާތެރި ނަމައޭ އަހަރެން ހިތަށް އެރިއެވެ.

“އޭތް!.. ކޯއްޗެއްތަ ތި ވިސްނަނީ؟..” ޒައިދާން މަންމަ ބަދިގެއަށް ދިޔަ ދަނޑިވަޅުބަލާފައި އަހަރެންގެ ކޮލުގައި ކޮށްޓާލަމުން ޒައިދާން ބުންޏެވެ.

“އެއްޗެއް ނޫން!” މަޑުމަޑުން އަހަރެން ބުނީމެވެ.

އަހަރެންގެ ހިތަށް އަރާ އެއްޗެހި ޒައިދާންއަށް އެނގޭހެންވެސް އެއްބައިފަހަރު އަހަރެންނަށް ހީވާހަކަލައެވެ.  ކަމަކާއި، ދެރަވެފައި އިނަސް އެނގެއެވެ. މަޑުމަޑުން އިނދެއްޖެއްޔާ ކޮންމެވެސް ލާނެއް އެއްޗެކޭ ބުނެ ސަމާސާކޮށްލާ ހެއްވާލައެވެ. ޒައިދާންގެ މި ސިފައިގެ ސަބަބުން އަހަރެންނަށް އަދި މާބޮޑަށް ޒައިދާން ކަމުދެއެވެ.

ޒައިދާން މަންމަ އަލަނާސި ފަނި ތަށިހިފައިގެން އައިސް މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެންނާއި ޖެހިގެން އެއްފަރާތުގައި އިށީދެލިއެވެ. އަދި އަހަރެންގެ އާއިލާގެ ބައެއް މަޢުލޫމާތު އިތުރަށް އޮޅުން ފިލުވާހެދިއެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ޒައިދާންގެ މަންމައާއި ވާހަކަ ދެއްކީމެވެ. ޒައިދާންވެސް ފަނިތަށިބޮމުން އަހަރުމެންގެ ވާހަކަތައް އަޑުއަހާ، ބައެއް ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ.

ޒައިދާންގެ މަންމަގެ ވާހަކަ ތަކުން އަހަރެމެންގެ ކައިވެނި ޕާޓީ އެ އާއިލާއިން ބާއްވަން ބޭނުންވާ ކަމާއި، ޕާޓީގެ ހުރިހާ ޚަރަދެއްކުރާނީ އެ އާއިލާއިން ކަމާއި، އެއީ ޒައިދާންގެ ބައްޕަގެ އެދުން ކަމުގައި ވެސް އަހަރެންނަށް އެނގުނެވެ. އަހަރެން އެކަމާ ދެކޮޅެއް ނުހަދަމެވެ. އެހެނަސް އަހަރެންގެ އާއިލާގެ މީހަކު އެޕާޓީއަށް އަންނާނެ ކަމުގެ އުއްމީދެއް ނެތުމުން އަހަރެންގެ ހިތަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ.

+++++++++++++++++++++++++++++++++++++++++++++

(އޭގެ ހަފްތާއެއްފަސް)

ކައިވެނީގެ ރަން ކިޔާ، ކައިވެނީގެ ކަންކަން ހަމަޖެެއްސުމުގެ ކަންކަން ކުރިއަށް ދިޔައެވެ. ޒައިދާން ބައްޕަ ބޭނުންވަނީ ވެސް ދަރުބާރުގޭގައި ކައިވެނީ ޕާޓީ ބާއްވާށެވެ. ޙަޤީޤަތުގައި އަހަރެން އެހާ ބޮޑު ޕާރޓީއެއް ބާއްވާ ހިތެއްވެސް ނެތެވެ. އެހެނަސް އެކަމާ ދެކޮޅު ހެދެން ނެތުމުން އަޅާނުލާ ހުރީއެވެ.

އަހަރެންގެ ކައިވެންޏާއިބެހޭ މަޢުލޫމާތު ލީޝާއަށާއި ހުވޭ އަށްވެސް ދިނީމެވެ. އެމީހުން އެކަމާއި ވަަރަށް އުފާވިއެވެ. ލީޝާގެ މައިންބަފައިންވެސް ތިބީ ވަރަށް އުފަލުންނެވެ. ލީޝާގެ މައިންބަފައިންނަކީ އަހަރެންގެ އުފަން މައިން ބަފައިންނަށްވުރެވެސް އަހަރެންނަށް އޯގާތެރި ބައެކެވެ. އަހަރެން އެމީހުންގެ އޯގާވެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.

+++++++++++++++++++++++++++++++++++++++++++++

“އިފާ.. ދުވަސްކޮޅަކަށް ދޮންބެ ގެއަށް ބަދަލު ކުރަނީއޯ މަންމަ ބުނެފި، އިފާ އަހަރެން ރޫމަށް ޝިފްޓް ވެލާނީ ދޯ..؟!” ލީޝާ އަހަރެންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިހުރެ، ކަންބޮޑުވެފައި ބުންޏެވެ.

“އާން.. އޯކޭ.. ލީޝާ އަށް އުނދަގޫ ނުވަންޏާ އޯކޭ..! އެހެން ނޫނަސް ދެން ނެތެންނު މާގިނަދުވަހެއް މިކޮޅަކު!.. ” އަހަރެން އަމިއްލައަށް ހިތްހަމަ ޖައްސާލުމުގެ ގޮތުން ބުނެލީމެވެ.

ކައިވެނީގެ ކަންތަކުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަަބަބުން ގިނަ ވަގުތު ބޭރުގައި އުޅުމަށްފަހު އަހަރެން ގެއަށް ދިޔައީމެވެ. ޒައިދާން ދުއްވާލަން ދާން އަހަރެން ބަލާ އަންނާނަމޭ ބުނުމުން ތައްޔާރުވެލުމަށެވެ.

ގޭގައި މީހަކު އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ލީޝާވެސް ފެންނާކަށް ނެތެވެ. އަހަރެން އަވަހަށް ފެންވަރައިލައިގެން ނިކުމެ ރީތިވާން ހުރީމެވެ. ބެލްކަނީގައި އިން ބޫޓް ހިފައިގެން އައިސް ކޮޓަރިއަށް ވަދެ އަލުން ލޯގަނޑު ކައިރިއަށް ހުއްޓިލީމެވެ.

ކުއްލިއަކަށް ލޯގަނޑުން ފެނުނީ ލަހްފާން އަހަރެންގެ ފަހަތުގައި ހުއްޓައެވެ. އަހަރެން ސިހިފައި ފަަހަތަށް އެނބުރިލީމެވެ. ލަހްފާން ގެއަށް ބަދަލުވީ އިރެށް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ވާހަކަ ދައްކާ ނޫޅޭ އިރުވެސް އަހަރެންގެ ކޮޓަރިއަށް ލަޚްފާން ވަނީ ކީއްވެބާއޭ އަހަރެންހިތަށް އެރިއެވެ. އެހާ ކައިރީ ލަޙްފާން ހުރުމުން އަހަރެން ކުޑަކޮށް ބިރު ގަތެވެ.

“ހާދަ ރީއްޗޭ!” މިހެން ބުނުމަށްފަހު ލަޙްފާން އަހަރެންގެ އިސްތަށިގަނޑުގައި އަތްލިއެވެ. އަަހަރެން އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުންނަށް ހިނގައިގަންވަގުތު އަަހަރެންގެ އަތުގައި ހިފާފައި ކުއްލިއަކަށް ދަމައިގަނެ ފާރުގައި ލައްކޮށްލާފައި އަަހަރެންގެ އަަނގައާއި ދިމާލަށް ލަޙްފާންގެ އަނގަ ގެނައެވެ. މިކަން ހިނގީ ކުޑަސިކުންތުކޮޅެއްގެ ތެރޭގައެވެ. އަހަރެން އިންތިހާއަށް ބިރުގަތެެވެ. ހަޅޭލަވާގަންނަންވެސް ބޭނުންވިއެވެ. ގަނެފަހުރި ބިރުން އަޑެއްވެސް ނުނިކުތެވެ.

އަހަރެން ވަރަށް ބާރަށް ލަޙްފާން ގައިގައި އަޅާކޮއްޕާލީމެވެ. އަހަރެންގެ ފޯނު އެވަގުތު ރިންގް ވާން ފެށިއެވެ. ފޯނު އޮތީ ޑްރެސިންގ ޓޭބަލްމަތީއެވެ. އަނެއްކާވެސް ލަހްފާން އަހަރެން ގައިގައި ގަދަކަމުން އޮޅުލައިގަތެވެ. ލަޙްފާން ހުރީ ހަމައޭގައި ނޫންހެން އަހަރެންނަށް ހީވިއެވެ. ދެލޯވެސް ހުރީ ރަތްވެފައެވެ. ފާޑެއްގެ ވަހެއްވެސް ލަޙްފާން ގައިން ދުވާހެން އަހަރެންނަށް ހީވިއެވެ.

ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ޒައިދާން އަހަރެން ބަލާ އައިސް ތިރީގައި އިނގެދެން ގުޅަނީކަންވެސް އަހަރެންނަށް އެނގުނެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yaas4

Level 110 Stories

Student Abroad | Writing stories out of the hectic schedule to improve Dhivehi writing skills :-D and of-course for the Readers sake!! XoXo

Other Articles

Previous

ކިރަން..

Next

ބުނެދޭށޭ ރުހެމޭ 5

Next
March 16, 2019

ބުނެދޭށޭ ރުހެމޭ 5

Previews
March 16, 2019

ކިރަން..

6 Comments!

  1. Ainth says:
    March 16, 2019 at 2:28 pm

    wooow v salhi ? keep it up…. thankolheh kurii genesh dhinleh… next part maadhan genesh dhehcheyy plxxx ???❤

  2. !?@ says:
    March 16, 2019 at 4:21 pm

    Varah San hi.ekamaku maa bodahvea puree.maadhamaa anehbai plod kurachey

  3. Naash❤❤ says:
    March 16, 2019 at 5:59 pm

    maasha allah… wonderfulll stry… vvv nice…. nxt part avahah genesdhechey dear…. curiously waiting 4 nxt part….??????❤❤❤❤

  4. Hot chocolate says:
    March 17, 2019 at 5:32 pm

    Beautiful story ❤️

  5. Twinkle? says:
    March 17, 2019 at 8:31 pm

    Wow???mi part vs vvvvvv salhi??? dhn faharakun thnkolheh dhigukhlahche nge… curiously waiting…….

  6. Yana says:
    March 18, 2019 at 12:30 pm

    Its interesting dear. Keep it up ?. Happy ending akah hadhahchey ?

Comments are closed.

Next Episodeއަހަރެން އެނބުރި އަންނާނަން! … (6 ވަނަ ބައި)←


All Right Reserved!