ކިރަން..
(ފުރަތަމަ ބައި)
ރިންގް ވަމުން ދިޔަ ފޯނަށް އަހަރެން ބަލާލީ އެދަންވަރު ގުޅާނީ ކާކުކަން ރަނގަޅަށް އެނގިހުރެއެވެ. ވިސްނައިދޭން މިހާތަނަށްވެސް ކުރި މަސައްކަތް ބޭކާރުވެފައިވީ ނަމަވެސް މައިރީންއަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ. އެހެންނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަމުގައި މައިރީން ވާފަދައިން ކިރަން އަކީވެސް އަހަރެން ދިރިއުޅުމުގެ މުހިންމު ބައެކެވެ. ސައިލެންޓަށް ލުމަށްފަހު ފޯނު ބަންޑުން ބާއްވާލީ ކިރަންއަށް ހޭލެވިދާނެތީއެވެ. މަޑު ފެހި ކުލައިގެ ނައިޓީގައި ކިރަން ފެންނަލެން ވަރަށް ޗާލެވެ. ހަށިގަނޑަށް އަބަދުވެސް ބަލައިގެން އުޅޭތީ މާބަނޑުވެ ވިހަން ކައިރިވީ އިރުވެސް އެހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. ބޮޑުވެފައިވާ ކިރަންގެ ބަނޑުގައި އަހަންނަށް ފިރުމާލެވުނީ ބޭއިޙްތިޔާރުގައެވެ. ދަރިފުޅުގެ ތޮޅުން އިހުސާސްވެގެން ދިޔަ އެވަގުތުކޮޅު އަހަރެންގެ ތުންފަތުގައި ދުވެލީ ތަފާތު ހިނިތުންވުމެއްކަން އަހަންނަށްވެސް ދެނެގަނެވުނެވެ.
އިރުކޮޅަކު އެހެންއޮތުމަށްފަހު ރަނގަޅަށް ހަމަޖެހިލީމެވެ. ނިދިވަނީ އަހަންނާ މާދުރަށްގޮސް ގެއްލިފަފަދައެވެ. ގަޑިބަލާލި އިރު މެންދަމު ދޭއް ޖަހަނީއެވެ. ހުޅުވިފައިވާ ކިޑިކީ ދޮރުން އަންނަ ފިނިފިނި ވައިރޯޅިތަކުން އަހަންނަށް އުނދަގުވިއެވެ. އެހެންނަމަވެސް އަހަންނަކީ ކަންނެތް މީހެއްކަން އަހަރެންވެސް ގަބޫލުކުރާތީ އެ ދޮރު ލައްޕާލުންވެސް އެވަގުތު އަހަންނަށްވީ ބޮޑުކަމަކަށެވެ. އަނެއްކާވެސް ގާތުގައި ނިދާފައި އޮތް ކިރަންއަށް، އަހަރެން ބަލާލީމެވެ. ވިސްނާލެވުނެވެ. މައިރީންއާ އެކު އަހަރެން އުޅުނީ އުފަލުގައެވެ. މައިރީން އަކީ އަހަންނަށް އެންމެ ކަމުދިޔަ ބައިވެރިޔާއަށް ވީ ނަމަވެސް ކަންކަން ބަދަލު ވެގެން ދިޔައީ އަހަރެން އުއްމީދުވެސް ނުކުރާ ގޮތަކަށެވެ.
އަހަރެން މަސައްކަތް ކުރާ އޮފީހައް ކިރަން އައިދުވަހަކީ އަހަރެންގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް މައިރީން ފިޔަވައި އިތުރު އަންހެނަކަށް ބަލަހައްޓައިގެން ހުންނަން އަހަރެންގެ ޒަމީރު މަޖުބޫރު ކުރުވި ދުވަހެވެ. އެފަދަ ދުވަހެއް ދުވަހަކުވެސް އަންނާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އަހަންނަށް ކިރަން ކަމުދިޔައީ ކީއްވެ ކަމެއް ހުދް އަހަންނަކަށްވެސް ނޭނގުނެވެ. އެހެން އަންހެން ކުދިންނާބަލާފަ ކިރަންއަކީ ތަފާތު ކުއްޖެއްކަން އަހަންނަށް އެންމެފުރަތަމަ ނަޒަރުންވެސް ފާހަގަ ކުރެވުނެވެ.
“ޒިކް.. މަ ހީ ނުކުރަން މައިރީން ނޫން ކުއްޖެއްފެނި ތިވަރުވެދާނެކަމަކަށް” އިރުފާން އެހެން ބުނީ ދެތިންފަހަރު އަހަރެންގެ ގައިގަ ކޮއްޓާލާފައިކަން އަހަންނަށް އެނގުނީ އޭނާ ބުނުމުންނެވެ.
“އެއީ ކޮންކުއްޖެއްތަ. ހެޔޮ ކޮންމެ ކުއްޖަކަސް އެއީތަފާތު ކުއްޖެއް.” އިރުފާން ކުރިމަތީ އަހަރެންގެ ހިތް ހުޅުވާލީ ޖެހިލުމެއްނެތިއެވެ.
“އެއީ.. ކިރަން. މިދިޔަ މަހު އައެއްނު އެކްޕީރިއަންސް ހޯދަން އައި ބެޗެއް. އެ ބެޗްގެ ކުއްޖެއް އެއީ. ކަމެއް ދިމާވެގެން އެކުއްޖާއަށް ނާދެވުނީ. ވީކެއްވަރު އުޅޭނެ އޮފީހުގަ. މަވެސް މި އިންނަނީ ފާރަލައިގެން” އިރުފާންއަކީ އަހަރެންގެ އެންމެ ގާތް އެކަކެވެ.
“ސާބަސް. މިބެޗުގައި އައި ފަސް ކުދިންގެ ތެރެއިން ވެސް ތިން ކުދިން ސެޓް ކުރި.” އަހަންނަށް ކަމުނުދަނީ އިރުފާންގެ އެސިފައެވެ. ރީތިހެން ހީވާ އަންހެން ކުއްޖެއްވިއްޔާ އެކުއްޖެއްގެ ބޭނުންކޮށްނުލާ އޭނާ ހިތްހަމައެއް ނުޖެހޭނެއެވެ.
“މިއަދު ދޯ މިހެން އުޅެވޭނީ. މާދަންވެސް މީހަކާ އިނީމަ ދެން ނޫޅެވޭނެ. މިހާރުވެސް ޒިކް ތީނީ ތިރީހަށް ނާރަނީސް ފިތިފަ. ދެން ހުރޭ.” ޓައީގައި ހިފާފައި ދަމާލަމުން އިރުފާން ބޮޑާވެލިއެވެ.
އެދުވަހުގެ ބާކީބައި އަހަރެން ހޭދަ ކުރީ ކިރަން ފެންނަ ހިސާބުގައެވެ. އުމުރުން ތޭވީސް އަހަރުވެފައިވީނަމަވެސް ހީވަނީ ހަމަ ޓީން އޭޖް ކުއް ޖެއްހެންނެވެ. އުޅެނީވެސް އެހެންނެވެ. ސަކަ މިޒާޖެއްގެ މަޖާ އެންމެންނާވެސް ގުޅޭ ކުއްޖެކެވެ.
“ހޭއި. އައިމް ކިރަން” ސަލާމަށް އަތް ދިއްކޮލުމަށްފަހު ކިރަން އެހެން ބުނީ އަހަރެންގެ ކެބިން ވަކި ކުރަން ޖަހާފައި އިން ޕާޓިޝަންމަތިން ބޯ ދިއްކޮށްގެން އޮވެއެވެ.
“އައިޒިކް” އަހަރެން ހައިރާންކަމާއެކު ސަލާމް ކޮށްލީމެވެ.
“ހައިރާން ވެއްޖެދޯ.. ހެހެ. އަހަރެން މިއަދު މިއައީ. އެންމެންނާވެސް ފްރެންޑްވާން މިއުޅެނީ.. އައިޒިކް އެކަނި ވާހަކަ ނުދައްކަނީ… އެނގޭތަ ކުރިން އަހަރެންގެ ހުންނާނެ އައިޒިކް ކިޔާ ފުރެންޑެއް. އަހަރެން އޭނައަށް ކިޔަނީ އައިކް.. ތީ ދެން ހާދަ އުނދަގޫ ނަމެކޭ ކިޔަންވެސް… އައި…ޒިކު…” ތުން އޫކޮއްލާފައި ދަމާލަމުން ކިރަން ވާހަކަ ކުރިއަށް ގެންދިއައެވެ.
އަހަރެން ހީކުރިވަރަށްވުރެވެސް ކިރަން އަނގަގަދައެވެ. ހީވަނީ ކުޑަކުއްޖެއް އުޅޭހެންނެވެ. ކިރަންގެ އެސިފައަކީ އަހަންނަށް ވަރަށް ކަމުދާ ސިފައެކެވެ. އެހެން އުޅޭ ކުދިން އަހަންނަށް އަބަދުވެސް ކަމުދެއެވެ.
“އޯކޭ ދޯ އަހަރެން އައިކް ކިޔަސް. އެކަމް ދެން އަހަންނަށް ލޯބިން ނަމެއް ކިޔަން ނޫޅެއްޗޭ. ހަޑިއެއްޗެއް ކިޔޭނީ. ކިރަން… މަންމަމެންވެސް މިހުރީވިއްޔާ ދޭލަނޑު.” ކިރަންގެ ވާހަކަ ހުހެއްނުވެއެވެ.
“ކީން… އަހަރެން ކިޔާނީ ކީން.. އޯކޭތަ؟” އަހަރެންވެސް ބޭނުންވީ ކިރަންއާ ވާހަކަ ދައްކާށެވެ.
—-
ހިޔާލުތަކުގައި އޮއްވާއަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ މޫނު މައްޗަށް އަވި އެރުމުންނެވެ. ރޭގަ ކަންނެތް ކަމުން ނުލައްޕާ ހުރި ކިޑިކީ ދޮރު ހުރީ އަދިވެސް ހުޅުވާފައެވެ. ލޯ އުނގުޅަމުން އަހަރެން ފޯނު ބަލާލީމެވެ. މައިރީން ގެ ދިހަ މިސްކޯލް އިނެވެ. ޝަކުވާތަކެއް އަޑުއަހަން ނޫނީ ގުޅުމުގެ ބޭނުމެއް މިގަޑިއަކު ނޯންނާނެއެވެ.
“މަންމާ… އައިކޫ…” ފާޙާނާ ތެރެއިން ކިރަންގެ ރުއިމުގެ އަޑު އިވިގެންދިޔަ ސިކުންތު ތެރޭ އަހަރެން ހުރީ ފާޙަނާގައެވެ. ބަނޑުގައި ރިއްސައިގަނެގެން ފަޙަނާ ތެރެއަށް ތިރިވަމުން ދިޔަ ކިރަންގެ ގައިގަ އަހަންނަށް އޮޅުލައިގަނެވުނުގޮތެއްވެސް ނޭންގެއެވެ.
(ނުނިމޭ)
10 Comments!
Comments are closed.


Me first dhw..vrh reethi mi part vx. .kon irakun nxt. .vrh curious kohlrfa thi nimmaaly ❤❤❤??..gud job shaz
me dhw first… salhi vaahaka… but thankolheh kurii genesh dhinleh… next part when… ????
Shazu siss when is next part
Vaahaka vv salhi??
Whn next part
Wow… vvvv salhi… masha allah
When is next part….. Avahah up kohdhehcheyyyy……plx
Shaz kobaatha next part????
Shazuthaa kn irakun aneh part plz avahah up kohdheeba. Cant wait
Waiting for next part