ލޯތްބަކީ އުފާވެރިކަމުގެ އިހުސާސެކެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައޭ މީހުން ބުނާތީ އަޑުއަހަމެވެ. އަދި ފުރަތަމަ ނަޒަރުން ލޯބި ވެވިދާނޭވެސް ކިޔާތީ އަޑުއެހީމެވެ. މިހުރިހާ ކަމަކީ އަހަރެން ޤަބޫލުކޮށް އުޅުނު ކަންތައްތަކެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ލޯބީގެ ވާހަކަ ތަކުންނާއި ފިލްމު ތަކުގައިވާ ޚިޔާލީ ކަމެކެވެ. ނަމަވެސް އަހަރެންގެ މުޅި މި ވިސްނުން ބަދަލުކޮށްލީ ދިރިއުޅުމުގައި އަހަރެން ކުރި ދަތުރުތަކުގެ ތެރެއިން އެންމެފަހު ދަތުރުގައި ދިމާވި މީހެއްގެ ސަބަބުންނެވެ. މި ކިޔައިދެނީ އަހަރެންގެ މުޅި […]
އަހުރެންނަކީ ހިތްވަރު ހުރި މީހެކެވެ. އަމިއްލަ ނަފުސަށް މުޚާތަބުކުރެވެމުން ދިޔަ އެވެ. ރަށުން ބޭރު މީހަކާ ކަަައިވެނި ކުރީމެވެ. އަދި މައިންބަފައިންނާއި ދެ ހަގު ދައްތައިންނާ އެކު އެއް ގޯއްޗެއްގައެވެ. ވަކިން އުޅެވޭނެ ގޮތެއް ނެތިފައި ވުމުންނެވެ. ފިރިމީހާގެ ރަށަށް ބަދަލުވުމަކަށް ހިތެއް ނޭދުނެވެ. އެއީ ބޮޑު އާއިލާއެކެވެ. އަދި ގޭތެރެ ތޮއްޖެހިވިފަ އެވެ. ގެދޮރުބިނާތައް ގިނަވެފަައި ރުއްގަސް މަދެވެ. ބީރައްޓެހިކަމުގައި ފާހަގަކުރެވުންތަކެއް ނެތެވެ. މީހުންގެ ގާތްކަން ދައްކުވާ ހާލު ފުޅަލެވެ. އެއީ ދުރު ނަސްލެކެވެ. މީހުންގެ […]
“ނަތާ” ތިން މަހާ އަށާރަ ދުވަސް ފަހުން އެއިވުނީ ނަތާގެ ދިރިއުޅުން ފުނޑު ފުނޑު ކޮއްލި މީހާގެ އަޑެވެ. މަގު ހުރަސް ކުރަންހުރި މަތިން ހަންދާންވެސް ނެތުނީ ނަތާގެ ހިތުގެ ހިންގުންއަވަސްވެ ނޭވާލުމަށް ދަތި ވުމުންނެވެ. ނަތާ އުންމީދު ކުރީ ނަތާގެ ފިރިމީހާގެ އަޑު މި އިވުނީ އެއީ ނަތާ އަށް ކުރެވުނު ކުއްހީ އެއްކަމުގައެވެ. ކޮންމެސް މީހަކު ނަތާގެ ގައިގައި ބާރަށް ޖެހިގަތްކަންއިންގޭ ވަރުވިއެވެ. އެކަމަކު އޭރު ނަތާގެ މުޅި ހަށިގަނޑު ބާރަށް ތުރުތުރު އަޅާއެވެ. މަޑުމަޑުން ނަތާ އެންބުރިލީ އަޑުއިވުނު ދިމާލަށެވެ. ވައިގަދަވުމުން ނަތާގެ ބުރުގާ އާއި ހެދި އެމީހަކު ފެނުންލަސް ވަމުންދިއުމުން ނަތާގެ ހިތަށް ބިތިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭނާ ފެނުމުން ނަތާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭރަ އޭނާ ހަޅޭލަވަމުން ނަތާ އާއި ދިމާލައް ދުވެފައި އަންނަނީއެވެ. ނަތާ ހަނދާން ހުރި ގޮތަށް ކުރިމަތިން ފެންނަން ހުރީ ނަތާގެ ފިރިމީހާއެވެ. އެކަމަކު މިހާރު މާ ބޮޑަށް ހިކި އަނަރޫފަ ވުމާއިއެވު ބޮލުގެ އަސްތަށިގަނޑު ދިގުވެ ތުންބުޅިވެސްވަނީ އަޅާނުލާ ދޫކޮއްލެވިފައެވެ. ނަތާ އަށް ބަނޑުގައި އަތްއަޅާލެވުނީ ހިމާޔަތް ކޮއްލުމުގެ ގޮތުންނެވެ. އަދި ފަސްފަހަތަށް ޖެހެންފެށުނީ އިޙްތިޔާރުން ބޭރުގައެވެ. ދެން އިވިގެންދިޔައީ ބަޔަކު ހަޅޭއްލަވާ އަޑުތަކެވެ. ނަތާގެ ފިރިމީހާވެސް ވަރަށް ބާރަށް ގޮވީ “ނަތާ ދުރަށްޖެހޭ ފަހަށް ނުޖެހޭ” ނަތާ މި ބަސްތަށް ހަޖަމު ކުރަންމަސައްކަތް ކުރަމުން ކަނާތް ފަރާތަށް ބަލާލިއިރު ލޯމެރުނީ ވަރަށް ކައިރިން ނަތާގެ ގައިގަިޖެހުނުި ކާރުގެ ބޮކީގެއަލިންނެވެ. އާމިރު ދުވެފައި ހޮސްޕިޓަލް އަށް ވަދެގެން އެދިޔައީ ނަތާގެ ހަށިގަނޑު މެޔާ ބޮންޑި ކޮއްލައިގެންނެވެ. ނަތާގެ ގައިގައި ޖެއްސި ކާރުވަނީ ސިފައިން އަތުލާފައެވެ. އާމިރުގެ ހުދު ޓީޝާޓު ވަނީ ކަޅު ލެއިން ފޯވެފައެވެ. މި ލެޔަކީ ކިތަށްމެ ފަހަރަކު ނަތާގެ ގައިން އާމިރަށް ފެނިފައިވާ އެއްޗެކެވެ. އެކަމަކު މި އަސަރު މިކުރީ އަދި އަލަށެވެ. “ޑޮކްޓަރ އެހީއެއްވެދީ” އާމިރުގެ ބާރު އަޑު ހޮސްޕިޓަލްގެ ލޮބީ ގުގުމާލިއެވެ. އެކި ދިމަ ދިމާާލުން ޑޮކްޓަރުންތަކާ ނަރުހުންތަށް ނުކުމެކެން އަންނަންފަށައިފިއެވެ. ވަރަށް އަވަހައް އެނދެއްނެރެ ނަތާ އެޔައްލައިގެން އަވަސްފަރުވާދޭ ކޮޓަރި އަށް ގެންދިއުމައް ދުއްވާލައިފިއެވެ. ދޮރާއި ކައިރިވުމުން ޑޮކްޓަރ އާމިރު ހުއްޓުވިއެވެ. ” އެއްވެސް މީހަކު މިތަނައް ނުވެއްދޭނެ” މިކަމާ އާމިރުއައީ އަމަށަކު ރުޅިއެއަނޫނެވެ. “ކާކުތީ މަށައްގޮތް ކިޔާދޭން، މަށަކީ ކާކުކަން އިންގޭތަ؟” ތީ ކޮންމެ ބޭފުޅެއްވިޔަސް އަޅުގަނޑު މެނަށް ފުރާނައެއް ސަލާމަތް ކުރުމުގައި އެހީ އެއްވެދެއްވާ، ބޭރުގައި މަޑުކުރައްވާ” ޑޮކްޓަރ މިހެންބުނުމުން އާމިރު ކުޑަކޮއް ހަމަޖެހި ތަންދެއްކިއެވެ. ނަރުހުންތަށް އަވަސް އަވަހަށް އެނދު އަވަސް ފަރުވާއަށް ވެއްދިއެވެ. މީ އާމިރުގެ ހަޔާރުގައި އަލަށް ނަތާ އަށް ޓަކައި ބިރުގަތް ފަހަރެވެ. މީގެ ކުރިން ނަތާ ކިތަށްމެ އާދޭސް ކުރިޔަސް ހަޅޭ ލެވިޔަސް ލޭ އަޔަސް ހިތައް އެއްވެސް އެއްޗެއްނާރައެވެ. އާމިރުގެ ކޮންޑުގައި މީހަކު ޖަހާލުމުން ސިހިފައި އާމިރު ބަލާލި އިރު ކައިރީގައި ހުރީ ނަރުހެކެވެ. ” މީ ފޯމްފުރާލަ ދެއްވާފައި ކަނުންޓަރާ ހަވާލުކޮއްދެއްވާ އޭރުން އަޅުގަނޑު މެނަށް ފަރުވާ ފެށޭނީ” ނަރުސް މިހެން ބުނުމުން އާމިރު އަވަހަށް އެ ފޯމު ހިފައިގެން ކައުންޓަރަށް ހިންގައިގަތެވެ. ފޯމު ހަވާލު ކުރުމަށްފަހު އާމިރު އައިސް އަވަސް ފަރުވާ ކޮޓަރި ކައިރީ މަޑުކޮއްލިއެވެ. ގަޑިއެއްހާއިރު މަޑުކުރި ފަހުން އާމިރު ގެ ހަނދާނަށް ދެ ފަރާތުގެ އާއިލާ އައެވެ. ނަތާ އަށް ވީ ގޮތް ކިޔާދޭނީ ކިހިނެއްބާއެވެ. ނަތާގެ އާއިލާ އަންނަން ޖޭހޭނީ ލަންކާއިންނެވެ، ނަތާގެ މަންމަމެން ދިރި އުޅުނީ ލަންކާގައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އާމިރު ގުޅާލީ އާމިރުގެ ގެއަށެވެ. ފޫހިރާގަކަށް އާމިރުގެ ކޮއްކޮ އަލީ ކީކޭހޭ އަހާލިއެވެ. “މަންމަ ކޮބާ؟” އާމިރު ސުވާލު ކުރިއެވެ. “ކިހިނެއްވީ” އަލީ އަހާލީ ހާސްވެފައެވެ. ” މަންމަ އަތަށް ތި ފޯނު ދީބަލަ” އާމިރު ހަޅޭއްލަވައިގަތެވެ. ” މަންމާ ކޮންމެސް ކަމެއްވެއްޖެ” އަލީ ފޯނު ދެމުން ބުނެލިއެވެ. “ދަރިފުޅާ ކިހިނެއްވީ؟” އާމިރުގެ މަންމަ ސުވާލު ކުރީހާސްވެފަހުރެއެވެ. “މަންމާ އަހަންނަށް އޭނަ ފެނިއްޖެ” އާމިރު މިހެންބުނިއިރު ހުރީ މާނޭވާ ލެވިފައެވެ. އާމިރު މިހެން ބުނުމުން އާމިރުގެ މަންމަ އައިމިނަ ގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. “ކޮންތާކު ތިހުރީ؟މަންމަ ވާހަކަ ދައްކަންބޭނުން، މާފަށް އެދެންބޭނުން، އޭނާ މިގެޔައްގެނޭ” “މިހިރީ ހޮސްޕިޓަލުގަ” އާމިރުގެ މި ޖުމްލަ އާއި އެކު އައިމިނަ އަށް ހުއްޓުންއެރިއެވެ. ކުޑަ އިރު ކޮޅަކު މަސައްކަތް ކުރުމުން އަޑު ނުކުމެއްޖެއެވެ. “ކިހިނެއްވީ” “މަންމާ އެއީ ނަތާ، ނަތާ ވަނީ ޒަހަމްވެފައި” އާމިރުގެ ވާހަކަ މެދުކަންޑާލީ މަންމަގެ ބާރު އަޑުންނެވެ. ” ކަލޭ ކީއްކުރީ މިހިރަ ނުލަފާ ފިރިހެނާ” އައިމިނަ މިހެންބުނި އިރު އައިމިނަ އަކީވެސް ނަތާގެ ކުއްވެރިއެވެ. “ކާރު އެކްސިޑެންޓެއް މަންމާ” އާމިރު ބުނެލީ އުންދަގުލުންނެވެ. “ދަރިފުޅާ މަންމަ އަށް މާފުކުރޭ” އައިމިނަ ގެ ރާގު ވަގުތުން ބަދަލުވިއެވެ. “އަޅާ ނުލާ މަންމާ، ނަތާ ގެ އާއިލާ އިންފޯނު ނަގަންދެކަށް ގުޅާލަދީ އަދި ޓްރީޓޮޕް ހޮސްޕިޓަލް އަށް އައުމަށް ބުނެލާދީ” މިހެން ބުނުމަށް ފަހު އާމިރު ފޯނު ކަންޑާލިއެވެ. ކުޑައިރު ކޮޅަކު ޤަބޫލު ކުރަންދަތިވެފައި އައިމިނަ އަށް ފޯނަށް ބަލަންއިންދެވުނެވެ. އެއަށް ފަހު އަވަހަށް ގުޅަންފެށިއެވެ. 45 ވަނަރިންގާއި އެކު މީހަކު ފޯނުނެގިއެވެ. އައިމިނަގެ އަންގައިން އެއްވެސް ބަހެއް ނުނިކުމެގެން އުޅުނިކޮއް އަޑުއިވުނީ ނަތާގެ މަންމަގެ ހަރުކަށި އަޑެވެ. “ކިތަށް ފަހަރު އަހަރެން ބުނާނީ އަހަންނަށް ނުގުޅާށޭ؟ ކަލެޔަށް ހައްގު ތި ލިބޭ ހުރިހާ އަނިޔާއެއްވެސް. ތި ގޭ މީހުންބޭނުންގޮތަކަށް ކަލެޔަށް ކަންތަށް ކުރުމުގެ ފުރިހަމަ އިޙްތިޔާރު އަހަރެން އޮންނާނީދީފަ، އަހަރެން ކަލެޔާއެކީ އޮތް ހުރިހާ ގުޅުމެއް ކަންޑާލައިފިން. ނިކަން ބުނެބަލަ އަހަރެންގެ ތަރުބިއްޔަތުގައި ކޮން ކަމެއްއުނިވެފައި އޮތީ؟ އަހަރެމެންނަށް ލިބުނު އެއަޗެއްދީގެން ކަލޭ ބޮޑުކުރީ’ ޖަވާބުދީބަލަ މިހިރަ ހަޔާތްކުޑަ” މިހިސާބަށް ވާހަކަދިޔަތަނާ އައިމިނަ ވާހަކަފެށިއެވެ. ” އައްސަލާމު އަލައިކުމް” ކުޑަ މަޑުޖެހުމަކަށް ފަހު ނަތާގެ މަންމަގެ އަޑުއިވުނެ ” އައިމިނާ” “އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން ، އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން” އައިމިނައަށް ރުވުނީ ގިސްލާފައެވެ. ދަރިޔަކަށް ޓަކާ މަންމައެއްގެ ހިތުގައި މިފަދަ ނަފްރަތެށް އުފެދުމުގައި އައިމިނަ ވަނީ ބައިވެރިވެފައެވެ. “އެއީ ހުސްދޮގު، އޮޅިފައިވީ ކަމެއް. އެއްވެސް ކަމެއް އެއީތެދެއްނޫން، އެވާހަކަ ފެތުރީ އަހަރެން، އޭނަ އުޅުނީ އަހަރެންގެ ދަރިފުޅު އަހަރެންގެ ކިބައިން ދުރު ކުރުވަން، އޭނާ އެއަވެސް ކަމެއްނުކުރޭ” އައިމިނަ އެއްބަސްވިއެވެ. “ކީކޭ ތި ކިޔަނީ؟” ތަނާގެ މަންމަގެ ހަރުކަށި އަޑުއިވުނެވެ. “ނަތާ އެބައޮއް ޓްރީޓޮޕް ހޮސްޕިޓލުގައި ކާރު އެކްސިޑެންޓެއްވެފައި” އައިމިނަ މިހިސާބަށް ބުނާއިރަށް ނަތާގެ މަންމަ ފޯނު ބޭއްވިއެވެ. ނަތާ ގެ މަންމަ ނިޝާ ހުރީ އޮއްދާ ހިއްލާލާފައެވެ. ބޮލަައްބަރުވެ ހޮޑުލަވާފައެވެ. ޤުރުއާނުގައި އަތްލާ ކޮއްފައިއެވަނީ ދޮގު ހުވާއެކެވެ. މި އަންހެނާގެ ބަސް ޤަބޫލު ކުރެވުނީ އަމެއްލަ ދަރިފުޅުގެ ބަސް ދޮގުކޮއްފައެވެ، ކޮންކަހަލަ މަންމައެއްބާއޭ ހިތައްއެރުމުން މޭގައި އަތްއަޅާ ބާރަށް ރޯންފެށުނެވެ. ނިޝާގެ ހަންދާނަށް އަރަމުންދިޔައީ ނަތާ އޭނާ އަށް ގުޅާފައި މަންމަ ގާތަށް ދިމުމަށް ލާރި ފޮނުވައި ދިނުމަށް އާދޭސް ކުރި އެތަށް ދުވަހެކެވެ. އެކަމަކު ނިޝަާ އެ އަޑު ނާހާ އެނަމެ ފަހުން ނަތާގެ ފޯނު ތަށްވެސް ނެގުން ހުއްޓާލީއެވެ. އަހަރެންގެ ދަރިފުޅު ހާދަ ދެރަވެ ނިކަމެތި ވާނޭ އަމެއްލަ އާއިލާއިން އޭނާއަށް އަޅާނުލާ ދޫކޮއްލުމުން މިހުރިހާ އެއްޗެއް ހިތަށް އެރުމުން ބިމައްތިރިވެ ކަކޫމަތީ އިށީންދެވުނެވެ. އެކަމަކު މިހެން އިންނަން ބޭނުން ނުވުމުން ފިރުކިފައި ކަހަލަ ގޮތަކަށއް ގޮސް ނިދާފައިވާ ފިރިމީހާ ހޭލައްވާލިއެވެ.
” އިޝް! ބާންއަށް އެނގޭ އިޝް ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭކަން. ކުއްޖަކު ދެކެ ލޯބިވެގެން ވެސް ނޫޅޭކަން. އެކަމަކު ބާންއަށް އިޝްދެކެ ވަރަަށް ބޮޑަށް ލޯބިވެވިއްޖެ. ދެން ގޮތް ނިންމާނީ އިޝް! އިޝް ކޮންމެ ގޮތަކަށް ނިންމިއަކަސް ބާން އެކަން ހެޔޮހިތުން ޤަބޫލުކުރާނަން. އެނގޭ މިހާ ކުއްލިގޮތަކަށް ކަންތައްތައް ވީމައި ގޮތެއް ނިންމަން އިޝްއަށް އުނދަގޫވާނެކަންވެސް. އިޝް ބޭނުންވަރަކަށް ބާން، އިޝްއަށް ޓައިމް ދޭނަން. އިޝް ގޮތެއްް ނިންމާފައި އަންގާލާ. ބާންއެއް އިޝްއަކަށް ދެނެއް ނުގުޅާނަން. […]
”އާން މީީ ކަމެއް ނުވޭ….” ޝާމިން ބުނެލިއެވެ. ” ކަމް ވިތު މީ….” ޝާމިންގާތު މޭރީ ބުނެލިއެވެ. ”އޯކޭ” ޝާމިން ބުނުމައްފަހު ރިކޯޑިން ހަދާ ރޫމް އައް ވަދެވެ.”މި ލަވަ އިނގޭތަަ” މޭރީ ސުވާލް ކޮއްލިއެވެ.”ޔާ” ޝާމިން ޖަވާބްދިނެވެ. ”ލެޓުސް ޓުރައި” މޭރީ ބުނެލިއެވެ.”ޔާ”ޝާމިން ޖަވާބް ދިނެވެ. ”ދުލަކުން ހުވާ މި ކުރަނީ އުމުރައް ސަލާމް…. އަލަކުން ދެނެއް ނެތީމޭ ބޭކާރު ވާކައް….” ޝިމާން ނިންމާލިއެވެ.”އޯކޭ… ތިވަރު….” މޭރީ ބުނެލިއެވެ. ”ދެން އޯޯޯޯކޭ ދިޔަޔަސް……އެކަމް މިރޭ……. 8ގަ […]
ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން ދިރިއުޅުން މަތިން ފޫހިވެއްޖޭ ބުނާ ހަނދާން އަދިވެސް އަހަރެން އެބަހުއްޓެވެ. ހަގީގަތުގައި ދިރިއުޅުން މަތިން ފޫހިވުމަކީ ކޮބައިކަން އިހުސާސްމިވަނީ މިހާރުއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނިދުމަކީ އަހަންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މިހުރިހާ ދައްޗަކާ އެކުވެސް ދިރިއުޅެވޭތޯ މަސައްކަތް މިކުރަނީ މަންމަމެންނަށްޓަކައެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް މަސްނޫއީ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިގެންހުރެ ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފްސާއި ކުރަމުން މިދާ […]
“ވަރަށް ރީތިދޯ…” ކެންޓީންގެ ބިއްލޫރިންވާ ބިތާއި އެންމެކައިރި މޭޒުގައި ނައިނާ އިންއިރު ކެންޓީންގެ ބޭރުގައި ހުންނައިރު ނުހަނު ރީއްޗަށް ނައިނާ ފެނެއެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އަައްސާލެވިފައިވާ ފަން އިސްތަށިގަނޑު ދޫކޮށްލައިފައިވާތީ ނައިނާ މާ ތަފާތުކަމަށް ދައްކައެވެ. “އަސްލުވެސް…” ހައިޒަލް ނައިނާއަށް ގެއްލިފައި ހުރެ ޖަވާބުދިނުމާއިއެކު މިކްޔާލް ހޭންފެށިއެވެ. އެއާއިއެކު ހައިޒަލް ކުޑަކޮށް ރަކިވެފައި މިކްޔާލްއަށް ބަލާލިއިރު ދެވަނަ ސިކުންތުގައި ބުމަގޮށްޖަހާލިއެވެ. “މިކް… ދޭ… އަހަރެން އެބަ ދަން…” ނައިނާ އެގޮތަށް ފެނުމުން ޖެއްސުމެއްކޮށްނުލާ ދާކަށް ހައިޒަލްގެ […]
އަހަރެންގެ ސިކުނޑި ތެރޭގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. މި އާއިލާއިން ކޮންެމެސް ކަމެއް އަހަންނަށް އެބަ ސިއްރުކުރެއެވެ. އެއީ އަހަންނަށް ޔަގީންވާ ކަމެކެވެ. ސިޓިން ރޫމަށް ދިޔައިރު ލެޕްޓޮޕް ވަށާލައިފައި ޝިވަމްއާ ޔޫމީގެ އިތުރަށް ސުހެއިލްއާ ކައިލީ ތިއްބެވެ. ސޯފާއަށް ދެފައި ނަގައިގެން ލެޕް ޓޮޕް އުނގަށް ލައިގެން އިނީ ކައިލީއެވެ. ސުހެއިލްއާ ޝިވަމްއާ ބޯ އަރިއަރިކޮށްގެން ލެޕްޓޮޕް ސްކްރީނަން ބަލަން ތިއްބެވެ. ކައިލީއާ ޖެހި ފިތިގެން އެެއް އަތް ކައިލީގެ ކޮނޑު މައްޗަށް ލައިގެން […]
” ވާނޭހެ ދުނިޔޭގައި… ތިޔަފަދަ ފަރި ނަލަ މަލެެއް… ދީވާނަ ކޮށްލީ މަގޭ… ތިޔަ ހިނިތުންވުމޭ… މާޒިވި ލޯބީގެ ރޭރޭ… އެހަނދާންވުމުން… ބޭނުންވަނީ މިއަދުވެސް އެއުފާވެރިކަމޭ… އައިމް ސޯ ސޮރީ މިނޫ… އައިމް ސޮރީ… ” ކާޑުކޮޅުގައިވި ބަސްކޮޅު ކިޔާލުމާއެކު މިންހާއަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭރުު އެދެލޮލަށް ދިޔައީ ތާޒާ ކަރުނަތައް ޖަމާވަމުންނެވެ. ”އަލޫފް… ” ލޮލުން ފޭބި ކަރުނަތިކި އައިސް އެދޮން ކޯތާފަތުގައި ބޮސްދިނުމާއެކު އަތުގައި އޮތް އޯކިޑް މާބޮނޑީގައި ބާރަށް ހިފަހައްޓާލަމުން މިންހާއަށް […]