Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން

ishaadam Level 110 Stories100 Login
March 28, 2019 One Min Read
12 Comments

“ނަތާ”

ތިން މަހާ އަށާރަ ދުވަސް ފަހުން އެއިވުނީ ނަތާގެ ދިރިއުޅުން ފުނޑު ފުނޑު ކޮއްލި މީހާގެ އަޑެވެ. މަގު ހުރަސް ކުރަންހުރި މަތިން ހަންދާންވެސް ނެތުނީ ނަތާގެ ހިތުގެ ހިންގުންއަވަސްވެ ނޭވާލުމަށް ދަތި ވުމުންނެވެ. ނަތާ އުންމީދު ކުރީ ނަތާގެ ފިރިމީހާގެ އަޑު މި އިވުނީ އެއީ ނަތާ އަށް ކުރެވުނު ކުއްހީ އެއްކަމުގައެވެ.

ކޮންމެސް މީހަކު ނަތާގެ ގައިގައި ބާރަށް ޖެހިގަތްކަންއިންގޭ ވަރުވިއެވެ. އެކަމަކު އޭރު ނަތާގެ މުޅި ހަށިގަނޑު ބާރަށް ތުރުތުރު އަޅާއެވެ. މަޑުމަޑުން  ނަތާ އެންބުރިލީ އަޑުއިވުނު ދިމާލަށެވެ. ވައިގަދަވުމުން ނަތާގެ ބުރުގާ އާއި ހެދި އެމީހަކު ފެނުންލަސް ވަމުންދިއުމުން ނަތާގެ ހިތަށް ބިތިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭނާ ފެނުމުން ނަތާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭރަ އޭނާ ހަޅޭލަވަމުން ނަތާ އާއި ދިމާލައް ދުވެފައި އަންނަނީއެވެ.

ނަތާ ހަނދާން ހުރި ގޮތަށް ކުރިމަތިން ފެންނަން ހުރީ ނަތާގެ ފިރިމީހާއެވެ. އެކަމަކު މިހާރު މާ ބޮޑަށް ހިކި އަނަރޫފަ ވުމާއިއެވު ބޮލުގެ އަސްތަށިގަނޑު ދިގުވެ ތުންބުޅިވެސްވަނީ އަޅާނުލާ ދޫކޮއްލެވިފައެވެ. ނަތާ އަށް ބަނޑުގައި އަތްއަޅާލެވުނީ ހިމާޔަތް ކޮއްލުމުގެ ގޮތުންނެވެ. އަދި ފަސްފަހަތަށް ޖެހެންފެށުނީ އިޙްތިޔާރުން ބޭރުގައެވެ. ދެން އިވިގެންދިޔައީ ބަޔަކު ހަޅޭއްލަވާ އަޑުތަކެވެ. ނަތާގެ ފިރިމީހާވެސް ވަރަށް ބާރަށް ގޮވީ “ނަތާ ދުރަށްޖެހޭ ފަހަށް ނުޖެހޭ” ނަތާ މި ބަސްތަށް ހަޖަމު ކުރަންމަސައްކަތް ކުރަމުން ކަނާތް ފަރާތަށް ބަލާލިއިރު ލޯމެރުނީ ވަރަށް ކައިރިން ނަތާގެ ގައިގަިޖެހުނުި ކާރުގެ ބޮކީގެއަލިންނެވެ.

އާމިރު ދުވެފައި ހޮސްޕިޓަލް އަށް ވަދެގެން އެދިޔައީ ނަތާގެ ހަށިގަނޑު މެޔާ ބޮންޑި ކޮއްލައިގެންނެވެ. ނަތާގެ ގައިގައި ޖެއްސި ކާރުވަނީ ސިފައިން އަތުލާފައެވެ. އާމިރުގެ ހުދު ޓީޝާޓު ވަނީ ކަޅު ލެއިން ފޯވެފައެވެ. މި ލެޔަކީ ކިތަށްމެ ފަހަރަކު ނަތާގެ ގައިން އާމިރަށް ފެނިފައިވާ އެއްޗެކެވެ. އެކަމަކު މި އަސަރު މިކުރީ އަދި އަލަށެވެ.

“ޑޮކްޓަރ އެހީއެއްވެދީ” އާމިރުގެ ބާރު އަޑު ހޮސްޕިޓަލްގެ ލޮބީ ގުގުމާލިއެވެ. އެކި ދިމަ ދިމާާލުން ޑޮކްޓަރުންތަކާ ނަރުހުންތަށް ނުކުމެކެން އަންނަންފަށައިފިއެވެ. ވަރަށް އަވަހައް އެނދެއްނެރެ ނަތާ އެޔައްލައިގެން އަވަސްފަރުވާދޭ ކޮޓަރި އަށް ގެންދިއުމައް ދުއްވާލައިފިއެވެ. ދޮރާއި ކައިރިވުމުން ޑޮކްޓަރ   އާމިރު ހުއްޓުވިއެވެ. ” އެއްވެސް މީހަކު މިތަނައް ނުވެއްދޭނެ” މިކަމާ އާމިރުއައީ އަމަށަކު ރުޅިއެއަނޫނެވެ. “ކާކުތީ މަށައްގޮތް ކިޔާދޭން، މަށަކީ ކާކުކަން އިންގޭތަ؟”

ތީ ކޮންމެ ބޭފުޅެއްވިޔަސް އަޅުގަނޑު މެނަށް ފުރާނައެއް ސަލާމަތް ކުރުމުގައި އެހީ އެއްވެދެއްވާ، ބޭރުގައި މަޑުކުރައްވާ” ޑޮކްޓަރ މިހެންބުނުމުން އާމިރު ކުޑަކޮއް ހަމަޖެހި ތަންދެއްކިއެވެ. ނަރުހުންތަށް އަވަސް އަވަހަށް އެނދު އަވަސް ފަރުވާއަށް ވެއްދިއެވެ. މީ އާމިރުގެ ހަޔާރުގައި އަލަށް ނަތާ އަށް ޓަކައި ބިރުގަތް ފަހަރެވެ. މީގެ ކުރިން ނަތާ ކިތަށްމެ އާދޭސް ކުރިޔަސް ހަޅޭ ލެވިޔަސް ލޭ އަޔަސް ހިތައް އެއްވެސް އެއްޗެއްނާރައެވެ.

އާމިރުގެ ކޮންޑުގައި މީހަކު ޖަހާލުމުން ސިހިފައި އާމިރު ބަލާލި އިރު ކައިރީގައި ހުރީ ނަރުހެކެވެ. ” މީ ފޯމްފުރާލަ ދެއްވާފައި ކަނުންޓަރާ ހަވާލުކޮއްދެއްވާ އޭރުން އަޅުގަނޑު މެނަށް ފަރުވާ ފެށޭނީ” ނަރުސް މިހެން ބުނުމުން އާމިރު އަވަހަށް އެ ފޯމު ހިފައިގެން ކައުންޓަރަށް ހިންގައިގަތެވެ. ފޯމު ހަވާލު ކުރުމަށްފަހު އާމިރު އައިސް އަވަސް ފަރުވާ ކޮޓަރި ކައިރީ މަޑުކޮއްލިއެވެ.

ގަޑިއެއްހާއިރު މަޑުކުރި ފަހުން އާމިރު ގެ ހަނދާނަށް ދެ ފަރާތުގެ އާއިލާ އައެވެ. ނަތާ އަށް ވީ ގޮތް ކިޔާދޭނީ ކިހިނެއްބާއެވެ. ނަތާގެ އާއިލާ އަންނަން ޖޭހޭނީ ލަންކާއިންނެވެ، ނަތާގެ މަންމަމެން ދިރި އުޅުނީ ލަންކާގައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އާމިރު ގުޅާލީ އާމިރުގެ ގެއަށެވެ. ފޫހިރާގަކަށް އާމިރުގެ ކޮއްކޮ އަލީ ކީކޭހޭ އަހާލިއެވެ. “މަންމަ ކޮބާ؟” އާމިރު ސުވާލު ކުރިއެވެ. “ކިހިނެއްވީ” އަލީ އަހާލީ ހާސްވެފައެވެ. ” މަންމަ އަތަށް ތި ފޯނު ދީބަލަ” އާމިރު ހަޅޭއްލަވައިގަތެވެ. ” މަންމާ ކޮންމެސް ކަމެއްވެއްޖެ” އަލީ ފޯނު ދެމުން ބުނެލިއެވެ.

“ދަރިފުޅާ ކިހިނެއްވީ؟” އާމިރުގެ މަންމަ ސުވާލު ކުރީހާސްވެފަހުރެއެވެ. “މަންމާ އަހަންނަށް އޭނަ ފެނިއްޖެ” އާމިރު މިހެންބުނިއިރު ހުރީ މާނޭވާ ލެވިފައެވެ. އާމިރު މިހެން ބުނުމުން އާމިރުގެ މަންމަ އައިމިނަ ގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. “ކޮންތާކު ތިހުރީ؟މަންމަ ވާހަކަ ދައްކަންބޭނުން، މާފަށް އެދެންބޭނުން، އޭނާ މިގެޔައްގެނޭ”

“މިހިރީ ހޮސްޕިޓަލުގަ” އާމިރުގެ މި ޖުމްލަ އާއި އެކު އައިމިނަ އަށް ހުއްޓުންއެރިއެވެ. ކުޑަ އިރު ކޮޅަކު މަސައްކަތް ކުރުމުން އަޑު ނުކުމެއްޖެއެވެ. “ކިހިނެއްވީ” “މަންމާ އެއީ ނަތާ، ނަތާ ވަނީ ޒަހަމްވެފައި” އާމިރުގެ ވާހަކަ މެދުކަންޑާލީ މަންމަގެ ބާރު އަޑުންނެވެ. ” ކަލޭ ކީއްކުރީ މިހިރަ ނުލަފާ ފިރިހެނާ” އައިމިނަ މިހެންބުނި އިރު އައިމިނަ އަކީވެސް ނަތާގެ ކުއްވެރިއެވެ. “ކާރު އެކްސިޑެންޓެއް މަންމާ” އާމިރު ބުނެލީ އުންދަގުލުންނެވެ. “ދަރިފުޅާ މަންމަ އަށް މާފުކުރޭ” އައިމިނަ ގެ ރާގު ވަގުތުން ބަދަލުވިއެވެ.

“އަޅާ ނުލާ މަންމާ، ނަތާ ގެ އާއިލާ އިންފޯނު ނަގަންދެކަށް ގުޅާލަދީ އަދި ޓްރީޓޮޕް ހޮސްޕިޓަލް އަށް އައުމަށް ބުނެލާދީ” މިހެން ބުނުމަށް ފަހު އާމިރު ފޯނު ކަންޑާލިއެވެ. ކުޑައިރު ކޮޅަކު ޤަބޫލު ކުރަންދަތިވެފައި އައިމިނަ އަށް ފޯނަށް ބަލަންއިންދެވުނެވެ. އެއަށް ފަހު އަވަހަށް ގުޅަންފެށިއެވެ. 45 ވަނަރިންގާއި އެކު މީހަކު ފޯނުނެގިއެވެ. އައިމިނަގެ އަންގައިން އެއްވެސް ބަހެއް ނުނިކުމެގެން އުޅުނިކޮއް އަޑުއިވުނީ ނަތާގެ މަންމަގެ ހަރުކަށި  އަޑެވެ. “ކިތަށް ފަހަރު އަހަރެން ބުނާނީ އަހަންނަށް ނުގުޅާށޭ؟ ކަލެޔަށް ހައްގު ތި ލިބޭ ހުރިހާ އަނިޔާއެއްވެސް. ތި ގޭ މީހުންބޭނުންގޮތަކަށް ކަލެޔަށް ކަންތަށް ކުރުމުގެ ފުރިހަމަ އިޙްތިޔާރު އަހަރެން އޮންނާނީދީފަ، އަހަރެން ކަލެޔާއެކީ އޮތް ހުރިހާ ގުޅުމެއް ކަންޑާލައިފިން. ނިކަން ބުނެބަލަ އަހަރެންގެ ތަރުބިއްޔަތުގައި ކޮން ކަމެއްއުނިވެފައި އޮތީ؟ އަހަރެމެންނަށް ލިބުނު އެއަޗެއްދީގެން ކަލޭ ބޮޑުކުރީ’ ޖަވާބުދީބަލަ މިހިރަ ހަޔާތްކުޑަ” މިހިސާބަށް ވާހަކަދިޔަތަނާ އައިމިނަ ވާހަކަފެށިއެވެ. ” އައްސަލާމު އަލައިކުމް” ކުޑަ މަޑުޖެހުމަކަށް ފަހު ނަތާގެ މަންމަގެ އަޑުއިވުނެ ” އައިމިނާ” “އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން ، އަހަންނަށް މާފު ކޮއްދީ އާދޭސްކުރަން” އައިމިނައަށް ރުވުނީ ގިސްލާފައެވެ. ދަރިޔަކަށް ޓަކާ މަންމައެއްގެ ހިތުގައި މިފަދަ ނަފްރަތެށް އުފެދުމުގައި އައިމިނަ ވަނީ ބައިވެރިވެފައެވެ.

“އެއީ ހުސްދޮގު، އޮޅިފައިވީ ކަމެއް. އެއްވެސް ކަމެއް އެއީތެދެއްނޫން، އެވާހަކަ ފެތުރީ އަހަރެން، އޭނަ އުޅުނީ އަހަރެންގެ ދަރިފުޅު އަހަރެންގެ ކިބައިން ދުރު ކުރުވަން، އޭނާ އެއަވެސް ކަމެއްނުކުރޭ” އައިމިނަ އެއްބަސްވިއެވެ. “ކީކޭ ތި ކިޔަނީ؟” ތަނާގެ މަންމަގެ ހަރުކަށި އަޑުއިވުނެވެ. “ނަތާ އެބައޮއް ޓްރީޓޮޕް ހޮސްޕިޓލުގައި ކާރު އެކްސިޑެންޓެއްވެފައި” އައިމިނަ މިހިސާބަށް ބުނާއިރަށް ނަތާގެ މަންމަ ފޯނު ބޭއްވިއެވެ. ނަތާ ގެ މަންމަ ނިޝާ ހުރީ އޮއްދާ ހިއްލާލާފައެވެ. ބޮލަައްބަރުވެ ހޮޑުލަވާފައެވެ. ޤުރުއާނުގައި އަތްލާ ކޮއްފައިއެވަނީ ދޮގު ހުވާއެކެވެ. މި އަންހެނާގެ ބަސް ޤަބޫލު ކުރެވުނީ އަމެއްލަ ދަރިފުޅުގެ ބަސް ދޮގުކޮއްފައެވެ، ކޮންކަހަލަ މަންމައެއްބާއޭ ހިތައްއެރުމުން މޭގައި އަތްއަޅާ ބާރަށް ރޯންފެށުނެވެ. ނިޝާގެ ހަންދާނަށް އަރަމުންދިޔައީ ނަތާ އޭނާ އަށް ގުޅާފައި މަންމަ ގާތަށް ދިމުމަށް ލާރި ފޮނުވައި ދިނުމަށް އާދޭސް ކުރި އެތަށް ދުވަހެކެވެ. އެކަމަކު ނިޝަާ އެ އަޑު ނާހާ އެނަމެ ފަހުން ނަތާގެ ފޯނު ތަށްވެސް ނެގުން ހުއްޓާލީއެވެ. އަހަރެންގެ ދަރިފުޅު ހާދަ ދެރަވެ ނިކަމެތި ވާނޭ އަމެއްލަ އާއިލާއިން އޭނާއަށް އަޅާނުލާ ދޫކޮއްލުމުން މިހުރިހާ އެއްޗެއް ހިތަށް އެރުމުން ބިމައްތިރިވެ ކަކޫމަތީ އިށީންދެވުނެވެ. އެކަމަކު މިހެން އިންނަން ބޭނުން ނުވުމުން ފިރުކިފައި ކަހަލަ ގޮތަކަށއް ގޮސް ނިދާފައިވާ ފިރިމީހާ ހޭލައްވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (16 ވަނަ ބައި)

Next

ސިޙުރީ ފާލަން

Next
March 28, 2019

ސިޙުރީ ފާލަން

Previews
March 28, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (16 ވަނަ ބައި)

12 Comments!

  1. jiji says:
    March 28, 2019 at 7:42 pm

    Mistakes eba huri. .bt gud luck for ur nxt shrt stry???

    1. jiji says:
      March 29, 2019 at 9:28 am

      Alhe if mi stry nunimey kamah vangnaa avahah next part up kohdheeba..???❤

    2. jiji says:
      March 29, 2019 at 9:29 am

      Assu neyguny nunimey jahaafa inyma?

  2. Mary says:
    March 28, 2019 at 9:11 pm

    Mi alhe koachehtha? Kudakuhjakutha mi story liyany ????chi ithurah nuliyuniyyaa rangalhuwaane????

    1. Avlyn says:
      March 29, 2019 at 2:28 pm

      Aslu comment kuraairu visnanvaane ehen myhunge ihsaasthakah….. Thiah vure reethi bahun ves comment kurevidhaane….. Vaahaka vvvv reethi…. Dhen hamaekani baeh mistakes hurikan… Ey massala ehnoon… Mistakes in dhasvaany…. So keep it up… Ishaadam…. Lots of love ❤️❤️❤️❤️??

  3. Lily says:
    March 28, 2019 at 9:19 pm

    Ebunaahen mee koacheh thankolheh harudhanaakon liyebala

  4. Shaa says:
    March 29, 2019 at 8:10 am

    Ekemeehune hunane eke hunaru mary ehen veeru kerefaa leyane veenu vaahakaye

  5. Shaa says:
    March 29, 2019 at 8:13 am

    Eythoge ishaadam vaahaka reethi kone iraku nrxt part. Small mistake huree ey okay vaane good luck you can do it dear ???????

  6. Shafoo says:
    March 29, 2019 at 9:07 am

    Vaanuvaa ingeynee next part in hen heevanee.. waiting for next part.. nice keep it up..

  7. ishaadam says:
    March 29, 2019 at 2:38 pm

    varah bodah maaf kohdhehvaa. in sha Allah dhen anna baiga mistakes madhu kuraanan. kiyun therin dhen anna bayah inthizaaru kohlahvaa. shukuriyya huriha kudhinnah

  8. Shala says:
    March 29, 2019 at 11:57 pm

    Its okay… there are no perfect human beings…. i liked it ☺☺☺☺

  9. Laalu says:
    March 31, 2019 at 7:57 am

    Pic ehaa ehaa ehnoon loabiyge vaahaka akaa match eh nuvey… Eyge zaathugaa pic v nice story aa nugulheni…. ?

Comments are closed.

Next Episodeހިތި ހަނދާން 2←


All Right Reserved!