ވިންދޭ ލޯބި ތީ އެދޭ 40
” ވާނޭހެ ދުނިޔޭގައި… ތިޔަފަދަ ފަރި ނަލަ މަލެެއް… ދީވާނަ ކޮށްލީ މަގޭ… ތިޔަ ހިނިތުންވުމޭ… މާޒިވި ލޯބީގެ ރޭރޭ… އެހަނދާންވުމުން… ބޭނުންވަނީ މިއަދުވެސް އެއުފާވެރިކަމޭ… އައިމް ސޯ ސޮރީ މިނޫ… އައިމް ސޮރީ… ” ކާޑުކޮޅުގައިވި ބަސްކޮޅު ކިޔާލުމާއެކު މިންހާއަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭރުު އެދެލޮލަށް ދިޔައީ ތާޒާ ކަރުނަތައް ޖަމާވަމުންނެވެ. ”އަލޫފް… ” ލޮލުން ފޭބި ކަރުނަތިކި އައިސް އެދޮން ކޯތާފަތުގައި ބޮސްދިނުމާއެކު އަތުގައި އޮތް އޯކިޑް މާބޮނޑީގައި ބާރަށް ހިފަހައްޓާލަމުން މިންހާއަށް އަލޫފްގެ ނަން ކިޔާލެވުނެވެ. އޭރު އޭނަގެ ހިތާއި ސިކުނޑި ފުރިފައިވަނީ އަލޫފްގެ އެކި ޚިޔާލުތަކުންނެވެ. އޭރުވެސް ހުއްޓުމެއްނެތި އެރީތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ހިނދުކޮޅަކު އެހެން ހުރުމަށްފަހު ކަރުނަތައް އަތުގެ ނުފުށުން ފޮހެލާ ހޮސްޕިޓަލުން ނުކުތުމަށް މިންހާ ހިނގަައިގަތެވެ. ” އަލޫފް… ” ކާރުގެ ދޮރުފަތް ހުޅުވާލަން ދޮރުފަތުގައި އަތްލި އަލޫފްގެ ހަރަކާތްތައް މަޑުޖެހުނީ އޭނަގެ ފަހަތުން އިވުނު މިންހާގެ އަޑުންނެވެ. ކާރުގެ ބިއްލޫރި ގަނޑަށް ނަޒަރު ހުއްޓާލުމާއެކު އޭނަ ދިން އޯކިޑް މާބޮނޑި ހިފައިގެން ތަންކޮޅެއް ފަހަތުގައި ހުރި މިންހާ ފެނުނެވެ. އަލޫފް ފަސްއެނބުރި ބަލައިލިއެވެ. އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާގެ މޫނު މަތީގައިވި އަސަރުތައް ދެނެގަތުމަށް އަލޫފް ނުކުޅެދުނެވެ. ”މިނޫ…” އަލޫފްއަށް މަޑުމައިތިރިކަމާއެކު މިންހާއަށް ގޮވާލެވުނެވެ. މިންހާ އައިސް އަލޫފްގެ ކުރިމަތީގައި ހުއްޓި އޭނަގެ އަތުގައި އޮތް އޯކިޑް މާބޮނޑި އަލޫފްގެ ކާރު މަތީގައި ބޭއްވުމަށްފަހު އެއްވެސް އަސަރެއްނެތް ގޮތަކަށް އަލޫފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” މިނޫ… ތީ އަހަރެން މިނޫއަށް ދިން މާބޮނޑިއެކޭ… ކީއްވެ އެތައި ތިބޭއްވީ… ” މިންހާގެ ހަރަކާތްތަކުން ހައިރާންވެފައި ހުރެ އަލޫފް ވާހަކަ ދެއްކިއެވެ. ދެންވެސް މިންހާ އެއްވެސް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ” އައިމް ސޮރީ މިނޫ… އައިމް ރިއަލީ ވެރީ ސޮރީ ފޯ ހާޓިން ޔޫ… އަލޫފް އަސަރާއެކު ބުނެލިއެވެ. އެދެލޮލުގައިވި އަސަރަކުން މިންހާގެ ހިތަށް އެނގުންވެލައިގެން ދިޔައެވެ. ” އައި ޑޯންޓް ވޯންޓް ޔުއާ އެޕޮލޮޖީ… އެމާބޮނޑިއެއްވެސް ބޭނުމެއްނޫން… ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… ” ހިތަށް އަސަރުކުރި ނަމަވެސް އަމިއްލަ ހިތަށް ބާާރުފޯރުވުމުގައި ކާމިޔާބު ހޯދަމުން ކޮންމެވެސް ވަރެއްގެ ނުރުހުންތެެރިކަމަކާއެކު މިންހާ ވާހަކަ ދެއްކިއެވެ. އަދި އަލޫފްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި މިންހާ ދާން ހިނގައިގަތެވެ.
އަލޫފްއަށް ފަސްދީފައި ދާން ހިނގައިގަތް މިންހާގެ ހިނގުން ހުއްޓުނީ އަލޫފް އޭނަގެ އަތުގައި ހިފުމުންނެވެ. މިންހާ ނުރުހުންތެރިކަން އެކުލެވިފައިި މޫނަކާއެކު ފަސްއެނބުރި ބަލައިލާ އަލޫފްގެ އަތް ފޮޅުވާލިއެވެ. ” ޑޯންޓް ޓަޗް މީ… އަހަރެން އަލޫފްގެ އެޕޮލޮޖީއެއްވެސް އަދި މާބޮނޑިއެއްވެސް ބޭނުމެއްނޫން… އަލޫފްގެ ވާހަކަތައް އަޑުއަހާކަށްވެސް ބޭނުމެއްނޫން… މީއަހަރެންގެ ވޯކް ޕްލޭސް… ސޯ ޕްލީޒް… ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… ޑޯންޓް ޓްރައި ޓު ކްރިއޭޓް އަ ސީން… ގޮޓް އިޓް… ” ރުޅިވެރިކަމާއެކު މިންހާ އެހެން ބުނެ ހިނގައިގަތެވެ. އަލޫފް ދެތިން ފަހަރު ގޮވާލުމުންވެސް މިންހާ ފަސްއެނބުރި ބަލައިވެސް ނުލިއެވެ. ” ޑޭމް އިޓް… ” މިންހާގެ ނަފްރަތުން ފުރިގެންވީ ބެލުމާއި އެބަސްތައް އަޑުއިވުމާއެކު އޭނަގެ ނަފްސަށްވެެރިވި އުދަނގުލާއެކު އަލޫފްއަށް ކާރުގައި އޭނަގެ ފައިން ޖަހާލަމުން ބުނެލެވުނެވެ. މިންހާގެ އެދުރުކަމުން އޭނަގެ ހިތަށް އަސަރުކޮށްފައިވުމާއެކު އެހުރިހާ އިހުސާސެއް އެކުވުމުން އަލޫފްއަށް ރުޅިވެރިކަން އިސްކުރެވުނެވެ. އައިސްފައި ހުރި ރުޅީގައި އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އަލޫފް ކާރަށް އަރައި ދުއްވާލިއެވެ. ކާރުވެސް އޭނައަށް ދުއްވެމުން ދިޔައީ އާއްމުކޮށް އޭނަ ދުއްވާވަރަށްވުރެ ބާރަށެވެ. ކާރު ދުއްވަން އިންއިރުވެސް އަލޫފްގެ ކަންފަތް ދޮށުގައި ދިޔައީ މިންހާގެ ނަފްރަތުގެ ބަސްތައް ގުގުމަމުންނެވެ. އެބަސްތަކުން އޭނަގެ ހިތަށް ވަމުން ދިޔަ އުނދަގުލުން އަލޫފްއަށް ކުއްލިއަކަށް ކާރު ހުއްޓާލާ ހުންގާނުގައި އަތުން ބާރަށް ޖަހާލެވުނެވެ. އޭނާއަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. މިންހާގެ އެނަފްރަތު އޭނައަށް ހައްގޭ އަލޫފްގެ ހިތް ބުނެލިއެވެ. މިންހާގެ ހިތަށް އެތައް އަނިޔާއެއް އޭނަ ދީފައިވާާއިރު އެހިތުގައި މިހާރު ކުރިން އޭނައަށްޓަކައި އޮތް ސާފު ތެދުވެރި ލޯބި ނޯންނާނެކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަލޫފް ފުން ނޭވައެއް ދޫކޮށްލާ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އެއަށްފަހު އާދައިގެ ސްޕީޑެއްގައި ކާރު ދުއްވާލިއެވެ. އޭރުވެސް އޭނަގެ ހިތާއި ސިކުނޑިން މިންހާގެ ޚިޔާލުތަކެެއް ނުދެއެވެ. ކޮންމެ ގޮތެެއް ހަދައިގެން ނަމަވެސް މިންހާގެ މަޢާފު ހޯދުމަށް އަލޫފް އަޒުމް ކަނޑައެޅިއެވެ. އޭނަގެ ހިތާއި ނަފްސަށް ހަމަޖެހުން ލިބޭނީ އޭރުންނެވެ.
ލިފްޓުން ފޭބި މިންހާ އަވަސް ހިނގުމެއްގައި ގޮސް އޭނަގެ ކެބިންއަށް ވަނެވެ. ރިސެޕްޝަން ކައިރީ މަޑުކޮށްލައިގެން ހުރި އިއާންއަށް މިންހާގެ މޫނު މަތީގެ ކުލަވަރު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ވީގޮތެއް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އިއާންއަކަށް ދާކަށް ނުކެރުނެވެ. އެހެންކަމުން އިއާން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. މިންހާ ގޮސް ކެބިންއަށް ވަދެ އެއްފަރާތުގައި ހުރި ގަދަ ޗޮކްލެޓް ކުލައިގެ ސޯފާގަައި އިށީނެވެ. އަލޫފްގެ އަމަލުތައް ހުރި ގޮތުން އޭނަ ހުރީ ހާސްވެފައެވެ. އެދެލޮލުން ފެންނަމުންދިޔަ އަސަރުތަކުން ބައެއް ފަހަރު މިންހާގެ ހިތް މަޑު ކަފަކޮޅަކަށް ހަދާލައެވެ. އެހެނަސް އޭނަގެ މަސައްކަތުން މިންހާ އޭނަގެ އަމިއްލަ ނަފްސަށް ބާރު ފޯރުވާ އަލޫފްއަށް ފުރަގަސްދިނީއެވެ. ދެވަނަ ފަހަރަށް އަލޫފްގެ ލޯބީގެ އަވައިގައި ޖެހި އަލޫފްއަށް އިތުބާރު ކުރުމަކަށް މިންހާގެ ޒަމީރު އެއްބަހެެއްނުވިއެވެ. އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރެމުން ދިޔައިރު މިންހާއަށް ބާރަށް ސޯފާގައި ހިފަހައްޓާލަމުން ދެލޯ މަރާލެވުނެވެ. ސިކުންތުކޮޅެެއް އެގޮތުގައި ހޭދަވެގެން ދިޔުމަށްފަހު ދެލޯ ހުޅުވާލާ ފުން ނޭވައެއް ދޫކޮށްލިއެވެ. ސޯފާއިން ތެދުވެގެން ގޮސް އޭނައަށް ޚާއްސަކުރެވިފައި ގޮނޑީގައި އިށީންދެ މޭޒު މަތީގައި އިން ކުޑަ ފެންފުޅިން މިންހާ ފެން ފޮދެއް ބޯލާ ހަމަޖެހިލިއެވެ. ސިކުނޑީގައިވި އެހެން ހުރިހާ ޚިޔާލުތަކެެއް އެއްފަރާތްކޮށްލާ މިންހާ އޭނަގެ ޑިއުޓީ އާއިގެން ކުރިއަށް ދިޔައެވެ.
ނާއިލް އޭނަގެ ކެބިންގައި ލެޕްޓޮޕުން މަސައްކަތެއް ކުރުމަށް އިނެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލުމާއެކު ނާއިލް އެތެރެއަށް ވަނުމަށް އެދުނެވެ. ފައިލެެއް ހިފައިގެން އެތެރެއަށް ވަން ނައުޝާދު ފެނި ނާއިލް އޭނަގެ ބޮލުގައި އަތް ހިންގާލިއެވެ. ”ކިހިނެއްވީ… ހާދަ ވައްތަރަކަށް ތިއިނީ… ” ނާއިލްގެ މޫނު މަތީގެ ކުލަވަރު ފެނި ހިނި އައިނަމަވެސް ހިނގަނޑު ހިންދާލަމުން ނައުޝާދު އަހާލިއެވެ. ” ކަމެއް ނުވޭ… ވައްތަރަކަށްތަ މިއިނީ… ” ހަމަޖެހެން މަސައްކަތް ކުރަމުން ނާއިލް ބުނެލިއެވެ. ” މިއަދު ދެމީހުން ވޮޝްރޫމް ތެރޭގަ ކީއްކުރީއޯ… ” ގޮނޑީގައި އިށީންނަމުން ނައުޝާދު އަހާލިއެވެ. އެއާއެކު ނާއިލްގެ މޫނު މައްޗަށް އެރި ކުލަވަރު ފެނި ނައުޝާދުގެ ތުންފަތަށް ލާނެެއް ހިނިތުންވުމެެއްވެރިވިއެވެ. ” އެއީ އެއްވެސް ކަމެއް ނުކުރަން… ” ސިކުނޑިއަށް އެންމެ އަވަހަށް ޖަވާބު ނާއިލް ދިނެވެ. ”އެއްވެސް ކަމެެއް ނުކޮށް އެހުރިހާ އިރު ވޮޝްރޫމް ތެރޭގަ ހަމަ ތިބީ… އައި ކާންޓް ބިލީވް އިޓް… ހެހެހެ…” ނައުޝާދު ހިނިގަނޑަކާއެކު ބުނެލިއެވެ. ނާއިލް އެއްޗެކޭ ބުނަން އުޅެނިކޮށް ކެބިންގެ ދޮރުގައި ޓަކި ދިން އަޑުއިވުނެވެ. އެތެރެއިން ވަންނާށޭ ބުނުމާއެކު ބޭރުގައި ހުރި އަޝްރާ އެެތެރެއަށް ވަނެވެ. އޭނަ އަތުގައިވެސް ފައިލެއް އޮތެވެ. އެތެރެއަށް ވަން އަޝްރާ ފެނި ކަންތަކާ ޖެހުނީއޭ ހިތާ ނާއިލްއަށް އޭނަގެ ނިއްކުރީގައި އަތް ހިންގާލެވުނެވެ. އެތެރެއަށް ވަން އަޝްރާއަށް ގޮނޑީގައި އިން ނައުޝާދު ފެނި ހުއްޓެވުނެވެ. އަޝްރާ ހިތާހިތުން މިވަގުތު ނާދެވުނުނަމައޭ ހިތަށް އެރިއެވެ.
” އާދޭ އާދޭ އަޝޫ… އަޝްރާވެސް ހުރެގެން މިވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ ނައުޝާދު ބުނެލިއެވެ. އަޝްރާ ނުތަނަވަސްވެފައި ހުރެ ކުރިއަށް ހިނގައިގަތެވެ. ” ހޫމް.. ވޮޝްރޫމުގަ ކީއްކުރީ މިއަދު ދެމީހުން… ” އަޝްރާ އައިސް ނާއިލްގެ މޭޒު ކައިރި ހުއްޓުމާއެކު ނައުޝާދު އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ. ނައުޝާދުގެ އެސުވާލާއެކު އަޝްރާ ބަލައިލީ ނާއިލްއަށެވެ. ” މިއަޝްރާ އާހެދި ވޮޝްރޫމަށް ދާން ޖެހުނީ… އަޝްރާ އަތުން ޖެހިފަ ކޮފީ ވެރުނީ ގަމީހުގެ އަތަށް… އެކަމާހެދި ދާންޖެހުނީ އެތަން ސާފުކުރަން… ” ނާއިލް އަވަސް އަވަހަށް ބުނެލިއެވެ. ނާއިލްގެ ޖަވާބުން އަޝްރާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” އެހެންތަ… އަހަރެން ގާތު ނާއިލް ދޯ ބުނީ ސާފުކޮށްދެން ޖެހޭނީ އަހަންނޭ… އަހަރެން އިސްވެ ނުބުނަން ސާފުކޮށްދޭނަމެކޭ… އެހެންވީމަ ނާއިލްގެ ކަންތައް… އަހަރެން ގަސްތަކުނޫނޭ ކޮފީ މަގު ވަރާލީ… އަތުން ޖެހިފަ ވެރުނީ… އެކަމަށް ސޮރީ ބުނިންދޯ ކުރިން… ” ދެބުމަ ގޮށްޖަހާލާ އުނަގަނޑުގައި ދެއަތް އަޅުވާލައިގެން ހުރެ އަޝްރާ ބުނެލިއެވެ. ” އަޝްރާގެ އަތުންދޯ ކޮފީ މަގު ވެރުނީ… ސޯ އިޓްސް ޔުއާ ޕްރޮބްލެމް… ” ނާއިލްވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. ”އަމިއްލައަށް ގޮސް ސާފުކުރިނަމަކަ މިހެނެެއްނުވީ ހެެއްނު… ” އަޝްރާ ބުނެލިއެވެ. ” ސްޓޮޕް… އިނަފް އިނަފް… އެވަރު ކަމަކާ ހާދަވަރަކަށް ތި ދެބަސްވަނީ… ސޯ މަޗް އާގިއުމެންޓްސް… އައިމް ޝުއާ… ތިވަރަށް ރުޅި އައިސް ދެބަސްވަންޏާ އަދި ދެމީހުނަށް ލޯބިވެވޭނެ… ކޮންޓިނިއު ދަ އާގިއުމެންޓްސް… އައިމް ގޮއިން… ” ނައުޝާދު މިހެން ބުނެ ނާއިލްގެ ކެބިންއިން ނިކުތެވެ. އަޝްރާވެސް ލޯ އަޅާލާފައި ކެބިން އިން ނިކުތެވެ. ނާއިލް ފުން ނޭވައެެއް ދޫކޮށްލާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނަގެ ގޮނޑީގައި އިށީނެވެ.
ޑިއުޓީ ނިންމާލުމަށްފަހު މިންހާ މާހިލްއާއެކު ގެއަށް ދިޔައެވެ. މިއަދު މާބުރަ ދުވަހަކަށް ވުމުންނާއި ކަންތައް ވީގޮތުން އޭނަގެ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. ހަށިގަނޑަށް ވަނީ ވަރުބަލިކަން ވެރިވެފައެވެ. ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން މިންހާ އަޞްރު ނަމާދުކޮށްލިއެވެ. ނަމާދުކޮށްލައިގެން އަރާމުކުރުމަށް އޮށޯތުމާއެކު މާގިނައިރެއްނުވެ މިންހާގެ ލޮލަށް ނިދި ސަވާރުވިއެވެ. ޑިއުޓީއިން އައިސް ނިދި ގޮތަށް މިންހާއަށް ހޭލެވުނީ ހަވީރު ހައެއްވެސް ޖެހިފަހުންނެވެ. ނަމާދު ވަގުތު ޖެހެންވާއިރަށް އަވަހަށް ތެދުވެ މިންހާ ފެންވަރާ ތާޒާވެލިއެވެ. އޭނާ ކޮޓަރިން ނިކުތީ ނަމާދުވެސް ކޮށްގެންނެވެ. ” ދަރިފުޅާ… ހިނގާ ސައިބޯން… މަންމަ މިއިނީ ދަރިފުޅާއެކު ސައިބޯންވެގެން… އެހެން އެންމެން ސައިބޮއެފި… ” ސިޑިން ފޭބި މިންހާ ފެނި ސިޓިންރޫމުގައި އިން އޭނަގެ މަންމަ ނާހިދާ ބުނެލިއެވެ. ހިނިތުންވުމެއް ހަދިޔާކުރަމުން މިންހާ އޭނަގެ މަންމަގެ ފަހަތުން ގޮސް ކާކޮޓަރި ވަނެވެ. ” ދޮންތީ… މަންކޮއަށް މިފިލާވަޅު ހަދަން ބުނެދީބާ… ” ސައިބޮއެގެން އައިސް ސިޓިން ރޫމުގެ ސޯފާގައި އިށީންތަނާ ފޮތަކާއި ފަންސޫރެއް ހިފައިގެން އައިސް މަންހާ ބުނެލިއެވެ. ” ހަމަ ދޮންތިއާއެކީ ނޫނީ ފިލާވަޅެއް ނުހަދާނަމޯ… ” މަންހާ ފަހަތުން އައި މައިޝާ ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ” އެހެންތަ… އާދޭ އަވަހަށް ދޮންތިއާއެކު ފިލާވަޅު ހަދަން… ” މަންހާގެ އަތުގައި ހިފާ ގެނެސް އޭނަގެ ގާތު ބައިންދަމުން މިންހާ ބުނެލިއެވެ. މިންހާ ނުހަނު ގަޔާވެގެން އިނދެ މަޑުމައިތިރިކަމާއެކު މަންހާއަށް އެފިލާވަޅު ހަދާނެގޮތް ކިޔައިދެމުން ދިޔައެވެ. މިންހާގެ އިރުޝާދުގެ މަތިން ވިސްނުންތެެރިކަމާއެކު މަންހާ ނުހަނު އަވަހަށް ފިލާވަޅު ހަދާ ނިންމާލިއެވެ. އެމަންޒަރު ބަލަން ސޯފާގައި ނާހިދާގެ އިތުރުން މައިޝާ އިނެވެ. ކުޑަ ވަގުތުކޮޅަކު ސިޓިން ރޫމުގައި ތިބެލުމަށްފަހު މިންހާ އޭނަގެ މަންމައަށް އެހީތެރިވުމުގެ ގޮތުން ކާކޮޓަރިއަށް ދިޔައެވެ. ދެމައިންވެގެން ކާން ހެދުމަށްފަހު ބަންގި ގޮވުމުން ނަމާދުކުރުމަށް އަވަސްވެގަތެވެ.
ފާޚާނާއިން ވުޟޫކޮށްގެން ނިކުން އަޝްރާއަށް އެނދުމަތީގައި އޮތް އޭނަގެ ފޯނުގެ ރިންގުގެ އަޑު އިވުނެވެ. އަވަސް ފިޔަވަޅުތަކެެއްގައި ގޮސް ބަލާލިއިރު ގުޅަމުން ދަނީ ނާއިލްއެވެ. އަޝްރާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ” ބިޒީތަ މިރޭ… އަހަރެން ބޭނުން ޕްރެޒެންޓޭޝަންއަށް އިތުރު ބަދަލުތަކެއް ގެންނަން… ބައެއް ކަންކަން ރަނގަޅުކޮށްލަން ޖެހޭ… އާދިއްތަ ދުވަހަށް ހުރިހާ ކަމެެއް ނިމެންޖެހޭނެ… އާދިއްތަ ދުވަހު މީޓިން އިންނާނެ… ސޯ ވީބޯތް ހޭވް ޓު ގޯ… ކުރިއަށް އޮތީ ފްރައިޑޭ އެންޑް ސަޓަޑޭ… އެދެދުވަސް އެއްކޮށް ފްރީކޮށްލެވޭނެ މިރޭ ޕްރެޒެންޓޭޝަން ނިންމާލިއްޔާ… އަހަންނަށް ފެންނަނީ އޯޓީ ހަދާލަން ދާން އޮފީހަށް… ހުރިހާ ކަމެެއް ނިންމާލެވޭނެއެއްނު… ހުކުރު ހޮނިހިރުވެސް އޭރުން ފްރީވާނެ… އަޝްރާ ކީކޭ ބުނަނީ… ” އަޝްރާ ހަލޯއޭ ބުނުމާއެކު ނާއިލް އޭނަ ދައްކަން ބޭނުންވި ވާހަކަތައް ދައްކާ އަޝްރާގެ ޚިޔާލަކަށް އެދުނެވެ. ” އޯކޭ… އައިމް ފްރީ މިރޭ… އެހެންވީމަ މިރޭ ދާނީދޯ… ކިހާއިރަކު ދާންވީ… ” އަޝްރާއަށް ނާއިލްގެ ޚިޔާލު ކަމުދިޔުމުން މިރޭ އޮފީހަށް ދިއުމަށް އެއްބަސްވިއެވެ. ” އަށްގަޑި ފަނަރަ އޯކޭވާނެތަ… ” ނާއިލް އަހާލިއެވެ. އެއާއެކު އަޝްރާ އެންމެ ރަނގަޅު ބުނެލިއެވެ. ” އަޝްރާ… އަހަރެން ދާނަން ބަލާ އިނގޭ… ” ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ނާއިލް ބުނެލިއެވެ. ” އޯކޭ… ” އަޝްރާގެ ޖަވާބާއެކު ނާއިލް ފޯނު ކަނޑާލިއެވެ. އިރުކޮޅެއްވަންދެން އަޝްރާ ފޯނަށް ބަލަހައްޓާއިގެން ހުއްޓެވެ. އޭނާ ދެން އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ތައްޔާރުވެގެން ތިރިއަށް ފައިބާ އަވަހަށް ކައި ނިންމާލިއެވެ. އަޝްރާ ހުރީ ނާއިލްގެ އިންތިޒާރުގައެވެ. ބަރާބަރު އަށްގަޑި ފަނަރަ ވުމާއެކު ނާއިލް އޭނަގެ ކާރުގައި އައިސް އަޝްރާގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. އޭރު ދޮރު ކައިރީ އަޝްރާ ހުއްޓިލައިގެން ހުއްޓެވެ. ކާރު އައިސް ހުއްޓުމާއެކު އަޝްރާ ކާރަށް އެރިއެވެ. އެއާއެކު ނާއިލް އޭނަގެ އޮފީހަށް ދިއުމަށް ކާރު ދުއްވާލިއެވެ.
މިންހާ ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ތިރިއަށް ފޭބިއެވެ. އޭރު ސިޓިން ރޫމުގައި ޚަބަރު ބަލަން އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. މަންމަ ގާތު އަޝްރާގެ ގާތަށް ދިއުމުގެ ހުއްދައަށް މިންހާ އެދުނެވެ. މާލަސްނުވެ އަންނަންވާނެ ކަމަށް ބުނެ ނާހިދާ ހުއްދަ ދިނެވެ. ” ދަރިފުޅާ… ބައްޕަ ދަންތަ ކާރުގަ ލާން… ” އަޝްރަފް ވާހަކަ ދެއްކިއެވެ. ” ނޫނޭ… އެހާ ދުރެއް ނޫނެއްނު… މިގަޑީގަ މީހުންވެސް އުޅޭނެއެއްނު މަގުމަތީގަ… އަޅުގަނޑު ގޮސްލާނަން… ” މިންހާ ޖަވާބުގައި ބުނެލިއެވެ. އަޝްރަފް އެންމެ ރަނގަޅުކަމުގައި ބުނުމުން މިންހާ ގެއިން ނިކުތެވެ. ”އައްސަލާމްއަލައިކުމް… ” މިންހާ އަޝްރާގެ ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ގޭތެރެއަށް ވަދެވެން ހުންނަ ދޮރު މައްޗަށް އަރާ އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. އެވަގުތު ސިޓިންރޫމުގައި ޚަބަރު ބަލަން އިން އަރީފް ސަލާމް ބަލައިގަތެވެ. ” މިންހާ.. އާދޭ އެތެރެއަށް… އިށީންދޭ… ” މިންހާ ފެނުމާއެކު ހިނިތުންވުމެެއް ހަދިޔާކުރަމުން އަރީފް ބުނެލިއެވެ. އެވަގުތު ކާކޮޓަރިން ނިކުން އާސިމާވެސް މިންހާއަށް ހިނިތުންވެލިއެވެ. ” ކޮބާ އަޝޫ… ” މިންހާ އައިސް ސޯފާއެއްގައި އިށީންނަމުން އާސިމާއަށް ބަލައިލުމަށްފަހު އަހާލިއެވެ. ” އަޝޫ ވީ ނާއިލްއާއެކު އޮފީހުގަ… ކޮންމެހެން ނިންމާލަންޖެހޭ މަސައްކަތެއްވީމަ މިރޭ ދާންޖެހުނީ… އަށްގަޑި ފަނަރަ ހާއިރު ގޮސްފި… ” އާސިމާ އައިސް އަރީފް ގާތު އިށީންނަމުން ވާހަކަ ދެއްކިއެވެ. ” އެހެންތަ… ދެނަމާދު ދޭތެރޭ ގަޑީގަ އަޅުގަނޑު މެސެޖުކޮށްފަ ބުނިން އަންނާނަމޭ… އޭރު ބުނި އޯކޭއޭ… މިރޭ އޮފީހަށް ދާންޖެެހެޔެކޭ ނުބުނޭ… ” މިންހާ ބުނެލިއެވެ. ” އެހެންތަ… މާއަވަސް އަރުވާލާފަ އުޅުނީމަ މިންނު ގާތު ނުބުނެވުނީ ކަންނޭނގެ… ނާއިލް ކުއްލި ގޮތަކަށް ގުޅާފަ ބުނި ވާހަކަ ބުނީ… ” އާސިމާ ވާހަކަ ދެއްކިއެވެ. ” އާން ވެއްޖެ ކޮޓަރީގަ… ” އާސިމާ މިންހާއަށް ބަލައިލަމުން ހިނިތުންވުމަކާއެކު އެހެން ބުނުލުމުން މިންހާ ވިސްނާލިއެވެ. މިއީ އިއާން ގާތު މަޢާފަށް އެދެން އޭނައަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އޭނާ ހަމަޖެހިލައިގެން އިނދެ އިއާން ގާތު ވާހަކަ ދެއްކިދާނެއެވެ. ” އެބައަންނަން އާން ގާތަށް ގޮސްލާފަ… ” މިންހާ މިހެން ބުނެ ސޯފާއިން ތެދުވުމުން އާސިމާ ބޯޖަހާލިއެވެ. ”އިއާން އާ މިންހާ އާ ކިހާ ގުޅޭ ދޯ އަރީފް… އަހަރެން ބޭނުންވަނީ މިންހާ ކަހަލަ ރަނގަޅު ދަރިއެއް އިއާންގެ ދިރިއުޅުމުގެ ބައިވެރިއަކަށް… ” އަރީފްގެ މޫނަށް ބަލައިލަމުން އާސިމާ ބުނެލިއެވެ. ” އާނ… އަހަރެމެނަށް ކަމުދިޔަޔަސް އެދެކުދިންގެ ގޮތެެއް ނޭނގެއެއްނު… ދަރިން ބޭނުން ކުއްޖެއް އެކުއްޖެއްގެ ހަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރުމުގެ ހައްގުދީފަ އަހަރެން އޮންނާނީ ދެކުދިންނަށްވެސް.. އެކަމަކު އެކުއްޖެއް ވާންވާނީ ރަނގަޅު އަޚްލާޤެއްގެވެރި ކުއްޖަކަށް… ” އަރީފް ބުނެލިއެވެ. އާސިމާ އެކަމަށް ބޯޖަހާލިއެވެ.
މިންހާ އާދައިގެ ހިނގުމެއްގައި ގޮސް އިއާންގެ ކޮޓަރީގެ ދޮރު މަތީ މަޑުކޮށްލިއެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ. މިންހާ އެތެރެ ބަލައިލިއެވެ. އޭރު މަޑު ނޫކުލައިގެ ޖިންސް ސޯޓަކާއި ހުދު ކުލައިގެ ޓީޝާޓެއްގައި އިއާން ސޯފާގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނެވެ. މިންހާ ފުން ނޭވައެއް ދޫކޮށްލާ ހަމަޖެހިލަމުން ދޮރުގައި ޓަކި ޖަހާލިއެވެ. ” ވަދޭ… ” ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެއްނެތި އިއާން ބުނެލިއެވެ. އެއާއެކު މިންހާ ދޮރު ބޮޑަށް ހުޅުވާލިއެވެ. ”މިންނު…” ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔަ ސޫރައިން އިއާންއަށް ލިބުނު ހައިރާންކަމުގައި ސޯފާއިން ތެދުވެ މިންހާއަށް މަޑުމަޑުން ގޮވާލެވުނެވެ. އިއާންއަށް ވީގޮތުން މިންހާގެ ހިތް ނުތަނަވަސްވިއެވެ. ” އޯކޭތަ އެތެރެއަށް ވަނަސް… އާން ބިޒީ ގަޑިއެއްތަ… ” މިންހާ މަޑުމައިތިރިކަމާއެކު ވާހަކަ ދެެއްކިއެވެ. ” އޮފްކޯޒް ކަމް އިން… ބިޒީއެއްނޫން… ފޫހިވެގެން ސީރީޒްއެއް ބަލައިލަން މިއިނީ… ” އިއާން ސޯފާގައި އިށީންނަމުން ބުނެލިއެވެ. މިންހާވެސް ކޮޓަރިއަށް ވަދެ ސޯފާގައި އިށީނެވެ. ” މިންނު ކަމަކުތަ ތިއައީ… މިހެން މިއެހީ އާއްމުކޮށް ރޭގަނޑު ނާންނަންދޯ… ” އިއާން މިންހާގެ ހަރަކާތްތަކަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. ”އަޝޫ ގާތަށް މިއައީ އަސްލު ވާހަކައެއް ދައްކާލަން… އަޝޫ އޮފީހުގަ ވީމަ ދިމަލެއްްނުވި…” މިންހާ ބުނެލިއެވެ. މިންހާގެ މޫނު މަތިން އިއާންއަށް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލާ އިންގޮތުން ކޮންމެވެސް ވާހަކައެއްް ދައްކަން ބޭނުންވެފައި އިންކަން އިއާންއަށް ހީވިއެވެ. ” މިންނު… ޔޫ ވޯންޓް ޓު ސޭ ސަމްތިން… ރައިޓް… ” އިއާން އެހެން ބުނެލުމާއެކު މިންހާ ހައިރާންކަމާއެކު އިއާންގެ މޫނަށް ބަލައިލިއެވެ. ” އަހަންނަށް އިނގުނީ ކިހިނެއްބާއޭ ދޯ ތިހިތަށް އަރަނީ… ހެހެހެ… މިންނުގެ މޫނު މަތީގެ ކުލަވަރުންނާ މިންނުގެ ހަރަކާތްތަކުން އިނގުނީ ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވާކަން… ސޯ ޓެލް މީ… މިންނު ދައްކާ ކޮންމެ ވާހަކައެއްވެސް އަޑު އަހަން ތައްޔާރަށް މިއިނީ… ޓެލް މީ… ” އިއާން ބުނެލިއެވެ.
” އައިމް ސޮރީ އާން… އައިމް ރިއަލީ ވެރީ ސޮރީ… ” މިންހާ އިރުކޮޅަކު އިސްޖަހައިލައިގެން އިނުމަށްފަހު އިސްއިފުލާލާ އިއާންގެ ދެލޮލަށް ބަލައިލަމުން ބުނެލިއެވެ. ” ސޮރީ… ބަޓް ފޯ ވަޓް… ” އިއާން ވާނުވާގައި އިނދެ ބުނެލިއެވެ. ” ފޯ އެވްރިތިން… ” މިންހާގެ ޖަވާބު ވަރަށްވެސް ކުރެވެ. އިއާންގެ މޫނު މަތިން އެއްވެސް ކަމެއް ދޭހަނުވާކަން އިނގުމުން މިންހާ ފުން ނޭވައެއް ދޫކޮށްލިއެވެ. ”ސޮރީ މިބުނީ މީގެ ހަތް އަހަރު ކުރިން އަހަންނަށް އާން އާމެދު ކަންތައް ކުރެވުނު ގޮތުން… އައިމް ރިއަލީ ވެރީ ސޮރީ… އައިމް ސޮރީ… އައި ނޯ… އަހަންނަށް އާންއަށް ވަރަށް ބޮޑަށް ހާޓްކުރެވުނު ކަން… އަހަރެންގެ ބަސްތަކުން… އަހަރެންގެ އަމަލުތަކުން… ލޯބި ނުލިބުމުން ހިތަށް ކުރާނެ އަސަރު އެންމެ ރަނގަޅަށް އަހަންނަށް އެނގޭ… އެކަމަކުވެސް އެވަގުތު އަހަންނަށް އެހެން ކަންތައްކުރެވުނީ… އައި ވޯޒް ޓޯޓަލީ ބްރޯކެން… އަހަންނަށް އާންއާމެދު ވިސްނާނުލެވުނީ… އަހަރެން އޭރު ހުރި ހާލަތުން އާންއާމެދު ވިސްނާނުލެވުނީ… އައިމް ރިއަލީ ވެރީ ސޮރީ… އެންޑް ތެންކްޔޫ ސޯ މަޗް އާން އެވަގުތުވެސް އަހަންނަށް ހިތްވަރުދީ ސަޕޯޓްދިނީމަ… އާންގެ ބަސްތަކުން ކުރިއަށް ދިޔުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ… ތެންކްޔޫ ސޯ މަޗް… މައި އިންޓެންޝަން ވޯޒް ނޮޓް ޓު ހާޓް ޔޫ އާން… އައިމް ރިއަލީ ވެެރީ ސޮރީ… އަހަރެން ވިސްނީ ހަމައެކަނި އަހަރެންގެ އިހުސާސްތަކަށް… އާންގެ ޕޮއިންޓް އޮފް ވިއު އަކަށް އަހަރެން ސަމާލުކަމެއް ނުދެން… އާންގެ އިހުސާސްތަކަށް އަހަންނަށް ބަލައިލުމެއްނެތި އަހަރެންގެ ދިރިއުޅުމުން އާން ދުރަށްލީ… އައިމް ސޮރީ އާން… އައިމް ސޮރީ… ” މިންހާ އޭނަ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލިއެވެ. އޭރު އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އިއާން އާއިމެދު އޭނައަށް ކަންތައް ކުރެވުނު ގޮތުން މިންހާ ނުހަނު ދެރަވިއެވެ.
” ނޯ މިންނު ނޯ… އިޓްސް އޯކޭ… އައި ކޭން އަންޑަސްޓޭންޑް… ޕްލީޒް ޑޯންޓް ކްރައި… ޑޯންޓް ވޭސްޓަ ދޯސް ޕްރިޝިޔަސް ޓިއާސް… އައި ކާންޓް ސީ ޔޫ ކްރައިން… ތިރީތި ދެލޮލުން އެންމެ ކަރުނަތިއްކެއް އަންނަ މަންޒަރު ބަލަންވެސް މިހިތަކަށް ކެތެއްނުވޭ… ” މިންހާގެ ވާހަކަތަކުންނާއި އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފެނި އިއާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިއާން އިންތަނުން ތެދުވެ މިންހާގެ ގާތުގައި ގޮސް އިށީންދެ އޭނަގެ ދެއަތުން މިންހާގެ ލޯ ކައިރި އޯގާތެރިކަމާއި ލޯތްބާއެކު ފޮހެލައިދެމުން އެހެން ބުނެލިއެވެ. މިންހާއަށް ކަޅި ޖަހާނުލާ އިއާންއަށް ބަލަން އިނދެވުނެވެ. އޭނައަށް އިއާންގެ އަތް ދުރުކޮށްލާކަށްވެސް ނޭނގުނެވެ. ” ވައި… ” އިއާންއަށްވެސް ކިރިޔާ އަޑުއިވޭ ވަރަށް މިންހާ ބުނެލިއެވެ. ” ބިކޯޒް އައި ސްޓިލް ލަވް ޔޫ… އޮންލީ ޔޫ… މިވީ ހަތް އަހަރު ތެރޭގަވެސް… ތިނޫން ފަރާތަކަށް މިހިތަކުން ޖާގައެއް ނުދެވުން… ތިލޯބި މިހިތުން ފޮހެވިގެންނުދޭ… އައި ކާންޓް ސްޓޮޕް ލަވިން ޔޫ މިންނު… ކުރިއަށްވުރެވެސް ބޮޑަށް ލޯބިވޭ… ” އިއާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވުމުން މިންހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އެހިތުގެ ހާލު މިންހާގެ ކުރިމަތީގައި ބަޔާންކޮށްދެވުނެވެ. އިއާންގެ ދުލުން ބުނެލި ބަސްތަކުން މިންހާގެ ހިތުގެ ހިގުން ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. އެދެލޮލުން ފެންނަމުން ދިޔަ އަސަރުތަކުން ގައިން ހީބިހި ނަގައިގެން ދިޔައިރު އިއާންގެ ހިތުގައި އޭނައަށްޓަކައި އޮތް ސާފު ތެދުވެރި ލޯބި އެދެލޮލުން ހާމަވެގެންދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
94 Comments!
Comments are closed.








Wow vvvvv reethi ven next mebfirst dhw
Ishu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Friday night ga ???… Yeah.. Ur first ???… Congratulations on being first ???… Much loves ❤️❤️❤️?????????…
i am secondd right??? will comment after reading
Yeah ur second ???… Congratulations ???❤️❤️❤️… Waiting for comment ???…
Salaam dear readers ???… Here is the next part ???❤️❤️❤️… Hope all will like this part too n feel free to comment your views ???… Kury part ah vure mi part thankolheh kuru vaane… I was not feeling well so ithurah nuliyevuny… Hope all will like this part too… Last part ge comment thakah reply kohlaanan In Sha Allah mirey ???… Waiting for comments ???… Next part In Sha Allah Friday night ga… So guys… What do you guys think will happen??? ???… Hehhe… Love you all n thankyou soooooo much dear readers ❤️❤️❤️?????????…
varah reethi vaahaka ey
aalaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
Alhey cant wait.. when next part
Suma ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Next part In Sha Allah Friday night ga ???… Keep waiting ???…
wow vvvv reethi can’t wait to read next part ..Aaan aa minu aa avahah gulhuvadhyba…ifoo avahah up kohla dhehchey…..mihaaru genesdhey story thakuge therein best story mee …
Awwwwnn ❤️❤️❤️… Thankyou soooooo much AMAAN ❤️❤️❤️?????????… It means a lot for me ???… Next part In Sha Allah Friday night ga ???… Let’s see what happens ???… Much loves ❤️❤️❤️?????????…
Masha allah..alhey ifoo thanks mi part upkodhinyma❤????..u r really talented..alhe ifoo..dhn thihaa curious kohlaafa nunimmaa..hehe??????..Bundles of luvx from me dear..
MY CUTE AND SWEET IFOO LWBS
??????????????
Awwwwnn ❤️❤️❤️… Jiji ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Hehhe… Let’s see what happens ???… Much much more loves from me dear jiji ❤️❤️❤️?????????…
woowwwwwwww…. ifooo simply awesome….. just CANT wait for the next part….how will minnu react??? ethankolhu include koffa nimmaalinama… anyways.. i am not here to complain.. ia m here to tell u that ur the best of the best…. so eager to read the next part!!!1 question.. how many parts will be in this story…next part thankolheh dhigukohlacchey ingey… story v v v vvv reethi… love u dear
Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???.. It means a lot for me ???… Hehhe… Ifoo beynun v readers curious kohlan ???… Adhi neynge bunaakah… Fudhey varakah parts hunnaane adhivx ???… Awwwwnn ❤️❤️❤️???… Once again Thankyou sooooooooo much ❤️❤️❤️?????????… Much loves ❤️❤️❤️?????????…
Haadha kurey eoh foaryga kiyan indhaa ??????
Appi ❤️❤️❤️… Ehaa kurutha??? It’s more than 2000 words ???…
Ifoo maaboda bali tha mi part vess varah reethi.
Sidu ❤️❤️❤️… Ehaa bodakah noon but not feeling well… So couldn’t write… Thankyou soooooo much dear ❤️❤️❤️?????????…
minnu las kuraane kameh neih … avahah yes buneyyyy… thiyey minnu ai emme ekasheyna boy aky… dhn cute lips rulhi ingey no bunefihyaa.. time nagaafa viyas yes bunahchey… ingey… v naseeb gadha v ma aan kahala gud boy eh libeynee… GUDLUK minnu… say yes,,, say yes,,, say yes,,,
Asluves dhw.. Minnu yes Ey bunebala..
Cute Lips ❤️❤️❤️… Hehhe ???.. Let’s see what happens ???… Anything might happen ???… Thankyou soooooo much ❤️❤️❤️?????????.. Much loves ❤️❤️❤️?????????…
Niha ❤️❤️❤️… Let’s see what happens ???…
Ooooo, minnu this time please accept aan. Ifoo this part is very very beautiful. Mashallah
Choppi ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves ❤️❤️❤️?????????…
woooow v v v salhi vaahaka ????????? so knirakun next part genesh dheyynii❤????
Awwwwnn ❤️❤️❤️???… Thankyou sooooooooo much Ainth ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Friday night ga ???… Much more loves ❤️❤️❤️?????????…
Alhey varah kiyaa hithun indhaa animuny….???? Can’t wait to see the next part….????❤️❤️❤️???
Zuam ❤️❤️❤️… Thankyou soooooo ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Friday night ga ???… Much more loves ❤️❤️❤️?????????… Keep waiting ???…
Alheyyy aan haadha cute a mi part vx v reethi dhn in part thankolheh dhigu kohlahcheyy ifoo ???? curiously waiting for the nxt part ??????? dhn ifoo minnu aa aan aa avaskoh gulhuvabaa cnt wait to see them together ?????
Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… In Sha Allah next part miahvure dhigukoh genesdheynan ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…
Wow…❤❤????…This part also very intresting…❤❤????…Vrh reethi sifa kurun thah mi part ga vex…Just parfect hama..❤❤????…I just love everything about this story…❤❤????…Ohh…Thanx ifoo balikoh ulhemun kurukoh nama vex story up kohdhinyma…❤❤????…GWS dear..❤❤????…Yes…Minnu reject aloof,s apology dhw…Heekuri gothah kanthah e v hama..❤❤????…And finally minnu ah libijje dhw aan aa talk kohlaane chance eh…And aan again express his true love for her dhw…❤❤????…Thats really great…❤❤????..I think minnu is going to accept aan finally…❤❤????…And naail men anekkaa kihineh baa e hadhaany…??? Naail and ash ge fights thah vex vrh salhi..❤❤????…Vrh majaa e dhe meehun ulhey goiy…❤❤????..Nice ending…Its very romantic…❤❤????…Keep it up dear..❤❤????…You have a bright future dear..❤❤????..I will keep my support you always…❤❤????…Hope next part miah vuren reethi vaane kamah…And dhigu koh genesdheyne kamah..❤❤????..Waiting for next part dear…❤❤????…Once again thanx balikoh ulhemun vex thi kuri hiy varah..❤❤????And GWS my dear ifoo…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
@Ikleel ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… It means a lot for me ???… Let’s see what happens ???… Much loves ???❤️❤️❤️??????…
I love the stry dear.. Mi part vec hama Varah reethi… Speech less… ??????GWS dear… LYSM ❤️❤️❤️❤️❤️
Awwwwnn ❤️❤️❤️???… Thankyou sooooooooo much Niha ❤️❤️❤️?????????… V v v ufaavehje ingey ???… Much much more loves from me dear ❤️❤️❤️?????????…
Wooowwwww ❤️❤️❤️❤️❤️ Woowwwwwww❤️❤️❤️ Wowwwwwwwwwwwww❤️❤️❤️❤️❤️❤️ Nei dhn ithurah bunaane echeh story hama v v reethi
Can’t wait to read minnu and Aan ge parts ❤️?❤️?❤️
Awwwwwwwwn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou sooooooooo much Scarlet ❤️❤️❤️?????????… V v v ufaavehje scarlet ge comment kiyaalaafa ???… Much much more loves from me ❤️❤️❤️?????????…
Alheyy ifooo.. V curious vefa mi iny mihaaru dhn oiyy part kiyan.. Haadha kiyaa hiyy vaa kahala gothakashey thi nimmaaly. Aaan nd minnu avahah gulhuvaba dhww.. Anyways u r just awesome dear.. And soryy kury part thakah comment nukurevunyma.. Maayu school ga v bxy dhuvaskolheh v ma kiriyaa vaahaka kiyaalan time libeny vx.. Best of luck dear.. And lots and lots of love frm me..
Maayu ❤️❤️❤️… Again dhuvas kolheh fahun dhw comment eh mi libuny ???… V v v ufaavehje comment kohleema ???… Thankyou sooooooooo much dear ❤️❤️❤️?????????… It means a lot for me ???… It’s ok dear… I can understand ???… Let’s see what happens dhw ???.. Heheh… Keep waiting ???… Much much more loves from me ❤️❤️❤️?????????…
Alhey siss!!???❤?stry is soooooo nice eh!!maasha allah?❤❤????????????? ifoo sis plx avahah up kohdhehchey
Awwwwnn ❤️❤️❤️???… Thankyou sooooooooo much Daisy girl ❤️❤️❤️?????????… V v v ufaavehje ???… N your comment is so colourful ???… I loved it ???… Next part In Sha Allah Friday night ga ???… Keep waiting dear ???… Much much more loves from me ❤️❤️❤️?????????…
It’s worth waiting!!! I’ll wait!!????????
Varah reethi masha Allah. You are the best story writer love you. Haatha heeveye nemene ulhe hen.
Yah.. Agree with you samaan..
Samaan ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Heheh… Let’s see what happens ???… Adhivx ulheyne parts kolheh ???… Much more loves from me ❤️❤️❤️?????????…
Varah reethi mi story
Shiya ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Next part dhn konirakun.kiyaa hithun kehmadhu.vv salhi kee it up dear???
Asra❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Next part In Sha Allah Friday night ga ???… Keep waiting dear… Much loves ❤️❤️❤️?????????…
ifoo is the best
masha allah
the story is really vey cute
may allah bless you with a better future
and shafakallah ifoo
gws
waiting curiously for the next part
Awwwwnn ❤️❤️❤️???… Thankyou sooooooooo much my dear sweet unique ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…
Vvvvvvvvvvv reethi mi baives…..maasha allah…your are very talented…keep it up my dear dear dear ifoo darling..much more luvs frm me ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Your big fan maai
Awwwwnn ❤️❤️❤️???… Maai ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… I’m so happy ???… Much much more loves from me my dear big fan maai ❤️❤️❤️?????????…
Ekam avahah nunihmahchey.. Plx..
Niha ❤️❤️❤️.. Hehhe ???… Yeah ???… Ehaa avahakah nuninmaanan In Sha Allah ???… Much loves dear ❤️❤️❤️?????????…
alheyyy haadha reehcheyyy mi part… ❤❤❤❤❤❤❤mashah allah ???????hama bunaane ehcheh vsss neyge???❤❤?❤❤????ehaaa vss furihama??????????????❤❤❤❤❤❤??????????????? vaahaka kiyaaa hihvefa innn varun neygunu vaaahaka nimunu iruvsss.. minnu aaannn dhnn avahah gulhuvaba.. plxxx plxx????????? next part avaha up kohdheche…
shafakallah ifooooo???????????????????????????????
??????????????????????
Yaaanaa ❤️❤️❤️… Again v v v loabi colourful comment eh ❤️❤️❤️??????… I loved it ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… I’m so glad that I got a reader like you ???… Let’s see what happens ???… Yaaanaa ge comment kiyaalaafa mifaharu vx ifoo v v v ufaavehje ???❤️❤️❤️… Once again Thankyou soooooo much n much much more loves from me ❤️❤️❤️?????????…
Wow ??? Ifooo v v v nice ingey thigothah story gendhaathyve plus v v v v v hiyygaimu rythi lavayakun mipart thi feshyvx ??????… Anyways mi partvx hama awesome ingey n v v v curious kohlaafa ingey thi ninmaalyvx n I think aan dheke minnu vx like vaan fashaany hen ???❤❤❤… curiously waiting for the next ??????… much n more loves ???❤❤❤?????????
Naju ❤️❤️❤️… Thankyou sooooooooo much for the support n love ?????????❤️❤️❤️… V v v ufaavey thikahala supportive reader eh libunyma ???… Let’s see what happens ???… Much much more loves from me ?????????❤️❤️❤️…
Masha Allah …???????Mi part ves varah reethi …. ????ifooo u r really telented……???? dhen minnu and aan varah avahah gulheyne dhw…. ???????yey…… ???????aan is the best lover i ever seen…. ???wish i get someone like him..???????? waiting for next part….. ?????the best stry.. ????the best writter…✒✏✏ love you ifooo ……..?????????????????????????
Awwwwnn ❤️❤️❤️???… A..na ❤️❤️❤️… Thankyou sooooooooo much dear for the sweet comment ❤️❤️❤️?????????.. It means a lot for me ???… V v v ufaavehje as usual ???… Let’s see what happens ???… Much much more loves from me dear ❤️❤️❤️?????????…
Masha Allah???varah reethi
One of the best story ever i’m reading???
Shahdha ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…
Minnu say yess..say yess..say yess..plx.plx ifoo minnu and aan gulhuvaaba next part ga…ehaa kiyaa hithun indhaa thi nimmaaly…????????oh god hama visneny minnu bunaane ehchakaa dheythereyga…..sometimes i think she will say yes..and sometimea i think she will say noo….????plx minnu aan accept kohbala…u will never get a boy like aan….plx??????ifoo u r the best writer and this is the bestest story…..curiously waitin????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much Inu ❤️❤️❤️?????????… V v v ufaavehje ???.. Let’s see minnu ge answer akee kobaa thr ???… Anything is possible ???… Heheh… Much more loves from me dear ❤️❤️❤️?????????…
OH MY MY …❤❤❤❤eoah ninmmaali gotheh dhw..i ge heart beat ves huhttihjje hindhu kolhakah..
Can’t wait for next part..❤❤❤
Naum ❤❤❤… heheheh ???… hingaa balamaa dhw minnu ge javaabaky kobaa thr ???… thankyou soooooooooo much Naum ❤❤❤?????????… v v v ufaavehje ???… keep waiting for next part ???… much loves ❤❤❤?????????…
Whn is it going to end?? Still how many parts are there?? Jst curious abt it.. ❤️
Sharu Naa ❤❤❤… adhi ebahuri fudhey varakah parts ???… ifoo story nuliyaathy neynge adhadhu bunaakah ???… thankyou ???❤❤❤??????…
awwwn so nicee….beautifulll….. awesome…..dhn neygey bunedhekeykah vx … ehai vx mi part reethi ekam varah kuru… its ok…. how yuh feeling now… insha aallah u will b fyn…. are they gonna marry ? aan n minnu… if it is possible this story will be perfect…. bye… gws…..waiting for next part….
Anii ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????.. V v v ufaavehje ???… Let’s see what happens ???… I’m little bit fine…let’s see what happens ???… Much more loves from me ❤️❤️❤️?????????…
Alheyy ifoo please please please please Minnu ge faraathun aan ah edhevey answer eh bunuvaba.. At least ekahala kuda ves action eh viyas ??? Aan haadha ufaa vaaney eyrah.. PLEAAASE ?? Haadha loabinney anekkaa ves aan e hithuga oi ehcheh kiyaadhiny ???????? Ehaa dhera kuraakah nuvaane ehnun ????????????????????????????? But masha allah ???????? Haadha reeeeehchey ingey alhe ???♥♥♥ Hiy thelhey varun obi noave dhen vaane gotheh balaalaa hithun.. Hehe ??? Cant wait can’t wait omygoddd ?????????? Aloof ah ves mihaaru dho visneny ?? Kuda koh dhera vey aslu aloof ah kanthah vaa gothun ves now that he regrets it and is trying to get minnu to forgive him ? But he deserves it dhw ??? Again hama amazingly written darling ???????????????????????????????????????????????????????? Looking forward.. Love you ????????????
Awwwwnn ❤️❤️❤️???… Livy ❤️❤️❤️???… Thankyou sooooooooo much dear ??????❤️❤️❤️???.. Let’s see what happens ???… Heheheh… Now next part up kohlaifinn ???… V v v ufaavehje comment kiyaalaafa ???… Much more loves from me dear ❤️❤️❤️?????????…
Minnu answer is yes pls pls
Sumaana❤️❤️❤️… Let’s see what happens ???… Thankyou ❤️❤️❤️?????????…
Dhn kn dhuvahaku tha mi vaahakaige aneh bai upload kuraanee ???????? Plz Thankolhe avaha upload kohba
Nagma ❤️❤️❤️… I was not ok… Ehenve story lasvee… Sorry ???… Now next part now up kohlaifinn ???… U can read it ???…
Varah loabi. When are you going upload next part
Reem ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Now next part now up kohlaifinn ???… U can read it ???…
Alhey minnu say yes?I really want them to be together???????????
Mimmi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???…
cant wait to read next part….ifoo when will u up next part?????????????
Now up kohlaifinn ???… Thankyou sooooooooo much ???❤️❤️❤️??????…
Dear readers… I’m so sorry.. I won’t be able to upload a new part tonight… Kameh dhimaa vumuge sababun mirey new part eh genesdheven neh vaahaka bunelan… Hopefully next part Sunday night ga… Ummeedhukuran readers ah understand vaane kamah plus story ah wait kuraane kamah… Once again I’m really very sorry…
We can understand ifoo sis. .take ur time ????❤
Jiji ❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????…
its ok, ekam saturday nyt ga story up kohdheythi plxx plxxx
Juma❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????…
We understand ifooo…… waiting for next part …. hope it will be up in sunday night…..☺?????❤???????????
A..na ❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????… Mihaaru up kohlaifinn ???…
it’s okeii ifoooo… kameh vaanee bunefakaa eh nun..we understand ifoo..??? wait kuraaanan next part up kuraane irakah.. ????????❤❤❤??????????????????????????
Yaaanaa ❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????… V v v ufaavehje ???… Mihaaru up kohlaifinn ???…
kobaatha vaahaka adhives up nuveytha??
curiously waiting 4 the stry…………….
Mailyn ❤️❤️❤️… Mihaaru up kohlaifinn ???…