ނޯޓް: މީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް. ފެނުން މައްޗަށް ބޯހިއްލައިލި އާދަނު ސިހިގެންދިޔައީ މުޅި ދުނިޔެ ބައްދާފައިވާ އަނދިރިކަން ފެނިފައެވެ.ވިއްސާރައިގެ ބޯކަޅު ވިލާތަކުން އުޑުމަތި ބަނަވެފާ އޮތަސް ދުވާލެއްގަ މިހާ އަނދިރިކަން ވެރިކޮށްލި މީފުރަތަމަ ފަހަރެވެ.ތޫފާނެއްފަދަ މިބޯ ވިލާ ގަނޑުގެ ވައި އުތުރުން ޖެހެންފެށުމުން މޫދުގައި އޮތް އާދަނު ގުޑުގުޑުޖަހައިގަތެވެ.މުންޑު ގަނޑު ރަނގަޅު ކޮށްލަމުން އާދަނު އަވަސްވެގަތީ އެއްގަމަށް އަރާށެވެ.ގޮނޑުދޮށުގައިވެސް މީހަކު ފެންނާކަށްނެތެވެ.މިހިރަ ކަޅުވިލާގަނޑެއް ފެނިފަ ހިޔަލެއްގަ ހުރެ ނިކުންނަން ކެރޭނީ […]
މަސައްކަތުގެ ވަރުބަލިކަމާއި، މެންދުރުގެ ހޫނުކަން އިހުސާސްވުމުން ސްކޫލުން ނިކުމެގެން ގެއާއި ދިމާލަށް ހިނގައިގަތްއިރު، ގޭގައި އިޔާޒްއަށް އިންތިޒާރު ކުރަމުންދަނީ ކާކުކަމެއް، ކޮންއެއްޗެއްކަމެއް ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ.އެމީހެއްގެ މޫނު އަބަދު ފެނި ފެނި، އެ މީހެއްގެ މަތިން ފޫހިވެފައިވާ އަނބިމީހާއާއި އޭނާގެ ދެ ދަރިން ފިޔަވާ ގޭގައި ހުންނާނީ ހޯދާފައިވާ ހަރުމުދާ އެކަންޏެވެ. އެހެންވެ އެކަމާ އިޔާޒް އެއްވެސް ޚިޔާލެއް ނުކުރެއެވެ. ގޭތެރެއަށް އައިސް ވަން އިރު އިޔާޒްގެ ކުޑަ އަންހެން ދަރިފުޅު ގިސްލަ ގިސްލާފައި ރޯން […]
އެއީ އެތަން ރީތި ކޮއްފަ ހުރިލެއް ރީތި ކަމުންނެވެ . ފުއްޕާ ހަމުންނާއި އެކި ކަރުދާހުންނާއި އުއްބައްތިން ވަނީ ބަގީޗާ ރީތިކޮއްފައެވެ. ތާއަތު އެންމެ ހައިރާން ވީ އުއްބަތިތައް ދުވާލް ދިއްލާފައި ވުމުންނެވެ.އަދި އަރީޝާ މެން އެންމެން ތާއަތުއައް ވުރެ ކުރިން އައިސް ތިބީމައެވެ.”ހެޕީ ބާރތު ޑޭ މައި ލަވިން ޑޯޓާރ ..” ތަހުސީނާ އައިސް ތާއަތު ގައިގާ ބައްދާލަމުން ބުނެލިއެވެ.”ތޭންކުސް މޯމް” ތާއަތު ބުނެލިއެވެ.ޝިމާން ފެނުމުން ތާއަތު ފަހަތައް އެނބުރުނެވެ. ޝިމާން އޭނާ ކައިރިއައް އައިކަމެއް […]
އަނެއްކޮޅުން ލީވާންވެސް ވަރަށް ސަޅިއެވެ. ކަނޑު ނޫކުލައިގެ ކޯޓަކާއި އަދި ްއެތެރެއިން ކްރީމް ކުލައިގެ ގަމީހެއް ލައިފާ ވުމުން ވަރަށް ރީއްޗެވެ. އެންމެންް އައުމުން ހަފްލާ ފެށިގެންދިޔައެވެ. ”އަނބި ގަބޫލް ކޮއްފިން…” ލީވާންގެ އެއަޑައް އެންމެންްގެ ލޯ ހުޅުވުނެވެ. ”ޔެސް ފައިނަލީ ވީ އާރ މެރިޑް” ލީވާން ހަމައެކަނި ރައުފާއައް އަޑު އިިވޭ ވަރަށް ބުނެލިއެވެ.”ހިހި” ރައުފާ ހިނިގަނޑެއް ޖަހާލިއެވެ. އެ އުފާވެރި ރޭވެސް ނިމިގެން އެއްދުވަސް ފާއިތު ވެއްޖެވެ. ޝާމިންވެސް ދާން ޖެހޭ ދުވަސްވެސް އައިސްފިއެވެ.”މައި […]
“ސާހިބު އެހުންނެވީ” އިތުރު އަޑުތަށް އިވުމުން ހަމްޒާ ފަހަތް ބަލާލިއެވެ. ހަމްޒާގެ ފަހަތުން ހިންގާފައި އެ އަންނަނީ އަލީ ވަހީދު، ހަމްޒާމެންގެ ތިމާގެ ބަޔަކާއި އާއިލީ ޑޮކްޓަރ އަދި މުހުސިންގެ ދެމަފިރިންނެވެ. “ހީވާ ގޮތުން ކަލޭ ގެ ބަޔަށް ލާނާ ވެސް ވަށްދާލެވުނީ ދޯ” މުހުސިން މިހެން ބުނިއިރު ހުރީ ދެލޯ ކުޑަްކޮއްލައިގެން ލާނާ އަށް ބަލާށެވެ. ތިކުރީ އެހާ މޮޅު ކަމެއްނޫން! އަހަރެން ހިއެއްނުކުރަން ތީ އެހާފަސޭހައިން ހައްދާ ލެވޭ ކަހަލަ މީހެއްކަމަކަށް، މިހިރަ ނުލަފާ މީހާޔާ އެއަބައި ވެގެން އަހަރެމެންނަށް އޮޅުވާލަން. ލާނާ ގެ އެއްވެސް ކަހަލަ ގޮތެއްނެއްކަން ވަރަށް ސާފުކޮއް ހާމަ ވެއްޖެ” ހަމްޒާގެ މޫނު ރަތްވެ ބޮލުން ދުން އަރާ ކަހަލައެވެ. “މި މަކަރުވެރި އެއްނޫން” ލާނާ ބުނެލިއެވެ. “އަޅުގަނޑަށް އިންގުން ގޮތުގައި މިއީ އިސްމާއިލް ހަމްޒާ އަޅުގަނޑު މެންގެ ގަވަރުނަރ” އަލީ ވަހީދުގެ ޖުމްލަ ފުރިހަމަވީ ކިރިޔާއެވެ.”ކަލެއަށް ލާރި ދީގެން އޭނަޔަށް އެއްބާރުލުންދެނީ ތި” މުހުސިނގެް ބާރު އަޑުން އެންމެން ހައިރާން ކޮއްލިއެވެ. “ކަލޭމެންއެންމެން ބަލަންތިބޭ މި މައްސަލަ ކޯޓައްވައްދާ މީ އަސްލު ހަމްޒާ ނޫންކަން އަހަރެން ސާބިތު ކޮއްދޭނަން، އެހެންޏާ ހަމަ ތާކުން މީހަކު ެްއައިސް އަހަންނަކީ އެތަށް ކުރޯޑެއްގެ ވާރިސެކޭ ބުނީމަ ޤަބޫލް ކޮއްލަންވީތަ؟ ފުރަތަމަ ކަމަކައް މީނަގެ މިހިރަ ނިކަމެތި ހަށިގަނޑު ބަލާލަ!” މުހުސިނުގެ ހިތުގައިވާ އަސްލު ބިރު ބަޔާން ކޮއްދޭން ފެށިއެވެ. “މީހެއްގެ ބަރުދަން ލުއިވުމަކީ މައްސައެއްނޫން މުހުސިން” ލާނާ ގެ ގާތުގައި ހުރި މީހާ ހިނިގަނޑެއް ޖަހާލިއެވެ. “އެއްދުވަހު ނިދާހޭލާއިރު ތިމާ އަކީ ފައިސާ ތަކެއްގެ ވެރިއެއްކަން ހަންދާން ވުންވެސް އެއީ މައްސަލައެއްނޫނެއްނު” މުހުސިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ހުރިހާ ހެއްކެއް ބުނާ ގޮތުގައިމީ ސާހިބު ހަމްޒާ. ހަނދާން ޓެސްޓު ކޮއްފިން ހުރިހާ ކަމެއް މާ ބޮޑަށް ވެސް ދިމާވޭ. ކުޑައިރު މަސްހިފަން ގޮސް އުޅުންއިރު ކޮނޑަށް ލިބުނު ގެއްލުމުގެ ލަކުނުވެސް އެބައިން. އަތުލިޔުންވެސް އެހާމެ އެއްގޮތް. މީ ސާހިބު ކަމާމެދު އެއްވެސް ށައްކެއްނެއް”އަލީ ވަހީދު އެންމެންގެ ވާހަކަ ހުށްޓުވާލިއެވެ. “އަހަންނަކަށް އޭނަ އެއް […]
“ރިހާނާ މަޑުކުރޭ… ހައިޒަލް ހުންނަ ތަނެއްގައި ރިހާނާއަށް ނުހުރެވޭނެ ސަބަބެއް ނޯންނާނެ…” އަލްހާން ހިތްހަމަނުޖެހިފައި ބުނެލުމާއިއެކު ރިހާނާގެ ރުޅިވެރި ނަޒަރު އަލްހާންއާއި އަމާޒުވިއެވެ. އެ ނަޒަރުން އެކަނިވެސް އެ ސަބަބު އަލްހާންއަށްވުރެ ރަނގަޅަށް އިނގޭނެ ފަރާތެއްނުވާނޭކަން ރިހާނާ ހަނދާންކޮށްދިން ފަަދައެވެ. ހައިޒަލް އެއްފަރާތެއްގައި އެ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އެއީ ކޮންމެ ދުވަހަކު ފެނި ހައިޒަލްއަށް އާދަވެފައިވީ މަންޒަރުތަކެކެވެ. ތުއްތުއިރުއްސުރެ ރިހާނާ ހައިޒަލް ދުރުކޮށްގެން ގެންގުޅުނުއިރު ރިހާނާ ހުންނަ […]
އައި ނޯ އައި ކޭން ޓްރީޓް ޔޫ ބެޓަރ، ބެޓަރ ދޭން ހީ ކޭން، ބެޓަރ ދޭން ހީ ކޭން،” ލިބާން، ލަވަ ކިޔާ ނިންމާލުމުން މުޅި ތަން ހީވީ ކެކި އަރައިގަތް ހެންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލެއްވުނު އެންމެ ގަދައަކަށް އަޑު ލައްވަމުން ދިޔައިރު އެތަނުގައި އެކަކު ދައްކާ ވާހަކައެއް އަނެކަކަށް އަޑު ނީވޭނެކަން ގައިމެވެ. ” އާދެ! އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ތަފާތު، ފާހަގަކޮށްލެވޭ ފަދަ ޝޯއެއް ފެށުމުގެ ޝަރަފު، އަނެއްކާވެސް […]
ވިޝާހްއަށް ކަންކަން ރޭކައިލީ ޖަލުގައި ބަންދުކުރިފަހުންނެވެ. އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނީ އެހެންވެއެވެ. ދެކުނުހާ ހުވަފެންތައް ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވީއެވެ. އަންޖަލް މަތިންވެސް ހަނދާންވީ އެވަގުތުއެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާ ބިންމައްޗަށް ތިރިވެވުނެވެ. މިވީ ގޮތުން ދެން ދުވަހަކުވެސް އަންޖަލްގެ ލޯބި އޭނާއަށް ނުލިބޭނެކަން އެނގުނެވެ. ގޯސް މަގު ޚިޔާރު ކުރުމުގެ ބަދަލުގައި އަންޖަލް ގެ ލޯބި ލިބޭތޯ މަސައްކަތް ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަ އަކުން ކެއްކޭނެ ރިހައެއް […]
ކާމިޔާބުވި ކުލަ ހުވަފެން މުސައްނިފާ ރޯޒީ 24 މާރޗް 2019 24 އުފާވެރި ހަޔާތެއްގެ ބިންގާ ކޮންމެ މީހަކުވެސް އަޅަނީ ތަފާތު ކުލަކުލައިގެ ހުވަފެންތަށް ދެކެމުން އޭގެ ތަޢުބީރުތަށް ހޯދަމުން ދުރާލާ ކާމިޔާބުގެ ކުލަ ޖެހިދާނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ. މާހީއަކީވެސް ހަޔާތުގެ ފަލްސަފާގައި ގިނަ ހުވަފެންތަކެއްގެ ބިލާހެއް ކަމަށް ދެކެމުން އަންނަ ޒުވާން ޖިންސުއްލަތީފެކެވެ. އެނދުގައި އޭނާ އޮށޯވެގެން އޮތްއިރު އޭނާގެ މާޒީގެ ސޮފްތާތަކުގެ އެކި އެކި ސޮފްތާކުގެ ހަދާންތަށް އާވަމުން ދިޔައެވެ،އެއީ ކަރުނަވީހަޔާތެކެވެ. ބޭވަފާތެރި […]