Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 10

“ވަރަށް ރީތިދޯ…” ކެންޓީންގެ ބިއްލޫރިންވާ ބިތާއި އެންމެކައިރި މޭޒުގައި ނައިނާ އިންއިރު ކެންޓީންގެ ބޭރުގައި ހުންނައިރު ނުހަނު ރީއްޗަށް ނައިނާ ފެނެއެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އަައްސާލެވިފައިވާ ފަން އިސްތަށިގަނޑު ދޫކޮށްލައިފައިވާތީ ނައިނާ މާ ތަފާތުކަމަށް ދައްކައެވެ.

“އަސްލުވެސް…” ހައިޒަލް ނައިނާއަށް ގެއްލިފައި ހުރެ ޖަވާބުދިނުމާއިއެކު މިކްޔާލް ހޭންފެށިއެވެ. އެއާއިއެކު ހައިޒަލް ކުޑަކޮށް ރަކިވެފައި މިކްޔާލްއަށް ބަލާލިއިރު ދެވަނަ ސިކުންތުގައި ބުމަގޮށްޖަހާލިއެވެ.

“މިކް… ދޭ… އަހަރެން އެބަ ދަން…” ނައިނާ އެގޮތަށް ފެނުމުން ޖެއްސުމެއްކޮށްނުލާ ދާކަށް ހައިޒަލްގެ ހިތެއް ނުރުހުނެވެ.

“ނައި އެތާ އިނީމަ ދޯ ތިއުޅެނީ… ތިހެން އުޅެމުންގޮސް ނައިނާދެކެ ލޯބިވާނެހެން ހާދަ ހީވެއޭ…” މިކްޔާލްގެ ޖުމްލައާއިއެކު ހައިޒަލް ހިނދުކޮޅަކަށް ހުއްޓުން އެރިނަމަވެސް އެކަން ފޮރުވާލުމަށް ހެމުން ހެމުން މިކްޔާލްއާއި ދިމާލަށް ބަލާލިއެވެ.

“މަ އަންހެންކުއްޖެއްދެކެ ލޯބިވާން… އަދި އެވެސް އެ ބޯހަރު ކުއްޖާގަނޑުދެކެ…” ހައިޒަލް ލާނެތް ހުނުމަކާއިއެކު ބުނެލިއެވެ. “އާނ… ހައި ނުވާނެ އަންހެންކުއްޖެއްދެކެ ލޯތްބެއް… ހައި އިންނާނީވެސް މަށާ… އާފްޓަރ އޯލް ވީއަރ…” މިކްޔާލް ހައިޒަލް ކޮނޑަށް އަތްވައްޓާލަމުން އެއްލޯމަރާލިއެވެ. އެއާއިއެކު ހައިޒަލް މަޖަލަކަށް ކަޅިއަޅައިގެންފައި މިކްޔާލްގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

“މިކްއާއި ހެދިއޭ ކޮމްޕެނީ އެންމެން އަހަރެމެންނޭ ކިޔައިގެން ގޮސިޕްކުރަނީ… ދައްކާނެ ވާހަކައެއް ނެތިގެން މި އަންހެންވެރިން ކިޔާހާ ރަބިޝް… މަށަށް މިކް ފެންނަނީ އަންހެންކުއްޖެެއްގެ ސިފައެއްގައެއް ނޫންވިއްޔަ…” ހައިޒަލް ހެމުން ބުނެލިނަމަވެސް އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ސީރިޔަސްކަން ފެނިލިއެވެ. ހަގީގަތުގައި އެންމެ ގާތް އެކުވެރިޔާއާއި އޭނައާއި ބެހޭގޮތުން ދެކޭވޭ ވާހަކަތަކުން ހައިޒަލްއަށް އުނދަގޫވާ ބައެއް ވަގުތަށް އާދެއެވެ. އެކަމަކު ހައިޒަލް އެކަން މައްސަލައަކަށް ނުހަދަނީއެވެ. އެވާހަކަތަކުގެ ސަބަބުން އޭނައާއި މިކްޔާލްއާއި މެދުގައިވާ ގުޅުން ދުވަހަކު ހީނަރުވެެގެން ނުދާނެއެވެ.

“އޯވް… ދެޓް ހާރޓްސް… މަ ހީކުރީ ހައި ހަމަ އަސްލަށްވެސް މަދެކެ ލައިކްވާކަމަށޭ…” މިކްޔާލް ދެލޯބޮޑުކޮށްލަމުން ހައިރާންވީކަމަށް ހެދުނެވެ. އެއާއިއެކު ހައިޒަލް ނުރުހިފައި ކަޅި އަޅައިގަތުމާއިއެކު މިކްޔާލް ހެމުން ހެމުން ހައިޒަލްގެ ހަމަލާއަކުން ސަލާމަތްވާންވެގެން ދުރަށް ހިނގައިގަތެވެ.

ހައިޒަލް ކެންޓީންއަށް ވަދެގެން ދިޔައިރު ހުރިހާ ސްޓާފުންގެ ހައިރާންކަމުގެ ނަޒަރުތަށް ހައިޒަލްގެ މޫނަށް ހުއްޓުނެވެ. ސީއީއޯ ހައިޒަލްއަކީ ދުވަހަކު ކެންޓީންއިން ފެނުނު ފަރާތަކަށް ނުވެފައި މިއަދު ކުއްލިއަކަށް ފެނުމުން އެންމެންގެ ހައިރާންވެފައިވީވަރު އެންމެންގެ މޫނުތަކުންވީ ހާމައަށެވެ. ޒުވާން އަންހެންކުދިންތަށް ހައިޒަލްގެ ރީތިކަމަށް ތައުރީފްކުރަން ފެށިއިރު ވެއިޓަރުން އަވަސްވެގަތީ އެންމެ ފުރިހަމައަށް ސީއީއޯއަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ބުއިމެއް ނަގައިގެން ހައިޒަލް އައިސް އިށީދެލީ ނައިނާ އިށީދެގެން އިން މޭޒުކައިރީގައެވެ. އެއާއިއެކު ނައިނާ ސިހިފައި ކަހަލަގޮތަކަށް އިސްއުފުލާ ބަލާލިއެވެ. ހައިޒަލް ކެންޓީނަށް ވަނީއްސުރެ ނައިނާ އިނީ ހައިޒަލްގެ މޫނަށް ނުބަލަން ހުވާކޮށްގެންނެވެ.

“ހައެ… ސެލްފޯން…” ހައިޒަލް އެންމެ ރީތި ހިނިތުންވުމާއިއެކު ނައިނާއަށް ބަލާލަމުން އަތްއުފުލާލިއެވެ. ނައިނާގެ ދަތްކުނޑިވިކޭގޮތްވީ ހައިޒަލް މިފަހަރުވެސް އޭނާއަށް “ސެލްފޯން”ގެ ނަމުން މުހާތަބު ކުރީތީއެވެ.

“އިޓްސް ނައިނާ…” ނައިނާ ދަތްތަކަށް ބާރުކޮށްލައިގެން އިނދެ ބުނެލިއެވެ.

“ސެލްފޯން ތިކުއްޖާގަނޑާ މާ ގުޅޭ… ތިއީ ފޯނަކަށްޓަކައި މީހެއްގެ ކާރެއް ފުނޑާލަން ފަސްނުޖެހުނު ހިތްވަރުގަދަ މޮޔަކުއްޖާއެއްނު…” ހައިޒަލް މަލާމާތުގެ ގޮތަށް ހީލުމާއިއެކު ނައިނާ ދަތްކުނޑިވިކައިގެންފައި ދުރަށް ނަޒަރުހުއްޓާލިއެވެ. އޭރު ވަށައިގެންވީ މޭޒުތަކުގައި ތިބި ޒުވާން އަންހެންކުދިންގެ ނަަޒަރު އެދިމާއަށް ހުއްޓޭތީ ނައިނާ އިނީ އުނދަގޫވާގޮތްވެފައެވެ. ކަނޑޫނޫކުލައިގެ ސޫޓްއެއްގައި ހައިޒަލް ފެންނަލެއް ފުރިހަމަކަމުން އަސަރުނުކުރާ ހިތެއް ނުވާފަދައެވެ. ހުރިހާ އަންހެންކުދިންގެ ތެރެއިން ހައިޒަލް ނައިނާ އިހްތިޔާރުކުރުމުން ހުރިހާ އަންހެންކުދިން ނައިނާއަށް ބަލަމުންދިޔައީ ހަސަދަވެރިކަމުގެ ނަޒަރަކުންނެވެ. ސީއީއޯ ބޮޑީގާރޑްއަކާއިއެކީ ފެނުމުން ގަބޫލުނުކުރެވިފައި ތިބިހެން ހީވިއެވެ.

ހައިޒަލް އިރުކޮޅެއްވަންދެން ބީޓަކަށް މޭޒުމަތީ ޖަހާލަ ޖަހާލައިންއިރު ނަޒަރު ހުއްޓުނީ މޭޒުމަތީ މަތި ނަގާފައިވާ ލަންޗް ބޮކްސްއަށެވެ. އޮފީހަށް ލަންޗްބޮކްސް ގެނެސްގެން ކެއުމަކީ ހައިޒަލް އާކަމަކަށްވިއެވެ.

“ސީރިޔަސްލީ… އޮފީހަށް ލަންޗް ބޮކްސް ގެނެސްގެން ކާން ތިއީ ކުޑަކުއްޖެއްތަ؟” ހައިޒަލް އިނީ ނައިނާއާއި ދިމާކޮށްލާނޭގޮތެއް ނުފެނިފައިހެން ހީވިއެވެ. “ސަރ… ސްޓާރފުން ބޭނުންގޮތަކަށް ލަންޗް ނެގުމުގެ ފުރުސަތު ބްލޫސްގައި ދީފައެއްނޫންތޯ އޮންނަނީ… ކެންޓީނުން ނޫނީ ގެއިންވިޔަސް… ލަންޗްބޮކްސްވެސް ގެނައުން އެލައުޑްއެއްނޫންތޯ…” ނައިނާ ވާހަކަދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. ސަރ ކިޔާލިއިރު އެއަޑަށް ބާރުކޮށްލިގޮތުން ހައިޒަލްއަށްވެސް އެކަން ފާހަގަކުރެވުނެވެ.

“ތި ލަންޗްބޮކްސްގައި ހުރި އެއްޗެހި ހާދަ މީރުހެން ހީވެއޭ…” ހައިޒަލް ވާހަކަދެއްކިއަޑަށް ނައިނާ ބަލާލިއިރު ހައިޒަލްގެ ނަޒަރުހުއްޓިފައި އޭނާގެ ލަންޗްބޮކްސްއަށެވެ. ނައިނާގެ ޖަވާބަކަށް ބެލުމެއްނެެތި ހައިޒަލް މޭޒުމަތީއޮތް އުލުން ބޮކްސްގައި އޮތް ސެންޑްވިޗްއިން އެތިކޮޅެއް ވަކިކޮށްލުމަށްފަހު އެ އެތިކޮޅު ނަގާ ކާލިއެވެ. ހައިޒަލްގެ އެ ހަރަކާތުން ނައިނާގެ ދެލޯބޮޑުވެގެންދިޔައެވެ. އެއާއިއެކު ހައިޒަލް ލުއި ލުއިކޮށް ހީލަމުން އަޑެއް ލައްވާލީ ސޭންޑްވިޗްގެ ރަހަ ކަމުގޮސްގެން ހީވިއެވެ. ސޭންޑްވިޗްގެ ރަހަ ހައިޒަލްގެ އަނގަތެރެއަށް ފޭދިގެންދިޔައިރު އެރަހައަކީ ހައިޒަލްއަށް ވަރަށް ރައްޓެހި ރަހައެއްހެން ހައިޒަލްއަށް ހީވި ސަބަބެއް ނޭނގުނެވެ. ކޮންމެވެސް އިރަކު ހަމަ އެރަހައިގެ ސޭންޑްވިޗް ކެވިފައިވީ ހަނދާނެއްވުމާއިއެކު ހައިޒަލް އެދުވަހެއް ހަނދާންވޭތޯ މަސައްކަތްކުރަންފެށިއެވެ. އެއާއިއެކު އެހެން ފަހަރުތަކާއި އެއްގޮތަށް ދިލަ ރިހުމެއް ބޮލަށް އެރިއެވެ. ހައިޒަލް ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިނދެ ފުންކޮށް ނޭވާލާންފެށިއެވެ. ދެތިންފަހަރުމަތިން އެގޮތަށް ތަކުރާރުކޮށްލުމަށްފަހު ލޯހުޅުވާލިއިރު ނައިނާގެ ނަޒަރު ހުއްޓިފައިވީ ހައިޒަލްގެ މޫނަށެވެ. ފުރަތަމަ ފަހަރަށް އެ މޫނުން ހައިޒަލްއާއި މެދު ކަންބޮޑުވެފައިވީކަމުގެ އަސަރުތަށް ފެނިލިއެވެ.

“ސަރ… އާރޔޫ އޯލްރައިޓް…” ނައިނާ ހާސްވެފައި ބުނެލަމުން ހައިޒަލްގެ އަތްމަތީ އަތްބާއްވާލިއިރު އެ ދެޒުވާނުންގެ ނަޒަރު ސީދާވެގެންދިޔައެވެ. އެވަގުތު ނައިނާގެ ރީތި ލޮލުން ފެނިލި އަސަރަކުން ހައިޒަލް އެލޮލުގެ ތެރެއަށް ގެނބިގެން ހިނގައިދާނެހެން ހީވިއެވެ. އެ އޯގާތެރިކަމާއި އަޅާލުންތެރިކަމުގެ ނަޒަރު ހައިޒަލްގެ ހިތުގައި ތަފާތު އިހުސާސެއް އުފަންކުރުވި ވަގުތުކޮޅެކެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު ނައިނާ ހައިޒަލްގެ އަތްތިލަމަތީ ބާއްވާލެވިފައިވާ އޭނަގެ އަތްތިލަ ނަގަމުން އަވަހަށް ދުރުބަލާލައިފިއެވެ.

“ސޮރީ…” ނައިނާގެ އަޑުންވެސް އޭނާ ފިނިވެފައިވީވަރުވީ ހާމައަށެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނުނު އަސަރަކުން ނައިނާގެ އެންމެ ހިމަނާރުތަކަށްދާންދެން ކުޅެލައިފިއެވެ. އެ ބޮޑާ ސަހްސިއްޔަތުގެ ފަހަތުގައި ހައިޒަލް ކަމެއް ސިއްރުކުރާކަން ހާމަވީ ވަގުތުކޮޅެކެވެ. އެދެލޮލުން ހުރިހާ އިހުސާސެއްވީ ހާމައަށެވެ. ނަމަވެސް އެ އިހުސާސްތަށް އެންމެ ފުރިހަމަގޮތަށް ނަގައިގަންނަން ނައިނާ ނުކުޅެދުނެވެ.

“އަހަރެންދެކެ ލޯބިވާވަރުން ކުޑަކަމެއްވިޔަސް ހާދަ ވަރަކަށޭ ދޯ ހާސްވަނީ…” ނައިނާއާއި ހައިޒަލްގެ ދެމެދަށް ވެރިވި ނުތަނަވަސްކަން ކަނޑުވާލަންވެގެން ހައިޒަލް ލާނެތްގޮތަކަށް ބުނެލިއެވެ. އެއާއިއެކު ހީލަމުން ލަންޗްބޮކްސް ކައިރިކޮށްލަމުން ކާންފެށުމާއިއެކު ނައިނާ ނުރުހިފައި ކަޅިއަޅާލައިފިއެވެ. އެއާއިއެކު ހައިޒަލް ފަރުވާކުޑަގޮތަކަށް “ވަޓް” އޭ ބުނެލިއެވެ.

“އަހަރެންގެ ލަންޗްބޮކްސް…” ނައިނާ މޫނު ހަދާލަމުން ލަންޗްބޮކްސްގައި ހިފާ އޭނައާއި ގާތަށް ދަމާލިއެވެ.

“ބުނަން… ކުޑަކުއްޖަކަށްވެގެން މިތާ ސީންއެއް ކްރިއޭޓްކުރަން އުޅެފިއްޔާ ލަދުގަންނަންޖެހޭނީ ތިކުއްޖާ… ދި އިޒް ފޯރމީ…” ހައިޒަލް ލަންޗްބޮކްސް އިނގިލިން ދައްކާލަމުން އަމުރުވެރިގޮތަކަށް ބުނެލިއެވެ.

އެވަގުތު ވެއިޓަރ އައިސް ހައިޒަލް އޯޑާރކުރި ކާތަކެތި މޭޒުމަތީގައި އަތުރާލިއެވެ. “ޔޫ ކޭން ހޭވް ދެޓް….” ހައިޒަލް ލޮލުން އިސާރާތްކޮށްލީ ވެއިޓަރ ގެނައި ކާއެއްޗިއްސަށެވެ. އެއާއިއެކު ނައިނާ ތުން ދަމާލަމުން ގޮނޑި ތެރެއަށް ވެއްޓިގަތެވެ. ހައިޒަލްއާއި ދިމާލަށް ކަޅިއަޅައިލައިގެން ހަށަން ބަދެލައިގެން އޮތްއިރު ކިޔަންވީ އެއްޗެހި ގިނަކަމުން ހިތް ފުރުނަސް ނައިނާ ހިޔާލުކުރީ ހިމޭންކަމެވެ. މީހުން ގިނަވުމާއިއެކު ހައިޒަލްއާއި އަރާރުންވުމެއް ހިންގައިގެން މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓެން ނައިނާ ބޭނުންނުވީއެވެ. އެހެންނޫނަސް މީގެ އިރުކޮޅެއްކުރިން ހައިޒަލްއާއި ނަޒަރު ސީދާވީގޮތުން އޭނާގެ ހިތްވަރުވެސް ނެތިގެން ހިނގައްޖެއެވެ.

*******************************

ބާރުވަޔާއިއެކު ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. ވާރެއާއި ވައިގެ ހަމަލާތަކަށް ކެތްނުވެގެން ގަސްތައް ދެފަރާތަށް ހޫރެންފެށިއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުގެ ފަރުދާތަށް ވަޔާއި ހެއްލެމުންދިޔަލެއް ބާރުކަމުން އުދުހިގެން ހިނގައިދާނެހެން ހީވެެެއެވެ. ކުޑަދޮރުން ބޭރުން ބޯކޮށް ވާރޭވެހެމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހައިރާ ހުރިއިރު އެ މަންޒަރުން މާޒީ ހަނދާންކޮށްދެމުން ދިޔައިރު އެ ހިޔާލުތަކާއި ދުރަށް ދާން ކަނޑަނޭޅި މަސައްކަތްކުރަންޖެހުނެވެ. ކޮންމެ ވާރޭގެ ތިއްކެއްގެ ފަޒާގެ ތެރޭ އުދުހިލައިފައި ބިމުގެ ތެރެއަށް ގެނބެމުންދަނީ ހައިރާގެ މާޒީގެ ސޮފްހާތަކުގައި ކުލަަޖައްސާދީފައެވެ. އެ ހަނދާންތައް އަލުން އާކުރަން ހިތަށް މަޖުބޫރުކޮށްފައެވެ.

ވާރޭތެރެއިން އޭނާގެ ހިތުގެ ވެރިޔާއާއި ފުރަތަމަ ބައްދަލުވީދުވަސް މިއަދުވެސް ހައިރާގެ ލޯމަތީ ކުލަކޮށް ސިފަވާފަދައެވެ. މިވެހެމުންދާ ވާރޭތެެރެއިން ކޮންމެވަގުތަކުވެސް ހިތުގެ މިލްކުވެރިޔާ އޭނާ ގާތަށް އައިސްދާނެހެން ހީވާފަދައެވެ. ހުދު ހައިރާގެ ހިތް ގަބޫލުކުރަން ބޭނުންވަނީވެސް އެގޮތަށެވެ. ލޯކުރިމަތީ ހުރިހާ މަންޒަރެއް ނިއުޅިގެންދިޔައިރު އަދިވެސް ހަޤީގަތާއި ދެކޮޅުހަދަން އޭނާގެ ނުކިޔަމަންތެރި ހިތް މަޖުބޫރުކުރަނީއެވެ.

ޑްރެސިންޓޭބަލް މަތީ ބައިންދާފައިވާ ފޮޓޯފްރޭމް ވެއްޓި ތެޅުނުއަޑަށް ހައިރާގެ ހިޔާލުތަކުން ބޭރުވެވުނުއިރު ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. ދުރަށް ވިހުރިފައިވާ ކުދި ބިއްލޫރިކޮޅުތަކަށް ސަމާލުވެގެން ހުރެ ހައިރާ ގޮސް ބަންޑުން އޮތް ފޮޓޯ ފްރޭމް ނެގިއެވެ. އެއީ ހައިރާގެ ކައިވެނީގެ ރޭގެ ފޮޓޯއެކެވެ. ހުދުކައިވެނި ހެދުމުގައި ހައިރާ އޭނަ ހިތްއެދޭ ޒުވާނާގެ އަތުތެރޭވީއިރު ދެޒުވާނުންގެ ނަޒަަރު ވަނީ އެކަކު އަނެކަކާއި ސީދާވެފައެވެ. ހައިރާ މަޑުމަޑުން އެޒުވާނާގެ މޫނުގައި އިނގިލިތަށް ހިންގާލިއިރު ލޮލަށް ކަރުނަތަށް ބޮޑިވެގަތީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ލޮލަށް ގިނަވި ކަރުނަތަށް ކޯތާފަތްމަތީ ދެމެންފެށިއިރު ހައިރާ ފްރޭމްގެނެސް މޭގާއި ޖައްސާލިއެވެ. އެއާއެކު ތުރުތުރު އަޅަމުންދިޔަ އަޑުން ބޭރުވީ އޭނާގެ ހިތްމިލްކުރި ބައިވެރިޔާގެ ނަމެވެ.

“އަހަންނަށް މައާފުކުރޭ… އަހަންނަށް ހަވާލުކޮށްފައި ދިޔަ އަމާނާތަށް އެންމެ ފުރިހަމައަށް އަހަންނަށް ރައްކާތެރިއެއް ނުވެވުނު… އަހަރެން އެދުވަހު ކަންތައް ކުރީ އަހަންނަށް ފެނުނު އެންމެ ރަނގަޅަށް…. ކީއްވެ އެހާ އަވަހަށް އަހަރެން ދޫކޮށްލައިފައި ދިޔައީ… އަހަރެން އެކަނިވެރިވީވަރު އިނގޭތަ؟ ދިރިއުޅެން އުންމީދެއް ދިން ހަމައެކަނި ފަރާތަކީ ތިއީ…”

“އަހަރެމެންގެ ދިރިއުޅުމަށް ބަޔަކު ޒަހަރު ލީކަން ޔަގީންވާއިރުވެސް ހިމޭނުން ހުރުން ނޫން މިއަދު ގޮތެއް އަހަންނަކަށް ނެތް… ކޮންމެވެސް ދުވަހަކުން ކުށްވެރިންނަށް އޭގެ އަދަބު ލިބިގެންދާނެ…. އެދުވަހެއް އަވަހަށް ދައްކަވާތޯ އަހަރެން ދުއާ ކުރާނަން…”

ހައިރާ ފޮޓޯފްރޭމް މޭގައި ޖައްސާލައިގެން ހުރިއިރު ހުއްޓުމެއްނެތި ވޭނީ ކަރުނަތަށް ކޯތާފަތްމަތީ ދެމެމުންދިޔައެވެެ. މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑި ވަށާލިއިރު އަމިއްލަ ނަފްސު ބަލިކަށިކޮށްލައި ކަރުނަ އޮހުރުވަން ޖައްސައިފިއެވެ. ހިތި ހަނދާންތަކެއް އާކުރަން ހިތަށް ޖައްސައިފިއެވެ.

މީގެ 21 އަހަރު ކުރިން އޭނާގެ ހަޔާތަށް އައި ގިލަންވެރި ދުވަހުގެ ހިތި ހަނދާންތައް އޭނާގެ ހިތުން ދުވަހަކު ފޮހެވިގެންނުދާނެއެވެ. ދުނިޔޭގެ އެދުން ހާސިލްކުރުމުގެ އެދުމުގައި ބަޔަކުމީހުން ޖެހި މަޅިއެއްގައި ބެދި ހިމޭންވެގެންދިޔައީ އޭނާގެ ދިރިއުޅުމެވެ. ހަފުސްވެގެންދިޔައީ އޭނަގެ ހަޔާތެވެ. ލޯބިވާ ބައިވެރިޔާ އުމުރަށް ބީވެ އޭނަ ނިކަމެތިވެގެންދިޔައީއެވެ. އެ ޒަހަރުގެ ހިތިކަން މުޅިއުމުރަށް އަރުތެރެއަށް ފޭދިގެންދިޔައީއެވެ. ދުވަހަކު ހުސްނުވާނެ ހިތާމަތަކުން އޭނާގެ ފަސްބައި ފުރިގެންދިޔައީއެވެ.

************************                                                   އިރު ދުނިޔެއާއި އަލްވަދާއުކިޔުމަށް ތައްޔާތުވަމުން އައިރު ވެހެމުންދިޔަ ބޯވާރޭތެރެއިން އެ މަންޒަރު ފެންނަނީ ވަރަށް ހުވަފެނީކޮށެވެ. އިރުއޮއްސެމުން ދިޔައީ ރަން ދަޅަތަކުން ދުނިޔެ ފެންވަރުވަމުން އުޑުގައި އަލިފާން ކުލަ ޖައްސަމުންނެވެ. އޮމާން މާބްލްތަށް މަތީގައި ފެން ތިކިތައް ބޮސްދެމުންދިޔައިރު ކުދި ބާނިތައް ނަށަމުންދާ މަންޒަރުން އަޖާއިބުވާހާވެއެވެ. ބްލޫސްގެ އެންޓްރެންސް އިން ފެށިގެން ޑްރައިވްވޭއާއި ހަމަޔަށް ދެމިފައިވާ ޕޯޓިކޯގެ ތަނބަކަށް ލެގިލައިގެން އެ ރީތި މަންޒަރަށް ހިނދުކޮޅަކަށް ގެއްލިފައިހުރެފައި ނައިނާ ވާރޭގެ ތެރެއަށް ނިކުތެވެ.

ފަޒާގައި ނަށަމުންދިޔަ އެތަށް ހާސް ފެންތިކީގެ ހަމަލާތައް ނައިނާގެ ހަށިގަނޑަށް އަމާޒުވީއިރު ނައިނާ ތެމިފޯވާކަށް ގިނައިރެއްނުނެގިއެވެ. އެ ފެންތިކިތަކުގެ ތެރޭ ނައިނާގެ ރީތިކަން އިތުރު ސިފައެއް އިހުތިޔާރުކުރިއެވެ. ފެންތިކިތައް އެ ފަން އިސްތަށިގަނޑުގެ ތެރެއަށް ފޭދިގެން ދިޔައީ އޮފުދާރު އިސްތަށިގަނޑުގެ ވިދުން އިތުރުކޮށްލަދީފައެވެ. އޮމާން މޫނުމަތީގައި ޝަބްނަމް ތިކިތައް ފަދައިން ފެންތިކިތަށް ވިދަމުންދިޔައީ އެ މޫނުގެ ރީތިކަން ދެގުނަކޮށްދެމުންނެވެ. އެ ލޫޅާފަތި ހަށިގަނޑަށް ތުނި ގަމީސް ހިފައިލައިފައިވާއިރު ދޮންކަން ވިދަމުންދިޔައެވެ.

ހައިޒަލް އެވަގުތު ޕޯޓިކޯއަށް ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އެ މޫނުމަތިން އެވަގުތު ފެނުނީ  ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދޭތެރެއިން ނިއްކުރީގައި އަތުން ފިރުމާލައިގޮތުން ހާސްވެފައިހުރިހެން ހީވެެެއެވެ. ހައިޒަލް ޕޯޓިކޯގެ ތަނބަށް ލެގިލަމުން ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލިވަގުތު ހިނދުކޮޅަކަށް ހުއްޓުންއެރިއިރު އެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (56)

  1. ??

    love thiss…whn next??

    1. dhiraa wish
      ??

      thnks

  2. Daisy girl

    Yay me first!!??????? kiyaafa comment kohlaanan❤️❤️

    1. Koo
      Daisy girl

      I read the story 1st at 5:30??

    2. dhiraa wish
      Daisy girl

      hehehehe…. ??anyone might read first… anehka furathama kiyaameehaku belumuge vaada eh othyytrr???✨✨??????✨

    3. Daisy girl
      Daisy girl

      Koo!!no worries!!!? you deserve first if you readed at 5:30???????

  3. Daisy girl

    Wowwww !!Ur r amazing dhiroo….❤️??stry is also fab…❤️??sifakurun v.salhi!!!❤️?? when nxt prt?????❤️??
    Lots of love ??????????

    1. dhiraa wish
      Daisy girl

      thnks… insha allah fridayga.. ryyt now sclga house event thakeh othumun kuda koh bxxee.. ehnve seedaa duvaheh bunedein neingeyne bt i will try fridayga upkohladeveythww

  4. Yaana

    Wow mi part ves varah reethi?????

    1. dhiraa wish
      Yaana

      thnks

  5. Laalu

    Heh hey me 2nd dhw… Anyway mi part vx v v v v v v v nice ingey… Ur a nice author luv u m n m ❤️❤️❤️?????????

    1. dhiraa wish
      Laalu

      thnksss

  6. Laalu

    Whn nxt prt dhiroo luv❤️❤️

    1. dhiraa wish
      Laalu

      insha allah fridayga

  7. Xaaan

    Masha Allah mi partves vvvvvv reethi v furihama ehme kiyaahihvi hisaabun nimuny waitin next part plx plx thankolheh avas kohlahchey ingey

    1. dhiraa wish
      Xaaan

      thnks… i will try my best… bxy days veema i cnt cnfirm a date for next part.. bt insha allah i wioll try my best to upload it on friday

  8. A girl

    Mi story kn dhuvas thakengatha up kurani? Abadh up veythoa beley varun

    1. dhiraa wish
      A girl

      hehehe… time libunu varakun up kuranee… vaki date eh visnaigeneh noon… bt knme part eh upkohfa vx bunelaafa inaane comntga dhn upvaane duvass..n try kuranee e date ah up kuran. bxyy veema cnt cmfirm a date like tht.

  9. Koo

    Dhiraaa when not part?? The story is really good luv u???

    1. dhiraa wish
      Koo

      thnks

  10. Koo

    Dhiraaa when nxt part?? The story is really good luv u???

    1. dhiraa wish
      Koo

      insha allah fridayga

  11. Korean lover

    This story sifakurun thah city Hunter aa v ehgoeh

    1. Dhiraa wish
      Korean lover

      Mi vaahaka akee dhira ge amihla hiyaaluge mahchah binaa koh liyamundhaa vaahaka eh.. thanks for commenting

  12. Kul

    ❤️mi part ves v salhi

    1. dhiraa wish
      Kul

      thnks

  13. jiji

    Mii jiji nge..log out vefa comment mikurany❤????..BTW mi prt vec vrh awesome nge???????????keep it up dhiraa..I saw ur comment on ushaali ge stry one ah liyaa????..hehe..LY bodukoh

    1. dhiraa wish
      jiji

      heheh thnks

  14. Hus

    Koo N aku ge luv stry tha alhe Dhiraaa mi liyanii???

    1. Koo
      Hus

      Yeah and thanx Dhiraaa ❤️❤️hus dear I like him but idnt want show that to him ❤️❤️N convey my regards to my loving aku pls pls ???

    2. dhiraa wish
      Hus

      hehehehehe ????✨✨???

  15. Rose

    Varah reethi. Keep it up

    1. dhiraa wish
      Rose

      thnks

  16. Twinkle

    Vara reethi…thi hama perfect writer ey…insha allah…❤❤❤

    1. dhiraa wish
      Twinkle

      thnks

  17. rose

    When Next part???

    1. dhiraa wish
      rose

      insha allah v avahah

  18. Umm

    Kobaa story. Konirakun Up vaany alhe

    1. dhiraa wish
      Umm

      be patient??????i have alrady sended the story.. it is in pending?????✨??

  19. Kiddy

    Hairaa e ee haizal ge aslu mamma

    1. dhiraa wish
      Kiddy

      hehehehe…….. higaa balaalamaa dwww… maybe… also faharehga heekuraa gothah vx nuvedaane ehnu… lets c????✨?

  20. Ammu

    Awesome ?.. btw past tense of send is sent.. nt to offend you darling ?

    1. dhiraa wish
      Ammu

      hehe thnks. i dnt check the spellings.. without checking i wrote it.

  21. jiji

    Waiting??????..

    1. dhiraa wish
      jiji

      be patient

  22. her new fan

    hii regular koh kiyan comment nukiyas….
    its really nice…..
    hope vaahaka ehkoh genes dheyne kamah ….eii varah gina kudhin fashaafa nugenes dhey…
    and vvv eba wait kuran next part ah

    1. dhiraa wish
      her new fan

      hehheh thnks. insha allah

  23. Twinkle

    Waiting……

    1. dhiraa wish
      Twinkle

      i have sent it… its is still in the pending..????

  24. Shifoo

    Editor avahah vaahaka upkohladheebala…

  25. Shifoo

    Waiting ga meenee hama

    1. dhiraa wish
      Shifoo

      be patient.. its still in the pending… esfiya sitege meehun kiyuntheringe kehtherikan check kuranee ????

  26. girl

    haadha lahey…..i can’t wait anymore

    1. dhiraa wish
      girl

      varah ufaavey thihaa kiyaa hithun wait kohlaathee… dhiraa varah kurin up kuran fonuvaifin… adhi kudakoh madu kohlamaa…

  27. None

    Mihaaru foohi vehje mi vaahaka kiyanves.

    1. dhiraa wish
      None

      “none” dhiraa reyga vaahaka up kuran fonuvin… adhives pending ga inee… sorry.. ekamaai medhu dhira ah kureveyne kameh neih… thankss for commenting …

Comments are closed.