Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

ސިޙުރީ ފާލަން

Allura Level 110 Stories
March 28, 2019 One Min Read
4 Comments

‍‍‍‍‍‍‍‍‍އަހުރެންނަކީ ހިތްވަރު ހުރި މީހެކެވެ. އަމިއްލަ ނަފުސަށް މުޚާތަބުކުރެވެމުން ދިޔަ އެވެ. ރަށުން ބޭރު މީހަކާ ކަަައިވެނި ކުރީމެވެ. އަދި މައިންބަފައިންނާއި ދެ ހަގު ދައްތައިންނާ އެކު އެއް ގޯއްޗެއްގައެވެ. ވަކިން އުޅެވޭނެ ގޮތެއް ނެތިފައި ވުމުންނެވެ. ފިރިމީހާގެ ރަށަށް ބަދަލުވުމަކަށް ހިތެއް ނޭދުނެވެ. އެއީ ބޮޑު އާއިލާއެކެވެ. އަދި ގޭތެރެ ތޮއްޖެހިވިފަ އެވެ. ގެދޮރުބިނާތައް ގިނަވެފަައި ރުއްގަސް މަދެވެ. ބީރައްޓެހިކަމުގައި ފާހަގަކުރެވުންތަކެއް ނެތެވެ. މީހުންގެ ގާތްކަން ދައްކުވާ ހާލު ފުޅަލެވެ.

އެއީ ދުރު ނަސްލެކެވެ. މީހުންގެ ޝުއޫރުތަކުގައި ހަލަބޮލިގޮތެކެވެ. އަހުރެން ފަދަ އެވެ. އަހުރެންގެ އާއިލާ ފަދަ އެވެ. ވެށީގައި ކުޅެނެގުމެވެ. ހުނުމާއި މަޝްވަރާތަކެވެ. ދެމެދުގަަައިވި ހިއްސާކުރުންތަކެވެ. ދޮންބެ ފުޓުބޯޅަ ކުޅެން ފަށައިގަތީ އެވެ. ފަހަރީ މިއަދު ވަޒީފާ އަށް ނުދާ ވާހަކަ އެވެ. ޖަމީލާގެ ހަގު ކޮއި އިސްކޫލުން ވަކިކުރި ކަމެވެ. އަމަލުތަކުގައި ހުސްކަމެއް ނެތެވެ. ޤުދުރަތުގެ ހާސާތަކުން ފެތުރުވިފައިވި ރޯޅިތަކުގެ ގިރިޓީތަކެވެ. ހޯދެވުންތަކުގައި އެދުންވެރިކަމާ އެކު ގެނުވާ ޔަޤީންކަމެވެ. ޝައުގުން ބޭރުވެވިފައިވި ހިއްސުތަކުގެ ޅަ ކަމަކުންނެވެ. މިވެސް ހަޔާތުގެ ދިރިގެންނެވުމެކެވެ.

……………….

ގޭގައި އުޅުމަށް ހިތް އެދުނެވެ. ދާއިމަށެވެ. އާއިލާ މުހިންމެވެ. ނޭވާލުން އެބައެއްގެ ތެރެއިން ވަނީ ހޭނުވިފައެވެ. ހުރި ހަމައެކަނި ބޭބެ, އޭނަގެ އަންހެނުންނާ ވަރިވެެއްޖެ އެވެ. ދެން ހުރީ ހަތް އަހަރުގެ ފިރިހެން ދަރިފުޅެވެ. ދެބެއިން ދޫކޮށް ބަދަލުވީ ގެއަށެވެ. އުފައުވެރިކަމަކަށް ލުޔެއް ނެތެވެ. އެއީ ހަށީގެ ވެއްޓެވެ. ފުރާނަ އެތަނެއްގައި އުފަންކުރި ބިނާ އެވެ. ލޭގެ ސިއްކަ އެއް ޖެހެވިފައިވާ ފަދަ އެވެ. އެ މަޙަލްއަކަށް ފައި އިސްކުރުމުން ގެނުވަދޭ އެ ހަސީންކަމުގައި ވަނީ ބޭއިޚުތިޔާރެވެ. ހިތި ކަމެއް ނެތެވެ. ރުއިންތަކާ އެކު ހަކަތަކުރުވަދޭ ލުއިފަސޭހަ ކަމެވެ. ހިއްސާކުރެވުމުގައި ސުކޫންވެރިކަމެވެ. ނަމަވެސް ސިކުނޑިތައް އޭގެ ޒާތުން މުއާމަލާތް ކުރަތެވެ. އާންމުންނަށް އެއީ ޚިޔާލީ ހޮޅުއައްޓެކެވެ. އެ ބަޔަކު ހެއެވެ. ފުރައްސާރަތަކުގަައި ފުރުސަތެއް ހޯދައިގަނުމުގައެވެ. ނަމަވެސް އަހުރުމެންގެ ޖޯޝުތަކުގަަައި ފަތަހަައިގެ ހުޅުހިފާފަ އެވެ. ހަައިރާންތަކައް ލޯތައް ކަނެވެ. އެބަަިމީހުންނަށް ނޭނގެނީ އެވެ.

 

އަހުރެންގެ ކައިވެނީގެ އަސްލު ހެއްޔެވެ. ނޫނެކެވެ. ތެދުވެރިކަމެއް ނެތެވެ. ހަމައެކަނި މާއްދިއްޔަތުގެ ރޫޙުވެރިކަމަކުން ބިނާކުރެވުނު ގުޅުމެކެވެ. ލޯތްބެއް ނެތެވެ. އަދި ވަރިވުމެއް ވެސްމެ ނެތެވެ. އެއީ އަހުރުމެން ދެ ހަށީގެ ކަނޑައެޅުމުގައިވި ޒާތީ ސިއްރިއްޔާތުތަކެކެވެ. އެ ނަޒަރު އެހެން ބަޔަކަށް ފެނިވިގެން ނުވާނެ އެވެ. އެހެނީ, ދިގުލާ ދިއުމަށް އަދިވެސް ދުވަސް އެބައޮތެވެ. މި ޒަމާނަކަށް ނިމުމެއް ނެތެވެ. ޔަޤީންތާ އެވެ. އަހުރުމެންގެ ކައިވެންޏަކީ ހިތްވަރުގެ މިސާލެކެވެ. ހަންހާރަވެތިކަމުގެ ފަލަކުން ގެތިފައިވި ސިޙުރަވީ ފާލަމެކެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ހިތި ހަނދާން

Next

ކުރި އިންތިޒާރު

Next
March 29, 2019

ކުރި އިންތިޒާރު

Previews
March 28, 2019

ހިތި ހަނދާން

4 Comments!

  1. jiji says:
    March 28, 2019 at 8:18 pm

    Salhi stry eh?

    1. Allura says:
      March 29, 2019 at 11:36 am

      Thanks. ?

  2. Ya says:
    March 29, 2019 at 10:07 am

    Kiyann undhagu vaahaka thakeh.. evves reethi kameh neh.. Hama ekani liyuntheruyaa banduga other thi liyann ulhey ehcheh

    1. Allura says:
      March 29, 2019 at 11:37 am

      Thanks ☺.

Comments are closed.



All Right Reserved!