Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 27, 2019 6 Mins Read
8 Comments

އަހަރެންގެ ސިކުނޑި ތެރޭގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. މި އާއިލާއިން ކޮންެމެސް ކަމެއް އަހަންނަށް އެބަ ސިއްރުކުރެއެވެ. އެއީ އަހަންނަށް ޔަގީންވާ ކަމެކެވެ.
ސިޓިން ރޫމަށް ދިޔައިރު ލެޕްޓޮޕް ވަށާލައިފައި ޝިވަމްއާ ޔޫމީގެ އިތުރަށް ސުހެއިލްއާ ކައިލީ ތިއްބެވެ. ސޯފާއަށް ދެފައި ނަގައިގެން ލެޕް ޓޮޕް އުނގަށް ލައިގެން އިނީ ކައިލީއެވެ. ސުހެއިލްއާ ޝިވަމްއާ ބޯ އަރިއަރިކޮށްގެން ލެޕްޓޮޕް ސްކްރީނަން ބަލަން ތިއްބެވެ. ކައިލީއާ ޖެހި ފިތިގެން އެެއް އަތް ކައިލީގެ ކޮނޑު މައްޗަށް ލައިގެން ޔޫމީ އިނެވެ. “އައިނީ އާދެބަ މިހެދުންތައް ބަލާލަން” ޔޫމީ ދުވެފައި އައިސް އަހަރެން އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ކައިވެނީގެ އެކި ޑިޒައިންގެ ހެދުންތައް ހުއްޓެވެ. އަހަންނަށް އެންމެ ރީތިވީ ވަރަށް ސާދަކޮށް އެއްވެސް ގޮތެއް ނަހަދާ ހުރި ހުދުކުލައިގެ އަތްދިގު ވެޑިންޑްރެސްއެވެ. ސުހެއިލް އޮވެގެން އެކިކަހަލަ ހެދުން ދައްކަމުން ދިޔައެވެ. ގިނަ ފަހަރަށް ކައިލީ ރުޅިއަރުވަން ނުވެސް ގުޅޭ ހެދުންވެސް ދައްކައެވެ. ކައިލީ ރުޅިއައިސްގެން ކުސްތަޅާ ގަތުމުން ޝިވަމްއާ ދެމީހުމް ހޭންފަށައެވެ. ކައިލީ ކުސްތަޅާ އަޑު އިވުމުން ދަހުލާންއާ ސާޔާވެސް އެތަނަށް އައެވެ. އެމީހުންވެސް ސަމާސާގައި ބައިވެރިވިއެވެ.
“އައިން ބުނާ ހެދުމެށް މިފަހަރު ޗޫޒް ކުރާނީ” ކައިލީ އެހެން ބުނުމުން އަހަންނަށް އެންމެ ކަމުދިޔަ ހެދުން ދައްކާލީމެވެ. “ވާއު. އަ ސިމްޕަލް ބިއުޓިފުލް ޑްރެސް ޖަސްޓް ލައިކް ޔޫ!” ކައިލީއަށް ވެސް އެހެދުން ކަމުދިއުމުން އެހެދުމަށް އޯޑަރު ދިނެވެ.
ވެޑިން ޕްްލޭން ކުރުން ހަވާލުކޮށްފައި އޮތީ ޔޫމީއަށެވެ. ޔޫމީއާ ޝިވަމް ވެގެން އެކި ތަންތަނުން ޕާޓީއަށް ބޭނުންވާނެ އެއްޗިހި ހޯދަމުން ދިޔައެވެ. އަހަންނާ ހަވާލުވެފައި އޮތީ ހުރިހާ އެންމެންގެ ހެދުންތައް ޑިޒައިން ކުރާށެވެ.
އާންމުކޮށް ގޭގައި ބެލް އެޅުމަކީ ވަރަށް ނުވާ ކަމެކެވެ. އަހަރެމްނެގެ އެކަކުވެސް ގެއަށް ވަންނަންވީމަ ބެލްއެއް ނާޅާނެއެވެ. ބެލް އެޅުމުން އެންމެ ކުޑަކޮށް ހައިރާންވިއެވެ. “އައި ފޮގޮޓް. ވެދާނެ މަ އޮންލައިންކޮށް އޯޑަރ ކުރި އެއްޗިހިތަށް ކަންނޭންގެ!” ޔޫމީ ކަމެއް ހަނދާންވާ ފަދައަކުން ބުންޏެވެ. އަދި ދޮރުހުޅުވާފައި ގެނައި އެއްޗިއްސަށް ވާވަރަށް ފައިސާ ދެއްކުމަށް ޔޫމީ އެދުނެވެ. ދެވަނަ ފަހަރަށް ބެލް އެޅުމުން އަހަރެން ނިކަން އަވަހަށް ގޮސް ދޮރުހުޅުވީމެވެ.
ކުރިމަތީގައި ހުރި ސޫރައިން އަހަންނަށް ސިހުން ގެނުވިއެވެ. އެސްފިޔަ ޖަހަން ނޭންގިފައި ބަލަހައްޓައިގެން އިނދެވުނެވެ. “އައިނާ!” ލޫކްގެ އަޑު ކަންފަތުގައި ޖެހުނު ހިނދު އަހަރެންގެ ގައިން ހީބިހި ނެގިހެން ހީވިއެވެ. ނޫނެކެވެ. ހީވީއެއް ނޫނެވެ. ގައިން އަސްލަށްވެސް ހީބިހި ނެގީއެވެ. ލޫކްދެތިން ފަހަރު އެސްފިޔަ ޖަހާލިއެވެ. ދެލޯ ބޮޑުކޮށްގެން އަހަންނަށް ބަލަހައްޓައިގެން އިން ގޮތުން އެއިނީ ވަރަށް ހައިރާންވެފައިކަން އެނގެއެވެ.
ހަދަންވީ ކިހިނެއްކަމެއް އަހަންނަކަށް ނޭންގުނެވެ. އަހަންނަކީ ކުރީގެ އައިނާއެއް ނޫނެވެ. އަހަންނަކީ ވެމްޕަޔަރެކެވެ. ލޫކް އަހަންނާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އަހަންނަށް ފަހަތަށް ޖެހެވުނެވެ. ލޫކް ދުން ޖަހާފައި ގޭތެރެއަށް ވަން ގޮތުން އަހަރެން ހައިރާންވިއެވެ.
ދަހުލާން ފެނުމުން ލޫކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ބިރުން ހިންދިރުވާލިއެވެ. ލޫކް ލޮލުގެ ކަޅި މަޑު މަޑުން ރަން ކުލައަށް ބަދަލުވަމުން ދިޔައެވެ. ބޮލުގައި ބާރަކަށް ދެއަތުން ހިފަހައްޓައިގެން ހުރިއިރު ލޫކްގެ ހަށިގަނޑަށް ވޭން އަޅަމުން ދާކަން އެނގެއެވެ. ލޫކްގެ އަނގައިން ވޭނީ ރިހުމެއްގެ އަޑު ނުކުތެވެ. ކަންބޮޑުވެފައި ހުރެ އަހަންނަށް ލޫކްއާ ދިމާއަށް ހިނގައިގަނެވުނެވެ. ނަމަވެސް ފަހަތުން އައިސް ޝާދާބް ނިކަން ބާރަށް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
ދަހުލާން މަޑު މަޑުން ލޫކް ގާތަށް ދިއައެވެ. ލޫކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “ލޫކް. އިޓްސް ގޮއިން ޓު ބީ އޯކޭ. ރިލެކްސް” ދަހުލާން މަޑު މަޑުން ލޫކް ކޮނޑުގައި ހިފައި ގެން ގޮސް ސޯގާގައި ބޭއްވިއެވެ. އޭރު ލޫކް ދިޔައީ ތެޅި ފޮޅެމުންނެވެ. ލޫކް ތަހައްމަލު ކުރަމުން ދިޔަ ވޭން ފެނި އަހަންނަށް ރޮވެން ފެށުނެވެ. “ކިހިނެއް އެވަނީ؟” ރޮވިފައި އިނދެ އަހަރެން ޝާދާބް ގާތު އެހީމެވެ. ޝާދާބް އަހަރެން އޭނާގެ މެއާލާ ބޮނޑި ކޮށްލިއެވެ. އެއަށްފަހު އޭނާގެ އަތުން އަހަރެންގއ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. “ޝްޝްޝް. އައިން ހީ އިޒް އިން ހިޒް ޓްރާންސިޝަންސް” ޝާދާބް ބުނީ ކީކޭކަން އަހަންނަކަށް ދޭހައެއް ނުވިއެވެ. އެހެނަސް އިތުރު ސުވާލެއް ނުކޮށް ޝާދާބްގެ މޭތެރޭގައި ްާއަހަރެން ބޮނޑިވެލީ ކޮށްފައިވާ އަސަރެއްގެ ބޮޑު ކަމުންނެވެ.
“ސުހެއިލް ދޭބަ އިންޖެކްޝަން ހިފައިގެން އަންނަން އަވަސް” ސިކުންތެއްގެ ތެރޭ ސުހެއިލް އިންޖެކްޝަން ހިފައިގެން އައެވެ. ދަހުލާން އަވަހަށް ލޫކް އަތުގެ ފަލަ މަސްގަނޑަށް އިންޖެކްޝަން ޖެހިއެވެ. އެއާއެކީ ލޫކްގެ ހަރަކާތްތައް މަޑުވިއެވެ. ވޭނީ އަޑުއެކީ ކެނޑިގެން ގޮސް ލޫކްގެ ދެލޯ މެރުނެވެ. ލޫކް ހުއްޓުމާއެކު އަހަރެންވެސް ހުއްޓުނެވެ. ޝާދާބް އަތު ތެރެއިން ވީއްލިގެން ގޮސް ލޫކް ގާތު އިށީނީމެވެ. ލޫކްގެ ހަރަކާތެއް ނެތް ހަށިގަނޑު ފެނިފައި އަހަރެންގެ ސިކުނޑި ސުމަކަަށް ނުދިޔައީ ކިރިޔާއެވެ. ލޫކްގެ އަތް ގަނޑުފެން ގަނޑެއްހައި ފިންޏެވެ. އަހަރެން ދެތިން ފަހަރު ލޫކްގެ މޫނުގައި ތަޅާގަތީމެވެ. އެއްވެސް ހަރަކާތެއް ނުކުރިއެވެ. “ޓާރން ހިމް. ސަމް ވަން ޓާރން ހިމް” އަހަރެން މޮޔައެއްހެން ހަޅޭއްލަވައިގަތީމެވެ. އެކަކުވެސް އަހަރެންބުނި އެއްޗަކަށް ސަމާލުކަމެއް ނުދެއެވެ. ވެމްޕަޔަރަކަށް ބަދަލުކުރާނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭންގެއެވެ. އެކަކުވެސް އަހަންނަކަށް ދުވަހަކުވެސް ބަދަލުކުރަން ޖެހޭ ގޮތެއް ނުކިޔާދެއެވެ.
ޝާދާބް އައިސް އަހަރެން ނަގަން އުޅުމުން އަހަރެންގެ ރުޅި ގަދަވިއެވެ. “ނޯ. އަހަރެން ގައިގަ އަތް ނުލާތި! ހަމަ މިހާރު ބުނޭ ލޫކް ޗޭންޖް ކުރާނެ ގޮތް!” އަހަރެން ޝާދާބްއަށް އިންޒާރެއް ދިނީމެވެ. ޝާދާބް އަހަންނާ އެއްވަރަށް ބިންމައްޗަށް ތިރިވިއެވެ.
އަހަންނަށް ލޫކް މޭމަތީ ބޯ އަޅާލެވުނެވެ. ލޫކް އަބަދަށްޓަކައި އަހަންނާ ވަކިވީ ބާއޭ ހިތަށް އެރިއެވެ. އަހަރެންގެ ކަރުނަތަކުން ލޫކް ގެ މޭމަތި ތެމެމުން ދިޔައެވެ. ކުއްލިއަކަަށް އަހަރެންގެ ކަނދުރާއަށް އެރި ތަދާއެކު ހަޅޭއްލަވައިގަނެވުނެވެ. ބޮލަށް އެނބުރުން އަރަމުން ދިޔަ އިރު އަހަރެންގެ ދެލޯވެސް މެރެމުން ދިޔައެވެ. އެވަގުތު ޝާދާބް ވައި އަޑުން “އައި އޭމް ސޮރީ އައިން” އޭ ބުނި އަޑުއިވުނެވެ.
***
އަހަންނަށް ހޭވެރިކަން ވުމުން އެންމެ ފުރަތަމަވެސް ބަލާލެވުނީ ލޫކް ކޮބާތޯއެވެ. ބޮލަށް އަދިވެސް ހުރީ ފާޑަކަށް އެނބުރުން އަރާފައެވެ. ތަންތަން ސާފުކޮށް ފެންނަން އިރުކޮޅެއް ނެގިއެވެ. އަހަރެން އަތުގައި ހުރީ ހިލިހިލާ ޖަހާފައެވެ. އެއަށް ދަމާލުމުން އަހަރެންގެ އަތަށް ދިލަ ހޫނެއް އެރިއެވެ. އަހަރެން އޮތީ ކުޑަ ޖަލެއް ކަހަލަ ކޮޓަރިއެއް ގައެވެ. ހިިލިހިލާ ގަނޑު ނައްޓަން ކުރި މަސައްކަތް ވީ ބޭކާރެވެ. ރުޅި ގަދަވެގެން ގޮސް އަހަރެން ނިކަން ބާރަށް ހަޅޭއްލަވައިގަތީމެވެ. ލޮލުން ކަރުނަވެސް ފައިބަމުން ދިޔައެވެ. އަހަރެން ހަޅޭއްލަވައި ގަތްތަނުން ބާރަކަށް ދޮރު ހުޅުވާފައި ޝާދާބް ވަނެވެ. “އައިން އިޓްސް އޯކޭ! ޔޫ ވިލް ބީ ފައިން” އަހަރެން ގާތު ތަންކޮޅެއް ދުރުގައި އިށީންނަމުން ޝާދާބް ބުންޏެވެ. “ކޮބާ ލޫކް؟” ރުޅިވެރިކަމާއެކު އަހަރެން އެހީމެވެ. ޝާދާބް އެއްވެސް ޖަވާބެއް ނުދީ އިސްޖެހިއެވެ. އޭނާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ. ދަހުލާން ޖެހި އިންޖެކްޝަންއެއްގެ ސަބަބުން ލޫކް މަރުވި ވާހަކަހެއްޔެވެ؟ އަހަންނަށް އަހަރެންގެ އިހްސާސްތައް ކޮންޓްރޯލް ކުރުންވީ އުނދަގޫ ކަމަކަށެވެ. ބާރަކަށް ރޮއެ ގަނެވުނެވެ. އަހަރެން ހީކޮށްގެން ހުރީ ވެމްޕަޔަރަކަށް ވުމުން އަހަންނަށް ނުރޮވޭނެ ކަމަށެވެ. ތަދު އިހްސާސް ނުވާނެކަމަށެވެ. ހިލިހިލާ ޖަހާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ. ހޭނައްތާ ނުލެވޭނެ ކަމަށެވެ. “ޝާދާބް އަހަރެން އާދޭސްކޮށްފަ މި ބުނަނީ ލޫކް ވީތަން ބުނާށޭ” އަހަރެންގެ ވޭނީ ރުއިމުގެ ސަބަބުން ޝާދާބްގެ ހިތަށް އަސަރު ކުރީ ކަންނޭންގެއެވެ. އަހަރެން ގާތަށް އައިސް ޝާދާބް އިށީނެވެ. އެއަށްފަހު އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “ލޫކް އިޒް ފައިން.” ޝާދާބް އެބުނީ ތެދެއްކަމާމެދު އަހަންނަށް ޝައްކެވެ. ގަބޫލު ނުކުރެވޭ ފަދައުކުން އަހަރެން ޝާދާބްއާ ދިމާއަށް ބަލަހައްޓައިގެން އިނީމެވެ. ޝާދާބް ވަރަށް ބަލައިގެން އަހަރެންގެ އަތް މިނިވަން ކުރިއެވެ. ގިނައިރު ހައްޔަރުކޮށްފައި ހުރުމުގެ ސަބަބުން އަހަރެން އަތުގެ ކުޑަ ހުޅު ހުރީ ރަތްވެފައެވެ. އަތަށް ތަދުވާތީވެ އަހަރެން ކުޑަކޮށް އަތް އަނބުރާލީމެވެ. ޝާދާބް ވަރަށް މަޑު މަޑުން ފަރުވާތެރިކަމާއެކު އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ނުކުތެވެ.
“ވެއިޓް” ކުއްލިއަކަށް ހުއްޓެމުން ޝާދާބް ބުންޏެވެ. އަހަރެން ކިހިނެއްވީހޭ ބުނާ ފަދައަކުން ނިއްއަރުވާލުމުން ލައިގެން އިން ޖިންސުގެ ޖީބުން އަހަރެންގެ އަނގޮއްޓި ނަގާފައި ދިނެވެ. “އޯހް. ދެން ފަހުން އެޅޭނީ” އަހަންނަށް އެހެން ބުނެވުނީ އަތަށް ތަދުވާވަރުން އެވަގުތު އަނގޮއްޓި އެޅެން ނެތުމުންނެވެ. ތަންކޮޅަކަށް ހިނގާލި ތަނުން ހީވީ އަތުގައި އަލިފާން ޖެއްސިހެންނެވެ. “އާހް” ޝާދާބް އަހަރެންގެ އަތުގައި ހިފައި އޭނާއާ ވީ ދިމާއަށް އަނބުރާލިއެވެ. އަހަރެން ގޮސް ތަތްވީ ޝާދާބްގެ ތަނަވަސް މޭމަތީގައެވެ. ސީދާ އަހަރެންގެ ލޮލަށް ބަލަން ހުރެ ޝާދާބް އަހަރެންގެ އަތް އަތުގައި ހިފައި އުފުލާލިއެވެ. ޝާދާބްގެ އަސަރުގަދަ ލޮލުގެ ޖާދޫގައި ޖެހި އަހަންނަށްވެސް ބަލަހައްޓައިގެން އިނދެވުނެވެ. އަހަރެންގެ ކަށިއިނގިލީގައި އަނގޮއްޓި އަޅުވައިދިނުމަށްފަހު ޝާދާބް ދުރަށް ޖެހިލިއެވެ. “ސޮރީ ކުރިން ނުބުނެވުނީމަ. އިރުގެ އަލި ގައިގައި ޖެހުނީމަ އަހަރުމެންގެ ހަށިގަނޑު އަނދާނެ. އެކަމް ތި އަނގޮއްޓި އަޅައިގެން އަތްވަށް ނުކުތަސް އެއްވެސް ކަމެއް ނުވާނެ” އަހަންނަށް އަލަން އެނގުނު މަޢުލޫމާތުގެ ސަބަބުން ހައިރާންވިއެވެ. ކޮންމެ މީހެއްގެ އިނގިލީގައި އަނގޮއްޓިއެއް އަޅާފައި އޮންނަ ސަބަބު އަހަންނަށް އެނގުނީ އަދިކިރިޔާއެވެ.
ޝާދާބް އަހަރެން ގޮވައިގެން ސިޓިން ރޫމަށް ދިޔައިރު ސޯފާގައި އިށީންދެލައިގެން ލޫކްއިނެވެ. އަހަރެން ދުވެލާފައި ގޮސް ލޫކް ގައިގައި ބައްދާލީމެވެ. “އޯ ލޫކް” އަހަންނަށް ރޮވެން ފެށުނެވެ. އެއަތުގެ ހިމާތަށް އަހަރެން ބޭނުންވެފައި ހުންނަތާ ކޮންދުވަހެއް ހެއްޔެވެ. ލޫކް އަހަރެން އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަހަރެމެން އެންމެންގެ ލޮލާ ޚިލާފަށް ލޫކްގެ ލޯގެ ކަޅި ހުރީ ރަން ކުލައިގައެވެ. ކޮންމެސް ވަރަކަށް ކަޅާއި ފެހި ކުލައިގެ ރޮނގުތަކެއްވެސް ހުއްޓެވެ. ކުއްލިއަކަަށް ލޫކްގެ އަނގައިން ދެފޭރާ ދަތް ނުކުތެވެ. އަދި އަހަރެންގެ ކަރުގައި ދަތް އަޅަން ދިމާކޮށްލިއެވެ. ސާޔާ އައިސް އަަހަރެން ދަމާ ނުގަތް ނަމަ ލޫކް އަހަރެންގެ ކަނދުރާގައި ދަތްއެޅީހެވެ. ލޫކްގެ އެއަމަލުން އަހަރެން ހައިރާންވެ އަންތަރީސްވިއެވެ.
އަހަރެން ބަލަ ބަަލައި ހުއްޓާ ލޫކް ލޮލުގެ ކަޅި އިހު ހުރި ގޮތަށްބަދަލުވިއެވެ. މޫނުވެސް ރީތިވިއެވެ. ކަކުލުގައި އުޅަނބޮށި ވިއްދައިގެން ދެއަތްތިލަ މޫނުގައި އަޅައިގެން ލޫކް އިނެވެ. އަހަރެން ދެވަނަ ފަހަރަށް ލޫކް ގާތަށް ދާން އުޅުމުން ހުއްޓުވީ ސާޔާއެވެ.
ދަހުލާން ސިޓިންރޫމަށް ވަދެގެން އައިއިރު އޭނާގެ އަތުގައި ދެލޭ ޕެކެޓް އޮތެވެ. ލޭގެ ވަސްޖެހުމާއެކު އަހަންނަށް އުނދަގޫންވާންފެށިއެވެ. އިންސާނުންގެ ލެއަށް އަހަރެން ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ނަމަވެސް ކެއްތެރިވެގެން އަހަރެން އިނީމެވެ.
“ލޫކް. އަން މި ބޯލާ” ދަހުލާން ލޫކްއަށް ގޮވާލުމާއެކު ސިހިފައި ލޫކް ބަލާލިއެވެ. ލޭޕެކެޓްތައް ފެނުމާއެކު ލޫކް މޫނުގެ ކުލަވަރު ބަދަލުވާންފެށިއެވެ. ދެފޭރާ ދަތްނިކުމެ ލޮލުގެ ކުލަ ރަންކުލައަށް ބަދަލުވިއެވެ. ދަހުލާން އަތުން ލޭޕެކެޓްތައް ޖަހާގަނެ މީންޒަމާނަކު ފެން ނުބޮއެ ހުރި މީހަކަށް ފެން ލިބުމުން ފެން ބޯހެން ލޭޕެކެޓް ބޮއެ ހުސްކުރިއެވެ. ލޫކްގެ މުޅި އަނގަ މަތީގައިވެސް ލޭގެ އަސަރު ހުއްޓެވެ.
“ހީ އިޒް ގްރޮސް” ކައިލީގެ ކަންފަތް ދޮށުގައި ޔޫމީ ބުނި އަޑު އިވުނެވެ. ލޫކް ޔޫމީއާ ދިމާއަށް ކަޅި އަޅާލިގޮތުން އޭނާއަށްވެސް އެއަޑު އިވުނުކަން ޔަގީނެވެ.
އަހަންނަށް ދުރުގައި ނުހުރެވިގެން ސާޔާގެ ބަސްނާހާ ލޫކް ގާތަށް ދިޔައީމެވެ. އޭރު ލޫކް މޫނުގެ ކުލަވަރު ހުރީ ރީތިވެފައެވެ. ލޫކް ކަރުނަވީ ލޮލަކުން އަހަންނާ ދިމާއަށް ބަލާލިއެވެ. އެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ވޭނާއި ހިއްދަތިކަމެވެ. އަހަރެން ލޫކްގެ އަތުގައި މަޑު މަޑުން ހިފާލީމެވެ. އާންމު ވެންޕަޔަރުންގެ އަތާ ބަލާފަ ލޫކްގެ އަތް ވަރަށް ހޫނެވެ. އަހަރެން އެކަމާ އަޅައެއް ނުލަމެވެ. “އެވްރީތިން އިޒް ގޮންނާ ބީ އޯކޭ. ވީ ވިލް ހެލްޕް ޔޫ” އަހަރެން ބެލީ ލޫކްގެ ހިއްދަތިކަން ފިލުވަދެވޭތޯއެވެ. ލޫކްގެ އައިނާ ލޫކް ގާތު ހުރިހާ ހިނދަކު ހުރިހާ ކަމެއް ރަނގަޅުވާނެކަން ލޫކްއަށް ވިސްނާދޭން ބޭނުންވިއެވެ. “ލޫކް. ބަލާބަ އައިންއާ ދިމާއަށް. ޔޫ ވިލް ބީ ފައިން. ބިކޯޒް އައި އޭމް ދެއަރ ފޯ ޔޫ. ދެން ދުވަހަކުވެސް ލޫކް ދޫކޮށްފަކާ ނުދާނަން. އަބަދަށްޓަކައި ލޫކްއާ އެކީ ވާނަން” ލޫކް އަހަރެންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެ އަހަރެން ބޯ ޖަހާލީމެވެ.
“ލޫކް. އަދިވެސް ކަލޭ ތެދުބުނާކަށް ނުވޭތަ؟ އައިންއަށް ހަގީގަތް ކިޔާދޭކަށް ނުވޭތަ؟” ޝާދާބް ނުރުހުން ވެފައި ބުންޏެވެ. ލޫކްގެ މޫނުގެ ކުލަވަރު ބަދުލުވިއެވެ. “ކޮން ހަގީގަތެއް؟ ކޮން ތެދެއް ލޫކް ނުބުނަނީ؟ ޝާދާބް ކީކޭ ތިކިޔަނީ؟” ޝާދާބް ކީ އެއްޗަކުން އަހަރެން ނުރުހުންވިއެވެ. ލޫކް އަހަންނަށް އޮޅުވާލީ ކޮން ކަމެއްބާއޭ އަހަރެން ހިތަށް އެރިއެވެ. ލޫކް އަހަންނަށް ދޮގު ހަދައި އޮޅުވައެއް ނުލާނެކަން އަހަންނަށް ޔަގީނެވެ. އެއީ އެއަށްވުރެ ބޮޑަށް ލޫކް އަހަރެންދެކެ ލޯބިވާނެއެވެ. އަދި އަހަރެން އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޫކްއަށް އިތުބާރު ކުރަމެވެ.
ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލޫކް ވާހަކަ ދައްކަން އުޅުނެވެ. ކޮންމެ ފަހަރަކުވެސް އަނގަ ހުޅުވާފައި ލައްޕަނީއެވެ. ދެތިން ފަހަރު އެހެން ހަދާފައި އެންމެ ފަހުން ދުރު ބަލަހައްޓައިގެން ހުރެ ލޫކް ބުންޏެވެ. އަހަރެންގެ ކަންފަތް ދޮށުގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. ދެފައިން ވާގި ދޫވެ އިންތަނުން ތިރިއަށް ވެއްޓިދާނެހެންވެސް ހީވިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 40

Next

ބުނެދޭށޭ ރުހެމޭ 10

Next
March 27, 2019

ބުނެދޭށޭ ރުހެމޭ 10

Previews
March 26, 2019

ވިންދޭ ލޯބި ތީ އެދޭ 40

8 Comments!

  1. Ishaaa says:
    March 27, 2019 at 8:59 am

    Me first dho. Story vvvv loabi. Maashaa Allah. ???Meege Kirin comment nukuriakas abadhuves Kiya be vaahakathah follow kuran ingey. Curiously waiting for the next part. LY??

  2. jiji says:
    March 27, 2019 at 9:47 am

    Me first dhw ????..kiyaafa comment eh kohlaanan ingey dear??❤???

    1. jiji says:
      March 27, 2019 at 12:32 pm

      Oops me second dhw??

  3. Umish says:
    March 27, 2019 at 10:35 am

    Wow interesting,v nice mi story ??

  4. Kookie says:
    March 27, 2019 at 11:52 am

    Mi bai vx varah reethi?
    Alhe dhn vaane goih hama balaahithun nuvx hurevey. When.next part??

  5. Twinkle? says:
    March 27, 2019 at 2:14 pm

    Wow???rlly interesting masha allah??????alhe enme kiyaa hithun huri hisaabun thi nimmaaly… heheh… whn nxt part??? Curiously waiting…❤❤❤

  6. jiji says:
    March 27, 2019 at 3:48 pm

    Wow..stry hama obi?❤?????..???????????koahcheh baa look ebuny??‍♀️..curiously waiting for the next.Lysm

  7. Blu says:
    April 22, 2019 at 1:34 pm

    Next part kobaa..

Comments are closed.

Next Episodeއަބަދަށްޓަކައި…ފަހުބަައި←


All Right Reserved!