އަދިވެސް ތާއަތު އައް ބެލެމުން ދަނީ ޝިމާންގެ ރީތިކަމށެވެ. ޝިމާން އަކީ ހާދަ ސްމާރޓް މީހެކެވެ. ހާދަ ހިތްހެޔޮވެސް މީހެކެވެ. ހާދަ ތެދުވެރިވެސް މީހެކެވެ. ޝިމާން މުޅި އުމުރައްވެސް އަހަންނައް ލިބޭބެ ބާއެވެ؟ ޝިމާން މުޅި އުމުރައް އަހަންނައް ހިތްހެޔޮ ވާނެބާއެވެ؟ އަދި ތެދުވެރިވެސް ވާނެ ބާއޭވެ؟ ތާއަތުގެ ހިތުގައި އުފެދެމުން ދަނީ ހުސް ސުވާލެވެ. ހަމަ ގާއިމުވެސް ތާއަތު އައް ޝިމާންދެކެ ހަގީގީ ލޯބި ވެއްވިޖެވެ. އެކަކައްވެސް ދެން ވާނެ ގޮތް އިނގޭނެ ހެއްޔެވެ؟ މިއަދު […]
އިއާން އަތްލުމާއެކު އޭނަގެ އަތުގެ ބީހުން އިހުުސާސްވެ ސިހިފައި މިންހާއަށް އިސްއުފުލާލަމުން ބަލައިލެވުނެވެ. މިންހާ ސިހުމާއެކު އިއާންއަށްވެސް އެވަގުތު މިންހާއަށް ބަލައިލެވުނެވެ. އަނެއްކާާވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އިއާންގެ ފިރިހެންވަންތަ މޫނު އެހާ ގާތުން ފެނުމާއެކު މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތުގެ ހިނގުމަށް އެއައި ބަދަލާއެކު ނޭވާ އަވަސްވެގެން ދިޔައެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އިއާންގެ ތޫނު ދެލޮލުގެ ނަޒަރު އޭނައަށް ހުއްޓިފައިވުމާއެކު ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. އެދެލޮލުގައިވި ބާރުގަދަ […]
ހަމަ އެވަގުތު އެނދުމައްޗަށް ގޮސް އޮށޯވެ އޮވެ މީހަކަށް ގުޅައިލިއެވެ.”ކަމޯން…ކަމޯން ޕިކްއަޕް ދަ ފޯން ގަރލް….ހަލޯ އިނާ”އާޔާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ރައިނާ އަށް ގުޅައިލިއެވެ.ހުރިހާ ވާހަކައެއްހެން އާޔާ ރައިނާ އަށް ކިޔައިދެއެވެ.”ހޫން..ކީކޭތަ؟މީނަވެސް ގުޅަންވާނީ ބަލާފަ ވީހާވެސް އަހަރެން ބިޒީ ގަޑިއަކު..ކޮލެޖް އިން ދިން ފިލާވަޅެއް ހަދާ މިއުޅެނީ…”ރައިނާ ޖަވާބު ދިނެވެ.”އިނާ އިނގޭތަ؟އޯމައިގޯޑް އައި ކާންޓް ބްލީވް ދެޓް އައި އޭމް ގޮއިން ޓު ސޭ ދިސް..ބަޓް އިނގޭތަ ވަރަށް ވަރަށް ހޭންޑްސަމް ބޯއީ އަކާ […]
“ލޯބި ބުނާ އެއްޗަކާ ދެކޮޅު ހަދަނީއެއްނޫން . އެކަމަކު ލޯބިވާ އަނބި މީހާ އުޅެންޖެހޭނީ އަހަންނާ އެއް ގެ އެއްގަ” ލާނާ ކުޑަ ކޮއް ހިތް ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ހަމްޒާ ގެ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. “އަދި ނިދަންވެސް ޖެހޭނީ އަހަންނާ އެއް އެންދުގަ” ހަމްޒާ ވާހަކަ ފުރިހަމަ ކޮއްލިއެވެ. ލާނާ ގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެކަމަކު ހަމަޖެހޭ ގޮތް ދައްކަމުން ވަާހަކަ ދެއްކިއެވެ. “ހަމްޒާ ހިތްހަމަ ޖެހެނީ ނިހާ ކައިރިއަށް ދެވުނީމަ އެއްނު. ނިހާ ވަރަށް އުފާ ވާނެ ހަމްޒާ އެންބުރި އައީމަ. އޭނަ ދެކެ އެއްނު ހަމްޒާ ލޯބި ވަނި”. ލާނާ ހާމަ ކުރި ހަޤީޤަތެވެ. “އެއީ އަދި ލޯބި އެއްނޫން. އެއީ ވަގުތީ ހިތްހަމަޖެހުން” ހަމްޒާ ބުނެލިއެވެ. “ތި ކަންއިންގޭ! އަހަރެންގެ ފަރާތުން ހަމްޒާ ހިތް ނުފުރޭ ކަމަށްވެސް އެތަށް ފަހަރަކު އަހަންނަށް ހަންދާންކޮއްދެމެއްނު. ހުރިހާާ ކަމެއްވެސް އަހަރެން ހަމްޒާ އަށް ކޮއްދޭނަން. އެންމެ ކަމެއް ފިޔަވާާ. އަހަރެންގެ ފަރާތުން ހަމްޒާ ގެ ހިތް ނުފުރޭއިރު އަހަރުމެން ރޭ ކުރުމުގެ އެއްވެސް މާނާ އެއްނެތެއްނު. ހަމްޒާ ނިހާ އާއި ކައިވެނި ކުރަންވީނު؟” ލަާނާ ސުވާލު ކޮއްލިއެވެ. “އަހަރެން ހަމަ އެކަނި ބޭނުމީ ލާނާ. މަގޭ އަންހެނުން. އިތުރު މީހެއްނޫން.” ހަމްޒާ ބުންޏެވެ. “އެހެންވިއްޔާ ތި ބޭނުން ކަންތަށް ކުރަން ޖެހޭނީ އަހަރެންގެ ނުރުހުމުގަ ގަދަކަމުން” ލާނާ މިހެންބުނީ ހަމްޒާ އަކީ ބޭނުންވާ ކަމެއް ބޭނުން އިރަކު ކުރާނެ މީހެއްކަން އެންގި ހުރެއެވެ. “ނޫން ލާނާ ތައްޔާރު ވީމަ ނޫނީ އަހަރެން އެ ގޮތެއް ބޭނުމެއްނޫން” ހަމްޒާ ބެލީ ލާނާ ގޮތްދޫ ކުރޭތޯއެވެ. “ތި ކަމަށް ކިތައްމެ ދުވަހެއްވެސް ނަގާފާނެ، ފަހަރުގަ މުޅި އުމުރުވެސް” ލާނާ ބެލީ މިކަމުން ސަލާމަތް ވެވޭ ތޯ އެވެ. “އަހަރެން ނެތި ލާނާ އެހެންމީހަކާ ގުޅުން ބޭއްވީތަ؟” މި ފަހަރު ހަމްޒާ ކުރީ ސުވާލެކެވެ. ކޮށި އަރާ ގޮތް ވަމުން ލާނާ ޖަވާބުދިނެވެ” ނޫން ނޫން” އަހަރެން ބޭނުމެއްނޫން އެއްވެސް ފިރިހެނަކާ ގުޅުން ބާއްވާކަށް ހަމްޒާ ދިޔަފަހުން” “ވަރަށް ރަނގަޅު، އަހަރެންބޭނުމެއް ނޫން އަހަރެންނޫން އެއްވެސް މީހެއް ލާނާގެ ގައިގަ ބީހޭކަށް” ހަމްޒާ ހިނިތުންވެލިއެވެ. ހަމްޒާ ކަނދުރާ ގައި އަތް ހާކާލިއެވެ. ވަރުބަލި ވެފައިވާ ކަން ހަމްޒާގެ މޫނު މަތިންފެންނަމުންދެއެވެ. ލާނާ ހަމްޒާގެ މޫނަށް ބަލާލިއެވެ. “ހިންގާ އަހަންނާއެކީ، އަހަރެން ބޭނުން ގެޔައްދާން” ހަމްޒާ ބުނެލިއެވެ. ލާނާ ހުރީ ފެންވަރާލާ އެއްޗިހި ބަދަލު ކޮއްލާ ހިތުންނެވެ. އެކަމަކު ހަމްޒާ އަށް އެއްވެސް ފުރުސަތެއް ދޭ ކަށް ލާނާ ބޭނުމެއްނުވެއެވެ. އެހެންކަމުން އަވަސް އަވަހަށް އަވަހަށް މޫނު ދޮވެލައިގެން އައެވެ. “ދަ މާ ދޯ، އެންމެން އެތިބީ ލާނާ އަހަންނާއެކީ ނުކުމޭތޯ ބަލަން” ހަމްޒާ އެއް ބުމަ ހިތްލާ ލަމުން ބުނެލިއެވެ. ” އަހަންއަށް އިތުރު ގޮތެއް އެބަ އޮއްތަ؟ ލާނާ ސުވާލު ކޮއްލިއެވެ. “ލާނާ ރޮއެ ދެފައި ތަޅަ ތަޅާ އޮއްވާ އަހަރެން ލާނާ ގަދަކަމަކުން ނުގެންދާނަން” ލާނާ އައްބަލާލަމުން ހަމްޒާ ބުނެލިއެވެ. އަދި ލާނާ އައް އަތް ދިއްކޮއްލިއެވެ. ލާނާ ހަމްޒާ ގެ އަތުގަ ހިފައިގެން ހިންގައިގަތެވެ. “އައިޝާ މެންގެ އެއްޗިހި ބަދަލު ކުރަން ވަގުތު ނަގާނެ” ލާނާ ބުނެލިއެވެ. “އެމީހުން އެތަން ހުސްކުރަން އަހަރެން މިއަދު އެންގިން. އެހެންވީމަ މިރެއަށް ހުސްވާން ޖެހޭނެ.” ހަމްޒާ ބުނެލީ ޔަޤީން ކަމާއެކީއެވެ. “އެކަމަކު އެހާ އަވަހަށް ވާނެ ކަމެއްނޫން އެއީކީ” ލާނާ ބުނީ ވިސްނަމުންނެވެ. “ކީއްވެ ނުވާނީ؟ އެމީހުނައް އެކަންޖެހޭނީ ވާން. ލާނާ އަށް ތިގޭގަ ހުރެވެންޏާ ކީއްވެ އެމީހުނައް ނުތިބެ ވޭންވީ؟ ެ” ހަމްޒާގެ އަޑުގައި ހުރީ ހަރުކަށި ކަމެވެ. ކުއްލިއަކަށް ލާނާ އަށް ހީވާންފެށީ ކުރީގެ ހަމްޒާ ކައިރީގައި ހުރިހެނެވެ. ލާނާ އަށް ޖަހާލެވުނީ ބިރުވެރި ހިނި ގަނޑެކެވެ. އެ ގޭގައި މުހުސިނާ އައިޝާ ތިބޭނެ ގޮތްސިފަ ކޮއްލެވުނީމައެވެ. “އެމީހުންގެ ބާރުގަ ހުރި ހުރިހާ ކަމެއްކުރާނެ ތީ އަސްލު ހަމްޒާ ނޫންކަން ސާބިތު ކޮއްދޭން” ލާނާ ބުނެލިއެވެ. “އަހަރެން އެމީހުން ނެރޭނަން، ގެޔަށް ވަނުމުގެ ކުރިންބުނެބަލަ ލާނާ ގެ ހިތުގަ އަދިވެސް ޝައްކު އެބައޮއްތަ؟ ހަމްޒާ ބުނެލިއެވެ. “މަދު މަދުން” ލާނާ ހާމަ ކުރީ ހަޤީގަތެވެ. “އެ ވާހަކަތަށް އެހެން އެެއްވެސް މީހަކާ ހިއްސާ ކުރާނަންތަ؟” ހަމްޒާ ގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ. “ނޫން” ލާނާ ވައި އަޑުންބުނެލިއެވެ. “ކީއްވެ؟” “އެއީ އަހަރެން ” ހިތުގަވާ އެއްޗެއް ހާމަ ކޮއްދޭނެ ގޮތެއް ލާނާ އަށް ނޭންގިގެން ހުއްޓާލިއެވެ. މީ ލާނާ ގެ ފިރިމީހާ ނޫން ނަމަ ކޮންމެސް އިރަކުން ސާބިތުވާ ކަހަލަ ކަމެއް ކުރާނެކަން ލާނާ އަށް ޔަޤީނެވެ. “ތީ އަހަރެންގެ ފިރިމީހާ ނޫންނަމަ އަހަންނަށް ވަރަށް އަވަހަށް އިންގޭނެ” ލާނާ ބުނެލިއެވެ. ” ހަމަ ޔަޤީންތާ ! ހަމްޒާ ހިނިތުން ވެލަމުން ލާނާ ގެ އަތުގަ ހިފައިގެން ގެޔަށް ވަނުމަށް ހިންގައިގަތެވެ. “އެ މީހުން މިތަނަށް ގެނައްސަ ހުރި ބަދަލުން އަހަރެން ވަރަށް ހިތް ހަމަޖެހޭ” ހަމްޒާ ބުނެލިެއެވެ. ގޭތެރެ އަށް ނަޒަރު ހިންގާލަމުން ހަމްޒާ ވަދެގެންދިޔައެވެ. “އާން! ކިހާ ކުޅަދާނަ މީހަކަށް މީހުންދިރި އުޅޭ ގެ އެއް ދާރުލްއާސާރަކަށް ހެދޭނީ! ހަމްޒާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. ލާނާ އަށް ހުވަފެނުގައިވެސް އަލުން މި ގަނޑުވަރުގައި ހަމްޒާ ޔާ އެކީ ދިރި އުޅެވޭނެ ކަމަކަށް ދެކިފައެއްނުވެއެވެ. ގަނޑުވަރުގެެ މެދުތެރެ ފުރިފައި ވަނީ 50 ހަކަށް މުވައްޒިފުންނެވެ. ނޯ ކަރުންނާއި ބަދިގޭގައި އުޅޭމީހުންނެވެ. ދޮރު ފާރަ ވެރިންނާއި ހަށި ފާރަ ވެރިންނެވެ. ގޭތެރެ ސާފު ކުރާ މީހުނާ ބަގީޗާ ބަލަ ހައްޓާ މީހުނެވެ. މިހެން ގޮސް ގަނޑުވަރު އެކި ކަންކަން ބަލަހަށްޓާ މީހުނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާ ވެރިކަމެވެ. އެކަންވާނީ ވެސް އެހެންނެވެ. މުހުސިނުއާއި އައިޝާ ރުހޭ އެއްވެސް ގޮތަކަށް އެތަނުން އެކަކަށްވެސް ކަމެއް ނުކުރެވެއެވެ. މި މީހުންގެ ތެރެއިން އެންމެ އިސްކޮއްހުރި ނޯކަރު ކުރިއައް ޖެހިލާ ސަލާމް ގޮވާލިއެވެ. އެއީ އައިސާފުޅެވެ. ” ސާހިބާ އައް މަރުހަބާ!” މިހެން ބުނުމާ އެކު އެއްއަޑަކުންހެން އެންމެންވެސް މަރުހަބާ ކިޔާލިއެވެ. […]
އެ ހީކުރެވުނީ ރަނގަޅަށްކަން އިނގުމުން ހުރި ފިޔަވަޅުމަތީ އީތަން ގަނޑުވިއެވެ. އޭނާއާއި ދިމާއަށް ހުރި ނަޒަރު އިހުސާސްވެގެން ވަލީދު އީތަންއާއި ދިމާއަށް ބަލައިލިއެވެ. ދަންނަ ކުއްޖެއްހެން ހީވެގެން އިރުކޮޅަކު ބަލަން ހުރެފައި އީތަންކަން އިނގުމުން ވަލީދު އޭނާގެ ފުޅައި ހިނިތުންވުން ދައްކައިލިއެވެ. ޖަށްވަަށް ހުޅުވިފައިވާ ތަނެއްގައި ހުރި ނަމަވެސް އީތަންގެ ނޭވާ ހާސްވާހެން ހީވާންފެށިއެވެ. ބަންދުވެފައި ހުރެވޭހެން ހީވާން ފެށިއެވެ. މެއަށް ބާރުވާން ހެދުމުން ނޭވާލާން މަސައްކަތް ކުރަމުން އީތަން އަވަސްއަވަހަށް އަނެއްފަޅިއަށް ބަލާފައި ހިނގައިގަތެވެ. *************************** […]
ޝިމާން އެހެން ބުނުމުން ތާއަތު ބުނެލިއެވެ.”ޔެސް އައި ޕުލޭ…” ތާއަތު އެހެން ބުނުމުން އަރީޝާ އާއި ޒާޔާވެސް އާއެކޭ ބުނެލިއެވެ.”އެހެންވީމަ މިރޭ އޮންނާނެ ކުޅުން….. މަށާ ތޫ އާ…. ދެން ޒާއާ އަރީ ކުޅޭނީ…” ޝިމާން ބުނެލިއެވެ.”ދެން މަށޯ ” ލީވާން އާއި މައިޝް އެއްފަހަރާ ބުނެލިއެވެ.”ތި ދެމީހުން….”ޝިމާން ބުނެލިއެވެ.”އެހެން ވީމަ މިރޭ އެއިޓްގަ ނިކުމޭ…” ޝިމާން ބުނެލިއެވެ.”އޯކޭ” އެންމެން ބުނެލިއެވެ. ”ދެން ހިނގާ ދާން ބީޗައް.. ” ތާއަތު ބުނެލިއެވެ.އެހެން ބުނުމައްފަހު އެންމެން ގޮނޑުދޮށައް ދާން […]
އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައިގެ ތެރެއިން) ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އެނގެއެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ. +++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! […]
” ތުއްތަ އަކަށް ނޭނގޭނެ ބާން ތުއްތަމެން މަތިން ހަނދާންވީ ވަރެއް! އައި މިސްޑް ޔޫ ބޯތް އަ ލޮޓް! އެހެންވެގެންނޭ އޭރު ޝޯއިން ޗާންސް ދީފައި އަންނަން ބުނީ! އަދި ދޮންތަމެންނަކަށްވެސް ނޭނގޭނެ ތުއްތަމެން އަންނަކަމެއް! އައި ޑިޑިންޓް ޓެލް ދެމް! އެމީހުންނަށް ސަޕްރައިޒެއް ދޭންވެގެން ނުބުނީ! އެހެންވީމައި ތުއްތަމެން ތިބެންޖެހޭނީ ބެކްސްޓޭޖުގެ މި ފަޅީގައި. އެއީ ދޮންތަމެންވެސް މިރޭ ޕާރފޯމްކުރާނެ. ދޮންތަމެން ތިބޭނީ އަނެއް ފަޅީގައި. ބާންވެސް ހުންނާނީ ދޮންތަމެނާއެކު. އޭރުން އެމީހުންނަށް ޝައްކެއް […]
ޝިވަމްއާ ސުހެއިލްއާ އެއްފަދައިން ޝާދާބްގެ ވެސް ސަކަ ގޮތް ގަނޑު ހުއްޓެވެ. މަޖާ އެއްެޗެއް ބުނެ އަހަރެން ހެއްވާލާއެވެ. ޝާދާބްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫނެވެ. އަހަރެން ހީކުރީ އެއީ ވަރަށް ސީރިއަސް މީހުންނާ ގުޅެން ނޭންގޭކަހަކަ މީހެއް ކަމަށެވެ. ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އަހަރެން ވާހަކަ ފޮތެއް ހިފައިގެން އެނދުގައި ޖައްސާލީމެވެ. އަހަންނަކީ އަބަދުވެސް ވާހަކަ ކިޔަން ވަރަށް ޝައުގުހުންނަ މީހެކެވެ. “ވަނަސް އޯކޭތަ؟” ކޮޓަރީ ދޮރުގައި ކުޑަކޮށް ޖަހާލާފައި ސާޔާ […]