Skip to content
އެސްފިޔަ

ޒަވާ – 2

“ހުޒާމް އަށް ޖަޒްވާ ކަމުދޭތަ؟” މާޒިން އަހަންނާ ކޮއްލި ސުވާލުން އަހަރެން ކޮންމެސް ވަރަކަށް ސިހުނެވެ. “އާނ.. އަހަންނަށް ޖަޒްވާ ވަރަށް ކަމުގޮސްސި. މާޒިން އަހަންނަށް ޖަޒްވާ ކިޔާދީބަލަ” އަހަރެން ޖަޒްވާޔާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވިއެވެ.

“ޖަޒްވާ އަކީ ވަރަށް މަޑުމައިތިރި ކުއްޖެއް. ރަނގަޅު އަޙްލާޤެއްގެ ކުއްޖެއް. މިރަށު މަރިޔަމް އަބޫބަކުރު އާއި ހަސަނުބެގެ ދެވަނަ ދޮށީ ދަރިފުޅު. އަހަރުމެންގޭ ހަސްނާ ވަރަށް ގާތްވާނެ. ސެޓް ކޮއްދޭންވީތަ؟” މާޒިން ޖަޒްވާ އަކީ ކާކު ކަން ކިޔާދިނީ ކުރުގޮތަކަށެވެ. އަދި އަހަންނާ ދިމާވެސް ކޮއްލީއެވެ.

“ހެހެހެ އަހަރެން އެކަނ ކުރާނީ. އިރާދަކުރެއްވިއްޔާ މިރަށުން ފައިބައިގެން ދާނީޖަޒްވާޔާ އިންދެފަ” އަހަރެން ވަރަށް ޔަޤީންކަމާ އެއްކޮށް ބުނީމެވެ.

ރެޔަކީ ވަރަށް ވިއްސާރަ ރެޔެކެވެ. އަހަރެން ހުރީ ފިހާރައެއްގެ އަސްކެނި ދަށުގައި ގެޔަށް ނުދެވިފައެވެ. ހަމަ އެވަގުތު ޖަޒްވާވެސް ކުޑައެއް ހިފައިގެން ފިހާރައަށް އައިސްސިއެވެ. ފިހާރައިން ޖަޒްވާ ނިކުމެ ގެޔަށް ދިނުމަށް ކުޑަ ހުޅުވާލި ވަގުތު ވައިރޯޅި އަކާއެކު ކުޑަ ހަލާކުވެއްޖެއެވެ. އަހަރެން ޖަޒްވާޔާ ކައިރި ވެލުމަށްފަހު ކުޑަ ރަނގަޅުކޮއްދޭން މަސައްކަތް ކުރީމެވެ. އެވަގުތު އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ޖަޒްވާޔާ ދިމަ ބަލަހައްޓާގެންނެވެ.

“އޭ… ތި ވަރަށް ތި ބަލަނީ ދުވަހަކުވެސް އަންހެން ކުއްޖެއް ނުފެންނަނީތަ؟” މަޑުމަޑުން ހުރެފައި ޖަޒްވާ އަހަރެންގާތުގައި އެހިއެވެ. އަހަރެން ކުޑަ ރަނގަޅު ކޮއްލުމަށް ފަހު ޖަޒްވާ އަތަށް ކުޑަ ދިނީމެވެ.

“އަހަންނަށް ކިޔަނީ އޭ….އެއް ނޫން. އަހަންނަށް ކިޔަނީ ހުޒާމް” އަހަރެން ޖަޒްވާ އަށް ސަލާމް ކޮއްލުމަށް އަތް ދިއްކުރީމެވެ.
“އަދި ބައްދަލު ވާނެތަ؟” އަހަރެން އަތް ދިއްކުރަމުން
ޖަޒްވާ ކައިރި އެހީމެވެ. އަހަންނާ ދިމަ ބަލަން ހުރެފައި ޒަވާ ދުއްވައިގަތެވެ.

އަނެއް ދުވަހުވެސް އަހަންނާއި މާޒިން ދިޔައީ ރަށުތެރެ ބަލާލުމަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ކުޑަކުދިންތަކަކާއި އެކު ޖަޒްވާ ކުޅެން ހުރި ތަނެވެ. އަހަރެންގެ އަތުގައި އޮތް ފޯނު ނެގުމަށްފަހު ޖަޒްވާގެ ފޮޓޯ ނަގަން ހުރީމެވެ.

” މާޒިން އަހަންނަށް މިހާރު ޖަޒޫއާ ދޭތެރޭގަ މާބޮޑަށް ވިސްނެނީ” ޖަޒްވާގެ ފޮޓޯ ނަގަން ހުރެފައި މާޒިންނާ ވާހަކަ ދައްކަން ފެށީމެވެ.

” ތި ހުރީ އެމަންޖެޔާ ރަނގަޅަށް ވެސް ހިތާވެފަ. ދެންތި މިރަށުން ދާން ވާ އިރަށް ޖަޒްވާއަށް ލޯބި ހުށައަޅާބަލަ” މާޒިން ވެސް އަހަރެންގެ ވާހަކައަށް ބައިވެރިވެލިއެވެ.

އަހަރެން ލޯބީގެ އަސަރުގަދަ ސިޓީއެއް ލިޔުނީމެވެ. މާޒިންގެ އެހީތެރިކަމާއެކު އަހަރެން ހުންނަ ގެޔާ ޖެހިގެން ހުންނަ ގޭގައި އުޅޭ އީމާ ކިޔާ ޖަޒްވާގެ ވަރަށް ގާތް ރައްޓެއްސަކަށް އެ ސިޓީ ހަވާލުކުރީމެވެ.

” ޖަޒްވާ ކައިރި ބުނައްޗޭ ކޮންމެހެންވެސް މި ސިޓީގެ ޖަވާބު ދެއްޗޭ..” އަހަރެން އީމާ އަށް ސިޓީ ހަވާލު ކުރަމުން ބުނީމެވެ.

އިމާ އަށް ސިޓީ ދިނުމަށް ފަހު ވިސްނަމުން ދިޔައީ ޖަޒްވާ ދޭނެ ޖަވާބަކަށެވެ. ޖަޒްވާ އަހަރެންގެ ލޮއެއްބަށް ފުރަގަސް ނުދޭނެކަމާ މެދު އަހަރެން ޝައްކެއް ނުކުރަމެވެ.

އެރެޔަކީ ވިއްސާރަ ރެޔެކެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް އަރާމު ނިދީގެ ފޮނިކަން ހޯދަމުން ދާއިރު، އަހަރެން އޮތީ ނިދިނައިސް ޖަޒްވާޔާ ދޭތެރޭގައި ވިސްނާށެވެ…..(ނުނިމޭ)

Comments (9)

  1. Reet

    Javaabu mom and father. Nan rangalhu Hanson vess maazin vess ulhey ekamaku eema kiyaa kuhjeh Eyru holhudhoo ga Nuhunaane holhudhoo ga innany rahyithun, miskih masverinmiskih faaroog misskih

    1. Chechu
      Reet

      Thibuni ehcheh nuvisnun?

    2. Chechu
      Reet

      Mauloomaathah takaa dhannavan
      Mi vaahaka akee Holhudhoo ga hingaa dhiya haadhisaa eh ge mahchah binaa koh liyefai vaa vaahaka eh. kuru gothakah bunaa nama life inspiration akah liyefa oii series eh mee

      Shukuriyya

    3. someone
      Reet

      ey… for your kind information…. holhudhooga masverin miskitheh inna kameh nudhena hurin… rangalhah kan kan olhun filuvaafa kiyaa bala… eyruga ey bunaa iru vaki aharekey jahaafa ebintha…. haadha hiineveyey thy holhudhoo miihehe hen

  2. jiji

    Salhi mi part vec???..vaahakaiga ga miah vure kudakoh inkan…waiting for the next part curiously….keep it up brw

  3. Angel

    Varah furihama ? dhen onnan baives varah furihama vaanekamah unmeedhukuran❤️?

  4. Anaa

    mi vahaka liyun theriyaa v holhudhoo myhakah vaahiy veytha dhww. massala akyy hageegee hadhisa ekey kiyafa hadha hadha gn liyefa meehageege hadhisaa akah beyskoshey kiyathyyy… theethi kada ey bro

    1. Huxam Ibrahim
      Anaa

      Nooney eh gothakah ves Holhudhoo meehakah vaa hitheh nuve

    2. Huxam Ibrahim
      Anaa

      Mi vaahaka gavaaidhun kiyaa nama ingivadaigannavaane mee holhudhoo gai vefa oii kameh kan. Mi vaahaka akee holhudhoo ge gina bayakah neyngi oii kameh. 4 vana bayah inthizaaru kohlahvaa

Comments are closed.