އަނޫޝީ – އައްޒަ ވިކާލް – ޖުމައްޔިލް މީރާ – ނުޒުހަތު ޝަަމަން – ދޮންއައްޔަ ޝާފިޔާ – ޝަކީލާ ނާފިޒާ – އައިންތު އާސިފް – ރޯނު ހަސަން އަސްމާ – އާރިފާ ޝާމާ – ރިޝްމީ ” އަނޫ! އަވަސްކުރޭ… ޗެކިން ނިމެން ބައިގަޑިއިރަށްވީ… ” ފޮށިތައް ކޮޓަރިން ބޭރަށް ނެރެމުން ޝަމަން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ލޯގަނޑުކައިރީގައި ތައްޔާރުވާން ހުރި އަނޫޝީ ވަކި ޖަވާބެއް ނުދެއެވެ. ފޮށިތައް ކާރަށް އަރުވާފައި އައިއިރުވެސް އަނޫޝީ ލޯގަނޑު ކައިރިން ދުރަށް ނުދެއެވެ. ޝަމަންގެ ނިތަށް ރޫއަރައިގެން ދިޔަވަގުތު ދެފަރާތަކަށް ބޯހޫރުވާލިއެވެ. […]
ވަށް، ދޮން މޫނުގައި އެންމެ ލަކުނެއްވެސް ނެތެވެ. ކަޅުކަން ގަދަ ބުޅިއިސްތަށިގަނޑުން އެދޮންމޫނުގެ ރީތިކަން އިތުރުވެގެންދެއެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓު އެ ހިކި ތުނި ހަށިގަނޑަށްވަނީ ހިފާލާފައެވެ. އިސްކޮޅުން މާދިގު ނޫންނަމަވެސް ކުރެއްވެސް ނޫނެވެ. ހިމަހިމަ ތުންފަތުގައިވަނީ ހިތްތައް މޮޔަކޮށްލާފަދަ ހިނިތުންވުމެކެވެ. ” ބިއުޓިފުލް… އަނޫ ގެއްލި ދާނެތީ އަހަރެން ބިރުގަނޭ.. އަނޫޝީއާއި ކައިރިވެލާ އޭނާގެ ތުނި އުނަގަނޑުގައި އަތް ވަށާލާ ގަޔާ ކައިރިކޮށްލަމުން ޝަމަން ބުންޏެވެ. އެވަގުތު ދުވި ކްރީޑްގެ މީރުވަހުން ޝަމަންގެ ހިތް […]