Author: Huxam Ibrahim

6

ޒަވާ – 3

އަނެއްދުވަހުގެ ހަވީރު އަހަރެން އިނީ އަހަރެން އުޅޭ ގެ ކައިރި އިން ޖޯލިފަތީގައެވެ. އަހަރެން އިންތިޒާރު ކުރަމުން އައީ ޖަޒްވާގެ ޖަވާބަކަށެވެ. އަހަރެން ލޮލުގައި އަޅައިގަތީ އީމާ އަންނަ ތަނެވެ. ” ކޮބާ؟ ޖަވާބެއް ލިބުންތަ؟ ” އަހަރެން ވަރަށް އުއްމީދާއެކު އީމާ އައިސް އަރާ ހަމަކުރިތަނުން އެހީމެވެ. “ނޫން… ޖަޒްވާ ބުނީ އަދި ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާ ވާހާކަ ” ޖަވާބުގައި އީމާ ބުންޏެވެ. މައްސަލައެއް ނެތެވެ. އަހަރެން ޖަޒްވާގެ ލޮއެއްބަށް އިންތިޒާރުކުރާނަމެވެ. އަހަރެން މުޅި އުމުރު ހޭދަކުރަން ބޭނުންވަނީ ޖަޒްވާޔާ އެކުގައެވެ. ހަމަ އެދުވަހު ފިނިކޮއްލުމަށް އަހަރެން ދިޔައީ އަތިރިމައްޗަށެވެ. ހަމަ އެވަގުތު ޖަޒްވާވެސް އެތަނަށް އައެވެ. އަހަރެން ޖަޒްވާގެ ކައިރިއަށް ދިޔައިމެވެ. ” ހާއި….ހާދަ މީރުވަހެކޭ އެދުވަނީ ” ޖަޒްވާ އެއަޑަށް ބަލާލިއެވެ. އަހަރެން ޖަޒްވާގެ މޫނުމަތީ އަތް އެޅީމެވެ. އަދި ޖަޒްވާ އަހަންނާ ދިމައަށް އެނބުރިލިއެވެ. ” ހުޒާމް މީހަކަށް ފެނިދާނެ. އެހެން ނޫނަސް ރަށުން ބޭރު މީހަކާ އަހަރެން ކިހިނެތް ރައްޓެހިވާނީ؟ ހީކުރީތަ ތަންކޮޅެއް ފައިސާ ގިނަވީމަ ބޭނުންހާ އެއްޗެއް ހެދޭނެ ކަމަށް؟” އަހަންނަށް ހީވީ ގައިގެ އެކި ތަންތާ ހަންޖަރަކުން އަނި އަޅާފަ އެތަންތަނަށް ލޮނުމިރުސް އެޅިހެނެވެ. ވަރަށް އަސަރު ކުރިއެވެ. ” އޯކޭ… އޯކޭ ޖަޒްވާ އަހަރެން ހިއެއް ނުކުރަން މި ކުޅެވުނީ ކުޅިވަރެއް ކަމަކަށް. އަހަރެން ޖަޒްވާގެ ސިޓީއަކަށް އިންތިޒާރު ކުރާނަން. އަދި އަހަރެން މި ރަށުން ފުރައިގެން ދާނީވެސް ޖަޒްވާގެ ޖަވާބެއް ލިބުނީމަ. އެ ޖަވާބު ލިބޭގޮތަކުން އަހަރެން ބަލާނަން އަހަންނަށްވެސް މި ކުޅެވުނީ ކުޅިވަރެއް ކަމަށް” އަހަރެން ވަރަށް އަސަރާއެކު އެހެން ބުނެފައި އެތަނުން ދިޔައިމެވެ. އެރޭވެސް އަހަރެން ނިދަން ވަރަށް މަސަކަތްކުރީމެވެ. ހަމަ އެއްވެސް ވަރަކަށް ނިއްޖެއް ނާދެއެވެ. އަހަރެން ތެދުވުމަށް ފަހު ބޭރަށް ނިކުތީމެވެ. މުޅި ރަށްވަނީ ހަމަހިމޭންކަންމަތީއެވެ. ބޭރު ޖޯލިފަތީގައި އަހަރެން އޮއްވައި އަހަންނަށް ނިދިޖެހެން ފެށިއެވެ. އަހަންނަށް ހޭލެވުނީ މާޒިން އައިސްސަ އަހަނަށް ގޮވިތަނުންނެވެ. ” އޭ ކިއްވެފަ މިތާ؟ ” ” ކަމެއް ނުވެ. ޖައްސާލާ އޮއްވަ ނިދުނީ.” އަހަރެން ތެދުވަމުން ބުނީމެވެ. ފާހަނައަށް ވަދެ ފެންވަރާލައިގެ ނިކުތްއިރު ވަރަށް ހިނިއއިސްސަ މާޒިން އިނެވެ....

6

ޒަވާ – 2

“ހުޒާމް އަށް ޖަޒްވާ ކަމުދޭތަ؟” މާޒިން އަހަންނާ ކޮއްލި ސުވާލުން އަހަރެން ކޮންމެސް ވަރަކަށް ސިހުނެވެ. “އާނ.. އަހަންނަށް ޖަޒްވާ ވަރަށް ކަމުގޮސްސި. މާޒިން އަހަންނަށް ޖަޒްވާ ކިޔާދީބަލަ” އަހަރެން ޖަޒްވާޔާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވިއެވެ....

17

ޒަވާ – 1

މި ވާހަކަ އަކީ ހަޤީޤީގަތުގައިވެސް ހިނގާފައި އޮތްކަމެކެވެ. އަހަރެންނަކީ އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އަހަރެންގެ ކުޑަޔަށް އަދި ފިރިހެން ކުއްޖެއް ހުރެއެވެ. ބައްޕަގެ ވިޔާފާރިގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އަހަރެންނެވެ. ނ. ހޮޅުދޫގައި މިސްކިތެއް އެޅުމަކީ...