“އެއީ އަހަރެންގެ ބޭބެ.” އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. “އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް.” އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ. “އަހަރެންގެ ބޭބެ ދުނިޔެއަކު ނެތް. ފޮޓޯ ފެނުނީމަވެސް އެނގޭނެކަން ނޭނގެ. އޭރު ޓީވީން ވަރަށް ގިނައިން ދައްކާނެ. ބޭބެ މަރާލާފައި އޮއްވާ ފެނުނީ އަހަރެންނަށް. މިގޭ…. މިގޭ ދޮރުމަތީގައި…..” […]
“ޝަލީ ބުނެބަލަ އަހަރެން ކޮށްނުދެނީ ކޮންކަމެއް؟… މިހެން އުޅުމަކީ އަހަންނަށްވެސް ވަކި ފަސޭހަކަމެއް ނޫނޭ… އަހަރެންގެ ހައްްްގަކަށްވާއިރުވެސް އަހަރެން ކެތްކުރާވަރު ޝަލީއަށް އިނގޭނެނަމަ…” މަޔާން ޝަލީންއާއި ދިމާލަށް އެނބުރުނުއިރު އެ ދެލިކޮޅެއްފަަދަ ލޮލުގައިވަނީ ކަރުނައެވެ. ކަރުނައާއި އެކުވެގެން އެ ލޮލުން ފެނި ވޭނުން ޝަލީންގެ ހުރިހާ ހިއްސުތަކެއް ވަކިވެގެންދިޔަހެން ހީވިއެވެ. “އިޒް އިޓް ބިކޯޒް އޮފް ޔުއަރ ޑޭޑް؟” މަޔާން ސުވާލިކޮށްލިއިރު އެ ވަރުގަދަ ބުމަ ގޮށްޖެހިގެން ދިޔައިރު އެ ލޮލުން ރުޅިވެރިކަމުގެ އަސަރުތަށް ފެނިލިއެވެ. ޝަލީންގެ […]
ގަޑިން ދަންވަރު 2 ޖެހީއެވެ. ނަމަވެސް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އިފާގެ ލޮލަށް ނިދީގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާއަށް ލޯބިވެވުނު ޝިޔަމް އޭނާއަށް ބޭވަފާ ތެރިވީއެވެ. ޝިޔަމްގެ ބޭނުން ފުދުމުން އިފާ އެއްލާލީއެވެ. އިފާ އަކީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާ ވަނީ ޝިޔަމް ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެން ކުއްޖަކާ ރައްޓެހިވެފައެވެ. އަދި މިއަދު އިފާގެ ހިތް ކުދިކުދިވެފައި […]
”ދަތުރު ކިހިނެއް؟…” އެއާޕޯޓުން ނިކުމެގެން އައި ސާލިމް އާއި ނިޝާއާއި ދިމާއަށް ދިޔަ ރިޔާޒު ހުރީ ނިކަން ހެވިފައެވެ. ބާރަ އަހަރަށް ފަހު އެންމެ ގާތް ރަހްމަތްތެރިޔާ ފެނުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟ ”ދަތުރު ހަމަ ބަރާބަރު…އަލްހަމްދް ﷲ..ރިޔާ ކިހިނެއްތަ؟..ކޮބާ އަންހެނުންނާއި ކުދިންކޮޅު ރަގަނޅުތަ؟….ހާދަ ދުވަހެއްފަހުންނޭ ދިމާމިވީ…..ވަރަށް އުފާ ވެއްޖެ…” ރިޔާޒު ކައިރިއަށް އައިސް ބައްދާލަމުން ސާލިމް ބުނެލިއިރު އުފާވެފައި ވާވަރު އަޑުންވެސް ހާމަވެގެން ދާނެކަން ގައިމެވެ. ”އިންޝާ ﷲ އަހަރެން ހަމަ ބަރާބަރު….އަލްހަމްދްލިﷲ އަންހެނުންނާއި […]
“އިނގޭބަތަ ތި ކިޔޭ އެއްޗެއް” އަހަރެންގާތައް އިތުރައް އައީ ރުޅިއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކައް އަހަންނަށް ހައިކަލް ދަސްވަމުންދިޔައެވެ. ޝީޒާ ކީ އެއްވެސް ކަމަކާ އޭނާ އުޅޭ ގޮތެއް ނުގުޅެއެވެ. އަހަންނަށް ފެންނަނީ ނަމާދު ކުރާތަނެވެ.އަދި ގުރުއާން ކިޔަވާތަނެވެ. ފޮތް ކިޔާތަނެވެ. އެހެން މަގު މައްޗައް ގިނަވެގެން އުޅޭތަނެއް ނުފެނެއެވެ.ޝީޒާ ހައިކަލް ދެކެ ލޯބި ވަނީ ހެއްޔެވެ؟ ނޫނެކެވެ.އެހެންނެއް ނުވާނެވެ. ހައިކަލް ކާމިޔާބު ނުކުރެވިއްޖެ ނަމަ އަހަރެންގެ ނަމަކައް އާމިނަތު ނީޒާ އެއް ނުކިޔާނެވެ. ނަމަވެސް އަހަރެންގެ […]
އަޅި ކުލައިގ ދޫެ ސްވެޓް ޕޭންޓްސާއެކު ކަޅު އަތް ދިގު ސުވެޓާއެކެވެ. ހީލްއެއް އެތެރެއަށް ލާފައި އިން ޖިންސު ފޮތީގެ ސްނިކާސްގައި އެ އަންހެން ކުއްޖާގެ ބައްޓަން އެއްގޮތަކަށްވެސް ހާމަވާކަށް ނެތެވެ. ގުދުރަތުން އޭނާއަށް ލިބިފައިވަނީ ދޮންކުަލައިގެ ހަނގަޑެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލުން ހިމާޔަތް ހޯދާ ނޫކުލައިގެ ކަޅިރަވައެކެވެ. މަޑު ފިޔާތޮށިކުލައަކަށް ދާ ތުންފަތުގެ ފޮނި މީރުކަން އިހްސާސްކޮށްލަން ލިބޭނީ ހަމަގައިމުވެސް ނަސީބުވެރިއަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ހުދުކުލަ ޖައްސާފައިވިޔަސް ބަލާލަން ހުތުރެއް ނޫނެވެ. ޕޭންޓްސްގެ ޖީބަށް އަތް […]
ވާރޭގެ ބޯ ވިލާތަކުން އުޑުމަތި ވަނީ ފުރާލެވިފައެވެ. ހީވަނީ ދެންމެ ދެންމެއަކުހެެން ވާރޭ އޮއްސާލަފާނެހެނެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތައް ވަނީ ތޮއްޖެހިފައެވެ. ބެލްކަނީގައި އަތް ވިއްދާލައިގެން ޝާމިހު ހުރީ ވާރޭގެ އިންތިޒާރުގައެވެ. އިސާހިތަކު ވާރޭ ވެހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ވާރޭ ތިކި ތައް އޭނާގެ މޫނުގައި ފިރުމާލަފައި ފޭބީ އޭނާގެ ހުދު ގަމީސް ތެންމަމުންނެވެ. ޝާމިހު ދެލޯ މަރާލީ ލުއި އިހްސާސް އެއް ކުރެވުމުންނެވެ. ވާރޭ އަކީ އޭނާ އެކުވެރިޔާއެވެ. ވާރޭގެ ތެރެއަށް […]
އަޔާން ޒޯޔާއަށް ފޮނުވާފައި އިން މެސެޖް ޒޯޔާއަށް ކިޔުނީ ކިތަށް ފަހަރު ކަމެއްވެސް ޒޯޔާއަށް ނޭގެއެވެ. އެ މެސެޖް ގައި ލިޔެފައި އޮތް ބަސްކޮޅު ބަދަލު ވުމަށް އެދެވުނީ އެތަށް ފަހަރަކުއެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއް ކަން ޒޯޔާއަށް އަށްވެސް އެނގެއެވެ. އެކަން ޒޯޔާގެ ބަސްނާހާ ހިތަށް ވިސްނައި ދޭނީ ކިހިނަކުން ހެއްޔެވެ؟ ދެލޮލުން ހުސްވުމެއް ނެތި އަންނަމުން ދިޔަ ކަރުނަތަށް ޒޯޔާގެ އަތްތިލައިގެ ނުފުށުން ފޮހެލުމަށް ފަހު ތުރުތުރު އަޅަމުން ދިޔަ އަތުން ފޯނުނަގައި އަޔާންގެ […]
[މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އެހެން ކަމުން މިސްޓޭކް ގިނަ ވެދާނެ………..] އަހަރެންގެ ދިރިއުޅުމަކީ ހިތާމަ ވެރި ދިރިއުޅުމެކެވެ. ހިތާމައަކައް ފަހު އުފަލެއް ލިބެމުން ދާތީ އަހަރެން ވަރަށް ފޫހިވެޔެވެ. 12 ކިޔަވަން މަންމަ އަހަރެން ފޮނުވީ ފޭދޫއަށެވެ.އަހަރެން އެކަމައް ދެކޮޅު ހަދާކައް ބޭނުމެއް ނުވިއެވެ.އާއެކެވެ. މިހާރު އަހަރެން މިދަނީ 12ކިޔަވަމުންނެވެ.ދުވަހަކީ ފުރަތަމަ ދުވަސް ކަމުން އަހަރެން ކުލާހުގައި އުޅުނީ ވަރަށް މަޑު މަޑުންނެވެ.ނަމަވެސް މަޑުމަޑުން އެތަނައް ހޭނެން ފެށިއެވެ.ކުދިންނާ ވާހަކަ ދައްކައި މަޖާކުރަން ފެށީމެވެ.ހަމަ އެހެންމެ […]