ހަވީރުގެ ހިޔާ ޖެހިގެން އައި ވަގުތު ބަގީޗާގެ އެންމެ ގަސްބޯ ދިމާލުގައި ދުވަމުންދިޔަ ކުޑަ ދެފިރިހެންކުދިންގެ ލުއިލުއި ހުނުމުގެ އަޑުން ފަޒާ ހިސޯރުކޮށްލައިފައިވެއެވެ. އެކަކު އަނެކަކުގެ އަތުނުވާންވެގެން ދުވަމުންދިޔައިރު ދޭތެރެއިން ލާނެތްގޮތަކަށް ހިނިތުންވެލަނީ ހިތްތަކަށްވެސް ފިނިކަން ލިބޭނޭފަދަ ގޮތަކަށެވެ.
މަޔާންގެ އަތުނުވާންވެގެން ޒެލް ދުވަމުންދިޔައިރު ދޭތެރެއަކުން ފަހަތްބަލާލައެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް ދުއްވައިގަންނަނީ ހީގަންނަމުންނެވެ. އެދޮންމޫނުމަތި ދަލުން ފެންވެރެމުންދިޔައިރު ކުޑަކުޑަ ޒެލްގެ މޫނުމަތިން ފެންނަނީ އެންމެ ފުރިހަމަ ހިނިތުންވުމެވެ.
“ޔާން… އާދޭ އަތްލަން…” ޒެލްގެ ފަހަތުން ދުވަމުން އައި މަޔާންގެ ފިޔަވަޅުތަކަށް ލަސްކަމެއްއައިރު ޒެލް ފަސްއެނބުރިބަލާލަމުން ބުނެލިއެވެ. އޭރު މަޔާން ހުރީ ގަހަށް ލެގިލައިގެން ބަނޑުގައި އަތްއަޅާލައިގެންނެވެ. މޫނުމަތީގައި ދާތިކިތައް ވިދަމުންދިޔައިރު ފުންކޮށް ނޭވާލަމުންދިޔަގޮތުން ވަރުބަލިވެފައި ހުރިކަން އިނގެއެވެ.
“ޒެއްލު މާބާރަށް ދުވަނީ…. ޔާން ވަރުބަލިވެއްޖެ…” މަޔާން ޝަކުވާކޮށްލަމުން ފެހި ވިނަގަނޑުމަތީ އޮށޯވެލިއެވެ. މަޔާންގެ ބޮލުގައި ބޯ ޖައްސާލަމުން ޒެލް އޮށޯވެލީ މަޔާންއާއި ދާދިގާތުގައެވެ. އެވަގުތު ދެކުދިން އެކަކު އަނެކަކަށް ބަލާލަމުން ލުއިގޮތަކަށް ހީލިއެވެ.
“ޒެއްލު… ބަލާލަ ޔާން ކުރެހި ޑްރޮވިންއެއް… ޔާން އެންޑް ޒެއްލު…” މަޔާން އޭނަގެ ޖީބުގައި ފަތްޖަހާލައިފައި އޮތް ކަރުދާސްގަނޑު ނަގައި ނިއުޅާލަމުން ޒެލްއަށް ދައްކާލިއެވެ.
“ބެސްޓްފްރެންޑްސް….” ޒެލް މަޔާން ކުރެހި މަންޒަރަށް ނަޒަރު ހުއްޓައިލައިގެން އޮވެ ކުރެހުމުގެ ތިރީގައި ލިޔެފައިވާ ބަސްކޮޅު ކިޔާލިއެވެ. ކުރެހުމުގައި ޒެލްއާއި މަޔާން ތިބީ އަތުގުޅުވައިލައިގެން ނުހަނު ރީތިކޮށް ހިނިތުންވެލައިގެންނެވެ.
“ޒެލް ބޮޑުވީމަވެސް ޔާންގެ ބެސްޓްފްރެންްޑް ގޮތުގައި ހުރެދެއްޗޭ… ޔާން ބޭނުމީ ބޮޑުވެގެން ޑޭޑީ މެން އުޅޭހެން އުޅެން….” މަޔާން ޒެލްގެ މޫނަށް ބަލާލަމުން ޒެލްގެ އަތުގައި ހިފާލިއެވެ.
“ޒެލްވެސް…” ޒެލް ކުޑަހުނުމަކާއިއެކު ބުނެލިއެވެ. އެއާއިއެކު ދެކުދިން އެކަކުއަނެކަކަށް ބަލާލަމުން ހީލިއެވެ.
“ޕްރޮމިސް…” މަޔާން ކުޑަވާއި އިނގިލިދައްކާލުމާއިއެކު ޒެލް މަޔާންގެ ކުޑަވާއި އިނގިލީގައި ހިފާލަމުން މައުސޫމްގޮތަކަށް ބުނެލިއެވެ. އެވަގުތު ތުއްތު ޒެލްއާއި ޔާން އެކުއްޖަކު އަނެއް ކުއްޖަކު ގައިގައި ބައްދާލީ އެ ކުޑަ އަމަލުންވެސް އެދެމެދުގައިވީ ލޯބި އަންގައިދެމުންނެވެ.
*** *** *** *** *** ***
“މިޙުުރާން….” ފަހަތުން މިލީނާގެ އަޑުއިވުމާއިއެކު މިޙުރާންއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނުއިރު ފަސްއެނބުރިބަލާލި ހިނިތުންވެލަމުންނެވެ. މިލީނާގެ ނަޒަރު ފިރިމީހާގެ މޫނަށް ހުއްޓުނު ކުޑަ ވަގުތުކޮޅު އެލޮލުގައިވީ ނުތަނަވަސްކަމުގެ އަސަރު އެންމެ ނަޒަރަކުން ނަގައިގަތެވެ. އެކަމުގެ ސަަބަބު ވިސްނި މިލީނާއަށް ތުންފަތުގައި ދަތްއަޅާލެވުނުއިރު މިޙުރާންއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. މިލީނާ މިޙުރާންގެ އަތުގައި ހިފާލަމުން މިޙުރާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެ ނަޒަރުން އެކަނިވެސް މިޙުރާންގެ ހިތުގައިވާ ނުތަނަވަސްކަން މިލީނާއަށް އިނގޭކަމަށް ބުނެލިފަދައެވެ.
“މިތަން ފެނުނީމަ ޔާންމެންގެ ތުއްތުއިރުމަތިން ހަނދާނެއް ނުވޭތަ؟ މިއަދުވެސް އެދެކުދިންގެ ހުނުމުގެ އަޑު އިވޭފަދަ… ކިހާ ލޯބިން ޒެލްއާއި އަހަރެމެންގެ ޔާން އުޅުނީ…” މިހުރާން އެއްފަރާތަކަށް ނަޒަރުހުއްޓައިލައިގެން ހުރެ ވާހަކަދެއްކިއިރު ލޯ ތެމޭގޮތްވީ މާޒީގެ ހަނދާނެއް އާވެފައެވެ.
“އަހަރެމެންނަށް ނުފެނިހުރެ ތުއްތު ޒެލް ބޮޑުވެ ޒުވާނަކަށްވެއްޖެ… ޒެލްގެ މޫނުން އަހަރެންގެ އެކުވެރިޔާގެ ސޫރަ ފެންނަފަދަ…. އެދެލޯ އެ ހިނިތުންވުން… ހަމަ އެއްވެސް ތަފާތެއް ނެތް…. ދިރިހުރި ތަސްވީރެއް ލޯމަތިން ފެންނަފަދަ… މިދުވަސްދެކެން އަޒް ހުރިނަމަ…” މިޙުރާންގެ އަޑުކުރެހިގެންދިޔައިރު މިލީނާ މިޙުރާންގެ ކޮނޑުމަތީ އަތްބާއްވާލިއެވެ.
“އަޒްއާއި އަހަންނާއިމެދު އޮތްފަދަ ގުޅުމެއް ޔާންއާއި ޒެލްއާއިމެދު އޮންނާނޭކަމަށް އަހަރެން ހީކުރިން… އެކަމަކު ކަންތައް ބަދަލުވެގެންދިޔައީ އަހަރެމެން އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް… ދުވަހުވެސް ހީނުކުރަން ޒުވާން އުމުރުގައި އަޒް އަހަރެމެންނާއި ވަކިވެގެން ހިނގައިދާނޭކަމަށް…. އަޒް ކަފުނުގައި ނިދާލިތާ އެތަށް އަހަރެއްވެގެންދިޔައިރުވެސް އަދިވެސް އަހަރެންގެ ހިތަށް އުނދަގޫވޭ… އަޒްއަށްޓަކައި އަހަންނަށް ކޮށްދެވުނީ ކޮންކަމެއް؟” މިޙުރާންގެ ވާހަކަތަކުން އަމިއްލަ ނަފްސު ކުށްވެރިކުރާވަރު ހާމަވިއެވެ.
“ތިހެން ނުބުނޭ މިޙުރާން… ކުރެވެން އޮތް ހުރިހާކަމެއް މިޙުރާން ކުރީމެއްނު… އަހަރެން އަދިވެސް ޤަބޫލުކުރާކަށް ބޭނުމެއްނޫން… އަޒް އަހަރެމެންނާއި ވަކިވެގެންދިޔައީ އަހަރެމެން އެންމެންގެ ހިތްރޮއްވާލައިފައި… އިންޝާ ﷲ އަޒްއާއިއެކީ ވަޅުލެވިގެންދިޔަ ކެހިވެރި ހަޤީގަތް ދުނިޔެއަށް ފާޅުވެގެންދާނެ ދުވަހެއް އަދި އަންނާނެ… އަހަރެމެންނަށް އޮތީ އެދުވަހަކަށް އިންތިޒާރުކުރުން…” މިޙުރާންގެ ލޮލުން އޮހިގަތްކަރުނަތައް މިލީނާ ފޮހެލަދިނީ އޯގާތެރިކަމާއިއެކުގައެވެ. އެއާއިއެކު މިޙުރާންއަށް ބަލާލީހިތްވަރުދޭފަދަ ގޮތަކަށެވެ. އެ ނަަޒަރުން އެކަނިވެސް ހުރިހާކަމެއް ހަމައަކަށް އެޅިގެންދާނެ ދުވަހެއް އަންނާނެެކަމުގެ ޔަގީންކަން މިލީނާ ދިންފަދައެވެ. އެއްވެސް ސިއްރަކީ ދުނިޔެ އުމުރަށް ސިއްރެއްގެ ގޮތުގައި އޮންނާނޭކަމަކަށް ނުވާއިރު ކޮންމެވެސް ދުވަހަކުން އެ ސިއްރު ފާޅުވެގެންދާނެއެވެ. އަނިޔާވެރިންނާއި ކުށްވެރިންނަށް ހައްޤު ޝަޒާ ދުނިޔޭގައި ލިބިގެންދާނެއެވެ.
*** *** *** *** *** *** ***
ވިލާރޮއްޖެއްވެސް ނެތް ސާފު އުޑުގައި ދުވާލުގެ ރާނީ އިރު ރަނިކަންކުރަމުންދިޔައީ އޭގެ އެންމެ ހޫނުކަން ދުނިޔެއަށް ފޯރުވަމުންނެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ ދިލަ ހޫނުކަން ކޮންމެވެސް ވަރަކަށް ކުޑަކޮށްދެނީ ޖެހިލާ ފިނި ވައިރޯޅިތަކުންނެވެ.
މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ހައިޒަލް، މިކްޔާލް، ޒިޔާން އަދި ޔަޒްދާން ތިބީ ބްލޫސް ކޮމްޕެނީއާއި ކައިރީހުންނަ ރެސްޓޯރެންޓްގައި ފިނި ބުއިމަކަށް އިންސާފުކުރާށެވެ. ޔަޒްދާން ޒިޔާން އަދި މިކްުުޔާލް ވާހަކައެއްގައި ތިބިއިރު ހައިޒަލް އިނީ ނައިނާއަށް މެސެޖްކުރުމުގެ ފޯރީގައެވެ. އެ ކުޑަވަގުތުކޮޅުވެސް ނައިނާއާއި ވާހަކަ ނުދައްކާ ކެތްނުވަނީހެން ހީވިއެވެ. ހައިޒަލްގެ އެކިވާހަކަތަކުން ނައިނާ ރުޅިއަރުވަމުންދިޔައިރު އެ މޫނުމަތީ މިއަދު ވަނީ އެންމެ ރީތި ހިނިތުންވުމެވެ.
އެންމެން އަމިއްލަ ވާހަކަތަކަށް ގެއްލިފައި ތިބިވަރުން ހައިޒަލް ކުރާކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިންނަމަވެސް މިކްޔާލް އިނީ ރެސްޓޯރެންޓްއަށް ވަދެވުނީއްސުރެ ހައިޒަލްގެ ހަރަކާތްތަކަށް ފާރަވެރިވެގެންނެވެ.
“އެެއްބައި މީހުންގެ މޫނުމަތިން ހާދަ ހަނދުވަރުދެޔޭ މިދުވަސްކޮޅު… ހައި ކޮންކޮޅަކުން އިރުއަރައިގެން އުޅޭ ދުވަސްކޮޅެއްތަ؟” މިކްޔާލް އިރުކޮޅެއްވާންދެން ހައިޒަލްގެ މޫނުމައްޗަށް ވެރިވާ ކުލަަވަރު ދެކެން އިނދެފައި ވާހަކަދެއްކުމާއިއެކު އެންމެންގެ ނަޒަރު ހައިޒަލްއަށް ހުއްޓުނެވެ. އެވަގުތު މިކްޔާލް ކުޑަކޮށް ބޯއަރިކޮށްލަމުން ހައިޒަލްގެ ފޯނަށް ނަޒަރެއްދިންއިރު ހައިޒަލް ފޯން ލޮކްކޮށްލަމުން މިކްޔާލްއަށް ނުރުހުމުގެ ނަޒަރެއްދިނެވެ. އެ ބެލުމުގައިވީ އިންޒާރުގެ ނަޒަރުން ހައިޒަލް ބުނަން އުޅޭ އެއްޗެއް ފަހުމްވީއިރު މިކްޔާލް ލާނެތްގޮތަކަށް ހިނިތުންވެލިއެވެ.
އެވަގުތު ދުވެފައި ކަހަަލަގޮތަކަށް ކޮންމެވެސް މީހަކު ރެސްޓޯރެންޓްތެރެއަށް ވަދެގެން އައިިރު ހުރިހާ ޒުވާންގެ ނަޒަރުގެ އެދިމާލަށް ދަތުރުކުރިއެވެ. އެއްފަހަރާއި ހުރިހާ އެންމެންގެ ނަޒަރު ނައިނާއާއި ދިމާވިގޮތުން ލަދުގަތްވަރުން ނައިނާގެ ދޮންމޫނަށް ރަތްކުލަފާއްދާލިއެވެ. އޭރު ހުރިހާ ޒުވާނުން ތިބީ ނައިނާ މިތަނަށް އަންނަންޖެހޭ ސަބަބެއް ނަގައިނުގަނެވިފައެވެ. މިކްޔާލް ފިޔަވައެވެ.
“އަމް… މިކްޔާލް ސަރ ގުޅުއްވާފައި ބުނުއްވީ ޒިޔާން ސަރ ހޯއްދަވައޭ…” އެންމެންގެ ނަޒަރު މޫނާއި ސީދާވެފައިހުރިގޮތުން ނައިނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އެ ޖުމްލައާއިއެކު ޒިޔާން ދެފަރާތަށް ބޯހޫރާލިއިރު ހައިޒަލް މިކްޔާލްއަށް ބަލާލީ ބުމަގޮށްޖަހާލައިގެން އިނދެއެވެ.
އޯވް… ޒިޔާ ބުންޏޭތަ ބުނެވުނީ…. ނައިނާ އައިކަން ރަނގަޅޭ… ވީ ނީޑް އަ ގާރލް ހިޔަރ…” މިކްޔާލްގެ ފަހު ޖުމްލަތަކާއިއެކު ހައިޒަލް އަލިފާނުގެ ނަޒަރަކުން ބަލާލިއިރު މިކްޔާލް ނޭނގޭކަމަށް ހެދިއެވެ. މިކްޔާލްއާއި ގާތަށް އިން ގޮނޑި ދަމާލަމުން ނައިނާއަށް އިށީނުމަށް އިޝާރާތްކޮށްލުމާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފާ ގެނެސް އޭނައާއި ޖެހިގެން އިން ގޮނޑީގައި ބޭންދުވިއެވެ. އެއާއިއެކު މިކްޔާލް ހައިޒަލްއާއި ދިމާލަށް ބަލާލީ ލާނެތް ނަޒަރަކުންނެވެ. އޭރު އެހެން ޒިޔާންއާއި ޔަޒްދާން ތިބީ ހައިޒަލްގެ އެހަރަކާތުގެ މާނަ ނަގާނޭގޮތެއް ނޭނގިފައެވެ.
“ގާއިޒް… މިއީ ވަރަށް އިމްޕޯރޓެންޓް މީޓިންއެއް އިނގޭ… ސޭ ވެލްކަމް ޓު އަވަރ ނިއު ކަޕްލް… ހައި އެންޑް ނައިނާ….” މިކްޔާލް ތެދުވެލަމުން އެންމެންނަށް އަޑުއިވޭވަރަށް ބުނެލުމާއިއެކު ހައިޒަލް ދަތްތަކަށް ބާރުވެގެންދިޔައެވެ. އެވަގުތު އެންމެންގެ ނަޒަރު ނައިނާއާއި ހައިޒަލްއަށް ހުއްޓުނުއިރު އެ މޫނުތަކުން ފެނުނީ އިތުރަށް އިނގެން ބޭނުންވެފައިވީކަމުގެ ކުލަވަރެވެ. ހައިޒަލް ދެފަރާތަކުން ބޯހޫރާލިއިރު މިކްޔާލްއާއި ދިމާލަށް ބަލާލިއެވެ. މިކްޔާލްގެ ލާނެތްކަމާއިއެކުވެސް އެންމެންގެ ތެރޭގައި އޭނައާއި ނައިނާގެ ގުޅުމުގެ ވާހަކަ ކިޔާލާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އޭރު ލަދުގަތްވަރުން ނައިނާ އިނީ އެތަނުން ފިލަން ބޭނުންވެފައެވެ.
“މިކްޔާލް ޔޫ ޑެވިލް….” ހައިޒަލް މޫނު ހަދާލަމުން މިކްޔާލްގެ ގައިގައި ބޮޑިއެއްއަަޅުވާލަން އަތް އުފުލާލައިފަވެސް އަތް ތިރިކޮއްލައިފިއެވެ.
“މިހާރު ދެން ހާދަ ޗޭންޖޭ… ކުރީގެ އެރުޅިވެރި ބައި ދިޔަތަނެއްވެސް ނޭނގެ… ހުރިހާ ޝުކުރެއް އަހަރެމެންގެ ނައިނާ ފަހަރިއަށް….” މިކްޔާލް އިތުރަށް ހައިޒަލް ރުޅިއަރުވަންވެގެން ދިމާކުރިއެވެ. އޭރު ޒިޔާންއާއި ޔަޒްދާން ތިބީ ކުރިމަތީ ނިއުޅެމުންދިޔަ ޑްރާމާ ފެނި ހިނިއައިސްފައެވެ.
“އެ ތެދެއްތަ ހައި އަންގާވެސްނުލާ ނައިނާއާއި ޑޭޓްކުރަން ފެށީތަ؟ ކޮންގްރާ… ދެކުދިން ވަރަށް ގުޅޭ އިނގޭ…” ޔަޒްދާން ހިނިތުންވެލައިގެން އިނދެ ކިޔާލިއެވެ.
“އަހަރެމެންގެ ޓީމަށް އިތުރުކުއްޖަކު އިތުރުވީނު… ރިދްއާއި ޒިޔާގެ މާޔާއާއި ޔަޒާގެ މަންހަލް އެންޑް ނައިނާވެސް ހުންނާނެއެއްނު… ހަތަރުމީހުންކަމެއް ރާވަންވީނު… މިހާރު ހައިވެސް އެކަންޏެއް ނުވާނެއެއްނު… އެހެންނޫނަސް އޭނަ ކޮންއިރަކުދޯ އެކަނިވީ… އަބަދުވެސް ކޮންމެވެސް ބިޓުގަނޑެއް ގެޓް ޓުގެދަރއަށް ގެނެއެއްނު… ދެފަހަރު ހަމަޔަށް އެއްކުއްޖަކު ނުގެންނާނެ…” މިކްޔާލްގެ ފަހުޖުމްލައާއިއެކު ހައިޒަލް ބާރަށް މިކްޔާލްއަށް ގޮވާލަމުން އިންޒާރުގެ ނަޒަރެއް ދިނެވެ. އެ މޫނުމަތިން އެވަގުތު ފެނިލި ކުލަވަރުން ޔަޒްދާންއާއި ޒިޔާންގެ ހުނުން ހިފަހައްޓާލަން މަޖުބޫރުވިއެވެ.
“ނައިނާއަށް އިނގިދާނެެއަތީ ހާދަ ހާސްވެޔޭ… ހައި އަކީ ޕްލޭ ބޯއީ އޮފް ދަ ސެންޗުއަރީކަން ނޭނގޭމީހަކު މި ރާއްޖެއަކު ނޫޅޭނެ….” މިކްޔާލް މޫނަށް ވައްތަރެއް ޖައްސާލަމުން ހައިޒަލްއާއި ދިމާކޮށްލިއެވެ. އޭރު އެ މޫނުމައްޗަށް ވެރިވެފައިވީ ކުލަވަރު ފެނި މިކްޔާލް ހީލީ ލާނެތްގޮތަކަށެވެ.
“ބުނަން.. ތިމީހުން ޖަހާ ސަކަރާތުގައި ކޮންމެހެން ނައިނާ ބައިވެރިކުރާން އުޅޭނެކަމެއް ނެތް…” ހައިޒަލް ނުރުހިފައިކަހަލަގޮތަކަށް ބުނެލަމުން މިކްޔާލްއާއި ދިމާލަށް ކަޅިއަޅައިގަތެވެ.
“މިސްޓަރ ޖޭ… ނައި އެކަނި ގެންދާށޭ މިއުޅެނީ…” މިކްޔާލް ބުނެލުމާއިއެކު ހައިޒަލްގެ ހަށިގަނޑު ވަގުތުން ސީދާވެގެންދިޔައެވެ.
“އިނަފް ގާއިޒް… ހައި އާއި މިކް މިތާ ތަޅާފޮޅުންގަނޑެއް ހިންގާނުލައްޗޭ…” މިހުރިހާއިރުވަންދެން ހިމޭނުން އިން ޒިޔާން ބުނެލިއެވެ.
“މިދެމީހުންވެސް ހީވަނީ ނައިނާދެކެ ލޯބިވަނީހެން…. އިޒް އިޓް އަ ލަވް ޓްރޭންގަލް…” ހައިޒަލްއާއި މިކްޔާލްގެ އަރާރުންވުން ފެނި ނޭނގޭފަދަ ފޯރިއެއް އައިސްފައި އިން ޔަޒްދާން މަޖަލަކަށް ހަދާފައި ސުވާލުކޮއްލިއެވެ. އެއާއިއެކު ހައިޒަލް މިކްޔާލްއަށް ބަލާލީ ދެލޯ ހަނިކޮއްލައިގެން އިނދެއެވެ. ވަގުތުން މިކްޔާލް އަތްއުފުލާ އަމާންދިންކަން އަންގާލިއިރު މުޅި މާހައުލުގައި ގުގުމާލީ ތިން ޒުވާނުންގެ ހުނުމުގެ އަޑެވެ. ހައިޒަލް “ޖެލަސީ” ފަރާތް އަލަށް ފެނުނުއިރު ހުރިހާ ޒުވާނުންނަށް އެކަން މަޖާކަމަކަށްވިއެވެ. ހައިޒަލް އެ މީހުންނަށް ދައްކާ ހަރުކަށި މިޒާޖާއިއެކު މިފަދަ ބައެއް ފޮރުވިފައިވާކަމަށް އެ ޒުވާނުން ހިޔެއްވެސް ނުކުރެއެވެ. މީގެކުރިން ކިރިޔާވެސް ހައިޒަލްގެ ލާނެތްބައި ފެނިފައިވަނީ އެންމެ ގާތް އެކުވެރިޔާ މިކްޔާލްއަށެވެ.
*** *** *** *** *** ****
ޝަލީންއާއި މަޔާންގެ ލޯތްބަށް ބަހާރު މޫސުމް އައިސްފައިވާއިރު ދެލޯބިވެރިންގެ ލޮލުން އުފާވެރިކަން ނޫނީ ނުފެނެއެވެ. ދެލޯބިވެރިން އެކީގައި ގިނަވަގުތު ހޭދަކުރާއިރު މަޔާން ދޭ ލޯބިން ޝަލީންގެ ހިތްވަނީ ފުރިފައެވެ. މަޔާންގެ މަތިވެރި ލޯބި ޝަލީންއަށް ހުރިހާ އުފަލެއް މިލްކުކޮށްދީ އެންމެ އުފާވެރި އަންހެންކުއްޖާއަށް ހަދައިދީފިއެވެ. ދެލޯބިވެރިންގެ ލޯބި ކުރިލާ އާރޯވަމުން ދުނިޔޭގެ ލޯތަކަށް ސިއްރުން މަޔާންގެ ޕެންޓްހައުސްގައެވެ. ދެޒުވާނުންގެ އުފާވެރިކަމާއިއެކު ޕެންޓްހައުސްގައި ހަނދާނުން ނުފިލާނޭ ވަގުތައް ހޭދަކުރަމުންދިޔައިރު ކުރިމަތިވާން އުޅޭ ކޮޅިގަނޑުގެ ނުރައްކާތެރިކަން ރޭކާވެސް ނުލައެވެ. އެ ހަމަހިމޭންކަމަކީ އަންނަން އުޅޭ ކޮޅިގަނޑުގެ ބޮޑުކަން އަންގައިދިން އިންޒާރެއްކަން ޝަލީންއަށް ނަގައެެއްނުގަނެވުނެވެ. އޮމާން އަމާން ހަޔާތް ބިންދާލަން އުޅޭ ރާޅުގެ ބޮޑުމިން މަޔާންގެ ލޯބިން ދީވާނާވެފައިވާ އެހިތަށް ވަޒަންވެސް ކޮށްނުލެވުނެވެ. ބިންދާލާ ރާޅުން އޭނާގެ މުޅި ހަޔާތް ހަފުސްވެ މަޔާންއާއި ދޭތެރޭ ދެކޭ ނަޒަރިއްޔާތު މުޅިން ބަދަލުވެގެންދާނެއިރު ޝަލީންގެ ހިތަށް އެކަމުން ކުރާނޭ އަސަރު އިނގެނީކީވެސް ނޫނެވެ.
*** *** *** *** *** ***
ހަވީރު ހިޔާ ޖެހެމުންއައިރު މެންދުރުގެ ދިލަހޫނުކަން މަޑުމަޑުން ކެނޑެމުންދިޔައެވެ. ޖެހެމުންދިޔަ ފިނިރޯޅިތަކުން ދުވަހުގެ ވަރުބަލިކަމާއި ލޮނޑުކަން ކުޑަކޮށްދެއެވެ. ޑިއުޓީ ނިމިގެން ނައިނާ އެންޓްރެންސަށް ނިކުމެ ފޯޓިކޯގައި މަޑުކޮށްލައިގެން ހުރި ހައިޒަލްގެ އިންތިޒާރުގައެވެ. ޕޯޓިކޯގެ ތަނބެއްގައި ލެގިލައިގެން ހުރިއިރު އެ މޫނުމަތީވީ އެންމެ ރީތި ހިނިތުންވުމެވެ. ހައިޒަލްއާއިއެކު އޭނަގެ އުފާވެރިކަން ދެގުނަވެފައިވާކަހަލައެވެ. ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ނައިނާގެ ހަށިގަނޑު ސީދާވެގެންދިޔައިރު ފަސްއެނބުރި ބަލާލިއެވެ. އޭރު ހައިޒަލް ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަވީއެވެ.
“ކުޑަކޮށް ލަސްވެއްޖެދޯ…” ހައިޒަލް ނައިނާއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ނައިނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. އެއާއިއެކު ދެޒުވާނުންގެ ފިޔަވަޅުތަށް ބެހެއްޓީ ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ހައިޒަލްގެ ކާރާއި ދިމާލަށެވެ.
ހައިޒަލް ނައިނާއާއި ވީ ފަރާތުގެ ދޮރުހުޅުވާލުމަށްފަހު އަރަން އިޝާރާތްކޮށްލިއިރު ނައިނާ ކާރާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ތަފާތު ނަޒަރަކުންނެވެ. މަޑުމަޑުން ނައިނާގެ އަތް ގެނެސް ބިއްލޫރިގަނޑުގައި ޖައްސާލިއިރު ދެފަރާތަށް ބޯހޫރާލީ މާޒީވީ ދުވަހެއްގެ ނައިނާ ކާރަށް އަރާ ހަމަޖެހިލިއިރު ހައިޒަލް ނައިނާގެ ސީޓްބެލްޓް އަޅުވާލަދިނުމަށްފަހު ނައިނާއާއި ދުރުވެލިއެވެ. އޭރު ނައިނާ ދެލޯ ބޮޑުކޮށްލައިގެން އިންގޮތުން ހައިޒަލްގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ.
“ނައިނާ ކާރުގެ ބިއްލޫރިތައް ފުޑާލީތީވެސް ރައިޑްއެއް ދިނުން ޑިޒާވްވޭދޯ…” ހައިޒަލް ނައިނާއާއި ދިމާކޮށްލިއިރު އެ މޫނުމަތިން ފެނިލީ ނުސިޔާނުކަމެވެ. އެ ނުސިޔާނު ތޫނު ނަޒަރުން ނައިނާގެ މޫނު ރަތްކޮށްލުމުގައި ކާމިޔާބުކުރިއިރު އެވަގުތުކޮޅު ދެޒުވާނުންގެ ނަޒަރު ސީދާވިއެވެ. މަޑުމަޑުން ދެއަތުގެ އިނގިލިތައް ލާމެހިގެންދިޔައިރު ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއްވެރިވިއެވެ.
ހ. ޑައިމެންޑް ވޭލީގެ ކުރިމައްޗަށް ކާރު ހުއްޓާލިއިރު ނައިނާ ކާރު ފައިބަމުން ހައިޒަލްއަށް ހަނާ އަޅާލިއެވެ. އޭރު ހައިޒަލް ކާރު ދުއްވާލީއެވެ. ނައިނާ ހައިޒަލް ކާރުގައި ގޮސް ނިވާވަންދެން ބަލަހައްޓައިގެން ހުރެފައި ގެއަށް ވަންނަން ހިނގައިގަތެވެ.
5 ބުރީގެ ޑައިމެންޑްވޭލީއަކީ ނައިނާގެ މައިންބަފައިން މިދުނިޔެ ދޫކޮށްފައި ދިޔަ ހަަމައެކަނި ތަރިކަ މުދަލެވެ. ނައިނާގެ ބައްޕަ ނިހާންގެ ދުނިޔޭގައި އެ އިމާރާތް ރަނގަޅުފެންވަރަކަށް ހެދިފައިވީނަމަވެސް ދުވަސްވުމުގެ ސަބަބުން މިހާރު އެއިމާރާތް ފެންނަނީ ފުދޭވަރަކަށް ވީރާނާކޮށެވެ. އެންމެ ކުރިން ތިރީބައިތަކުގައި މީހުން ކުއްޔަށް އުޅުނުނަމަވެސް އެ ފަންގިފިލާތަށް ހުސްކޮށް އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. މަޑުމަޑުން އިމާރާތުގައި އުޅެމުންދިޔަ މީހުން މަދުވަމުންގޮސް އިމާރާތްމުޅިން ހެން ފަޅުވެއްޖެއެވެ.
ޖެހިގެން ހުރި އިމާރާތްތަކާއި އަޅާބަލާއިރު އެ އިމާރާތުން ފެންނަނީ ދުވަސްވެފައިވާކަމުގެ ކުލަަވަރުތަކެވެ. އިމާރާތުގެ ބޭރުގައި ލެވިފައިވާ ނޫކުލަ ގިނަދުވަސްވެގެން ފޮހެވިގެންގޮސްފައިވާއިރު އެ ދޭތެރެތަކުން ސިމެންތި ކުލަ ފެނެއެވެ. ގެއަށްވަންނަން ހާއްސަކޮށްފައިވާ ދޮރާށިގައި ލެވިފައިވާ ދަވާދު ފިލައިފައި ހުރި ދޮރުވެސް ވަނީ ފީވެފައެވެ. ދޮރާށިން ފެށިގެން ސިޑިބަރިއާއި ހިސާބަށް ތަޅުން އަޅާފައިވާ ހުސް ތަންކޮޅުގައި ކޮންމެވެސް ވަރަކަށް ފޮށިގަނޑުތަކާއި އެހެނިހެން ސާމާނުތައް ބަހައްޓާލެވިފައިވެއެވެ. އޮމާންނުކޮށް ދޫކޮށްލެވިފައިވާ ސިމެންތި ހަރުފަތްތަކުގައި ކޮންމެވެސް ވަރަކަށް ފެހިޖަހައިފައިވަނީ ގިނަދުވަސްވެގެންހެން ހީވެއެވެ. އެކަކަށް އެރޭ ހަނި ސިޑިން ފަސްވަނަ ފަންގިފިލާއަށް އަރާ ނައިނާ މިސްރާބުޖެހީ އޭނަގެ އެޕާރޓްމެންޓާއި ދިމާލަށެވެ. މުށިކުލައިގެ ބޮޑު ދޮރެއްލާފައިވާ ދެ ކޮޓަރީގެ އެޕާރޓްމެންޓާއި އެކުވެގެން ހުރި ކުޑަކޮޓަރިއަކީ ހައިރާ އުޅެމުންދާ ބައެވެ.
ނައިނާ ތަޅުދަނޑިން އެޕާރޓްމެންޓް ދޮރު ހުޅުވާލަމުން އެތެރެއަށްވަދެ ފަންކާތައް ޖަހާލަމުން ދޮރުފަތަށް ލެގިލިއެވެ. އެވަގުތު ބޭރުން މީހަކު ދޮރުގައި ހިފާލިއިރު ނައިނާ ސިހިފައި ދޮރާއި ދުރުވެލަމުން ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ހުޅުވާލެވުނު ދޮރުގެ ދޭތެރެއިން ހައިޒަލްގެ މޫނު ފެނިލިއިރު ނައިނާގެ ދެލޯބޮޑުވެގެންދިޔައެވެ. ވަގުތުން ހައިޒަލްގެ އަތުގައި ހިފާ އެޕާރޓްމެންޓް ތެރެއަށް ވެއްދިއިރު އަވަސް ހަރަކާތަކާއިއެކު ދޮރު ތަޅުލައިފިއެވެ.
“ހައި މޮޔަވީތަ؟ ދައްތައަށް ފެނިއްޖެއްޔާ ކީކޭތަ ހީކުރާނީ…” ނައިނާ ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.
“ސުސް… ވާހަކަނުދައްކައްޗޭ…” އެވަގުތު ދުރުން ފިޔަވަޅުތަކެއްގެ އަޑު އިވިލިއިރު ހައިޒަލް ވާހަކަދައްކަން އުޅުމާއިއެކު ނައިނާ ހައިޒަލްގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






Me first dhw?
yeah
Mi vaahaka up kurani kn dhuvas thajeh ga thw
ramazaan mahu dhe dhuvahun e dhuvahu up kuraa gothah dhira ninmaafa ihnaanee…
i am so sry for everything?????thnks for those who waited patiently for my story✨?????????? i’ll upload next part on wednesday insha allah???? thnks for the support from the readers?????????????. feel free to comment…. readers support is my biggest motivation✨✨?????????????
Alheyy soo curious??❄???….next part upkohlaafa dhw iny..kiyaafa comment kuraanan Ingey in Sha Allah???
yea
Soo curious?? its ok dhiraa baeh faharu ehen ves vaane thank you 2 part up kohladhinyma…..?
wlcm
ahaann… here I have a feeling that this zel is Haizal… then Naina’s aunt I guess who lives with her is Haizal’s mom… that Az I guess… haha… kiyaa the story is awesome and I’m loss of words… I haven’t read the whole ep yet, but i want to let u know about my feelings here… LOL! okay, so lemmi read the ep… luv ya
lets c vaagoih ingidaane ehnu.
alhe um sorry… kiyaa ey dhw bunevuny… * Dhiraa
its owk
alhe um sorry… kiyaa ey dhw bunevuny… * Dhiraa so sorry
its okw
haizal ge mystery guess kurun tha miadhu miothee.. dhiraa varah confuse vey eba.. zel akee hai baa noonee new charcter eh tha? and hai ge charcter varah loabi mihaaru.. he changed a lot dho because of naina… varh loabi naihai couple ulhey goih..
lets c dww