Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ……27

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 13, 2019 5 Mins Read
41 Comments

“ޑޫ ޔޫ ލަވް މީ؟” ހަމްޒާ ކޮށްލި ސުވާލުން ރައިހާނާ ސިއްސައިގެން ދިޔައެވެ. ލޯ ހުޅުވާލިއިރު ހަމްޒާ ހުރީ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގެއެވެ.
ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ރައިހާނާގެ ޖަވާބަކަށެވެ. އެހެނަސް ޖަވާބު ނުދިންތާގައި ރައިހާނާ ގުޑިވެސް ނުލިއެވެ. ޗާބީ ދީފައި އިން ބުދެކޭޭ އެއްފަދައެވެ. ރައިހާނާާގެ ހިތުގެ ވިންދު ދުވަހަކުވެސް އެހާ އަވަސްވިހެންނެއް ހިޔެއްނުވެއެވެ. ހިތް ތެޅޭލެއް އަވަސްކަމުން މޭ ފަޅާފައި ނުކުމެ ދާނެހެންވެސް ހީވިއެވެ. އޭނާ ކިތަންމެ ބޭނުންވިއަސް އެސުވާލަށް ޖަވާބުދެވޭކަަށް ނެތެވެ. “ޔެސް އައި ލަވް ޔޫ. ހަމްޒާއަަށް އަންދާޒާ ކުރެވޭ ވަރަށްވުރެވެސް ލޯބިވޭ. އަބަދުހެން ހިތް އެދި ގޮވަނީ ތި ސޫރަ ބަލާލުމަށް. ބޭނުމީ ތި އަތުގެ ހިމާޔަތް. އެކަމަކު އަހަންނަކަށް ނެތް ތި ލޮތްބަށް އެދެވޭކަށް” އެއިން އެންމެ ލަފްޒެއްވެސް ދުލާ ހަމައަށް ގެންނާކަށް ރައިހާނާއަކަށް ނުކެރުނެވެ.
ރައިހާާނާގެ ހިމޭންކަމުން ހަމްޒާއަށް ސުވާލުގެ ޖަވާބު ލިބުނެވެ. އެހެނަސް އޭނާ ބޭނުންވީ ރައިހާނާގެ ދުލުން އެ ލަފްޒުތައް އަޑު އަހާލާށެވެ.
ރީހާން ކޮޓާރި ދޮރު ހުޅުވި އަޑު އިވުމާއެކު ރައިހާނާއަށް ތެޅިގަނެވުނެވެ. އަދި ކިރިޔާ ހަމްޒާއަށް އަޑު އިވޭވަރަށް ރީހާން އެބަ އާދެއޭ ބުންޏެވެ. “އައި ޑޯންޓް ކެއާ. ސުވާލަށް ޖަވާބު ނުލިބެނީސް ތި އަތުން ދުލެއް ނުކުރެވޭނެ” ހަމްޒާ އޭނާގެ ގޮތުގައި ހިފެހެއްޓިއެވެ. ރައިހާނާ ކަންބޮޑުވިއެވެ. ރީހާންއަށް ފެނިއްޖެނަމަ ހީކުރާނީ ކީކޭ ހެއްޔެވެ؟ ހަމްޒާ ގާތުން ސަލާމަތްވާން ދޮގު ހަދަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާހައި ހިތްވަރެއް އޭނާ ގަޔަކު ނެތެވެ. ރައިހާނާ ދެލޯ މަރާލިއެވެ. ޖަވާބު ދޭން އަނގަ ހުޅުވާލިއެވެ. ޖަވާބު ދިނުމުގެ ކުރިން ހަމްޒާ އޭނާ އަތުން ދޫކޮށްލިއެވެ. ސިހިފައި ރައިހާނާ ދެލޯ ހުޅުވާލިއިރު ހަމްޒާ އިނީ ރީހާންއާ ކުރިމަތި ލައިގެންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ކުރަން އިން މަސައްކަތާގެން ރައިހާނާ މަޝްޣޫލްވިއެވެ.
ރައިހާނާ އަތް މަތި އަވަސްކޮށްފައި ރީހާންއަށާ ހަމްޒާއަށް ކާންހެދިއެވެ. ދެމީހުންނަށް ފެނާ ކޯކް އަޅާފައި ރައިހާނާވެސް ކާން އިށީނެވެ. އިސްޖަހައިގެން ކާންފެށިގޮތަށް އިސްއުފުލާ ބަލާވެސް ނުލާ ހިމޭން ކަންމަތީ އިނދެ ރައިހާނާ ކަމުން ދިޔައެވެ.
ރައިހާނާގެ ހަރަކާތްތައް ހުރި ގޮތުން ހަމްޒާ ގާތަށް ލާނެއް ހިންޏެއް އައެވެ. ރައިހާނާއަށް ނޭންގުނަސް ލަދުން ގޮސް ރައިހާނާގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ގައިގައިވެސް މަޑު ތުރުތުރު ކަމެއް ހުއްޓެވެ. “ރީހާން. ވަރަށް މީރު. ހާދަ މޮޅޭދޯ ކައްކަން. ނިކަން ހަމްޒާބެއަށްވެސް ދަސްކޮށްދީބަ. އޭރުންނެއްނު އޭންޖަލްއާއެކީ ތަންކޮޅެއް ރޮމްކޮށް ކައްކާލެވޭނީ” ރައިހާނާ ދެރަކޮށްލަން ހަމްޒާ ބުންޏެވެ. އެހެނަސް ރައިހާނާގެ ބަދަލުގައި އެކަމުން އަސަރުކުރީ ރީހާންއަށެވެ. ވަގުތުން ކުށި އަރާގަތެވެ. ހަމްޒާއާ އަންޖަލް އެކީ އެގޮތަށް ސިފަކުރެވުމާއެކު ރީހާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ހަމްޒާގެ މަގާމުގައި އޭނާ ވުމަށް ހިތްއެދެވުނެވެ. “ރީއްކޮ އާ ޔޫ އޯކޭ؟” ރައިހާނާއާ ހަމްޒާއާ ދެމީހުންނަށް އެއްފަހަރާ އެހުނެވެ. ކުޑަކޮށް ހިނިއަސް ހުރެ ރީހާން އޭނާ ރަނގަޅު ކަމަށް ބުންޏެވެ. މިރުސްކޮޅެއް ކެވިގެން ކުޅިވީ ކަމަށް ބުންޏެެވެ.
ހަމްޒާގެ ހިތުގައި އެއް ފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ރީހާންއާ އަންޖަލްއަށް ވެގެން އުޅެނީ ކީއްހެއްޔެވެ؟ އެކަކު އަނެކަކުގެ ނަން ބުނާއިރަށް އެވަނީ ކިހިނެއްހެއްޔެވެ؟ ސިކުނޑީގައި އެނބުރެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދަން ހަމްޒާ ނިންމިއެވެ.
ރީހާންއަށް އަންޖަލްގެ ނަން ބުނުމާއެކު ވީގޮތް ފެނުމާއެކު ރައިހާނާ ގާތަށް ހިނިއައެވެ. އޭނާގެ ކޮއްކޮ އެހެރީ އެހާ ދީވާނާވެފަ ބާއޭ ހިތަށް އެރިއެވެ.

އަންޖަލް ބޮލުގައި އެހެންނާ ނުރިއްސާވަރަަށް ރިއްސަމުން ދިޔައެވެ. ބޮލުގައި ހީވަނީ މާރުތޭލަކުން ތަޅާހެންނެވެ. ބޯ ހަމަޖައްސާލަން ލޯ މަރާލާ ކޮންމެ ފަހަރަކު ރީހާން ފެނިގެން ދިޔައެވެ. އަންހެން ކުދިން ހިތްތައް ކަތިލާ ފަދަ ތޫނު ނަޒަރަކުން އޭނާއަށް ބަލަން ހުންނަ ތަނެވެ. އަންޖަލް ގޮސް އޭނާ ކުރަހާ ތަނަށް ވަނެވެ. ގަނޑަކާ ގަލަމަކާ ހިފައިގެން މޭޒުކައިރީ އިށީންދެ ހުރިހާ ވިސްނުންތައް އެއްފަރާތް ކުރުމަށްފަހު ހަމަޖެހިލައިގެން ރީތި ޑިޒައިންއެއް ގަނޑުގައި އަޅާލިއެވެ.

ރާނިޔާ ދޮރު ހުޅުވުމާއެކު ރައިހާނާ އެތެރެއަށް ވަނެވެ. ރާނިޔާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އަންޖަލް ކޮބާތޯއެހިއެވެ. އަންޖަލްވީ ކޮޓަރީގައި ކަމަށް ރާނިޔާ ބުނުމުން ރައިހާނާ އަވަސް ފިޔަވަޅުތަކެއްގައި އަންޖަލްގެ ކޮޓަރިއަށް ދިޔައެވެ. ހެނދުނު ސްކޫލަށް ގޮއްސައި ބޮޑު ވާހަކައެއް ދައްކަން އޮތްކަމަށް އަންޖަލް ބުންޏެވެ. އެއީ ސްކޫލްގައި ދެއްްކޭ ވަރަށް ވުރެ ބޮޑު ވާހަކައެއް ކަމުން އެގެއަށް ހަވީރު އައުމަށް އަންޖަލް އެދުނެވެ.
ރައިހާނާ ގޮސް އަންޖަލް ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރެއިން އަންޖަލްގެ ހިލަމެއް ނުވެއެވެ. ރައިހާނާ މަޑު މަޑުން ދޮރު ލައްޕާލާފައި ގޮސް އަންޖަލް ކުރާހާ ކޮަޓަރީ ދޮރު ހުޅުވާލިއެވެ. އޭރު ވިސްނުންތެރިކަމާއެކު އަންޖަލް ކޮންމެސް އެއްޗެއް ލިޔަމުން ދިޔައެވެ.

ހަމްޒާ ޓެސްޓް ޕޭޕަރުތައް ހެދުމުގައި ވަރަށް ބުރަކޮށް އުޅެނިކޮށް ޝިމާން ގުޅާފައި ކޮފީއަކަށް ދާން އެދުނެވެ. ހަދަން ހުރި ޕޭޕަރުތައް ބަހައްޓާފައި ހަމްޒާ ޝިމާން ބުނި ކެފޭއަށް ދިއުމަށް މިސްރާބް ޖެހިއެވެ.
ެއޭނާ ދިޔައިރު ޝިމާން ހުރީ ކެފޭ ކުރިމަތީ މަޑުކޮށްލައިގެންނެވެ. ދެމީހުން އެކީ އެތަނަށް ވަދެފައި އެއް ފަރާތެއްގައި ހުރި މޭޒެއްގައި އިށީނެވެ. އެއަށްފަހު ދެކަޅު ކޮފީއަށް އޯޑަރު ދިނެވެ. “އޭ ބްރޯ. އެއްކަލަ ލީމް މަށަށް ފޭސްބުކުން މެސެޖް ކުރަން ފަށައިފި. ކަލޭ ކޮބާހޯ! ހުވާ ބޮލަށް އުނދަގޫ ރިޕްލައި ނުކުރީމަވެސް ހަމަ ފުލުފުލުގަ މެސެޖް ކުރަނީ. ބަލާބަ” ޝިމާން ފޯނުނަގާ ލީމް ކޮށްފައި ހުރި މެސެޖްތައް ހަމްޒާއަށް ދެއްކިއެވެ. ކޮންމެ މެސެޖެއްގައިވެސް ހުންނަނީ ހަމްޒާ ކޮބާތޯ އަހާފައެވެ. އަދި އޭނާއާ ގުޅޭނެ ގޮތެއް ހޯދައިދިނުމަށް އެދިފައިވިއެވެ. ހަމްޒާ ދެފަރާތަަށް ބޯހޫރާލިއެވެ. އޭނާގެ މޫނު މަތިން މަލާމާތުގެ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. “ލޯބި ނުވަނީސް ލޯބިވާކަމަށް ހެދިގެން ލީމް މަގޭ ހިތަށް އަނިޔާ ދިނީ. ރައިހާނާ މަދެކެ ލޯބިވެހުރެވެސް ލޯބިނުވާކަމަށް ބުނެ މަގޭ ހިތަށް އަނިޔާ ދެނީ” ހިތި ހިނިތުންވުމަކާއެކު ހަމްޒާ ބުންޏެވެ. ލޯބިވާކަމަށް ބުނެ ބެޓެއް ކާމިޔާބު ކުރަން ލީމް އެހިތް ހަލާކުކޮށްލިއެވެ. ލޯބިވާ ކަމަށް ބުނެ އޮޅުވާލިއެވެ. އެކަމުން އަރައިގަނެ ދެވަނަ ފަހަރަށް ހަމްޒާއަށް ލޯބިވެވުނީ ލޯބިވެ ހުރެ އެކަމަށް އިންކާރު ކުރާ ކުއްޖެއްދެކެއެވެ. ރައިހާނާ އޭނާ ދެކެ ލޯބިވާކަމަށް އިންކާރު ކުރަނީ ކީއްވެކަންވެސް ހަމްޒާއަށް އެނގެއެވެ. އޭނާ މިހާރު ބޭނުނީ ރައިހާނާ އަމިއްލައަށް އަންޖަލް އަދި އޭނާ ގާތުވެސް އެލޮތްބަށް އިއުތިރާފު ވާށެވެ.

އަންޖަލް ލިޔަނީ ކޯއްޗެއްތޯ ބަލަންވެގެން ރައިހާނާ ބޯދިއްކޮށްލިއެވެ. ރީތި ޑިޒައިންއަކަށް ލިޔެފައި އިން ރީހާންގެ ނަން ފެނުމާއެކު ރައިހާނާ ކުށިއެރިއެވެ. ރައިހާނާ ކެއްސަން ފެށުމުން ސިއްސައިގެން ގޮސް އަންޖަލްއަށް ކުރެހުމުގެ ދުނިޔެއިން ނުކުމެވުނެވެ. އަވަސް އަވަހަށް ގޮނޑިން ތެދުވެ ރައިހާނާ ބުރަކަށީގައި ދެތިން ފަހަރު ޖަހާލިއެވެ. “އަންކޮ ވަޓް އިޒް ދިސް؟” ރައިހާނާ ހަމަޖެހިލަމުން ގަނޑުކޮޅު އަތަށް ނެގިއެވެ. އަންޖަލްއަށް އެފެނުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ މިއޮށް ހުރިހާ އިރު އެލިޔުނީ ރީހާންގެ ނަން ހެއްޔެވެ. ވަގުތުން ރައިހާނާ އަތުން އެގަނޑު ޖަހާގަތެވެ. އަދި އިތުރަށް އެއަށް ބަލަން ނުހަދާ އެގަނޑު އިރާލިއެވެ. ގަނޑު ވީދާ ކުދި ކުރުމަށްފަހު އަންޖަލް އެހުރިހާ އެއްޗެއް ޑަސްޕިނަަށް އަޅާލިއެވެ. އެގާނޑު ވީދަމުން ދިޔައިރު އަންޖަލް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނިފައި ރައިހާާނާ އިނީ ބަނޑަށް ހޭށެވެ. “ރައި މަށަކަށް ނޭންގެ މަށަށް މިވާ ގޮތެއް. ބޯ ފަޅާގެން ދާން ކައިރިވެއްޖެ. އައި ތިންކް އައި އޭމް ގޮއިން ކްރޭޒީ!” އަންޖަލް ދެލޯ މަރާލަމުން ބުންޏެވެ. އޭރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ. ލޮލަށް ޖަމާވި ކަރުނަތައް ލޯމަރާލުމާއެކު ކޯތާފަތުގައި ބޮސް ދިނެވެ. އަންޖަލްއަށް ވީގޮތް ފެނި ރައިހާނާ މޫނުގެ ކުލަވަރުވެސް ބަދަލުވިއެވެ.

ރައިހާނާއަށް ގެއަށް އާދެވުނު އިރު ރޭގަނޑު އަށްގަޑިބައިވެ ނުވައެއް ޖަހަނީއެވެ. އަންޖަލް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ދިޔައީ އެނބުރެމުންނެވެ. އަންޖަލް ދެއްކި އެއްވެސް ވާހަކައަކަށް ރައްދެއް ދޭކަށް އޭނާއަކަށް ނޭންގުނެވެ. އަންޖަލްއަށް ރީހާންދެކެ ލޯބިވެވިއްޖެޔާމުން އޭނާ ކިތަންމެހާވެސް އުފާވާނެއެވެ. އޭރުން ރައިހާނާ އަދި ރިހާންއަށްވެސް އެދެމީހުންގެ ލޯބި ކާމިޔާބުވާނެއެވެ. އެހެނަސް ވިޝާހް މަތިން ހަނދާންވެފައި ރައިހާނާ ދެރަވިއެވެ. ވިޝާހް އަދިވެސް ހުންނާނީ އަންޖަލްގެ އިންރިޒާރުގަބާއެވެ. ރައިހާނާ އަތް ދަބަހުން ފޯނު ނެގުމަށްފަހު ވިޝާހްއަށް މެސެޖެއް ކޮށްލިއެވެ.

ފޯނަށް މެސެޖެއް ލިބުމާއެކު ފުޅާ ހިނިތުންވުމަކާއެކު ވިޝާހް ފޯނު ބަލާލިއެވެ. ވިޝާހްއަށް ޗޮކެއް ކަނޑާލެވުނީ އޭނާ އިންތިޒާރު ކޮށްގެން ހުރި ފަރާތުގެ މެސެޖަކަށް ނުވުމުންނެވެ. މޮޅިވެރި ކަމާއެކު ރައިހާނާގެ މެސެޖް ހުޅުވާލިއެވެ. ވިޝާހް ކިހިނެއްތޯ އަހާފަ އޮތެވެ. ރަނގަޅުކަމަށް ބުނެ އޭނާ ޖަވާބު ދިނެވެ. ދެން އައި މެސެޖަކީ އޭނާ އަދިވެސް ހުރީ އަންޖަލްގެ އިންތިޒާރުގައި ތޯއެވެ. ވިޝާހް ނިކަން އަވަހަށް ނޫނެކޭ ޖަހާފައި ރިޕްލައި ކުރިއެވެ. އަދި ރައިހާނާވެސް ހަމްޒާއަށް އިންތިޒާރު ނުކޮަށް އާފެށުމަކުން ފަށަން ނަސޭހަތްތެރިވިއެވެ.

ވިޝާހްގެ މެސެޖް ލިބުމާއެކު ރައިހާނާ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ވިޝާހް ހުރީ އަންޖަލްގެ އިންތިޒާރުގައި ނޫންކަން އެނގުމާއެކު ހިތްހަމަ ޖެހުނެވެ.

މަގުމަތިން އަޒްހަދްއާ ހަމްޒާއާ ދިމާވުން ގިނަވިއެވެ. ކޮންމެ ފަހަރަކުވެސް އަޒްހަދް ހަމްޒާގެ ހާލު ބަލާ ހަދައެވެ. ހަމްޒާވެސް އަޒްހަދްގެ ހާލުބަލައެވެ. އެއް ދުވަހަކު ދިމާވެގެން އޭނާގެ ގެއަށް ކެއުމަކަށް ދާން އަޒްހަދް ހަމްޒާއަށް ދައުވަތު ދިނެވެ. ދެކޮޅު ހަދަން ނުކެރުމުން ހަމްޒާ ދައުވަތު ގަބޫލުކުރިއެވެ.

އަންޖަލް ހަމްޒާއަށް މެސެޖް ކުރުން މަދުކުރިއެވެ. އޭނާގެ ބޯވަނީ ހާސްވެފައެވެ. ހަމްޒާއަށް މެސެޖްކުރާ ހިތް ނުވަނީއެވެ. އޭނާއާ ހަމްޒާ އުޅެނީ ރަށްޓެހިވެގެންކަންވެސް އަންޖަލް މިހާރު ހަނދާން ހުންނަނީ މަދު ފަހަރަކުއެވެ. އޭނާގެ ހިތާ ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ ރީހާންއެވެ. “އާގްގއަގްހ ޑޭމް އިޓް އަންޖަލް. ރީހާން އެއީ ކުޑަކުއްޖެކޭ” ރީހާންއާ އަންޖަލްއާ ދެމެދު އެއް އަހަރާ އަށްމަހުގެ ތަފާތެއް ހުރެއެވެ. ރީހާންއަކީ އޭނާއަށްވުރެ ކުޑަކުއްްޖެއްކަން އަންޖަލް އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ.

ޒިވާން މަގުމަތިން ރައިހާނާއަށް ފާރަލާތާ ދެދުވަސް ވެއްޖެއެވެ. ރައިހާނާއާއެކި އަންޖަލް ނޫނީ ރީހާން އަބަދުވެސް ހުރެއެވެ. އެހެނަސް މިއަދު ރައިހާނާ ގެއިން ނުކުތީ އެކަންޏެވެ. އިސްލާާމީމަރްކަޒް މާބާލް ޖެހި ސަރަހައްދަށް ވަދެވުމާއެކު ޒިވާން ފަހަތުން ގޮސް ރައިހާނާ އަތުގައި ހިފިއެވެ.
މީހަކު ފަހަތުން އައިސް އަތުގައި ހިފުމުން ރައިހާނާ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބިރުންހުރެ އަތުގައި ހިފީ ކާކުތޯ ބަލަން ފަހަތަށް އެނބުރުނެވެ. ޒިވާން ފެނުމާއެކު ރައިހާނާ މޫނު މައްޗަށް ރުޅިވެރިކަން ފާޅުވިއެވެ. ޒިވާންެގެ އަތުން އޭނާގެ އަތް ނައްޓަން ރައިހާނާ މަސައްކަތް ކުރިއެވެ. އޭރު އެތާ ތިބި މީހުންގެ ލޯތައް ވަނީ އެދެމީހުންނަަށް ހުއްޓިފައެވެ. “ޒިވާން ހަމަ މިހާރު ދޫކުރޭ!” ޒިވާން އޭނާ އަތުގައި ހިފައިގެން ހުރިލެއް ބާރުކަމުން ރައިހާނާ އަތަށް ތަދުވެސްވިއެވެ. “ނޫން. ނުކުރާނަން. ކިތަށް ފަހަރު ބުނީމަތަ ރައިހާނާއަށް އެނގޭނީ އަދިވެސް އަހަރެން ރައިހާނާ ދެކެ ލޯބިވާކަން. އައި މޭޑް އަ މިސްޓޭކް. އެންޑް އައި އޭމް ރިއަލީ ސޮރީ” ޒިވާންގެ މޫނަށް މޮޅުވެރިކަން ވެރިވިއެވެ. ހަގީގަތުގައިވެސް އޭނާ ކުރެވުނު ކަންތައްކަށް ދެރަވެއެވެ. “ލީވް މީ އެލޯން. ޒިވާން ކުރިކަންތަކަށް މާފުދިނުމަކީއެހާ ފަސޭހަކަމެއް ނޫން. އެންޑް މިހާރު ޒިވާންދެކެ ލޮތްބެއް ނުވޭ. ސޯ ޖަސްޓް ލީވް މި އެލޯން.” ރައިހާނާ ގަދަ ކަމުން އޭނާގެ އަތް ނައްޓާލިއެވެ. ހުއްޓުން އަރާފައި ކަރުނަވީ ދެލޮލުން ޒިވާން ރައިހާނާއަށް ބަލަހައްޓައިގެން އިނެވެ. އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި އުމުރަށް އެންމެ ލޯބިވާ އަންހެންކުއްޖާ ގެއްލުނީއެވެ. ރައިހާނާ ގޮސް ރަސްރަނި ބަގީޗާ ތެރެއަށް ވަންނަން ދެކަށް ޒިވާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަނދިރިވި ހަޔާތް

Next

ބުނެދޭށޭ ރުހެމޭ 25

Next
May 13, 2019

ބުނެދޭށޭ ރުހެމޭ 25

Previews
May 13, 2019

އަނދިރިވި ހަޔާތް

41 Comments!

  1. jiji says:
    May 13, 2019 at 12:11 pm

    ??Yey me first ..bala bala indha up kohly

  2. Kiyara says:
    May 13, 2019 at 12:13 pm

    Salam. Here is 27 part of bunaashey lobi nuvanyhey. Mi bai ves hurihaa kudhinnah ves kamudhaane kamah ummedhu kuran. Next part thursday ga ISA.

    1. layaaly says:
      May 13, 2019 at 4:18 pm

      hey friend. ISA mihen nuliyaane inshaa Allah migothah liyanvaani. maashaa Allah stry varah reethi keep it up ingey

    2. Shaaak says:
      May 14, 2019 at 5:33 am

      layaaly, inshaa allah mihen liyunyma eyge maana ehkoh badhalu vaany. “In Sha Allah” mihen liyaany ?

  3. Anjal says:
    May 13, 2019 at 12:19 pm

    ME SECOND

  4. Shambbx says:
    May 13, 2019 at 12:35 pm

    ME THIRD hehehe

  5. ??? says:
    May 13, 2019 at 12:43 pm

    Vvvv vvvvv rythi???

  6. AMAAN says:
    May 13, 2019 at 12:48 pm

    Mi part ves vvv rythi….. cant wait to read next part??? mihen indhevi dhaane kithahme ireh viyas kiyan??? gud work dear❤❤keep it up….??

  7. Ibsha says:
    May 13, 2019 at 1:14 pm

    Wow varah reethi

  8. Mona says:
    May 13, 2019 at 1:40 pm

    Mi story ves daily koh genes dhyfa mihaaru madu madun las vany dhaw…dhn jeheyni abadhu waiting ga thiben..konme story eh ves enme reethi va hisaabun writer hadhaany mihen…readers adheys koh koh thi en jeheyni..

    1. Jasmine says:
      May 13, 2019 at 1:57 pm

      huriha enmen ves bxy vaane…bxy kon ulhemunves gina liyuntherin vaahaka thah eba genesdheynu..ehnvyma shakuvaa nukoh shukuru kurun buhdhiveri..

  9. Shua says:
    May 13, 2019 at 2:48 pm

    Oh my god mi part vrh reethi❤.. m craving 4 next part?

  10. Shua says:
    May 13, 2019 at 2:51 pm

    Alheyyy miadhu thursday vaanama… vrh vrh curious vefaa mihirii shua?…

  11. Shua says:
    May 13, 2019 at 2:53 pm

    *veenama

  12. Hana says:
    May 13, 2019 at 3:29 pm

    Varah reethi mi part ves ????keep it up???waiting for next part ❤❤❤❤❤

  13. jiji says:
    May 13, 2019 at 3:58 pm

    Kiyaa lwbiii❤❤❤??????…Story is really awsm inge…also mi part vec….nd sorry fr the late reply dear…I was bxy inge hama scwl in ais quran claass ah gos tuition ah dhiya ee..ehnve vagutheh v ma mi kiyaaly ??????❤❤❤…nd sis ge haalu kihineh thr??hope inge fine kamah…curiously waiting fr the next part???lysm????

    1. Shambbx says:
      May 13, 2019 at 4:32 pm

      Awwwn loving Jiji so adorable heheheheheheheh cry bby hello am back

  14. layaaly says:
    May 13, 2019 at 4:08 pm

    OMG varah reethi mi story`

  15. jiji says:
    May 13, 2019 at 5:03 pm

    Yesh shambbx??ma mihury ey?????bt migadyga hiyeh nuvey tlk kureveyne heneh..vv varubali…bt balaanan 7 haa iru ol veveythw…really sorry naail the cry baby??

  16. Hui says:
    May 13, 2019 at 5:31 pm

    Vaahaka kithanmehaaves reethi
    But ummeedhu kuri varah vure kuru
    Thankolheh dhigukoh part up kurevey thoa balaa
    When next

  17. bestie says:
    May 13, 2019 at 5:39 pm

    Vrh reethi…mi part ves….. Masha Allah…keep up the good work dear…??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. Rifu says:
    May 13, 2019 at 5:40 pm

    Kiyaa. This is the best Story i have ever Read. Ma Shaa Allah. Keep it up. When next???

  19. jiji says:
    May 13, 2019 at 6:43 pm

    Shammbbxxx?habareh vebala…???????cry baby????ma moya vany ey

    1. jiji says:
      May 13, 2019 at 6:44 pm

      Hehe..?

    2. Ishu says:
      May 13, 2019 at 6:52 pm

      Hi

  20. jiji says:
    May 13, 2019 at 6:55 pm

    Yaa..hi?ishu kihineh thr..exams nimihje thr??..hehe…roadha vihlaifin thr dear

    1. Ishu says:
      May 13, 2019 at 7:01 pm

      Yes .. adhi nunimey…

  21. Ishu says:
    May 13, 2019 at 7:03 pm

    Mi dhuvas kolhu vvv bixy exam ge kanthakaaa pls geytheryge work thahh… aslu bixy ey vvv maadhama nimeyne kahneyge.. exam.. balaalan jeheyny…. and nice to met u

  22. jiji says:
    May 13, 2019 at 7:06 pm

    Ishu…bye inge dhn…Assu shambbx ol ga in kamah mi ol velyvec..nd I’ve test on tomorrow tooo??so I’ll be really bxy…ekm free filaaavalhu revise kohfa balaanan ol veveythw?okk

  23. ?????? says:
    May 13, 2019 at 7:19 pm

    Girls please not here. atleast mi story ge comment section aee chat room Akah nahadhaa. It’s against the rule of esfiya. Ehnve thi kudhinnah ves rangalhakah mi bunee. please don’t take this negatively and please obey the rules. Hope you won’t repeat this again. ?

    1. ?????? says:
      May 13, 2019 at 7:25 pm

      N btw kiyaaraa, mi part ves Hama amazing. Mihaaru mi vaahaka miee emme inthizaaru kurevey vaahaka. Abadhu abadhu site check kurevey like dhuvaalaku hundred times new part eh up vefa indheytho. Maa sha Allah. Vrh furihama. Kuree part ga ves hamza aa raihana ulhen jehey gothun hithah thadhuvaa varun kiriyaa nurovi hureveny ves. Vrh furihama ibaaraaiyy kurumaa sifakohdhinun. Hurihaa kameh ves Vrh Hama Hama koh hifehettifa hunnanee. Maa sha Allah. Good job and keep up the good work. Impatiently looking forward to the next part. ?☺️??

    2. ?????? says:
      May 13, 2019 at 7:28 pm

      N kiyaaraa, Vrh reethi mi part ves. Just amazing. Konme part Akah ves inthizaaru kurevey evarah. Mi site ha mihaaru emme bodah inthizaaru kurevey story miee. Kiyaaraa ge sifakohdhinumaa ibaaraaiyy kurun ves Hama superb. Vrh furihama. Maa sha Allah. Good job and keep up the good work. Impatiently waiting for the next part, in sha Allah. ?☺️?

    3. Lili says:
      May 14, 2019 at 5:38 am

      Yes, kiyaa myhunah aslu vrh undhagu vey thigothah cmmnt kohfa hunnathy, bunely fr the kind information.

  24. shahdher❗️ says:
    May 13, 2019 at 8:10 pm

    yeye! Masha Allah v reethi???waiting for the next part.much loves?♥️

  25. Raihaanaa says:
    May 13, 2019 at 9:11 pm

    Huvaa ziyaan vaahaka hamza kairee bunaanan

  26. Kitty says:
    May 13, 2019 at 9:32 pm

    Masha allah vvvvv reethi mi part ves.. Keep up the good work dear… Can’t wait for the next part ????.. Much love ???????

  27. ???-?????-??? says:
    May 14, 2019 at 1:23 pm

    Great work kiya

  28. ❤️❤️❤️ says:
    May 14, 2019 at 3:18 pm

    Vvvv reethi mi part…

  29. jiji says:
    May 14, 2019 at 6:52 pm

    Kiyaa…thursdayge kurin up eh nukureveyne thr???…Mihaaru kehkurevey vareh vec noon!!plc avahah liyevihjihyaa up kurahche avahah….
    Can’t wait dear????????

  30. Dhonthee says:
    May 14, 2019 at 10:46 pm

    Kiyaaa dear….. aslu vvv lahun dhoa mi comment kurevunee??????
    But anyways vaahaka hama vvvvvv loabi ingey……….
    Anenhen bunagnaamun dhonthi au vvvvvvv reethi kiyaage stories………
    Take care dear…….
    And love you so much kiyaaraa……❤❤❤❤????????????????????

  31. Shua says:
    May 14, 2019 at 10:53 pm

    Yess… kiya darling thursday ge kurin up kolhe veyy thw balaba dr

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..28←


All Right Reserved!