Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….26

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 10, 2019 6 Mins Read
87 Comments

ރައިހާނާގެ ލޮލުން އޭނާއަށްޓަކައިވި އިހްސާސްތައް ހަމްޒާއަށް ފެނުނެވެ. އޭނާއަށްޓަކައި ރައިހާނާގެ ހިތުގައި ޚާއްސަ މަގާމެއް ވާކަން ހަމްޒާއަށް މިރޭ އެނގިއްޖެއެވެ.
ލޯގަނޑު ކުރިމައްޗަަށް ގޮސް ރައިހާނާ އަމިއްލަ ނަފްސަށް ބަލާލިއެވެ. އޭނާ ހުރިގޮތް ފެނުމާއެކު ލަދުން ހަލާކުވާވަރުވިއެވެ. މިރޭ ހިނގައި ދިޔަ ކުޑަ އެކްސިޑެންޓް މަތިން ހަނދާންވުމާއެކު ލަދުރަކި ހިނިތުންވުމެއް މޫނަށް ވެރިވެގެން ދިޔައެވެ. އެވަގުތުކޮޅު އަބަދަށްޓަކަަައި ދެމިގެން ދިޔަނަމައޭ ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ރައިހާނާގެ މޫނުމަތީގައި ވި ހިނިތުންވުން ފިލައިގެން ދިޔައީ ހަމްޒާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާކަން ހަނދާންވުމާއެކުއެވެ. ރައިހާނާއަށް އަމިއްލަ ނަފްސުކުށްވެރިކުރެވުނެވެ. އެކަންތައް މަތިން ހަނދާން ނައްތާލުމަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ.

ސްކޫލުން އައިސް މެންދުރު ނަމާދުކޮށްގެން ނިދިގޮތަށް ރީހާންއަށް ހޭލެވުނީ ހަވީރު ފަހެއްވެސް ޖަހާ ބޮޑުވިފަހުންނެވެ. އޭރު ބަނޑުހައިވެގެން މީހާ ތުރުތުރު އަޅައެވެ. ދެލޯ އުނގުޅަމުން ޝައުފާއަށް ގޮވަމުން ރީހާން ގޮސް ބަދިގެއަށްވަނެވެ. ރީހާންގެ ފިޔަވަޅުތައް ހުއްޓުނީ ކާމޭޒުދޮށުގައި އިށީންދެގެން އިން އަންޖަލް ފެނިފައެވެ. ހިނިތުންވެލައިގެން ފޯނާ ކުޅެން އިން އަންޖަލް ފެނުމާއެކު ރީހާންއަށް ހިންދިރުވާލެވުނެވެ.
“ރީއްކޯ. އަދި ކިރިޔާ ދޯ ތިހޭލީ! މަންމަ ނެތް ގެއަކުއެެއް. ދޭ ކޮޓަރިއަށް ދޮންތި މިދަނީ ކާން ހިފައިގެން!” ރީހާންގެ ފަހަތުން ބަދިގެއަށް ވަން ރައިހާނާ ބުންޏެވެ. އަންޖަލް އިނުމުން ރައިހާނާ ބޭނުންވީ ރީހާން ފޮނުވާލާށެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ރީހާން ކޮޓަރިއަށް ދިޔައެވެ.
ފާޑަކަށް މޫނު ހަދައިގެން އަންޖަލް ރީހާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ރީހާން އޭނާއާ އަނގައިންވެސް ނުބުނެ ދިއުމުން އަންޖަލް ކުޑަކޮށް ހިތުގައި ޖެހުނެވެ. އޭނާ ފެނިއްޖެޔާމުން އުނދަގުލެއް ނޫނީ ކޮންމެސް އެއްޗެކޭ ނުބުނެ ރީހާން ނުދާނެއެވެ. މިފަހަރު ރީހާން ކަންތައް ކުރި ގޮތުން އަންޖަލްއަަށް އުނދަގޫވިއެވެ.
ރައިހާނާ ބަތްތަށްޓެއް މޮޑެގެން ރިހާން ކޮޓަރިއަށް ގެންދިޔައެވެ. އޭރު ރީހާން ހުރީ ނަމާދަށް އަރައެވެ. މޭޒު މަތީ ތަށިބައިންދާފައި ރައިހާނާ ނިކުތެވެ.
“އޭ ރައި. ރީއްކޮއަށް ކަމެއްވެފަތަ އެހުރީ؟” އަންޖަލްއަަށް ސުވާލުނުކޮށެއް ނީންދެވުނެވެ. ރައީހާނާ ނޫނެކޭ ބުނެފައި އަންޖަލް އެހެން އެހީ ކީއްވެތޯ އެހިއެވެ. “ހީސީމްސް ޑިފަރެންޓް. މަ ފެނުނީމަ އަނގައިންވެސް ނުބުނެ އެދިޔައީ!” އަންޖަލް ހައިރާންވެ ހުރެ ބުންޏެވެ.
އަންޖަލްގެ ހިތް އެދި ގޮވަމުން ދިޔައީ ރީހާން ގާތަށް ދާށެވެ. ކީއްވެކަމެއް ނޭންގެއެވެ. އޭނާގެ އިޚްތިޔާރަކާ ނުލައި ދެފައި ހަރަކާތްކުރަން ފެށިއެވެ. ގޮނޑިން ތެދިވެގެން ރައިހާނާއަށް ނޭންގޭނެހެން ރީހާންގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.
ކައި ނިމުނުގޮތަށް ތަށި ބަހައްޓާފައި ފޯނުހިފައިގެން ފޭސްބުކް ހާވަން ރީހާން އޮތެވެ. ކޮޓަރީގައި ޓަކިޖެހުމުން ރައިހާނާ ކަމަށް ހީކޮށް ވަންނާށޭ ބުންޏެވެ.
“ރީހާން” ލުއި މިއުޒިކެއްފަދަ އަންޖަލްގެ އަޑު އިވުމާއެކު ފުން މައިގެން ރީހާންއަށް ތެދުވެވުނެވެ. އަންޖަލް އޭނާގެ ކޮޓަރިއަށް އައީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ. “އަން..ޖަ..ލް” ލިބިފައި ހުރި ސިހުމެއްގެ ބޮޑުކަމުން ރީހާންގެ ދޫއޮޅުނެވެ.
“އާ ޔޫ އޯކޭ؟” ރީހާންއަށް ވަމުން ދިޔަ ގޮތް ފެނުމާއެކު އަންޖަލްއަށް އަހާލެވުނެވެ. ރީހާން އެއުޅެނީ މީގެ ކުރިން ދުވަހަކުވެސް އުޅުނު ގޮތަކަށް ނޫނެވެ.
ރީހާން އާއެކޭ ބުންޏެވެ. އަދި އަންޖަލް އައީ ކީއްކުރަންތޯ އެހިއެވެ. “ބިކޯޒް ޔޫ އިގްނޯޑް މީ! ފެންނަ ކަމަށްވެސް ހަދާނުލާ އައިމަ!” އަންޖަލް ހަށަން ބަނދެލިއެވެ. އޭނާ އެހެން ބުނިއިރު ހުރީ ދެބުމަ ކައިރިކޮށް މޫނަށް މަޖާ ވައްތަރެއް ޖައްސައިގެންނެވެ. ކަޅިވެސް ޖަހާނުލާ ރީހާންއަށް ބަލަން އިނދެވުނެވެ.
އަންޖަލްއަށް ފާޑެއްގެ ގޮތެއް ވަމުން ދިޔައެވެ. ހަމައެކަނި ކަކުލާ ހަމައަަށް އަންނަ ސޯޓެއް ލައިގެން ހުރި ރީހާން ފެނުމުން ނޭންގެ ޒާތަކަށް އެހިތް ތެޅެން ފެށިއެވެ. މީގެ ކުރިންވެސް އޭނާއަށް ވަނީ ރީހާން އެހެން ހުއްޓާ ފެނިފައެވެ. ނަމަވަސް މިހާރު ވަމުން ދާ ގޮތެއް ނުވެއެވެ. ރީހާންގެ ހަށިގަނޑު ކުރިއަށްވުރެ ވަނީ ވަރުގަދަވެފައެވެ. ކުރިއަށްވުރެ ބައިމަތި ފުޅާވެފައި އިސްކޮޅުންވެސް ދިގެވެ. ރާޅުބާނީ އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއްނެތި ހާވާލެވިފައެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތިކާމެކެވެ. އަންޖަލްއަށް ރިހާން ގެ އެސިފަ އެފާހަގަވީ އަލަށެވެ. ރީހާންގެ އަސަރު ގަދަ ލޮލުން އަންޖަލްއަށް ބަލަހައްޓައިގެން އިން ގޮތުން އަންޖަލް ލަދުގަތެވެ. އަންޖަލް ލަދުގާތީކަން އެނގުމުން ރީހާންއަށް މަޖާވިއެވެ. ލާނެއް ހިނިތުންވުމެއް އެތުންފަތް މަތީގައި ދުވެލިއެވެ. ރީހާން އަންޖަލްއާ ގާތަށް ހިނގައިގަތްތަން ފެނުމުން އަންޖަލްގެ ދެލޯ ބޮޑުވިއެވެ. ހަށަން ނައްޓާލުމަށްފަހު ފަހަތަށް ޖެހިލެވުނެވެ. އޭނާއަށް ވަމުންދިޔައީ ކީއްކަން ޚުދު އަންޖަލްއަށްވެސް ނޭންގެއެވެ. ރީހާން ފެނުމުން ގައިން ހީބިހިނަގާ ހިތުގެ ހިނގުން އަވަސްވާން ފެށީ ކީއްވެކަމެއް ނޭންގެއެވެ. ރީހާންއޭނާއާ އަރާ ހަމަވުމުގެ ކުރިން އަވަހަަށް ކޮޓަރިން ނިކުތެވެ. އޭރު އޭނާއަށް ދިޔައީ މައިނޭވާ ލެވެމުންނެވެ.
ރީހާންގެ ކޮޓަރިން އަންޖަލް ނުކުތްތަން ފެނުމާއެކު ރައިހާނާ ހައިރާންވިއެވެ. ބޮޑަށް ހައިރާންވީ އަންޖަލް އިން ގޮތްފެނުމުންނެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރިއިރު އަންޖަލްގެ ދެއަތްވަނީ ހިތާދިމާލުގައި އަޅާލެވިފައެވެ. އަންޖަލްގެ ތުންފަތުގައި މަޑު ތުރުތުރެއްވަނީ އުފެދިފައެވެ. ރައިހާނާ ގޮސް އަންޖަލް ކޮނޑުގައި ހިފައި ތަޅުވާލިއެވެ. “ރީހާން” ދެލޯ މަރައިގެން އިނދެ އަންޖަލް ބުނެލިއެވެ. ރައިހާނާ އަނގަޔަށް ގޮތެއް ހަދާލަމުން ވަޓްއޭ ބުނެލިއެވެ. “ރައި..” ރައިހާނާގެ އަޑުއިވުމާއެކު އަޅައަޅައިގަންނަމުން އަންޖަލް ބުންޏެވެ. އެއީ ރީހާން ކަމަށް އޭނާއަށް ހީކުރެވުނީ ކީއްވެބާއެވެ. ރައިހާނާ ހީކުރާނީ ކީކޭބާއޭ ހިތަށް އެރުމާއެކު އަންޖަލް ރަކިވިއެވެ.
ރައިހާނާ ރީހާން ކޮޓަރިއަށް ވަންއިރު ލާނެއް ވައްތަރަކަށް ހެވިފައި ރީހާން ހުއްޓެވެ. އިސްތަށިގަނޑުތެެރެއަށް އަތް މަހާލައިގެން އަނެއް އަތުން އުނުގައި އަތް އަޅުވައިގެންނެވެ. ރައިހާނާ އެއް ފަހަރު ބޭރަށް އަނެއް ފަހަރި ރީހާންއަށް ނަޒަރެއް ދިނެވެ. ވީގޮތް އޮޅުން ފިލުވުމަށްޓަކައި ދެކޮނޑި އަރުވާލިއެވެ. އެއްވެސް ޖަވާބެއް ނުދީ ރީހާން ގޮސް ވަނީ ފާޚާނައަށެވެ. ރައިހާނާވެސް ދެފަރާތަށް ބޯހޫރާލުމަށްފަހު ރީހާން ކޭތަށި ހިފައިގެން ނުކުތެވެ. އޭރު އޭނާގެ ހިތުގައި އެތައް ސުވާލެއް ވަނީ އުފެދިފައެވެ.

ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކަމުން ދިޔަ ވިޝާހްގެ މޫނު މަތީގައިވަނީ ހިނިތިންވުމުކެވެ. ދޭތެރެއަކުން ފޯނަށް ލިބޭ މެސެޖް ކިޔާފައި ހީލައެވެ. މީން ޒަމާނަކުވެސް ވިޝާހް އެހާ އުފާވިކަމެއް ނޭންގެއެވެ. “ކާކަތަ މާ ގިނައިން ދަރިފުޅު މެސެޖް ކުރަނީތި؟” މިހާރަކަށް އައިސް ވިޝާހް އަބަދު ފޯނުން މީހަކާ މެސެޖް ކުރާތަން ފެންނާތީ ވިސާމާ އަހާލިއެވެ. އެއްވެސް މީހަކަށް މެސެޖް ނުކުރަން ކަމަށް ވިޝާހް ބުންޏެވެ. އަދި ވިސާމާގެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން ކޮޓަރިއަށް ދިޔައެވެ.

ރަސްފަންނު އުނދޯލީގައި އިން އަންޖަލް އިންތިޒާރު ކުރަމުން ދިޔައީ ހަމްޒާއަށެވެ. ހަތަރެއް ޖަހާއިރު އަންނާނެ ކަމަށް ބުނި މީހާ ހަތަރެއް ޖަހާ ސަތާރަ މިނެޓު ހިނގިއިރުވެސް ނާދެއެވެ. ފޫހި ގޮތަކަށް ފޯނާކުޅެން އިނެވެ. މީހަކު އައިސް އުނދޯލީގައި އިށީންނުމާއެކު އަންޖަލް އިސް އުފުލާލާ ބަލާލިއެވެ. އަންޖަލްއަށް ބިރެއް ފެނުނުހެން އުނދޯލިން ތެދުވެވުނެވެ. އޭނާގެ ދެލޯ ބޮޑުވެ މުޅި މީހާ ވަނީ ފިނިވެފައެވެ. “ރީހާން” އަންޖަލްއަށް ބުނެވުނެވެ. ރީހާން އެވަގުތު އެތަނަށް އައީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ. އަދި ރީހާން ފެނުމުން އޭނާއަށް އެވަނީ ކޮން ގޮތްތަކެއް ތޯއޭ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ.
އަންޖަލްއަށް ވީގޮތް ފެނުމާއެކު ހަމްޒާ ހައިރާންވިއެވެ. އޭނާ ފެނުމުން އަންޖަލް އެހާ ބިރުގަތީ ކީއްވެބާއެވެ. ހަމްޒާ އިތުރަށް ހައިރާންވީ އަންޖަލް ރީހާންގެ ނަން ކިޔުމުންނެވެ. ފަހަތަށް އެނބުރި ބަލާލެވުނީ ރީހާން އެތަނުން ތަނެއްގައި އިންތޯއެވެ. އެއްކޮޅުން އަނެއްކޮޅަށް ބެލިއިރު ރީހާންގެ ހިލަމެއްވެސް ނުވެއެވެ.
އަންޖަލް އެސްފިޔަ ޖަހާފައި ލޯހުޅުވާލި ވަގުތު އޭނާ ކުރިމާތީ ހުރީ ހަމްޒާއެވެ. އަންޖަލް ދެތިން ފަހަރު އެސްފިޔަ ޖަހާލިއެވެ. “ރީހާން؟” ސުވާލެއްގެ ރާގަށް ހަމްޒާ އަހާލިއެވެ. އަންޖަލްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. މިހާރު ހަމްޒާވެސް އޭނާއަށް އެފެންނަނީ ރީހާންގެ ސިފައިގައެވެ. އަންޖަލް ދެފަރާތަށް ބޯ ހަލުވާލިއެވެ. އެއަށްފަހު ހިނިތުންވެލަމުން އުނދޯލީގައި އިށީނެވެ.
“އޭންޖަލް ދެންމެ ކިހިނެއްވީ؟” ވާނުވާ ނޭންގިފައި އިނދެ ހަމްޒާ އަހާލިއެވެ. ޚުދު އަންޖަލްއަށްވެސް އޭނާއަަށް ވީ ކިހިނެއްކަމެއް ނޭންގުނެވެ. ހިތް ނުތަނަވަސް ވުމާއެކު ލޮލަށް ކަރުނަ ޖަމަވާން ފެށިއެވެ. ރޮވޭހެން ހީވުމާއެކު ހަމްޒާ ގާތަށް ޖެހިލާ ހަމްޒާ ކޮނޑުގައި ބޯ އަޅާލިއެވެ. މީގެ ކުރިން އަންޖަލް ހަމްޒާއާ އެހާ ގާތެއް ނުވެއެވެ.
ހަމްޒާގެ ކޮނޑަށް ހޫނުވުމާއެކު އަންޖަލް ރޮނީކަން ހަމްޒާއަށް އެނގުނެވެ. އަންޖަލް އޭނާގެ ކޮނޑުގައި ބޯއެޅުމާއެކު ހަދަންވީ ކިހިނެއްކަމެއް ހަމްޒާއަކަށް ނޭންގުނެވެ. އެހެންހުއްޓާ އަންޖަލް ރޯންފެށުމާއެކު ހަމްޒާ ކަންބޮޑުވިއެވެ. “އޭންޖަލް..؟” ހަމްޒާ އަންޖަލްގެ ބޮލުގައި އޭނާގެ އަތް ބާއްވާލިއެވެ. އެވަރުންވެސް އަންޖަލްގެ ރުއިމަކަށް ބަދަލެއް ނައެވެ. ހަމްޒާއަށް އިތުރު ހާސްކަމެއް ލިބުނީ ރަސްރަނި ތެރެއަށް ވަދެގެން އައި އަންޖަލްމެން ކްލާސް ދެކުދިން ފެނިފައެވެ. ހާސްކަމާއެކު އަންޖަލް ގާތު އެކުދިން އަންނަ ވާހަކަ ބުނެލިއެވެ. އަންޖަލްވެސް އަވަހަށް ހަމްޒާގެ ކޮނޑު މަތިން ބޯނެގިއެވެ. އެއްފަރާތަކަށް މޫނު އަނބުރާލުމަށްފަހު މޫނު ފުހެލިއެވެ. އެކުދިންނަށް ފެނުމުގެ ކުރިން އޭނާ އެކުދިންވަން ފަޅި ނޫން އަނެއް ފަޅިން ލާފައި ރަސްފަންނުން ނުކުތެވެ. ހަމްޒާވެސް އަންޖަލް ފަހަތުން ނުކުތެވެ. “ހަމްޒާ އައި ވަންނާ ގޯ ހޯމް. ގެއަށް ގެން ގޮސް ދެވިދާނެތަ؟” ހަމްޒާ ބޯ ޖަހާލިއެވެ.
ގެއަށް ދިޔަ މަގުމަތީ އެކަކުވެސް ވާހަކައެެއް ނުދެއްކައެވެ. އަންޖަލް އެއްޗެކޭ ނުބުނުމުން ހަމްޒާއަށްވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ.
ގޭ އިންނަ މަގަށް އަޅާލިތަނުން ދެމީހުންނަށްވެސް އެރުނީ އަޒްހަދްގެ ކުރިމައްޗަށެވެ. މިއަދު ރަނގަޅު އެއް ކަމަކާވެސް ދިމާ ނުވެއޭ އަންޖަލްގެ ހިތަށް އެރިއެވެ. ހަމްޒާއާއެކު އޭނާ ފެނުމުން ބައްޕަ ހީކުރާނީވެސް ކީކޭ ބާއޭއެވެ. ބައްޕަގެ މޫނު މަތިން އެއްވެސް އަސަރެއް ފެންނާކަށްނެތެވެ.
އަންޖަލްގެ ބައްޕައަށް އެދެމީހުން އެކީ ފެނުމުން ހަމްޒާ ކުޑަކޮށް ނުތަނަވަސްވިއެވެ. އެހެނަސް މޫނު މަތިން އެއްވެސް ހާސްކަމެއް ނުދައްކަމުން އަޒްހަދަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ. އޭނާ ހިނިތުންވެލުމުން ބަދަލުގައި އަޒްހަދް ހީނުލުމުން ހަމްޒާ ރަކިވިއެވެ. ދެޖީބަށް އަތް ޖަހާލަމުން އަންޖަލް ގާތު ދަނީކަމަށް ބުންޏެވެ. “ހަމްޒާ!” ހަމްޒާއަށް ހުއްޓެވުނީ އަޒްހަދް އޭނާއަށް ގޮވާލުމުންނެވެ. އޭނާގެ ނަން އަޒްހަދަށް އެނގުނީ ކީއްވެބާއެވެ. މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު އަޒްހަދްއާ ކުރިމަތިލިއެވެ.
އަޒްހަދް ހަމްޒާއަށް ގޮވާފައި އޭނާ ހުއްޓުވުމުން އަންޖަލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ބިރުން ގޮސް މީހާއެކީ ތުރުތުރު އަޅަން ފެށިއެވެ. އަޒްހަދަށް އެއްވެސް ކަމެއް ނޭންގޭތޯ ހިތާހިތުން ދުޢާ ކުރެވުނެވެ.
“އަންކޮއާ އެކީ ކީއްކުރަނީ؟” “ހެހެ. އަންޖަލް އެކަނި ގެއަށް އަންނަތަން ފެނުނީމަ ގެއަށް ލާދޭން މިއައީ. އަޅުގަަަނޑުމީ އަންޖަލްގެ ހިސްޓްރީ ސަރ. އަސްލު ޓީޗާރ ސްޓޫޑެންޓްއަށް ވުރެ ބޮޑަށް އަޅުގަނޑު އަންޖަލް ދެކެނީ ކޮއްކޮއެއް ގޮތަށް” ހަގީގަތުގައި ހަމްޒާ އެބުނީ ދޮގެއް ނޫނެވެ. އޭނާ އަބަދުވެސް އަންޖަލް ދެކެމުން އައީ ކޮއްކޮއެއް ފަދައިންނެވެ. އަންޖަލްގެ ހިތް ހަލާކުކުރަން އޭނާއަށް ނުކެރުނީވެސް އެހެންވެއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ” އަޒްހަދް ހަމްޒާއަށް ޝުކުރު އަދާކުރަމުން އަޒްހަދް ސަލާންކޮށްލިއެވެ. ހަމްޒާއެއީ އެއްވެސް ކަމެއް ނޫން ކަމަށް ބުންޏެވެ. ހަމްޒާގެ ހިނިތުންވުން ފެނި އަޒްހަދަށްވެސް ހިނިތުންވެވުނެެވެ. އޭނާއަކީ ކާކުކަން އެނގޭނަމަ ހަމްޒާ އެހާ ހެވިފައި އޭނާއާ ވާހަކަ ދައްކާނެބާއޭ ހިތަށް އެރިއެވެ.
އަންޖަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހަމްޒާގެ ވާހަކަ ބައްޕަ ގަބޫލުކުރުމުން ހިތާހިތުން ޝުކުރު ކުރެވުނެވެ.
ހަމްޒާ ގެއަށް ދިއުމުގެ ބަދަލުގައި ދިޔައީ ރައިހާނާމެން ގެއަށެވެ. އަންޖަލްއަަށް ވީ ގޮތް ފެނުމުން ކުޑަކޮށް ރީހާންއާ ވާހަކަ ދައްކާލަން ބޭނުންވީއެވެ.

ރައިހާނާއާ ރީހާން ފޮތަކުން ރެސެޕީއެއް ބަލައިގެން ކާއެއްޗެއް ތައްޔާރުކޮށް އުޅުނެވެ. ދޭތެރެއަކުން ޝައުފާ އައިސް އެދެމީހުން އުޅޭ ގޮތުން އަޑުލައެވެ. ބަދިގެ ތެރެއަށް އެއްޗިހިތައް އުކާލާފައި ހުރި އިރު ސިންކު ތެރެއަށްވެސް ބަރިބަރިއަަށް ތަށި އަޅާފައި ހުއްޓެވެ. ގޭގެ ބެލް ޖެހި އަޑުއިވުމާއެކު ޓީޝޫއަކުން އަތް ފުހެމުން ސޯފާ މަތީގައި އޮތްވަށް ބުރުގާ ބޮލަށް މަހާލަމުން ރައިހާނާ ދޮރު ހުޅުވިއެވެ. ދޮރުމާތީަގއި ހުރި ހަމްޒާ ފެނުމާއެކު ރައިހާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ވަޓް ދަ ހެލް؟” އެންމެ ފުރަތަމަވެސް ރައިހާނާއަށް ބުނެވުނީ އެހެންނެވެ. މި އޮށްފަދަ ގަޑީ ހަމްޒާ އެގެއަށް އައީ ކީއްކުރަން ހެއްޔެވެ. “ޓިޕިކަލް ރައިހާނާ. އެތެރައަށް ނުވައްދާނަންތަ؟” ހަމްޒާ އެހެން ބުނުމާއެކު ގޭގެ ދޮރު ބޮޑަށް ހުޅުވާލާ ހަމްޒާ ވަންނަން ރައިހާނާ ތަންދެއްކިއެވެ. “ސުއްބުނާ. ރީއްކޮ ކީއްމިކުރަނީ؟” ބަދިގޭ ތެރޭ ދޭފަތް ހިފައިގެން ހުރި ރީހާން ފެނުމުން ހަމްޒާ ބުންޏެވެ. ރީހާން ލައިގެން އިން ކަޅު ކުލަަައިގެ ޖާޒީގައި ކޮންމެސް ވަރަކަށް ފުށްވެސް އުނގުޅިފައި ހުއްޓެވެ. “އަނހާ ހަމްޒާބެ؟ ހާދަ ނުގަޑިއެއްގަ؟” ދޭފަތުން ތެލީގައި ހަލަމުން ރީހާން އަހާލިއެވެ. “ރީއްކޮ މަތިން މިސްވާވަރުން ހިތަށް އެރީ ގެއަށް ދަމުން މިގެއަށް ވަދެލާނީއޭ. މިހާރު ޒާންމެންގެ ޚަބަރެއްވެސް ނުވޭ. ކޮބާ މަންމަމެން؟” ހަމްޒާ ރީހާންގެ ފޮޓޯ ނެގިއެވެ.
“ހަމްޒާ ކޮބާ ކިހިނެއް. ނުވެސް އަންނަމެންނު މިގެއަށް” ރައިހާނާ ގޮސް ޝައުފާ ގާތު ހަމްޒާ އައިސް އިން ވާހަކަ ބުނުމުން ޝައުފާ ނުކުތެވެ. ހަމްޒާ އެގެއަށް ނާންނާތީ ޝައުފާ ޝަކުވާ ކުރިއެވެ. ބިޒީ ކަމުން ނާދެވެނީ ކަމަށް ހަމްޒާ ބުންޏެވެ. ރައިހާނާ ކުލާހުަގައި ކިހިނެއްތޯ ޝައުފާ އެހިއެވެ. ރަނގަޅުކަމަށް ހަމްޒާ ބުންޏެވެ. ރައިހާނާއާ ރީހާން އަބަދުވެސް އުޅޭނީ ކޮންމެސް އެކަހަލަ ކޫސަނި ކަމެއްގަ ކަމަށް ޝައުފާ ބުންޏެވެ. ފަހަން ބޭނުންވާ އެއްޗެއް ގަތުމަށްޓަކައި ޝައުފާ ދެން ދިޔައީ ފިހާރައަށެވެ.
“އިޓްސް ޑަން. ހަމްޒާބެ ކައިގެން އިނގޭ ދާންވާނީ” އުނދުން ނިއްވާލަމުން ރީހާން ބުންޏެވެ. އެއަށްފަހު އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އެތަނުގައި ރައިހާނާއާ ހަމްޒާ އެކަނިވިއެވެ. ރައިހާނާގެ ހިތްވަނީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އެހެންވެ އޭނާގެ ހަރާކާތްތައްވެސް ދިޔައީ އަވަސްވަމުންނެވެ.
ރައިހާނާއަށް ސިހުން ގެނުވީ ފަހަތުން އައިސް ހަމްޒާ އޭނާގެ އަތުގައި ހިފައި ހަމްޒާއާ ދިމާއަށް އަނބުރާލުމުންނެވެ. އޭނާއަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވެ. އަޑު ބޭރުވުމުގެ ކުރިން ހަމްޒާ އޭނާގެ އަނގަ މަތީ އަތްއަޅާލިއެވެ. “ޝްޝްޝް” ހަމްޒާ މަޑުމަޑުން ބުންޏެވެ. ރައިހާނާގެ މޭގަނޑު ހީވަނީ އާނގަޔަށް އައިސް ދާނެހެންނެވެ. މުޅި ގައިން ހީބިހި ނެގިއެވެ. މީހާ ފިނިވެގެން ގޮސް އޭނާއަށް ހީވީ އެންޓާޓިކާގަ އުޅެވޭޭހެންނެވެ. ހަމްޒާގެ އަތް މަޑު މަޑުން ހަރަކާތް ކުރަން ފެށިއެވެ. ރައިހާނާގެ މޫނުގައި ފިރުމާލިއެވެ. ރައިހާނާއަށް ހީވީ އޭނާ ގައިގައި މީހަކު ކަރަންޓު ޝޮކެއް ދިންހެންނެވެ. ހަމްޒާގެ އަތުގެ ބީހުން އިހްސާސްވުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ. “ޑޫ ޔޫ ލަވް މީ؟” ހަމްޒާ ކޮށްލި ސުވާލުން ރައިހާނާ ސިއްސައިގެން ދިޔައެވެ. ލޯ ހުޅުވާލިއިރު ހަމްޒާ ހުރީ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގެއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 52

Next

ވިންދޭ ލޯބި ތީ އެދޭ 53

Next
May 12, 2019

ވިންދޭ ލޯބި ތީ އެދޭ 53

Previews
May 9, 2019

ވިންދޭ ލޯބި ތީ އެދޭ 52

87 Comments!

  1. jiji says:
    May 10, 2019 at 7:27 pm

    ?❤?Me first dhw

    1. Kiyara says:
      May 10, 2019 at 7:55 pm

      Yess dear ure first congratulations

    2. Girl with a cute dimple ? says:
      May 10, 2019 at 8:00 pm

      lalalelelololulu Ekahala ehchihi nuvaane ey kiyaakah ???‍♀️

    3. jiji says:
      May 10, 2019 at 8:05 pm

      Heii wat’s wrong with u @lalalelelililololulu…Did I told anything fun ???

    4. Inaan says:
      May 11, 2019 at 3:29 pm

      Jiji thee girl ehtha ?

  2. jiji says:
    May 10, 2019 at 7:27 pm

    ?❤?Me first dhw

    1. lili says:
      May 10, 2019 at 7:28 pm

      Hahahahahhahahahaaha???

    2. jaja says:
      May 10, 2019 at 7:29 pm

      adhi nuvee kiyamennu vaahaka eh jiji ???

    3. jiji says:
      May 10, 2019 at 7:40 pm

      Yaa adhi nukiyamey..first ah comment kuri vhk ey mibuny?

  3. shau says:
    May 10, 2019 at 7:33 pm

    me first dhw… Hey i just started to read this story..❤️ ❤️ ❤️ this part is great.. Curiously waiting for raihaana’s ans??? Keep it up!!

    1. Kiyara says:
      May 10, 2019 at 7:56 pm

      Thank you….mifaharu second dhww. Dhen fahakun first libeytho masakkai kohlla

  4. Am?? says:
    May 10, 2019 at 7:38 pm

    Me first dhw……

    1. Kiyara says:
      May 10, 2019 at 7:56 pm

      Mifaharu first eh noon dhw dhen faharaku dhw

  5. Aki says:
    May 10, 2019 at 7:41 pm

    varah reethi mi part ves…. mi vaahaka konme dhuvahaku ves baraabarah Genes dheythee varah ufaavey…. thanks

    1. Kiyara says:
      May 10, 2019 at 7:58 pm

      Thanksss. Konme dhuhuku thikudhin story kiyaafa alhugandah support dheythy alhugandu ves varah ufaavey. Abadhuves thi gothuga dhemi thibeyne kamah ummedhu kuram

  6. Am?? says:
    May 10, 2019 at 7:47 pm

    Ooo am not but vaahaka varah reethi ingey seems like mihaaru vishaah got a new girl in his life reehaan r eynjal kanneyge eyhme fahun hithaavany eykam plx raihaana hamxaa dheke lwbivaa vaahaka bunaanetha am feeling sade raihaana….
    Varah kehgadha kuhjeh raihaana aky…
    Vrah reethi ingey mi part ves masha allah….

    1. Kiyara says:
      May 10, 2019 at 7:59 pm

      Thankss dear. Rai dhw . Yea eii varah keii gadha kuhjje. Lets see dhw

  7. jiji says:
    May 10, 2019 at 7:50 pm

    alheyy haadha reehchey mi part vec ?❤?…vvv curious vehje next part kiyaalaa hithun …kiyaa thanks vaahaka daily koh up kohdheythy?❤?..luv ya

    1. Kiyara says:
      May 10, 2019 at 8:00 pm

      Thank uu jiji. Jiji ves konme dhuvakau stry kiyaafa comment kuraathy kiyara ves varah happy vey

  8. Zuam says:
    May 10, 2019 at 7:53 pm

    Wow….❤️❤️❤️❤️❤️❤️❤️

    1. Kiyara says:
      May 10, 2019 at 8:00 pm

      Thank uu..

  9. Shix says:
    May 10, 2019 at 8:06 pm

    V reethi mi prt vxx… Alhey raihaana plx say yes to hamxaa.. ???

  10. Minnu says:
    May 10, 2019 at 8:16 pm

    Masha allah.. ??? vvvvvv furihama..?✨..Waiting for next part.. ❤

  11. Rifu says:
    May 10, 2019 at 8:33 pm

    Kiyaaaaa. Vrh reethi mi part. Ma Shaa Allah. Waiting for next. When???

  12. Airah says:
    May 10, 2019 at 8:48 pm

    Mi story me mi site ga mihaaru liyaa enmea reethi story. Waiting for the next part dear. Hamza n rai gulhuvaba

  13. niha says:
    May 10, 2019 at 9:08 pm

    yes i do rai plx ehen bunebaa

  14. Cute Lips says:
    May 10, 2019 at 9:33 pm

    say yes….. say yes….. plz…. for me….v reethi ngey story.. mihaaru emme furathama hoadheny mi story.. kiyaalan..

  15. Hana says:
    May 10, 2019 at 9:58 pm

    Vvv reethi mi part ves ? ❤❤..keep it up kiyaa ??????❤❤

  16. shahdher❗️ says:
    May 10, 2019 at 10:02 pm

    salhi?Masha Allah???Curiously waiting for the next part♥️much loves?

  17. lalalal says:
    May 10, 2019 at 10:03 pm

    Please mi story ge new part eh mirey up kohdhybala vrh curious kohlaafa thi ninmmaaly

  18. ??? says:
    May 10, 2019 at 10:09 pm

    Alhey mihaaru konnme dhuvahaku kiyann libeythiii vvvv ??ufaa vey vvvvv rythi alhey raiiii ham???

  19. Dhonthee says:
    May 10, 2019 at 11:01 pm

    Kiyaaraa. Haadha fast ey dhoa part thah up vaaleiy. Ehenve dhonthi varah happy..?????
    Anekka mihaaru anjal au reehanauttakai feelings ufedhen fesheetha????
    Kiyaaa❤❤❤❤❤❤❤❤
    Mi storyge konme part evves hama varah furihama. ???????
    You r my favorite author ifoo ekey eggothau. Thi dhemeehunves hama varah talented. I appreciate 2 of your works.
    More loves from me kiyaaraa.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  20. Raihaana says:
    May 10, 2019 at 11:01 pm

    Yes yes! Yes Hamza I love u soo much.. i love u to the extent that I can’t even live without u..

    1. Hamza says:
      May 10, 2019 at 11:11 pm

      Aslu vx tha rai? Kyve kurin thi vrhak nubuny.. rai.. Hamza vx rai dheke varaah lwbi veyy.. mihaaru rai aa dhuruga hunnan vx undhagoo.. I love u so much baby girl???

    2. Raihaana says:
      May 11, 2019 at 12:01 am

      Love u tooo ???????????

    3. Shambbx says:
      May 11, 2019 at 2:09 pm

      Ooh here is the story continuation emmen dhen ulhey ham n rai comment thukuh balala story complete vaane kudanamavx

    4. First rai says:
      May 12, 2019 at 5:30 am

      Mashey enme furathama mi vaahaka ah raihaanaage namuga comment kuree maa boduvegen raihaanaa ah vegen thiya ulhenee moyaveba copy kuriyas boduvRu dhen ?meh?

  21. Shua says:
    May 10, 2019 at 11:15 pm

    Nice…

  22. Rai says:
    May 11, 2019 at 12:09 am

    Alhey aneh part avas kohdhehchey v interesting n v obi mi partves ??

  23. Sha says:
    May 11, 2019 at 12:41 am

    Bodhu kameh??

  24. Cherrie says:
    May 11, 2019 at 12:55 am

    V V reethi mi part ves ????

  25. Shua says:
    May 11, 2019 at 1:02 am

    Alheyy kaaku tha shua ge namuga e vahaka e dhahkaanii

  26. Shua says:
    May 11, 2019 at 1:18 am

    Alheyy shuaa mihiriii vrh curious vefa… kiya darlin plx vee haa vx avahakaa next part up kohlaa dhehcheyy…

  27. flower says:
    May 11, 2019 at 3:29 am

    mihaaru mi site ah up vaa vaahaka thakuge therein enme reethee mi vaahaka aai dhiraa ge bunedheyshey ruhemey vaahaka… mi dhevaahaka mee hama fav eh… kiyaa haadha curious kohlaafa eyy thi ninmaalanee konme part ehves… avahah hamza and rai gulhuvaa

  28. bestie says:
    May 11, 2019 at 4:14 am

    Kiyaa sis mi story ge mi part vs vrh reethi….
    ??❤️❤️❤️❤️Masha Allah……… curiously waiting for the next part……

  29. azuker says:
    May 11, 2019 at 4:21 am

    attention readers my varah friendly koh ulhey syte eh especially mivahaka ga so ehen mihunge name benun kohgen who ever it is dont ruin the friendship which has been built among our readers.. thi feshi kulhi nimumakka gennane kamah ummeedh kuran

    1. Shaamin says:
      May 11, 2019 at 9:08 am

      I am th boy who is playing this…… but never stop doing this

    2. jiji says:
      May 11, 2019 at 9:37 am

      U idiot?…Don’t u have shame to do this..arrggg….nd Azker sis…nyc to meet u

    3. Shambbx says:
      May 11, 2019 at 2:15 pm

      Shaaminu stop aargh u idiot

  30. @Somebody says:
    May 11, 2019 at 5:46 am

    wowowow ???

  31. Ishu says:
    May 11, 2019 at 9:03 am

    Hi jijimen

  32. Suhaaaan says:
    May 11, 2019 at 10:41 am

    Nice vvvvvvvv salhi story ven next? say yes rai

  33. Sheyn says:
    May 11, 2019 at 11:39 am

    Shaamin can I have ur insta id

  34. Shaamin says:
    May 11, 2019 at 11:58 am

    Ahumed shaamin

  35. Raihaana says:
    May 11, 2019 at 12:28 pm

    Kaaku Raihaana ge name ga comments kurany.. becz kurinn I’m the one using that name… Plz dnt do that.. enme kudaminun roadha mahu thikahala kanthah kurun huttaalabala kudhinn ey.. any way.. raiiii.. say yes say yes say yes.. looks like anjal is luvv with reehaan.. so hamza is raii.. all urs.. ekamu neyge evaruvec vaane kameh.. dhn faharehga emotional vegn bunevidhaane.. anyway this stry vvvv salhi.. luvv u kiyaa

    1. Aslu rai says:
      May 13, 2019 at 1:57 am

      Hus dhogu ma ehnme furathama miyah raihaanaage namuga comment kuree

  36. Shua says:
    May 11, 2019 at 12:30 pm

    Excuse me mr shaamin watever idiot… if u really wnt hv a nice time plx go and jump on cliff to get golden moments… its not very to get others bad mouthing… especially in this ramdan…

  37. Raihaana says:
    May 11, 2019 at 12:33 pm

    u r right.. shua.. dhn mi dhuvaskolhu eyna ah savaabu hoadhan kuran engunu kamaky mee kanneyge dhw..

  38. Shua says:
    May 11, 2019 at 12:46 pm

    *its not very nice to get others bad mouthing

  39. Shua says:
    May 11, 2019 at 12:52 pm

    Ya even though raihaana darlin ge name vx that idiot beyynun kuriii kuraa gothah tha??

  40. Shambbx says:
    May 11, 2019 at 2:13 pm

    Sham in uh neygeytha thikurevey kameh stop it kiyaa tell him to stop ehn kudhinge namun comment kuran stop it we had builded a Friendship in this site n some intruder is interfering it n i don’t like it a bit

  41. Abdulla says:
    May 11, 2019 at 2:42 pm

    Ennan kiya dhemeehunves thibedhaane…. thima ge motakamun ekan baehfahr neygeny… vaahaka v reethi….

  42. azuker says:
    May 11, 2019 at 4:00 pm

    ginafaharu meege myhun use kurany nicknames so i don’t think eythi same vane hin mi kan kuraa myhaku akurany dheythere jassaa fithuna fasaadha uffadhan????

  43. Kitty says:
    May 11, 2019 at 5:39 pm

    Masha allah vvvvv reethi mi part ves.. Kiyaaraaaaa you are the best.. And yeah rai plx aa ekey buney pls pls pls…. This part was awesome..Can’t wait for the next part.. Plx avahah up kohdhehchey dear… Much love ???????

  44. Zuhooo says:
    May 11, 2019 at 6:00 pm

    Vara reeti waiting 2 next part

  45. Aisha says:
    May 11, 2019 at 6:38 pm

    Nice story ???

  46. Kiyara says:
    May 11, 2019 at 6:42 pm

    Salam all. I am sorry to say Tonight i won’t be able to upload a new part. ISA Monday ga up kohdheynan. Miadhu time eh nuvi liyaakah. Soo sorry

    1. No one says:
      May 11, 2019 at 8:04 pm

      Alheyy dhen mirey nuvx nidheyne…??

    2. Am?? says:
      May 12, 2019 at 12:24 pm

      Its ok we can understand….
      Will wait for your story ingey kiyaa…

  47. Lovely girl says:
    May 11, 2019 at 7:00 pm

    ITS OK…

  48. Shua says:
    May 11, 2019 at 7:16 pm

    Its ok kiya darlin… kiyaa ah time libunu varakun up kohlaa… we will wait?

  49. jiji says:
    May 11, 2019 at 7:58 pm

    It’s ok kiyaa darlin??..take ur time ingey

  50. AMAAN says:
    May 11, 2019 at 8:53 pm

    Its ok kiyaa darling dont worry we can wait ……take your time iney……….

  51. shau says:
    May 11, 2019 at 9:45 pm

    Looking forward for your the next part kiyaa❤️❤️??

  52. Future (shamm❤) says:
    May 11, 2019 at 11:26 pm

    Raihaanaa hamza ge moonh balahahtaagenn hure loamaraalieve…adhi madu madun boajahaaliyeve..(hithah eri ehcheh nuvaanekiyun therinnah egeykah)dhenn edhemyhun live happly ever after…
    Dhenn hury reehan and angle midhemyhun ves konme akas gulhihjje eve emyhum ufaa veri kamaa eku ulhemun dhe eve…dhenn huri myhun ves gulhihjje eve…hamza ge dad ah hamaza maafu kurany eve..dhenn vaagoyy kiyaara thaf seelu koh kiyun therinnah kiyaa dheyne so wait for monday…and continue….

    1. Raihaana says:
      May 12, 2019 at 8:52 am

      Saabas.. future kiyaidheykah nuvaane..

  53. Riff says:
    May 11, 2019 at 11:28 pm

    Heheheh ????

  54. Sheyn says:
    May 11, 2019 at 11:44 pm

    Episode 27 up veetha

  55. Jiji says:
    May 12, 2019 at 4:16 am

    Kiyas..whn next part??

  56. Ibsha says:
    May 12, 2019 at 4:38 am

    Monday ah inthizaaru kuran varah reethi vaahaka

  57. Hiii says:
    May 12, 2019 at 7:28 pm

    Eves aai vaahaka eh ves up nuvaniitha

  58. Raihaana says:
    May 12, 2019 at 8:06 pm

    Ramadan vyma gina vaahaka thah up nukurey dhw mihaaru..

  59. azker says:
    May 12, 2019 at 10:16 pm

    hi anyone there???

    1. jiji says:
      May 12, 2019 at 10:27 pm

      ? Yaaa here

  60. Anonymous says:
    May 12, 2019 at 11:14 pm

    Nope strory inany pendinga up nuvey idk

  61. shamm❤ says:
    May 12, 2019 at 11:39 pm

    Mirey ves up eh nuvey dhw

  62. Ibsha says:
    May 13, 2019 at 11:23 am

    Kba adhives up nuveytha

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ……27←


All Right Reserved!