އާމިރު ޙަތިމް ހިފައިގެން މަންމަ އާއި ހާނިމް އިން ސޯފާގެ ކައިރި އަށް ދިޔައެވެ. އައިމިނަ ރޯމަހެއްހެން ތެޅިގަނެފަ އިންތަނުން ތެދުވިއެވެ. އެކަމަކު އާމިރު ގެ މަޑުމައިތިރި އަޑު އިވި އަވަސް އަވަހަށް އިށީނެވެ. “ މަންމަ ކީއްވެ ހުވާނުކުރަން ތި އުޅެނީ؟ އަހަންނަށް އިންގޭ މަންމަ އެއްވެސް ކަމެއް ގޯސްކޮށް ނުކުރާނެކަން“ އައިމިނަ ވިސްނަނީ ހަދާނެ ގޮތަކަށެވެ. ހުވާނުކޮށް ސަލާމަތް ވާނެ ގޮތެއް ނެތުމުން ޙަތިމް މަތީ އަތްބޭއްވިއެވެ. އިރު ގަނޑަކު ވިސްނަންއިނެވެ. ހުވާ ކޮއްލީމަ ނަތާގެ ކިބައިން ސަލާމަތްވީއެވެ. ނުކޮއްފިއްޔާ މުޅި އުމުރަށް ލޯބިވާ ދަރިފުޅު ގެއްލިދާނެއެވެ. އައިމިނަ އަކީ ނަމުގަ މުސްލިމެކެވެ. ނަމާދަކަށް ސަޖިދަ ކޮއްލި ދުވަހެއް އައިމިނަ ހަނދާން ހުރުމަށް ވުރެން ނުހުރުން ގާތެވެ. ޤުރްއާނަކީ ފޮހެލާފައި ކަބަޑުގައި ބާއްވާ އެއްޗެކެވެ. އިރުގަނޑަކު ވިސްނާލާފައި ހުވާކުރުމަށް ނިންމިއެވެ. ހިތުގައި ނަތާ އަށް އޮތް ނަފްރަތުގެ ބޮޑުކަމުން ﷲ މަތިން ހަނދުމަ ކޮއްލުމެއްނެތި ބުނެލިއެވެ. “ އަހަރެން ހުވާކޮއްފާ ބުނަން އަހަރެން އެ އަންހެނާ އެކޮޓަރިކައް ނުފޮނުވަން. އަޑު ތަކެއްއިވިގެން އަހަރެން ދިޔައީ އެކޮތަރިއަށް. އަހަންނަށް މި އަންހެނާ ފެނުނީ ހާނިމްގެ ގައިމަތީ އޮއްވާ. މީ އެއްވެސް ދޮގެއްނެއް ހަޤީގަތެއް“ އައިމިނަ ޙަތިމް މަތިން އަތް ނެގިއެވެ. ނަތާ އަށް ބާރަށް ރޯން ފެށުނެވެ. އާމިރުގެ މަންމަ އަކީ ކޮންކަހަލަ އިންސާނެއް ބާއޭ ހިތަށް އެރިއެވެ. ﷲ އަށް ގެ އަޒާބެއް މި ވަގުތުވެސް އައިސްދާނޭ ހިތަށް އެރުމުން ނަތާ ތުރުތުރު އަޅާއިގަތެވެ. އާމިރު ޙަތިމް ހިފައިގެން ހާނިމް އާއި ކައިރިވިއެވެ. ހާނިމް މަރާލުމަށް ހިތުގައި ރޭވުނީ އާދެވިފައިވާ ރުޅިއަކުންނެވެ. ހާނިމް ވެސް ބޮޑުދައިތަ މިވަރުގެ ކަމެއް ބިރެއްނެތި ކުރުމުން ބަލާކަށް ނުހުރެ ޙަތިމް މަތީ އަތް ބާއްވާ ވާހަކަ ދައްކަން ފެށިއެވެ. “ ކަލޭގެ އަންހެނުން އަހަރެންގެ ގައިމައްޗަށް އަރާ ނުފައިބާ އިނީ. އޭނާ އުޅުނީ އަހަރެން ހައްދާލަން ގައިގައި އަތްލާ ހެދި“ އާމިރު ދެލޯ މަރާ ބާރު ކޮއްލިއެވެ. އަޑު އަހަން ބޭނުން ނޫނަސް އަޑު އިވެމުން މިދަނީ ލޯބިވާ އަނބިމީހާގެ ފާހިޝް އަމަލުގެ ވާހަކައެވެ. އާމިރު ދެން ހިނގައިގަތީ ނަތާ އާއި ދިމާލަށެވެ. އޭރު ނަތާ ބޮލުގައާއި އެކު އަތް އަޅާއިގެން ގަދަ އަށް ރޮނީއެވެ. އަަމިރު ގޮސް ނަތާގެ ކައިރިއަށް ހުއްޓި ނަތާ ހުވާކުރާށޭ ބުނެ ޙަތިމް ދިއްކޮއްލިއެވެ. އިސްއުފުލާ ނަތާ ބަލާލީ އާމިރުގެ މަންމަ އާއި ދިމާލަށެވެ. “ކަލޭ ތި ކުރި ނުބައި ކަމުގެ ހިތި ﷲ ކަލެއަށް ދައްކަވާނެ” ނަތާ ބާރަށް ބުންޏެވެ. އާމިރު ކޮންޓުރޯލުން ނައްޓައިގެން ދިޔައެވެ. ކުރި ނުބައި ކަންތައް މަންމަގެ ބޮލުގައި އަޅުވާލީމައެވެ. ބަލާކަށް ނުހުރެ ގައިގައި ހުރި ބާރެއްލާ ނަތާގެ މޫނު މަތީ ޖަހާލިއެވެ. މި ފަދަ އަނިޔާ އަކަށް ވިސްނާފައިނުވާ ނަތާ ވެއްޓުނީ ސޯފާ ކައިރި ބިންމައްޗަށެވެ. ލިބުނު ވޭނާއި އެކު ވާނުވާ ނޭންގޭ ހާލު ތަންދޮރު ވަކިވާންފެށީ ނަތާގެ ބޮލުގެ އިސްތަށި ގަނޑުގައި ހިފާ ދަމާފައި އާމިރު ނަތާ ގެންދާތީއެވެ. ލިބޭ ވޭނާއި ބިރުވެރިކަން ހިތައް ވަނުމުން ނަތާ ބެލީ ކޮންމެސް ތަނެއްގައި ހިފެހެއްޓޭތޯ އެވެ. ރޮމުން އާދޭސް ކުރަމުން ނަތާ އާމިރު އަށް އާދޭސްކުރިއެވެ. އެކަމަކު އާމިރުގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. ނަތާ ގެންގޮސް ކޮޓަރިއަށް ލުމާއިއެކު ދޮރު ލައްޕާ ތަޅުލިއެވެ. ލައިގެން ހުރި ޖިންސުގެ ބެލްޓުނަގައި ނަތާގެ ގައިގައި ތަޅަން ފެށިއެވެ. “ގޮތްކުޑަ ދަހި އަންހެނާ. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮއްލައިފި. ތިކަހަލަ ނުލަފާ އަންހެނުން ނަށް ހަދަންގެހޭ ގޮތް އަހަންނަށް ރަނގަޅަށް އިންގޭ“ އާމިރު ގައިގައި ހުރި ބާރެއްލާފައި ނަތާގެ ގައިގައި ތަޅާއިރު މީ ހަމަ އާމިރު ކަހަލަ އިންސާނެއް ކަން ހަނދާން ހުރިހެން ހިއެއްނުވޭ އެވެ. ނަތާ އާމިރު އަށް ވިސްނާދެވޭތޯ އުޅުނެވެ. އެކަމަކު އަޅާ ވޭނަށް ކެއްނުވުގެން ބާރަށް ހަޅޭއްލަވާ ރޯންފެށިއެވެ. ފެންޑާގައި މިހުރިހާ ކަމެއްބަލަން އިން އައިމިނަ އަށް ނަތާގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން މޭޔަށް އުންދަގުލެއްވި އެވެ. އެކަމަކު މިކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކޮއް އަވަހަށް ކޮޓަރި އަށް ވަނީ އަޑު ނުއިވޭ ހިސާބަށެވެ. ހާނިމް އަވަސް އަވަހަށް ކޮޓަރި އަށް ވަދެ ދަބަހަށް އެއްޗެހި އަޅައިގެން ނުކުމެގެން އެގެއިން ދިޔައީ ބޮޑުދައިތަގެ ބަހަށް މި ކުރިކަންތައް ފަޅާ އަރާ އާމިރުގެ ހަމަލާ އެއް ހާނިމް އަށް ލިބިދާނެ ކަމަށެވެ. އަލީ ވެސް އައިޝާ ވެސް ދެކުނު ގޮތުގައި މީ ނަތާ އަށް ހައްޤު އަނިޔާ އެކެވެ. އެކަކުވެސް ނަތާ އަށް އެހީ ވުމަށް ވިސްނާއެއް ނުލިއެވެ. ލިބޭ ވޭނަށް ކެއްނުވެ ނަތާގެ ޙަބަރު ހުސްވި އިރުވެސް އާމިރު އަކަށް ހަމަހޭވެރިކަމެއް ނާދެއެވެ. ނަތާގެ ގައިގެ އެތަން މިތަނުން ލޭ އައިސް އައިސް ހުއްޓެވެ. އައިމިނަ ހޮސްޕޓަލަށް ވަދެގެން އައީ ހާސްކަމާއެކީއެވެ. އަދި ދަރިފުޅު އިންހާލުފެނި އައިނަގެ ހިތުގައި ޖެހުނެވެ. އާމިރު އިނީ ގޮނޑިއެއްގައި އިށީން ދެގެންނެވެ. ބޮލުގައި ދެއަތުން ހިފަހަށްޓައިގެން އިންއިރު ކޮންމެސް އެއްޗެއް ކިޔާކަން އެނގެއެވެ. އާމިރުގެ ގަމީހުގައި ވަނީ ކިލާ ހޭކިފައެވެ. އެކަމަކު އޭނާގެ ހިތުގައި ޖެހިފައިވަނީ ނުފިލާ ވަރުގެ ކިލާގަނޑެކެވެ. އައިމިނަ އާމިރު އާއި އަރާ ހަމަ ވުމާއި އެކު އާމިރުގެ ގައިގައި ހިފަހަށްޓާ ރޯންފެށިއެވެ. އައިމިނަގެ ނުބައި ރޭވުމެއްގައި ބޭބެގެ ދިރިއުޅުން ހަލާކުވި ތަންފެނި އަލީ ވަނީ ވަރަށް ބޮޑަށް މަންމަ އާއި ދުރުވެފައެވެ. އައިޝާ ބިރު ގަތީ އަލީގެ މަންމަ މި ފަދަ ކަމެއް އެމީހުންގެ ދިރި އުޅުމަށް ކޮއްފާނެތީއެވެ. އެހެން ކަމުން އަލީގެ މަންމަ އާއި ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެކެވެ. އައިމިނަގެ ފިރިމީހާ އަށް މިކަން އެނގި އޭނާ ވަނީ އައިމިނަ އާއި އެކީ ދުރުވެފައެވެ. އޭނާގެ އަމެއްލަ ގެޔަށް ބަދަލުވީ އައިމިނަގެ ކުށުގެ ބޮޑުކަން އައިމިނަ އަށް ވިސްނާދޭށެވެ. ނަތާ ކަމެއް ކުރިޔަސް އާމިރު ނަތާ އަށް ކުރި އަނިޔާ އޭނާ ކުއްވެރި ކުރީހެވެ. އައިމިނަ އިރު ކޮޅަކު މިހެން ހުރެފައި އަލީ އާއި ދިމާލަށް ބުންޏެވެ. “ ދޭބަލަ ވެންޑިން މެޝިން އިން ފެންފުޅި އަކާ ދަޅެއް ގެންނަން“ އަލީ އައްވެސް މަންމަ ކައިރީ ހުރުމަށް ވުރެން ދުރުގައި ހުރުން ހިތް ހަމަޖެހޭ ކަހަލައެވެ. އަނގައިގައި އެއްކޮޅު އޮއްވާ ފުންމައިގެން ތެދުވެ ހިނގައި ގަތެވެ. އާމިރު ބަލާލީ މަންމަގެ މޫނަށެވެ. “މަންމާ ނަތާ އަކަށް އެއްވެސް ކަމެއް ނުވާނެ ދޯ. ނަތާ ރަނގަޅު ވާނެ ދޯ“ އައިމިނަގެ މޭގައި އަތް އަޅާލަމުން އައިމިނަ ޖަވާބު ދިނެވެ. “ނުވާނެ އެއްވެސް ކަމެއް. ވަރަށް އަވަހަށް ރަނގަޅުވާނެ. އެކަމަކު ދަރިފުޅު ދޭބަލަ ގެޔަށް. ގޮސް ފެނަވަރައި ގެން ކައިގެން އާދޭ. މަންމަ މެން މަޑު ކުރާނަން“ އައިމިނަ މިހެން ބުނުމުން އާމިރު އައިމިނަގެ ގައިން ދޫ ކޮއްލިއެވެ. “ނަތާ ނެރޭއިރު އަހަރެން ނެތީ މަ ޔޯ؟“ރުޅި އައިއްސަ އާމިރު ބުނެލިއެވެ. އައިމިނަ އަވަސް އަވަހަށް އާމިރު އަށް ވިސްނާދޭން އުޅުނެވެ. “ ދަރިފުޅު ތިހެން ހުއްޓާ ނަތާ އަށް ފެނުނީމަޔޯ؟ ފެންވަރާ ރީތި ވެގެން ހުރިއްޔާ ނަތާ ހިތް ހަމަޖެހޭނެ“ އާމިރު ވެސް މިކަމާ އެއްބަސްވެ ދިއުމަށް ހިނގައިގަތެވެ. އެކަމަކު ދިއުމުގެ ކުރިން މަންމަ އަށް ބަލާލިއެވެ. “ ނަތާ ނެރޭއިރަށް ގުޅާތި މަންމާ“ ހީވާ ގޮތުން އައިމިނަ އަށް އިތުބާރު ކިރުމަކީ އާމިރު އަށް ދަތި ކަމެކެވެ. ސައިކަލުގައި އާމިރު ނައްޓާލީ ގެޔަށް ދިއުމަށް ވަރަށް ފޮނި އުންމީދު ކުރަމުންމެވެ. އެނބުރި ހޮސްޕިޓަލް އަށް އަންނަ އިރު ނަތާ އަށް ދިނުމަށް ވަރަށް ބޮޑު ފިނިފެންމާ ބޮނޑި އެއްވެސް ގަތުމަށްް ހިތަށް އަރުވަމުންނެވެ. މާ ދުރަށް ނުދެވެނިސް ފޯނު ރިންގުވާން ފެށުމުން މަގެގެ އެއްފަރާތެއްގާ ސައިކަލް މަޑުކުރަމުން ފޯނު ޖީބުން ނެގިއެވެ. މަންމަގެ ނަންފެނުމުން ތެޅި ތެޅި އޮތް ހިތްކާއިއެކު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ދަރިފުޅާ އަވަހަށް އާދެބަލަ! ނަތާ… ނަތާގެ…… އައިމިނަގެ އަޑު ކެންޑޭ ގޮތްވިއެވެ. “ މަންމާ ކީއްވީ ނަތާ އަށް. ބުނެބަލަ އެއްޗެކޭ!” އާމިރު ހާސްވެ ތުރުތުރު އަޅަން ފެށިއެވެ. “އަވަހަށް އާދޭ ދަރިފުޅާ“ އައިމިނަ ފޯނު ކަނޑާލިއެވެ. އާމިރު ފޯނު ޖީބައްލުމަށްފަހު ބާރަށް ސައިކަލް ދުއްވާާލީ ހޮސްޕިޓަލާ ދިމާއަށެވެ. ހޮސްޕިޓަލް ތެރެއިން އައިމިނަ އާއި އެހެން މީހުން ތިބި ގޮތްފެނުމުން އާމިރު އަވަސް އަވަހަށް ވީ ކީއްތޯ އަހާލިއެވެ. އެކަކުވެސް ޖަވާބު ނުދިނުމުން އާމިރު ބާރަށް ހަޅޭއްލަވައިގަތެވެ. “ ވެގެން އުޅޭ ގޮތެއް ބުނެބަލަ ކިހާ ވަރުގަދަ ކަމެއްމީ“ އާމިރު ގެ އަޑު އިވުމުން އަލީ އައިސް އާމިރުގެ ގައިގައި ބައްދާލި އެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. “ދޮންބޭ! މަންމަ ނަތާ އޭ ކިޔައިގެން ދޮގު ވާހަކަ އެއް ފެތުރިޔަސް އަސްލު ނަތާ އަކީ ވަރަށް ވިޔާނުދާ މީހެއް“ އައިމިނަ ވެސް އާމިރުގެ ކައިރިއަށް ޖެހިލަމުން އާމިރުގެ ގައިގައި ފިރުމާލިއެވެ. “ދަރިފުޅާ ނަތާ ބަނޑު ބޮޑު. ބަނޑަށް ވީ 4 މަސް އެހެންވީމާ އެއީ ނަތާ ދަރިފުޅާއި ދުރުގަ އުޅުންއިރު ކޮއްފަ އޮތް ފާފައެއް. އަހަރުމެން ހީކުރި ކަހަލަ މީހެއްނޫން ނަތާ އަކީ“ އައިމިނަ މިހެން ބުނިއިރު ރޮވެނީއެވެ. ކުއްލިއަކަށް އާމިރު އަށް ސިހުމެއްލިބުނު ހެން އެންމެނާ ދުރަށް ދިޔައެވެ. “ އެއީ އަހަރެންގެ ދަރިއެއް. މަންމާ އެއީ އަހަރެންގެ ބޭބީ“ އާމިރުގެ ލޮލުން ކަރުނަ ފައިބައި ގަތެވެ. އެކަމުގެ ޒިންމާ ދަރިފުޅު ނަގާނެ ކަމެއްނެއް. އެ އަންހެނާގެ ވިޔާނުދާ އަމަލުގެ ނަތީޖާ އެއީ“ އައިމިނަ ރުޅިއައެވެ. އާމިރު އާއި ނަތާގެ މައްސަލަ ޖެހުނު ފަހުން ނަތާ ދެކެ އާމިރު ނުހަނު ރުޅި އާދެއެވެ. އަނެއްކޮޅުން ނަތާ އާމިރު ދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. މި ދުވަސް ކޮޅުގެ ތެރޭގައި ނަތާ އާއި އާމިރު މިފަދަ ގޮތަކަށް ކައިރި ނުވާކަން އައިމިނަ އަށް ޔަޤީނެވެ. “އެއީ ފާފަ އެއްނޫން އެއީ އަހަރެންގެ ދަރިއެއް. އަހަރެން ނަތާ ގެ ނުޤަބޫލުގައި ނަތާގެ ގަޔަށް އެރިން“ އާމިރު ލަދުން އިސްޖަހާލިއެވެ. ނަތާ ބަނޑު ބޮޑު ކަމަކީ އާމިރު އަށް އާ ޙަބަރެއްނޫނެވެ. ނަތާ އެވަާހަކަ އާމިރު ކައިރީ ބުނިއެވެ. އެކަމަކު އެވާހަކަ މަންމަ އަށް އިންގުނީ ކިހިނެއްބާ އެވެ. އާމިރު މަންމަ އަށް ބަލާލިއެވެ. މަންމަ އެ ރޮނީ ކީއްވެބާ އެވެ. އާމިރު މަންމަ އާއި ސުވާލުކުރި އިރުވެސް އާމިރުގެ ހިތް ތެޅޭ އަޑުއިވެއެވެ. “ މަގޭ ދަރިފުޅަށް ކިހިނެއްވީ؟
ހަމަ އެދިޔަ ގޮތައް ގޮސް ނައުޝާ ކައްސައިލާގެން ޓައިލްސް މައްޗައް ވެއްޓުނެވެ. ބުރަކަށްޓަށް ވީ ތަދުން ތެދުވާާެެނެ ހިތްވަރު ނެތުގެން އޮވެވުނީއެވެ. އިރު ކޮޅަކުން އެ ކެބިންއަށް ވަދެގެން އައި ޒިދާން އަށް މި މަންޒަރު ފެނުނެވެ. އެހެން އަހެންކުއްޖަކު ވެއްޓިފައި އޮތްތަން ފެނި ނަގަން ދިޔައެވެ. އެ ހިސާބަށް ގޮސް ޒިދާންގެ އަތް ނައުޝާއަށް ދިއްކޮލީ އެހީއެށް ދޭށެވެ. ނަމަވެސް ދެވަނަ ފަހަރަށް ތެދުވަން އުޅުމުން އަނެއްކާވެސް ވެއްޓުނީ އެވެ. ޒިދާން އެތާގައި މީހަކު ފެންނަށް […]
ހިއްވަރުކޮށްފައި ރައިހާނާ އެއީ ކާކުކަން ބުންޏެވެ. ހީވީ އެތަނުގައި ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. ގަބޫލު ނުކުރެވިފައި ތިން މީހުންނަށް ރައިހާނާއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ ލޯ ބޮޑުވެފައި އަނގަވަނީ ތަން މިނަށް ހުޅުވިފައެވެ. “ވިޝާހް އައި ލަވް ޔޫ އައި ލަވް ޔޫ ސޯ މަޗް. އެނގޭ ވިޝާހް އަހަރެން ދެކެނީ ހަމަ އެކަނި ފްރެންޑެއް ގޮތުގަކަން. އެކަމުވެސް އަހަރެންގެ ބަސްނާހާ ހިތް ވިޝާހްއަށް ފޯލްވީ. ވިޝާހް އަހަރެން ރިޖެކްޓް ކުރިއަސް އޯކޭ. އެކަމް ޕްލީޒް […]
ދުނިޔެއަކީ ފޫހި ތަނެކެވެ. ނަމަވެސް އަހަރެމެން އެންމެން މި ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އިމްތިހާނުންް ފާސްވެ ރަނގަޅު ނަތީޖާއަކަށެވެ. ބައެއް ފަހަރު މީހުން ހެވި ދިލިފަ ތިބޭއިރު އަނެއް ބަޔަކު ހިތާމަކަށް ކަށިގަނޑަކަށް ވެފަ އެބަ ހުއްޓެވެ. ުދުނިޔޭގެ ހާލަކީ މިއެވެ. މި ހުރިހާ ކަމެއަ އެއް ކޮށްލުމުން އިމްތިހާނޭ ކިޔެއެވެ. އެންމެންނެކޭ އެއްފަދައިން ނައުޝާ އަކީވެސް މި ކަހަލަ އެތައް ތަޖުރިބާ ތަކެއް ކުރަމުން ދާ އިންސާނެކެވެ. ނައުޝާއަކީ ވަރަށް […]
އާންމުކޮށް ބޭރަށް ދާއިރު މާވަރަކަށް ރީތި ނުވި ނަމަވެސް މިއަދަކީ އަވްލީންގެ އުފަންދުވަސް ކަމުން ބޭރަށް ދާން ތައްޔާރުވެލީ އެހެން ފަހަރު ފަހަރާ ހިލާފަށެވެ. ލައިގެން ހުރި ގަދަ ރަތް ކުލައިގެ މެކްސީ އަވްލީންގެ ދޮން ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެހެދުމަކީ މާޒިން އަވްލީން އަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ހެދުމެކެވެ. ނަމަވެސް އަވްލީން އަށް ނޭނގުނުކަމަކީ އެ ހެދުމަކީ އަވްލީން އަށް ދިނުމަށްޓަކައި މާޒިން އަތަށް ރާދިން ދިން ހެދުމެކެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައިވެސް ގަދަ […]
ނައިލްއަށް ބޭއިހްތިޔާރުގައި ތާރާ ދުރައްޖައްސާލެވުނީ އާރަވްގެ މޫނުމަށްޗަށް އަރާފައިބަމުން ދިޔަ ކުލަވަރު ފެނިފައެވެ. ”ރާވް……” “……ލެޓް މީ އެކްސްޕްލެއިން…..” ނައިލް އާރަވްއާއި ދިމާއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އެރީ އާރަވް ގޮއްމުށްކަވާފައި ނައިލްގެ މޫނުމަތީގައި ޖެހުމުންނެވެ. ނައިލްހުރީ ގަބޫލުކުރަން ދަތި ފަދަ ގޮތަކަށް އާރަވްއަށް ބަލަހައްޓައިގެނެވެ. އޭރު ނައިލްގެ އަނގަފެޅި ލެއިއަންނަމުން ދިޔަ ނަމަވެސް އެކަމަށް ނައިލްގެ އެއްވެސް ފަރުވާލެއްނެތެވެ. ”ރާވް….” އަނެއްކާވެސް ނައިލްބެލީ އާރަވްއަށް ވީ ހުރިހާ ކަމެއް ކިޔާދެވޭތޯއެވެ. ނަމަވެސް އަނެއްކާވެސް ނައިލްގެ މޫނުމަށްޗަށް […]
“އީން ހިނގާ ގެއަށް ދާން.މިހާރު އިރުއޮއްސެން އެއުޅެނީ”އައިރާ ބުނެލިއެވެ.”އާން ހިނގާ ދާން”އީން ބުނެލިއެވެ.އަދި އައިރާ އާއި އީން އެކީ ގެއަށް ދާން ހިނގައިގަތުނެއެވެ. ********************************************************************************** “ދަރިފުޅާ ޒަވާ. ކޮބާ ތިއްތިބެ”ޒަވާ ފެނުމާއެކު ޒިހާދު އެހިއެވެ.” ތިއްތިބެ އަދި ގެއަށް ނާދޭ”ޒަވާ ބުނެލިއެވެ.”އެހެން. ދަރިފުޅު ދެބަލަ ބައްޕަ އަލަމާރިން ނަގާފަހުރި ހެދުންތަކެއް ހުނާނެ.އެތާ އެނދުމަތީ ބާއްވާފަ އޮތް ދަބަހަށް އަޅާލަދޭން.”ޒިހާދު ބުނެލިއެވެ.”ބައްޕާ. އަނެއްކާ ތަނަކަށް ދާންވެގެންތަ؟”ޒަވާ އަހާލިއެވެ.”ހޫމް…މާދަން ފަތިހު މިއުޅެނީ ބައްޕަ ފަހުން ގަތް ރިސޯރޓް ހަދާނިމިފައިވާތީ އެތަން ބަލާލަން ދާންވެގެން. ތިންވަރަކަށް ދުވަސް އެތާހުރެފަ އެނބުރި އަންނާނަން.އަމް.. މަންމަ އަދިވެސް ނާދޭދޯ.ކޮންއިރަކު ބޭރަށް ދިޔައީ” ޒިހާދު ބުނެލިއެވެ.”މަންމަ ހަވީރު ބޭރަށް ދާން ނިނުންނަނިކޮށް ދުށިން.އެދިޔަގޮތަށް އަދި ނާދޭ”‘ޒަވާ ޖަވާބުދިނެއެވެ. “މިހާރު ގަޑިން އެހުރީ އެގާރަ ޖަހާފަވިއްޔަ.މުސްކުޅިވަމުންދާ އިރުވެސް މީހާ އިސްލާޙު ވާކަށް ނޫޅެ” އަމިއްލަ ނަފްސަށް އިވޭވަރަށް ޒިހާދު ބުނެލުއެވެ. “ބައްޕާ އެއްޗެކޭ ބުނިންތަ؟”ޒަވާ އެހިއެވެ.”ނޫން މިބުނީ މާދަން ފުރަންވާއިރަށް އަވަހަށް ހޭލަންޖެހޭނޭ” ހިނިތުންވލަމުން ޒިހާދު ބުނެލިއެވެ. ޒަވާ އަވަސްވެ ގަތީ އޭނަ ބައްޕަ އެދުނު ކަންތަށް ކޮއްދިނުމަށެއެވެ. ޒަވާ އެތަނުން […]
އިރު އޭގެ މަޤާމްގައި ހުރެ ފުރިހަމައަށް ރަސްކަން ކުރަމުން ދިއަ ދުވަހެކެވެ. އޭޭގެ ދޯދިތަކުން ފަޒާތެރެ މިލްކު ކޮށްފައިވާފަދައެވެ. ސިއްރުން ނަމަވެސް އެއަށް ހުރަސް އަޅަން ފުރުސަތެއް ދީފައި ނުވާކަަން, ހަމައެންމެ ވިލާރޮއްޖެއް ވެސް އުޑުމަތީީގައި ނެެތުމުން ހާމަވާން ހުއްޓެވެ. ފެންނަންހުރީ ހަމައެކަނި ވިދަވިދާ ހުރި އިރުގެ ދޯދިތަކެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އެހެން ދުވަސްތަކާއި ޚިލާފަށް ކާމޭޒުމަތި ތިޔާގި ކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. ވަރުބަލިވެފައި ވިޔަސް އެކަން ހާމަކުރުމެއްނެތި ރީޝާއާއި އޭނާގެ މަންމަ, ކާތަކެތިން […]
“އޭންޖަލްވެސް މީ ހަމަ ދެވަނަ ދޮންތިދޯ!” ރާނިޔާ ކޮޓަރިން ނިކުތުމާއެކުހެން ރީހާން ބުންޏެވެ. “ރީހާން މިއަދު ހާދަ އަނގަ ގަދަވެގެން މިއުޅެނީ!” ވިޝާހް ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އަންޖަލްގެ ހާލު ބަލާލެވުމުން ވިޝާހް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަންޖަލްއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ބަންގި ގޮވުމުން ތިން ފިރިހެނުންވެސް ދިޔައީ މިސްކިތަށެވެ. ރައިހާނާ މަޑު ކުރީ މިސްކިތުން ފައިބައިގެން ރީހާން އޭނާ ބަލާ އަންނަން ދެކަށެވެ. އަންޖަލްމެންގެއިން ނުކުންނަން އުޅެނިކޮށް ހަމްޒާ […]