Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 53

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 12, 2019 8 Mins Read
73 Comments

އަޝްރާ ހުރީ ހިތްހަމަނުޖެހިފައޭ ހިތާ ނާއިލް އެހުރިހާ ވާހަކައެއް ދެއްކީ ހިތާ ދެކޮޅަށެވެ. ހަގީގަތަކީ އެވަގުތުކޮޅު ވެެގެން ދިޔައީ އޭނައަށްވެސް ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ. އެގާތް ކަމަށް މިހާރުވެސް އޭނަގެ ހިތް އެދެއެވެ. އެހެނަސް އަޝްރާގެ ހިތުގެ ހާލު ހުރި ގޮތެއް ނޭނގޭހާ ހިނދަކު އޭނަގެ ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ހިތް އެދި ގޮވަނީ އޭނަގެ އިހުސާސްތައް އަޝްރާ އާއި ހިއްސާކުރުމަށެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. އިތުރަށް ވާހަކަ ދައްކަން އުޅެފައިވެސް ނާއިލް އެއްޗެކޭ ނުބުނެ މަޑުކޮށްލީ އަޝްރާގެ ފަރާތުން ބަހެެއް އިވޭނެކަމުގެ އުއްމީދުގައެވެ. އަޝްރާގެ ލޮލުން އޭރުވެސް ހޫނު ކަރުނަ ފައިބަމުން ދިޔައެވެ. ހިތަށް ކޮށްފައިވަނީ އެހާވެސް ފުން އަސަރެކެވެ. އިތުރަށް އެތަނުގައި ހުންނަން ކެތްނުވާނެތީ އަވަސް ފިޔަވަޅުތަކެެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށް ސިޑިން ފައިބާ ކާކޮޓަރި އާއި ދިމާލަށް މިސްރާބުޖެހިއެވެ. އަޝްރާ އެއްވެސް އެއްޗެެއް ބުނުމެއްނެތި ދިޔުމުން ނާއިލްވެސް އިތުރަށް މަޑުކުރަން ނަހަދާ ސިޑިން މައްޗަށް އަރަން ފެށިއެވެ. ނަސީބުކަން ދިމާކުރި ގޮތުން އެވަގުތު ސިޓިން ރޫމުގައިވެސް އަދި ކާކޮޓަރީގައިވެސް އެއްވެސް މީހަކު ނޫޅެއެވެ. އަޝްރާއަށް ގޮސް ގޮނޑީގައި އިށީންދެ ބާރަށް މޭޒުގައި ހިފަހައްޓާލެވުނެވެ. އަނެއްކާވެސް އޭނަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަގެ އަމިއްލަ ނަފްސު ނާއިލް ފެނުމުން ކޮންޓްރޯލް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އޭނާ އެހާ ބަލިކަށިވީ ކޮންއިރަކުން ހެއްޔެވެ؟ އަމިއްލަ އިހުސާސްތަކަށް ބާރު ނުފޯރުވޭއިރު ނާއިލްއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވެން ޖެހޭނެއެވެ. އެއިހުސާސްތަކަށް ބާރު ފޯރުވެން ޖެހޭނެއެވެ. ކޮންމެ ހާލެއްގައި ނަމަވެސް އެހިތުގެ ހާލު ނާއިލްގެ ކުރިމަތީގައި ހާމަނުކުރެވޭތޯ ކުރެވެން ހުރި މަސައްކަތެއް އޭނަ ކުރާނެއެވެ. ކަރުނަތައް ފޮހެލުމަށްފަހު ބިއްލޫރި ތައްޓަކަށް ފިނިފެން އަޅާ އެއްނޭވާއިން އެފެން ތަށި ބޯލިއެވެ. އެއަށްފަހު ތަށި ދޮވެލުމަށްފަހު ނާއިލްއަށް ފެނުމުގެ ކުރިން އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ.

މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އޮށޯވެފާވެސް ނިދީގެ އެއްވެސް އަސަރެއް ނެތުމާއެކު އެނދުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިނެވެ. ބާލީހެެއް ނަގައި އުނގައްލުމަށްފަހު ސައިޑް ކަބަޑު މަތީ އޮތް ޓީވީ ރިމޯޓުން ޓީވީ ހުޅުވާލިއެވެ. އެކިއެކި ޗެނަލްތަކަށް ބަދަލުކުރަމުން ގޮސް އެމް ޓީވީ ބީޓްސް ނަމަކަށް ކިޔާ ޗެނަލްއަކަށް މިންހާ ލިއެވެ. އޭރު އެޗެނަލް އިން ދިޔައީ ސުނީދި ޗޯހާންގެ ރީތި ލަވައެއް ގެނެސްދެމުންނެވެ. ”އޭސާ ހޯތާހޭ ކިޔޫން… ތެރީ ޖާނޭ ކީ ބާތް… ލަގްތާހޭ ހާތޯމޭ… ރެހެގައެ ތޭރޭ ހާތް… ތޫ ޝާމިލްހޭ މެރީ… ހަސްނޭމޭ ރޯނޭމޭ… ހޭ ކިޔާ ކޯއީ ކަމީ… މެރި ޕާގަލް ހޯނޭމޭ… މޭނޫ އިޝްކު ތޭރާ ލައޭޑޫބާ… ހާ އިޝްކު ތެރާ ލައޭޑޫބާ… ” ލަވައިގެ އޭރު އިވެމުން ދިޔަ ތަންކޮޅު މިންހާ އޭނަގެ ރީތި އަޑުން ކިޔާލީ އޭނަގެ އަތްތިލައަށް ބަލަހައްޓާއިގެން އިނދެއެވެ. އޭރު އޭނަގެ ޚިޔާލުގައިވީ މިރޭ ކާރު ތެރޭގައި ކަންތައް ހިނގާ ދިޔަ މަންޒަރުތަކުގެ ތަސްވީރުތަކެވެ. އޭނަގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އެވަގުތުކޮޅު އޭނައަށް ޚާއްސަވީ މިންވަރު ހާމަވެގެންދެއެވެ. އިރުކޮޅަކު ޓީވީ ބަލަން އިނުމަށްފަހު ނިދި އަންނަން ފެށުމުން ޓީވީ ނިއްވާލާ ނިދަން އޮށޯތެވެ.

ފޯނުން އިވެމުންދިޔަ ފަތިހުގެ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ނިދިފާ އޮތް މިންހާއަށް ހޭލެވުނެވެ. މޯޅިއަކަށް ދެމިލުމަށްފަހު ދެލޯ ހުޅުވާލަމުން ފޯނު ނެގިއެވެ. ވައިފައި އޮންކޮށްލުމާއެކު ވައިބާއިންނާއި މެސެޖާއިން ފުލުފުލުގައި އެތައް މެސެޖުތަކެއް އޭނައަށް ލިބިގެން ދިޔައެވެ. ކޮންމެ މެސެޖެއްގައިވެސް ވަނީ އުފާވެރި އުފަންދުވަހަކަށް ތަހުނިޔާ ކިޔާފައެވެ. އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިންގެ އިތުރުން އެކުގައި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެތައް ބައެއްގެ ފަރާތުން ތަހުނިޔާ ކިޔާފާވެއެވެ. ހަމައެހެންމެ ކިޔަވަން އުޅުނުއިރު އެކުވެރިވި ކުދިންގެ ފަރާތުންވެސް މެސެޖުތައް ލިބިފާވެއެވެ. މިންހާއަށް މިއަދަކީ އޭނަގެ އުފަންދުވަސްކަން ހަނދާންވީވެސް އެމެސެޖުތައް ފެނުމުންނެވެ. އެމެސެޖުތަކުން އޭނައަށް އުފާވެރިކަން ލިބިގެން ދިޔައެވެ. މެސެޖު ކުރި މީހުނަށް ރިޕްލައިއެއް ފޮނުވާލުމަށްފަހު އެނދުން ތެދުވެ އެނދުމަތި ތަރުތީބުކޮށްލިއެވެ. ފޯނު ޗާޖަރަށް ޖަހާލުމަށްފަހު ތުވާލި ހަރުގަނޑުން ދަނބު ކުލައިގެ އޭނަގެ ތުވާލި ނަގައިގެން ފާޚާނާއަށް ވަނެވެ. ފާޚާނާއިން ނުކުމެ ކުޑަ ގޮތަކަށް ތައްޔާރުވެގެން ފަތިސް ނަމާދުކޮށްލިއެވެ. ފަތިސް ނަމާދުކޮށްލައިގެން މިންހާ ތިރިއަށް ފޭބިއެވެ. އޭނާ ގޮސް ކާކޮޓަރިއަށް ވަންއިރު ނާހިދާ ކޮފީ ތައްޔާރުކުރުމުގައި އުޅުނެވެ. މިންހާވެސް މަގެެއް ހިފައިގެން ސިންކު ކައިރިއަށް ޖެހިލާ އެދޮވެލައިގެން ކޮފީ ތައްޔާރުކުރަން ފެށިއެވެ. އޭރު ދިޔައީ އެެދެމެދުގައި ވާހަކަ ދެކެވެމުންނެވެ. ކޮފީ ތައްޔާރުކޮށްގެން ކާމޭޒު ކައިރި އިށީންދެ ކޮފީއަށް އިންސާފުކުރަން ފެށިއެވެ. އޭރު މޭޒު މަތީގައި ތަފާތު ތިން ވައްތަރެއްގެ ބިސްކޯދު ތަށިތަކުގައި ހުއްޓެވެ. ” ހެޕީ ބާތްޑޭ ދޮންތީ… ” އެވަގުތު މަންހާ އާއި މާއިން ދުވެފައި އައިސް ކާކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ކުދިކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ހުރެ ދެކުދިންވެސް އައިސް މިންހާ ގާތު ހުއްޓެމުން ކުލަ ކަރުދާހުން ހަދާފާ އޮތް ކާޑެއް ދިއްކޮށްލިއެވެ. ” އޯން… ހާދަ ރީއްޗޭ ދެކާޑުވެސް… ތެންކްޔޫ ސޯ މަޗް ދެކުދިންނަށްވެސް… ” މިންހާ ދެކުދިންގެ ކާޑުގައި ހިފާ ހުޅުވާ ބަލާލަމުން ވާހަކަ ދެއްކިއެވެ. އަދި ދެކުދިންގެ ކޯތާފަތަށް ލޯތްބާއެކު ބޮސްދިނެވެ. އެއާއެކު އެއިން ކޮންމެ ކުއްޖެއްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” ކޮބާ މިހާރު ދޮންތިއަށް ކާޑު ދީފަ ވިޝްކުރެވިއްޖެ އެއްނުދޯ… ދެން ހިނގާާ އަވަހަށް ސްކޫލަށް ދާން ފެންވަރަން… ” ކާކޮޓަރީގެ ދޮރު މަތީގައި ހިނިތުންވެލައިގެން ހުރި މައިޝާ އެހެން ބުނުމާއެކު މަންހާ އާއި މާއިން ކޮޓަރިއަށް މިސްރާބުޖެހިއެވެ.

ފަތިހު އަޝްރާއަށް ހޭލެވުނީ ވަރަށް ލަހުންނެވެ. ރޭ އެހާވަރަށް ރޮއެފާ ލަހުން ނިދުމުގެ ސަބަބުން ބޮލުގަ އާއި ދެލޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. އެހެންނަމަވެސް ހިތްވަރުކޮށްލަމުން ތެދުވެ ފާޚާނާއަށް ވަދެ ތައްޔާރުވެގެން ފަތިސް ނަމާދުކުރިއެވެ. ނަމާދުކޮށްގެން ލަސްފިޔަވަޅުތަކެއްގައި އަޝްރާ ތިރިއަށް ފައިބާ ބަދިގެއަށް މިސްރާބުޖެހިއެވެ. ބަދިގެއަށް ވަންއިރު އާސިމާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅެއެވެ. ” ދަރިފުޅާ… ދަރިފުޅު ރަނގަޅުތަ… ” އަޝްރާ ފެނުމާއެކު އޭނަގެ މޫނު މަތިން ތަފާތުކަމެއް ފާހަގަވުމުން އާސިމާ އޭނާ ކުރަން ހުރި މަސައްކަތުން އެއްފަރާތްވެލުމަށްފަހު އަޝްރާގެ ގާތުގައި ގޮސް ހުއްޓެމުން ކަންބޮޑުވެފައި އަހާލިއެވެ. ” މަންމާ… ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ… އަޅުގަނޑު ނިދާލަން އިނގޭ މިދަނީ… މިއަދު އޮފީހުންވެސް ސަލާމް ބުނާނީ…” އަޝްރާ ބުނެލިއެވެ. ” މައްސަލައެއްނެތް… އެކަމަކު އެއްޗެެއް ބޮއެގެން ނިދާލަން ވާނީ… ކާކޮޓަރިއަށް އާދޭ… ” މަންމަ ބުނެފި ގޮތެއް ކުރުނުކުރާނެތީ އަޝްރާ ދެބަސްވުމެއްްނެތި ގޮސް ކާކޮޓަރިއަށް ވަނެވެ. އޭނާ ގޮސް ގޮނޑީގައި އިށީނުމާއެކު އާސިމާ އައިސަލަމާރި ހުޅުވާލާ ޖޫސް ޕެކެޓެއް ނަގައި ތައްޓަކަށް އެޅުމަށްފަހު އަޝްރާގެ ކުރިމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ފެން ތައްޓެެއްވެސް އަޅާދިނެވެ. އަޝްރާ މަޑުމަޑުން އިނދެ ޖޫސްތައްޓާއި ފެންތަށި ބޯލުމަށްފަހު ކާކޮޓަރިން ނިކުމެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ނާއިލްއަށް މެސެޖަކުން އޮފީހުން ސަލާމް ބުނުމަށްފަހު ފޯނު ސައިލަންޓަށް ލާ ނިދާލުމުގެ ބޭނުމުގައި އެނދުގައި އޮށޯތެވެ. މާގިނައިރެއްނުވަނީސް އަޝްރާގެ ދެލޮލަށް ނިދި ސަވާރުވެ ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

މަޑު ދަނބު ކުލައަކާއި އޮރެންޖު ކުލައަކުން އުޑު މަތި ފަވާލެވިފާވީއިރު އެމަންޒަރަކީ ކުރެހުންތެރިއެއްގެ ފިއްސަކުން ކުރަހާލެވޭނެ މަންޒަރެއް ނޫނެވެ. އެއަށްވުރެ އެމަންޒަރު މާ ފުރިހަމައެވެ. ޖެހިލާ ތެތްފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުކަން އިހުސާސްކުރުވައެވެ. ބަނދަރު މަތީގެ އެކި ކޮޅުކޮޅުގައި ޖޮގިންއަށް ނުކުމެ އެކި އުމުރުފުރާގެ މީހުން ހަރަކާތްތެރިވަމުން ދިޔައެެވެ. ހަގަޑި ތިރީސްވުމުން ޖޮގިން ނިންމާލުމަށްފަހު އިއާން އާއި ނާއިލް އެމީހެއްގެ ގެއަށް މިސްރާބު ޖެހިއެވެ. ގެއަށް ގޮސް ކޮފީއެއް ބޮއެގެން ނާއިލް އޮފީހަށް ދިއުމަށް ތައްޔާރުވާން ފެށިއެވެ. ތައްޔާރުވެވުމުން ސައިޑް ކަބަޑު މަތީގައި އޮތް ފޯނާއި ކާރުގެ ތަޅުދަނޑި ހިފައިގެން ނާއިލް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކޮޓަރިން ނުކުމެ ސިޑިން ފައިބަމުން ނާއިލް އޭނަގެ ފޯނު ބަލައިލިއެވެ. އެއާއެކު ސަލާާމް ބުނެފައި އޮތް އަޝްރާގެ މެސެޖު އޭނައަށް ފެނުނެވެ. ވަގުތުން އަޝްރާއަށް ވީގޮތެއް ނޭނގުމުން ނާއިލް ހިތް ނުތަނަވަސްވިއެވެ. އޭނާ ދެފަހަރަކު އަޝްރާގެ ނަންބަރަށް ގުޅާލިއެވެ. އެހެނަސް ލިބެނީ ހަމަ އެއްޖަވާބެކެވެ. އެންމެ ފަހުން އޭނާ އިއާންއަށް ގުޅާލިއެވެ. ” އާނ… އަޝޫ މިއަދު ބޮލުގަ ރިއްސާތީ ނުދެވޭނޭ އެބުނީ… ނިދާފަ އެބެތް… ” އިއާން ނާއިލް ސުވާލުކުރުމުން ޖަވާބު ދިނެވެ. އިއާންގެ ފޯނު ކޯލު ކުރުކޮށްލަމުން ނާއިލް އޭނަގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަޝްރާގެ ސޫރަވެސް މިއަދު ނުފެންނާނެތީ ވަގުތުން ނާއިލްގެ ހިތް މާޔޫސްވިއެވެ. އެހެނަސް އަމިއްލަ ނަފްސު ހަމައަކަށް ހަޅުވާލަމުން ކާރު ދުއްވާލީ އަވަހަށް އޮފީހަށް ދިއުމަށެވެ.

ރޭގަނޑު އަށެއް ޖެހުމާއެކު ފަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އަތްދަބަހާއި ޑޮކްޓަރސް ކޯޓު ހިފައިގެން މިންހާ ކެބިންއިން ނުކުތެވެ. އަތްދަބަހުން ފޯނު ނަގައި މާހިލްގެ ނަންބަރަށް ގުޅަމުން އޭނާ ލިފްޓާއި ދިމާއަށް މިސްރާބުޖެހިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. މާޔޫސްވެފައި ހުރެ ފޯނު ހިފައިގެން ހޮސްޕިޓަލުން ނުކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އަނެއްކާވެސް މާހިލްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން މިފަހަރު ފޯނަށް ޖަވާބުދިނެވެ. ” ދޮންބޭ… ކޮންތާކު ފޯނު ބާއްވާފަ ތިއުޅެނީ… ހާދަ ވަރަކަށް ގުޅާއިފީމޭ… އައިމް ވެއިޓިން… ” މާހިލް ހަލޯ އޭ ބުނުމާއެކު މިންހާ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއެވެ. ” ސޮރީ ޕްރިންސަސް… ވަރަށް ބިޒީކޮށް މިއުޅެނީ ދޮންބެ… އާން ގާތު ބުނެފިން މިންނު ބަލާދާށޭ… އެކަނި ނާންނާތި އިނގޭ… ކުޑަ އިރުކޮޅެއް ތެރޭ އާން ދާނެ ބަލާ…  އޯކޭ… މިވަގުތު ބާއްވާލާނަން… ސީ ޔޫ އެޓް ހޯމް… ” މިންހާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މާހިލް އޭނަ ބޭނުން ވާހަކައެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު މިންހާ މަގުގެ ދެކޮޅަށް ބަލައިލިއެވެ. ފޯނު އަތްދަބަސް ތެރެއަށް ލުމަށްފަހު އިއާން އަންނާނެ އިރެއްގެ އިންތިޒާރުގައި މިންހާ މަޑުކޮށްލައިގެން ހުއްޓެވެ. މާގިނަ އިރެއް ނުވަނީސް އިއާން ކާރުގައި އައިސް މަޑުކޮށްލިއެވެ. މަޑު ނޫ ކުލައިގެ އަތް ދިގު ގަމީހަކާއި އައިސް ބުލޫ ކުލައިގެ ސްކިނީގައި އިން އިއާން ފެނުމުން މިންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބޮލުގެ އިސްތަށިކޮޅު ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ގަމީހުގެ އަތް އޮޅަބޮށިން ތަންކޮޅެއް ތިރިއަށް އޮޅާލާފައިވުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅިން އިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދީފާވާއިރު އަތުގައި ރިހި ކުލައިގެ ގަޑިއެއް އަޅާފައިވެއެވެ. މިންހާ ކާރަށް އަރައި ހަމަޖެހިލުމާއެކު ލަސްކުރުމެއްނެތި އިއާން ކާރު ދުއްވާލިއެވެ.

ކާރު އައިސް މަޑުކޮށްލުމާއެކު އިއާންއަށް ޝުކުރު އަދަކުރުމަށްފަހު މިންހާ ގެއަށް ވަންނަން އަވަސްވެގަތެވެ. ގެއަށް ވަދެ ބޮޑު ދޮރު ލައްޕާލުމަށްފަހު އަތްދަބަސް ތެރެ ހާވަމުން ވޯކްވޭ މަތިން ހިނގާފައި މިންހާ ކުރިއަށް ދިޔައެވެ. ދަބަސް ތެރެއިން ފޯނު ނަގައި ކުރިމައްޗަށް ބަލައިލި ހިނދު އޭނަގެ ދެބުމަ ގާތްވީ ގޭގެ ދޮރު ޖަހާފާ ހުރުމުންނެވެ. ހަމައެއާއެކު ގޭތެރޭގައި އެއްވެސް އަލިކަމެެއްނެތްކަން ކުޑަދޮރުތަކުން ހާމަވިއެވެ. ހިތުގައި ސުވާލު އުފެދިފައި ހުރެ ފޯނުން އަލިކޮށްލަމުން މިންހާ ގޭތެރެއަށް ފުރަތަމަ ފިޔަވަޅު އަޅާލިއެވެ. ” ހެޕީ ބާތްޑޭ… ” އެހިނދު މުޅި ގެ އެކީގައި ދިއްލިގެން ދިޔުމާއެކު އެންމެން އެއްއަޑަކުން ބުނެލި އަޑު އިވުނެވެ. ފެނުނު މަންޒަރުން މިންހާއަށް ހުރި ފިޔަވަޅު މަތީގައި ގުޑާވެސް ނުލައި ހުރެވުނީއެވެ. އޭނަގެ އާއިލާ އާއި ނާއިލްގެ އާއިލާގެ އިތުރުން އަޝްރާގެ އާއިލާ އާއި އޫޝާ އާއި ޒިޔަލް އެގޭގެ ސިޓިންރޫމުގައި އޭނަގެ އިންތިޒާރުގައި ތިއްބެވެ. ދަނބުކުލަ އާއި މަޑު ނޫކުލައިގެ ފުއްޕާ ހަމާއި މާމެލާމެލިން ސިޓިން ރޫމު ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކުރެވިފައެވެ. އެންމެގެ ކުރިމަތީގައި ހުރި ބިއްލޫރި ވަށް މޭޒުގައި ޗޮކްލެޓް ކުލައިގެ ބޮޑު ވަށް ކޭކެއް އިނެވެ. ކޭކުގައި ހުދު ކުލައިގެ ހަތަރު އުއްބައްތި އިންއިރު ގިނަ އަދަދަކަށް ކޮކޯ އަޅާފައިވުމުން ފެނުނު މީހަކުވެސް ކާހިތްވާނެކަން ކަށަވަރެވެ. ކޭލުގެ މެދުގައި ކަށްޗަށް ވާނޭހެން ހެޕީ ބާތްޑޭ ލިޔެފާވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ” ހެޕީ ބާތްޑޭ… ބޭރުގަ ނުހުރެ އެތެރެއަށް ވަންނަމާ… ” ހައިރާންކަމާއެކު ބަލަހައްޓާއިގެން ހުރި މިންހާއަށް ފަހަަތަށް ބަލައިލެވުނީ އިއާންގެ އަޑު އިވުމުންނެވެ. ”އާންއަށް އިނގޭދޯ މިކަނ ކުރިންވެސް… ” ދެލޯ ހަނިކޮށްލަމުން މިންހާ ސުވާލުކުރުމާއެކު އިއާން ލުއި ހުނުމަކާއެކު ބޯ ޖަހާލިއެވެ. ” މިންނު… ދޮންބެ… އާދެބަލަ ބޭރުގަ ނުހުރެ އަވަހަށް… މިހާރު ކޭކު ރަހަބަލާ ހިތުން ހުރެވެނީކީ ނޫން… ” އަޝްރާ ކެތްތެރިކަން ކުޑަވެފައިވި ފަދައިން އެހެން ބުނުމާއެކު މިންހާ އާއި އިއާން އައިސް އެމީހުން ގާތު މަޑުކޮށްލިއެވެ. ” ސާބަސް… މިއަޝްރާއަކަށް ކެތްތެރިވެގެނެއް ނުހުރެވޭނެ ދުވަހަކުވެސް… ” ނާއިލްއަށް އަޝްރާ އާއި ދިމާނުކޮށެއް ނުހުރެވުނެވެ. ނާއިލް އެހެން ބުނުމާއެކު އަޝްރާ އޭނަ އާއި ދިމައަށް ބަލައިލަމުން ދެލޯ އަޅާލިއެވެ. މަންޒަރު ބަލަންތިބި އެހެން މީހުންގެ މަޑު ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

އެންމެ ފުރަތަމަ އެންމެންވެސް މިންހާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ހަދިޔާތައްދީ ހެދިއެވެ. އެންމެންގެ އެދުމުގެ މަތިން މިންހާ ދެން އަވަސްވެގަތީ ކޭކު ފަޅާށެވެ. ކޭކު ފަޅާ ފަހަރަކު މީހަކަށް މިންހާ ކޭކު ލެވިއެވެ. ކޮންމެ މީހެެއްގެ މޫނު މަތިންވެސް އުފާވެރިކަމެވެ. މަންޒަރު ބަލަން ހުރި މީހަކަށް އެތިން އާއިލާގެ މެދުގައި އޮތް ގުޅުން ކިހާ ވަރުގަދަކަން އަންދާޒާކޮށްލެވޭނެއެވެ. ފަހަރަކު މީހަކަށް ކޭކު ލަވަމުން ގޮސް އެންމެ ފަހުން މިންހާއަށް ހުއްޓެވުނީ އިއާންގެ ކުރިމަތީގައެވެ. އިއާންގެ ކުރިމައްޗަށް އެރުމާއެކު މިންހާގެ ހަރަކާތްތަކަށް ލަސްކަމެއް ގެނުވިއެވެ. އިއާންގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު އެތަނުގައި ތިބި އެހެން މީހުނަށް މިންހާ ނަޒަރު ހުއްޓާލިއެވެ. އޭރު އެންމެންވެސް އުޅެނީ އެމީހުންގެ އަމިއްލަ ކަމެއްގައެވެ. އެއްބަޔަކު ކޭކު ފަޅާ ތަށިތަކަށް އެޅުމުގައި ހަރަކާތްތެރިވަމުން ދިޔައިރު ބިސްކޯދާއި ޑްރިންކްފަދަ ތަކެތި ގެނެސް މޭޒުމަތި ތައްޔާރުކުރުމުގައި އުޅެއެވެ. ” މަށަށް ވީމަ ނުދޭންތަ ތިހުންނަނީ… ” މިންހާ އެހެން ދިމަދިމާލަށް ބަލަން ހުރުމުން އިއާން ވާހަކަ ދެއްކިއެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން މިންހާ އިއާންއަށް ކޭކު ލެވިއެވެ. އިއާން ކޭކުކޮޅެއް ކާލުމާއެކު މިންހާ އަވަހަށް ހިނގައިގަތެވެ. ”މަޑުކޮށްބަލަ… ހާދަ އަވަހަކަށް ދާން ތިއުޅެނީ…” މިންހާގެ އަތުގައި ހިފާ ހުއްޓުވަމުން އިއާން ބުނެލިއެވެ. އިއާން މިންހާގެ އަތުގައި އިން ކުޑަ ކޭކުކޮޅު ނަގައި މިންހާއަށް ލެވިއެވެ. އިއާންގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ މިންހާ ކޭކުކޮޅު ކާލިއެވެ. އިއާން މަޑުމަޑުން އޭނަގެ އަތް އުފުލާލާ މިންހާގެ ތުންފަތް ކައިރީ ކޮކޯ ހޭކިފާވި ތަނުގައި އިނގިލިން ފިރުމާލިއެވެ. އިއާންގެ އެބީހުމުން ހަށިގަނޑަށް ކުރުވި އިހުސާސާއެކު މިންހާއަށް ދެލޯ މަރާލެވުނެވެ. މިންހާގެ އެއަމަލުން އިއާންގެ ތުންފަތަށް ހިނިތުންވުމެއްވެރިވެއެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު މިންހާގެ އެސާފު ގަދަ ޗޮކްލެޓް ކުލައިގެ ކަޅިއެއް ލިބިފާވި ބޮޑު ދެލޮލަށް ގެއްލިފައި އިއާންއަށް ހުރެވުނެވެ. ދެމީހުން ލޮލުން އެކަކު އަނެކަކާ އެތައް ވާހަކައެއް ދެއްކިއެވެ. ”މިންނު… އާދެބަލަ މިކޮޅަށް… ” ދެމީހުންނަށްވެސް ހޭވަރިކަންވީ މައިޝާގެ އަޑުންނެވެ. މިންހާ އަވަސް އަވަހަށް ނުވާ ކަމަށް ހަދާލުމަށްފަހު ދާން ހިނގައިގަތެވެ. ” ނޫނޭ ވާ ސާބަސް… ހާދަ ރޮމޭންޓިކްއޭ… މަށަކަށް ނުފެނޭ ދެން ލަސްކުރާކަށް… އެހެންނޫނީ އަނެއްކާވެސް ތެޔޮ ނާށި ކާޅު ޖަހައިގަންފާނެ… ” އިއާންގެ ކޮނޑަށް އަތް ވައްޓާލަމުން ނާއިލް ލާނެެއްކަމާއެކު ދިމާކޮށްލިއެވެ. ” ހޫޫމް… މަވެސް އިތުރަށް ލަސްކުރާކަށް ނުވިސްނަން… ވީހާވެސް އަވަހަކަށް އަހަރެންގެ ހައްގަކަށް ހަދަން ބޭނުމީ… އައި ހޭވް އަ ޕްލޭން… އެކަމަށް ނާއިލްގެ ހެލްޕް ބޭނުންވޭ…” މިންހާ ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރެ އިއާން ވާހަކަ ދެއްކިއެވެ. ” ހެލްޕް ލިބޭނެ… އެއީ ޔަގީން ކަމެއްނު… ކޮބާތަ ޕްލޭންއަކީ… ” ނާއިލް ވަރަށް ޝައުގުވެރިކަމާއެކު ބުނެލިއެވެ. އެއާއެކު އަދިވެސް ބޮޑަށް އެހެން މީހުނާ އެއްފަރާތްވެލަމުން އޭނަގެ ޕްލޭން ނާއިލް އާއި ހިއްސާކުރިއެވެ.

ސިޓިންރޫމުގައި އެންމެން އެކުގައި ކެއުމުގައި ބައިވެރިވިއެވެ. އެންމެންވެސް ތިބީ އޮލަ ވާހަކައިގައި ޖެހިފައެވެ. އަޝްރާ ކައިނިމިގެން އަތް ދޮވެލުމަށް ކާކޮޓަރިއަށް ދިޔައެވެ. ފުރުސަތުގެ ބޭނުން ހިފާ ނާއިލްވެސް އިންތަނުން ތެދުވެ ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ސިންކު ކައިރިއަށް ޖެހިލާ އަތް ދޮވެގެން ފަސްއެނބުރުނު އަޝްރާ ސިހުނީ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ނާއިލް ފެނުމުންނެވެ. ލިބުނު ސިހުމުގައި އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނާއިލްގެ މޫނު މަތީގައިވި އަސަރަކުން އަޝްރާ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ނާއިލްއަށް ފަސްދީ ދާން އުޅުނެވެ. ” ވައި އަރ ޔޫ އިގްނޯރިން މީ… ” ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ނާއިލް ސުވާލުކުރުމާއެކު ކުރިއަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއެކު އަޝްރާއަށް ހުއްޓެވުނެވެ. ” އަޝްރާ… އަހަރެން އެބަ ސުވާލު ކުރަމޭ… ” ނާއިލް ދެވަނަ ފަހަރަށް ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރެއްގެ ހަރުކަށި ކަމެއް އެއަޑުގައި އެކުލެވިފާވެއެވެ. ” އަހަރެން އެއްވެސް މީހަކު އިގްނޯރެއްނުކުރަން… ” މަޑުމަޑުން ފަރުވާކުޑަ ވައްތަރަކަށް އެހެން ބުނެ އަޝްރާ ގޮސް މޭޒު މަތީގައި އިން ޓިޝޫ ފޮށިން ޓިޝޫ ނަގަން އުޅުނެވެ. އަޝްރާ ޓިޝޫ ފޮށިން ޓިޝޫ ނަގަން އަތްލުމާއެކު ނާއިލް އައި ގޮތަށް އައިސް އަޝްރާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމާލާ އެދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އޭރު ނާއިލްގެ މޫނު މަތިން ނުރުހުންވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ދެބުމަ ގޮށްޖެހިފާވުމާއެކު ދެދަތްޕިލަ ޖައްސާ ބާރުކޮށްފައިވީ ގޮތުން އެކަން ވަރަށް ރަނގަޅަށްވެސް ހާމަވެއެވެ. ” ނާއިލް… ހަމަ މިހާރު ދޫކުރޭ… ” ނާއިލްގެ މޫނު މަތީގައިވި އަސަރުތަކުން ހިތުގައި ބިރުވެރިކަން އުފެދުނު ނަމަވެސް އެކަން ނުދައްކަންވެގެން އަޝްރާ ރުންކުރު ގޮތަކަށް ވާހަކަ ދެއްކިއެވެ. ” ނުކުރާނަން ދުލެެއް… މިގެއަށް އައިންސުރެވެސް އަހަރެން މިއުޅެނީ އަޝްރާއާ ވާހަކަ ދައްކާލެވޭތޯ… އެކަމަކު ކޮންމެ ފަހަރަކު އަހަންނަށް އެފުރުސަތު ނުދީ ތިދުރަށް ދަނީ… ކީއްވެތަ ވާހަކަ ނުދައްކަނީ… މިއަދު ހެނދުނުވެސް އެވަރަށް ގުޅިން… ފޯނުނެގީކީ ނޫން… ފަހުންވެސް އެކަމަކު އަހަންނަށް ގުޅާވެސް ނުލި… މެސެޖަކަށް ރިޕްލައިކުރަނީކީ ނޫން… ދެން އަޝްރާ ބުނެބަލަ މީ އިގްނޯރްކުރުމެެއް ނޫންތަ… ” ނާއިލް ނުރުހުންތެރިކަމާއެކު އޭނަގެ ހިތުގައިވި ހުރިހާ އެއްޗެެއް ބޭރުކޮށްލިއެވެ. ނާއިލްގެ އަމަލުތައް ހުރި ގޮތުން ހިތަށް ކުރުވި ފުން އަސަރާއެކު އަޝްރާގެ ދެލޮލަށް ލަސްލަހުން ކަރުނަތައް ޖަމާވާން ފެށިއެވެ. ” އަހަރެން ވާހަކަ ދައްކަން ބޭނުންނޫންވީމަ އެއްނު އެހެން ކަންތައްކުރާނީ… އެއްފަހަރު އިގްނޯރުކުރީމަ ދެން ކީއްކުރަން ތަކުރާރުކޮށް އަހަރެންގެ ފަހަތުން ތިއުޅެނީ… ނާއިލްއާ ވާހަކަ ދެއްކުން އެއީ މާ މުހިއްމުކަމެއް ކަމަކަށް އަހަރެން ނުދެކެން… ” ހިތުގައި އުފެދިފައިވި އިހުސާސްތަކަށް ބާރު ފޯރުވަމުން އަޝްރާ ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ” ކީއްވެ އަހަންނާ ވާހަކަ ދެއްކުން މުހިއްމު ނޫނީ… އަހަރެން ފިޔަވައު އަޝްރާ ވާހަކަ ދެއްކުން މާ މުހިއްމު ފަރާތެއް ހުންނަނީތަ… ބުނެބަލަ… އަޝްރާއަށް އިނގޭތަ އަހަރެން ހާސްވީވަރު… އަޝްރާއަށްވީ ކިހިނެއްތޯ ބަލަން އަހަރެންގެ ހިތް އެދުނު ވަރު އެނގޭތަ… އަޝްރާގެ ފޯނު ކޯލަކަށް އަހަރެން އިންތިޒާރު ކުރާނެ ކަމާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ… ” ނާއިލްއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި ހިތުގައި ހުރި ހުރިހާ އެއްޗެއް އިޚްތިޔާރުން ބޭރުގައި ބޭރުކުރެވެމުން ދިޔައެވެ. ” ކީއްވެ… އަހަރެންނަށް ވީކިހިނެއްތޯ ބަލަން ނާއިލް އެހާ ބޭނުންވީ… ކީއްވެ އެހާ ހިތްނުތަނަވަސްވީ… ކީއްވެ އަހަރެންނަށް އެހާވަރަށް ކެއަރ ކުރަނީ… ބުނެބަލަ… އަހަރެން ބޭނުން ސަބަބު އެނގެން…” ކަރުނައިން ފުރި ބާރުވެފައިވި ދެލޮލުން ނާއިލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އަޝްރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އަޝްރާގެ އެސުވާލުތަކުން ނާއިލްގެ މޫނު މަތިން ނުރުހުންވުމުގެ އަސަރުތައް ފިލާ ބުނެދެން ނޭނގޭފަދަ އަސަރުތަކެއް ވެރިވިއެވެ. ނާއިލްގެ އެދެލޮލުގައިވީ ބުނެދެން ނޭނގޭފަދަ ފުން އަސަރުތަކެކެވެ. އަޝްރާގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވީ މިފަހަރު އޭނަ ހިތް އެދޭފަދަ ޖަވާބެއް ނާއިލްގެ ފަރާތުން ލިބޭނެކަމަށް ތަކުރާރުކޮށް އެހިތް ބުނަން ފެށުމުންނެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ….26

Next

އަނދިރިވި ހަޔާތް

Next
May 13, 2019

އަނދިރިވި ހަޔާތް

Previews
May 10, 2019

ބުނާށެ ލޯބި ނުވަނީހޭ….26

73 Comments!

  1. Aki says:
    May 12, 2019 at 10:51 pm

    Hama inthizaaruga huhta thi up kohla dhinee

    1. Aki says:
      May 12, 2019 at 11:08 pm

      haadha reethi ey mi part ves

    2. ifoo says:
      May 13, 2019 at 3:11 pm

      Aki ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…

  2. ifoo says:
    May 12, 2019 at 10:54 pm

    Salaam dear readers ❤️❤️❤️???… Here is the next part ???… Namaadhun ais adhi thankolheh dhigukohlan vegen liyunyma lasvee ???… Sorry thikudhinn gina vaguthu inthizaaruga beythihbunyma ???… Hope all will like this part too n feel free to comment your views ???… Mistakes huredhaane cause I haven’t check… So what do you guys think will happen next??? ???… Heheh… Next part In Sha Allah Wednesday night ga ???… Enjoy reading n good night all ❤️❤️❤️?????????…

    1. Rai says:
      May 13, 2019 at 10:04 am

      Alhey mi ramazan monthga thankolheh avas kohladhybr plx

    2. ifoo says:
      May 13, 2019 at 3:07 pm

      Rai ❤️❤️❤️… Ifoo v v v busy koh ulhen jeheny… Ehenve lahun up vany ???… Sorry ???…

  3. Nishy says:
    May 12, 2019 at 11:05 pm

    Too short ekam story v reethi

    1. ifoo says:
      May 13, 2019 at 3:09 pm

      Alhey Nishy … Is it short??? It’s more than 1900 words… Thankyou soooooo much ❤️❤️❤️?????????…

  4. Shamm❤ says:
    May 12, 2019 at 11:37 pm

    Kury ekamu can’t wait know what will happen next…please naail hide nukuraachey feelings…thank you ifoo

    1. ifoo says:
      May 13, 2019 at 3:09 pm

      Alhey shamm … Is it short??? It’s more than 1900 words… Thankyou soooooo much ❤️❤️❤️?????????… Keep waiting for the next part ???…

  5. Ainth says:
    May 13, 2019 at 12:26 am

    story v nice… ekamu v v v kuru… knirakun next part… ehaa bodah inthizaaru kuruvan nuhadhacheyy… keep it up dear.. gud nyt.. ????????❤❤??

    1. ifoo says:
      May 13, 2019 at 3:12 pm

      Ainth ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Alhey hama ehaa kurutha??? It’s more than 1900 words… Will try my best to upload it soon ???…

  6. AMAAN says:
    May 13, 2019 at 12:29 am

    Varah rythi mi part ves…..i love it..ashu n naail part v reethi let them know they love each other..????? waiting for the next part…❤❤

    1. ifoo says:
      May 13, 2019 at 3:21 pm

      AMAAN ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Let’s see what happens ???…

  7. Malkko says:
    May 13, 2019 at 12:32 am

    Habeys.. bunaane ehchves neyngey …varah molhu inge .. you are the best ifoo..love you??❤

    1. ifoo says:
      May 13, 2019 at 3:22 pm

      Awwwwnn ❤️❤️❤️???… Malkko ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…

  8. someone says:
    May 13, 2019 at 12:36 am

    haadha ey kuree.cha dhen maa lahee upload kuraa leh,ekam varah reethi mi bai ves.baraabarah mi vaahaka kiyan ekam alah mi comment kuree.varah kiyaa hihvey mi vaahaka tha,dhen upload kuraa bai thankolheh dhigukuraahchey.

    1. ifoo says:
      May 13, 2019 at 3:25 pm

      Alhey… It’s more than 1900 words… Busy koh ulheythy lahun up kureveny ???… Will try my best to make it longer than this part ???… Thankyou soooooo much ❤️❤️❤️????????…

  9. Alina says:
    May 13, 2019 at 1:14 am

    Wednesday night ey??? Alhe Ifoo haadha lahakun ?????… Hieh nuvey Naail bunefaanehenneh… Vaahaka vvvv reethi igey… Waiting for the next part… Mi vaahaka kiyamun dhaairu hithah araa aslu Muslim dhiru ulhumegga vejjiyyaaamu fathihu thedhuvegen ulheyne konme dhuvahakuves… But aharemen ge mujthamain nufenna nama ves visnany jehey kameh… Thanks for making look at the good side from your story… U really are a unique writer… ???❤️❤️❤️

    1. Alina says:
      May 13, 2019 at 1:17 am

      Making me look at the good side from your story… Making me realize the difference

    2. ifoo says:
      May 13, 2019 at 4:24 pm

      Alina ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje story ga himeney good points understand faahaga v ma ???… Let’s see dhw naail bunaa ehcheh vx ???… V v v ufaavehje Alina ge comment kiyaalaafa ???… It means a lot for me ???… Sending more loves from me ❤️❤️❤️?????????…

  10. Noora says:
    May 13, 2019 at 1:18 am

    Wow mi part ves v reethi.
    Mihaathanah kee enme reethi vaahaka mee. Ifoo u r the best writer

    1. ifoo says:
      May 13, 2019 at 4:25 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much Noora ❤️❤️❤️?????????… V v v ufaavehje ???… Ur so sweet dear ???… Much much more loves from me ❤️❤️❤️?????????…

  11. Mahoo says:
    May 13, 2019 at 1:52 am

    I knw mee rodha mass kan ehen v ma asslu varah difficult vaane story liyan…?? …varah happy vehje short kohvess vahaka up kuryyma..❤❤ varah reethi mi part vess…

    1. ifoo says:
      May 13, 2019 at 4:27 pm

      Mahoo ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ifoo ge hard work appreciate kuryma ???…

  12. Ifa says:
    May 13, 2019 at 2:03 am

    V nice story eh asslu … Next part thankolheh avahah upload kohdheeba
    ..love the story …

    1. ifoo says:
      May 13, 2019 at 4:28 pm

      Ifa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Will try my best to upload the next part on Wednesday night ???… Much loves ❤️❤️❤️?????????…

  13. Malkko says:
    May 13, 2019 at 2:27 am

    Habeys?bunaane ehchehves neyngey?varah ufaaveje..varah molhu ingey ifoo??…love you?❤

  14. Malkko says:
    May 13, 2019 at 3:16 am

    Habeys.. mo part ves varah varah varah reethi ifoo thee best

  15. maai says:
    May 13, 2019 at 4:26 am

    Wow.. Alhey commen collan kiyaalafa…

    1. ifoo says:
      May 13, 2019 at 4:34 pm

      Ok ???… Waiting for your comment ???…

  16. maai says:
    May 13, 2019 at 4:41 am

    Masha Allah…haadha reachey…..??????????????????your are the best best besstt writer….sifakurunthah ves vvvv obi.❤❤❤❤❤❤❤❤❤❤❤❤❤❤??????????????????..vaahka hama habeys…..Ifoo darling when next part….mi story haadha inthixaareh kureveyey…..???????.ehaa rythi vaahka eh geneadheythy ifooo ah bodu kn thanks…???????alhe minnu ge birth day ga aan propose kurinam kihaa shalhi vaane……mi faharu ashara dherava kahala javaabeh nail nudhechey….
    Ifoo how many parts eba oii tha nuninmi…..cant wait …alhe annrh part genessdhyba …lots of love darling..????????????????
    Your big fan maai

    1. ifoo says:
      May 13, 2019 at 4:59 pm

      Maai ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… Knme faharaku thikohlaa colourful Comment thakun ifoo v v v ufaavehje n encourage vey ❤️❤️❤️??????… Thanks a lot dear ???… Ur so sweet ???❤️❤️❤️… Let’s see what happens ???… Exactly I don’t know how much parts left but I will try 60 ah vure gina nukureveythr ???… Much much more loves ❤️❤️❤️?????????…

  17. shau says:
    May 13, 2019 at 4:57 am

    Alheyy! Naail ashraa kaaryga bunaany kykey baa! cant wait to read the next part ❤️❤️❤️ Mi part vs vrh salhi… Keep it up ifoo❤️❤️??

    1. ifoo says:
      May 13, 2019 at 5:07 pm

      Shau ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let see naail keekey thr bunany ???… Much loves dear ❤️❤️❤️?????????…

  18. Noor says:
    May 13, 2019 at 7:45 am

    Vaahaka varah reethi roadhamahu busy Kon ulhemunves vaahaka up kohdheythee varah bodah thank-you?❤?waiting for the next part I love this story??

    1. ifoo says:
      May 13, 2019 at 5:09 pm

      Noor ❤️❤️❤️… Thankyou sooooooooo much for appreciating my hard work ❤️❤️❤️?????????… It means a lot for me ???… Much more loves from ❤️❤️❤️?????????…

  19. Maayu says:
    May 13, 2019 at 8:03 am

    story is awesome ifooo.. Curiously waiting to read the nxt parts.. Lottts and lottss of lurrv and best wishes frm me

    1. ifoo says:
      May 13, 2019 at 5:10 pm

      Maayu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Much more loves from ❤️❤️❤️?????????…

  20. yaaanaa says:
    May 13, 2019 at 9:06 am

    wow ❤❤❤❤ v v v v v v v reeeeeethi mi part vss ??❤❤?? hama buneene ehcheh vss neygi fa mihunaane.. ????????? v v v v furihama ???mashah allah ???? naail dhnn avahah buney ashra kairi loabi vaa vaahaka ????????? next part avahah up kohdhehche ??????? sorry kureege part ah comment eh nukohlevuneema.. e part vss hama v v v v v v v v salhi ?????????????????

  21. yaaanaa says:
    May 13, 2019 at 9:06 am

    wow ❤❤❤❤ v v v v v v v reeeeeethi mi part vss ??❤❤?? hama buneene ehcheh vss neygi fa mihunaane.. ????????? v v v v furihama ???mashah allah ???? naail dhnn avahah buney ashra kairi loabi vaa vaahaka ????????? next part avahah up kohdhehche ??????? sorry kureege part ah comment eh nukohlevuneema.. e part vss hama v v v v v v v v salhi ?????????????????

    1. ifoo says:
      May 13, 2019 at 5:11 pm

      Awwwwnn ❤️❤️❤️???… Yaaanaa ge colourful Comment eh ???❤️❤️❤️… V v v ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????… It’s ok… Baeh faharu ehen vx vaane ???… Much more loves from ❤️❤️❤️?????????…

  22. Mrs. Chocolate says:
    May 13, 2019 at 11:52 am

    Woww.. Haaaadha reeehcheyy ???

    1. ifoo says:
      May 13, 2019 at 5:12 pm

      Awwwwnn ❤️❤️❤️???… Mrs. Chocolate ❤️❤️❤️… V v v ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????..

  23. jiji says:
    May 13, 2019 at 12:05 pm

    Sorry for the late reply dear ???..test in ais varubali vegen othy hama…btw mi part vec v v v rythi inge???❤❤❤???…
    Alhe naail nd ashoo…minnu nd aan ge moments haadha romantic ey dhw…vvv cute ingey emeehun ulhey gooii…nd avahah emeehun gulhuvaba sis???❤❤❤??????❤❤❤??????❤❤❤???…hhehe..I can’t wait to c them together….also sifakohlaafa hurileh v v obi inge…luv u sooooo much darla…Good bless u

    1. ifoo says:
      May 13, 2019 at 5:15 pm

      My dear sweet jiji ❤️ ❤️❤️… V v v ufaavehje ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Thankyou sooooooooo much ❤️❤️❤️?????????… Story kamudhiyaima v v v ufaavehje ingey ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…

  24. Shambbx says:
    May 13, 2019 at 12:56 pm

    Jiji dhoonee hello
    Ifoo vvv habeys luved this one too omg Aan n minnu wow thats my frav.characters I route for them n yuh keehvetha aan n naail ge plan sirru kohlee thi vvv dherave but eyoh loabi vagutheh dhw cake kolheh lehvi time akee
    Kontinu I m by ur side ingey sis love you so much kuriyuh dhey thigothugaa

    1. ifoo says:
      May 13, 2019 at 5:16 pm

      Shambbx ❤️❤️❤️… So happy to see ur comment again ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…

  25. Zuam says:
    May 13, 2019 at 1:19 pm

    ❤️❤️❤️❤️❤️❤️??????

    1. ifoo says:
      May 13, 2019 at 5:18 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much Zuam for the support n love ❤️❤️❤️???????… Much more loves from me ❤️❤️❤️?????????…

  26. noor says:
    May 13, 2019 at 5:11 pm

    naail ah beyikhthiyaaruga ruhihaa vaahakaeh bunevuneema heevanee ashra kaaree hithuge haalath kiyaadheynehen

    1. ifoo says:
      May 14, 2019 at 10:17 am

      Noor ❤️❤️❤️… Let’s see dhw naail kanthah kuraa gotheh ???… Thankyou soooooo much for your opinion ❤️❤️❤️?????????…

  27. Eyna ge girl ? says:
    May 13, 2019 at 8:14 pm

    Mashallah mashallah wowww…. seriously this part also amazing..n mivaru kureh noon igey Hama best?hope next vx mihaa awesome vaane kamah inshallah…love yaaahhh
    Soooooooo much…
    Vaahakaige reethi kamaa medhaku shahkei nehh..keep going dharifulhaaa??

    1. ifoo says:
      May 14, 2019 at 2:02 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much girl ❤️❤️❤️?????????… V v v ufaavehje ???… Girl ge faraathun libey support hama faahaga kohlevey ???… Ur one of the best reader ey buneveynee ???… Luv u too dear ❤️❤️❤️?????????…

  28. @Ikleel says:
    May 13, 2019 at 8:45 pm

    Hey its here again dhw…❤❤????…Ifoo alhe this story is so so so beautiful..❤❤????..Mi part vex vrh vrh vrh reethi…❤❤????…Wow..Minnu and aan so romantic…❤❤????..E dhe kudhin gulhuvaba avahah…❤❤????..Naail keekey baa bunaany..?? …I think nail bunaane mifaharu ash gaathu loabi vaa vaahaka..❤❤????…Lets see what happens dhw..❤❤????….Ur doing amazing job dear..❤❤????..Readers ah takaa thikuraa bura masakkathah vrh bodah thnx dear..❤❤????…Keep it up ..❤❤????..Waiting for next part..❤❤????..Hope next part will be more intresting..❤❤????..And bring it little longer than this …❤❤????.. I will support you always dear..❤❤????..Much loves dear..❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤???

    1. ifoo says:
      May 14, 2019 at 2:04 pm

      Thankyou sooooooooo much ❤️❤️❤️?????????… Let’s see what happens ???…

  29. Sasha says:
    May 14, 2019 at 2:27 am

    Wednesday night is so las ifoo ??? Haadha reethi ey mi vaahaka ❤
    Cant wait hama???

    1. ifoo says:
      May 14, 2019 at 2:06 pm

      Sasha ❤️❤️❤️… Alhey ifoo vx v v v bxy dear ???… N I haven’t start writing yet bxy kamun ???… Bt will try to upload on Wednesday night… Thankyou sooooooooo much dear ❤️❤️❤️?????????… Keep waiting… Much more loves ❤️❤️❤️?????????..

  30. mishal says:
    May 14, 2019 at 7:23 pm

    ifoo plx mirey upp kohbaaa ………….. I can’t wait ……… baeh faharu surprise parts vesss upp kuran vaaneyyyyy dear ……………. anyways story is awesome ehenve hama keiyy nuvaneee keekuraani dho …………… plx avahah upp kohbaaa

    1. ifoo says:
      May 16, 2019 at 3:50 am

      Awwwwnn ❤️❤️❤️???… Mishal ❤️❤️❤️… Ifoo vx aslu v v beynun readers ah surprise eh dheyn but keehkuraany dhw time nuvaathy nueh liyevey ???… I’m so sorry ???… V v v ufaavehje story ah inthizaaru kuraakan ingunyma ???… Now up kohlaifinn ???… Thankyou sooooooooo much Mishal ❤️❤️❤️?????????…

  31. Dhonthee says:
    May 14, 2019 at 10:42 pm

    Alheyy ifoo dear…. i am so sorry for the late comment…
    Aslu test dhuvaskolju veema busy kamun comment nukurevunee aslu?????????????
    Ekamaku mi vaahaka busy koh ulhemunves keemu.?????????
    Comment nukuriyas ifooge vaahakathah dhonthi baraabarah kiyaanan.??????
    Because i love your stories.❤❤??????????
    Dhen buni dhuvahah story up kohdheynekamau dhonthi unmeedhukuran???????
    Take care ifoo…….
    And love you so much❤❤❤❤????????????????????

    1. ifoo says:
      May 16, 2019 at 3:53 am

      Awwwwnn ❤️❤️❤️???… Ur so sweet dhonthee ❤️❤️❤️???… V v v v ufaavehje busy koh ulhemunvx story kiyaalaafa comment eh kohlyma ???… It means a lot for me ???… Thankyou sooooooooo much ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  32. sara says:
    May 14, 2019 at 10:48 pm

    masha allah.. v v v v v v v reethi vaahaka eh miy….
    ifoo v molhu vaahaka liyan….this story is so intresting…..baeh thankolhu thakun rovey goi vx veyyy….anywayss v v v reethi vaahaka eh…adhi mi bai special koh v reethi….avahah up kohdhyba….can’t wait….story is so awesome..

    1. ifoo says:
      May 16, 2019 at 3:55 am

      Awwwwnn ❤️❤️❤️???… V v v v ufaavehje story kamudhiyaima ???… Thankyou sooooooooo much ❤️❤️❤️????????? Sara … It means a lot for me ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…

  33. Reader says:
    May 15, 2019 at 1:02 am

    I’m like 99.9999948383939202% sure Naail nubunaane Kan loabi veyey

    1. Kim Seokjin ? says:
      May 15, 2019 at 8:06 pm

      Dear reader.
      Faharehgai hama nail bunefaane dhw Loabivaa vaahaka. ?????
      But Alhugandah vs bodah hevany nubunaanehen… ?????

    2. Naail says:
      May 15, 2019 at 8:16 pm

      I love u ashraa vvvv loabi veyy …. can’t live without you I LOVE U vvvvv much

    3. ifoo says:
      May 16, 2019 at 3:57 am

      Heheh ???… Let’s see dhw ???… Anything is possible hama ???… N naail aee tha ifoo ge story ge commenting bayahvx ???… Nice to meet you ???…

  34. Naju says:
    May 15, 2019 at 10:38 am

    Just wow ey buneveyny hama ???… Tc bye n lysm ifooo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ifoo says:
      May 16, 2019 at 3:58 am

      Thanks a lot Naju ❤️❤️❤️?????????…

  35. Yohan says:
    May 15, 2019 at 8:10 pm

    Ifoooo ❤❤❤❤❤❤❤❤❤❤❤❤❤❤❤avaha upp kolanchey mirey can’t wait ⚘⚘⚘⚘ ⚘ ⚘⚘⚘love u sooooooooo much ????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ifoo says:
      May 16, 2019 at 4:00 am

      Awwwwnn ❤️❤️❤️???… So sweet of you ❤️❤️❤️???… V v v ufaavehje story reethi ah inthizaaru kuraakan ingunyma ???… Sorry ehaa gina iru inthizaaru kuran jehunyma ???… Thankyou sooooooooo much yohan ❤️❤️❤️?????????… Hope to see ur comment more often ???… Sending more n more loves from me ❤️❤️❤️?????????…

  36. Thoa says:
    May 17, 2019 at 11:08 am

    Vvvvvvv rythi story? Mihathanah kiyunu enme nice eh story??❤❤….vvv like. U r the bst ifu❤❤ masha Allah.

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 54←


All Right Reserved!