ވާލޯބި އެނގޭނަމަ 23

- by - 23- May 13, 2019

އަވްލީން ކައިރީގައި އިން ރާދިންގެ މޫނަށް ބަލައިލިއިރު ރާދިން އިނީ ރީތި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެންނެވެ. އަވްލީން މަޑުމަޑުން އޭނާގެ އަތް ރާދިން ދިއްކޮށްގެން އިން އަތުގެ ތެރެއަށް ލިއެވެ. އަދި މަޑު މަޑުން “ޔެސް” އޭ ބުނެލިއެވެ. ރާދިން އަށް އަވްލީން ބުނި އެއްޗެއް އަޑުއިވުނީ އަވްލީން އާއި އެހާ ކައިރީގައި ހުރުމުންނެވެ. ނަމަވެސް ދުރުގައި ތިބި 3 މީހުންނަށް އަވްލީން ބުން އެއްޗެއް އަޑެއްނީވެއެވެ. ނަމަވެސް ރާދިން ދިއްކޮށްގެން އިން އަރުގެ ތެރެއަށް އަވްލީން އޭނާގެ އަތް ލުމުން ކަންތައް ވެގެން ދިޔަ ގޮތް 3 މީހުންނަށް ފަހުމްވިއެވެ. 3 މީހުންގެ މޫނު މަތީގައިވެސް ވަނީ ހިނިތުންވުމެވެ. އެދެމީހުންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައި 3 މީހުން އެތަނުން ބޭރަށްދިޔައެވެ.

“ކީކޭ؟ އަޑެއް ނީވުނު ތި ބުން އެއްޗެއް.” ރާދިން އަށް އަވްލީން ބުނި އެއްޗެއް އަޑުއިވުނުކަމަކަށް ނުހެދިއެވެ. ރާދިން ބޭނުންވީ އަވްލީން ގާތަށް ކުޑަކޮށް ރުޅިއަރުވާލާށެވެ. ރުޅިއެރުމުން އެމޫނު މައްޗަށް ޖައްސާ ވައްތަރު ރާދިން އަށް ވަރަށް މަޖަލެވެ.

“އަޑުއިވޭނެ މިބުން އެއްޗެއް. އަޑި ނީވެންޏާ ގޮސް ކަންފަތް ސާފުކޮށްގެން….” އަވްލީން އައި ރުޅިމަތީގައި އެއްޗިސް ކިޔާލެވުނީ ވިސްނާލުމެއްވެސް ނެތިއެވެ. ބުނެވުނު އެއްޗެއް އަވްލީން އަށް ފަހުމްވީ އިރުކޮޅެއް ފަހުންނެވެ. އެހެންކަމުން ބުނަން އުޅުނު ޖުމްލަ އެހިސާބުން މެދުކަނޑައިލިއެވެ.

“ސޮރީ އެއީ އެހެން ބުން އެއްޗެއް ނޫން.” އަވްލީން އަށް ބުނާނެ އެހެން އެއްޗެއް ވިސްނުމަކަށްނައެވެ. އެހެންކަމުން ދެއަތް ދެއަތާއި މޮޑެލަމޮޑެލާ ހުރީއެވެ.

އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު ރާދިން އަވްލީންގެ ދެއަތުގައި ހިފާލިއެވެ. އަދި އަވްލީންގެ ދަތްދޮޅިދަށަށް ދެއިނގިލި ލައްވާލަމުން އިސްއުފުލާލިއެވެ.

“އަދި އެއްފަހަރު ތިބުން އެއްޗެއް ބުނެބަަލަ.” ރާދިން އެދެނީ އަދި އެއްފަހަރު ރާދިން ކުރި ސުވާލުގެ ޖަވާބު އަވްލީން ބުނާ އަޑުއަހާށެވެ. އަދި އެދުލުން ރާދިން ދެކެ ލޯބިވާ ވާހަކަ އަޑުއަހާލަން ރާދިން ހުރީ ކެތްމަދުވެފައެވެ. ރާދިންގެ އެގާތްކަމުން އަވްލީންގެ ހިތުގެ ހިނގުން އަވަސްވާގޮތްވިއެވެ.

“ޕްލީޒް ލީން އަދި އެންމެ ފަހަރަކު ބުނެބަލަ.” އަވްލީން އެއްޗެކޭ ނުބުނުމުން ރާދިން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އައި ސެއިޑް ޔެސް އޭ.” އަވްލީން އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ބުނީ ކުރިން ފަހަރު ބުނި ވަރަށް ވުރެ ބާރަށެވެ.

“ކޮން ކަމަކަށް ޔެސް އޭ ބުނީ؟” ރާދިން އަނެއްކާވެސް އަވްލީން އާއި ދިމާކޮށްލިއެވެ.

“އެނގެއެއްނު ނުބުންޏަސް. ތިއެއްނު އެ ސުވާލު އެހި މީހަކީވެސް.” އަވްލީންވެސް ރާދިން އަށް ދޫދޭކަށް ބޭނުމެއްނުވިއެވެ. ދެން އިވިގެން ދިޔައީ ރާދިންގެ މަޑު ހުނުމުގެ އަޑެވެ.

“ލީން އަނެއްކާ އަހަރެން ދެކެ ލޯބި ވޭތަ؟” ރާދިން ދެން ކޮއްލި ސުވާލަކުން އަވްލީން ކޮށިއަރާގޮތްވިއެވެ. ނަމަވެސް އެކަން ރާދިން އަށް ފޮރުވަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ.

“ނުވާނަމަ އިންނަން އެހީމަ އާއެކޭ އެއްނުބުނާނެ އެއްނު.” ސީދާ ލޯބިވާ ވާހަކަ ނުބުންޏަސް ނުސީދާކޮށް އަވްލީން ރާދިން ދެކެ ލޯބިވާކަމަށް އެއްބަސްވިއެވެ. ނަމަވެސް ރާދިން އަށް އެގޮތް ކަމަކު ނުދިޔައެވެ. ރާދިން ބޭނުންވީ އަވްލީންގެ ދުލުން އެހެން ބުނާ އަޑުއަހާށެވެ.

“ނޭނގެދޯ ތިޔެއް ހަމަ ލޯބި ނުވިޔަސް އާއެކޭ ބުނެދާނެ އެއްނު. ދެން ލޯބި ވަންޏާ ލޯބިވާ ވާހަކަވެސް ބުނަންވީއެއްނު. އަހަރެން މިހާރު ލީން ދެކެ ލޯބިވާވަރު ލީން ކައިރީގަ ބުނެއްޖެން ހަމަ ޔަގީނުންވެސް. އަދިވެސް އަޑުއަހަން ބޭނުންވަންޏާ އަދިވެސް ބުނެދާނަން. އައި ލަވް ޔޫ ވަރަށް ލޯބިވޭ ލީން ދެކެ.” އަވްލީންގެ އަތުގައި ބޮސްދެމުން ރާދިން ބުނެލިއެވެ.

“ކޮންމެހެން ނުބުންޏަސް ވެސް ލޯބިވާކަން އެނގުނީމަ އޯކޭ އެއްނު ހަމަ.” އަވްލީން ދެންވެސް ބެލީ އެހެން ނުބުނެވާނެގޮތެއް ވޭތޯއެވެ.

“އެނގުނަސް ނުނިމޭ އަދިއެއް. އަހަރެން ބޭނުން ލީންގެ ދުލުން އެހެން ބުނާ އަޑުއަހަން. އަޅެ ލީން އުފަލެއް ނުވޭތަ އަހަރެން ލީން ދެކެ ލޯބިވާ ވާހަކަ ބުނީމައެއް. ލޯބިވާކަން އެނގުނަސް އެހެންބުނީމަ ހެޕީވެޔެއްނު. އެހެންހަމަ އަހަރެންވެސް ބޭނުން ލީންގެ ދުލުން ލޯބިވާ ވާހަކަ ބުނާ އަޑުއަހަން. ދެން ބުނެބަަލަ ޕްލީޒް ލަވް.” ރާދިން ހުއްޓާނުލާ އާދޭސްކުރަން ފެށުމުން އަވްލީން އަށް ކުރާނެކަމެއް ނޭނގުނެއެވެ. ރާދިން އެބުނީ ދޮގު ވާހަކައެއް ނޫނެވެ. ލޯބިވާކަން އެނގުނަސް އެހެން ބުނާ އަޑުއިވުމުން ހިތްހަމަޖެހުން ލިބެއެވެ.

“ލޯމެރީމަ ބުނާނީ. ލޯމަރާ.” އެންމެ ފަހުން އެހެންގޮތެއް ނެތުމުން ރާދިން ކައިރީގައި ލޯމަރަން އަވްލީން އެދުނެވެ. ބަސްއަހާ ކުޑަ ކުއްޖެއްހެން އަވްލީންގެ ބަހަށް ކިޔަމަންވަމުން ރާދިން އޭނާގެ ދެލޯމަރާލިއެވެ.

ރާދިން ހުރީ ހަމަ އަސްލުވެސް ލޯމަރައިގެންތޯ ޔަގީންކުރުމަށް އަވްލީން ރާދިންގެ ލޯކުރިމަތީގައި އަތް ހޫރާލިއެވެ. ރާދިން ހުރީ ލޯމަރައިގެންކަން ޔަގީންވުމުން އަވްލީން އޭނާ ބުނަން އުޅޭ ވާހަކަ ބުނުމަށް ކުޑަކޮށް ތައްޔާރުވެލިއެވެ. ކިތެއްމެ އާދައިގެ ކުޑަ ކުޑަ ލަފްޒަކަށް ވީ ނަމަވެސް އެހެން ބުނުމަކީ ހާދަ އުނދަގޫކަމެކޭ އަވްލީންގެ ހިތަށް އެރިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެވާހަކަ ބުނަން އަވްލީން އަޒުން ކަނޑައެޅިއެވެ. އަވްލީން ވެސް ރާދިން ކައިރީގައި އޭނާ ރާދިން ދެކެ ލޯބިވާ ވާހަކަ ބުނަން ބޭނުންވެއެވެ. އަވްލީން މަޑުމަޑުން ރާދިންގެ ދެއަތުގައި ހިފާލިއެވެ.

“ރާދިން. އަހަރެންނަށް ފުރަތަމަ ރާދިން ފެނުނު އިރު ރާދިން ދެކެ ލޯބި ވެވިދާނެކަމަކަށް ހިޔެއް ނުކުރަން. އެކަމް އައި ފެލް އިން ލަވް ވިތް ޔޫ. ރާދިން ދެކެ ލޯބި ވެވުނަސް ރާދިންގެ ލޯބި ހާސިލްކުރެވިދާނެކަމަކަށް ހިޔެއްވެސް ނުކުރަން. ރާދިން ކަހަލަ ކުއްޖެއް އަހަރެންނާއި ގުޅޭނެކަމަށް ގަބޫލުނުކުރެވުނީ ހަމަ. ބަޓް މިއަދު އައި ފީލް ލައިކް އައޭމް ދި މޮސްޓް ހެޕިއަސްޓް ޕާސަން އިން ދި ވޯލްޑް. އައި ރިއަލީ ލަވް ޔޫ ރާދިން. އައި ލަވް ޔޫ ސޯމަޗް.” ލަދުވެތިކަން އެއްފަރާތްކޮށްލަމުން އަވްލީން އެންމެ ފަހުން ރާދިން ކައިރީގައި ލޯބިވާކަމަށް ބުންޏެވެ. އަދި ވާހަަކަ ނިންމާލުމަށްފަހު ކުޑަކޮށް ކޮރައިލަމުން ރާދިންގެ ކޮލަށް ލުއިކޮށް ބޮސްދިނެވެ. މިފަދަ ކަަމަކަށް ނުވިސްނާހުރި ރާދިން ދިޔައީ ފާޑަކަށް ސިއްސާގެންނެވެ. އަވްލީން އެފަދަ ކަމެއްކޮށްފާނެކަމަކަށް ރާދިން ހިޔެއްނުކުރެއެވެ. ރާދިން މަޑުމަޑުން ލޯހުޅުވާލިއިރު އަވްލީން ހުރީ މޫނު މަތީގައި އަތްއަޅާގެންނެވެ.

ރާދިންގެ މޫނުމަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ. އަވްލީން އެފަދަ ކަމެއް ކުރުމުން ރާދިން އަދިވެސް ހުރީ ކުޑަކޮށް ޝޮކެއްޖެހިފައެވެ. މަޑުމަޑުން އަވްލީންގެ ލޯމަތީގައި އަޅާފައި އިން އަތް ނެގިއިރު އަވްލީން ހުރީ ދެލޯ ފިއްތާ ބާރުކޮށްލައިގެންނެވެ. ކިތެއްމެ ކެރިގެން ރާދިންގެ ކޮލަށް ބޮސްދިން ނަމަވެސް މިހާރު ރާދިން އާއި ހަތަރުކަޅި ހަމަކުރާން އަވްލީން ހުރީ ލަދުވެތިވެފައެވެ. ހުދު އަވްލީން އަށް ވެސް އޭނާއަށް އެފަދަކަމެއް ކުރަން ކެރިދާނެކަމަކަށް ހިޔެއްނުކުރެއެވެ.

އަވްލީން އާއި ރާދިން ސިއްސާގެން ދިޔައީ މާހިލް މެން އެތެރެއަށް އައިސްވަނުމުންނެވެ. ސިހުނުވަރުން ދެމީހުންނަށް ދުރަށްޖެހިލެވުނެވެ. އަވްލީން މެންނަށް ވީގޮތް ފެނިފައި އެ ހަތަރު މީހުންކައިރިއަށް އައީ ހިންޏެވެ. ނަމަވެސް ހުނުން ކޮންޓްރޯލްކޮށްލީ އަވްލީން މާބޮޑަށް ލަދުގަންނަގޮތް ވުމުންނެވެ.

“ހޫން ދެން ދެލޯބިވެރިން މާނުފޮޅުވާ އާދެބަލަ ކޭކު ފަޅަން. މިހާރު ކޭކު މެލްޓް ވެދާނެ. މިތަނުގެ ޓެމްޕަރޭޗަރ އެހާ މަތީގަވިއްޔާ އުޅެނީ.” މައިރާ އަށް އަވްލީން މެންނާއި ދިމާކޮށްނުލާ ނުހުރެވުނެވެ.

“މި މައި މީ އަނެކަކު. އަބަދު ދައްކާނީ ކޮންމެސް ކާއެއްޗެއްގެ ވާހަކަ. ރީތިކޮށް ބުނެބަ ކޭކު ކާހިތުން ގައި ކަހާ ވަރުންނޭ މިއުޅެނީ.” އަވްލީންވެސް މައިރާ އަށް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“އާން ދެން ތިދެމީހުން ހަނގުރާމައެއްނުފަށާ އަވަހަށް ކޭކު ފަޅަން އުޅެބަލަ. މަށަކަށް ނޭނގެ މައި ގެ ގޮތެއް އެކަމް މަ މިހުރީ ކޭކު ކާހިތުން މޮޔަވާވަރުވެފަ. ތިކޭކު ފެނުނު ފަހުން އެހެން އެއްޗަކާ ދޭތެރޭ ނުވިސްނޭ.” މައިރާ އާއި އަވްލީންގެ ވާހަކަ ނެދުކަނޑާލަމުން މާހިލް ބުނެލި އެއްޗަކުން އެންމެން އެއްފަހަރާ ހޭންފެށިއެވެ.

ކޭކު ފެޅުމަށްފަހު ހުރިހާ އެންމެން އެކީގައި ރޭގަނޑުގެ ކެއުމަށް އިންސާފުދިނުމަށްފަހު ބޭރަށް ނިކުތީ އަވްލީން މެން ގެޔަށް ގެންދިއުމަށެވެ.

“ޒިން. މިރޭގަ އަހަރެން ލީން ގެއަށް ގެންގޮސްދޭނަން. ރާހް ގެންގޮސްދޭނަންދޯ ޒިން އެގެއަށް.” ގޯތީގެ ދޮރޯށިން ނުކުންނަމުން ރާދިން އެދުނީ އަވްލީން އޭނާ އާއި އެއްކޮށް ގެއަށްދިއުމަށެވެ.

“އޯކޭ ދޮންތަބޭ. ދެން ދޮންތަބެ ބުނީމަ ޖެހޭނީ އެއްބަސްވާކަށްނު ދޯ.” ރާހިލް މެންނަށް ދޯދެމުން މާޒިންވެސް ރާދިން މެންނާއި ދިމާކޮށްލިއެވެ.

ރާދިންގެ އެދުމުގެ މަތިން އަވްލީން ރާދިންގެ ސައިކަލު ފަހަތަށް އެރިއެވެ. އޭރު މާހިލްގެ ސައިކަލު ފަހަތަށް މައިރާ އަރައި އިނެވެ. ރާހިލް އާއި މާޒިން ދިޔައީ ރާހިލްގެ ސައިކަލުގައެވެ.

އަވްލީން ގެއަށް ގެންދިއުމުގެ ބަދަލުގައި ރާދިން އަވްލީން ގޮވައިގެން މާލެވަށައި ބުރެއްޖެހިއެވެ. އަދި މާލަސްވާންފެށުމުން އަވްލީންމެން ގެއާއި ދިމާއަށް ދިޔައީ އަވްލީން ލަހުން ގެއަށް ގޮސްފިނަމަ ޔާސިރާ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. އެހެން ނޫނަސް މާޒިން ވެސް މިހާރު އަވްލީން ގެއަށް ނައިސްގެން ގުޅައިފިއެވެ. ސައިކަލު އަވްލީން މެން އުޅޭ ގޭގެ ކުރިމައްޗަށް ޕާކުކޮށްލުމުން އަވްލީން ސައިކަލުން ފެއިބިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަންތަނާ ރާދިން އަވްލީންގެ އަތުގައި ހިފައި ކުޑަކޮށް ދަމައިލިއެވެ.

“ގުޑް ނައިޓް ކިސް އެއްނުދޭނަންތަ؟” އަވްލީންގެ މޫނަށް ބަލައިލަމުން ރާދިން ބުނެލިއެއްޗަކުން އަވްލީން ލަދުން އިސްޖަހާލިއެވެ. އަވްލީން ލަދުގަންތަން ފެނިފައި ރާދިން ކުޑަކޮށް ހީލިއެވެ. އަދި އަވްލީންގެ ކޮލުގައި ލުއިކޮށް ބޮސްދިނުމަށްފަހު ރޭގަނޑުގެ ސަލާމް ކިޔެވެ. އަދި ލޯބިވާ ވާހަކަވެސް ބުންޏެވެ. ޖަވާބުގައި އަވްލީން ވެސް ރޭގަނޑުގެ ސަލާމް ކިޔުމަށްފަހު އަނެއްކާވެސް ދާން އުޅުމުން ރާދިން އަވްލީންގެ އަތުގައި ހިފޭއްޓިއެވެ.

“ކިސް އެއް ނުދިނަސް ލަވް ޔު އޭ ބުނެވޭނެ އެއްނު. ލަވް ޔޫ އޭ ނުބުނަނިސް އަތަކުން ދުލެއް ނުކުރާނަން.” ރާދިން މިފަހަރު އެދުނު އެދުމާއި ދެކޮޅު ހަދާކަށް އަވްލީން އަކަށް ނުކެރުނެވެ. އެހެންކަމުން ލަވް ޔޫ ޓޫ އޭ ބުނުމަށްފަހު ރާދިންގެ އަތުތެރެއިން ވީއްލިގަތުމަށްފަހު އެތެރެއަށް ވަންނަން ދުއްވައިގަތެވެ. އަވްލީން އެތެރެއަށް ވަނުމުން ރާދިންވެސް އޭނާގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.

ގޭތެރެއަށް ވަދެގެންއައި އަވްލީންގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. މިރެއަކީ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއްރެޔެކޭ އަވްލީންގެ ހިތަށް އެރިއެވެ. ދުވަހަކުވެސް މިހާ ފުރިހަމަ އުފަންދުވަހުގެ ހަދިޔާއެއް އަވްލީން އަކަށް ނުލިބެއެވެ. އަވްލީން އެތެރެއަށް ވަދެގެންއައި އިރު މާޒިން ސޯފާގައި އޮތެވެ. އަވްލީންގެ އެކްސިޑެންޓަށް ފަހު އަވްލީންގެ ކަންކަމުގައި މާޒިން އަށް ކުރިއަށް ވުރެއްވެސް ބޮޑަށް ވިސްނެއެވެ. އެހެންކަމުން އަވްލީން އަންނަންދެން ނުނިދާ ސޯފާގައި އޮތީ އަވްލީން ގެއަށް އައިކަން ޔަގީންކުރުމަށްފަހު ނޫނީ ނުނިދުމަށެވެ. ސޯފާގައި އޮތް މާޒިން ފެނުމުން އަވްލީން ކުޑަކޮށް ހައިރާންވިއެވެ. މިހާ ލަސްވި އިރުވެސް މާޒިން ނުނިދާ އެއޮތީ ކީއްވެބާއޭ އަވްލީންގެ ހިތަށް އެރިއެވެ. މާޒިން އޮފީހަށް ދާންޖެހޭތީ އާންމުކޮށް އަވަހަށް ނިދައެވެ.

“ޒިން ކީއްވެ މިތާ ތިއޮތީ ނުނިދާ؟” މާޒިން ކައިރީގައި އިށީންނަމުން އަވްލީން އަހާލިއެވެ.

“މިދެން ދޮންތަ ގެއަށް އައީމަ ނިދަންކަމަށް އޮތީ ހަމަ.” އަވްލީންގެ އަޑުއިވުމުން މާޒިން ސޯފާއިން ތެދުވެ ރީއްޗަށް އިށީނެވެ.

“ދޮންތަ ގެއަށް އަންނަންދެން ނުނިދާ އޮންނަން ދޮންތަ މީ ކުޑަކުއްޖެއްތަ؟ އިފް ޔޫ ޑޯންޓް ރިމެންބަރ ޒިން އޭ ކުޑައީ ދެމީހުންގެ ތެރެއިން ކާފަ ހެދޭކަށް.” އަވްލީން ހީލަމުން މާޒިންއަށް ޖަވާބު ދިނެވެ.

“އޯކޭ އެނގެއޭ ދޮންތަކަން ބޮޑީ. އެކަމްވެސް ފިރިހެން ކުއްޖަކަށް ވީމަ އަހަރެން ޖެހޭނެ އެއްނު އަހަރެންގެ ލޯބިވާ ދޮންތައަށް ރަނގަޅަށް ބަލާން. އަހަރެން ބޭނުމެއް ނޫން ކުރިން ވީކަހަލަ އެކްސިޑެންޓެއް އަލުން ވާކަށް. އަސްލު ތެދަށް ބުނަންޏާ އެ އެކްސިޑެންޓަށް ފަހު އަހަރެންނަށް ވަރަށް ދޮންތަ އާއި ދޭތެރޭ ވިސްނޭ އަލުން އެކަހަލަ ކަމެއްވެދާނެތީ. އެހެންވެ ދޮންތަ ސަލާމަތުން ގެއަށް އައިކަން ޔަގީނަކޮށްފަ ނޫނީ ނުނިދަންވެގެން މިއޮތީ.” މާޒިން އޭނާ އަސްލު ނުނިދާ އަވްލީން އަންނަންދެން އޮތް ސަބަބު ހާމަކުރިއެވެ. މާޒިން އަވްލީން އާއި ދޭތެރޭގައި ވިސްނާ މިންވަރު އެނގިފައި އަވްލީން ވަރަށް އުފާވިއެވެ. މާޒިން ކަހަލަ ކޮއްކޮ އެއް ލިބޭނީ ނަސީބުރެވިއަކަށޭ އަވްލީންގެ ހިތަށް އެރިއެވެ. ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުންނަށް ނުވި ނަމަވެސް މާޒިން އެކަމާ ހެދި އަވްލީން ދެކެ ރުޅިއެއް ނާދެއެވެ.

“ވަަރަށް ހެޕީ ވެއްޖެ ޒިން ދޮންތައާ ދޭތެރޭ ތިވަރަށް ވިސްނާކަން އެނގުނީމަ. އެކަމް ޑޯންޓް ވޮރީ އިނގޭ ދޮންތަ ވެސް ދެން ބަލައިގެންނޭ އުޅޭނީ. ދެން އަވަހަށްދޭ ނިދަން. މާދަން އޮފީހަށްވެސް ދާންޖެހޭނެ އެއްނު. ދޮންތަ ވެސް މިދަނީ ނިދާންދެން.” އަވްލީން މާޒިންގެ ބޮލުގައި ފިރުމައިލަމުން ލޯތްބާއެކު ބުނެލިއެވެ. މާޒިންވެސް އަވްލީންގެ ބަސް ގަބޫލުކޮށްގެން ތެދެވެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. މާޒިން ކޮޓަރިއަށް ވަނުމުން އަވްލީންެވެސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަވްލީންވެސް ހުރީ އަރާމުކޮށްލަން ބޭނުންވެފައެވެ. އަވްލީން ކޮޓަރިއަށް ވަދެ ފޯނު ބަލައިލިއިރު ރާދިންގެ މިސް ކޯލެއް އިނެވެ. އަދި އޭގެ އިތުރަށް ދެ މެސެޖެއްވެސް އިނެވެ. ރާދިންގެ މެސެޖަށް ރިޕްލައިއެއް ދިނުމަށްފަހު އަވްލީން ފާހަނައަށް ވަނީ ތާޒާވެލަން ބޭނުންވެފައި ހުރުމުންނެވެ.

ކޮޓަރީގެ އެނދުމަތީގައި އޮތް ރާދިން އޮތީ އަވްލީންގެ މެސެޖެއްގެ އިންތިޒާރުގައެވެ. ރާދިން ގުޅުމުން އަވްލީން ފޯނު ނުނެގުމުން ރާދިން ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން ފޯނުނުނެގުނީކަމަށް ހީކޮށް މެސެޖެއް ކޮށްލީއެވެ. ފޯނަށް ބަލަން އޮތް ރާދިންގެ މޫނުމަތި އުޖާލާވެގެން ދިޔައީ އަވްލީންގެ މެސެޖެއް ލިބުމުންނެވެ. މާޒިން އާއި ވާހަކަ ދައްކަން އިނުމުން ފޯނަށް ޖަވާބު ނެދެވުނީކަމަށާއި އަދި ތާޒާވެލައިގެން އައިސް ވާހަކަ ދައްކާނެކަމަށް ބުނެފައި އިނެވެ. ޖަވާބުގައި ވެއިޓިން ފޯ ޔުއަ މެސެޖް އޭ ޖެހުމަށްފަހު ފޮނުވާލިއެވެ. އަދި މެސެޖު ބައިން ބޭރުވުމަށްފަހު ފޯނުގެ ގެލެރީ ހުޅުވާލިއެވެ. އަދި ކުރިން އަވްލީން އާއި ރާދިން އެކުގައި ނަގައިފައި ހުރި ފޮޓޯތަކެއް ހުރި ފޯލްޑަރެއް ހުޅުވިއެވެ. ދެމީހުން އެކުގައި ހުރި ފޮޓޯތައް ހުރި ނަމަވެސް އޭގައި ގިނައީ އަވްލީންގެ ވަކިން ހުރި ފޮޓޯއެވެ. އަވްލީން އަށް ނޭނގިވެސް ރާދިން ނަގާފައިހުރި ވަރަށް ބައިވަރު ފޮޓޯ އޭގައި ހުއްޓެވެ. އެއްވެސް ފޫހިކަމެއްނެތި ރާދިން އެ ފޮޓޯތައް ބަލަމުން ދިޔައެވެ. ކިތެއްމެ ވަރަކަށް ބެލި ނަމަވެސް ރާދިން ފޫއްސެއްނުވާނެއެވެ.

ފާހަނައިން ނިކުން އަވްލީން ލޯގަނޑު ކައިރިއަށް ޖެހިލުމަށްފަހު އަތުގަ އާއި ފައިގައި ލޯޝަން ކޮޅެއް ލުމަށްފަހު ދޫކޮށް ބޯއައްސާލަމުން ފޯނު ހިފައިގެން އެނދަށް އެރިއެވެ. އަދި “ހައި” ޖަހައިފައި ރާދިން އަށް މެސެޖެއް ފޮނުވާލިއެވެ.

އަވްލީންެގެ މެސެޖު ލިބުމުން ރާދިން އަވްލީންގެ ފޯނަށް ގުޅާލިއެވެ. އެއް ރިންގުން އަވްލީން ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.

“ހާދަ އަވަހަށް ފޯނު ތިނެގީ. ގުޅާނެ އިރެއްގެ އިންތިޒާރުގަދޯ ތި އޮތީ ހަމަ؟” ރާދިން ކުޑަކޮށް އަވްލީން އާއި ދިމާކޮށްލިއެވެ.

“ދެން ރާދް.” އަވްލީން އަށް ބުނާނެ އެހެން އެއްޗެއް ނުވިސްނުނެވެ. ދެން އިިވިގެން ދިޔައީ ރާދިންގެ ހުނުމުގެ އަޑެވެ. ދެމީހުން އެތައް އިރެއްވަންދެން އެކި ވާހަކަ ދައްކަން ތިބުމަށްފަހު ފޯނު ބޭއްވީ އަވްލީން މާބޮޑަށް ނިދި އަންނަކަމަށް ބުނުމުންނެވެ.

*********************************************************************************************************

ހޮސްޕިޓަލަށް ވަދެގެން އައި ރާދިންގެ މޫނުމަތީގައި ވަނީ އެހެން ދުވަސްތަކާއި ހިލާފަށް ހިނިތުންވުމެކެވެ. މިކަން ހޮސްޕިޓަލުގައި ތިބި ހުރިހާ އެންމެންހެން ފާހަގަކުރިއެވެ. އެހާދުވަސް ފަހުން ރާދިން އުފާވެފައި ހުރި ތަން ފެނުމުން އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. ރާދިން އޭނާގެ ކެބިން އަށް ވަން އިރު މާހިލް އާއި ރާހިލް އެތާގައި ތިއްބެވެ. ރާދިން ފެނުމުން ދެމީހުން ތެދުވިގޮތުން ހީވީ ރާދިން ނައިސްގެން ލަސްވެފައި ތިބި ހެންނެވެ. އެދެމީހުން ތިބިގޮތް ފެނުމުން ރާދިން ގާތަށް އައީ ހިންޏެވެ.

“ބަލަ ދެމީހުން ފާޑަކަށް ބަލަން ތިތިބެނީ މަމީ އަލަށް ފެނުނު މީހަކަށް ވީމަތަ؟ ކީއްކުރަން އެރިއިރާއެކު މިތަނަށް އައިސްތިތިބީ؟” ރާދިން އޭނާގެ ގޮނޑީގައި ހަމަޖެހިލަމުން މާހިލް އާއި ރާހިލް އަށް ސުވާލުކޮށްލިއެވެ.

“މިހާރު ދެން އަހަރެމެންނަށް މި ކެބިންއަށް ވެސް ވަދެވެން ނެތީތަ؟ ލީން ނުލިބިގެން އުޅުނުއިރު ލީން ހޯދާނެގޮތެއް ހޯދަން އައިސް ރޮއީ އަހަރެމެން ކައިރީގައިކަން އެހާ އަވަހަށް ހަނދާން ނެތުނީދޯ؟ އާން ދެން މިހާރު ލީން ލިބުނީމަ އަހަރެމެން މަތިން ހަނދާނެއް ނުހުންނާނެއެއްނު.” ރާދިން އަށް ރައްދުދެމުން މާހިލް އޭނާގެ ދުލަށް އައި އެއްޗެއް ކިއެވެ.

“އާން ދެން ބޭނުން ފުދުނީމަ ކީއްކުރަން ދެން ތިމީހުން ބޭނުންވާނީ. އަހަރެން ބޭނުންވާ ކަންތައްވެއްޖެ.” މާހިލްގެ ވާހަކަ އަޑުއަހައިފައި ރާދިން ކައިރިއަށް ހިނިއައި ނަމަވެސް އެކަން ފޮރުވަމުން މާހިލް އާއި ދިމާކޮށްލިއެވެ.

“ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ދޯ މީ.” މާހިލް ޗޮކެއްކަނޑައިލަމުން ބުނެލިއެވެ. ރާދިން އެކޭ އެއްގޮތަށް ރާހިލް ވެސް އިނީ ހިނިއައިސްގެން ފަޅައިގެންދާވަރުވެފައެވެ. ރާދިން އެހެން ބުނީ މާހިލް އާއި ދިމާކުރުމަށްކަން ރާހިލް އަށް ހަމަ ރަނގަޅަށް އެނގެއެވެ. އެންމެ ފަހުން ރާހިލް އަށް ނީނދެވިގެން ބާރަށް ހޭންފެށިއެވެ. ރާހިލް އާއި ބައިވަމުން ރާދިންވެސް ހޭން ފެށިއެވެ. އެދެމީހުން މާވަރަކަށް ހޭތީ މާހިލް ގާތަށް ކުޑަކޮށް ރުޅި އަންނަގޮތް ވިއެވެ.

“ދެމީހުން ބައިވެގެންދޯ މިއުޅެނީ. ތިބޭ ދެމީހުން ހޭން މަ މިދަނީ މިތަނުން ދާން.” މާހިލް ރުޅި އައިސްފައި އިށީންދެގެން އިން ތަނުން ތެދުވެގެން ދާން ހިނގައިގަތެވެ.

“ސާބަސް މާހް އަށް. ބަލަ ރާދް އެހެން ބުނީ މާހް އަށް ޖެއްސުމަށޭ. މާހް އަށް އެހުރިހާ އެއްޗެއް ކީއިރުވެސް އެނގޭނެ ރާދް އެހެން ކަންތައް ނުކުރާނެކަން.” މާހިލް ހުއްޓުވަމުން ރާހިލް އޭނައަށް ވިސްނާދިނެވެ.

“ރާދް ދެން ކުރިއަށް ކިހިނެތް ކަންތައްކުރަން ތި ވިސްނަނީ؟ މިބުނީ ލީން އަށް ކުރީގެ އެއްވެސް ކަމެއް ހަނދާންނެތްއިރު ކިހިނެތް ދެން ކަންތައް ކުރާނީ؟ ނޫނީ ލީން އަށް ހުރިހާ ކަމެއް ހަނދާނަށް އައިއްސިއްޔާ އޯ؟” ރާހިލް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުންދާ ސުވާލުތައް ރާދިން އާއި ކުރިއެވެ.

“އަހަރެން ބޭނުމެއް ނޫން ގަދަކަމުން ލީން އަށް އެހުރިހާ ކަމެއް ހަނދާންކޮށްދޭކަށް. އިޓްސް ނޮޓް ގުޑް ފޯ ހަރ ހެލްތް. ވަގުތާ އެއްކޮށް ލީން އަށް ހުރިހާ ކަމެއް ހަނދާނަށް އައިއްސިއްޔާ ލީން ނިންމާ ގޮތަކަށް އަހަރެން އެއްބަސްވާނަން ލީންގެ ނިންމުމަށް އަހަރެން އިޙްތިރާމްކުރާނަން. އެކަމް ލީން އަށް ހުރިހާ ކަމެއް ހަނދާނަށް އަންނަންދެނޭ ކިޔާފަ އަހަރެން ބޭނުމެއްނޫން ދެން އިތުރަށް މަޑުކުރާކަށް. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަށް ލީން އަހަރެންގެ ހައްގަކަށް ހަދަން ލީން އާއި ކައިވެނިކުރަން. ކުރިން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެފަ އޮތަސް ހަގީގަތަކީ އަހަރެން ލޯބިވަނީ ހަމައެކަނި ލީން ދެކެކަން. އެހެންވެ އިތުރަށްދެން މަޑުކުރުމުގެ ބޭނުމެއްނެތެއްނު.” ރާދިން އޭނާގެ ވިސްނުން ހުރިގޮތް ރާހިލް މެންނާއި ހިއްސާކުރިއެވެ. ރާދިން އެބުނީ މުޅިން ގޯސް ވާހަކައެއްވެސް ނޫނެވެ. ކުރިން ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް މިއަދުގެ ހަގީގަތަކީ ރާދިން އާއި އަވްލީން އަދިވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާކަމެވެ.

“ކޫލް. އެބަ އޮތް ސަޅި ހިޔާލެއް. ހިނގާ ދެމީހުން އެއްކޮށް މެރީ ކުރަން. ލީން އާއި މައި ވެސް ވަރަށް ހެޕީ ވާނެ އެއްނު ދެމީހުންގެ ވެޑިން އެއްކޮށް ކުރެވެންޏާ. މަށާ މައި އާއި ދެމީހުންގެ ފެމެލީ މީހުންވެސް ބޭނުންވަނީ ރައްޓެހިވެގެން މާގިނަ ދުވަހު ނުތިބެ އަވަހަށް މެރީކުރަން. ސޯ ރާދް ކީކޭ ބުނަނީ މިކަމަށް.” މާހިލް ވަރަށް ފޯރީގައި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ރާދިން އަށް ވެސް މާހިލްގެ ހިޔާލު ވަރަށް ކަމުދިޔައެވެ. އެހެންކަމުން ރާދިން ވެސް މާހިލްގެ ހިޔާލަށް ތާއީދުކުރިއެވެ.

“ދެން މިހާރު ރާހް އެކަނިދޯ ސިންގަލްކޮށް މިހުރީ. ޑޯންޓް ވޮރީ ރާހް އަހަރެމެން ދެމީހުން މިތިބީއެއްނު. އަހަރެމެން ރާހް އަށް ސަޅި ބިޓެއް ހޯދަދޭނަން ދޯ މާހް.” ރާދިން ރާހިލް އާއި ދިމާކޮށްލަމުން ބުނެލިއެވެ.

“ހޫން ތިދެމީހުން ހެޔޮ ކޮންމެހެން މަށަށް އިންނާނެ ކުދިން ހޯދަނުދިނަސް. އަހަރެން ކުއްޖަކާ އިންނަން ބޭނުންވީމަ އަމިއްލައަށް ކުއްޖެއް ހޯދާނަން ތިދެމީހުން އެކަމާ ވިސްނާނެކަމެއްނެތް.” ރާދިން އަށް ރައްދުދެމުން ރާހިލް ބުނެލިއެވެ.

*********************************************************************************************************

ހަވީރުގެ ހިތްގައިމު ވަގުުތުގައި ރާދިން އާއި އަވްލީން ތިބީ ރަސްރަނި ބަގީޗާގެ ބެންޗެއްގައި އިށީންދެގެންނެވެ. ދެމީހުންނާއި އެއްކޮށް މާހިލް އާއި މައިރާގެ އިތުރުން މާޒިން އާއި ރާހިލް ވެސް އެތަނަށް އައި ނަަމަވެސް ރާދިން މެން ވަކިން ވާހަކަ ދައްކާލަން ބޭނުންވުމުން އެހެން މީހުން ވަނީ އެެހެން ދިމާއަކަށް ގޮސްއެވެ.

“ލީން އަހަރެން ބޭނުމެއް ނޫން ރައްޓަހިވެގެން މާގިނަ ދުވަހު އުޅޭކަށް. އެއީ ދެން އަސްލު މާ ރަނގަޅު ގޮތެއްވެސް ނޫނެއްނުދޯ. އަހަރެމެން ދެމީހުންގެ ފެމެލީ މީހުން އޯކޭ ވަންޏާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކާ މެރީ ކުރަން. ލީން ކީކޭ ބުނަނީ މިކަމަށް؟” ރާދިން އޭނާ ދައްކަން ބޭނުންވާ ވާހަކަ އަވްލީން ކައިރީގައި ބުންޏެވެ.

“އަހަރެންވެސް ބޭނުމެއްނުވޭ ރައްޓެހިވެގެން އެހާ ގިނަ ދުވަހު އުޅޭކަށް. އެހެން ނޫނީ ކޮންމެވެސް އެހެން ކުއްޖެއް އަހަރެން އަތުން ރާދް އަތުލަފާނެއެއްނު. އެކަމް ފެމެލީ މީހުން އޯކޭ ނުވަންޏާ މެރީ ކުރާކަށް ބޭނުމެއް ނޫން. ފެމެލީ މީހުން އޯކޭ ވަންޏާ މެރީ ކުރަނީ.” އަވްލީން އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.

ރާދިންގެ ސިކުނޑީގައި ” އެހެން ނޫނީ ކޮންމެވެސް އެހެން ކުއްޖެއް އަހަރެން އަތުން ރާދް އަތުލަފާނެއެއްނު” މި ޖުމްލަ ހަރުލިއެވެ. ކިތެއްމެ ހަނދާންކުރަން ބޭނުން ނުވިޔަސް އެޖުމްލަ އަޑުއިވުމުން ރާދިން އަށް އަންޖަލް މަތިން ހަނދާންވިއެވެ. އަންޖަލް ރާދިން އާއި އަވްލީން އާއި ދެމީހުން ދުރުކުރުވި ގޮތެވެ. ނަމަވެސް މިފަހަރު އެއްވެސް އަންޖަލް އަކަށް އަވްލީން އާއި ރާދިންގެ ދެމެދަށް ވަނުމުގެ ފުރުސަތެއް ރާދިން އެއް ނުދޭނެއެވެ.

“ކިހިނެތްވީ ރާދް؟ ރުޅިއައީތަ އަނެއްކާ؟” ރާދިން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އަވްލީން ހީކުރީ އަވްލީން ބުން އެއްޗަކުން ރާދިން ހިތްހަމަނުޖެހުނީކަމަށެެވެ.

“ނޫން އަހަރެން ލީން ދެކެ ރުޅިއެއް ނާއްނާނެއެއްނު ދެން. އެންޑް އެއްވެސް މީހަކަށް އަހަރެމެން ދެމީހުންގެ ދެމެދަކަށް ނުވަދެވޭނެ. ފެމެލީ މީހުންވެސް އޯކޭ ވާނެ.” ރާދިން އަވްލީންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.

= ނުނިމޭ =

23

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Vaahaka reethi ekam Varah mistake ebahuri. Check kohlaafa fonuvun muhinmu. Eg: ehthankolhehga maaginain 3 meehun beynun kurin, buni ge badhaluga bun beynunkohfa hurun etc.

    ⚠Report!
  2. Dear haadha lasvy mi part🙁..btw mi part vec vvvv rythi inge❤🧡💛…kon irakun next up kurany🖤🥰🥀✨🤩….Avahah up kurahche😘🙂….Can’t wait to c wats gonna be happen next..ly soooo much dearr

    ⚠Report!
  3. kn irakun dhen next part up kohladheyny…..cant wait to read next part……avahah up kohladhehchey…….story vvvvvv rythi…

    ⚠Report!

Leave a Reply

Your email address will not be published.