Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ސާދަވަނަބައި)

InaaSh Level 210 Stories100 Comments
May 13, 2019 3 Mins Read
14 Comments

ނައިލްގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން އައިސް ނައިލްގެ ކޯތާފަތްމަތިން ފިރުކިފައި ތިރިއަށް ފައިބައިގެން ދިޔައީ ހިމޭންކަމާއިއެކީގައެވެ. ނައިލްގެ ދިރިއުޅުން ހީވެސް ނުކުރާ ގޮތަކަށް ބަދަލު ވެގެން މި ދިޔައީ ހަމަ ކުއްލިއަކަށެވެ. ދެން އާރަވް ނައިލްއަށް ދުވަހަކުވެސް މާފް ނުކުރާނެ ހެން ހީވުމުން ނައިލްއަށް މާ ބޮޑަށްރޮވޭ ގޮތްވީ އެއީ ނައިލްއެއްވެސް ގޮތަކަށް ވާން ބޭނުން ގޮތެއްނޫންވީމައެވެ. ނައިލް ޖެހިލުންވެ ހުރެ އާރަވްއަށް ގޮވައިލިއެވެ.
”ރާ…..ރާވް……”
ނައިލް އާރަވްގެ ކޮޑުމަތީގައި އަތް ބާއްވައިލީ ޖެހިލުންވެފައި ހުރެއެވެ. ނަމަވެސް އާރަވް ނައިލްގެ އަތް ފޮޅުވައިލީ ނުރުހުންވެ އިނދެއެވެ.
”އަހަރެން ގައި އަތް ނުލާތި؟…..ތީ ދެން އަހަންނަށް އެއްވެސް މީހެއްނޫން……އިނގިއްޖެތަ؟… އަހަރެންގެ ހުރިހާ ކަމެއް އިނގިހުރެ ނައިލް ތިހިރީ އަހަރެންނާ ދޭތެރޭގަ ކަންތައް ކުރި ގޮތް……ތީ އެކަމް އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެއް ނޫންތަ؟……ނޫނިއްޔާ އެއީ ވެސް ހުސް ދެއްކުންތެރިކަންތަ؟……އޭން ނައިލް؟…..އަހަންނަށް އަދި ކިރިޔާ ނައިލްގެ އަސްލު ގޮތް މި އިނގުނީ…..ބަޓް އިޓްސް ޓޫ ލޭޓް….ތާރާ މިދުނިޔެ އެދޫކުރީ ނައިލްއާ ހެދި……ހަމަ ނައިލްއާ ހެދި….ނައިލް ގަސްދުގަ ތާރާ މަރާލީ….އަހަރެން ދުވަހަކުވެސް ނައިލްއަށް މާފެއްނުކުރާނަން…….ދުވަހަކުވެސް ނުކުރާނަން…”
އާރަވް ތާރާގެ ހަށިގަނޑުގައި ހިފައިގެން އިނދެ ރޮމުން ދިޔައިރު ހީވަނީ މޮޔައެއްހެންނެވެ. ނައިލްއަށް އިތުރަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ތާރާގެ މަރު އެއީ އެކްސިޑެންޓެއް ކަމުގައި ވިއަސް ވެސް ނައިލްއަށް އަމިއްލަ ނަފްސް ކުއްވެރި ކުރެވުނެވެ. ހަމަ ކުއްލިއަކަށް މިވީ ގޮތަކުން ނައިލްގެ ދިރިއުޅުން މުޅިން ބަދަލުވެގެން ހިގައްޖެއެވެ. ނައިލްގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ބުނާނެހާ ހިތްވަރެއް ނައިލްގެ ދެންނެތެވެ.
”ތާރާ ލޯ ހުޅުވަބަލަ….އަހަރެންގެ ތާރާ މަރެއްނުވާނެ…..ތާރާ ތެދުވެބަލަ…..ތާރާ….ތާރާ…..”
އާރަވް ކުއްލިއަކަށް ބޮލުގައި އަތްޖަހަމުން ހަޅޭއްލަވައިގަތެވެ. ނައިލް ބަލާލިއިރުގައި އާރަވްގެ ހަބަރު ހުސްވެގެން ވެއްޓެނީއެވެ. ނައިލް އަވަސް އަވަހަށް ގޮސް އާރަވްގާތުގައި މަޑުކުރަމުން އެންބިއުލާންސް އަކަށް އަދި ޕޮލިހަށް ގުޅާ ވެގެންއުޅޭގޮތް ކިޔާދިނެވެ. އަދި ނިޝާއަށް ވެސް ގުޅާ ވެގެން އުޅޭގޮތް ކިޔާދެމުން އެތަނަށް އައުމަށް ބުނެލިއިރުގައި ހިތް ތެޅެމުން ދިޔައީ ނިކަންބާރަށެވެ. ނައިލް ގޮސް އާރަވްގާތުގައި އިށީންނަމުން އާރަވް ހޭ އަރާތޯ މަސައްކަތް ކޮށްކޮށް ވެސް އެކަން ކާމިޔާބުވާގޮތެއްނުވިއެވެ.
”އަމް ސޯ ސޮރީ ރާވް……އަމް ސޯ ސޮރީ….”
ނައިލް މަޑުމަޑުން ބުނެލިއެވެ. އެމްބިއުލާސް އަދި ޕޮލިސްގެ ވެހިކަލް އެތަނަށް އައީ ދާދި އެކުއެކީގައެވެ. ނައިލް ކަންހިނގި ގޮތް އެންމެ ތަންކޮޅެއްވެސް އުނި ނުކޮށް ޕޮލިހުންނަށް ކިޔާދިނެވެ. ޕޮލިހުން އިތުރު ތަހުގީގުތަށް ކުރިއަށް ގެންދިޔައިރުގައި އާރަވް ހޮސްޕިޓަލަށް ގެންދެވުނީ ފަރުވާ ދިނުމަށްޓަކައެވެ. ނައިލްވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް ތަހްގީގު ކުރިއަށް ދިޔައިރުގައި ނިޝާ އަދި އަނިލްވެސް ތިބީ އެތާގައެވެ. ގިނައިރުތަކެއްނުވެ ތާރާގެ މައިންބަފައިންވެސް އެތަނަށް އަތުވެއްޖެއެވެ. ތާރާގެ މަރުގެ ހަބަރު ވެގެން ދިޔައީ އެމުޅި އާއިލާއަށް ވެސް ލިބުނު އެންމެ ހިތާމަ ވެރިހަބަރަށެވެ. ތާރާގެ މައިންބަފައިންގެ ފަރާތުން އިނގުނު ގޮތުގައި ތާރާއަށް ވަނީ މެންޓަލް ޑިސްއޯޑަރ ޖެހިފައެވެ. ތާރާ ކުއްލި ކުއްލިއަށް ރުޅިއައުމާ އެހާ އަވަސް އަވަހަށް މޫޑުބަދަލުވުން އެއީ އެބަލީގެ ސަބަބުން ވާ ކަމެއްކަން ނައިލްއަށް މި އިނގުނީ އަދިކިރިޔާއެވެ. ނަމަވެސް ދެން އިތުރަށް ކުރާނެ ކަމެއްނެތެވެ. އާރަވް ވެސް ހޭއެރިއިރުގައި އެއްވެސް ކަމެއް ހަދާނުގައެއްނެތެވެ. ނައިލްއަށް މިހަބަރު ވެގެން ދިޔައީ ހިތާމައިތުރުވި ކަމަކަށެވެ. ތާރާގެ މަރުގެ ތަހްގީގު ނިމުނީ އެއީ ހިނގި އެކްސިޑެންޓެއްގެ ގޮތުގައެވެ. ނައިލްގެ ކުށެއް ނެތްކަމަށް ނިންމީ ނައިލްއާއި އިދިކޮޅަށް އެއްވެސް ހެއްކެއް ނުފެނުމުންނެވެ. އަދި އާރަވްގެ ހާލަތުވެސް ހެކިބަސް ދޭ ހާލަތަކު ނެތުމުން ނައިލްއާއި އެއްކޮޅަށް މައްސަލަ ނިމުނީއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އާރަވްގެ ހާލަތު އިތުރަށް ގޯސްވީއެވެ. އާރަވް މޮޔަ ވީ ކަމުގައި ނިންމައި މެންޓަލް އެސައިލަމް އަކަށް ބަދަލުކުރެވުނީ އިތުރު އެހެން ގޮތެއް ނެތިގެންނެވެ.
************
ނައިލް ލޮލުންއައި ކަރުނަތަށް ފުހެލަމުން ފޯނާއި ދިމާއަށް ބަލާލިއެވެ. އާރަވް އެބުރި އައުމުން ވާންވީ އުފާކަމެއް ނޫނީ ވާންވީ ދެރަ ކަމެއް ނައިލްއަކަށް ނޭންގުނެވެ. އާރަވް ބޭނުންވަނީ ބަދަލުހިފަންބާ؟…އާރަވްގެ ބޭނުމަކީ ކޮބާ ބާ؟… ނައިލްގެ ހިތަށް މިކަހަލަގެ އެތަށް ސުވާލެއް އަރާ ފައިބަމުންދިޔައެވެ. ހެދުނުގެ އިރުއެރީ ވެސް ނައިލް ނުނިދިގެން އުޅެނިކޮށެވެ. ނައިލް އެންމެ ފުރަތަމަވެސް ގޮސް އަނިލްއާއި ނިޝާއަށް އާރަވް ގުޅި ވާހަކަ ކިޔާދިނީ އެއްވެސް ކަމެއް މަންމަމެނަށް ސިއްރުކުރަން ބެނުންނުވީމައެވެ. އަދި އެކަމަށް ރަނގަޅު ލަފައެއްވެސް ބޭނުންވީމައެވެ.
”ވެދާނެ އެއްނު ނައިލް ބިރުގަންނުވާލަން އާރަވް އުޅެނީ ކަމަށް ވެސް……ދެން ބަލަމާ ދޯ ވާ ގޮތެއް….އާރަވް ދެން ގުޅިއަސް ބައްޕަމެނަށް އަންގަން ވާނެ އިނގޭ…..”
އަނިލްނިކަން ލޯބިން ނައިލްގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. ނައިލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލަމުން ގޭން ނިކުތީ އަތިރިމަށްޗަށް ދިއުމަށްޓަކައެވެ. ނައިލް އަތިރިމަށްޗަށް ގޮސް ބަލާލިއިރުގައި ޝާޔަން އެހެންނާވެސް އިންނަ ޖޯލިފަތީގައި ނެތުމުން އިތުރަށް މާޔޫސް ވާ ގޮތްވިއެވެ. މިނޫނިއްޔާ ކޮންމެ ދުވަހަކު ވެސް ޝާޔަން އެޖޯލިފަތީގައި އިނދެއެވެ. ނަމަވެސް މިއަދު ނެތުމުން ޝާޔަންއަށް ކަމެއްވީބާއޭ ނައިލްގެ ހިތަށްއެރިއެވެ. ނަމަވެސް ޝާއިންއާއި ގުޅާ ސީދާ ޝާޔަންގެ ވާހަކަ އަހާކަށްވެސް ނައިލްއަކަށް ނުކެރުނެވެ. އެހެންވެ ޖޯލީގައި އިށީންދެލައިގެން އިނީ ޝާޔަން އާދޭތޯއެވެ.
”ނައިލް…”
ނައިލް ފަހަތް ބަލާލިއިރުގައި ޒީނާއެތާގައި ހުރުމުން އިތުރަށް މޫޑް ގޯސްވާގޮތް ވިއެވެ. ނަމަވެސް އެއްޗެކޭ ބުނަން ބޭނުންނުވުމުން ހިމޭނުންއިނީއެވެ. ޒީނާއައިސް ނައިލްއިން ޖޯލިފަތީގައި އިށީނެވެ.
”ކީއްވެފަ މިތާ ތީނީ؟…”
ޒީނާ ޖެހިލުމެއްނެތި ނައިލްއާއި ވާހަކަ ދައްކަންފެށީ ދެން މިކަހަލަގެ ފުރުސަތެއް ނުލިބިދާނެތީއެވެ.
”މީނީ ޝާޔަން އާދޭތޯ…”
ނައިލްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. ނައިލްގެ ޖަވާބުން ޒީނާގެ އަނގަ ސަކަރާތްވާގޮތްވިއެވެ. ނަމަވެސް އެކަން ނުދައްކާ ނައިލްއާއި އިތުރަށް ސުވާލު ކުރަންފެށިއެވެ.
”ދަނީ އޭ ދެން……އަދި ސައިވެސް ނުބޯ މިއުޅެނީ….”
ނައިލް އިތުރަށް ޒީނާއާއި ވާހަކަ ދައްކަން ބޭނުންނުވުމުން އެތަނުން ދާން ހިނގައި ގަންނަމުން ބުނެލިއެވެ. ޒީނާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ނައިލް ހިނގާގަތުމުން އިތުރަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
”ނައިލް ތީ ހަމަ އެކަނި އަހަރެންގެ މީހެއް… ޝާޔަންއަށް ވެސް އަހަރުމެން ދެމީހުންގެ ދެމެދަށް ވަންނާކަށް ނުކެރޭނެ….ނައިލްއަށް ވަރަށް އަވަހަށް އަހަރެން ލޯބި ހުށައަޅާނަން….”
ޒީނާ ހިތާހިތުން މިހެން ކިޔާލަމުން މިސްރާބު ބަދަލުކޮއްލީ ޝާޔަން ހޯދުމަށް އެގެއަށް ދިއުމަށެވެ.
ޒީނާ ޝާޔަން ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން ކަމަށް ބުނެ ޝާޔަންގޮވައިގެން ދިޔައީ އަތިރިމަށްޗަށެވެ.
”ހޫމް ދެން ބުނަބާ ތި ބުނަން އުޅޭ ވާހަކައެއް…”
ޝާޔަން ޖޯލީގައި ހަމަޖެހިލަމުން ހިނިތުންވެލިއެވެ.
” އަސްލު ވަރަށް ބޮޑު ވާހަކަ އެއް ބުނަންވެފަ އޮތީމަ ކެއްނުވެގެން ހަމަ މިއައީ…”
ޒީނާ ޝާޔަންއަށް ނުލަފާގޮތަކަށް ބަލާލަމުން މިހެންބުނެލަމުން ރަނގަޅަށް ޖޯލީގައި ހަމަޖެހިލިއެވެ.
”ޝާޔަން އަމް އިން ލަވް…”
”އަސްލު ތަ؟….ހޫ އިޒްދަ ލަކީ ގާއި….”
ޝާޔަން ހިތްހަމަ ޖެހިފައި އިދެއަހާލީ އެންމެ ގާތް ރަހްމަތްތެރިޔާ ގެ އުފަލުގައި ހެޔޮ ހިތުން ބައިވެރި ވަމުންނެވެ.
”އަދި ސީކްރެޓް އެއް ގޮތަށް ބާއްވަން އުޅުނީ އެކަމް އަހަންނަށް ޝާޔަން ޝެއަރ ނުކޮށް ނުހުރެވޭނެކަން އިނގެއެންނު ދޯ…”
”ހޫމް….ދެން ބުނަބަލަ ކާކު ތަ؟…”
”އަހަރުމެން ރިލޭޝަންޝިޕް އެއް ފެށިތާ އަދިނުވާނެ ސައުވިސް ގަޑިއިރުވެސް…..އެންމެ ކުރިން ޝާޔަން ގާތުގައި ބުނަން މި އައީ….ޝާޔަން އެކަމް މީއަދި ސިއްރެއް އިނގޭ އެކަކު ގާތުގަވެސް ނުބުނަށްޗޭ….”
”ދެންމާ ވާހަކަ ގިނަ ނުކޮށް ނަން ބުނަބަލަ؟…”
”އިޓްސް ނައިލް….”
”ކީކޭ….”
ޝާޔަންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޝާޔަން އިނީ އިވުނު ބަސް ގަބޫލުކުރަން ބޭނުންނުވެފައެވެ. ޝާޔަންގެ މޫނުމަށްޗަށް އަރާ ފައިބަމުން ދިޔަ ހުރިހާ ކުލައެއް ނިކަން ރަނގަޅަށް ޒީނާއަށް ފެނުނެވެ. މި މަންޒަރު ފެނި ޒީނާގެ މޫނުމަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 26

aira
Next

އައިރާ (4….ވަނަ ބައި)

Next
aira
May 13, 2019

އައިރާ (4….ވަނަ ބައި)

Previews
May 13, 2019

ބުނެދޭށޭ ރުހެމޭ 26

14 Comments!

  1. jiji says:
    May 13, 2019 at 9:40 pm

    Yey me first??.bala bala indha up kohly thi..will comment after reading?????

    1. InaaSh says:
      May 15, 2019 at 3:08 pm

      Always first dho jiji ?

  2. Ibsha says:
    May 13, 2019 at 9:41 pm

    Varah reethi..update varah las

    1. InaaSh says:
      May 15, 2019 at 3:08 pm

      Jazakillah khairan… ? and i ma so sorry for being late

  3. jiji says:
    May 13, 2019 at 10:15 pm

    Alhe kihineh mi vy?….nulafaa zeenaa gandu…wat u did??…huh..btw inuu sis..mi part v amazing…ly soo much dear????❣❣

    1. InaaSh says:
      May 15, 2019 at 3:08 pm

      Hehe jazakillah khairan ?

  4. red says:
    May 14, 2019 at 12:47 pm

    I swear I’ll kill u Zeena… who the hell u think u are… be in your place before I beat the shit out of u…

    1. InaaSh says:
      May 15, 2019 at 3:09 pm

      Calm down ?

  5. ފާތުމަތު says:
    May 15, 2019 at 3:05 pm

    Mi zeena miharu kn dhogu thakeh tha mi hadhany… v foohi wey… ? anw mi part wes v amazing

    1. InaaSh says:
      May 15, 2019 at 3:09 pm

      Jazakillah khairan ?

  6. Amin says:
    May 15, 2019 at 3:05 pm

    Cant wait to read next part

    1. InaaSh says:
      May 15, 2019 at 3:10 pm

      Insha allah vee haa wes awahah up kohladheynan ?

  7. Reader? says:
    May 15, 2019 at 3:06 pm

    What is this zeena??… hurebala nikan bodi eh dheynan dhogu hadhan yaa… anw v nice mi part wes

    1. InaaSh says:
      May 15, 2019 at 3:10 pm

      Jazakillah khairan ?

Comments are closed.

Next Episodeމާޒީ (ފަނަރަވަނަބައި)←


All Right Reserved!