” ދެން އަހަރުމެން ދެމީހުން… އަހަރެމެން ދެމީހުނަށްވެސް ވަރަށް ގިނައިން ޓައިމް ސްޕެންޑް ކުރެވޭ… އަހަރެމެން ދެމީހުންގެ ދެމެދު ސްޕެޝަލް ގުޅުމެެއްތަ އޮންނަނީ… މޯރް ދޭން ފްރެންޑްޝިޕް…” އިއާން ސުވާލުކުރާ ފަދައިން އަހާލިއެވެ. އިއާންގެ އެސުވާލުތަކުން މިންހާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔުމާއެކު އިއާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު އިއާންގެ ދެލޮލުން ޖަވާބަކަށް އެދި އިންތިޒާރުކުރާވަރު ހާމަވެގެންދެއެވެ. މިންހާ ކިތަންމެ ޖަވާބެއް ދޭން ބޭނުންވި ނަމަވެސް އޭނަގެ ދޫ ހަރަކާތެެއް ނުކުރިއެވެ. ހިތް ވަނީ އަވަސްވެފައެވެ. ” އާން… އެކްޗުލީ… އަހަރެން… ” މިންހާ ލަސްލަހުން ނަމަވެސް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެވަގުތު އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. މިންހާ ވަގުތުން އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އެވަގުތު އޭނަގެ ދެބުމަ ގާތްވެގެން ދިޔައެވެ. ”ކިހިނެއްވީ ފޯނު ނުނަގާ ތިއިނީ… ” ކާރު ދުއްވަން އިނދެ މިންހާއަށް އަވަސް ނަޒަރެެއް ދެމުން އިއާން އަނެއްކާވެސް ސުވާލުކުރިއެވެ. ”ނުދަންނަ ނަންބަރެއްވީމަ… ” ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ މިންހާ މަޑުމަޑުން ބުނެލިއެވެ. ” އަލޫފްއަަވެސް ވެދާނެދޯ… ” އިއާން އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ. ” ނޫން… އަލޫފްގެ ނަންބަރެއް ނޫން މީ… ” މިންހާ ނުހަނު ޔަގީންކަމާއެކު ބުނެލިއެވެ. އެވަގުތު ރިންގުވަމުންދިޔަ ފޯނުވެސް ކެނޑުނެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުން މިންހާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކި އަޑުއިވި މިންހާގެ ހައިރާންކަންވީ އިތުރެވެ. މިނިޓެއްހާއިރު އެއްވެސް އެއްޗެކޭ ބުނުމެއްނެތި އެކޮޅުން ދައްކާ ވާހަކަ އަޑުއަހަން އިނެވެ. ”އޯކޭ… އަދި ޑިއުޓީ ނިންމާފަ މިދަނީ ގެއަށް… ފަހެެއް ޖަހާއިރަށް އައިމަ ރަނގަޅުވާނެ… ” އެހެން ބުނެ މިންހާ އޭނަގެ ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އިއާން ސުވާލުގެ ނަޒަރަކުން މިންހާއަށް ބަލައިލިއެވެ. ” ޝަމްހާ ގުޅީ… ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުމޯ… ބައްދަލުކޮށްލެވިދާނެހޯ ބުނީ… ގެއަށްވެސް ގޮސްފާނަމޯ… ” އިއާންގެ އެބަލައިލުމުން އެނގެން ބޭނުންވެފައި އިންކަން އެނގުމުން މިންހާ ކިޔައިދިނެވެ. ” ޝަމްހާ… އެކަމަކު އޭނަ މިންނުއާ ކޮން ވާހަކައެއް ދައްކަން އޮންނާނީ… ” އިއާންވެސް ހައިރާންކަމާއެކު ބުނެލިއެވެ. ”ނޭނގެ… އަޑުންވެސް ވަރަށް މަޑުމައިތިރިކޮށް ވާހަކަ ދެއްކީ… ކުރިއާ ބަލާފަ ވަރަށް ތަފާތު… އެއްވެސް ރުޅިވެރިކަމެއްނެތް… ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަޑުން ފާހަގަވި… އިނގިދާނެތާ ދެން ބައްދަލުކޮށްލީމަ… ” މިންހާ އެހެން ބުނެލުމުން އިއާން މަޑުމަޑުން ހޫމް ލައްވާލިއެވެ.

ކާރު އައިސް މިންހާގެ ގޭގެ ދޮރު މައްޗަށް ހުއްޓުމާއެކު ކާރުން ފޭބުމަށް މިންހާ އަވަސްވެގަތެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފެހެއްޓިއެވެ. ” މަޑުކޮށްބަލަ… އަހަރެންގެ ސުވާލުގެ ޖަވާބު ނުދެމެއްނު އަދި… ” މިންހާގެ ލޮލާއިލޯ ސީދާކޮށްލަމުން އިއާން އޭނަގެ ސުވާލު އަނެއްކާވެސް ކުރިމަތިކުރުވިއެވެ. ” ކޮން… ކޮން ސުވާލެއް… ” އިއާންގެ އެގާތްކަމުން ހިތް ނުތަނަވަސްވެފައި އިނދެ މިންހާއަށް ވާހަކަ ދެއްކުނީވެސް ހުއްޓަ ހުއްޓާއިގެންނެވެ. ”ސުވާލަކީ އަހަރެމެން ދެމީހުންގެ ދެމެދުގަ އޮންނަނީ ހަމައެކަނި ފްރެންޑްޝިޕް ހޭ… ނޫނީ އެއަށްވުރެ ސްޕެޝަލް ކްލޯޒް ގުޅުމެެއްހޭ… ” މިންހާގެ އަތަށް ކުޑަކޮށް  ފިތާލަމުން އިއާން ވާހަކަ ދެއްކިއެވެ. އިއާންގެ އެއަމަލުން މިންހާގެ ގައިން ހީބިހި ނަގައިގެން ދިޔައިރު އޭނަގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެ ހެެންނެވެ. ތުންފަތުގައިވެސް މަޑު ތުރުތުރެއް އުފެދުނީ ނުތަނަވަސްވީވަރުންނެވެ. ކާރު ތެރޭގައި ތިބި ދެމީހުނަށް ސިހުން ގެނުވީ ކާރުގެ ބިއްލޫރިގަނޑުގައި ބޭރުން މީހަކު ޓަކި ޖަހާލުމުންނެވެ. ސިހިފައި މިންހާ އަވަހަށް އިއާންގެ އަތުގެ ތެރެއިން އޭނަގެ އަތް ދަމައިގަތެވެ. ދެމީހުންވެސް އަވަހަށް ބޭރަށް ބަލާލިއިރު ކާރު ކައިރީގައި ހުރީ މާހިލްއެވެ. ” ދޮންބެ… ކިހިނެއްވީ… ” އަވަސް އަވަހަށް ކާރުން ފައިބަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ކަމެއް ނުވޭ… ދެމީހުންވެސް ކާރުން ނުނިކުމެ ތިބީމަ ކިހިނެއްވީތޯ ބަލާލަން… ” މާހިލް މިންހާގެ މޫނަށް ނަޒަރު ހުއްޓާލަމުން ވާހަކަ ދެއްކިއެވެ. ” އެއީ… އެއީ… ” މިންހާއަށް ދޭނެ ޖަވާބެއް ނޭނގުމުން ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. ” އެއީ ކުޑަ ވާހަކައެއް ދައްކާލީ ދޯ މިންނު… ” ކާރުން ފައިބަމުން އިއާން އެހެން ބުނުމާއެކު މިންހާވެސް އިއާންއަށް ބަލައިލަމުން ބޯ ޖަހާލިއެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް މިންހާ އަވަހަށް ގޮސް ގެއަށް ވަނެވެ. ” ހޫމް… ހިޔެއްނުވޭ އެކަމަކު ކުޑަ ވާހަކައެއްހެނެއް މާހިލްބެއަކަށް އާންއާ މިންނުއާ ދެމީހުން ތިދެއްކީ… އެއީ އަތުގަ ހިފައިގެން އިނދެ އެހާ ކުޑަ ވާހަކައެއް ދައްކަފާނެ ކަމަކަށް ގަބޫލެއްނުކުރެވޭ… ” މިންހާ  ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރި އިއާންގެ ކޮނޑަށް އަތް ވައްޓާލަމުން މާހިލް ބުނެލިއެވެ. އިއާންއަށް ރޭކާލީވެސް މާހިލްގެ އެއަމަލުންނެވެ. ” މާހިލްބެ އެއްޗެކޭ ބުނިންތަ… ” އިއާންއަށް މާހިލް ބުނި އެއްޗެއް ނޭނގުމުން ސުވާލުކުރެވުނެވެ. އޭނައަށް މާހިލް ބުނި އެއްޗެއް ނޭނގުނީ އޭނަގެ ހުރިހާ ސަމާލުކަމެއް މިންހާއަށް ދެވިފައި ހުރުމުންނެވެ. ”ހޫމް… މާހިލްބެ ބުނީ މިންނު ކަމުދޭހޭ އާންއަށް… ” މާހިލްގެ އެސުވާލުން އިއާން ސިހިގެން ދިޔައެވެ. ” އާންއަށް ތިވީ ގޮތުންވެސް ޖަވާބު ލިބިއްޖެ… މާހިލްބެ ދެކުނީމޭ އާން މިންނު އަތުގަ ހިފަހެއްޓިތަން… ދުވަސްކޮޅެއްވެއްޖެ އާންގެ ހަރަކާތްތަކުން މިންނުއާ ގަޔާވާހެން މާހިލްބެއަށް ހީވާތާ… ޓު ބީ އޯނެސްޓް… މާހިލް ވަރަށް ބޭނުން އާން މިންނުއާ ގުޅެން… މާހިލްބެއަށް ޔަގީން އާން މިންނުއަށް ދެރައެއް ނުދޭނެކަން… މިންނު އުފަލުގަ ބަހައްޓާނެކަން… މާހިލް ވަރަށް ކުރިންސުރެވެސް ބޭނުންވާ ކަމެއް ތިއީ… ހުރި ހަމައެކަނި ކޮއްކޮ ހަވާލުކުރަން ބޭނުންވަނީ އާން ކަހަލަ ރަނގަޅު ހަރުދަނާ ޒުވާނަކާ… ” ނުހަނު އުފާވެރިކަމާއެކު މާހިލް ވާހަކަ ދެއްކިއެވެ. ”މާހިލްބޭ… އަދި ތިކަހަލަ އެއްވެސް ގުޅުމެއް ނެތް އަޅުގަނޑުމެން ދެމީހުން ދެމެދު… އެކަމަކު އިންޝާ ﷲ ވަރަށް އަވަހަށް އެކަމުގެ އުފާވެރި ޚަބަރު މާހިލްބެއަށް ދޭނަން… އަޅުގަނޑު ވަރަށް ވަރަށް ބޮޑަށް ލޯބިވޭ މިންނުދެކެ… އެކަން އެނގޭނެ މިންނުއަށްވެސް… ދެން އޮތީ މިންނު ފަރާތުން އާނ ބަސް ބުނުން… މިންނުގެ އަމަލުތަކުންވެސް މިހާރު ޔަގީންވޭ މިންނު ހިތުގަވެސް އިހުސާސްތަކެެއް އުފެދިފަވާކަން… ރަނގަޅު ފުރުސަތެއްގަ މިކަން ކުރާނަން… އެހާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެ އިންޝާ ﷲ… ” އިއާން އުއްމީދުން ފުރިގެންވީ ފަދައިން ބުނެލިއެވެ. ” އިންޝާ ﷲ… ތިދުވަހަކަށް ވަރަށް އިންތިޒާރުކުރަން… ” މާހިލްވެސް އެހެން ބުނެލީ އުއްމީދާއެކުގައެވެ. ލަސްވަނީ ކަމުގައި ބުނެ އިއާން ކާރަށް އަރާ ގެއަށް  ދިޔުމަށް މިސްރާބުޖެހުމުން މާހިލްވެސް ގެއަށްވަނެވެ.

މިންހާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އަވަސްވެގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ފެންވަރާލައިގެން ނިލުމެ ކުޑަ ގޮތަކަށް ތައްޔާރުވެގެން އަޞްރު ނަމާދުކޮށްލިއެވެ. ޝަމްހާ ބައްދަލުކޮށްލަން އަންނަ ވާހަކަ ބުނެފައި އޮތުމުން މިންހާ ލަސްނުކޮށް ތިރިއަށް ފޭބިއެވެ. ސިޓިން ރޫމަށް ނުކުންތަނާ ޝަމްހާގެ ފޯނު ކޯލެއް މިންހާއަށް ލިބުނެވެ. އެގޭ ބޭރުގައި އޭނާ އެބަހުރިކަމުގައި ބުނުމުން މިންހާ އަވަސް ހިނގުމެއްގައި ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ. ޝަމްހާ ފެނުމުން މިންހާއަށް ހައިރާންކަން ގެނުވިއެވެ. މީގެ ކުރިން ފެންނަ ޝަމްހާ އާއި މިހާރު އޭނަގެ ކުރިމަތީގައި ހުރި ޝަމްހާއާ ހާދަ ތަފާތެވެ. މީގެކުރިން ގަޔަށް ބާރު ކުރު ޓޮޕްކޮޅު ލައިިއުޅޭ ޝަމްހާ މިއަދު ހުރީ ކަކުލާ ހަމައަށް ތަންކޮޅެއް ދޫކޮށް ހުންނަ ކަނޑުނޫ ކުލަ އާއި ފިޔާތޮށި ކުލައިގެ މާޖެހި ހެދުމެއް ލައިފައެވެ. މޭމަތި ނިވާވާނޭހެން ފިޔާތޮށި ކުލައިގެ ޝޯލްއެއް ރީތިކޮށް އޮޅާލާފައިވާއިރު ކުރިއާއި ޚިލާފަށް މޫނުގައި ވަނީ ލުއިލުއި މޭކަޕެއް ކޮށްފައެވެ. ޝަމްހާއަށް އައިސްފައިވި ބަދަލުން މިންހާގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. ހިނިތުންވުމެެއް ހަދިޔާކުރަމުން މިންހާ ޝަމްހާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. މިންހާ ޝަމްހާއާއެކު މިސްރާބުޖެހީ ގޭގެ އެއްފަރާތުގައި ކޮފީ ބޯން ޚާއްސަކުރެވިފައިވި ހަޓަށެވެ. ” ޝަމްހާ އިށީންދޭ… އެބައަންނަ ކުޑަ އިރުކޮޅެއްގެ ތެރޭގަ…” ހިނިތުންވެލަމުން އެހެން ބުނުމަށްފަހު މިންހާ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މިންހާ އަންނަތަންފެނި ޝަމްހާއަށް ހިނިތުންވެލެވުނެވެ. މިންހާގެ ފަރާތުން ލިބުނު ގާތްކަމާއި އެކުވެރިކަމަށް އޭނާ ހިތާހިތުން ޝުކުރުކުރިއެވެ. މިންހާ އައިސް އޭނަގެ އަތުގައި ހުރި ޓްރޭ މޭޒު މަތީގައި ބެހެއްޓިއެވެ. އޭގައި އާވި އަރައަރާ ހުރި ދެކޮފީ މަގާއި ދެވައްތަރެއްގެ ހެދިކާ ހުއްޓެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކޮފީގެ މީރުވަހުން މުޅި ތަން އެއްވަސްކުރުވިއެވެ. ”މިހުރީހާ ކަމެއް ނުކުރިޔަސް އޯކޭ ވާނޭ… ” މިންހާ ޓްރޭއަށް އިޝާރާތްކޮށް ފެށުމަށް ބުނުމުން ޝަމްހާ ބުނެލިއެވެ. މިންހާގެ ރަނގަޅުކަމާއި ހޮތްހެޔޮކަން ފެނި ޝަމްހާއަށް އޭނަ ދައްކަން އައި ވާހަކަ ދެއްކުމަށް އިތުރު ހިތްވަރު ލިބިގެން ދިޔައެވެ. ” ނޯ… ޕްލީޒް ހޭވް އިޓް… ” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން ކޮފީ މަގެއް ނަގައި ޝަމްހާއަށް ދިއްކޮށްލަމުން މިންހާ ބުނުމާއެކު ޝަމްހާވެސް ކޮފީ މަގުގައި ހިފިއެވެ.

” ހޫމް… ކޮންވާހަކައެއްތަ ޝަމްހާ އަންނާ ދައްކަން ބޭނުންވަނީ… އަޑުއަހަން އަހަރެން މިއިނީ… ” ކޮފީ މަގުން އެތިފޮދެއް ބޯލުމަށްފަހު ޝަމްހާއަށް ނަޒަރު ސީދާކޮށްލަމުން ވާހަކަ ދެއްކިއެވެ. ޝަމްހާވެސް އޭނަގެ ވާހަކަ ފެށުމުގެ ގޮތުން ކޮފީ މަގުން އެތިފޮދެއް ބޯލާ މޭޒު މަތީގައި ކޮފީ މަގު ބޭންދުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ” އަހަރެން މިއަދު ބައްދަލުކޮށްލަން ބުނީ މިންހާގެ ގާތުން މަޢާފަށް އެދެން ބޭނުންވާތީ.. އަހަރެން ގަބޫލުކުރަން އަހަންނަށް މިންހާއާ ދޭތެރޭ ކަންތައް ކުރެވިފައިވަނީ ރަނގަޅަށް ނޫންކަން… ވަރަަށް ގޯސްކޮށް އަހަންނަށް ކަންތައް ކުރެވުނީ… އެއްވެސް މީހަކަށް މަޢާފުދޭން ފަސޭހައެއްނުވާނެ… އެކަމަކުވެސް… އަހަރެން މިއަދު މިންހާގެ ކިބައިން މަޢާފަށް އެދެން އަހަންނަށް އޭރު ކަންތައް ކުރެވުނު ގޮތަށް… މިހާރު އަހަންނަށް ވިސްނިއްޖެ… އަމިއްލަ ކުށް ގަބޫލުކުރަން.. އޭރު އެހެން އުޅެވުނީތީ ދެރަވެ ހިތާމަކުރަން… ދެން ދުވަހަކުވެސް އެފަދަ ކަމެެއް ތަކުރާރެއް ނުކުރާނަން އިންޝާ ﷲ… އަހަންނަށް މިއަދު ވިސްނިއްޖެ ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެެއް ނޫންކަން… ކާމިޔާބުވެސް ލިބޭނީ ހިތްވަރާއެކު މަސައްކަތްކުރާ މީހަކަށްކަން… އޭރު މިންހާގެ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދެވުނީތީ މިއަދު ހިތާމަކުރަން… އައިމް ރިއަލީ ވެރީ ސޮރީ މިންހާ… އަހަރެންގެ ސަބަބުން މިންހާއަށް ވަރަށް ގިނަ ހިތާމަތަކާ ކުރިމަތިލާން ޖެހުނު… އަހަންނަށް މަޢާފުކުރޭ… މިންހާގެ އުފާތައް އަހަރެންގެ ސަބަބުން ވިއްސިވިހާލިވީ… އަހަރެންގެ ސަބަބުން މިންހާއާ އަލޫފްގެ ގުޅުންވެސް ކެނޑުނީ… އިފް ޕޮސިބަލް… ޕްލީޒް އަހަންނަށް މަޢާފުކުރޭ… އައިމް ސޯ ސޮރީ… ރިއަލީ ސޮރީ… ” ޝަމްހާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނަގެ ހިތަށް ކޮށްފާވި އަސަރަކުން ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ”އިޓްސް  އޯކޭ… އަހަރެންގެ ހިތުގަ ޝަމްހާއަށްޓަކައި އެއްވެސް ބުރަކަމެއް ނެތް… އަހަރެންގެ ހިތް ހަމަ ސާފު… ވީކަމެއް ވެދިޔައީ… ވެދިޔަ ކަމެއް ބަދަލެއްނުކުރެވޭނެ… ވަރަށް އުފާވެއްޖެ ޝަމްހާއަށް ރަނގަޅު ގޮތް ވިސްނުނީމަ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް… މިކަމުގެ ތެރެއިން ޝަމްހާއަށް ހެޔޮ ގޮތް ވިސްނުން އެއީ ކިހާ ރަނގަޅު ކަމެެއް… އެކަންތައް ހަނދާން ނައްތާލާ ދެން… އައު ފެށުމަކުން ފަށާއިގެން ދިރިއުޅުމުގަ ރަނގަޅު ގޮތުގަ ކުރިއަަށްދޭ… ” މިންހާގެ ހިތްހެޔޮ އޯގާތެރި ބަސްތަކުން ޝަމްހާއަށް ހިތްހަމަޖެހުން ލިބިގެން ދިޔަ ހިނދު އުފާވެރިކަންވެސް އިންތިހާއަށް އިހުސާސްކުރެވުނެވެ. މިންހާގެ މަޢާފު ލިބުމުން އޭނަގެ ނަފްސަށް ހަމަޖެހުން ގެނުވިއެވެ. އެތައް ފަހަރު މިންހާއަށް މަޢާފުދިނީތީ ޝުކުރުއަދާކުރިއެވެ. ހައެއް ޖަހަންދެން ދެމީހުންވެސް ދުވަސްވީ ދެރަހުމަތްތެރިން ފަދައިން ވާހަކަ ދައްކަން ތިއްބެވެ. މިހާރު އެދެމެދުގައި އެއްވެސް ރުޅިވެރިކަމެއް އަދި ހަސަދަވެރިކަމެއް ނުވެއެވެ. މިހާރު އެދެމެދުގައިވަނީ ރަހުމަތްތެެރިކަމުގެ މާތް ގުޅުމެވެ.

އަޝްރާ ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިށީންދެލައިގެން އިނެވެ. އޭނަގެ ހިތާއި ސިކުނޑީގައި މިވަގުތުވެސް ވަނީ ނާއިލްގެ ޚިޔާލުތަކެވެ. ޚިޔާލީ ދުނިޔެއަށް ގެއްލިފައި އިން އަޝްރާއަށް މަޑުމަޑުން އޭނަގެ ކޯތާފަތުގައި ފިރުމާލެވުނެވެ. އެއާއެކު ދިގު އެސްފިޔަތައް ތިރިކޮށްލާ ދެލޯ މަރާލިއެވެ. ދެލޯ މަރާލުމާއެކު ނާއިލްއާއެކު ހޭދަކުރެވުނު އެވަގުތުކޮޅު ސިފަވެގެން ދިޔައެވެ. އެވަގުތު ބޭއިޚްތިޔާރުގައި އަޝްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެެވެ. އެހެނަސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެހިނުތުންވުން ފޭދިގެން ދިޔައެވެ. ލަސްލަހުން ދެލޯ ހުޅުވާލި އަޝްރާގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށީ ދުވަހަކުވެސް ނާއިލްގެ ލޯބި އޭނައަށް ނުލިބޭނެކަން ހަނދާނަށް އައުމުންނެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިންދަން މަސައްކަތްކުރަމުން އަޝްރާ އިންތަނުން ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެކަނިވުމުން މާބޮޑަށް އެޚިޔާލުތައް އޭނައަށް އުނދަގޫ ކުރާތީ އަޝްރާ ބޭނުންވީ ސިޓިންރޫމަށް ނުކުމެލާށެވެ. އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެ ސިޑިން ފައިބަމުންދިޔަ އަޝްރާގެ ހިނގުން ކުއްލިއަކަށް މަޑުޖެހުނީ ސިޑިން މައްޗަށް އަރަމުންދިޔަ ނާއިލް ފެނުމުންނެވެ. އެއާއެކު އަނެއްކާވެސް އެޚިޔާލުތަކުން އަޝްރާގެ ސިކުނޑި ވަށާލިއެވެ. އެވަގުތު  ނާއިލްވެސް އިސްއުފުލާލަމުން އަޝްރާއަށް ބަލައިލިއެވެ. ދެމީހުންގެވެސް ހަރަކާތްތައް ހުއްޓި އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރެވުނެވެ. ހިތަށް ވަމުންދިޔަ ގޮތުން އަޝްރާއަށް ހިންދިރުވާލަމުން ހެދުމުގައި ހިފާ ބޮނޑިކޮށްލެވުނެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ނާއިލް ކޮންމެވެސް އެއްޗެކޭ ބުނާނެ ކަމަށެވެ. އެހެނަސް ނާއިލް އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަޝްރާ އޭނަގެ ނަޒަރު ބަދަލުކޮށްލަމުން ސިޑިން ފައިބަން ފެށިއެވެ. އޭރުވެސް ނާއިލް އެހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

” އަޝްރާ… ” ނާއިލްއަށް ފަސްދީ އެއްހަރުފަތް ގިރާކުރުމާއެކު ނާއިލްގެ ދުލުން އޭނައަށް ގޮވާލި އަޑަށް އަޝްރާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތުގައި އުފާވެރިކަމުގެ އިހުސާސެއް އުފެދުނެވެ. އެވަގުތު އިޚްތިޔާރުން ބޭރުގައި އޭނައަށް ހިނިތުންވެލެވުނެވެ. އެހިނިތުންވުމުގައި ހުރެ އަޝްރާ ފަސްއެނބުރުނެވެ. އޭރުވެސް ނާއިލް ހުރީ އޭނައަށް ފަސްދީގެންނެވެ. ” އައިމް ސޮރީ އިއްޔެ ކަންތައް ވީގޮތުން… އަހަރެން އެއްވެސް މާނައެއްގަ ކުރި ކަމެއްނޫން އެއީ… އަޝްރާއަށް އެކަމުގެ ސަބަބުން އެއްވެސް ވަރަކަށް އިމޯޝަނަލީ  އަސަރުކުރިނަމަ.. އައިމް ސޮރީ… އައި ޑިޑިންޓް މީން ޓު ހާޓް ޔޫ… ” ނާއިލް ފަސްއެނބުރުމެއްނެތި އެހުރި ގޮތަށް ހުރެ ވާހަކަ ދެއްކިއެވެ. ނާއިލްގެ އެވާހަކަތަކުން އަޝްރާގެ ހިތަށް ކުރުވި ފުން އަސަރާއެކު ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެެވެ. އެވަގުތުކޮޅަކީ އޭނައަށް ވަރަށްވެސް ޚާއްސަ ވަގުތުކޮޅެކެވެ. އެހެނަސް ނާއިލްއަށް އެވަގުތުކޮޅު އެއީ ޚާއްސަ ވަގުތުކޮޅަކަށް ނުވިއެވެ. ނާއިލްގެ ވާހަކަތަކުން އަޝްރާގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ނާއިލް ފަސްއެނބުރެއް އުޅުނު ވަގުތު އަޝްރާ އަވަސް އަވަހަށް އޭނަގެ މޫނު ނުދައްކަން ފަސްއެނބުރުނެވެ. އޭނަގެ ކަރުނަވީ ދެލޯ ފެނިއްޖެނަމަ ނާއިލްއަށް ފެނިއްޖެނަމަ އެހިތުގެ ހާލު އެނގޭނެއެވެ. ” އައިމް ސޮރީ އަޝްރާ… އަޝްރާ އަހަންނާމެދު ގޯސްކޮށް ނުވިސްނައްޗޭ… އައި ނޯ ޔުއަރ ފީލިންގް އަންކޮމްފޮޓަބަލް… އަޝްރާއަށް އެނގެއެއްނު އަޝްރާ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްކަން… އަޝްރާއަށް ދެރަގޮތެއް އަހަރެން ނަހަދާނެކަން… ސޮރީ އިފް އިޓް ހާޓްސް ޔޫ… ” އަޝްރާ ހުރީ ހިތްހަމަނުޖެހިފައޭ ހިތާ ނާއިލް އެހުރިހާ ވާހަކައެއް ދެއްކީ ހިތާ ދެކޮޅަށެވެ. ހަގީގަތަކީ އޭނައަށްވެސް އެވަގުތުކޮޅުވެގެން ދިޔައީ ނުހަނު ޚާއްސަ ވަގުތުކޮޅަށެވެ. އެފަދަ ގާތްކަމަކަށް އޭނަގެ ހިތް މިހާރުވެސް އެދެއެވެ. އެހެނަސް އަޝްރާގެ ހިތުގެ ހާލު ޔަގީންނުވާ ހާލުގައި އޭނަގެ ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ހިތް އެދި ގޮވަނީ އޭނަގެ އިހުސާސްތައް އަޝްރާ އާއި ހިއްސާކުރުމަށެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

170

61 Comments

 1. Higalloa

  May 9, 2019 at 10:53 pm

  Thanks for the upload ♥️♥️♥️♥️

  • ifoo

   May 10, 2019 at 3:59 am

   Ur welcome ???…

 2. ifoo

  May 9, 2019 at 10:57 pm

  Salaam dear readers ???… Thankolheh vx dhigukoh leveythr try kuryma lasvee… Here is the next part… Hope all will like this part too ???.. Feel free to comment your views ???… Thankyou soooooo much dear readers ifoo ah thidhey support ah ???❤️❤️❤️??????… Thikudhinge support libeythy ifoo v v v ufaavey ???… Thikudhinge support libeythy aslu ifoo ah kuriah midhevenyvx ???… Love you all my readers ❤️❤️❤️?????????… Next part In Sha Allah Sunday night ge vaguthehga up kohla dheynan ???… Last part ge comment thakah reply kohlaanan In Sha Allah maadhama ge vaguthehga ???…

 3. Higalloa

  May 9, 2019 at 11:03 pm

  Story ah twist eh genesgen dhen reethi vaanee… theege evves meehaku gulhey dhuvaheh naadhey.. always the same… think about it… kiyaa hiyvaa kahala badhaleh fennaane kamah ummeedhu kuran…

  • ifoo

   May 10, 2019 at 4:01 am

   Have patience ???… Maa dhigu inthizaareh kuraakah nujeheyne dhen In Sha Allah ???… Thanks for the opinion ???…

 4. No patience

  May 9, 2019 at 11:28 pm

  When will this story finish? Can’t wait to read. I can’t wait till the parts be uploaded I will want to read it fully if I start reading it. That’s why I’m checking everyday if the story is finished or not. I think it’s gonna be a beautiful story!

  • ifoo

   May 10, 2019 at 4:31 am

   Ehaa gina dhuvaheh nuve nimidhaane mi story dhen ???… Hope you will read it ???… Thankyou soooooo much ❤️❤️❤️?????????…

 5. malkko

  May 9, 2019 at 11:30 pm

  varah varah reethi mi part ves ?

  • ifoo

   May 10, 2019 at 4:32 am

   Malkko ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

 6. Loll

  May 9, 2019 at 11:49 pm

  Masha Allah.. vrah loabi… ???

  • ifoo

   May 10, 2019 at 4:32 am

   Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

 7. Shambbx

  May 10, 2019 at 12:01 am

  Alhey dhen dhw keekey bunaanee bas huttihje vvvv.romantic mi episode ifoo sis kuriyuh kuriyuh baarah kuriyuh ingey thanks for the update vvv loabi mi part vx n don’t mind the negative reviews always think positive and u will be at the best point for no one can be the perfect one n nothing is going to be perfect ?????❤️???❣???????????☺️?☺️??????????❤️???❣?????love you sis thikuraa hiyy varuh saabas fahfashun ingey dhen alhe ekam keehvaanee am kudakoh hiyyavas vefa dhen inna episode ga waanee Kihineh kan neygethee ????????❣????❤️??☺️????????????????????????

  • ifoo

   May 10, 2019 at 4:34 am

   Awwwwnn ❤️❤️❤️???… That’s so sweet of you dear ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Hingaa balamaa dhw vaagotheh ???… Keep waiting dear ???… Much more loves from me ❤️❤️❤️?????????…

 8. Zuam

  May 10, 2019 at 12:07 am

  Masha Allah varah varah reethi……????❤️❤️❤️❤️❤️❤️?????????????????

  • ifoo

   May 10, 2019 at 4:36 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much zuam ❤️❤️❤️?????????… It means a lot for me ???… Sending more n more loves from me ❤️❤️❤️?????????…

 9. %%%%

  May 10, 2019 at 12:36 am

  Mii kithah part ge vaahaaka eh.. excatly neyngenyyaa hyvaa vareh buneylaa… nd vaahakai ge cover photo inn e fennany minnu r aan r tha??

  • ifoo

   May 10, 2019 at 4:38 am

   Exactly bunaakah neynge but In Sha Allah 60 ah vure dhigeh nukuraanan ???… Cover pic dhw… Let’s see dhw… Relationship form v ma ingeyne knbaeh kann… ???…

 10. Noor

  May 10, 2019 at 1:18 am

  Love birds (basil & ashes) haadha fakkaley mihaaru dhen evarah dheranukoh edhekudhinnah angadheeba they loves each other .aan also waiting for the answer varah reethi vaahaka eh mee waiting for the next part keep it up dear

 11. Noor

  May 10, 2019 at 1:27 am

  Love birds (naail & ashra) haadha fakkaley mihaaru dhen evarah dheranukoh edhekudhinnah angadheeba they loves each other .aan also waiting for the answer varah reethi vaahaka eh mee waiting for the next part keep it up dear

  • ifoo

   May 10, 2019 at 4:40 am

   Noor ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Yeah… Aan also waiting for minnu ???… Let’s see what happens ???… V v v ufaavehje story kamudhiyaima ???…

 12. Naum

  May 10, 2019 at 4:34 am

  Simply THE BEST..??❤❤❤.

  • ifoo

   May 10, 2019 at 4:41 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much Naum ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Much loves ???❤️❤️❤️??????…

 13. bestie

  May 10, 2019 at 4:38 am

  Masha Allah…mi story vrh vrh reethi…❤️❤️❤️❤️❤️??? keep going on….. waiting for the next part….??????

  • ifoo

   May 10, 2019 at 4:44 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much Bestie ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much loves ❤️❤️❤️?????????…

 14. Muslim

  May 10, 2019 at 10:53 am

  Ma Sha Allah v v v v reethi…. ❤️❤️❤️ Dear keep up the good work… Lots of love???

  • ifoo

   May 10, 2019 at 3:01 pm

   Thankyou sooooooooo much ❤️❤️❤️?????????.. It means a lot for me ???.. Much more loves from me ❤️❤️❤️?????????…

 15. maai

  May 10, 2019 at 10:57 am

  Maasha allha…..vvvvvvvvv loabi mi part ves??????????..hama bunaane ehcheh ves neyge.☺☺☺☺☺?☺??????????????????..ifoo haadha molhey…amaxing amaxing…..sifa kurunthah ves hama obi novey..??????????????????❤❤???????…
  Ifoo darlin i am so sorry last ep ah conment nukurevinyma.????????????…..i miss your nice reply..hehe buxy kamun conment nukurevuny…any way that ep also vvvvvvv salhi.???????????…your just amazing writer….love u bodu kn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
  Yours big fan maai

  • ifoo

   May 10, 2019 at 3:04 pm

   Awwwwnn ❤️❤️❤️???… Thankyou sooooooooo much maai ❤️❤️❤️?????????… V v v ufaavehje maai ge colourful Comment eh fenunyma ???… It’s ok dear… Baeh faharu ehen vx vaane ???… Ifoo ah thidhey support ah v v v bodah thanks dear ???❤️❤️❤️??????… V v v ufaavey ehaa supportive v ma ???… Sending more n more loves from me ❤️❤️❤️?????????…

 16. inaak

  May 10, 2019 at 11:46 am

  Ifooooo.. mi naail ge vissnumah gotheh hadhaabala.. minhaa ah vec.. loabii viyas bunaakah nukerey.. keekey bunaany dhw… Hithah araa vaahaka thereah vadhevey namaey.. hehehe.. anyways stry is awesome.. it’s fabulous.. ekamu thankolheh avahah up koh dhybala..plzzzz.. luvv ur stry..

  • ifoo

   May 10, 2019 at 3:07 pm

   Inaak ❤️❤️❤️… Yesss ur right ???… Mi kudhinge visnun badhalu kuran vehje ???… Ifoo try kuraanan ingey alhe lecture eh dheegen namavx visnun badhalu kureveythr ???… V v v ufaavehje story kamudhiyaima ???… Thankyou sooooooooo much ❤️❤️❤️?????????… Sending more n more loves from me ❤️❤️❤️?????????…

 17. Dhonthee

  May 10, 2019 at 12:06 pm

  Alhey. Dhonthi au heevanee minnu aaa aan dhen maa laheiy nuve couples au vaanehen.
  Story is awsome…
  Ekanivaa vaguthukolhuves mi story kiyaifiyyaa hieiy nuvey ekani vefa hunnaheneiy. Hehehe….. ehaaves ifooge stories reethi hama.
  More loves from me ifoo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • ifoo

   May 10, 2019 at 3:09 pm

   Awwwwnn ❤️❤️❤️???… Dhonthee ???❤️❤️❤️… Ur so sweet ???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting… Maa gina dhuvaheh nuvaane In Sha Allah ???… Sending more n more loves from me ❤️❤️❤️?????????…

 18. Hana

  May 10, 2019 at 12:46 pm

  Masha allah??……varah reethi mi part ves??..waiting for the next part❤❤..varah curious vefa mi hury dhen anna part ga vane gothakaa medhu…?? mi vaahaka ves varah reethi?❤?..aslu varah dhera vey vaahaka lahun up kuraathy??..but I know you are busy….ifoo get hurihaa vaahaka eh ves varah reethi?❤❤?…keep it up??❤

  • ifoo

   May 10, 2019 at 3:49 pm

   Alhey thankyou sooooooooo much Hana ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… I’m so glad that you liked my story ???❤️❤️❤️… Sending more n more loves from me ❤️❤️❤️?????????…

 19. AMAAN

  May 10, 2019 at 1:13 pm

  Awwwwn…… they love each other….??? ifoo dhen aaan aa minnu n ashraa n naail avahah gulhuvadhyba.. story vvvvvvv rythi i love it…? cant wait to read next part…..u are the best ….next part sundayga dhw i am waiting…….????❤❤❤

  • ifoo

   May 10, 2019 at 3:52 pm

   AMAAN ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Let’s see what happens ???… Yeah next part In Sha Allah Sunday night ga ???… Keep waiting ???… Much more loves ❤️❤️❤️?????????…

 20. jiji

  May 10, 2019 at 2:36 pm

  Wow wow wow ??❤…mihen indhevi dhaane kithanme iraku vec kiyan…Alhe naail ashuu ge moment thah vec Rom vefa haadha asarugadha ey dhw??❤…Masha
  Allah..Speechless..vvvvvvvvvvvvv salhi ingey mi part dear….Really amazing… Finally minnu shamha ah forgive kury dhw..hw good dhw she is..Awwn??❤ …Aan nd minnu…So sweet….really like emeehun ulhey gothun….mii jiji ah mihaa thanah kiyun ehme rythi story??❤..ehaa vec furihama vefa chaalu…Ifoo u r soo talented!!!jiji ge fav author adhi thy inge..
  Ifoo I request u ge mi story ge cover pic ah rythi pic eh lahchey ..mibuny mi pic hadi ekey noon inge ..Cox last part ah v ma ehnu mibuny??❤…May God bless u darla….Ly sooo much dear

  • ifoo

   May 10, 2019 at 4:01 pm

   My dear sweet jiji ❤️❤️❤️???… Jiji ge comment akee ifoo v v wait kuraa comment eh ❤️❤️❤️???… V v v ufaavey ehaa supportive reader eh libunyma ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… U are really very supportive???❤️❤️❤️… Awwwwnn ❤️❤️❤️???… Mihaathanah kiyunu enme reethi Story plus favourite author ah v ma v v v bodah ufaavehje ???❤️❤️❤️… Thankyou sooooooooo much jiji ❤️❤️❤️?????????… Cover pic dhw… I will try my best readers ah kamudhaane fadha reethi cover pic eh leveythr ???…. Sending more n more loves from me dear ❤️❤️❤️?????????…

 21. shau

  May 10, 2019 at 5:24 pm

  Hi ifoo! I just started to read your stories! Omg this story is great❤️❤️❤️ MASHA ALLAH! ur really talented????…. Dhn avahah lasnukoh aan aa minha couples ah hadhaaba… cant wait for the next part!

  • ifoo

   May 11, 2019 at 4:32 am

   Hii Shau ❤️❤️❤️… I’m so happy to see ur comment ???… V v v ufaavehje story kiyan fesheema ???… Thankyou sooooooooo much Shau ❤️❤️❤️?????????… I’m so glad that you like it ???… It means a lot for me ???… Let’s see what happens ???… Keep waiting dear ???… Much loves from me ❤️❤️❤️?????????…

 22. Mahoo

  May 10, 2019 at 7:30 pm

  Its so beautifull…❤❤ i can’t wait minnu an aan and assraa an naail gulhyy than balan….???

  • ifoo

   May 11, 2019 at 4:35 am

   Mahoo ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting dear ???… Much loves ❤️❤️❤️?????????…

 23. @Ikleel

  May 10, 2019 at 8:40 pm

  Wow..Just wow…❤❤????…This story is just awesome…❤❤????..Mi part vex vrh vrh reethi…❤❤????…Actually nothing wrong…❤❤????…Vrh vrh furihma story eh…Thanx mi part dhigu koh genesdhinyma…❤❤????…Alhe avahah minnu and aan gulhuvaba…❤❤????…Ash vex mihaaru naail dheke like vaahen vrh heevey…Anekkaa e 2 meehun vex gulheny tha…??? ❤❤????…Let see dhw…❤❤????…Really you are very talented dear…❤❤????…I just like the way you bring it…❤❤????…Hithah araa komme dhuvahaku vex up vaane nama ey vex…❤❤????..But ifoo ah vex time vaa varakun thaa dhw up vaany vex hehe…❤❤????…Keep it up dear..❤❤????…Waiting for next part..❤❤????..Hope next part will be more intresting…❤❤????..Much loves dear..❤❤????
  THE BEST STORY
  THE BEST WRITTER
  ❤❤❤❤????

  • ifoo

   May 11, 2019 at 4:39 am

   Thankyou sooooooooo much @Ikleel ❤️❤️❤️?????????… It means a lot ???… Keep waiting ???… Once again thankyou soooooo much for the support ❤️❤️❤️?????????…

 24. Eyna ge girl ?

  May 11, 2019 at 1:33 am

  Awwwlheyyy??I don’t know what to say..ooooommmmmggggg
  Soooooooo beautiful this part too ????Masha Allah…ur amazing.. hope next part also be like this muvaaaahhhhh??????????

  • ifoo

   May 11, 2019 at 4:41 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much girl ❤️❤️❤️?????????… Ifoo v v v ufaavehje ingey ???… Ur really very supportive ???❤️❤️❤️… V v v bodah thanks ❤️❤️❤️?????????… Keep waiting dear… Sending more n more loves from me ❤️❤️❤️?????????…

 25. Alina

  May 12, 2019 at 5:14 am

  Story 52 partaai hamayah ehdhuvahun mi kiyaalevuny.. Ekam dhen haadha undhagoo vaaney inthizaarga hunnan… Thankolheh avahah up koh dheeba please… Vaahaka hama v habeys❤️❤️??

  • ifoo

   May 13, 2019 at 11:20 am

   Alina ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Dhn inthizaaru kohlaany dhw ???… Ifoo ulhen jeheyleh bxy kamun lahun up kureveny ???… Hope to see ur comment more often n much loves ❤️❤️❤️?????????…

 26. Mishelin❤

  May 12, 2019 at 12:30 pm

  Habeys.. bunaane ehcheh ves neyngey..waitting sahi inge

  • ifoo

   May 13, 2019 at 2:59 pm

   Mishelin ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…

 27. Noora

  May 12, 2019 at 7:32 pm

  Wow v reethi mi part ves. Cant wait for next part. V busy koh ulhuneema adhi kiriyaa kiyaalevunee. Waiting for tonight part

  • ifoo

   May 13, 2019 at 3:01 pm

   Noora ❤️❤️❤️… Thanks a lot dear ???❤️❤️❤️??????… V v v ufaavehje ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Much loves ❤️❤️❤️?????????…

 28. Naju

  May 12, 2019 at 9:30 pm

  It’s amazing dear ??? sorry for the late cmnt cox now a days I’m super bxy ???… As usual mi partvx hama v v v furihama vefa rythi ingey ❤❤❤???… I just love it ??????… lysm dear ????????????????????????????????????????

  • ifoo

   May 13, 2019 at 3:02 pm

   Naju ❤️❤️❤️… Thanks a lot ???❤️❤️❤️??????… V v v ufaavehje ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Much loves ❤️❤️❤️?????????…

 29. jiji

  May 12, 2019 at 10:00 pm

  Ifoo dear adhivec story up eh nuvey ??…plc dear upload it soon….waiting

  • Dhonthee

   May 12, 2019 at 10:13 pm

   Aan ifoooo.
   Jiji e bunihen avas kodhdheeba.
   Vaahaka kiyaa hithun hurevenee ennoon.

  • ifoo

   May 12, 2019 at 10:58 pm

   Jiji and Dhontheeee ❤️❤️❤️… Now story uploaded ???… Avahah kiyaalaa ???… Sorry lasveema ???…

 30. Nau

  May 12, 2019 at 10:21 pm

  Ifoo sis ??……kobaa aneh part ? curiously waitinn ??????

  • ifoo

   May 12, 2019 at 11:00 pm

   Nau ❤️❤️❤️… Now it’s uploaded ???… Avahah kiyaalaa dear ???…

 31. AMAAN

  May 12, 2019 at 10:52 pm

  Ifoo….. avahah up kohdhyba…mihaaru neygey vaahaka up vithoa belun vrehves…………..?

  • ifoo

   May 12, 2019 at 11:01 pm

   Yesss AMAAN ??? ❤️❤️❤️… Now it’s uploaded ???… Now you can read it ???…

Comments are closed.