” އިޓްސް އޯކޭ… ” ރުހާން ބުނެލީ އާލިއާގެ މޫނަށް ބަލަން ނުބަލަމުން ކަހަލަ ގޮތަކަށެވެ. ރިންގުވަމުން ދިޔަ ފޯނަށް އަރާފައި އިން މަންމަގެ ނަން ފެނި އާލިއާ ދެބުމަ ކައިރިކޮށްލަމުން ނުތަނަވަސްކަމާއެކު ފެހި ފިތަށް ފިތާލިއެވެ. ” ހަލޯ… ދަރިފުޅާ… ” އެކޮޅުން އިވުނު ޝާޒްލީގެ އަޑާއެކު އާލިއާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަނެއްކާވެސް ދޮގު ހަދާނީ ބާއޭ ނޫނީ ވެގެން އުޅޭ ގޮތް ކިޔައިދޭންވީ ބާއޭ ހިތަށް އަރާފައި އިން އާލިއާއަށް އެ ޚިޔާލުތަކުން ނިކުމެވުނީ އަނެއްކާވެސް އެކޮޅުން ” ހަލޯ… ” އޭ ބުނެލި އަޑަށެވެ. ” މަންމާ! އަނެއް… އަޅުގަނޑަށް އޮޅިގެން މާލެ ބަސްކަމަށް ހީކޮށް އެރުނީ ހުޅުމާލެ ބަހަށް… ދެންމެ މި އެނގުނީ… ” ނުތަނަވަސްވެހުރެ ނަމަވެސް އާލިއާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ދެލޯ މަރާލީ މަންމަގެ ލެކްޗަރު އަޑު އަހަން ޖެހޭނެކަން ޔަގީންވާތީއެވެ. ” ދަރިފުޅާ… މަންމަ އޭރުވެސް ބުނީމެއްނު… މިކަހަލަ ކަމެއް ވެދާނެތީ އޭ މަންމަ ދާނަމޭ ބުނީ… އެކަމަކު ދަރިފުޅުގެ ގޮތްދޫނުކުރުމާ ހެދި މިހުރިހާ ކަމެއް މި ވީ… މަންމައަކަށް މިވަގުތަކު ނެތް ދެވޭކަށްވެސް… ދެން… ” ޝާޒްލީގެ ވާހަކަ މެދުކަނޑާލީ އާލިއާ އެވެ. ” މަންމަ ނަޔަކަސް އޯކޭ އޭ… އަޅުގަނޑު ގޮތެއް ހޯދާނަމޭ… އެކޮޅުން މީހެއް ކައިރީ އަހައިގެން… ” އާލިއާ އިނީ ތެދު ބުނެވުނު މޮޔަ ހިތަށް އަރާފައެވެ. ” އުހޫން… މިހާރު އެއޮށް ދިހަ ގަޑި ބައި ވަނީ… މިގަޑީ އަންނަން ހަދާނެ ކަމެއް ނެތް… މިގަޑި މީ… ” އާލިއާގެ ފޯނު ނިވުނީ ޗާޖު ހުސްވެގެންނެވެ. ” އޯ ޝިޓް… ” ބިންމަތީގައި ދެފައި ތަޅައިގަންނަމުން އާލިއާ ބުނެލިއެވެ. މިއޮށް ހުރިހާ އިރު އާލިއާ ދެއްކި ވާހަކަތައް އަޑުއަހަން އިން ރުހާން ބަލާލަމުން ބުމަ އަރުވާލީ ކިހިނެއް ވީހޭ އަހާލާ ފަދައަކުންނެވެ. އާލިއާ ރުހާންއަށް ޗާޖު ގޮސްގެން ނިވިފަ އޮތް ފޯނު ދައްކާލިއެވެ. ” އޯހް… ” ރުހާން އެހެން ބުނެލުމަށްފަހު އޭނަގެ އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ. އާލިއާ ރުހާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” ހޭވް އިޓް… ” ރުހާން އެއް މިޔަކަނިން ހީލަމުން ބުނެލިއެވެ. ” ފޯ ވަޓް… ” އާލިއާ އަދިވެސް އިނީ ވާނުވާ ނޭނގިފައެވެ. ” މަންމައަށް ގުޅަން… ” ކޮނޑު އަރުވާލަމުން ރުހާން ބުނެލިއެވެ. ” އޯވްވް… އެހެން ދޯ… ” ރުހާން އަތުން ފޯނު ދަމައިގަންނަމުން އާލިއާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ” ތެންކްސް އެކޭ ވެސް ނުބުނާނަން ތަ… ” ރުހާން އާލިއާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ” ފޯ ވަޓް… ” ” އޮހް… ކަމް އޯން… ފޯނު ދިނީމަ އެއްނު… ” ރުހާން ބުނެލީ އެއް ބުމަ އަރުވާލަމުންނެވެ. ” ތޭންކްސް… ” އާލިއާ ކަޅި އަނބުރާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. […]
އިޔާން ބުނި ވާހަކަ އަކުން އާލް އަށް ” ވަޓް؟؟” އޭ ކިޔާ ހަޅޭތްލަވައިގަތެވެ. ” ސޮރީ.. އަހަރެން މިއުޅެނީ ލަމްހަ އާ އިންނަން” އިޔާން އިސްޖަހާލީ ކުށްވެރި އެއްހެންނެވެ. ” ހަހަހަ.. ހާދަ އުފާވެރި ޙަބަރެއް ..” އާލް އަތް ޖަހަން ފެށިއެވެ. ” އާލް ލިސެން ގު މީ ” އިޔާން އާލް ގެ ކޮޑުގައި އަތް ލީ ހަމަ އަށް އަޅުވަންވެގެންނެވެ. އާލް އެއް އަތް ފޮޅުވާލަމުން ދުރައްޖެހުނެވެ. ” ހައު ޑެއާ ޔޫ.. އަހަރެން ގައިގަށް އަތް ލުމުގެ ޙައްޤު ގެއްލިއްޖެ ކަލޭ އަތުން .. ހަމަ މިހާރު ދާން އުޅޭ ” އާލް އެހެން ބުނުމުން ދެރަވެފައި ސޮރީ ބުނެލިނަމަވެސް އާލް އިވޭ ކަމަށް ވެސް ހަދާނުލިއެވެ. ********* އާލް ސިއްސައިގެން ދިޔައީ މަފްލޫމާ ސައިބޯން ގޮވާލި އަޑަށެވެ. އާލް އަރީން ފަހަތުން ވަނީ ހައި ހޫނުކަން ފިލުވުމުގެ ބޭނުމުގައެވެ. އާލް އަނގަ ހުޅުވުނީީ މޭޒު މަތީގައި އަތުރާފައި ހުރިހާ ކާ އެއްޗެހިތައް ފެނިފައެވެ. މޭޒުމަތީގައި ތަފާތު ތިން ރިހަ އެއް ހުއްޓެވެ. އޭގެ އިތުރުން ބިރިޔާނީ އަދި ފުރައިޑު ރައިސް ހުއްޓެވެ. ފޮނި ކާ އެއްޗެހި ތެރޭގައި ކަސްޓަޑު އަދި ހަލްވާ ހިމެނެވެ. އާލް ހުރި ގޮތުން އަރީން ކައިރި އަށް އައިސް އަތުގައި ކޮށްޓާލަމުން ބުނެލިިއެވެ. ” އަނގަލައްޕާ މެއްސެއް ވަދެ ދާނެ” އާލް އަނގަ އަށް ފާޑަކަށް ވައްތަރު ޖައްސަމުން ގޮސް ގޮޑީގައި އިށިނެވެ. އަރީން އިށީނީ އާލް އާ ޖެހިގެން އިން ގޮޑީގައެވެ. އެހެން ކަމުން އާލް […]
”ޝާޔަން އައި ލަވް ޔޫ…..” ނައިލްގެ ބަސްތައް އަޑުއިވި ޝާޔަންއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ. ޝާޔަންގެ އެރީތި ހިނިތުންވުންފެނި ނައިލްއަށް އާ ހިތްވަރެއް ލިބިގެންދިޔަފަދައެވެ. ނައިލްއަށް ވެސް ހިނިތުންވެލެވުނުވެ. ކުޑައިރުޅެއް ހޭދަވެގެން ދިޔައީ އެކަކުވެސް އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ”ނައިލް……އެކަމް……އަހަރެން……އަހަންނަށް ވުރެ ނައިލްއާ މާ އެކަށީގެންވާ ކުދިން ތިބޭނެ އެއްނު…..އަހަރެން މީ ކާކު…..އަހަންނަށް ކުޑަ މިނުން ނޭންގޭ ނައިލް ހުންނަ ސިފައެއް ވެސް….އެވަރުވެސް ނޭންގޭ މީހެއް އަހަރެންމީ……އަހަރެން……” ޝާޔަންއަށް ވާހަކަ ފުރިހަމަ ނުކުރެވުނީ ނައިލް ޝާޔަންގެ ތުންފަތުގައި […]
ޖަވާބުގައި ފައިޒީން ބޯޖަހާލިއެވެ.އަދި ދެމީހުން އެކީ މިސްކިތަށް ދިޔައެވެ. “ދަރިފުޅާ އައިރާ… މިހާރު އެޔޮއް ބަންގި ގޮވަންފެށީ. ދެންދޭ އަވަހަށް ވުޟޫކޮއްގެން ނަމާދަށް އަރަން.މަންމަވެސް މިދަނީ ނަމާދަށް އަރަންވެގެން” އައިރާގެ ކޮޓަރިއަށް ބޯދިއްކޮއްލަމުން އިޔާޝާ ބުނެލިއެވެ.” އާން މިދަނީ. މަންމާ… މިއަދު ބައްޕަ ގެއަށް ނާންނަނީތަ؟ އެހެންޏާ ފައި ގޮވައިގެން މިސްކިތަށް ދާން އާދޭނުން.” އައިރާ ބުނެލިއެވެ. “ހޫމް މިއަދު ބައްޕަ ބުންޏޭ މަންމަ ގާތު އިރުއޮއްސެންވާއިރަށް ފަހަރެއްގައި ނާދެވިދާނޭ. ފައި މަސްކިތަށް ފޮނުވަށްޗޭ. ރައްޓިއްސެއް ބުނެގެން […]
“އިޝާރުއަކީ އެންމެ ކުރިންސުރެވެސް ބައްޕަގެ އެންމެ ގާތް އެކަކު… ބައްޕައާއި އިޝާރުގެ އެކުވެރިކަމުގައި ބައްޕަ އިޝާރުއަށް މީގެ އެތައް އަހަރެއްކުރިން ވައުދެއްވިން… މިއަދު މިއޮތީ އެ ވައުދު ފުއްދަންވީ ވަގުތު ޖެހިފައި… ބައްޕަ ވައުދުވީފަދައިން ޝަލީންއާއި ހައިޒަލްގެ ކައިވެނިކުރާގޮތަށް ބައްޕަ ހަމަޖައްސައިފިން…” އަލްހާންގެ ޖުމްލައިން ހައިޒަލްއަށް ލިބުނު ޝޮކްގެ ބޮޑުކަމުން ވަގުތުން ބުރަކަށި ތެދުކޮށްލެވިގެންދިޔައިރު އަލްހާންގެ މޫނަށް ބަލާލެވުނީ ސިހިފައެވެ. އޭސީގެ ފިނީގައިވެސް ތަނަވަސް ނިއްކުރިން ދާތިކިތައް ފާއްދާލީ ހިތްނުތަނަވަސްވީ ވަރުންނެވެ. ހައިޒަލް އުނދަގޫގޮތަކަށް ލޯމަރާލިއިރު ތުރުތުރުލުމެއް […]
އަހަންނަކީ ދީނާއި ދުރު މީހެކެވެ. ﷲ އޭނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އަދި އުފާވެރި ހަދިޔާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާއަކީ ކަޅު ނަމަވެސް ވަރަށް ރީތި އަންހެނެކެވެ. އެކަމަކު އަހަރެން މާ ވަރަކަށް އޭނާގެ މޫނަކަށް ނުބަލަމެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ތަނަވަސް، ރީތި، ބޮޑު ހިތް އެ މޫނަށްވުރެ ހިތްގައިމުވީމައެވެ. އަހަރެންގެ އަންހެނުންނަށްވުރެ އުފާވެރި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. […]
” ދާތަނެއް އިނގޭނެ އަދި… ކަމް އެންޑް ސިޓް… ” ކާރުގެ ދޮރުފަތް ހުޅުވާލާ އެރުމަށް އިޝާރާތްކުރަމުން އިއާން މިހެން ބުނުމާއެކު މިންހާ ކާރަށް އެރިއެވެ. އިއާންވެސް ޑްރައިވަރު ސީޓަށް އަރައި މިންހާއަށް ބަލައިލާ ހިނިތުންވެލުމަށްފަހު ކާރު ދުއްވާލިއެވެ. މިންހާގެ ހިތް އަވަސްވެފައިވީ އިއާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. އޭނަގެ ހިތް ބުނަމުން ދަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމަށެވެ. ކާރު އާދައިގެ މަޑު ދުވެެއްޔެއްގައި ދަތުރުކުރަމުން ދިޔައިރު މަދުމަދުން ނަމަވެސް އެދެމެދުގައި […]
ހާމިދާގެ އަތަށް ތަދުވުމާއެކު ފަހަތް އެނބުލީ އޭނާގެ ކަންކަމާއި ބެހެނީ ކާކުހޭ ބުނެ ހަޅޭލަވައި ގަންނަމުންނެވެ. ނަމަވެސް ބަހުގެ އެއްބައި އަނގައިގެ ތެރޭގައި ތާށިވީ ކުރިމަތީގައި ހުރި ހާމިދު ފެނުމުންނެވެ. “ބޭބެ..” ހާސްވެ ކަންބޮޑު ވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި އެބަސް ނިކުތީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. “ހަބަރުދާރު.. މަށަށް ބޭބެ ކިޔާނެކަމެއް ނެތް.. މިހުރިހާދުވަހު އަހަރެންގެ ދަރި އަހަންނަށް މިކަން ސިއްރުނުކުރި ނަމަ.. ސުބުހާނައްﷲ.. އަހަރެން ލޯބިވާ ދަރިފުޅު އަހަރެން ގެއަތުން ގެނެސް ހާމިދާއާއި ހަވާލުކުރީ ތިހާއިހާ […]
ދަންވަމުންދިޔަވަރަކަށް އުޑުމަތީ އަޅިފުސްކުލައިގެ ވިލާތައް ބޯވަމުންދިޔައިރު ވައި ބާރުވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ވާރޭވެހިގެންފާނެހެން ހީވެެެއެވެ. ދޭތެރެއަކުން އަންނަ ބާރުވަޔާއިއެކު ބުރަހެލި ގަސްތައް ފުރާޅުގައި ކޭއްތިގަންނަނީ ދަންވަރުގެ ހަމަހިމޭންކަން މުގުރާލަމުންނެވެ. ގަސްތަކުގައި ވައިއަޅަވަމުންދިޔަގޮތުން ގަސްތަކުގެ އޮފިތަކަށް ކެތްނުވެގެން ކޮންމެ ވަގުތަކުވެސް ބިމަށް ފައިބައިގަނެފާނެހެން ހީވެއެވެ. ބާރުވަޔާއިއެކީ ވާރޭގެ ރަހުމެއްނެތް ހަމަލާތައް ބިމަށް އަމާޒުވެގެންދިޔައީ ޝަލީން ފުޅާ ކުޑަދޮރުގެ ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުއްޓައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ ވާރެއާ ތެމެމުންދިޔަ ބަގީޗާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުގައި ނިދީގެ […]