Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަފާތެރި މަވީމޭ ލޯބިން..

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
May 17, 2019 4 Mins Read
19 Comments

“އޭތް މިތާންގަ ދޯ..” ދުރުނޫން ހިސާބެއްގައި ހިނިތުން ވެލައިގެން އިން ނަޝާ އޭނާ ހޯދަމުންދިޔަ އެކުވެރިޔާ ފެނުމާއެކު ގޮވާ ވާހަކަ ދެއްކިއެވެ. އޭރު އަދި އިރުގެ އަލިކަން ކިރިޔަ ކިރިޔާ ވަނީއެވެ. ނަމަވެސް ކޮންމެ ދުވަހަކު ދެއެކުވެރިން އެކީގައި މޯނިންގް ވަރކް އަށް ދިއުން އާދަވެފައިވުމުން އެދެކުދިން އަނދިރި ކަމަކުން ކަންބޮޑުވެގެން ނޫޅެއެވެ.

“މަންޖެ ނަމާދުކޮށްގެ އެހެން ދުވަސް ދުވަހަށްވުރެ ނިކުންނަން ލަސްވީމަ އަހަރެން މިދިމާއަށް މިނިކުމެލީ..” ނަޝާ އައިސް ކައިރީގައި ހުއްޓިލުމާއެކު ކަމްލާ ހިނިތުން ވުމާއެކު ބުނެލިއެވެ. “ހޫމް ދެން ކަންމި ހިނގާދާން.. ” ނަޝާ ދެރަނުވާން އަވަހަށް ކަމްލާގެ އަތުގައި ހިފާ ދަމައިގަންނަމުން ހިގައިގަތެވެ.

ދެކުދިން އެކުއެކީހެން ރަށުގެ ތުނޑީ އަތިރިއަށް ފޭބިއިރު އިރުގެ އަލިކަން ރީތިކޮށް ދުނިޔެއަށް ފެތުރިލައިފިއެވެ. ރަންގުކުލަ މޫދަށް އެޅިފައިވީއިރު އުޑުމަތިވެސް ހީވަނީ އައުގޮތަކަށް ޑިޒައިން ކޮށްފައިވާ ފޮތިގަނޑެއް ހެންނެވެ. ކަމްލާއަކީ ރަށުގެ އާދައިގެ ދިރިއުޅުމެއް އުޅޭ މެދުފަންތީގެ ކުއްޖެއްނަމަވެސް ނަޝާއަކީ ކަމްލާއާއި އަޅާބަލާިއރު އެތަށްގޮތަކުން ރަށުގައި ނަންވިކޭ މުއްސަނދި މަހުޖަނެއްގެ ހަމަ އެކަނިހުރި ދަރިފުޅެވެ. މިދެކުދީން ކިޔެވަނީ އެއް ގްރޭޑެއްގައި ކަމުން ދެކުދިންގެ ދެމެދުގައި އެކުވެރިކަން އޮންނަތާ މިވީ ފަސްއަހަރެވެ.

އެއްކުއްޖަކު އަނެއްކުއްޖަކަށް ކިޔެވުމުގައި އެހީތެރިކަން ދެމުންދިޔައީ އެއްބަނޑު އެއްބަފާ ދެބެއިން ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލްގެ ކެޕްޓަން އަކަށް ކަމްލާ ހުރިއިރު ނަޝާއަކީ ސްކޫލްގެ އެސް.އޭ ގެ ރައީސެވެ.

މިއަހަރަކީ ދެކުދިންގެވެސް ފަހުއަހަރަށް ވުމުން އިތުރަށް އެތަށް ވަގުތެއް ކިޔެވުމަށް ދެކުދީން އެކީގައި ހޭދަކުރެވެ. ރަށުގައި ގްރޭޑް 12 އާއި ހަމައަށް ކިޔެވެން އޮތުމުން ކޮންމެހެން މާލެ ނުގޮސް އެކުދިންނަށް ކިޔެވުން އަމިއްލަ ރަށުން ނިންމާލިމުގެ ނަސީބު ލިބުނީއެވެ.

“ކަންމި މިއަދު އޮތް ޓެސްޓަށްފަހު ދެދުވަހުގެ ބްރޭކް ލިބޭނެ ދޯ.. ހިނގާބަލަ ލިސެނިންގްތަށް އެދުވަސްތަކުގަ ކުރިޔަށްގެންދަން..” އަތިރިމަތީގައި އިށީންދެލަމުން ނަޝާ އެހެން ބުނުމާއެކު ކަމްލާ “ހޫމް” އަޅުވާލިއެވެ. “އައްދެ.. ކަންމި ހާދަފާޑަކަށް ހޫމް ތިބުނީ.. އެގޮތް ކަމަކު ނުދޭތަ؟” “އަހަރެމެންގޭގަ ތިކަން ނުވާނެތީ.. ބޮޑުދައިތަ މިހާރުވެސް އަނގަތަޅަނީ އަހަންނާހެދިއޭ ކަރަންޓް ބިލްވެސް ބޮޑުވަނީ.. ރޭގަނޑު އެތައްދަމެއް ވަންދެން ދިއްލާފަ އޭ އޮންނަނީ ކިޔާފަ..” ނުތަނަވަސްކަން އެކުލެވިފައިވާ މޫނަކާއެކުގައި ކަމްލާ އޭނާގެ އުޒުރު ހާމަކޮށްލިއެވެ. “ތިވަރު ކަމަކާ ތިވިސްނަނީ.. ސާބަސް ކަންމި އަށް އަހަރެމެންގޭގަ ރިވައިޒް ކުރާނީ.. ” ކަމްލާގެ ކޮންޑުގައި ޖަހާލަމުން ނަޝާއެހެން ބުނުމުން ކަމްލާ ވިސްނާލިއެވެ.

ކަމްލާ ނަޝާއާއި ކިތަންމެ އެކީގައި އުޅުނަސް އަދި އެގޭ ގޯތިތެރެ ފިޔަވާ އެހެން އެއްވެސް ތަނެއް ނުދެކެއެވެ. އެމީހުނަކީ ފޯރާބަޔަކަށް ވުމުން ގޯތިތެރޭންވެސް ކަމްލާއަށް އެކަންވަނީ ތަސައްވަރު ކުރެވިފައެވެ. ދެފަރާތުގައި ކާޕެޓް ވިނަ ހައްދާފައި ވާއިރު މެއިން ގޭޓުން ފެށިގެން ގެއާ ހަމަޔަށް ވަނީ ވާރކްވޭ އެކެވެ. އެއްފަރާތެއްގައި ބޮޑު ޖަނބުރޯލު ގަހަކާއި އަނބުގަހެއް ހުރިއިރު ކޮންމެ ގަހަކުވެސް ދެތިން އުނދޯލި އެލުވާފައި ހުރެއެވެ. އަދި ދުރުނޫން ހިސާބެއްގައި ގާޑެން ޗެއަރ ބަހައްޓާފައި ހުރިއިރު އޭގެ ބިއްދޮށުގައި ފެން އަރުވާ ވަޑާމުގެ ކައިރީގައި ހަޓެއް ތައްޔާރުކޮށްފައި ހުރެއެވެ. އެގޭ މާބަގީޗާ އޮންނަނީ އޭގެ އަނެއްފަޅީގައެވެ. ފުރަތަމަ ނަޒަރުންވެސް އެބަގީޗާއަށް ކަމްލާގެ ހިތްދެވުނެވެ. އެހާވެސް އެތަން ހިތްގައިމު ވެފައި ދުވާ މީރު މާމެލާމެލީގެ ވަހުން ހިތްފުރި އަރާހާވެއެވެ. އޯކިޑް، ލައިލެކް، ލިލީ، އެކިކުލައިގެ ފިނިފެން މަލުގެ އިތުރުން ޓިއުލިޕްގަސް އެތާންގައި ހުރެއެވެ.

ހިޔާލަށްގެއްލިފައި އިން ކަމްލާ ސިހުނީ ނަޝާ އޭނާގެ ގައިގަ ކޮށްޓާާލާފައި ކިހިނެއްވީތޯ އަތުން އިޝާރާތް ކޮށްލުމުންނެވެ. ކަމެއްނުވޭ ބުނެ ބޯހޫރާލަމުން ދެކުދިން އެކީގައި އާންމުކޮށް ހެނދުނުގަޑީގައިދާ މަގުން އަވަހަށް ގެއާދިމާއަށް މިސްރާބުޖެހީ ހެނދުނު އޮންނަ ޓެސްޓަށް ދިއުމުގެ ކުރީން ތައްޔާރުވުމަށެވެ.

“ކޮންތާކު ތެޅިތެޅިފަތަ ތިއައީ.. ނޭންގޭތަ ހެނދުނު އަހަރެން ތެދުވާއިރަށް ގޭދޮށް ކުނިކަހާ ސައިހަދަން ޖެހޭނެ ކަމެއް.. ” ގޯތިތެރެއަށް އައިސްވަން ކަމްލާއާއި ފުރަތަމަވެސް ކުރިމަތިވީ ބޮޑުދައިތަ ހާމިދާގެ ވިހަބަސްތަކެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ބޮޑުދައިތަޔަށް އަވަހަށް ހޭލެވުނީއެވެ. އެހެން ނޫންނަމަ އެއީ ކަމްލާ ނުވައެއްޖަހާއިރު ޓެސްޓަށް ދާން ނިކުންނައިރު ހޭލާ މީހެކެވެ. ދެފަރާތަކަށް ބޯހޫރާލަމުން ބަހަކުން ކުރެ ބަހެއްނުބުނެ ކަމްލާ އަވަސްވެގަތީ އިލޮށިފަތި ހިފައިގެން ކުނި ކަހަންދިއުމަށެވެ. އޭރުވެސް ބޮޑުދައިތަ އަނގަދެވަރުކޮށްނުލާ ތަޅުވަމުން ދިޔައެވެ.

ހާމިދާއަކީ ކަމްލާގެ ބައްޕަ ހާމިދުގެ ހަމަ އެކަނިހުރި ކޮއްކޮއެވެ. ދިމާވި ހިތާވެރި ހާދިސާއެއްގައި ކުޑަކުޑައިރު ކަމްލާގެ މަންމަ ޔާފިޔާ ނިޔާވުމާއެކު ހާމިދާ ގެ ބެލުމުހެ ދަށަށް ކަމްލާގެނެވުނީއެވެ. އޭރު ކަމްލާމެން ދިރިއުޅުނު އޭނާގެ މަންމަގެ ގެ މިހާރު ހުންނަނީ ފަޅަށެވެ. ހާމިދަކީ ބޯޓުދަތުރުކުރާ މީހަކަށް ވުމުން ތަދުބޭހަކަށްވުރެ ކަމްލާއަށް އޭނާގެ ބައްޕަފެންނަލެއް މަދެވެ. އެކަމުގެފައިދާ ހާމިދާ ނަގަނީ އެހެންވެއެވެ. ހާމިދާގެ ހުރި ހަމަ އެކަނި އަންހެންދަރިފުޅަށްވުރެ ކިޔެވުމަށް ކަމްލާ މޮޅުވުމުން އެކަމާ ހާމިދާ ނުހަނު ރުޅިއާދެއެވެ. އަދި ހަމައެހެންމެ ކިތަންމެ ބައުހެދުމެއްގައި ހުއްޓަސް ކަމްލާގެ ރީތިކަމާއި މައުސޫމްކަން ހާމަވުމީ ހާމިދާ ކެތްކުރަން ދަތިކަންތައް ތަކެވެ.

****************************

ޓެސްޓު ނިންމާލުމަށްފަހު ލިބުނު ހުސްވަގުތުގައި ނަޝާއާއި އެކުގައި ކަމްލާ ދިޔައީ ނަޝާމެންގެއަށެވެ. ނަޝާގެމަންމަ ނާހިދާއަށް ދެކުދިން ފެނުމާއެކު އަވަހަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ.

ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ކަމްލާގެ އަނގަ ހުޅުވުނީ ދުވަހަކުވެސް ނުދެކޭފަދަ ރީތި ހައިބަތުބޮޑު ސިޓިންރޫމާއި އެތާންގައިވާ އަގުބޮޑެތި ފަރުނީޗަރު ފެނިފައެވެ. ކަމްލާއަށް ވެފަހުރިގޮތް ފެނުމާއެކު ނަޝާ ނޫންކަމަށް ހަދާފައި ކަމްލާގެ ކޮނޑުގައި ޖެހިލާފައި އެތެރެއަށް ވަނެވެ. ސިހުނު ނަމަވެސް އެކަން ނުދައްކާ ކަމްލާވެސް ނަޝާގެ ފަހަތުންވަނީ ވަށައިގެން ބަލަމުންނެވެ.

“ދަރިފުޅުމެން ދެކުދީން އަދިވެސް ތިބީތަ އާދޭ ޖޫސްބޮއެގެން ކިޔަވަން ފަށަން.. ” ކާގެއިން ނިކުން ނާހިދާ އެހެން ބުނުމާއެކު ކަމްލާގެ އަތުގައި ހިފައިގެން ނަޝާ އެދިމާއަށް ދިޔައެވެ. ނަޝާގެ ފަރާތުން ނާހިދާއަށް ކަމްލާއުޅޭ ހާލު އެނގިފައިވުމާއެކު ނާހިދާ ދެކެނީ ކަމްލާއަކީވެސް ދަރިއެއްގޮތުގައެވެ. ކިތަންމެ ތަނަވަސް ނަމަވެސް ނާހިދާއާއި ގިޔާސްއަކީ ހިތްތިރި ހިތްހެޔޮ ދެމީހުނަށްވުމިން އެމީހުންގެ ޤަދަރު ރަށުގެ މީހުންގެ ކުރިމަތީގައި ވަނީ އެތަކެއް ދަރަޖައެއް މަތިވެފައެވެ.

*****************

އޮފީހުގައި ބުރަދުވަހެއް ނަމަވެސް ޝިޔާޒް މަސައްކަތް ނިންމާފައިނޫނީ ގެއަށް ނުދާން ނަދުރުބުނެފައިވާ ފަދައެވެ. އޭނާއަކީ ބޭންްކްގައި މަސައްކަތް ކުރާ އެއް ޑިރެކްޓަރެވެ. އުމުރުން އެންމެ 23 އަހަރުގައި އޭނާއަށް އެހިސާބަށް އާދެވުނީ ކިޔެވުމުގައި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.

މަސައްކަތަށް ގެއްލިފައި އިން ޝިޔާޒު މޭޒުމަތީގައި އޮތް ފޯނަށް ބަލާލީ ފޫހިކަމާއެކުގައެވެ. މިހާރު އެކޯލް ވިދިވިދިގެން އެއައީ ވިއްސަކަށް ފަހަރުގައެވެ. ނަމަވެސް އޭނާ އެއަށް ޖަވާބުދޭން ބޭނުން ނުވާފަދައެވެ. ނަމަވެސް ބޮލަށް އުނދަގޫވާވަރުވުމުން “ހެޔޮނުވާނެ ލީޝް އަހަރެން މިއުޅެނީ އޮފީހުގައޭ ތިވަރަށް ނިގުޅަފާނަންތަ؟ ” ޝިޔާޒް ބޭނުންވާ ވާހަކަ ބުނެލުމާއެކު ފޯނު ކަންފަތުން ވަކިކޮށްލާފައި މޭޒުމަތީ ބޭއްވިއިރު އޭނާގެ ނިތުގައި ރޫގިނަވެފައި ހުއްޓެވެ. މަޑުމަޑުން ބޮލުގައި އަތްހިންގާލުމާއެކު ދެފަރާތަށް ބޯހޫރާލެވުނީ ހިތަށްވަތް އެއްޗަކުންނެވެ.

*****************

“ދެން މިހާރު ލީޝް ވެއްޖެ އެއްނު އަހަރެންގެ ބިލައިފަށް އެޖެސްޓްވާން.. ކޮންމެދުވަހަކު އެވަރަށް ނުގުޅިއަސް ހަނދާންވޭ.. އެކަމަކު އޮފީހުގެ ކަންކަން ނިންމާފަ ނޫނީ އަހަރެން ނުނިކުންނަކަން އެނގިހުރެ ޖެއްސުމެއްނު މިހާރު ތިކުރެވެނީ.. ” ޝިޔާޒް އިނީ ލީޝް ގޮވައިގެން ‘ދަ ކިޗަން’ ރެސްޓައުރަންޓްގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އެއީ ފަހަކަށް އައިސް އާދަޔަކަށް ވެފައިވާ ކަމެކެވެ. ލީޝް އަށް ރޭގަނޑުގެ ކެއުން ބޭރުން ނުކެވުނީޔާ ހިތްހަމަ ޖެހޭކަމަކަށް ނުވެއެވެ. އެކަންކަމާއި ޝިޔާޒް އަބަދުހެން ބޯގޮވާފައި ހުރި ނަމަވެސް ލީޝްއަކީ އޭނާގެ އާއިލާއަށްވެސް ތަޢާރަފްކުރެވުނު ހަމަ އެކަނި އަންހެންކުއްޖާ އަށް ވުމުން ދޫކޮށްލާކަށް ވެސް ނުކެރެއެވެ. ޝިޔާޒްއަކީ މާބުރުގެ އުސޫލު ގެންގުޅޭ މީހަކަށްނުވެފައި އަބަދުވެސް އޭނާ ބަލަނީ މައްސަލަ ހައްލުކުރެވޭތޯއެވެ. އަންހެން ކުދިން ޝިޔާޒްއަށް ނުވަނީއެއް ނޫނެވެ. އޭނާއަކީވެސް އަންހެންކުދީން އެންމެ ހިތްކިޔާނޭފަދަ އިސްކޮޅަކާއި ނުހަނު ސްމާޓް ހަށިގަނޑެއްގެ އިތުރުން ހިތްގައިމު އަޅިކުލައިގެ ކަޅިރަވައެއްގެ ވެރިއެކެވެ.

“ސޮރީ ބޭބް އަސްލު ލީޝްއަށް އުނދަގުވަނީ އެހާގިނައިރު އޮފީހުގަ އުޅޭތީ.. އިނގޭނު އެތާންގަވެސް ނުލާހިކު އަންހެންކުދީން އުޅޭނެ.. ބޭންއަށްވެސް އެކުދިން ކިހާ ބަލާނެ.. ” އާދައިގެމަތީން ލީޝްކުރާ ޝަކުވާ ކޮށްލަމުން މިރޭވެސް ޝިޔާޒްގެ ރުޅިފިނިކޮށްލިއެވެ.

*************

ދުވަސްތައް ފާއިތުވަމުންގޮސް ކަމްލާއާއި ނަޝާގެ ފަހުއިމްތިހާން ނިމި އެކުދިން އަމަލީ މައިދާނަށް ނިކުންނަންވީ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ލިބިފައިވާ އޯލެވެލް ނަތީޖާއާއި އެކުގައި ކަމްލާ އަމިއްލަ އޮފީހަކަށް އެޕްލައިކުރިއިރު ނަޝާއަދި އެއްވެސް ދިމާއަކަށް ދާކަށް ގަސްދެއްނުކުރެއެވެ.

ދެކުދިން އެކީގައި ހަވީރުފިންޏަށް ހިނގާލަން ނިކުތީ ކަމްލާ އެޕްލައިކުރި އޮފީހުން އެދުވަހު ގުޅާނެކަމަށް ބުނެފައި އޮތް ހަނދާން ނެތިއެވެ. ކަމްލާގެ ފޯނުގޭގައި ބާއްވާފައި ނިކުތީ އެއްވެސް ވަރަކަށް އެކަން ހަނދާން ނެތުމުންނެވެ.

ކުއްލިއަކަށް ނަޝާގެފޯނަށް ނުދަންނަ ލޭންޑްލައިން ނަންބަރަކުން ގުޅާފެށުމުން ހައިރާންވެފައި ކަމްލާއަށް ފޯނު ދައްކާލިއެވެ. އެއާއެކު ކަމްލާވެސް ދެކޮނޑުއަރުވާލީ ނުދަންނަމޭ ބުނާ ފަދައަކުންނެވެ. ނަގަން ނުނަގަން ހުރެފައި ނަޝާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. އިވުނު ފިރިހެންވަންތަ އަޑާއެކު ނަޝާއަށް ހީވީ މުޅިދުނިޔެވެސް ހިނދުކޮޅެއްގެ ސުކޫތެއްގައި ވާހެނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯބިވަން

Next

“ލިޔާ ކުއްޖާ”ގެ ލަވް ނޯޓް!

Next
May 18, 2019

“ލިޔާ ކުއްޖާ”ގެ ލަވް ނޯޓް!

Previews
May 17, 2019

ލޯބިވަން

19 Comments!

  1. Aish says:
    May 17, 2019 at 7:11 pm

    Koba kurin genesdhn feshi story..

    1. Hawwu (Layaa) says:
      May 17, 2019 at 7:35 pm

      Ingey dhoonya thisuvaalu kuraanekan. BTW e story ninmaafa indha doc delet veema alun liyan fashaafa innanee nimaalevunhaa avahah up kuran fashaanan in Sha allah

  2. Cherrie says:
    May 17, 2019 at 7:16 pm

    Story V reethi….. Mashaa Allah… Keep it up… ❤️??❤️❤️❤️

    1. Hawwu (Layaa) says:
      May 17, 2019 at 7:36 pm

      Thank you my dearest

    2. Zar@ says:
      May 18, 2019 at 11:08 pm

      Layaa can l be your friend??
      ?????

    3. Hawwu (Layaa) says:
      June 1, 2019 at 4:42 pm

      Yes Zar@

  3. bestie says:
    May 17, 2019 at 8:22 pm

    Vrh reethi ? Masha Allah

    1. Hawwu (Layaa) says:
      May 18, 2019 at 8:38 am

      Thank you my dearest ?

  4. Mannu? says:
    May 17, 2019 at 9:13 pm

    Waaaaauuuu masha allah??

    1. Hawwu (Layaa) says:
      May 18, 2019 at 8:37 am

      Aww thank you my dearest ?

  5. Pinky shifoo says:
    May 17, 2019 at 11:04 pm

    Hey Layaa ???… Ur back dhw ???… I missed your stories ❤️❤️❤️??????????????????… Mi part hama v reethi ingey ❤️❤️❤️??????… Keep it up ??????… Btw I’m waiting for your previous story ingey ???… Waiting for next part ???… Lots of love ❤️❤️❤️??????????????????????????????…

    1. Hawwu (Layaa) says:
      May 18, 2019 at 8:37 am

      Yah back dhooni.. last story in Sha allah ninmaafa up kuraanan. And thank you so much dear?

    2. girlly Girl says:
      May 20, 2019 at 10:36 pm

      Ohh hooa.. Pinky shifoo dhw mee.. hehe.. btw mifaharu jessun nukuraanan.. im sorry kurin jessun kurevuneema.. sorry shifoo

  6. Dhonthee says:
    May 18, 2019 at 2:23 am

    Alhey layaa.
    Mi vaahaka varah reethi ingey????????????????????⚘⚘⚘
    Mee furathama faharu dhonthi au layaage vaahaka akau comment kurevey
    Dhen oiy parts thahkiyaahithun hurevenee ennoon???????????????
    Take care layaa
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And love you so much

    1. Hawwu (Layaa) says:
      May 18, 2019 at 8:36 am

      Awwn thank you dear ?

  7. jiji says:
    May 18, 2019 at 10:58 am

    Heii layaa???…Again u came back with a new story dhw??????❤❤❤…. First of All, feshun vv hiyy gaimu…Vv interesting Ingey..Dear…Mi story nihmaafa dhw previous story up kuraany???❤❤❤????????????????….I’m Also waiting fr that ingey…kyp up the gudd workk darlinn??????????????…Loz of luw frm myyy❤❤❤??????

  8. Chabar says:
    May 18, 2019 at 4:50 pm

    Mashallah alheyyyy vvv reethi…vvv curious to know… pls pls avahah up kohdhehchey layaa

  9. Cherrie says:
    May 18, 2019 at 10:24 pm

    Layaa can’t wait to read the next part…… ??

  10. Zar@ says:
    May 18, 2019 at 10:48 pm

    ??Vvvvvvv reethi ingey….. Mashaa Allah ?? when next part ??can’t wait to read ??

Comments are closed.

Next Episodeވަފާތެރި މަވީމޭ ލޯބިން…←


All Right Reserved!